Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހޯދަން ކަލާ 4

Fihaaraeh Thereyn Level 110 Stories
May 24, 2026 6 Mins Read
2 Comments

“މާތްކަލާކޯ! ގޯހެއް ނޫން ކަލޭ،” ނަވީން ވަލީދުއަށް ކަންތައް ކުރި ގޮތް ފެނުމުން ލިވާން ބާރަށް ބުންޏެވެ. މިލްޝާއަށް ވަލީދު ހޭނެތިފައި އޮއްވާ ފެނުމުން، ރައިހާން ފަހަތަށް ޖެހިލައި އަމިއްލަ އަނގަމަތީގައި އަތް އެޅިއެވެ. “ކޮންމެ ގޮތެއް ވިޔަސް މިހާރު މި އޮތީ ކަމެއް ކުރެވިފައި. އޭނާ ހޭއަރަންވާއިރަށް ގޮނޑިއެއްގައި އައްސަން އުޅޭ،” ރައިހާން ބުންޏެވެ.

ނަވީން ވަލީދުގެ ގައިމަތިން ތެދުވެ، ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނެވެ. އޭނާގެ ސިކުނޑި މިހާރު ވަނީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. އެއީ ލައިރާ ގެއްލުމުގެ ސަބަބުން މިހާ ހުރިހާ ދުވަހު ހިތުގައި ފޮރުވިފައި ހުރި އުދާސްތައް ބޭރުކޮށްލެވުމުންނެވެ. “ލިވާން، ކާރުތެރޭގައި އޮތް ވާގަނޑު ހިފައިގެން އާދެ” ނަވީން މަޑުމަޑުން ބުންޏެވެ. “ރޯޖާ ދެޓް ބޮސް” ލިވާން ކާރާ ދިމާލަށް ދިޔުމަށް ގެއިން ނިކުންނަމުން ބުންޏެވެ.

މިލްޝާ ވެސް ހިތްހަމަޖައްސާލުމަށްޓަކައި ލިވާންގެ ފަހަތުން ބޭރަށް ނިކުތެވެ. ރައިހާން ނަވީންގެ ގާތަށް ގޮސް، އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދައްކަން ފެށިއެވެ. “ދެން މިކަހަލަ ކަމެއް ވެއްޖެނަމަ އަހަރެން އެހީއެއް ނުވާނަން. ނަވީން އަމިއްލައަށް ރާވާ ކަންކަމުގައި އަމިއްލައަށް ތި އުޅެނީ އުނިކަމެއް ގެންނަން. ކޮންމެ ކަމެއް ކުރިއަސް، ހަމަބުއްދި ފިލާނުދޭ.” ރައިހާން ދެއްކި ވާހަކަތައް ނަވީން އަޑުއެހީ ވަރަށް ސަމާލުކަމާއެކުގައެވެ. އަދި އެއީ ރަނގަޅު ވާހަކަތަކެއްކަން އޭނާ ގަބޫލުކުރިއެވެ.

ލިވާންއާއެކު މިލްޝާ ވެސް ވާގަނޑެއް ހިފައިގެން އެތެރެއަށް ވަނެވެ. އެ ހަތަރު އެކުވެރިން ދެން އަވަސްވެގަތީ ވަލީދު ގޮނޑީގައި ބަނުމަށެވެ. “މީނަ ހާދަ ބަރޭ ދޯ،” ލިވާން ހިެމުން ބުންޏެވެ. “ކަލެއަށް ބަރުވާނެ ކޮންމެ އެއްޗަކަސް. މީހާ ތިހުންނަނީ ބިމަށް ޖަހާފަ ހުންނަ ދަނޑި އެއްހެން ވިއްޔާ” ރައިހާން ބުނި ބަހަށް މިލްޝާއަށް ހީލެވުނެވެ. ނަވީން އެ ގޭގެ ފާޚާނާއަކުން އަތާއި މޫނު ދޮވެގެން ނިކުމެ، ވަލީދު ހޭއަރާނެ ވަގުތެއްގެ އިންތިޒާރުގައި މަޑުކޮށްލިއެވެ.

