Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ނަން މި ހިތުގާ 16

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
May 21, 2026 6 Mins Read
15 Comments

އަޒްޔަން ބުނަން އުޅޭ އެއްޗެއް ނުވިސްނި ހައިރާންވެފައި އިންދާ އަޒްޔަން ދެން ބުނެލި ބަސްކޮޅާ އެކު ނޫރީންއަށް އަޒްޔަންއާ ދިމާއަށް ބަލާލެވުނެވެ.

“އައި ލަވް ޔޫ!” ރަތްވެފައިވި ދެ ލޮލުގައި ގިނަވެފައި ހުރި ކަރުނައާ އެކު ނޫރީންއާ ހަތަރުކަޅި ހަމަކޮށްލަމުން އެހެން ބުނި ގޮތަށް އަޒްޔަން ތެދުވެގެން ގޮސް ދޮރު ހުޅުވާފައި ނިކުތެވެ.

އިން ގޮތަށް އިނދެ ނޫރީންއަށްވެސް ރޮވުނީއެވެ. އެ ބަސްތައް ސިކުނޑީގައި ތަކުރާރުވަމުން ދިޔަ ނަމަވެސް ނޫރީންއަށް އަޒްޔަންގެ އެ ބަހަށް އިތުބާރެއް ނުކުރެވުނެވެ. އެހެން ނަމަވެސް އެހެން ބުނި އިރު އަޒްޔަން އިން ގޮތާ އެ ދެލޮލުގެ ތެރޭގައި ހިފަހައްޓަން މަސައްކަތް ކުރަމުން ދިޔަ ކަރުނައިގެ ހަނދާން ހިނދުކޮޅަކަށްވެސް ނޫރީންގެ ހިތުން ފިލައިގެން ނުދިޔައެވެ. މުޅި އެރޭ ނޫރީން ހޭދަ ކުރީ ރުއިމުގައެވެ.

ހަތަރު ދުވަސް ފަހުން ނޫރީންގެ ހިތުގައިވީ ޝައްކު ފިލިއެވެ. ބަނޑުބޮޑު ނޫން ކަން ޔަގީންވިއެވެ. އެއީ އެންމެ ރަނގަޅު ގޮތް ކަން އެނގުނު ނަމަވެސް އެ ކަމުންވެސް ނޫރީން އުންމީދު ކުރި ހިތްހަމަޖެހުމުގެ ބަދަލުގައި އިހުސާސް ކުރެވުނީ މާޔޫސްކަމެވެ. ނަމަވެސް ދެން އަޅަންވީ ފިޔަވަޅު ނޫރީންއަށް ސާފުވިއެވެ.

ޝަފަގު ކައިރީ ފުރާ ވާހަކަ ނޫރީން ބުނީ ޓިކެޓްގެ ކަންތައް ހަމަޖައްސާފައެވެ. ދެ ދުވަސް ފަހުން ފުރާ ވާހަކަ ބުނުމުން ޝަފަގުއަށް ރޮވުނީއެވެ.

“މަންމަ އަމިއްލަ ނަފްސު ކުށްވެރި ނުކުރޭ. ވީ އެއްވެސް ކަމެއްގަ މަންމައާ ބައްޕަގެ ކުށެއް ނެތް. އެކަން އަހަރެން ގަބޫލު ކުރަން. މަންމަ ދެރަ ނުވޭ. އަހަރެން އަދި އަންނާނަން. އިންޝާﷲ، އެހާ ގިނަ ދުވަހެއް ނުވާނެ” ޝަފަގު ގައިގައި ބައްދާލައިގެން އިނދެ ނޫރީން ބުންޏެވެ.

ކައިރީގައި އިން ޔާސިރު ނޫރީންގެ ބޮލުގައި ފިރުމާލިއެވެ.

“ބައްޕާ، އެޕާޓްމެންޓްގަ ހުރި އަހަންނާ ބައްޕަގެ އެއްޗެހި ޕެކްކޮށްފަ ހުންނާނީ. ގޭގެ އެޕާޓްމެންޓް ހުސްވީމަ އެ އެއްޗެހި ގެއަށް ފޮނުވާލަދީ. ފުރުމުގެ ކުރިން މި އެޕާޓްމެންޓްގެ ތަޅުދަނޑި ބައްޕައާ ހަވާލު ކޮށްލާނަން” ޔާސިރުއަށް ބަލާލަމުން ނޫރީން ބުންޏެވެ.

