Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވަފާތެރިމަވީމޭ 2 (6)

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
May 19, 2026 3 Mins Read
16 Comments

“ޔަލޫ އޯކޭ ނުވާނެ ދޯ؟ ޔަލޫވެސް ބޭނުމޭ ބައްޕިއެއް. ޔަލޫގެ ދޮންތިވެސް ހުރޭ ބައްޕިއެއް. އިލައިކާވެސް… ޒާކުވެސް ރިހާންވެސް. ހުރިހާ ކުދިންވެސް… ދެން ކޮބާތަ ޔަލޫގެ ބައްޕި؟ ޔަލޫއަކަށް ނޭނގޭ ޔަލޫގެ ބައްޕިއަކީ ކާކު ކަމެއް” އަނގަ މަތީގައި އަތް އަޅަމުން ޔަލާ ރޯން ފެށިއެވެ. ޔަލާއަށް ހިތްވަރު ދިނުމުގެ ގޮތުން އިލައިކާ ޔަލާގެ ހަށިގަނޑުގައި ބައްދާލިއެވެ.

(6 ވަނަ ބައި)

ކިލާސް ނިމުމުން ކުދިންތައް ނިކުންނަން ފެށީ ހިންޏައް ހަކުރު ފެނުމުން އަންނަ ބީދައިންނެވެ. މައިންބަފައިންގެ ލޮލުގެ ކޮއެ ފަދަ ކުޑަ ކުޑަ ކުދިންތައް ކިލާހުން ނިކުމެ މަންމަ ނުވަތަ ބައްޕައާއި ދިމާލަށް ދުވެފައި ދިޔައީ ހިތްތައް އުފަލުން ފުރި ބަންޑުން ދާހާ ހިތްގައިމު، ލޮބުވެތި ހިނިތުންވުމަކާއި އެކުގައެވެ.

އެބެލެނިވެރިންގެ ތެރޭގައި އިޔާލްވެސް ހިމެނުނެވެ. އޭނާގެ ފުރާނަފަދަ އިލައިކާ ދުވެފައި އަންނަތަން ފެނުމުން އިޔާލްގެ ތުންފަތުގައި ފުރިހަމަ ހިނިތުންވުމެއް ކުރެހުނެވެ. ދެއަތް ފުޅާ ކޮށްލީ ދުވެފައި އޭނާގެ އުނގައް އައުމަށް އިލައިކާއަށް ފުރުސަތު ދެމުންނެވެ.

“ބައްޕިގެ ފުރާނަކޮޅު. މިއަދު ކޯއްޗެއްތަ ކިޔެވީ؟” އިލައިކާގެ ކޯތާފަތުގައި ތުންޖައްސާލަމުން އިޔާލް އެހިއެވެ.

“ހށ ކިޔެވީ. ބައްޕިއަށް އިނގޭތަ؟ މިއަދު އިލައި ކުއްޖަކަށް އެހީވެސް ވީމޭ. ކުލާސް ކުދިންތައް އެކުއްޖާއަށް އެއްޗެހި ކިޔާތީވެ” އިލައިކާ ފަޙުރުވެރިކަމާއި އެކުގައި ބުނެލިއެވެ.

“އެހެންތަ؟ ހާދަ މޮޅު ކުއްޖެކޭ. މިއަދު އައިސް ކުރީމްވެސް ގަނެދޭނަން. ބައްޕިގެ ފުއްގަނޑު” އިލައިކާގެ ހަށިގަނޑު ބޮނޑި ކޮށްލަމުން އިޔާލް ބުނެލިއެވެ.

ޔަލާ ގޮވައިގެން ގެއަށް އައި މަގުމަތީގައި ޔޫއާ ދިޔައީ ތަފާތު އެކި އެކި ވާހަކަތައް ދައްކަމުންނެވެ. ނަމަވެސް ޔަލާގެ ފަރާތުން އެއްވެސް ޖަވާބެއް މިއަދަކު ނުލިބުނެވެ. ކިލާސް ތެރޭގައި ކަމެއްވީ ކަމަށް ނިންމާފައި ޔަލާ ހެއްވާލެވޭތޯ ޔޫއާ ކިތަންމެ މަސައްކަތެއް ކުރިއެވެ. ނަމަވެސް ޔަލާ ކަހާތަން ހިރުވައި ވެސް ނުލިޔެވެ.