ނަވީން އިނީ ވަލީދުގެ ކުރިމަތީގައި ހުރި ގޮނޑިއެއްގައެވެ. މިލްޝާ އާއި ރައިހާން އެގޭ ބަދިގެ މޭޒު ކައިރީގައި ތިބިއިރު، ލިވާން އުޅުނީ ބަދިގޭގައި ހުރި ފްރިޖް ހާވާށެވެ. ގާތްގަނޑަކަށް ފަނަރަ މިނެޓަށްފަހު މޫސާ ވަލީދަށް ހޭވެރިކަންވާން ފެށިއެވެ. އޭނާއަށް ހޭއެރުމާއެކު، ކުރިމަތީގައި އިން ނަވީން ފެނުމުން ބާރަށް ހަޅޭއްލަވައިގަތެވެ. “ކަލޭ ތީ ކާކު..؟ މަގޭ ފަހަތުން ތި އުޅެނީ ކީއްވެގެން..؟؟”

ނަވީން ވަލީދުގެ ގާތަށް ޖެހިލުމަށްފަހު ވާހަކަދައްކަން ފެށިއެވެ. “މޫސާ ވަލީދު، 43 އަހަރު، މަރަނަ، ކ. މާލެ، އައިޑީ ކާޑު ނަންބަރު ާ087214، ރަނގަޅު ދެއްތޯ؟” ނަވީން ސުވާލުކުރިއެވެ. ނަވީން އޭނާއާ ބެހޭ މަޢުލޫމާތުތައް ކިޔައިދިނުމުން، ވަލީދު ކުޑަކޮށް ޖެހިލުންވިއެވެ. “މީގެ އިތުރުން އިންސާނީ ވަގުފާރީގައި ވެސް ވަލީދު ބައިވެރިވާކަން އެއީ ތެދެއް ދެއްތޯ؟” ނަވީން ވަރަށް ހަމަޖެހިލައިގެން އިނދެ ސުވާލުކުރިއެވެ.

ނަވީން އެ ސުވާލުކުރީ އޭނާ ޖަވާބެއް ދޭނެ ކަމަށް އުންމީދުކޮށްގެނެއް ނޫނެވެ. ނަމަވެސް “އިންސާނީ ވަގުފާރި” އޭ ބުނުމުން، އޭނާގެ މޫނުމަތިން އެއީ ތެދެއްކަން ހާމަވާ ފަދަ ބަދަލެއް އަންނާނެކަން ނަވީންއަށް އެނގޭތީއެވެ. ކަންތައް ވީވެސް އެހެންނެވެ. ވަލީދުގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެގެން ދިޔައެވެ. އަދި ކުރިއަށްވުރެ ބާރަށް “ކަލޭ ތީ ކާކު ހޭ؟؟؟” އޭ ބުނެ އަނެއްކާވެސް ސުވާލުކުރިއެވެ.

ނަވީން އިތުރަށް ވަލީދުގެ ނަފްސާނީ ހަމަޖެހުން ނަގާލުމަށްޓަކައި ސުވާލުކުރިއެވެ. “މާލެއިން ޔޫރަޕަށް ކުރާ އިންސާނީ ވަގުފާރީގެ ބައިވެރިއެއް ކަމަށްވާ ޑޭވިޑް ޝޭން، މި ނަން ކިޔާ މީހަކު ދަންނަންތަ؟” މިހެން ބުނުމާއެކު ވަލީދު މުޅިން ހިމޭންވިއެވެ. އަދި ހަމަޖެހޭގޮތް ދައްކަމުން ސުވާލުކުރިއެވެ. “ކަލޭ ބޭނުމީ ކޯއްޗެއް؟ ފައިސާ ދޯ..؟ ބުނި ވަރެއް ދޭނަން.”

