Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިޅެންއުފެއްދުންތެރި ލިޔުންއެހެނިހެންމަޖާދީނީލޯބި

އާއެކޭ ލޯބީވޭ… ސާޅީސްއަށްވަނަބައި (ނޭނގި ވަކިވީ ދެހިތުގެ އަޑު)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
June 7, 2026 6 Mins Read
1 Comment

އެވަރުންވެސް ކަހާފައި ނޫނީ ނުއިށީނެވެ. ތަނެއްގައި އިނުމަކީ ސިހުމާއަށް ދަތިކަމެކެވެ. އަބަދުވެސް އުޅޭނީ ކޮންމެސް ކަމެއް ކޮށްލަ ކޮށްލައެވެ. ދެފައި އެއްތާކު ހަރު ނުލާނެއެވެ. ފިސާރި މުރާލި ވާނެއެވެ. ކަން ކުރަން ދަންނާނެއެވެ. ކެރޭނެވެ. ހީވާގިވެފައި ނުހަނު މުރާލިވާނެއެވެ.

” ސިހުމާ: ކޮބާ ތި ހުސްކޮށްލާ އަވަހަށް. އޭރުން ހަކަތައެއްވެސް ޖެހޭނީ ގައިގައި.” ޚުބާބުގެ ބޮލުގައި މަންމަ ފިރުމާލިއެވެ. ދެލޯ ފޯނަން އަޅައިގެން ޚަބީބު އިންނާތީ ސިހުމާ ހިތްހަމައެއް ނުޖެހުނެވެ. “ސިހުމާ: އަޅެ ތި ފޯނުން މޫނު ނަގާބަލަ. ހެޔޮނުވާނެ ސަހާދެއް މިބުނީ. މީ ވަރެއްގެ އެއްޗެއް.” މޫނު އަނބުރާލަމުން ހުސީ ކިޔައިގަތެވެ. ޚަބީބު ފޯނު ބޭއްވިއެވެ. ގުޅަން މިއުޅޭ ފަރާތަށް ގުޅިދާނެ ބާއެވެ؟ އިރުއޮއްސުމުގެ ކުރިން ހޯދަން ޖެހޭ މައުލޫމާތު ތައް ލިބިދާނެ ބާއެވެ؟ ގުޅާފައި އޮތީތީ ފެނިގެންވެސް ގުޅާނެ ބާއެވެ؟

****************************************************************************

ތަށި ހުސްކޮށްލައިގެން ތުންދޮވެހަދައިގެން ޚުބާބު ދިޔައެވެ. ކުޑަކޮން ވެސް ނިދާލެވޭތޯއެވެ. ހޭލާ ހުންނަށް ވެއްޖެއްޔާއި ހޮޑު އައުމަކީ ގާތް ކަމެކެވެ. ހުން އަތުވެއްޖެ ނަމަ އޭނާއަކީ ބަލިކަށި މީހެކެވެ. ވަރުދެރަ ވަރުބަލިވާ އިންސާނެކެވެ.

 

ޚުބާބު އެނދުގައި އޮށޯވެލިއެވެ. ބޯއަނބުރާ ގޮތްވާތީއެވެ. މޯޅިއަކަށް ދެމިލަމުން ދެލޯ މަރާލިއެވެ. މާކަ ގިނައިރަކު ނޯއެވުނެވެ. ދެލޯ ހުޅުވިއްޖެއެވެ. ސިކުނޑިތެރެ ވަނީ ގަރުބަގެންފައެވެ. ބޭރުން އިވޭ ހިމަފޮދު ވާރޭގެ އަޑާއި، އެކު މިލީހަމްގެ ހަޅޭކުގެ އަޑު އެއްވަސްކުރުވަމުން ދިޔައެވެ. ބައްޕަ އާއި މަންމަ ހޭލަމޭލަވެ އުޅޭ ކަން ވެސް ކަންފަތާއި ހަމާލުން އެނގިގެންދެއެވެ.

 

ސޯފާގައި އިށީނދެ ހަމަ ޖެހެމުން ޚަބީބު އަނެއްކާވެސް އެއް ނަންބަރަށް ގުޅާލިއެވެ. މާކަ ގިނަ އިރުތަކެއް ނުވެ ފޯނު ނަގައިފިއެވެ.

