Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހޯދަން ކަލާ 5

Fihaaraeh Thereyn Level 110 Stories
May 25, 2026 One Min Read
3 Comments

“ގަޑިން ހަތެއް ޖަހަން ކައިރިވަނީއެވެ. އަހަރެން ހޭލަންޖެހޭ ވަގުތު މިވަނީ އައިސް ޖެހިފައެވެ. ނިދުމުގެ ފުރުސަތެއް ލިބުނީވެސް ދަމެއްވެ، ދަންވަރު ހަތަރެއް ޖެހިފަހުންނެވެ. އެމީހުން އަހަރެން މިނިވަންކޮށްލީވެސް ހަށިގަނޑު ވަރުބަލިވެ، ހަކަތަ ހުސްވި ފަހުންނެވެ. ހަތެއް ޖެހުމުގެ ކުރިން ފެންވަރަން މަޖުބޫރެވެ. ނަމަވެސް، ހަށިގަނޑުގައިވާ ޒަޚަމްތަކާއި ކެނޑިފައިވާ ތަންތަނުގައި ފެން ބީހުމުން އުފެދޭ ދިލަ އަދި ތަދު ތަހައްމަލު ކުރާނީ ފަހެ ކިހިނެއް ހެއްޔެވެ؟ އަހަރެން އަޅާ ކޮންމެ ފިޔަވަޅަކުން މި ލިބޭ ވޭނަށް ފަރުވާއެއް ލިބޭނީ ކޮން އިރަކުން ހެއްޔެވެ؟

އެ ޖަނަވާރުން ފަދަ ބަޔަކަށް ކައްކައި ކާންދޭން ޖެހެނީ، އެމީހުން އަހަރެންގެ ހަށިގަނޑު ފޭރިގަތުމަށް ފަހުގައެވެ. އަހަރެންގެ ގައިގައި އަނިޔާކޮށް ލޭ އޮހޮރުވާއިރު، އަހަރެންގެ ހަޅޭކުގެ އަޑާއި ރުއިމުން އެމީހުން ހޯދަނީ އުފަލާއި އަރާމެވެ. ހަށިގަނޑު ނިވާކުރާނެ ފޭރާމެއް ނުދީ، ލަދުގަންނަވައި ބަހައްޓަނީ އެމީހުންގެ އެދުންތައް ފުއްދުމަށެވެ. އަމިއްލައަށް މަރުވާން ދުލޫގައި ދަތް އަޅަން ބޭނުން ނަމަވެސް، އަހަރެންގެ އަނގަ ވަނީ ބެލްޓެއް އަޅުވައި ބަންދުކޮށްފައެވެ. ހުޅުވަނީ އެމީހުންގެ ނުބައި ބޭނުންތަކަށް އަހަރެންގެ އަނގަ ބޭނުންކުރުމަށެވެ. ހަމަ އެފަދައިން، ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް ވަނީ އެކި އާލާތްތައް އަޅާފައެވެ. ލޮލަށް ނިދި ނުލިބި، އިހުސާސެއް ނެތް ހަށިގަނޑަކާއެކު ދިރިއުޅުން ވޭތިވަމުންދާއިރު، އަހަރެންގެ ހަމައެކަނި އުންމީދަކީ މި ނަރަކައިން ސަލާމަތްވާނެ ދުވަހެއް ފެނުމެވެ.”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Fihaaraeh Thereyn

Level 110 Stories

Other Articles

Previous

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 17)

Next

ކިޔުންތެރިންގެ ސަމާލުކަމަށް: މި ހަމަހިމޭންކަން…ހިލަމެއް އެބަވޭ މަށަށް…

Next
May 25, 2026

ކިޔުންތެރިންގެ ސަމާލުކަމަށް: މި ހަމަހިމޭންކަން…ހިލަމެއް އެބަވޭ މަށަށް…

Previews
May 25, 2026

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 17)

3 Comments!

  1. Sheex says:
    May 25, 2026 at 8:27 pm

    Oh is this another story or hama hoadhan kalaa ge 5th part?
    I’m courios whats this new story?
    Tc

    1. Fihaaraeh Thereyn says:
      May 25, 2026 at 9:17 pm

      this is hama hoadhan kalaa.. laira ge bai mi🤍

    2. Sheex says:
      May 25, 2026 at 10:12 pm

      Oooh
      V reethi mi thankohlu MA
      CW4THENEXTP

Comments are closed.

Next Episodeހޯދަން ކަލާ 6←


All Right Reserved!