ދެން މާލެ އަޔަސް އެ ގޭގައި ހުންނާކަށް ނޫރީން ބޭނުމެއް ނޫނެވެ. އާސިޔާގެ ގެ ހަދާ ނިމުނު ފަހުން ދެ އަހަރު ވެފައި ވާ އިރު، އެ ގޭގެ ހަ ފްލޯރވެސް ހުންނަނީ ކުއްޔަށް ދީފައެވެ. ޔާސިރުގެ އެހީގައި، އެ ގެއިން އެއް ފްލޯރ ހުސްކޮށްދިނުމަށް އެ ފްލޯރ ހިފައިގެން އުޅޭ މީހުން ގާތު ނޫރީން އެދުނީ ދެން އައިސް އެ ގޭގައި ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ގަބޫލު ކުރާތީއެވެ. އެ ދެ އާއިލާގެ މެދުގައި އޮތް ވިޔަފާރި ނޫން އެހެން ގުޅުމެއް މިހާރު އެދެމެދުގައި ނުވާތީއެވެ.

ދެ ދުވަސް ފަހުން ނޫރީން އަލުން އެނބުރި ދިޔައެވެ. ހުރިހާ ކަމެއް އެނގުނު ފަހުން ޔާސިރުއާ ޝަފަގު އަޒްޔަންއާ ވާހަކައެއް ނުދައްކައެވެ. އަޒްޔަން ކަންތައް ކުރި ގޮތުން ދެ މީހުންވެސް އަޒްޔަން ދެކެ ހިތްހަމަނުޖެހި ރުޅި އައިސްފައި ތިބީއެވެ.

 

ކިއާރާ ބަލިވެއިން ކަން އެނގުނު ފަހުން ކިއާރާއާ ސީދާ ނުގުޅި ނަމަވެސް އެމާއަށް ގުޅައިގެން އަޒްޔަން ދިޔައީ ކިއާރާގެ ޙާލު ބަލަމުންނެވެ. ކޮންމެ ގޮތަކަށް ކަންތައް ވީ ނަމަވެސް ކިއާރާ ބަލިވެ އެ އިނީ އަޒްޔަންގެ ދަރިއަކަށް ކަމުގައި ވީތީ، އެ ޒިންމާއިން ފިލާކަށް އަޒްޔަންގެ ވިސްނުމުގައެއް ނުވެއެވެ. އެހެން ނަމަވެސް، ނޫރީންއާ އެކު އޮތް ގުޅުން ނިމިފައި ވިޔަސް ކިއާރާއާ އެއްވެސް ގުޅުމެއް ބާއްވާކަށް އަޒްޔަން ދެން ބޭނުމެއް ނޫނެވެ.

ނޫރީންއާ ވަކިވި ފަހުން ޝަފަގުމެން ބަޔަށް އަޒްޔަން ބަދަލު ވެ، އެ ގެއިން ކައި ހެދި ނަމަވެސް އެ ދުވަހުގެ ފަހުން އެ ދެމަފިރިން އަޒްޔަންއާ ވާހަކަ ދެއްކުން ހުއްޓާލިއެވެ. ކޮންމެހެން ބުނަން ވާ އެއްޗެއް ޝަފަގު ބުނި ނަމަވެސް ޔާސިރު އެއްގޮތަކަށްވެސް އަޒްޔަންއާ ވާހަކައެއް ނުދައްކައެވެ. ކާ ގަޑިތަކުގައި އެއްމޭޒެއްގެ ދޮށުގައި ތިބެ ކައި ނިމިގެން ދާ އިރު ޔާސިރު އިސް އުފުލާ އަޒްޔަންއާ ދިމާއަށް ބަލާވެސް ނުލައެވެ. މަންމައާ ބައްޕަގެ އެ ދުރު ކަމުން ދެރަވި ނަމަވެސް އެކަމާ ގުޅުވާ އަޒްޔަން އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް ޔާސިރުގެ އެ ދުރުކަމުން އުނދަގޫވެ ހިތަށް ކެތް ނުވާ ވަރުވުމުން އަޒްޔަން ބައްޕައާ އެކު ކާން އެރުން ހުއްޓާލިއެވެ. އޮފީހުގައިވެސް ޔާސިރު ކަންތައް ކުރަނީ އެހެންނެވެ.

އޮފީހުން ގެއަށް އައިސް ކޮޓަރިއަށް ވަންނަ ގޮތަށް ކާން ނޫނީ އަޒްޔަން ނުނިކުމެއެވެ. މަދު ރެއެއްގައި ކޮފީއަކަށް އަރަން ނިކުންނަނީވެސް ސައިފް ގުޅައިގެން އެއްގޮތަކަށްވެސް ކުރު ނުކޮށްގެންނެވެ.