ގޭ ދޮރާށި ކައިރީގައި ސައިކަލު މަޑުކޮށްލާފައި ޔޫއާ ޔަލާ އުރާލިއެވެ. “މިއަދު ވާނެ ދޯ ފައި ބޭބެއާއި އެކު އައިސް ކޯން ބޯން ދާން؟” އެހެން ބުނުމުން ޔަލާ ހިތްހަމަ ޖެހޭނެ ކަމުގެ އުންމީދުގައި ޔޫއާ ބުނެލިއެވެ.

“ޔަލޫ ނުބޭނުން. އެއްވެސް އެއްޗެއް ނުބޭނުން” އަޑުން އަޑު ނަގާ ރޮމުން ރޮމުން ޔަލާ ގޮސް ކޮޓަރިއަށް ވަނެވެ.

ބަދިގެ ތެރޭގައި ރިހަ ކައްކަން ހުރި މާޔާ ހުރީ ފުން ވިސްނުމެއްގެ ތެރޭގައެވެ. ޒާކު ލިބުންތަނާހެން މާޔާ ވަނީ ‘އާތުރެސްޓު’ ބަލި ޖެހިފައެވެ. އަބަދު ފައި ދުޅަވެފައި ހުންނަ ހާލުގައި އޭނާ ހުންނާތީވެ، އޭނާ އުންމީދު ކުރީ ވިހާ ގަދަވުމުން ޒުކާގެ އެހީތެރިކަމެއް އޭނާއަށް ގޭތެރޭގެ މަސައްކަތްތަކުން އޭނާއަށް ލިބޭނެ ކަމަށެވެ. ނަމަވެސް ކަންތައްތައް ވެގެން ދިޔައީ އޭނާ ހީކުރި ގޮތާ މުޅިން ޙިލާފަށެވެ. ޒާކު ލިބުން ފަހުން އޭނާއަށް ޖެހުނީ އިތުރު ބުރައެކެވެ. އެންމެ ތުއްތު އިރުން ސުރެ 5 އަހަރު އެސޮރަށް ވީ އިރުވެސް ޒާކުގެ ހުރިހާ ކަމެއް ކުރަން ޖެހެނީ މާޔާއަށެވެ. ބޮޑު ވެގެން އައި އިރު ގާތުން ދިނުން ނޫން އެހެން އެއްވެސް ކަމެއް ޒާކުއަށް ޒުކާ ކޮށްދީފައެއް ނެތެވެ. ހަގީގަތުގައި އެވަގުތު ތަކުގައި މާޔާ ޔޫއާ މަތިން ނިކަން ހަނދާން ވެޔެވެ. އެއީ ގެވެހި އަންބެކެވެ.

ހިޔާލު ތަކުން މާޔާއަށް ނިކުމެވުނީ ފޯނު ރިންގުވާން ފެށި އަޑަށެވެ. ގުޅަމުން ދިޔައީ ސުކޫލުން ކަމުން އޭނާ އަވަހަށް ފޯނު ނެގިއެވެ. “ހަލޯ؟”

“ހަލޯ؟ ޒާކުގެ މާމަ ދެއްތޮ؟” އެކޮޅުން އެހެން އެހުމާއި އެކު މާޔާ “ލައްބަ” އޭ ބުނެލިއެވެ.

“ގަޑި ނިމިގެން ދިޔަ އިރުވެސް އެއްވެސް މީހަކު ޒާކު ބަލާ ނާންނާތީ. މިހާރު ގަޑި ނިމުން ފަހުންވެސް 30 މިނިޓް ވީނުން. ޒާކުގެ ބައްޕަ ނުނަގާ ފޯނެއްވެސް” އެކޮޅުން ބުނި ވާހަކަ އިވި މާޔާގެ ދެލޯ ބޮޑުވިއެވެ. ތެދެކެވެ. ގަޑި ޖެހިގެން ދާނެ ތާކައް މިހާރު ގޮސްފިއެވެ. މިއަދު ނިކްޔާން ކޮބާ ބާއެވެ؟

ނިކްޔާންއަށް ގުޅަމުން ގުޅަމުން އޭނާ ސިޓިންގ ރޫމަށް ނިކުތެވެ. ކޮންމެ ފަހަރަކުވެސް ލިބުން ޖަވާބަކީ ފޯނު އޮތީ ނިއްވާލާފައި ކަމަށެވެ. އެވަގުތު މާޔާގެ ލޮލުގައި ނިކްޔާންގެ ފައިވާން އަޅައިގަތެވެ. އެހެންކަމުން އޭނާ ހުރީ ގޭގައިކަން އެނގުނެވެ.