 

“ޚަބީބު: އައްސަލާމްއަލައިކުމް، ލީނިޔާ؟” ޚަބީބު އަވަސް އަވަހަށް އަހާލިއެވެ.

 

ފޯނުން އިވިގެން ދިޔައީ އަންހެނެއްގެ އަޑެއްނޫނެވެ. އިވުނީ ފިރިހެނެއްގެ ބަރު އަޑެވެ. އެހާމެ ބިރުވެރި ނާމާން ރާގަކަށެވެ. “މާއިޒް: ޚަބީބު، ތިކަން ހުއްޓާލާ. ލިނީ އާއި އަހަރެންގެ ދޭތެރެއަށް ވަންނަށްތީ ކާކު. މިލީހަމްއަށްވެސް ސަލާމަތެއް ނޯންނާނެ އެއީ މަގޭ ލޭ.”

 

“” ޚަބީބު: ތީ ކާކު؟ މާއިޒްތަ؟ ނޫނީ އިފުރީތެއްތަ؟ ޚަބީބަށް ބާރު ބާރަށް ބުނެލެވުނެވެ. ” ޚަބީބު: ކޮބާ ލިނީ؟” އެހިތް ދިޔައީ ނެގިނެގިފައި ތެޅެމުންނެވެ. ޖަވާބު ދާރީ ވަމުން އެދަނީ އިންސާނެއް ކަމާމެދު ސައްކައެވެ. ސަލާމަތުން ލީނިޔާ ހުރިކަމެއް ނެތް ކަމެއްވެސް އެނގެނީއެއް ނޫނެވެ.

 

“މާއިޒު ޖިންނި: މާއިޒުހޭ. އިފްރީތެއްހޭ.. ހައްހައްހައް… ” ހިނިގަނޑާއެކު ފޯނު ކެނޑިގެންދިޔައެވެ. ބުނާނެ އެއްޗެއްވެސް ކުރާނެ ކަމެއް ވެސް އޭނާއަކަށް ނޭނގުނެވެ. މުޅި މީހާ ގަނޑުވެގެން ދިޔައެވެ. ހާސްވެގެން ގޮސް ބޮލުގެ ދެފަރާތުގައި ޚަބީބަށް ހިފާލެވުނެވެ. ކުރާނީ ވެސް ވަކި ކިއެއް ހެއްޔެވެ؟ ކަންތައްތައް މިހިރީ ބޮއްސުންލާފައިވާ ވަރެވެ.

 

އަތުން ހިފާލައިގެން އިން ފޯނު ދޫވެގެން މުށިތައް މައްޗަށް ބަންލާފައި ވެއްޓިއްޖެއެވެ. އެންމެ މިޒަމާނުގެ ފޯނެކެވެ. ވެއްޓި ޖެހުން ގޮތަށް ކުރިމަތީ ބިއްލޫރިގަނޑު އެއްކޮން ތެޅި ހަފުސްވިއެވެ. ބޭނުން ކުރެވޭ ވަރަށް ވުރެ ބޮޑަށް ކޫރުން އެޅި ހަލާކުވިއެވެ. އާ އެއްޗެއް ގަނެގެން ނޫނީ ބޭނުމެއް ނުކުރެވޭނެއެވެ. ގަންނަށް ދާހައި އަގު ހެދުމަށް ވެސް ދާނެއެވެ. ގަތުމުގެ ދެގުނަވެސް ހެދުމަށް ގޮސްދާނެ އެވެ. މީގެ އައިފޯނެއް ހެދޭނީ “އޮރިޖިނަލް” ސުކުރީނާއެކު ވަރަށް އަގުގައެވެ.

 

އެ ބާރު އަޑުފަންގަނޑާއެކު ޚުބާބުވެސް ސިޓިންރޫމަށް ނިކުތެވެ. އަތަށް ލައިގެން އެކި ގޮތް ގޮތުން ޚަބީބު ގުޑުވަމުންދިޔައެވެ. އެއް ގޮތަކަންވެސް ހުޅުވޭނެ ގޮތެއް ނުވިއެވެ.

 

” ޚުބާބު: ބައްޕާ! ކިހިނެއް ވީ! ފޯނު ހަދާވަރަކަށް ތި ހަލުވަނީ.” ޚުބާބު ބައްޕަ ކުރެން އޮޅުން ފިލުވާލަން އުޅުނެވެ.