ނޫރީން ދިޔަ ފަހުންވެސް އަޒްޔަން ކިއާރާއާ ވާހަކައެއް ނުދައްކައެވެ. އެމާއަށް ގުޅައިގެން ހުރިހާ ކަމެއް ސާފުކުރަމުން ދިޔައީ ކިއާރާގެ ބަނޑުގައިވާ ދަރިފުޅަށް ޓަކައެވެ. އެ ގޮތުގައި ދެމަސް ވާން އުޅެނިކޮށް އެއްރޭ ދިހައެއް ޖަހަން އުޅެނިކޮށް އެމާ ގުޅާފައި ދިނީ އަޒްޔަންއަށް ސިހުން ގެނުވި ޚަބަރެކެވެ.

ވިހަން ވާ އިރަށް ދަރިފުޅަށް ބޭނުންވާނެ ބައެއް އެއްޗެހި ގަނެގެން އެމާއާ އެކު ގެއަށް އައިސް ލިފްޓް ހަލާކުވެފައި ހުރުމުން ތިންވަނަ ފްލޯރއަށް ސިޑިން އަރަނިކޮށް ކިއާރާ ފައި ކައްސާލައިގެން ވެއްޓުނީއެވެ. އެމާ ވަގުތުން އެމްބިއުލާންސަށް ފަހު ދެން ގުޅީ ކިއާރާގެ ބައްޕައަށެވެ. ނަމަވެސް ކިއާރާގެ ބައްޕަ ރަށުގައި ނެތުމުން އެމާ ގުޅީ އަޒްޔަންއަށެވެ.

ކޮޓަރީގައި އޮވެފައި ނިކުތް ގޮތަށް ގެއިން ނިކުންނަން ދިޔަ އަޒްޔަން ހާސްވެފައި ހުރި ވަރުން ސޯފާގައި ޔާސިރު ކައިރީ އިން ޝަފަގު ގޮވާލާފައި ވީ ގޮތް އަހާލުމުން އަޒްޔަން ހުއްޓުނެވެ.

“ކިއާރާ ވެއްޓިގެން—” އަޒްޔަންއަށް އެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.

“އަދިވެސް ތި ކަންތައް ހުއްޓާލާކަށް ނުވޭތަ؟ މޮޔަވެގެންތަ ތި އުޅެނީ؟ ތި ކަމެއްގެ ފަހަތުން އުޅެން ހަދައިގެން މުޅި ދިރިއުޅުން ހަލާކުވެގެން ދިޔަ އިރުވެސް އެއްޗެއް ވިސްނޭކަށް ނުވޭތަ؟” ޔާސިރު ސުވާލުކޮށްލި އިރު އަޑުގައިވީ ރުޅިއާއި ހަރުކަށިކަމެވެ.

“ބައްޕާ.. ކޮންމެ ގޮތަކަށް ވިޔަސް އެއީ އަހަރެންގެ ދަރި—” އިސްޖަހައިގެން ހުރެ މަޑުމައިތިރިކަމާއެކު ޔާސިރުއަށް ޖަވާބު ދޭން އުޅުނު ނަމަވެސް ދެންވެސް އަޒްޔަންއަށް ފުރިހަމައެއް ނުކުރެވުނެވެ.

ކުރިމަތީ ހުރި ޒުވާން ފިރިހެން ދަރިފުޅުގެ ކޯމަތީ އަތްތިލައިގައި ހުރި ބާރަކާއެކު ޔާސިރުއަށް ޖަހާލެވުނީ އަޒްޔަން ބުނަން އުޅުނު ޖުމްލައިގެން ސަބަބުން އައި ރުޅި ނުހިފެހެންޓިގެންނެވެ.

“މި ވަގުތު ހުރެވޭކަށް ނެތް..” އިރުކޮޅަކު ހިމޭންވެފައި ހުރުމަށް ފަހު އިސްއުފުލާލުމެއް ނެތި އެހެން ބުނެފައި ޔާސިރު އަދި ޝަގަފުގެ ޖަވާބަކަށް މަޑުނުކޮށް އަޒްޔަން ނިކުމެގެން ދިޔައެވެ.

“ދެން މަގޭ ކުރިމައްޗަށް ނާރާށޭ ޝަފަގުގެ އެ ދަރިފުޅު ކައިރީ ބުނާތި!” ޔާސިރު އައިސްފައި ހުރި ރުޅި އެ ވަގުތު އެ ތަނުގައި ހުރި ޝަފަގުއަށްވެސް އަމާޒުވިއެވެ.