“އެކަމަކު… ކީއްވެބާ؟ ނިކްޔާން ދުވަހަކުވެސް ޒާކުގެ ކަމަކު ފަރުވާ ކުޑައެއް ނުކުރޭ..” ހިތާހިތުން މާޔާ ބުނެލިއެވެ. ދެން އޭނާ ގުޅީ ނިހާލްއަށެވެ. 3 ވަނަ ރިންގުގައި އޭނާ ފޯނު ނެގިއެވެ.

“ނިހާލް. ޒާކު ބަލާ ނުގޮސްގެން ސުކޫލުން ގުޅައިފި. ދޭބަލަ ޒާކު ބަލާ. ގެއަށް އައީމަ ބުނާނަން ވީ ގޮތް” މާޔާ ބުނެލިއެވެ. ދެން އޭނާ ގޮސް ހުއްޓުނީ ނިކްޔާންގެ ކޮޓަރި ދޮރު ކުރިމަތީގައެވެ. އަދި ދޮރުގައި ޓަކި ދޭން ފެށިއެވެ. “ދަރިފުޅާ؟ ދަރިފުޅާ ނިކްޔާން؟ ދަރިފުޅާ؟”

މާޔާ ދޮރުގައި ޓަކި ދޭއަޑަށް ނިދިފައި އޮތް ނިކްޔާން އަދި ޒުކާއަށް ވެސް ހޭލެވުނެވެ. އޭނާގެ ގައިގައި ތަތްވެގެން އޮތް ޒުކާ ދުރު ކޮށްލަމުން ނިކްޔާން ތެދުވަން އުޅުނެވެ. “އަޅާ ނުލާބަލަ. ކޮންމެސް ބޭކާރު ކަމަކު ކިޔަން އެއުޅޭނީ” ނިކްޔާންގެ ކޮނޑުގައި ހިފާ ހުއްޓުވަމުން ޒުކާ ބުނެލިއެވެ.

“ދޫކުރޭ މަގޭ ގައިން. ކަލެއަށް ނުވެގެން އުޅުން ކަންތައް ވެއްޖެއްނުން” ޒުކާގެ އަތް ފޮޅާލަމުން ބިންމަތީގައި އޮތް އޭނާގެ ސޯޓު ނަގާ ލިޔެވެ. އަދި ގޮސް ދޮރު ހުޅުވިއެވެ. “ކީކޭ މަންމާ؟”

“ކީކޭ މަންމާއޭ؟ ބަލަ ދަރިފުޅާ ޒާކު ބަލާ ދާ ގަޑި ޖެހިގެން ދާނެ ތާކައް ގޮއްސި މިހާރު. ކީއްތަ ތި ކުރަނީ؟” ބޯހޫރުވާލަމުން މާޔާ އެހެން ބުނުމާއި އެކު ނިކްޔާންގެ ދެލޯ ބޮޑު ވިއެވެ. ސިޓިންގ ރޫމުގައި އިން ގަޑިއާއި ދިމާލަށް އޭނާ ކަޅި ހަރަކާތް ކޮށްލީ އަވަހަށެވެ. ތެދެކެވެ. އަސްލުވެސް ގަޑި ޖެހިއްޖެއެވެ.

“ސޮރީ މަންމާ… ނިދުނީ. މިދަނީ ވަރަށް އަވަހަށް.” އެތެރެއަށް ވަންނަން އުޅެމުން ނިކްޔާން ބުންޏެވެ.

“އޯކޭ ވާނެ. ބައްޕަ ގޮސްފި ޒާކު ބަލާ” މާޔާ އެހެން ބުނެލުމުން ހީނލާފައި ނިކްޔާން އެތެރެއަށް ވަނެވެ.