މި އަޑު އިވުމުން ރައިހާން ވެސް ނަވީންގެ ގާތަށް ދިޔައެވެ. ހަމައެއާއެކު، ލިވާން އަނގައަށް ބަނަހެއް ލައިގެން ހުރެ، “މާވަހަރެއް، ފައިސާގަނޑެއް!” މިހެން ކިޔަމުން ނަށަމުން ގޮސް ވަލީދުގެ ކޮނޑުގައި އަތްލިއެވެ. މިލްޝާ ދުރުގައި ހުރެ ކަންތައް ހިނގަމުންދާ ގޮތް ބަލަމުން ދިޔައެވެ. “ފައިސާއަށްވުރެ ވަލީދު މަރާލުމުން މަ މާ ހިތްހަމަޖެހޭނެ. ވަލީދު މަރާލުމަށްފަހު ގޭގައި ފައިސާ ހުރިއްޔާ އެވެސް ނެގޭނެ، ނެތިއްޔާ ވަލީދުމެންގެ ގުނަވަންތައް ވިއްކާލައިގެން ވެސް ފައިސާ ހޯދޭނެ. އެކަމަކު ވަލީދު ދިރިހުރެގެން ލިބޭނެ އެއްވެސް ފައިދާއެއް ނެތް” ނަވީން ވަރަށް ހަމަޖެހިލާފައި ވަލީދި ު އާއި ދިމާލަށް ބުންޏެވެ.

ނަވީން ބުނި މި ބަސްތަކާއެކު، އޭނާ އުންމީދުކުރި ފަދައިން ވަލީދުގެ މޫނުމަތިން އުންމީދު ކަނޑާލާފައިވާ ކަމުގެ ނިޝާންތައް ފެނުނެވެ. “ތިހެން ނުހަދާ! ކޮންމެސް އެއްޗެއް ބޭނުންވާނެ؟ ބުނޭ، އަހަރެން ދޭނަން..” ވަލީދު އާދޭހާއެކު ބުންޏެވެ. މި އަޑު އިވުމުން ނަވީން ލިވާންގެ ގާތުގައި ބަދިގެއިން ވަޅިއެއް ގެނައުމަށް ބުންޏެވެ.

“ލާރި ބަސްތާ ހުޅުވާނެ ވަޅި…، ކޮށާނެ ވަޅި…، ގުނަވަންތައް ނަގާނެ ވަޅި…” މިފަދަ ރާގަކަށް ލަވައެއްގެ ރާގުގައި ކިޔަމުން ލިވާން ބަދިގެއިން ވަޅިއެއް ހިފައިގެން އައިސް ނަވީންއަށް ދިނެވެ. ވަޅި ލިބުމާއެކު، ނަވީން އެ ވަޅި ވަލީދުގެ ކަރުގައި ޖައްސައި، ހަންގަނޑުގައި ވަޅީގެ އަރިމަތި ޖައްސާލިއެވެ. މި މަންޒަރު ބަލަން ކެތްނުވުމުން މިލްޝާ އަނެއް ފަރާތަށް އެނބުރުނެވެ. މިލްޝާއަށް އުނދަގޫވާކަން އެނގުމުން ރައިހާން އޭނާގެ ގާތަށް ދިޔައެވެ. ލިވާން، ވަލީދުގެ ބޮލުގައި ހިފައި މައްޗަށް އުފުލައިލީ އޭނާގެ ކަރު ރަނގަޅަށް ފެންނާނެހެންނެވެ.

“އެންމެ ބުރަކު ސުވާލު ކުރާނީ…އަހަރެން ބޭނުމީ ޖަވާބު…” ނަވީން ވަރަށް މަޑުމައިތިރިކަމާއެކު، ނަމަވެސް ވަޅިއަށް ބާރުލަމުން ބުންޏެވެ. ވަލީދު އިނީ ބިރުން ގޮސް ހަދާނެގޮތް ހުސްވެފައެވެ. އޭނާ ވަރަށް އުނދަގުލުން، “ކޮން… ކޮން ސުވާލެއް؟” އޭ ބުންޏެވެ.

“އަހަރެއް ކުރިން ޔޫރަޕަށް ޑޭވިޑް ޝޭންއާއެކު އިންސާނީ ވަގުފާރިކޮށް، ވިއްކާލި އައިޝަތު ލައިރާ ލަހުފާން މިހާރު ކޮބާ…؟” ނަވީން މި ސުވާލު ކުރުމުން، ވަލީދުގެ ދެލޯ ބޮޑުވެ، ހައިރާންކަމާއެކު “ކަލެއަށް ތިކަން އެނގުނީ ކިހިނެއް؟” އޭ ބުންޏެވެ. އެއާއެކު ނަވީން ވަޅި ވަލީދުގެ ކަރުގައި އިތުރަށް ބާރުކޮށްލިއެވެ.

