ތިޔަ ނަން މި ހިތުގާ 17
“ދަނީ މަންމާ..!” އައިސް ޝަފަގު ގައިގައި ބައްދާލަމުން އަޒްޔަން އެހެން ބުނެފައި ދުރަށް ޖެހިލާ އަޒްޔަންއާ ދުރަށް މޫނު އަނބުރައިގެން ހުރި ޔާސިރުއަށް ބަލާލާފައި ލޮލުން އައި ކަރުނަ ފޮހެލާފައި ޝަފަގުގެ ނިތްކުރިއަށް ބޮސްދިން ގޮތަށް އިތުރަށް މަޑު ކުރުމެއް ނެތި އަޒްޔަން ނިކުމެގެން ދިޔައެވެ.
ޝަފަގުއާ ޔާސިރުގެ ކައިވެނީގެ އަހަރީ ދުވަސް އައީ ޒާއިންގެ އިމްތިހާނުގެ މެދުތެރެއިންނެވެ. މަންމައާ ބައްޕައަށް ގުޅާފައި އެ ދުވަހުގެ ތަހުނިޔާ ކިޔުމަށް ފަހު އަޒްޔަންއަށް ގުޅާލީ އަބަދުވެސް އެ ދުވަހަށް ޚާއްސަކޮށް އަޒްޔަން ކޮންމެވެސް ކަމެއް ރާވާތީއެވެ. އަމްދުން ނޫރީން ހުރުމުން އެ އަހަރުގެ ކަންތައް ތަފާތުވާނެ ހެން ހީވެ އަޒްޔަން ރާވަނީ ކޮން ކަމެއްތޯ ބަލާލަން އަޒްޔަންއަށް ގުޅުމުން އެއްވެސް ކަމެއް އެ ފަހަރު ނެތް ކަމަށް އަޒްޔަން ބުނުމުން ޒާއިންއަށް ގަބޫލު ނުކުރެވުނީއެވެ. ސުވާލު ކުރަން ފެށުމުން ފުރަތަމަ ސިއްރު ކުރަން އުޅުނު ނަމަވެސް އެންމެ ފަހުން ޒާއިން ކުރު ނުކުރުމުން ނޫރީންއާ ދެމީހުން ވަކިވި ކަން އަޒްޔަން ބުނީއެވެ. އަދި ގެއިން ނިކުތީ ކީއްވެ ކަންވެސް ކިޔާދިނީއެވެ.
“ދެން އެކަމަކު ބައްޕަ ރުޅި އައިސްގެން އެހެން ބުންޏަސް ދޮންބެ ދާކަށް ނުވާނެއެއްނު؟” ޒާއިން ބުންޏެވެ.
“ބައްޕަގެ ގެއިން ނިކުންނާށޭ ބައްޕަ ބުނީމަ ދެކޮޅު ހަދާފަ ހުންނަން ކެރޭނެތަ؟ ދާން ބޭނުން ނުވިޔަސް އެހެން ގޮތެއް އޭރު ދޮންބެއަށް ނެތީމަ ދިޔައީ. ބައްޕަ އެހާ ރުޅި އައިސްގެން ދާށޭ ބުނީމަ ނުކެރޭނެ ހުނަނާކަށް. ޒާއިން، ހަމަ އަސްލަށްވެސް ދޮންބެއާ އެއްވެސް ގުޅުމެއް ބާއްވާކަށް ބައްޕަ ބޭނުމެއް ނުވޭ. އައި ނޯ އެހެންކަން ވާނީވެސް.. އެކަމަކުވެސް އެ ދުވަހު ދޮންބެއަށް އެހެން ގޮތަކަށް ކަންތަކެއް ނުކުރެވުނީސް ކަންނޭނގެ. އައި ސްވެއަރ ޒާއިން، ނޫރީންއާ މެރީ ކުރި ފަހުން ކިއާރާއާ އެއްވެސް ގުޅުމެއް ނުބާއްވަން. އެކަމަކު ދާނިޔާލް ނިޔާވި ދުވަހު ކިއާރާގެ ހިތަށް ކުރާނެ އަސަރު އަހަންނަށް އެނގޭ އިރު އަޅާނުލާ ދޫކޮށްލެވޭނެތަ؟ އެ ދުވަހު ކިއާރާގެ އެކަކުވެސް އޭނަ ކައިރީގަ ނެތޭ. ބައްޕައަށް ކީއްވެތަ އެވަރު ނުވިސްނުނީ؟ އައި ނެވަރ މެންޓް ޓު ހަރޓް ނޫރީން.. ކުރިން ވީ ކަމެއްގެ ސަބަބުން ނޫރީން އަހަންނާ އެކީ އުޅެން ބޭނުން ނުވީ. ޒާއިން.. އައި ލޮސްޓް އެވްރީތިންގް.. އައި ކާންޓް ޓޯކް ނައު ޒާއިން..” ފޯނުން ވާހަކަ ދައްކަމުން ދިޔަ އަޒްޔަންއަށް އިތުރަށް ވާހަކަ ދައްކަން ދަތިވުމުން އެ ހިސާބުން އެ ކޯލް ކަނޑާލީއެވެ.