 

ބޯ ޖަހާލަމުން ޚަބީބު ގޮސް ދަރީގެ އަތަށް ފޯނު ލައިދީފައި ބުނެލިއެވެ. ” ޚަބީބު: ދަރިފުޅާ، ބަލާއި ބައްޕަގެ ފޯނު އަތުން ދޫވެގެން ވެއްޓި މުށި ގަނޑުގައި ޖެހި އެއްކޮން ފުނޑުފުނޑު ވެފައި މިއޮތީ. ނުވެސް، ހުޅުވުން އުޅެއުޅި.” ފައްޗަކަށް ވެގެން އުޅޭ ގޮތް ބައްޕަ އަމުނާލިއެވެ.

ބޯ ކަހާލަމުން ޚުބާބު އެއްމިޔަކަނުން ހީލީއެވެ. ބައްޕަގެ ވިސްނުން ކޮށިކަމާއި ފަރުވާކުޑަ ކަމާއެވެ. އެއީ އެންމެ ފަހުން ނެރުނު ވައްތަރުގެ ފޯނެކެވެ. އެކަށް އެއޮތީ ހަލާކުވެފައި އެވެ. މައްޗަކުން ވެސް ވެއްޓިފައި އޮންނާނެއެވެ. “ޚުބާބު: ދެން ޖެހޭނީ އާ ފޯނެއް ގަންނަަށް ބައްޕާ . މިއަހަރު ތިންވަނަ ފޯނު ވިއްޔަ އެ ތަޅާލީ ދޯ މަންމާ.” އަހަރުމެންގެ ހަރަކާތްތަކަށް ބަލަން މަންމަ އިނެވެ.

 

ފަރިވެ ފޮޅެމުން ތާޒާވީ އެ މަލުގެ އެންމެ ފަތެއްވެސް ނެތެވެ. މާބުރު ކޮކާތަން ފޮނިބޮއެ ހަދައިގެން ލުހިގެން ވަޔާއެކު ދިޔައީއެވެ. އަލަތު ލޯބިވެސް ވީ ނާކާމިޔާބެވެ. އުންމީދު ކުރި ލޯބީގައި ލިބެމުން މިދަނީ ކަރުނައެވެ. ނިމުމެއް ނުވާ ހިތާމައެވެ. އާއެކެވެ. މާއިޒަކީ އުންމީދު ކުރި ލޯތްބެއެވެ. ކައިވެނީގެ މާތް ގުޅުމުން އުފަންވި ސާދާވީ ލޮތްބެއެވެ. އުނިކަމެއް ނެތް ފަދަ ތެދުވެރި މަގާސިދެކެވެ. ވަކިވާން ނޭދުނަސް މިހެން އުޅޭނީ ކިހިނެއް ހެއްޔެވެ؟

ކަނާއަތުން މޫނުގައި އަތް ހާކާލަމުން އަޝްބާ ކައިރީ އޮތް އައިޕެޑަށް ބަލާލިއެވެ. އޭގެ އިސްކިރީނުގައި ތިބި ލޯބި ޖޯޑަށް ބަލާލާފައި ނުފުށުން ކަރުނަ ފުހެލިއެވެ. މީގެ އަހަރުތަކެއް ކުރިން ނަގާފައިވާ އެ ތަސްވީރު ބުނެދެމުން ދިޔަ ކަހަލައެވެ. ތިއީ އެތް ފަރާތުގެ ލޮތްބެކެވެ. ކާމިޔާބު ވުމަށް ވުރެ ގާތީ ނުވުމެވެ. ބީވުމާއި ނިކަމެތި ހިތުގެ ގިލަން އިހްސާސް ކޮށްލާށެވެ. ލޭކަރުނައިގެ ބާރު ގަދަވާނެވެ.

“އަޝްބާ: ނޭދުނަސް ވަކިވާން، މަޖުބޫރުވީ ހިތާއޭ”  ލިޔުން ހުއްޓާލަމުން މަޑު އާހަކާއެކު އަޝްބާއަށް ކިޔާލެވުނެވެ. އެދުވަހު ނިކުމެގެން ދިޔަގޮތަށް ނަޒާންގެ ޚަބަރެއް ވީއެއް ނޫނެވެ. ގުޅާނުލާތައި މެސެޖެއްވެސް ކޮށް ނުލައެވެ.