“ކޮބާ. އަޑު އިވިއްޖެ؟ މިއީ ކަލޭ ކަންތަކޭ!” ތުވާލި ހިފައިގެން ފެންވަރަން ފާހާނާއާއި ދިމާލަށް ދަމުން ނިކްޔާން ބުނެލިއެވެ. އޭނާގެ ރާގު ހުރި ގޮތުން ވެސް އެހުރީ ވަރަށް ހިތްހަމަ ނުޖެހިފައިކަން ދޭހަވެޔެވެ.

(ނުނިމޭ)

ހަތްވަނަބައިގެ ތެރެއިން:

“އަހަ… އަހަރެން ވަރަށް ބޮޑު ކަމަކު ކިޔަން ބޭނުން…” ކުރަކިވެފައިވީ އަޑުން ޔޫއާ ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ޒީނަތްތެރިކަމުގެ ދަޅަ

Next

ގޮތް ހުސްވެފައި ހުރީމޭ.. 16

Next
May 20, 2026

ގޮތް ހުސްވެފައި ހުރީމޭ.. 16

Previews
May 19, 2026

ޒީނަތްތެރިކަމުގެ ދަޅަ

16 Comments!

  1. Exxo says:
    May 20, 2026 at 1:37 pm

    Heyyy. vrh reethi ingeyyyy.
    Tc.. ly…

    1. shihaamaa ali shihaamaa ali says:
      May 20, 2026 at 1:47 pm

      jazaakallah khairan Exxo
      likewise 🩶🫶🏻

  2. Gurrllyyy says:
    May 20, 2026 at 4:46 pm

    Wow

    1. shihaamaa ali shihaamaa ali says:
      May 20, 2026 at 7:37 pm

      Jazaakallah khairan Gurrllyyy 🩶🫶🏻

  3. Lulu says:
    May 20, 2026 at 4:52 pm

    Hey. Shihaa kon iraku tha upv??
    Maa lahun fenunee.
    Vrh reethi.
    Ly…

    1. shihaamaa ali shihaamaa ali says:
      May 20, 2026 at 7:38 pm

      Jazaakallah khairan Lulu🩶🫶🏻
      Hehe its okay.. reyga thankolheh lass v fahun up kollevunii

  4. Nwksk says:
    May 20, 2026 at 5:55 pm

    Shiha thee hdh nolhivarun kujjeh dhwww

    1. shihaamaa ali shihaamaa ali says:
      May 20, 2026 at 7:39 pm

      Sorry, Nwksk i do not want to talk about anything of my personal life here on the site🩶🫶🏻

  5. Your fav bab Your fav bab says:
    May 20, 2026 at 6:17 pm

    Aaaahh!! Yaloo😭😭 feeling so bad for her!!
    Ilaika is layaaly and faizin’s daughter dhw? Tho iyaal think she’s his??
    Faizan n Faizin anyhow related ?
    Next part ge therein kiyaafa curiosity level💯
    Waiting for next ..
    Ly💗

    1. shihaamaa ali shihaamaa ali says:
      May 20, 2026 at 7:40 pm

      Jazaakallah khairan Your fav bab🩶🫶🏻
      Asluvess dhww i feel soooo bad for her too🫠
      Nono Ilyka eii Iyaal and Layaalyge dharifulhu..
      Lets see dhw hehe
      In sha allah next episode tmrw
      Likewise🩶🫶🏻

  6. xxx says:
    May 20, 2026 at 9:07 pm

    Wowwwww.
    Vrh reeeeeethi

    1. shihaamaa ali shihaamaa ali says:
      May 21, 2026 at 1:23 pm

      jazaakallah khairan xxx🩶🫶🏻

  7. Demon says:
    May 20, 2026 at 9:11 pm

    Omg omg vrh reeethi obey shihaaaaa.
    Ly…

    1. shihaamaa ali shihaamaa ali says:
      May 21, 2026 at 1:23 pm

      jazaakallah khairan Demon🩶🫶🏻
      likewise

  8. Gurrllyyy says:
    May 22, 2026 at 3:47 pm

    Wow excellent.
    Really appreciate ur hard work.
    Ly. N tc….

    1. shihaamaa ali shihaamaa ali says:
      May 22, 2026 at 3:49 pm

      jazaakallah khairan Gurrllyyyy🩶🫶🏻

Comments are closed.

Next Episodeވަފާތެރިމަވީމޭ 2 (9)←


All Right Reserved!