“ބުނީމެއްނު އެންމެ ފަހަރަކުއޭ އަހާނީ،” މިހެން ބުނެ ނަވީން ވަޅި ކަރުން ދުރުކޮށްލުމަށްފަހު، ކަރު ބުރިކޮށްލުމަށް އަތް ހޫރާލި ވަގުތު “މަޑުކުރޭ!” އޭ ކިޔައި ވަލީދު ބާރަށް ހަޅޭއްލަވައިގަތެވެ. އަދި ވަލީދު ބުންޏެވެ. “ލައިރާ އުޅެނީ ޔޫރަޕްގައި. ލައިރާ ވިއްކާލީ އަޅެއްގެ ގޮތުގައި. އޭނާ މިހާރު ހުރީ—” ވަލީދުގެ ޖުމްލަ މެދުކެނޑުނީ އޭނާގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. އެ އަޑަށް ރައިހާން އާއި މިލްޝާގެ ސަމާލުކަން ވެސް އެދިމާލަށް ހުއްޓުނެވެ. އެ ހަތަރު އެކުވެރިންގެ ހިތުގައި ވެސް އުފެދުނު ސުވާލަކީ އެ ފޯނު ކޯލަށް ހަދާނީ ކިހިނެއްތޯއެވެ؟

ނަވީން އިޝާރާތުން ރައިހާން އާއި ވާހަކަދެއްކުމަށްފަހު، ވަލީދުގެ ޖީބުން ފޯނު ނެގުމަށް ލިވާންގެ ގާތުގައި ބުންޏެވެ. “ލެޕްޓޮޕަށް ފޯނު ގުޅައިގެން ކޯލް ރެކޯޑްކޮށް، ލޮކޭޝަން ޓްރޭސް ކުރަން ތައްޔާރުވޭ” ނަވީން ރައިހާންއަށް އިރުޝާދު ދިނެވެ. “ލިވާން، ވަލީދުގެ އަނގަމަތީގައި ޓީޝާޓެއް އައްސާ،” ނަވީން ބުންޏެވެ. ލިވާން މިލްޝާއާ ފޯނު ހަވާލުކުރުމަށްފަހު، އަލަމާރިން ޓީޝާޓެއް ހޯދައިގެން ވަލީދުގެ އަނގަމަތީގައި ބަނދެލިއެވެ. އެ ހަތަރު އެކުވެރިން ވަރަށް އަވަސްއަވަހަށް މި ކަންތައްތައް ނިންމާލެވުނެވެ.

ނަވީން ފޯނު ނެގިއިރު، ރައިހާން އާއި މިލްޝާ ތިބީ ލެޕްޓޮޕް މެދުވެރިކޮށް ކޯލް ރެކޯޑްކޮށް ޓްރޭސް ކުރުމުގެ މަސައްކަތުގައެވެ. ނަވީން ފުން ނޭވާ އެއްލާފައި ފޯނު ނެގި އެވެ. “ބޮސް، މިތިބީ އެއްކަލަ ގޯޅިތެރޭގައި. ދެ ކުދިން ކާރަށް އަރުވައިފިން..” ފޯނުގެ އަނެއްކޮޅުން ވާހަކަދެއްކި މީހާ ބުންޏެވެ. “ވިއްކާލާނެ ގޮތެއް ހަމަޖައްސާފައި ދާންވީ ތަނެއް ބުނެދީ..” މިހެން ބުނެ އިރުކޮޅެއްވީއިރު ވެސް ޖަވާބެއް ނުލިބުމުން އަނެއްކޮޅުން އަނެއްކާވެސް “ބޮސް؟” އޭ ކިޔައި ގޮވާލިއެވެ. އެވަގުތު ނަވީން “ހްމްމް..” އޭ ބުނުމަށްފަހު ފޯނު ކަނޑާލިއެވެ.

ފޯނު ކަނޑާލުމާއެކު ރައިހާން ބުންޏެވެ. “ޖަވާހިރު މަގު، ގޯޅި ކެފޭ ކައިރި.” އެ އަޑު އިވުމާއެކު ނަވީން ވަގުތުން ބުންޏެވެ. “ރައިހާން، އާދޭ މަށާއެކު އެތަނަށް ދާން. ލިވާން އާއި މިލްޝާ ވަލީދު ކައިރީގައި މަޑުކުރޭ. އަނެއްކާވެސް އިތުރު ކުއްޖަކު ވިއްކާލިޔަދީގެން ނުވާނެ.”