 

އަޒްޔަންއަށް ހޮސްޕިޓަލަށް ދެވުނު އިރު ކިއާރާވީ އިމަރޖެންސީކޮށް ސީސެކްޝަން ހެދުމަށް ވައްދާފައެވެ. ބޭރުގައި ހުރި އެމާ ފެނުމުން އެއްޗެއް ބުނުމެއް ނެތި އަޒްޔަން އެމާ ކައިރީ މަޑުކޮށްލައިގެން ހުރީއެވެ.

ބައިގަޑިއެއްހާ އިރު ފަހުން ލިބުނީ އަޒްޔަން އުންމީދު ކޮށްގެން ހުރި ފަދަ ޚަބަރެއް ނޫނެވެ. ދަރިފުޅުގެ ޙާލު ދެރަ ކަމުން ދަރިފުޅު ބާއްވަން ޖެހުނީ ކުޑަކުދިންގެ އައިސީޔޫގައެވެ. ހޮސްޕިޓަލަށް ގެނައި އިރު ކިއާރާގެ ޙާލުވެސް ރަނގަޅެއް ނޫނެވެ. ނަމަވެސް ސިޒޭރިއަންއަށް ފަހު ކިއާރާގެ ޙާލު އަންނަނީ ރަނގަޅު ވަމުންނެވެ. ޑޮކްޓަރ ކަންބޮޑުވަނީ ދަރިފުޅާ މެދުއެވެ. ދެވެން އޮތް ފަރުވާއެއް ދެމުންދާ ކަމަށާ ދުޢާ ކުރުމަށް، އަޒްޔަންގެ ކޮނޑުގައި ހިފާލަމުން ޑޮކްޓަރ ބުންޏެވެ.

ދެން އައި ދިހަ ދުވަހުގެ ގިނަ ވަގުތު އަޒްޔަން އުޅުނީ ގެއަށް ނުވަދެއެވެ. ހެނދުނު އޮފީހަށް ގޮސްފައި ހަވީރު ނިކުންނަ ގޮތަށް ދެން ދަނީ ހޮސްޕިޓަލަށެވެ. ކިއާރާ ގާތު ކޮންމެ ދުވަހަކުވެސް ބައިގަޑިއެއްހާ އިރު ހޭދަ ކުރި ނަމަވެސް ގިނަ ވަގުތު އަޒްޔަން އިންނަނީ ވެއިޓިންގް އޭރިއާގެ ގޮނޑިބަރީގައެވެ. ކިއާރާ ގާތު ހޭދަވާ ވަގުތުގައި އަޒްޔަން ކިއާރާއާ އެއްވެސް ވާހަކައެއް ނުދައްކައެވެ. ކިއާރާވެސް އަޒްޔަންއާ ވާހަކަ ދައްކާކަށް ނޫޅެއެވެ. އެމާ ގާތު ބުނެގެން ކިއާރާއަށް ބޭނުން ވާނެ ހުރިހާ ކަމެއް އަޒްޔަން ކޮށްދެއެވެ. އަޒްޔަން ގެއަށް ދަނީ ރޭގަނޑު އެގާރަ ބާރަ ޖަހާ ފަހުންނެވެ.

އަޒްޔަން ފެންނަ ކޮންމެ ފަހަރަކު ޔާސިރު އެއްޗެއް ނުބުނެ އެ ތަނަކުން ދުރަށް ދަނީ އައިސްފައި ހުރި ރުޅީގައި އަޒްޔަންއާ ދިމާއަށް އެއްޗެއް ނުބުނަން ވެގެންނެވެ. އެރޭ ހޮސްޕިޓަލަށް ދިޔަ ފަހުން އަނެއް ދުވަހުގެ ހެނދުނު އަޒްޔަން ފެނުމުން ކަންތައް ވީ ކިހިނެއްތޯ ޝަފަގު ސުވާލު ކުރިއެވެ.

“އަޒްޔަން، ކިއާރާ.. ކިއާރާ ކިހިނެއް؟ ހުރިހާ ކަމެއް ރަނގަޅުތަ؟” އަޒްޔަން އޮފީހަށް ދާން ތައްޔާރު ވެގެން ނިކުތް އިރު މޭޒު ކައިރީ ސައި ހަދަން ހުރި ޝަފަގު އަހާލިއެވެ.