 

މެންދުރު ފަހު ކޮއްކޮގެ ހިތުބާއަށް ފުރަން ޖެހެއެވެ. އެ އުފަލަށްޓަކައި މި ފަހަރު އޭނާ ލިޔުނީ ފަރިހި އެކެވެ. މޮހައްމާގެ މަޝްހޫރު ލަވައެއްކަމަށްވައި އިސްޤީ މިހިތުގެ ރާގަށެވެ. ‘އެދެވޭ މި ޖަންނާތު’ އަޝްބާ ލިޔުނީ ހަމަ ސީދާ ކޮއްކޮގެ އެ މުނާސަބަތަށެވެ. ކޮއްކޮ އާއި އޭނާގެ ލޯބިވެރިޔާގެ ނަމާވެސް އެކުއެވެ. އަޑުއަހާ މީހަކަށް ހަމަޖެހުން ގެނުވާނެ ފަދަ ގޮތަކަށެވެ. ފަރިހި ކިޔާލަން ބޭނުންވަނީ ފިރިހެން އަޑެއްގެ ވެރިއެކެވެ. ޖަޒްބާތީ އަސަރު ގަދަ އަޑެއްގެ މިލްކެކެވެ. މިކަމަށް ނަޒާން ހުށިޔާރު ވާނެއެވެ. އެކަމަކު ބުނާނީ ކިހިނެއް ހެއްޔެވެ؟ ގުޅުމެއް ނެތެވެ. އިސްވެ ބުނަން ކެރޭނީވެސް ކިހިނެއް ހެއްޔެވެ؟

އަޝްބާ: ބާރު މިހަށިން ދޫވަނީހޭ، އަޝިގާ އަދު ބީވަނީހޭ”  އެހެން އިނދެފައި އޭނާ ކިޔާލިއެވެ.

ޒުކާނާއި އިޝްބާގެ ނަން ލަވައިގެ ފަހު ކަޑީގައި ހިމާނެލެވުމުގައި ހިތްގައިމު ގޮތެއް ހުއްޓެވެ. މި ފުރިހަމަ މަސައްކަތް އިވިގެން ދާނީ މާތް ﷲ ގެ ތަނަވަސް ރަހުމަތާއެކު އެ ރެއެވެ. އެހެނަސް ޖުމްލަ މާނަ ހިއްސާކޮށްލެވިދާނެއެވެ.

 

ކައިވެނީގެ މީ އުފާވެރި ވަގުތެވެ. މުޅި ކާއިނާތު މިވަނީ ހިނިތުންވުމާއި އުފަލުން ގުގުމާލެވިފައެވެ. ބަގީޗާގައި ރީތި މާތައް ފޮޅިއްޖެއެވެ. އެ މާތަކުގެ ސަބަބުން މުޅި މާހައުލު ރަންރީތި ސިފައެއްގައި ފަވައިލެވެމުންދިޔަވެ.

 

ރީތި ހަނދުވަރުގެ އަލިންކަން މުޅި މާހައުލަށް ވެރިވެގެން ވިއެވެ. ނަލަކަމާއި ސާފުކަމެވެ. މިހެން ކަމުން ހިތްގައިމު މަންޒަރެއް ދައްކުވައިދެމުން ދިޔައެވެ.

 

ލޯބީގެ ރީތި ފެށުން އަތުވެއްޖެއެވެ. އަލިފުން ފެށޭ ކޮއްކޮ މިއަދު ބޮޑުވެއްޖެއެވެ. ފުރިހަމަވެ، ހަގީގީ ސާބިތު ގުޅުމަކަށް އިޝްބާގެ ދިރިހުރުން ބަދަލުވީއެވެ.

 

މާހައުލުގައި ވަނީ ފިނިފެންމަލުގެ ބަރިތަކެއް ފަދައެވެ. ހަފްލާގެ ޒީނަތްތެރިކަމާއި އުފާ އެކަކު އަނެކަކާ ގުޅިފައިވެއެވެ. އަތާއި އަތް އެކުގައި ހެން އަތުރާލެވުނީއެވެ.