އެ ދުވަހު އަޒްޔަންއާ ވާހަކަ ދެއްކި ފަހުން ޒާއިން ގުޅުމުން އަޒްޔަން ދެން ފޯނަށް ޖަވާބެއް ނުދެއެވެ. އަޒްޔަންއާ މެދު ކަންބޮޑުވެފައި ވީ ހުރި އިރު، ނޫރީންއާ މެދުވެސް ޒާއިން ވިސްނިއެވެ. އެހެންވެ އިމްތިހާންތައް ނިމުމާއެކު ރާއްޖެއަށް ދިޔުމުގެ ބަދަލުގައި އެއްވެސް މީހަކަށް ނާންގާ ޒާއިން ފުރަތަމަ ދިޔައީ ނޫރީން ކައިރިއަށެވެ.
ޒާއިންއާ ނޫރީން ތިބީ ނޫރީން އުޅޭ އެޕާޓްމެންޓްގެ ސިޓިންގްރޫމްގައެވެ.
“ތިހާ ކަންތައް ހިނގި އިރު އެކަކުވެސް އަހަންނަށް ގުޅާލާފަ ބުނެނުލި ވިއްޔަ. އަހަންނަކީ ފެމިލީއެއް ނޫންތަ؟ އަޅެ ބައްޕަމެންގެ އެނިވަރސަރީގަ ގުޅީމައޭ ދޮންބެވެސް އެ ބުނީ. އެ ވަރަށް ގުޅާ އިރު މަންމަވެސް އެއްވެސް އެއްޗެއް ނުބުނޭ” ޒާއިން ޝަކުވާ ކުރިއެވެ.
“ޒާއިންގެ އެގްޒާމްސް ވީމަ މަންމަމެން ނުބުނީ. އެގްޒާމްސް ތެރޭގަ އެހެން ކަމަކާ ޒާއިން ވިސްނާކަށް މަންމަމެން ބޭނުމެއް ނުވާނެއެއްނު؟ އަހަރެންވެސް އެ ގޮތެއް ބޭނުމެއް ނޫން” ނޫރީން ބުންޏެވެ.
“ދެން..؟ މާލެއަށް ނުދަންތަ؟ މިކޮޅުގަ ހުންނަނީތަ؟” ޒާއިން އެހިއެވެ.
“ނޭނގެ.. އަދި ދާކަށް ބޭނުމެއް ނޫން. އެކަމަކު އަބަދަކު މިތާކު ނޫޅެވޭނެއެއްނު؟ ކޮންމެވެސް ދުވަހަކުން ދާން ޖެހޭނެއެއްނު؟” ނޫރީން ޚިޔާލަކަށް ގެއްލިފައި އިންހެން ބުނެލިއެވެ.