ރައިހާން ދާން ތެދުވުމުން، މިލްޝާ އޭނާގެ އަތުގައި ހިފަހައްޓައި “ބީ ސޭފް” އޭ ބުނެ އަތަށް ބާރުކޮށްލިއެވެ. ރައިހާން ވެސް ބަދަލުގައި ހިނިތުންވުމަކާއެކު އަތަށް ބާރުކޮށްލަމުން ބުންޏެވެ. “ދެން އެނގެއެއްނު އަނބުރާ އަންނާނެކަން.” މިހެން ބުނެ އަތުން ދޫކޮށްލުމަށްފަހު، ރައިހާން އާއި ނަވީން މިލްޝާގެ ކާރަށް އަރައި އެ މިސްރާބަށް ދަތުރު ފެށިއެވެ.

ނަވީން ބާރު ދުވެލީގައި ކާރު ދުއްވާފައި ގޮސް ޖަވާހިރު މަގަށް އެޅިއެވެ. “ތަންކޮޅެއް ބަލައިގެން ދުއްވާ” ރައިހާން ނަވީން ގާތު ބުންޏެވެ. ނަަމަވެސް ނަވީން ކާރު މަޑެއް ނުކުރިއެވެ. ގާތްގަނޑަކަށް ދިހަ މިނެޓް ތެރޭގައި އެ ގޯޅިގަނޑާ ހަމައަށް ދެވުނެވެ. ކާރުގެ ބިއްލޫރިގަނޑުން އެ ގޯޅި ފެންނަހެން މަޑުމަޑުން ކާރު މަޑުކޮށްލިއެވެ. ފެންނަން އޮތީ ކަޅުކުލައިގެ ކާރެއް އެ ގޯޅިގަނޑު ތެރޭގައި ޕާކުކޮށްފައި އޮތް ތަނެވެ. ކާރުން ބޭރުގައި ދެ މީހަކު ތިއްބެވެ. އެމީހުން ތިބީ ކަޅު ސޫޓު ލައި، އަވިއައިނު އަޅައި، އަތަށް އަންގި ވެސް ލައިގެންނެވެ. އެކަކު ކާރުގެ ފަހަތު ބިއްލޫރިގަނޑުން އެތެރެ ބަލަން ހުރިއިރު، އަނެއް މީހާ ހުރީ ފޯނާ ކުޅޭށެވެ.

“މަށަށް ފެންނަނީ، ބަޔަކު ކުއްޖަކު ކާރަށް އަރުވަނިކޮށް ފެނުނީއޭ ކިޔައިގެން ފުލުހުންނަށް ގުޅަން” ރައިހާން ނަވީންއަށް ލަފާދިނެވެ.

ނަވީންއަށް ވެސް ރައިހާން އެބުނި ގޮތަށް ކަންތައް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރެވުމުން، ޖީބުން ފޯނު ނަގައި ފުލުހުންނަށް ގުޅައިފިއެވެ. އިރުކޮޅެއްގެ ތެރޭގައި ފުލުހުން ފޯނަށް ޖަވާބު ދިނެވެ. “އައްސަލާމު އަލައިކުމް، މި ދައްކާ ވާހަކަ ރަނގަޅަށް އަޑިއަހާ، ނޯޓުކުރަންޔާ ކުރޭ، މާލޭގެ ޖަވާހިރު މަގު، ގޯޅި ކެފޭ ކައިރީ އޮންނަ ގޯޅިގަނޑު ތެރޭގައި ތިބި ދެމީހަކު، ކާރެއްގެ ތެރެއަށް ދެ ކުދިން ކިޑްނެޕް ކޮށްގެން އަރުވާ މަންޒަރު ފެނިއްޖެ. އެ ކާރުގެ ނަންބަރަކީ ‘÷1228’. ކާރު ކައިރީގައި ތިބީ ކަޅު ކުލައިގެ ސޫޓާއި، އައިނު އަދި އަންގި ލައިގެން ތިބި ދެ ފިރިހެނުން. ވީހާވެސް އަވަހަކަށް ފުލުހުން މި ސަރަހައްދު ބަންދުކޮށް މިމީހުން ހައްޔަރު ކުރަން އާދޭ.” ނަވީން ވަރަށް އަވަސްއަވަހަށް ފުލުހުންނަށް މި މަޢުލޫމާތުތައް ކިޔައިދިނެވެ.