 

ދެމަފިރިންގެ ދިރިއުޅުމަކީ ކޮބާ ހެއްޔެވެ؟ ދުނިޔޭގައިވާ ސުވަރުގެއެކެވެ. ޖަންނާތެއްހާއި ހިތްހަމަޖެހުން ވާ ތަނެކެވެ. އަމާން ކަމާއެކު ދިރިއުޅުމެއްގެ ގޮތުގައި ލޯބިން ލައްވައިދިނުން އެދެވޭ ނޫން ތޯއެވެ؟

 

މި ކައިވެނި ކުރެވުނު މޫސުމާއި ވަގުތުތެވެ. ސާއަތްތުން ކިޔައިދިން ދެހާހުގެ ނުވަވަނަ މަހުގެ ނުވަވަނަ ދުވަހެވެ. އޮގަސްޓު މަހެވެ.

 

ރީތި “ޗޮކުލެޓް” ކުލައިގެ އަލިންވީ މުޅި މަޖިލީހެވެ. މި މެހެފިލު އެދަނީ ވިދާ ބަބުޅާލަމުންނެވެ.

 

 

އެކަކު އަނެކަކަށް ހިތުގައިވަނީ ކުލުނާއި ލޯއެއްބެވެ. މިކަމުގެ ސަބަބުން، މިއަދު ލިބެނީ ހިނިތުންވުމުގެ އަގުހުރި ހަދިޔާއެވެ.

 

ޚާއްސަ، އުފަލެއްގެ ޖަލްސާއެކެވެ. މި ދަރުބާރަކީ ޒުކާން އަދި އަޝްބާގެ ނަމުން ނަންދެވުން މަންޒިލެކެވެ. އެ ލޯބިވެރިންގެ ކައިވެންޏަށް ޚާއްސަކުރެވިފައިވާ މަޖިލީހެކެވެ.

 

ދަރުބާރުގެ ތެރޭގައި އެންމެން ކުރަމުންދާ ހެޔޮ ދުޢާތަކެވެ. ކިޔަމުންދާ މަރުޙަބާއާއި ތަހާނީގެ އަޑުތައް ހެއްޔެވެ؟  އެއީ ބަގީޗާއެއްގެ  މެދުގައިވި ފެން އާރެކެވެ. އާދެ އުހުޒާރެއްގެ ތެރޭގައި ރީތިކޮށް ލަވަކިޔާ ބުލްބުލް ދޫނިތަކެވެ.

މާޒީގައި ކޮއްކޮއާއި ބައްދަލުވި މީހުންނެވެ. އެއީ ލިބުނު ފިލާވަޅެކެވެ. އެ ދުވަސްވަރަކީ ޅަފުރާއެވެ. ކުރީގައި މި ދެމީހުންގެ މެދުގައި އޮތީ ލޯބެއް ނޫނެވެ. އެކުވެރި ކަމެވެ.

މި މާލަމުން ހަނދާން އާވާނެއެވެ. ކައިވެނީގެ ފުރަތަމަ ރެއެވެ. ރާނީއެއް ފަދަ ޝަރަފުވެރިކަން އެރެއިން ލިބިގެންދެއެވެ.

 

ގާޒީ ކައިވެނީގެ ޢަޤުދު އިއްވީއެވެ. ދުޢާ ލައިދިނީއެވެ. މި ގުޅުމުގެ ސާބިތުކަމާއި ބަރަކާތްތެރިކަން ޔަޤީންވީއެވެ. ޝައްކުނުވެ ކަށަވަރުވެ ނިމުނީއެވެވެ.

 

މި ތާނގައި މި ބޭއްވެނީ ކައިވެނީގެ ބަރަކާތްތެރި ހަފްލާއެކެވެ. ވަރަށްވެސް އުފާވެރިއެވެ. އެހާމެ ފާގަތި ހާލަތެއްގައި ބޭއްވިގެންދާ ބޮޑު މުނާސަބަތެކެވެ.

ހަފްލާއަށް ހާޒިރުވެ ތިބީ ގާތްތިމާގެ މީހުންނެވެ. އާއިލާއެވެ. އާލުންނޫން ހެއްޔެވެ؟ ތަނުގެ މަޑުމައިތިރި، ކަމާއި މީހުންގެ އަދަބުވެރިކަމެވެ. އަދި ފުރިހަމަ ރީތި ނަޔާ ސިފަތަކެވެ. މުޅި މާހައުލު މިވަނީ މިކަން ކަމުން އިތުރަށް ފުރިހަމަކޮށްދީފައެވެ.