“އިމަރޖެންސީކޮށް ސީސެކްޝަން ހެދީ. ކިއާރާ އޯކޭ.. އެކަމަކު.. ބޭބީ ރަނގަޅެއް ނޫން..” ދަރިފުޅުގެ ވާހަކަ ބުނި ވަގުތު އަޒްޔަންގެ އަޑު ކުރެހިގެން ދިޔައެވެ. ކިތަންމެ ބޭނުން ނުވި ނަމަވެސް އެއީ އަޒްޔަންގެ ދަރިފުޅެވެ. ފަހުން ކަންތައް ވެދާނެ ގޮތަކާ މެދު ވިސްނަން ބޭނުން ނުވެފައި ހުރި ނަމަވެސް އެ ދަރިފުޅާ މެދު ހިތުގައި ލޯބި އުފެދުނީ އަޒްޔަން ހީވެސް ކޮށްފައި ނުވާ ވަރަށެވެ.

“ދެރަ ނުވޭ، އިރާދަ ކުރެއްވިއްޔާ ދެރަ ގޮތެއް ނުވާނެ” އަޒްޔަންގެ އަޑު އިވުމުން ޝަފަގުއަށް ދުރުގައެއް ނުހުރެވުނެވެ. ކައިރިއަށް އައިސް އަޒްޔަންގެ އަތުގައި ހިފާ ގެނެސް ގޮނޑީގައި ބައިންދާފައި އަޒްޔަންގެ ކޮނޑުގައި ފިރުމާލަމުން ޝަފަގު އެހެން ބުނި އިރު އެ ދަރިފުޅުގެ ސަލާމަތަށް އެދި ހިތާހިތުން ދުޢާ ކުރެވުނެވެ. ކިތަންމެ ނުރުހުން ވިޔަސް އެއީ ޝަފަގުގެ ފުރަތަމަ މާމަ ދަރިފުޅެވެ. އަދި އަޒްޔަންއަކީ ޝަފަގު ފުރަތަމަ ދަރިފުޅެވެ. އެ ދަރިފުޅުގެ ހިތުގައި އެ ވަގުތު އަޅަމުން ދާނެ ވޭން ޝަފަގުއަށް އިހުސާސް ކުރެވެއެވެ.

ކޮޓަރިން ނިކުތް ޔާސިރު އެ މަންޒަރު ބަލަން ހުރެފައި ޝަފަގުއާވެސް އަނގައިން ބުނުމެއް ނެތި ގެއިން ނިކުމެގެން ދިޔައެވެ.

 

އައިސީޔޫގައި އޮންނަތާ ދިހަ ވަނައަށް ވީ ދުވަހު ތުއްތު ދާނިޔާލް މި ދުނިޔެއާ ވަކިވިއެވެ. އެއީ ހުކުރު ދުވަހެއް ކަމުން އަޒްޔަން ފަތިސް ނަމާދު ކުރި ގޮތަށް ދިޔައީ ހޮސްޕިޓަލަށެވެ. ދާނިޔާލް ނިޔާވީ މެންދުރު ފަހު ދޭ ޖެހިތަނާއެވެ. ކިއާރާއަށް އެ ޚަބަރު ދިން ވަގުތު ޑޮކްޓަރއާ އެކު އަޒްޔަންވެސް ކިއާރާ އޮތް ކޮޓަރިއަށް ދިޔައެވެ. ވިހޭ ފަހުން ހިމޭންވެފައި އިންނަ ކިއާރާ މޫނުގައި އަތް އަޅާލަމުން ރޯން ފެށި މަންޒަރު ބަލަން އަޒްޔަންއަށް ދުރުގައި ހުރެވުނީ އިރުކޮޅަކުއެވެ.

“ޝްޝް ކިއާ.. ހުއްޓާލާ ދެން” ކިއާރާގެ ބޮލުގައި ފިރުމާލަމުން އެހެން ބުނި އިރު އަޒްޔަންގެ ލޮލުންވެސް ހުއްޓުމެއް ނެތި ކަރުނަ އަންނަމުން ދިޔައެވެ. ކިއާރާ ކޮންމެވެސް ވަރަކަށް ހަމަޖެހިލުމުން އެމާއާ ހަވާލުކޮށްފައި އަޒްޔަން ޝަފަގުއަށް ގުޅާފައި އެ ޚަބަރު ދިނެވެ.

