Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތަޤުދީރު – 1

Vaahaka_by_Az
Vaahaka_by_Az Level 110 Stories
May 22, 2026 3 Mins Read
5 Comments

ހަވީރުގެ ހިތްފަސޭހަ ވަޤުތެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާރމިނަލްގައި ތިބި އެންމެންގެ ކަޅިތައް އަމާޒުވަމުން ދިޔައީ ބެންޗެއްގައި ތިބެ ސަކަރާތް ޖަހަމުން ދިޔަ ދެ ޒުވާނުންނަށްށެވެ. އެ ދެޒުވާނުންކައިރިން ހުރަސްކޮށްފައި ދާ ކޮންމެ އަންހެން ކުއްޖެއްގެ މޫނުމަތިން ފެންނަމުން ދިޔައީ އަންތަރީސް ވާފަދަ ކުލަވަރެވެ. މިހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ޔުވާންގެ ރީތިކަމަކީ މީހުން އާޝޯހު ކުރުވާފަދަ ޖާދުވީ ރީތިކަމެކެވެ. ޔުވާންގެ ކަސްރަތީ ހަށިގަނޑާއި ތުނިކޮށް ކޮށާ ‘މެއިންޓެއިން’ ކޮށްލެވިފައިވާ ތުބުޅިއަކީ ގިނަ އަންހެން ކުދިން އެންމެ ގަޔާވާ އެއްކަންތަކެވެ.

“އަޅޭ ދޮންބޭ! ޔައްލު ހާދަ ލަހޭ!!” ކައިރީ އިން އާޔަތު ޝަކުވާކޮށްލީ ޔުވާންއާއެވެ. ދެމީހުން އިންތިޒާރު ކުރަމުން ދިޔައީ އެތައް ދުވަހަކަށްފަހު އޮސްޓްރޭލިއާއިން ކިޔެވުން ނިންމާލާފައި މިއަދު މާލެ އައުމަށް ހަމަޖެހިފައިވާ ޔަލްވީއަށްށެވެ. “އާޔޫ ތިބުނީ ހަމަ ތެދެއް! ޔައްލު ވަރަށް ލަސްވެއްޖެދޯ؟ ވެދާނެ ފްލައިޓް ޑިލޭވީ ކަމަށްވެސް” ޔުވާން އާޔަތު އާއި އެއްބައިވެލީ އާޔަތު ތުންކޮޅު އޫކޮށްލީމައެވެ. ކެތްމަދުވެފައި އިން އާޔަތުގެ މޫނުމަތި އުޖާލާވެގެން ދިޔައީ މީހުންތަކުގެ ތެރެއިން ނުކުމެގެން އައި ޔަލްވީ ފެނިފައެވެ. ޔުވާން އަކަށް ބެލުމެއްނެތި އާޔަތު ދުވަމުން ގޮސް ޔަލްވީ ގައިގައި އޮޅުލައިގަތެވެ. ” އޯމައިގޯޑް ޔައްލު، ޔޫލުކް ސޯ ޕްރިޓީ” އާޔަތު ޔަލްވީއަށް ތައުރީފް ކޮށްލިއެވެ. ކަކުލާހަމައަށް އަންނަ ބޭބީ ޕިންކް ސްކާރޓޓަކާއި ހުދުކުލައިގެ ކްރޮޕްޓޮޕާ ހުދުކުލައިގެ ސްނީކާރސްގައި ޔަލްވީ ފެންނަލެއް ނުހަނު ލޯތްބެވެ. ޔަލްވީގެ ރީތިކަން އިތުރަށް ފުރިހަމަކަމަށް ދައްކަނީ ރާޅުބާނީ އިސްތަށިގަނޑުގައި މަޑުފިޔާތޮށި ‘ފްލޯރަލް ސްކްރަންޗީއެއް’ އައްސާލާފައި އޮތުމުންނެވެ. ” އަޅޭ! އާޔޫވެސް ހާދަ ކިއުޓޭ” މަޑުނޫކުލައިގެ ހައިވެއިސްޓް ޖިންސަކާއި ކަޅުކުލައިގެ ކްރޮޕްޓޮޕެއްގައި ހުރި އާޔަތުއަށް ޔަލްވީ ތައުރީފް ކޮށްލިއެވެ. ” ޔައްލުކޮޅާ ދޮންބެމަތިން ހަނދާން ނެތުނީތަ؟” އާޔަތުގެ ފަހަތުން އައި ޔުވާން ޔަލްވީ ގައިގައި ބައްދާލީ ނުހަނު ލޯބިންނެވެ. ” ދެން ދޮންބެ މަތިން ޔައްލު ހަނދާން ނުނެތޭނޭ. ތީ ޔައްލުގެ ބެސްޓް ދޮންބެއެއްނު” ޔަލްވީ ތުއިވެލާފައި ޔުވާންގެ އަތުތެރެއަށް ބޮނޑިވެލިއެވެ. ” އޯ ހެލޯ! އައިމް ހިއަރ ޓޫ” އާޔަތުވެސް ޔަލްވީއާއި ޔުވާން ގައިގަ ބައްދާލިއެވެ. މިތިންބެއިންގެ ގުޅުން ފެނި ބަލާލާ ކޮންމެ މީހެއްގެ ހިތްވެސް ލޯބިން ފުރޭނެއެވެ. ޔަލްވީއާއި ޔުވާން އަކީ އެއްބަނޑު އެއްބަފައި ދެބެއިންނެވެ. އާޔަތަކީ ޔަލްވީމެންގެ ބައްޕަ ފަރާތު ދޮންބެގެ ހުރި ހަމައެކަނި ދަރިއެވެ.