ނަމަވެސް، ނަވީން ދެއްކި ވާހަކައަށް އެކޮޅުން އެއްވެސް ޖަވާބެއް ނުލިބުނެވެ. “ހެލޯ..؟” ނަވީން އަލުން ސުވާލުކޮށްލިއެވެ. އެއާއެކު ފުލުހުންގެ އިދާރާއިން ޖަވާބު ދިނެވެ “ރިޕޯޓް ކުރައްވަނީ ކޮން ބޭފުޅެއްތޯ؟” މި ސުވާލާއަޑުއިވުމުން ނަވީން ހިތްހަމަނުޖެހިފައި ބާރަށް ބުން “މާއި، އަދިވެސް ސުވާލުތަ ކުރަންވީ ކަލޭމެން، މިކަން ހުއްޓުވާކަންނު އަންނަންވީ” ނަވީން މިހެން ބުނުމާއެކު ފުލުހުންގެ ފަރާތުން ފޯނު ކަނޑާލިއެވެ.

“ކީއްވެ ފޯނު ކަނޑާލީއެ؟؟” ރައިހާން ހައިރާންކަމާއެކު ނަވީންއާއި ސުވާލުކުރިއެވެ. ނަވީން އެއްވެސް އެއްޗެއް ނުބުނެ އަލުން ގުޅޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ފުލުހުންގެ އިދާރާއިން ދެން ފޯނެއް ނުނަގައެވެ. ވަގުތުތައް ފާއިތުވަމުން ދިޔައީ އެފަދަ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. “އޭ، އެމީހުން އެހެން މީހަކާ ވާހަކަދައްކާ އެބަ” ރައިހާން ކުއްލިއަކަށް ބުނެލިއެވެ.

ރައިހާން އެހެން ބުނުމާއެކު، ނަވީން ވެސް ކާރުގެ ކުޑަދޮރުން އެމީހުންނާ ދިމާލަށް ބަލައިލިއެވެ. އެތަނުން އެކަކު ހުރީ ފޯނެއްގައެވެ. ފޯނުން ވާހަކަދައްކަމުން ދިޔައިރު، އޭނާގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ. ކުއްލިއަކަށް އޭނާ ވަށައިގެން ހޯދާލުމަށްފަހު، ނަވީންމެން ތިބި ކާރާ ދިމާލަށް ސީދާ ބަލައިލިއެވެ. ހަމަ އެއާއެކު ފޯނު ކަނޑާލައި، އަވަސްއަވަހަށް ކާރަށް އަރައި ދުއްވާލައިފިއެވެ.

“އެމީހުންނަށް އަހަރެމެން ބަލަން ތިބިކަން އެނގުނީތަ؟ އެކަމު ކިހިނެއް އެގެންވީ..؟؟” ރައިހާން ހައިރާންވެފައި ސުވާލުކުރިއެވެ. “އެއެއް ނޭނގެ، ކޮންމެގޮތެއް ވިޔަސް އެމީހުންގެ ފަހަތުން ދާން ހިނގާ” ނަވީން މިހެން ބުނެ ކާރު ސްޓާޓްކޮށްލުމަށްފަހު އެ ކަޅު ކާރުގެ ފަހަތުން ނައްޓާލިއެވެ. މާލޭގެ ހަނި ގޯޅިތަކާއި ބޮޑެތި މަގުތަކުގައި ބާރު ދުވެލީގައި ދެ ކާރު ދަތުރުކުރަމުން ދިޔައެވެ. ނަވީންގެ ކާރުގެ ދުވެލި މިހާރު ހުރީ ގަޑިއަކު ގާތްގަނޑަކަށް 75 ކިލޯމީޓަރުގައެވެ. އެ ކަޅު ކާރު ދާ މިސްރާބަށް ބަލާފައި ރައިހާން ބުންޏެވެ، “އެދަނީ ހުޅުމާލެއަށް ދާ ބްރިޖާ ދިމާލަށް.”