ވެދިޔަ ކަންތަކާ ވިސްނަމުން ދިޔަ ޒާއިން އެއްޗެއް ނުބުނެ ނޫރީންއާ ދިމާއަށް ބަލަން އިނެވެ. އެހެން އިން އިރު ޒާއިން އެންމެ ކަންބޮޑުވީ އަޒްޔަންއާ މެދުގައެވެ. ޝަފަގުގެ ވާހަކަ އަޑުއަހާފައި، އަޒްޔަން އެފަދަ ކަމެއް ކޮށްފާނެ ކަން ގަބޫލު ކުރަން އުނދަގޫވި ނަމަވެސް، ހަފްތާއެއްހާ ދުވަސް ކުރިން ޒާއިން ގުޅި ދުވަހު ނޫރީންއާ އަޒްޔަންގެ މެދުގައި ކަންތައް ވީ ގޮތާ، އަދި ކިއާރާއާ ދާނިޔާލްގެ ވާހަކަ ކިޔާދިނުމުން އަޒްޔަންގެ ވާހަކަ ޒާއިންއަށް ގަބޫލު ކުރެވުނެވެ. އެހެން ނަމަވެސް ނޫރީންއަށް އެކަން އެ ގޮތަށް ނުވިސްނޭނެ ކަން ޒާއިން ގަބޫލު ކުރެއެވެ. ކަންތައް ކުރެވުނު ގޮތުން އަޒްޔަން ދެރަވާ ކަން ޒާއިންއަށް އެނގެއެވެ. އަދި ނުބުނި ނަމަވެސް ނޫރީން ދެކެ އަޒްޔަން ލޯބިވާ ކަންވެސް ޒާއިންއަށް ޔަގީން ވެއެވެ.
ނޫރީންގެ ހިތުގައި ވާ އެއްޗަކާ މެދު ޔަގީން ނުވި ނަމަވެސް އެ ވަކިވުމުން ނޫރީންވެސް ދެރަވާކަން ޒާއިންއަށް ޔަގީންވީ ނޫރީން ކައިރިއަށް އައިސް ވާހަކަ ދައްކާލެވުމުންނެވެ.
ދެ ދުވަސް ފަހުން ޒާއިން މާލެއަށްވެސް ދިޔައީ ޔާސިރުމެންނަށް ނާންގައެވެ. އިރު އޮއްސެން އުޅެނިކޮށް ގެއަށް ވަން ޒާއިން ފެނި ސައިބޯން ތިބި ޝަފަގުއާ ޔާސިރު ހައިރާންވިއެވެ.
“ދަރިފުޅު، ބުނެވެސް ނުލާތަ ތިއައީ؟” ޒާއިން ގައިގައި ބައްދާލަމުން ޔާސިރު ބުންޏެވެ.
“ބުނި ނަމަ ބައްޕައާ މަންމައަށް ސަޕްރައިޒްއެއް ނުދެވުނީހެއްނު. ހާއި މަންމާ..!” ޒާއިން ޔާސިރުއާ ދުރަށް ޖެހިލާ ޝަފަގު ގައިގައި ބައްދާލިއެވެ.
ދަރިފުޅު ގައިގައި ބައްދާލި ގޮތަށް ޝަފަގުއަށް ރޮވުނީ އަޒްޔަން މަތިން ހަނދާން ވެފައެވެ. ޒާއިން ދުރަށް ޖެހިލަން އުޅުމުން ހައްތަހާ ބާރަށް ޒާއިން ގައިގައި ހިފަހައްޓާލި ޝަފަގުގެ ރުއިންވެސް ބާރުވިއެވެ.
“މަންމާ.. ކީއްވެ ތި ރޮނީ؟ ޕްލީޒް، ހުއްޓާލަބަލަ..” ޝަފަގު ގޮވައިގެން ގޮސް ސޯފާގައި އިށީނދެފައި ޒާއިން ގަދަކަމުން ދުރަށް ޖެހިލަމުން މަންމަގެ ދެލޯ ފޮހެދިނެވެ.