” ދޮންބެ އެބައަންނަން ކާރު ހިފައިގެން، ދެކުދިން މަޑުކޮށްލާމިތާ!” ކާރު ޕާރކް ކޮށްފައި އޮތީ ތަންކޮޅެއް ދުރުގައި ކަމަށްވުމުން ޔުވާން ދިޔައީ ކާރުބަލައެވެ. ” އެޔޮއައީ ދޮންބެ! ލެޓްސް ގޯ” ޔުވާންގެ ކާރަށް އިޝާރަތްކޮށް އާޔަތު އިނގިލި ދިއްކޮށްލިއެވެ. ” ހެލޯ ލޭޑީސް! ގެޓްއިން” ޔަލްވީގެ ފޮށިތައް ނަގާ ކާރުގެ ޑިކީއަށް ލަމުން ޔުވާން ބުންޏެވެ. ޑިކީގެ ދޮރުލައްޕާލުމަށްފަހު ޔުވާން ކާރަށް އަރާ ދުއްވާލިއެވެ. ކާރުތެރޭވެސް ތިންބެއިން ދިޔައީ ހީ ސަކަރާތް ޖަހަމުންނެވެ. އާޔަތުއާއި ޔަލްވީ އަދި ޔުވާން ގެ އެހާ ގާތްގުޅުމެއް އުފެދިފައިވަނީ ކުޑައިރުންސުރެ އެކުގައި އުޅެ ބޮޑުވީމައެވެ. އެދެމެދުގައިވާ ގުޅުން ހީނަރުވީ އޭލެވެލް ނިންމައި ޔުވާން ‘ ޔޫ އެސްއަށް’ ސިވިލް އިންޖިނިއަރިންގް ހަދަން ދިޔުމުންނެވެ. އެއަށްފަހު އާޔަތުއާއި ޔަލްވީވެސް ރަށު ސްކޫލުން އޭލެވެލް ނިންމައި ރާއްޖެއިން ބޭރަށް ކިޔަވަން ދިޔައެވެ.. ތިން މީހުންވެސް ކިޔެވުމުގައި އަވަދިނެތި އުޅެންޖެހުމުން އެކަކު އަނެކަކަށް ވަގުތު ދެވޭލެއް މަދުވެ ގުޅުން ކުޑަވީއެވެ. 6 އަހަރަށް ފަހު އަނެއްކާވެސް ދިމާވިއިރު ކުޑައިރުން ފެށިގެން ތިންމީހުން ދެކެމުންދިޔަ ހުވަފެންތަކުގައި ވަނީ ކުލަޖެހިފައެވެ.