ރިންގުވާން ފެށި ފޯނަށް ކުޑަ އިރުކޮޅަކު ބަލަން ހުރެފައި އަޝްބާ ނެގިއެވެ. ގުޅީ ކޮއްކޮއެވެ.  ބުނީ ފޮށި ހިފައިގެން ނިކުތުމަށެވެ. ކާރުގައި ބަލައި އެބަ ދަމެވެ. އެ ބުނުމަށް ސަމާލުކަމެއް ނުދެވުނެވެ. އަހާލެވުނީ ބަލައި އަންނަނީ ކާކު ތޯއެވެ؟ ނަޒާން ހެއްޔެވެ؟

 

“އަޝްބާ: ބަލައި އަންނަނީ ޒުކާން ދޮންބެތަ.” ޖެހިލުން ކުޑަކަމާއެކު އޭނާ ފަސްޖެހުމެއް ނެތި އަހާލިއެވެ. ޖަވާބު އައީ ހަމަހިމޭން ކަމުގެ ސުކޫތަކަށް ފަހުއެވެ. “އިޝްބާ: ދޮންތައަށް ވާ ސާބަސް ނަޒާން ދޮންބެ ވީ ތުރުކީގައޭ. އެއްކޮށް ބަދަލުވާން އުޅެނީ އެތަނަށް. ގެއެއްވެސް ގަނެފި. ދޮންތަ ކައިރީ ނުބުނޭތަ.” އިޝްބާ ކިޔަިއިދެމުން ދިޔައެވެ. “އިޝްބާ: ދޮންބެ ބުނި ކައިވެންޏަށް ކޮންމެހެން ވެސް އާދެވޭތޯ ބަލާނަމޭ. ދެވޭނެ ކަން ޔަޤީނެއް ނޫނޭ.” ވީ ދެރައިން އަހަންނަށް ހިންދިރުވާލެވުނެވެ. ބުނަން އުޅުނު ބަސް ނުބުނެވި ދޫ އެކީ ހެފުން ފަދައެވެ. ކުރުވި ތަދު އިހްސާސާއެކު މަޑު އާހެއްވެސް ނިކުމެގެން ދިޔައެވެ.

 

މޫނު ދޮވެލައި ފުށް ޖަހާލައި ހަދައިގެން އަހަރެން ބަރު ފޮށި ދަމަމުން ނިކުތީމެވެ. މާ އިރުތަކެއް ނުވެ ބޮޑު ވޭނެއްގައި އެންމެން އަތުވެއްޖެވެ. އަޝްބާ ހަމަ އެރުމާއެކު ދުއްވާލައިފިއެވެ. އިއްޒުންދީން ފަލަމާ ވީ ފަޅިއަށް މަޑުކޮށްލި އިރު ލޯންޗު އޮތީ ތައްޔާރުގައެވެ. ފަޅުވެރިންތައް އިސްވެ ފޮށިތައް ލައިދީ ހެދިއެވެ. ފަހަރަކު މީހަކު އަރަމުން ގޮސް އަޝްބާއާ ޖެހުނެވެ. ޒުކާން އަހަންނަށް އަތް ދިއްކޮށްލިއެވެ. އެއަތުގައި ހިފާކަށް އަހަންނަށްކަށް ނުކުރެވުނެވެ. “ޒުކާން: ދޮންތާ، ދެން ތިހެން ނުހުރެ ހިފާބަލަ. ނުވެއްޓޭނޭ.” އެއަޑު އަހާފައި އެތެރޭގައި އިން ބައްޕަ ނިކުތެވެ. ” ބައްޕަ: ދަރިފުޅާ ޒުކާން ދޭ އެތެރެއަށް. އަޝްބާ ދަރިފުޅާ ބިރުން ނުހުރެ ބައްޕަ އަތުގައި ހިފާ.” އަޝްބާ ލޯންޗަށް އެރީ ނަޒާންމެންގެ ބައްޕަގެ އެހީ ތެރިކަމާއެކުއެވެ. އެއަތުގައި ހިފާލައިގެންނެވެ. ކުޑަ ތުރުތުރު ލުމެއް އެއަތުގައި ހިފާލިއިރުވެސް އޭނާގެ ހުއްޓެވެ. ކޮއްކޮމެން ތިބީ އެންމެ ފަހު ސީޓުގައެވެ. ޒުކާން އާއި ބައްޕަ ތިބީ އެމީހުންގެ ކުރީ ސީޓުގައެވެ. އަހަރެން ގޮސް އިށީނީ ދުރުގައެވެ. އެއިން މީހަކާއި ކުރިމަތިލާންް ބޭނުން ނުވާތީއެވެ.