“ޔާސިރު..” ޝަފަގުއަށް އާދޭހާއެކު ޔާސިރުއަށް ގޮވާލެވުނެވެ. އެ ގޮވާލުމުގެ ފަހަތުގައި ވަނީ ކީކޭ ކަން ވިސްނުނު ނަމަވެސް ޔާސިރު އިސްޖަހާލަމުން ދުރަށް ބަލާލީއެވެ. ޔާސިރުގެ އެ ހަރަކާތުން ޝަގަފުއަށް ޖަވާބުވެސް ލިބުނެވެ.
“ބައްޕާ.. އެހެން ނުހަދާ.. ދޮންބެ ގެއަށް އަންނަން ބުނޭ” ޝަފަގުގެ އެދުން ޒާއިންއަށްވެސް ވިސްނުނެވެ. ޝަފަގުއަށް ދުލާ ހަމައަށް ގެންނަން ނުކެރުނު އެދުން ޒާއިން ފާޅު ކުރިއެވެ.
“ތިހެން ބުނި އިރު ޒާއިންއަށްވެސް ހުރިހާ ކަމެއް އެނގެއެއްނު؟ އެހެން ވިއްޔާ ދަރިފުޅުވެސް އަޑުއަހާ! އެކަކުވެސް މި ގޭ ތެރޭގަ އަޒްޔަންގެ ވާހަކަ ދައްކަން ނޫޅޭތި. އަޒްޔަންއާ އަހަރެންނާ އެއްވެސް ގުޅުމެއް ނޯންނާނެ، އަދި އަހަންނާ ގުޅުން ހުރި މީހަކާވެސް އަޒްޔަންއާ ގުޅުމެއް ނޯންނާނެ. އެކަން ޒާއިންވެސް ހަނދާން ނައްތާނުލާތި!” ޔާސިރު ޒާއިންއަށްވެސް އެންގިއެވެ.
“ދުލުން ބުނެލިއެއް ކަމަކު ތިހެން ގުޅުން ކަނޑާލެވޭތަ ބައްޕާ؟ ކޮންމެ އެއްޗެއް ބުންޏަސް އެއީ މަންމައާ ބައްޕަގެ ދޮށީ ދަރިފުޅަށް ނޫނީ ނުވާނެ. އަހަރެންގެ ދޮންބެއަށް ނޫނީ ނުވާނެ. އެހެން ނޫނަސް ކަމެއް ވާ އިރަށް ގުޅުން ކަނޑާލަން ވާނެތަ؟ އެކަމެއް ހަނދާން ނައްތާލާފަ މާފެއް ނުކުރެވޭނެތަ؟” އަޒްޔަންއާ ޚިލާފަށް ޔާސިރުގެ ކުރިމަތީ އެއްޗެއް ބުނަން ވާ ތަނުގައި ބުނަން ޒާއިން ފަހެއް ނުޖެހެއެވެ.
“އަހަރެންގެ ނިންމުމުގެ މައްޗަށް ޒާއިންއަކަށްވެސް އަދިއެއް ގޮތެއް ނުނިންމޭނެ. ބައްޕަ ބުނީމަ ޒާއިންވެސް އަޑުއަހާ. ކަމެއް ނުވެއެއް ނޫން އެހެން ބުނީކީ. މާފު ކުރާ ވަރުގެ ކަންތަކަށް މާފުވެސް ކުރެވޭނީ” ޔާސިރު ބުންޏެވެ.
“ދެން ހެޔޮ! އަނެއްކާ ޒާއިންއާ ޔާސިރު ދެބަސްވާނީއެއް ނޫން. މިހާރު ވެފަ އޮތް ވަރުން އަހަންނަށް ފުދޭ. ދެން ހުއްޓާލާ!” ދެ ކަންފަތުގައި އަތް އަޅާލަމުން ޝަފަގު ބާރަށް ބުންޏެވެ.