ކަންވީ ވެސް އެހެންނެވެ. އެ ކާރު ބްރިޖަށް އަރައި ދުވެލި އިތުރަށް ބާރުކޮށްލިއެވެ. ދެ ކާރު ބްރިޖުގެ މެދާ ހިސާބަށް ފޯރިތަނާހެން، ކުރީގައި އޮތް ކަޅު ކާރުގެ ކުޑަދޮރުން ބޭރަށް ބޯ ދިއްކޮށް ބަޑިއެއް ނަގައި، ނަވީންއާއި ދިމާލަށް އަމާޒުކޮށްލިއެވެ. ސިކުންތެއްގެ ތެރޭގައި ނަވީންއަށް އެ މަންޒަރު ފެނުމާއެކު، ވަގުތުން ބްރޭކަށް ފިއްތާލައި ހުންގާނު އަނބުރާލިއެވެ. ބާރު ދުވެލީގައި ދިޔަ އެ ކާރު ކޮންޓްރޯލުން ނެއްޓި ފުރޮޅާލަފާނެހެން ހީވިއެވެ. ނަމަވެސް، ނަވީން އެވަގުތު ކާރު އަނބުރާލިލެއް ހަލުވިކަމުން، އެމީހުން ފޮނުވާލި ވަޒަން ނަވީންއާއި ރައިހާންގެ ގަޔަށް ނޭރީ ކިރިޔާއެވެ.

(ވަލީދުލްމެން ގޭތެރޭގައި)

“އޭ، އަސްލު ކިހާ ފައިސާއެެއް ހުރޭ؟” ލިވާން، އެގޭ ފްރިޖުން ކޭކު ފޮއްޗެއް ކާން އިނދެ ވަލީދު އާއި ސުވާލުކުރިއެވެ. ނަމަވެސް ވަލީދު، ލިވާން އެ ދެއްކި އެއްވެސް ވާހަކައަކަށް ސަމާލުކަމެއް ނުދެއެވެ. މިލްޝާ އިނީ އެގޭ ބަދިގެ ގޮނޑީގައި އިށީނދެގެން ރައިހާންއާ މެދު ވިސްނާށެވެ. އެމީހުން ދިޔަ ފަހުން މިހާރު ގަޑިއިރެއް ވަނީއެވެ. މިލްޝާ ނުތަނަވަސްވެފައި ހުރެ ލިވާންގެ ކައިރިއަށް ގޮސް ބުންޏެވެ، “މިހާރު އެމީހުން އަންނަހާއިރު ވެއްޖެ…އަނެއްކާ ކަމެއް ދިމާވީތަ..؟” އޭގެ ރައްދުގާއި ލިވާން، މިލްޝާ ހަމަޖެއްސުމުގެ ގޮތުން ހާސްނުވުމަށް ބުންޏެވެ.

ނަމަވެސް ކުއްލިއަކަށް އެގޭ ދޮރުން، މޫނު ނިވާކޮށްގެން ތިބި ހަ ވަރަކަށް މީހުން ބަޑި ހިފައިގެން ހަޅޭއްލަވަމުން ވަދެގަތެވެ. “ތިރިވޭ! ކޮޅަށް ހުރެއްޖެއްޔާ ބަޑިޖަހާނަން” އެމީހުން ހަޅޭއްލަވައިގަތް އަޑަށް ލިވާންއާއި މިލްޝާ ވަގުތުން ބިމަށް ތިރިވިއެވެ. ލިވާން ތިރިވީ ވަލީދުގެ ކައިރިއަށެވެ. އޭނާ ވަލީދުގެ މޫނަށް ބަލައިލިއިރު، ވަލީދު އިނީ ހޭށެވެ.