 

ސީޓުގައި ލައްވެލަމުން ދެލޯ މަރާލީ މެވެ. ހުވަފެނީ ޒާހިލަކަށް ދެވުނީ ނުވެސް އެނގި ހުއްޓައެވެ. މުޅި މީހާ އެކީ ގޮސް ހުސްވިއެވެ. ނަޒާނާއި އަހަރެން ބަގީޗާއެއްގެ ތެރޭ ދުވަމުން ދިޔައެވެ. ދެމީހުންގެ މޫނުމަތިން ވެސް ފެންނަނީ އުފާާވެފައި ކަމުގެ އަސަރުތަކެވެ.

 

ކަލާއަށް މިހިތް ލޯބިވީތީ ދިނީމޭ

ކަލާއަށް މިހިތް ލޯބިވީތީ ދިނީމޭ،

އެހީއެއް އަހަންނަށް ވެދޭތޯ ހުރީމޭ ހޫ އާ އޯ،

ކަލާއަށް މިހިތް ލޯބިވީތީ ދިނީމޭ،

އެހީއެއް އަހަންނަށް ވެދޭތޯ ހުރީމޭ ހޫ އޯ،

ކަލާޔަށްޓަކާ ހިތް މަގޭ ދޫކުރީމާ،

ހިމާޔަތް ލިބޭނޭ ކަމަށް ހީކުރީމޭ،

ކަލާޔަށްޓަކާ ހިތް މަގޭ ދޫކުރީމާ،

ހިމާޔަތް ލިބޭނޭ ކަމަށް ހީކުރީމޭ.

**********************************

ދެއަތުގައި ހިފާލުމުން ހީލިއަރައިގެން ދިޔައެވެ. ނިޔަނެތި ކަމާއެކު އެއަތުން މި ދެތުންފަތުގައި ފިރުމާލިއެވެ. ކޮޅަށް ތެދުވަމުން ބާރު ބާރަށް އަޝްބާ ދުއްވައި ގަތެވެ.

 

ހިތް އެދޭ ދެތުންފަތުން ލަފުޒުތައް އޮހޭ ގޮތުން،

އަޑުއަހާ އޮމާންކަމުން ހުންނަމޭ އަހާ ހިތުން،

ލޯބިލޯބި މޫނުގައި ބީހިލީމާ ފާޅުގައި،

ހީވެޔޭ އެނގޭނެހެން ހިތް މަގޭ ގޮވާގޮވުން އޮހް ހޫ،

މަގޭ ހިތް ދިވާނާވުމުން ވާވަރޭ މީ،

މާ ނޭދެން ކަލާ ބީވެ ދާކަށް ހަޔާތުން،

ކަލާއަށް މިހިތް ލޯބިވީތީ ދިނީމޭ،

އެހީއެއް އަހަންނަށް ވެދޭތޯ ހުރީމޭ…

**********************************

އެކަކު އަނެކަކު ފަހާ ދުވަމުން ކުދި ގޯނާ ކުރަމުން ދިޔައެވެ. ހީވާނީ މުޅިން އަލަށް ލޯބީގެ މައިދާނަށް ނިކުއިން ދެބައިވެރިންހެންނެވެ. އެހާވެސް ސަމާސާގެ ބައި ބޮޑެވެ. ދަތްތައް ފާޅުވާވަރަށް ހީލާފައި ހުންނަށް އަޝްބާ އެއީ އުދުހޭ ކޮކާ ލެއްފަދައެވެ. އެކަމަކު އެހެން ވާނީ ކިހިނެއް ހެއްޔެވެ؟ ގުލުޝަނުގައި ފަރިވެ ފޮޅިފައިވި  އެއީ ރަތް ފިނިފެންމަލެކެވެ. ނަޒާނަކީ އެމަލަށް ތިރިކުރި މާބުރެކެވެ.