އެ ވަގުތު މަޣްރިބް ނަމާދަށް ބަންގި ގޮވާ އަޑު އިވެން ފެށުމުން އެ މައުޟޫއަށް އިތުރަށް ވާހަކަ ދައްކަން ނުހަދާ ޔާސިރު މިސްކިތަށް ދާން ނިކުތީއެވެ.
“ދަރިފުޅު، ބައްޕައާ ޒުވާބު ކުރަން ނޫޅެއްޗޭ. މި ދުވަސްކޮޅު ބައްޕަ އެއްވެސް މީހަކު ބުނާ އެއްޗެއް އަޑެއް ނާހާނެ، އެއަށް ވުރެ ބޮޑަށް ރުޅި އައިސްފަ އެ ހުންނަނީ. ޒާއިން އެ ވާހަކަ ފަށައިފިއްޔާ ހައްތަހާ ބޮޑަށް ރުޅި އަންނާނީ. އެ ރުޅީގަ އަނެއްކާ ޒާއިންއާ ދިމާއަށް އެއްޗެއް ބުނެފިއްޔާ.. ދޮންބެއަށް ފަހު އަނެއްކާ ދަރިފުޅުވެސް.. ދަރިފުޅާ، މަންމަ ބުނާ ބަސް އަހައިގެން އެއްޗެއް ނުކިޔާ ހުރޭ. ބައްޕައަށްވެސް އަބަދަކު ދޮންބެ ދެކެ ރުޅިއައިސްފައެއް ނުހުރެވޭނެ. އަދި ދޮންބެ އަންނާނެ، ބައްޕަ ދޮންބެ ގެންނާނެ” ޒާއިންގެ އަތުގައި ހިފާލަމުން ޝަފަގު ބުންޏެވެ.
ޝަފަގުގެ ބަސް އަހަމުން ޒާއިން ބޯ ޖަހާލިއެވެ. ޝަފަގު ބުނިހެން އެ ވާހަކަ ދައްކައިގެން ޔާސިރު އިތުރަށް ރުޅިއައުމަކީ ޒާއިންވެސް އެދޭ ގޮތެއް ނޫނެވެ.
15 މަސް ފަސް
އާދައިގެ މަތިން ފަތިސް ނަމާދަށް ތެދުވެފައި ޝަފަގު ޔާސިރުއަށް ގޮވާފައި ފާހާނާއަށް ވަނެވެ. ދިހަ ވަރަކަށް މިނަޓް ފަހުން ޝަފަގު ނިކުތް އިރު އެހެން ދުވަސްތަކާ ޚިލާފަށް، ޝަފަގު މުސައްލަ ފަތުރާ ނަމާދު ދޮޅިއަޅާ ނަމާދަށް އަރަން ތައްޔާރު ވީ އިރުވެސް ޔާސިރު އެނދުގެ އަރިމަތީ އިށީނދެލައިގެން އިނީއެވެ.
“ޔާސިރު، ކިހިނެއް ވެފަ ތި އިނީ؟” ޝަފަގު ގޮވާލިއެވެ.
“މިއަދު މި ކޮނޑުމައްޗާ.. އެކީ ހީވަނީ އައްސި.. އައްސިވެފަ ހުންނަ ހެން.. ތެދުވާނެހާ ހިތްވަރުވެސް ނެތް.. އެހެންވެ އިރުކޮޅަކު.. އިރުކޮޅަކު އިނީ..” ކަނާއަތުން ވައަތު ކޮނޑުމަތީ ހިފާލައިގެން އިނދެ ވާހަކަ ދައްކަމުން ދިޔަ ޔާސިރު ހީވީ ގައިގައި އެއްވެސް ވަރެއް ނެތިފައި އިން ހެނެވެ.
އެއީ ފަތިސް ވަގުތުގައި އޭގެ ކުރިން ޔާސިރުގެ ކިބައިން ދުވަހަކުވެސް ފެނިފައި ނުވާ ކަމަކަށް ވީތީ ޝަފަގު ކަންބޮޑުވިއެވެ.