ދާނިޔާލްގެ ކަށުކަމާކެމީގެ ކަންތަކުގައި އަޒްޔަންއަށް އެހީވުމަށް ޔާސިރު އައެވެ. ޔާސިރުގެ އިތުރުން އެ ކަމުގައި ސައިފްވެސް އުޅުނެވެ. ހިނަވާފައި އޮތް ދާނިޔާލް ކައިރިއަށް ހުއްޓުނު ކިއާރާއަށް ރުއިން ހުއްޓާނުލެވި ބަލިކަށިވެގެން ދިޔަތަން ބަލަން ދުރުގައި ނުހުރެވިގެން އަޒްޔަން ގޮސް ކިއާރާ ގައިގައި ހިފާލުމާއެކު ކިއާރާ އަޒްޔަން ގައިގައި ބައްދާލިއެވެ. ކިއާރާގެ ޙާލަތު ވިސްނޭތީ އެ ވަގުތު އަޒްޔަންވެސް ކިއާރާ ގެނެސް މޭގައި ޖައްސާލިއެވެ. ޔާސިރު އެ މަންޒަރު ބަލަން ބޭނުން ނުވެ ބޭރަށް ނިކުތް ތަން އަޒްޔަންއަށްވެސް ފެނުނެވެ. ނަމަވެސް އެ ވަގުތު އަޒްޔަން އެކަމާ އަޅައެއް ނުލިއެވެ.

ކަށުނަމާދަށް ފަހު ދާނިޔަލް ވަޅުލި އިރުވެސް ޔާސިރު އިސްކޮށް އުޅުނެވެ. ނަމަވެސް ސަހަރާއިން ނިކުތުމާއެކު އިތުރަށް އެންމެ މިނަޓެއް ވަންދެންވެސް މަޑުނުކޮށް ޝަފަގު ގޮވައިގެން ޔާސިރު ގެއަށް ދިޔައެވެ.

އަޒްޔަން ގެއަށް ވަނީ އެރޭ ޢިޝާ ނަމާދުގެ ފަހުންނެވެ. އޭރު ސިޓިންގްރޫމްގައި ޔާސިރުއާ ޝަފަގު ތިއްބެވެ.

“އަޒްޔަން!” އަޒްޔަން ކޮޓަރިއާ ދިމާއަށް ދާން ފެށުމުން ޔާސިރު ގޮވާލިއެވެ. އަޒްޔަން ވަގުތުން ހުއްޓުނެވެ.

“ޔާސިރު..” އެއާއެކު ޔާސިރުގެ އަތުގައި ހިފާލަމުން ޝަފަގު ގޮވާލި އިރު އެ އަޑުގައިވީ އާދޭހެވެ. އެކަން ފާހަގަ ކުރެވި އަޒްޔަން ޝަފަގުއަށް ބަލާލިއެވެ.

“އޭނަ ލަދެއް ނުގަތޭ އެ އެންމެން ތެރޭވެސް އެ އަންހެން ކުއްޖާ ގޮވައިގެން— އެއީ އޭނަގެ އަންހެނުންތަ؟ އެހެން ހީކޮށްގެންތަ އެ އުޅެނީ؟” ޔާސިރު އައިސްފައި ހުރި ރުޅީގައި ޝަފަގުއަށްވެސް ޖަވާބު ދެވުނީ ބާރަށެވެ.

“ބައްޕާ، އަހަރެން ދެކެ އަންނަ ރުޅި މަންމައަށް ނުބާލާ–” އަޒްޔަން ކުރިއަށް ފިޔަވަޅެއް އަޅާލީ މަންމަގެ ދިފާޢުގައެވެ. ނަމަވެސް އަޒްޔަން ބުނާ އެއްޗެއް އަޑުއަހާކަށް ޔާސިރު މަޑެއް ނުކުރިއެވެ.

“އަހަރެން ކަންތައް ކުރަންވީ ގޮތް ކިޔާދޭކަށް އަޒްޔަންއަކަށް ނުޖެހޭނެ. އެ ވަރުގެ މީހެއް ނޫން ތީ. ކުރެވުނު ކަންތަކާ މެދު ކުޑަވެސް ލަދުވެތިކަމެއް ނެތީތަ؟ މީހުންގެ ކުރިމަތީގަ ހިލޭ އަންހެނަކު– އެ ވާހަކަ ދައްކަން އަހަރެން ލަދު ގަންނަ އިރު އެ ހުރިހާ ކަމެއް ކުރަން އަޒްޔަން ލަދެއް ނުގަތްތަ؟ ވަޅުލާފަ ތިއައީ ކިހިނެއް ލިބުނު ކުއްޖެއް ކަން ހަނދާން ނައްތާލާފަ އުޅުނު އިރު އެއީ އަޒްޔަންގެ ދަރިއަކަށް ވީތީ އެ ދަރިފުޅު ވިހޭ މީހާއަކީ އަޒްޔަންއާ އެއްވެސް ހަލާލު ގުޅުމެއް އޮތް މީހެކޭ ހީކުރީތަ؟ އެ ވަރުގެ މީހަކާ އެކީ އަޒްޔަން އުޅުނު އިރު ތި ކުރެވެނީ ކިހާ ވަރެއްގެ ކަމެއް ކަންވެސް ހިތަށް ނާރާތަ؟ ތި އުޅުން އުޅެމުން ނޫރީންއާ ކައިވެނި ކުރަންވެސް ފަސް ނުޖެހުނު—” އެވަރަށް ޔާސިރުއަށް ބުނެވުމުން އަޒްޔަންއަކަށް ނުހުރެވުނެވެ.