އެ ނުދަންނަ މީހުން ލިވާންއާއި، މިލްޝާ އަދި ވަލީދުގެ ކައިރިއަށް އައެވެ. އެތަނުން އެކަކު ގޮސް މިލްޝާގެ ބޮލުގައި ބަޑި ޖެއްސުމަށްފަހު، އަނެކަކު މިލްޝާގެ އަތް ފަހަތަށް ބަނދެލިއެވެ. ލިވާންއަށް ވެސް ހެދީ އެފަދައިންނެވެ. މިލްޝާ ބިރުން ހަޅޭއްލަވަން ފެށުމުން، އެތަނުން މީހަކު ބަޑީގެ ކޮޅުން މިލްޝާގެ މޫނުމަތީގައި ބާރަށް ޖަހައި އޭނާ ހޭނައްތާލިއެވެ. ލިވާންގެ އަތް ބަނދެލުމަށްފަހު،ވަލީދުގެ އަނގަޔަށް ޖަހާފައި އޮތް ޓީޝާޓު ނައްޓާލުމާއެކު އޭނާ ގޮނޑިން މިނިވަންކުރިއެވެ.

ވަލީދު އޭނާގެ މީހެއްގެ އަތުން ބަޑިއެއް ދިނުމަށް އެދުނެވެ. ބަޑި ލިބުމާއެކު އޭނާ ލިވާންއާ ދިމާލަށް ބަލައިލިއެވެ. “މިއޮތީ ފައިސާގަނޑެއް،” މިހެން ބުނެ ވަލީދު ވެސް ބަޑީގެ ކޮޅުން ލިވާންގެ މޫނުމަތީގައި ޖަހައި ހޭނައްތާލިއެވެ. “އެ ދެމީހުންގެ މޫނުގައި ގޯނި އަޅައިގެން ވިއްކާލަން ގެންދޭ” ވަލީދު އަމުރުކުރުމުން އެ މީހުން ވަގުތުން އެގޮތަށް އަމަލުކުރިއެވެ. ވަލީދު ޖީބުން ސިނގިރޭޓެއް ނަގައިގެން ބޮމުން ގެއިން ނިކުމެގެން ދިޔައެވެ.

ގާތްގަނޑަކަށް ފަނަރަ މިނެޓު ފަހުން، ރައިހާންއާއި ނަވީން ވަލީދުލްމެންގެ ގެއާ ހިސާބަށް ފޯރިއެވެ. އެމީހުން ގެއަށް ވަންއިރު އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. ވަލީދު އިން ގޮނޑި ހުސްކޮށް ހުރިތަން ފެނުމުން ދެމީހުން ހައިރާންވިއެވެ. “ކޮބާ މިލްޝާއާއި ލިވާން؟” ރައިހާން ހާސްވެފައި ސުވާލުކުރަން ފެށިއެވެ. ދެމީހުން އަވަސްއަވަހަށް ގެއިން ނިކުތް ވަގުތު ކުރިމަތިވީ ފުލުހުންނާއެވެ. ފުލުހުންގެ ކާރުތަކުން މުޅި މަގު އޮތީ ބަންދުކޮށްފައެވެ. ފުލުހަކު ބަޑި ދިއްކޮށްގެން ހުރެ ނަވީންއާއި ރައިހާންއާ ދިމާލަށް ބުންޏެވެ، “އިންސާނަކަށް ޖިސްމާނީ އަނިޔާދިނުމުގެ ތުހުމަތު ތިޔަ ބޭފުޅުންގެ މައްޗަށް ކުރެވޭތީ، އަމިއްލައަށް ފުލުހުންގެ ބެލުމުގެ ދަށަށް އައުމަށް އަންގަމެވެ.”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Fihaaraeh Thereyn

Level 110 Stories

Other Articles

Previous

ތަޤުދީރު – 3

Next

ތިޔަ ނަން މި ހިތުގާ 17

Next
May 24, 2026

ތިޔަ ނަން މި ހިތުގާ 17

Previews
May 24, 2026

ތަޤުދީރު – 3

2 Comments!

  1. Sheex says:
    May 24, 2026 at 8:45 pm

    Wooooooooow haadha reechey
    Hama image kurevey
    Omg levaan akee sheex ge long lost sibling
    Hama same goygadeh gen gulhey nii
    CW4THENEXTP
    TC

    1. Fihaaraeh Thereyn says:
      May 24, 2026 at 10:22 pm

      woww ehen tha😆
      thanks for reading🩷

Comments are closed.

Next Episodeހޯދަން ކަލާ 5←


All Right Reserved!