ޔުވާންގެ ކާރު އައިސް މަޑުކޮށްލީ ހ.ލެސްޓަރ ކުރިމައްޗައްށެވެ. ކާރު ޕާރކްކޮށްފައި އައިސް ޔަލްވީގެ ފޮށިތައް ހިފައިގެން ޔުވާން އައި އިރު އާޔަތާއި ޔަލްވީ ތިބީ ލިފްޓޓް މަޑުކޮށްގެނެވެ. ތިންމީހުން ލިފްޓަށް އެރުމުން ލިފްޓް ގޮސް ހުއްޓުނީ 10 ވަނަ ފްލޮރ އަށްށެވެ. ” އޮހް! ދޮންބެމެން އުޅެނީ ޓެންތް ފްލޮރގަތަ؟ ކޫލް” އުފަލުން ހުރެ ޔަލްވީ އަހާލިއެވެ. “އޮހް ކަމޯން އަދި އެތެރެއަށްވަނީމަ ޔައްލު މާ އެކްސައިޓް ވާނެ” އާޔަތު ފޮނިވެލިއެވެ. ޔުވާން ދޮރު ހުޅުވައިލުމުން އެންމެފުރަތަމަވެސް އެތެރެއަށް ދެމިގަތީ ޔަލްވީއެވެ. ” ވާއު! ދިސް އިޒް ހެވެންލީ!” ގޭތެރޭގެ ޝާހީކަން ފެނި ޔަލްވީ އަޖައިބުވިއެވެ. ގޭތެރޭގައި ޖާގަ ބޮޑުވެފައި ތަނަވަހެވެ. 4 ކޮޓަރިއާއި ވަކިން ބަދިގެ އަކާއި އެޓޭޗްޑް ކާގެއެއް ހުރިއެވެ. ސިޓިންރޫމުގައި ބޮޑު ސޯފާއަކާއި ސިންގަލް އެއްސޯފާ ބަހައްޓާލެވިފައި ހުރިއެވެ. 72 އިންޗީގެ ބޮޑު ޓީވީއެއް ފާރުގައި ހަރުކަށްފައި ހުރިއިރު ބިއްލޫރި ފޮތް ރެކެއް ކަނެއްގައި ހުރިއެވެ. ޔަލްވީ ގޮސް ސިޓިންރޫމްގައި އިން ބިއްލޫރި ދޮރު ހުޅުވާލިއިރު ހުރީ ޖާގަބޮޑު ބެލްކަންޏެކެވެ. ބެލްކަނީގައި އެއްފަރާތު ހުދުކުލައިގެ ކުޑަ ބެންޗެއް ހުރިއިރު އަނެއްފަރާތުގައި ކުޑަ ސިޑިއެއް އިނެވެ. ޔަލްވީ ސިޑިން މައްޗަށް އެރުމުން ޔުވާން އާއި އާޔަތުވެސް ފަހަތުން އެރިއެވެ. ސިޑިން ގޮސް ޔަލްވީއަށް އެރުނީ ގޭގެ ޓެރަހަށްށެވެ. 10ވަނަ ފްލޮރގެ ޓެރެސްގައި ހުންނައިރު ‘ އާޓިފިޝަލް ބީޗް’ ވަރަށް ރީތިކޮށް ފެނެއެވެ. ޓެރެސްގެ މެދުގައި ހުދުކުލައިގެ ބޮޑު އުނދޯއްޔެއް ހުރިއިރު ކައއިރީގައި މޭޒަކާއި 4 ގޮނޑި ހުއްޓެވެ. ”އޯމައިގޯޑް ދޮންބޭ އައި އެމް އިމްޕްރެސްޑް،މިގެ ހާދަ ރީއްޗޭ!” ޔަލްވީ ހުރީ ގޭގެ ރީތިކަމުން އާޝޯހުވެފައެވެ. ”ރީތިވާނެއެންނު ވީ ގޮޓް އަ ރިޗް ދޮންބެ” އާޔަތު ތުއިވެލަމުން ބުންޏެވެ. ”ދިސް އިޒް މައި ޑްރީމް ހޯމް! މިގެ ޑިޒައިންކުރީ ދޮންބެ އާއި ދޮންބެގެ ބެސްޓީއާ ދެމީހުން، އިންޓީރިއަރ މީ ދެން ދޮންބެގެ އައިޑިއަރ” ހީލަމުން ޔުވާން ކިޔައިދިނެވެ.