“އެހެން ވިއްޔާ މިއަދު މިސްކިތަށް ނުގޮސް ގޭގަ ނަމާދު ކޮށްލަންވީނު؟ އަރާމެއް ނެތި މާ ބުރަކޮށް ވިއްޔަ މިހާރު ޔާސިރު ތި އުޅެނީވެސް” ޝަފަގު އައިސް ޔާސިރު ކައިރީ އިށީނދެފައި ބުންޏެވެ.
“އާނ، މިއަދު ގޭގަ ނަމާދަށް އަރާނީ.. ޝަފަގު ދައްކާ ވާހަކަ ދޯ! ބުރަ.. ވަކި އިތުރަށް ބުރަތަ..؟ މަސައްކަތް ކޮށްގެނެއްނު އުޅެވޭނީ..؟” ޔާސިރުގެ ވާހަކަ ދެއްކުންވެސް ލަސްވެފައި ވާހެން ޝަފަގުއަށް ހީވިއެވެ. ކަންބޮޑުވީ ނަމަވެސް އެހެން ބުނަން ބޭނުން ނުވެފައި ޔާސިރުގެ މޫނަށް ބަލަން ޝަފަގުއަށް އިނދެވުނެވެ.
“ޝަފަގު ނަމާދަށް އަރާބަލަ.. އިރުކޮޅަކު އިނދެލާފަ.. މި ދަނީއޭ.. އެހާ ވަރުގެ ކަމެއް ނޫނޭ..” ޝަފަގުގެ ކޮނޑުގައި ފިރުމާލަމުން ޔާސިރު އެކަން މާ ބޮޑު ކަމަކަށް ނުހަދުމަށް ބުންޏެވެ.
ބޯ ޖަހާލާފައި ޝަފަގު ތެދުވިއެވެ. ޝަފަގު ނަމާދުކޮށް ނުނިމެނީސް ޔާސިރު ފާހާނާއަށް ވަނެވެ. ހިތަށް ވެރިވެފައިވި އާދަޔާ ޚިލާފް ނުތަނަވަސްކަމުގެ ސަބަބުން ނަމާދުކޮށް ނިމި، ދުޢާއަށް އަތް ނަގައިގެން އެހެން ދުވަސް ދުވަހަށް ވުރެ ގިނަ އިރު ޝަފަގުއަށް އިނދެވުނެވެ. އެންމެ ފަހުން ޝަފަގު ތެދުވީ ޔާސިރު ލަސްވެގެންނެވެ.
“ޔާސިރު..؟” ފާހާނާ ދޮރު ކައިރިއަށް ޖެހިލާފައި ޝަފަގު ގޮވާލިއެވެ. ހަމަ އެ ވަގުތު ޔާސިރު ފާހާނާއިން ނިކުތެވެ.
ނަމާދުކޮށް ނިމިގެން ޔާސިރު އަނެއްކާވެސް އޮށޯތީއެވެ. ކޮފީ ހަދާފައި ޔާސިރު ނުނިކުމެގެން ކޮބާތޯ ބަލާލަން އައި އިރު އަނެއްކާވެސް ޔާސިރުގެ އާދައާ ނުބައްދަލު ކަމެއް ފެނުމުން ޝަފަގު އިތުރަށް ހާސްވިއެވެ.
“ޔާސިރު، ކޮފީ ނުބޮންތަ؟” އެނދު ކައިރިއަށް އައިސްފައި ޝަފަގު އެހިއެވެ.