“ނޫރީންއާ އިން ފަހުން ކިއާރާއާ އެއްވެސް ގުޅުމެއް ނުބާއްވަން. އެކަމާތަ ބައްޕަ އަދިވެސް ތި ރުޅި އަންނަނީ؟ ބައްޕަ ކިތަންމެ ރުޅި އަޔަސް އެއީ އަހަރެންގެ ދަރިއަކަށް ނޫނީ ނުވާނެ. އަހަރެން ކިއާރާއަށް އެހީވީ—”

“ނިކުމޭ މި ގެއިން! މިރެއިން ފެށިގެން އަޒްޔަންއާ އަހަންނާ އެއްވެސް ގުޅުމެއް ނޯންނާނެ! އަޒްޔަން އުޅޭނެ ގޮތަކަށް އުޅެން އަހަންނަށް ނުފެންނަ ހިސާބަށް ދޭ! ހަނދާން ކުރާތި! މިހާ ހިސާބުން އަހަންނާ ގުޅުމެއް އޮންނަ އެއްވެސް މީހަކާވެސް ތަނަކާވެސް އަޒްޔަންއަކާ ގުޅުމެއް ނޯންނާނެ!” ޔާސިރުގެ އަޑު ގޭތެރޭގައި ގުގުމާލިއެވެ.

“ޔާސިރު..!” ޝަގަފުއަށް ގޮވާލެވުނެވެ.

އަޒްޔަންގެ ވާހަކައިން ޔާސިރުގެ ރުޅި ހައްތަހާ ގަދަވިއެވެ. އެ ރުޅިގައި ބުނެވުނީ، ދުވަހަކުވެސް ބުނަން ޖެހިދާނެ ކަމަށް ހީނުކުރާ ބަސްތަކެކެވެ. އެ ބަސްތަކުން ޝަފަގުއާ އަޒްޔަން ހުއްޓުން އަރާފައި ތިބި އިރު، އެ ދެމައިންގެ ހިތަށް ކުރަމުން ދިޔަ އަސަރު ޚުދު ޔާސިރުގެ ހިތަށްވެސް ކުރަމުން ދިޔައެވެ.

ނަމަވެސް އަޒްޔަންގެ އެ އުޅުމަކީ ޔާސިރުއަށް ބަލައިގަނެވޭނެ އުޅުމެއް ނޫނެވެ. ހުރިހާ ކަމަކީ ޔާސިރުއަށް ވެފައިވީ ކުށްހީއެއް ކަމަކު، އެކަން އެނގެނީ އަޒްޔަންއަށް އެކަންޏެވެ. ސަހަރާ ތެރެއިން ފެނުނު މަންޒަރަށް ފަހު ޔާސިރުގެ އިތުރުން ޝަފަގުއަށްވެސް ހީކުރެވުނީ އަޒްޔަން އަދިވެސް ކިއާރާއާ ގުޅުން ކަނޑާނުލާ ކަމުގައެވެ.

ދާނިޔާލްގެ ވަކިވުމުން ހިތަށް ލިބެމުން ދިޔަ ރިހުން އޭގެ އެންމެ އިންތިހާގައި ވަނިކޮށް ޔާސިރު އެ ނިންމި ނިންމުމުގެ ސަބަބުން އަޒްޔަންގެ ހިތް އިތުރަށް ހަލާކުވިއެވެ. ފެންކަޅިވެފައިވީ ލޮލުން ޝަފަގުއަށް ބަލާލާފައި ކޮޓަރިއަށް ވަން ގޮތަށް ދިހަ ވަރަކަށް މިނަޓް ތެރޭ ނިކުތް އިރު ކޮނޑުގައި އަޅުވާފައިވާ ދަބަސް ފިޔަވާ ދެން އަޒްޔަންގެ އަތުގައި އޮތީ ލެޕްޓޮޕްއެވެ. އޭރު ވެސް ޝަފަގުއާ ޔާސިރު ހަމަ އެ ތިބި ގޮތަށް ތިއްބެވެ.

ގޭ ދޮރާ ދިމާއަށް ގޮސްފައިވެސް ރޮވިފައި ހުރި ޝަފަގުއަށް ބަލާލާފައި އަޒްޔަންގެ ފިޔަވަޅު ހުއްޓުނެވެ.