“އާޔޫ، ކޯއްޗެއްތަ ކެއްކީ؟ އަމް ސޯ ހަންގްރީ” ޔަލްވީ އަހާލީ އާޔަތު ކައިރީގައެވެ. ” ވައިޓް ސޯސް ޕާސްތާ ހުންނާނެ. އޯ ޔެސް އެންޑް އައިހޭވް ސަމްތިންގް ފޮރ ޔޫ” މިހެންބުނެ އާޔަތު ދުއްވައިގަތީ ގޭތެރެއަށްށެވެ. ފްރިޖުން ނެގި ކުޑަ ކޭކަކާއި ވަޅިއެއް ހިފައިގެން އައިސް ޔަލްވީ އަތައް ލައިދިނެވެ. ” ވެލްކަމް ބެކް ޗޮމްޕި” ކޭކުގައި ލިޔެފައި އިންއެތި ކިޔާލާފައި ޔަލްވީ ހީގަތެވެ. ކޭކު ފަޅާފައި އާޔަތު އާއި ޔުވާންއަށް ޔަލްވީ ކާންދިނެވެ. “ލެޓްސް އީޓް ދެން” އާޔަތުވެސް ބަނޑުހައިވެގެން ކާން ބޭނުންވިއެވެ.

ކުއްލިއަކަށް ޔުވާންގެ ފޯނު ރިންގުވާން ފެށީ ހަމައެވަގުތުއެވެ. ފޯނަށް ޖަވާބު ދީފައި އައިސް ޔުވާން ޔަލްވީމެން ކައިރީ މަޑު ކޮށްލިއެވެ. ” ސޮރީ ލޯބީ ދޮންބެ ވަރަށް އާރޖެންޓް ކޮށް ތަނަކަށް ދާންޖެހިއްޖެ، ވިލް ޖޮއިން ޔޫ ބޯތް ލޭޓަރ!” މިހެން ބުނެ ޔަލްވީއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ޔުވާން ވަރަށް ބާރަށް ގެއިން ނުކުތެވެ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Vaahaka_by_Az
Follow Me Written By

Vaahaka_by_Az

Level 110 Stories

Pages that feel like alternate realities, where every chapter feels personal!

Other Articles

Previous

ހޯދަން ކަލާ 1

Next

ވަފާތެރިމަވީމޭ 2 (7)

Next
May 22, 2026

ވަފާތެރިމަވީމޭ 2 (7)

Previews
May 22, 2026

ހޯދަން ކަލާ 1

5 Comments!

  1. Gurrllyyy says:
    May 22, 2026 at 3:47 pm

    Okayyyy.
    Wow.
    Ly… tc…

  2. Sheex says:
    May 22, 2026 at 4:02 pm

    Wow 1st part v reethi MA
    Omg haadha cute bond ekey
    CW4THENEXTP
    Tc

  3. Vaahaka_by_Az Athufa_Zubeyr says:
    May 22, 2026 at 4:24 pm

    Follow @parallel_chapterss. On instagram for the updates.

  4. vnl says:
    May 22, 2026 at 4:37 pm

    OMGOMG!!!! Can barely wait for next episode xx

  5. Shaba_17 says:
    May 22, 2026 at 6:43 pm

    Mi part ves vrh Reethi MA 💗
    Haadha lwbi kudhin kolhekeyy 😍
    Curiously waiting for the next part When’s next?

Comments are closed.

Next Episodeތަޤުދީރު – 2←


All Right Reserved!