“ނޫނޭ.. ހިނގާ..” އެހެން ބުނެފައި ޔާސިރު ތެދުވިއެވެ. ޔާސިރުގެ ފަހަތުން ދިޔަ ޝަފަގުއަށް، ޔާސިރުގެ ހިނގުމުގައި އެހެންނާ ނުހުންނަ ލަސްކަމެއް ހުރިކަން ފާހަގަ ކުރެވުނެވެ. ހިތުގައިވި ކަންބޮޑުވުމާ ނުތަނަވަސްކަން އިތުރުވެގެން ދިޔަ ޝަފަގުއަށް އެކަމާ އެއްޗެއް ނުބުނެވެނީސް ކާމޭޒާ އަރާ ހަމަވި ޔާސިރު ވެއްޓުނެވެ. ހަޅޭލަވައިގަނެވުމާއެކު ޝަފަގު ޔާސިރު ކައިރީ އިށީނދެ ޚަބަރު ހުސްވެފައި އޮތް ޔާސިރުއަށް ގޮވަން ފެށިއެވެ. ޝަފަގުގެ އަޑަށް އެ ގޭގައި ހުންނަ ލީލާ ބަދިގެއިން ނިކުމެގެން އައިސް ޝަފަގު އަތަށް ފެން ތައްޓެއް ދިނެވެ.
މޭޒުމަތީ އޮތް ޝަފަގުގެ ފޯން ރިންގްވީ އެ ވަގުތުއެވެ. އެއީ އާންމުކޮށް ނޫރީން ޝަފަގުއަށް ގުޅާ ވަގުތެވެ. ކަމެއް ވެގެން އުޅޭކަން ނޭނގި އާދައިގެ މަތިން ނޫރީން އެ ދުވަހުވެސް ގުޅީއެވެ. ޝަފަގުއަށް އެ އަޑުވެސް ނީވެއެވެ. އެ ކޯލަށް ޖަވާބު ދިނީ ލީލާއެވެ.
“ނޫރީން މެޑަމް.. ބޮސް ވެއްޓުނީ، މެޑަމް ރޮނީ” ލީލާ ކޮށި ދިވެހި ބަހުން ނޫރީންއަށް ވެގެން އުޅޭ ގޮތް ކިޔާދޭން މަސައްކަތް ކުރިއެވެ.
“ކީކޭ..؟ ލީލާ، އަވަހަށް މަންމައަށް ފޯން ދީބަ” ނޫރީން ކަންބޮޑުވެގެން އަވަސްއަވަހަށް ބުންޏެވެ.
“މެޑަމް، ނޫރީން..” ލީލާ ޝަފަގުއަށް ފޯން ދިއްކޮށްލިއެވެ.
“ނޫރީން.. ބައްޕަ .. ނޫރީން، މަންމަ ކިހިނެއް ހަދާނީ..؟” ޝަފަގު ރޮމުން ވާހަކަ ދެއްކިއެވެ.
“މަންމަ އެމްބިއުލާންސަށް ގުޅާ އަވަހަށް.. އަހަރެން އެބަ ބަލަން.. މަންމަ ކަންބޮޑު ނުވޭ.. އިހަށް ކަނޑާލަނީ އިނގޭ.. އިރުކޮޅަކުން މި ގުޅަނީ..” އެ ވަރަށް ބުނެފައި ޝަފަގުއާ އިތުރަށް ވާހަކަ ދައްކަން މަޑުނުކޮށް ނޫރީން ފޯން ކަނޑާލި ގޮތަށް އަޒްޔަންއަށް ގުޅިއެވެ.
ނަމާދުން އައިސް ކޮފީއެއް ބޯން އިން އަޒްޔަންއަށް ހައިރާންވެފައި ފޯނަށް ބަލަން އިނދެވުނީ ނޫރީންގެ ކޯލެއް އަންނާތީއެވެ. އެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވޭތާ ދޮޅު އަހަރެއްހާ ދުވަސް ފަހުން ނޫރީން އަޒްޔަންއަށް ގުޅަން ޖެހުނީ ކޮން ކަމަކު ބާއޭ ހިތަށް އަރާ އިނދެ ކަންފަތުގައި ފޯން ޖައްސާލި އިރު އަޒްޔަންގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ.
“އަޒްޔަން، ދެންމެ އަހަރެން މަންމައަށް ގުޅި އިރު ބައްޕަ ވެއްޓިގެން އުޅެނީ.. މަންމަ ވަރަށް ކަންބޮޑުވެފަ ހުރީ، ހަމަ ރޮވެނީ.. އަހަރެން ބުނިން އެމްބިއުލާންސަށް ގުޅަން، އެކަމަކު މަންމަ ހުރި ހާލަތުން ނޭނގެ މަންމައަށް އެކަން ވާނެ ކަމެއް.. އަޒްޔަން އަވަހަށް ދޭބަލަ..” އަޒްޔަން ފޯން ނެގުމާއެކު އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ނޫރީން އަވަސްއަވަހަށް ބުންޏެވެ.
