Skip to content
އެސްފިޔަ

މާފު ކުރާށޭ ލޯބިވާ – ކިޔުންތެރިންގެ ސަމާލު ކަމަށް

އައްސަލާމު ޢަލައިކުމް ކިޔުންތެރިން، 6 މެއިގައި ނެރުމަށް ބުނެފައިވާ “މާފު ކުރާށޭ ލޯބިވާ” ގެނެސްދިނުން ލަސްވި ކަމަށްޓަކައި އިންތިހާއަށް މާފަށް އެދެން. މިހާހިސާބުން ލަސްވި ސަބަބު ބުނެދޭނަން. އަޅުގަނޑު އުޅުނީ ވަރަށް ބަލިވެ. މެއި ފުރަތަމަ ހަަފްތާ ނިމެނިކޮށް އެއްދުވަހަކު ސްކޫލުން އައި އިރު ހުރީ ހުން ވައްތަރުވެ ރޯގާވެސް ޖެހިފައި. އާދައިގެ ހުންރޯގާއެއް ކަމަށް ހީކޮށް ފެރެސިޓަމޯލްއާއި އިލެކްޓްރޮލައިޓްސް ނަގާލަ ނަގާލަ ހުރީ. ދެން 3 ދުވަސްވެ ރަނގަޅު ނުވެގެން ޑޮކްޓަރަށް ދައްކައި ޓެސްޓު ހެދުމުން އެއްވެސް އާދަޔާ ޚިލާފު ކަމެއް ނުފެނުން. އެކަމަކު ހަފްތާ ނިމުނު އިރު އަޅުގަނޑު ހަށިގަނޑުގައި ހިރިލާނެ ވަރެއްވެސް ނެތް. ދެން އެވީ ވަރެއް ދެނެވޮޑިގެންވާނީ މާތްﷲ. ދެން އަޅުގަނޑު ހޮސްޕިޓަލަށް ގެންދެވުނީ. އޭރު ރަނގަޅަކަށް ނޭވާވެސް ނުލެވޭ ތަންތަނެއްވެސް ނުފެނޭ. ވަގުތުން އަޅުގަނޑު އީއާރްއަށް ގެންދެވުނުކަން އެނގެނީ. ދެން ވީގޮތެއް ނޭނގެ. ދެންވީގޮތް ކިޔައިދިނީ އަޅުގަނޑުގެ ދޮންތަ. އަޅުގަނޑު އެޑްމިޓްކޮށްފަ އޮކްސިޖަން މާސްކު އަޅުވާފަ އޮތީ. ދެން ހެނދުނު ވާންވީ އިރަށް އައިސީޔޫއަށް ގެންގޮއްސި. އޭގެ އެއްދުވަސް ފަހުން އަނބުރާ ވޯޑަށް ބަދަލު ކުރަން އުޅު ހިސާބުން އަޅުގަނޑަށް ވާނުވާ އެނގޭވަރުވީ. އޭރުވެސް ނޭވާލެވެނީ އޮކްސިޖަން މާސްކްގެ އެހީގައި. އޭރު އޮތީ ލޭގެ ޓެސްޓުގެ ނަތީޖާ ލިބިފައި. އެހިސާބުން އެނގުނީ އަޅުގަނޑަށް ހުރީ އިންފްލުއެންޒާ ޖެހިފައިކަން. ދެން އަޅުގަނޑު އިތުރު އެއް ހަފްތާވަންދެން ހޮސްޕިޓަލުގައި އޮވެފައި ގެއަށް ދޫކޮއްލިއިރު އީދު ޗުއްޓީފެށެން އޮތީ ދެތިން ދުވަސް. ޑޮކްޓަރު އަންގަވާފައި އޮތީ އަދިވެސް ގޭގަ މަޑުކޮށްލައިގެން ހުންނަން އަދި އަރާމު ކުރަން. މިއީ ކުރުކޮށް ވީގޮތް.

ހުރިހާ ކުދިން ގާތު އަޅުގަނޑު ބުނެލަން ބޭނުން. ބަލިހެން ހީވާނަމަ ބޭރަށް ދާއިރު މާސްކް އަޅައިގެން ހުރުން. އެމްބެރޭސްވެދާނެތީއޭ ކިޔާފައި މާސްކްނާޅާ މީހުންތެރޭގައި އުޅުމުން އެހެން މީހުން އެލިބެނީ ވަރަށް ބޮޑު ދެރައެއް. އަޅުގަނޑު ބަލިވީ ސްކޫލް ތެރެއިން ދިމާވި މިފަދަ ސިޓުއޭޝްން އަކާއި ހެދި. އެކަމަކު އަޅުގަނޑު ބަލީވީތީވެ ގޭ އެންމެން ބަލިވެއްޖެ. އަޅުގަނޑުގެ ދޮންތައާއި ދޮންތަބެއާއި އެކުދިންގެ 2 މަހުގެ ބޭބީ ބޭބީ ކޮއްކޮވެސް ބަލިވެއްޖެ. މިއީ ހިތާމަވެރި ކަމެއް. ސޯ ހުރިހާ ކުދިން، ޕްލީޒް ޑޯންޓް ފީލް އެމްބެރޭސްޑް ޓް ވެއަރ އަ މާސްކް އިފް ޔޫ އާރ ސިކް. ރިމައިންޑް އަދަރސް ޓް ޑޫ ސޯ، މައި ހަމްބްލް ރިކުއެސްޓް.

އަދިވެސް އެއްފަހަރު ތިކުދިންގެ ކިބައިން މާފަށް އެދެން ވާހަކަ ގެނެސް ދިނުން ލަސްވީތީވެ.

ޢީދު މުބާރަކް އެވްރީވަން. ލަވް ޔޫ ގައިޒް. ޓޭކް ކެއަރ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (2)

  1. Sheex

    Shafaakillah
    Alhey its oki konme meehakuves balivaane
    I’m so happy ur better now
    Alhey baby ves balivee
    Allah shifaa dhevvaane baby ah
    INSHAALLAH
    Ofc mask alhaigen nikunnan vaanii
    Yas ladhu gannaakah nuvaane
    Eid mubaarak
    Tc gurll

    1. Miss rose
      Sheex

      Jazaakallah khaira.
      Eid mubarak
      Lysm🥰🥰

Comments are closed.