 

ދުރުދުރުން އުޅޭ ގޮތުން ހީވެޔޭ ޤަބޫލުހެން،

އިންތިޒާރުކޮށް ހެދީ ހިތް މަގޭ އެދޭ ވަރުން،

ދަސްކުރަން ކަލާގެ ހިތް ހާދަހާ ފަސޭހައޭ،

ގޯހަކަށް ވެދާނެތީ ހުންނަމޭ ނިކަން ބިރުން ހޯއޯ އޯ،

އޮޔާ ވައި ބަދަލުވާ އުސޫލުން މަގޭ ހިތް،

ނަށާކަން އެނގޭހޭ ތިލޯބީގެ ބާރުން،

ކަލާޔަށްޓަކާ ހިތް މަގޭ ދޫކުރީމާ،

ހިމާޔަތް ލިބޭނޭ ކަމަށް ހީކުރީމޭ..

**********************************

ނަށަމުން ފޮމެމުން ދުވަމުން ކުޑަ ކުއްޖަކުހެން އުޅެމުން ދިޔަ އަޝްބާގެ ހަރަކާތްތައް ނަޒާން ފޮރުވާލިއެވެ. އޭނާގެ އަތުގައި އޮތް ފަހުގެ ކެމެރާގައި ރައްކާކޮށްލިއެވެ. އެކި ވައްތަރުތަކަށް އަޝްބާ އެނބުރެމުން ދިޔައެވެ. “މޮޑެލް” ކުރާ ބީދައިންނެވެ.

 

ފޭދިގެން ހިންގައްޖެޔޭ ހަނދާންތަކެއް މަގޭ ހިތުން،

ހިތް އެދޭ ޕަރީ މިރޭ ދާދި ގާތުގައިވުމުން،

ހިތް އަލުން ދިރިއްޖެޔޭ އިޝްޤުގައި ޖެހިއްޖެޔޭ،

އިސްޖަހާ ލެވިއްޖެޔޭ ބީހިލާފާ ހީލުމުން ހޯއޯ އޯ،

ހިމޭނުން އަހަންނަށް ކެތެއް ދެން ނުވާނޭ،

ހިތަށް ވާގޮތެއް ނޭނގެޔޭ ވާ އަރާމުން،

ކަލާއަށް މިހިތް ލޯބިވީތީ ދިނީމޭ،

އެހީއެއް އަހަންނަށް ވެދޭތޯ ހުރީމޭ،

ކަލާޔަށްޓަކާ ހިތް މަގޭ ދޫކުރީމާ،

ހިމާޔަތް ލިބޭނޭ ކަމަށް ހީކުރީމޭ..

**********************************އެ ހިމާޔާތަށް ދެ ހިތްވެސް އެދެއެވެ. ފަސް ޖެހެނީއެވެ. ވަކިވުމުގެ ބިރު ހިތުގައި ވަނީއެވެ. ކެރި ކުރިމަތި ލާން ނުކެރެނީއެވެ. ކުރިއަށް ފިޔަވަޅެއް އެޅިއްޔާއި ފަހަތަށް ދެފިޔަވަޅު އެޅެނީއެވެ.  މި ގުޅުމަށް ވާނީ ކިހިނެއް ބާއެވެ؟ ދުރުވެފައި ވާ ގޮތަށް އޮންނާނީ ހެއްޔެވެ؟  ބަދަލެއް ހަމަ ދެން ނުވާނެ ހެއްޔެވެ؟

ނުނިމޭ

މިވާހަކަ ގެނެސްދޭނީ ހަފްތާއަކު ތިންދުވަހުއެވެ. އެއީ އާދިއްތަ އަންގާރަ އަދި ބުރާސްފަތީގައެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ލޯބިން ބުނާތީ 17

Previews
June 7, 2026

ލޯބިން ބުނާތީ 17

One Comment

  1. Inernu_27 says:
    June 7, 2026 at 10:39 pm

    Heii my loabi 🤭🫀
    Anehka vess vrh dhuvas kohlaafa dhww mi comment eh kohlany ….. Vrh bxy ey job ga …😭 Vrh miss vey

Comments are closed.



All Right Reserved!