އަޒްޔަންއަށް ހީވީ އިރުކޮޅަކަށް ހިތުގެ ހިނގުންވެސް ހުއްޓުނު ހެންނެވެ. ބައްޕައާ މެދު ކަންބޮޑުވީ ވަރުން ނޫރީންގެ ވާހަކަ ނުނިމެނީސް އަޒްޔަން ތެދުވެގެން ކޮޓަރިއަށް ވަނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.








ހާއި ކުދިން، މިރޭ މިބައި ނިންމާލެވުނީމަ އަޕްލޯޑް ކޮށްލީ. ރަނގަޅަށްތަ ކުރިއަށް މި ދަނީ؟ އަޒްޔަންއާ އަޒްޔަންގެ ބައްޕައާ މެދުގަ ކަންތައް ރަނގަޅު ނުވަނީސް ދެރަ ގޮތެއް ވާންތަ މިއުޅެނީ؟ ނޫރީން ދެން އަލުން އަޒްޔަންގެ ލައިފްއަށް އަންނާނެތަ؟ ނޫނީ ކިއާރާއަށްތަ އެ ފުރުސަތު ލިބޭނީ؟ ކިހިނެއްބާ ކިޔުންތެރިން ދެކެނީ؟
btw i have changed Azyan’s brother’s name from Zayaan to Zaain. readers confuse vedhaanethy clear kolly inge
nooreen adhi annane , Yasir ah gotheh nahadhache 😭💔 kondhuvahakun next part libeyni, curiously waiting 💔💔💔💔😭😭😭😭😭
@ne, aan nooreen annan vaane dho, yasir ah vy goiy next part ga engeyne, next part Thursday ga, ehen nubunevey dho mifaharu, thank u for reading and commenting dear
Salhi mi part vx. Kiyamun dhaa vrh roveni 😭. Lots of love.
anha, nurohchey, eha sad eh noonehnu mi part, kiyaalyrhy thanks dear
Masha Allah vrh reethi ♥️.. 15 month vegen dhiya iruvx azyan and nooreen vaahaka nuvx dhahkaa vrh dhera 😢.. azyan ge bappa ah kihineh baa evey vrh curious 🤔 dhn azyan life ah kiyara nugen nehchy
thank u Aisha, aan dhen vaahaka dhakkaane beynumehves neiythaa dho, azyan bappa ah vy goiy next ep in engeyne, kiara ge chapter ninmaalanvy dho
Mi part ves vrh Reethi MA! 💗
Azyan and nooryn gulhuvahchey plss! 🙏😭
Ethedheh Azyan ge life ah dhen kiyara nugen nahchey
I’m so curious for the next part When’s next?
thank u Shaba, azyan aa nooryn gulheytho noony kiara adhi aadheytho balama, nimen dhen kiyahchey inge, next on Thursday
Wooow v reethi MA
Alhey family Hama madumadun gos dhiyaii dhw
I was so happy that zaain azyan dhifaauga bas buneema
Reen azyan ah 1 year ar half kohlaafa dhw egulhii
Can’t wait to see the family get back together
CW4THENEXTP
TC marsha
hmm, Zaain aa Azyan thafaathu dho, n and a divorce ah fahu vaahaka dhakkaane beynumehves nethehnu, ekamuves n gulhy dho a ah, im also hoping family alun ekuvaane kamah, thanks dear
When next??
Thursday ga
Varah reethi will be waiting for next part….when is next part
anha Kokila ge comment eh adhi alah mi story ah mi libuny, glad that u like this, hoping to see more comments on upcoming parts dear, thanks, next on Thursday