“ދަނީ މަންމާ..!” އައިސް ޝަފަގު ގައިގައި ބައްދާލަމުން އަޒްޔަން އެހެން ބުނެފައި ދުރަށް ޖެހިލާ އަޒްޔަންއާ ދުރަށް މޫނު އަނބުރައިގެން ހުރި ޔާސިރުއަށް ބަލާލާފައި ލޮލުން އައި ކަރުނަ ފޮހެލާފައި ޝަފަގުގެ ނިތްކުރިއަށް ބޮސްދިން ގޮތަށް އިތުރަށް މަޑު ކުރުމެއް ނެތި އަޒްޔަން ނިކުމެގެން ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ވުމޭ އެދެނީ ތިބާޔާ އެކީ(ޕާޓް 16)

Next

ވާތީ ހިތަކު ލޯބި މަންމަންވެފާ 57

Next
May 21, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 57

Previews
May 21, 2026

ވުމޭ އެދެނީ ތިބާޔާ އެކީ(ޕާޓް 16)

15 Comments!

  1. Mar Sha Mar Sha says:
    May 21, 2026 at 11:35 am

    މިބައި އަވަހަށް ކިޔާލާ، ވާހަކަ ކުރިއަށް ދާ ގޮތް ރަނގަޅުތަ؟ ނޫރީންއާ އަޒްޔަން އަލުން ގުޅޭނެ ހެން ހީވޭތަ؟ ނޫނީ ނޫރީންގެ ލައިފްއަށް އެހެން މީހަކު އަންނާނީތަ؟
    ދެން އޮތް ބައި ހޯމަ ދުވަހު ގެނެސްދޭނަން، ބާއްޖަވެރި ހުކުރު ދުވަހަކަށް އެދެން.

    1. Aminath says:
      May 21, 2026 at 6:05 pm

      Nooreen aa azyan gulhunyma varah salhi vaane

    2. me says:
      May 21, 2026 at 7:02 pm

      Nooreen ge hayaathah ehen meehakun nugenache 😭😭😭😭😭💔💔💔💔

    3. Mar Sha Mar Sha says:
      May 22, 2026 at 11:44 am

      @Aminath, thank you okay, eba balan e dhe myhun alun gulheytho inge,

    4. Mar Sha Mar Sha says:
      May 22, 2026 at 11:45 am

      @me, nooreen aa azyan hama gilhenvy dho

  2. highhh says:
    May 21, 2026 at 12:53 pm

    Alhey baby ves gehlunee, Nooreen ves dhiyaee…Would love to see both of them get back together once again🥺🥺 Can’t waitttttt to read the next chapter……

    1. Mar Sha Mar Sha says:
      May 22, 2026 at 11:46 am

      aan, Azyan ah v dhera koh dho mi vy, konmes gotheh hadhan vaany

  3. Sheex says:
    May 21, 2026 at 12:59 pm

    Alhey hama rovijje bi bai kiyaalaafa
    Azyan ge feelings thah v bodah sheex ah ves kohfi
    I wish a good life for kiaa azyan and nooree too
    CW4THENEXTP
    Mi part v reethi MA
    Tc

    1. Mar Sha Mar Sha says:
      May 22, 2026 at 11:48 am

      thank u Sheex, Azyan ah kurin nuvisnuny, ekamu mihaaru dhen visnunas gellunu ehcheh anbura libeyne baa1?

  4. Anonymous says:
    May 21, 2026 at 1:26 pm

    Rovijje 😭😭
    Azyan lost everything dhw
    Vrh heart breaking 💔💔

    1. Mar Sha Mar Sha says:
      May 22, 2026 at 11:49 am

      aan, i also feel v bad for Azyan, huvafenakah vaane nama dho, thank u dear

  5. Aisha says:
    May 21, 2026 at 7:41 pm

    Vrh reethi ♥️ azyan lost everything 💔 azyan dhaanee hen heevanee nooreen uleythanah eyna balaa..

    1. Mar Sha Mar Sha says:
      May 22, 2026 at 11:50 am

      ehen tha hyvany? azyan dhiyaiyya nooryn annaanetha azyan aa eky? hinga balama dho

  6. Aiha says:
    May 22, 2026 at 12:07 am

    Vrh salhi mi part vx. Azyan and nooreen alun gulhuvabalaaa. Lots of love.

    1. Mar Sha Mar Sha says:
      May 22, 2026 at 11:51 am

      thank u, e dhe myhunna dheytherey marsha ves v visnan eba

Comments are closed.

Next Episodeތިޔަ ނަން މި ހިތުގާ 17←


All Right Reserved!