“ނިކްޔާންގެ ތި ބޭކާރު ވާހަކަތައް އަހާކަށް މަށަކަށް ވަގުތެއް ނެތް. ދާން އުޅޭ” ނިކްޔާންގެ މޫނު މައްޗައް ދޮރު ޖަހަމުން ޔޫއާ އެތެރެއަށް ވަނެވެ.
(5 ވަނަ ބައި)
ޔޫއާ އެނބުރި ކޮޓަރިއަށް ވައިން އިރު ކަމަކު ދާކައް ނެތެވެ. ފާހާނާ ދޮރު ކުރިމަތިވަނީ ފެނުން ފޯވެފައެވެ. އޭރުވެސް ފާހަނަ ތެރޭގައި ޔަލާ ފެންކުޅޭ އަޑު އިވެމުން ދިޔައެވެ. “އަޅޭ ޔަލޫ ބަލަ މިހާރު މުޅިތަން މިއޮތީ ތެމިފައެއްނުން” ބޯ ހޫރުވާލަމުން ގޮސް ޔޫއާ ފާހާނާ ދޮރު ކުރިމަތީގައި ހުއްޓުނެވެ. އަނގަ މަތީގައި އަތް އަޅާލަމުން ޔަލާ ‘ސޮރީ’ އޭ ބުނެލިއެވެ.
ހީނލަމުން ޔޫއާ ފާހާނާއަށް ވަނެވެ. ޔަލާ ފެންވަރުވާލައިގެން 5 ވަރަކަށް މިނިޓް ތެރޭގައި ފާހާނާއިން ނިކުތެވެ. ޔަލާގެ ދޮން ހަށިގަނޑުގައި ‘ބޭބީ ލޯޝަން’ ހާކާލާފައި ޔުނީފޯމު ލައްވާލަމުން ފުނާ އަޅުވައިލިއެވެ. ބޮލުގައި ރިބަން ޖަހާލަމުން ޔަލާގެ މޫނުގައި ފުއްޖަހާފައި ‘ވެލްވެޓް’ ސެންޓު ފުޅި ނަގާ މުޅި ހަށިގަނޑުން މީރުވަސް ދޮއްވާލިއެވެ. އޭރު ޔަލާ އިނީ އޭނާ ކުޅެން ގެންގުޅޭ ބުދުތައް ހިފައިގެން އެއަށް ގެއްލިފައެވެ.
ގެއަށް އެނބުރިއައި ނިކްޔާން ހުރީ މާޔޫސްވެފައެވެ. މިއީ ޔޫއާގެ ރުހުން ހޯދަން އޭނާ މަސައްކަތް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. ކޮންމެ ފަހަރަކުވެސް އޭނާ ވަނީ ނާކާމިޔާބު ވެފައެވެ. ޔޫއާ އެނބުރި ނުލިބޭނެ ކަމަށް މިހާރު އޭނާގެ ސިކުނޑި ބުނަމުން ދިޔަ ނަމަވެސް، އޭނާގެ ހިތް އަދިވެސް އެކަން ގަބޫލު ކުރާކައް ބޭނުމެއް ނުވެޔެވެ. އެމާޔޫސީ ކަމާއި އެކު ގެއަށް ވައިން ނިކްޔާންއަށް ފެނުން މަންޒަރު ވަގުތުން ރުޅި އައިސް ރަތްވިއެވެ.
“ދަރިފުޅު ތައްޔާރުތަ؟” ނަމަވެސް ޒާކްގެ ކުރިމަތީގައި އެއްޗެކޭ ބުނަން ބޭނުން ނޫން ވީމައި އެރުޅިގަނޑު ހިންދާލިއެވެ.
“ލައްބަ ބައްޕީ. ހިނގާ ދާން” މާޔާގެ އުނގުން ތެދުވަމުން ޒާކް ބުނެލިއެވެ.
ޒާކް އިސްކޯލަށް ލާފައި ގެއަށް އެނބުރިއައި ނިކްޔާންގެ ފިޔަވަޅުތައް އަވަހެވެ. ބަރުހެލި ފިޔަވަޅު ތަކެއްގައި ގޮސް ކޮޓަރި ދޮރު ހުޅުވި އިރު އޭނާ ހަމަ ހީކުރި ގޮތައް ޒުކާ އަދިވެސް އޮތީ އަރާމު ނިންޖަކުން ނިދާފައެވެ.
“ޒުކާ!” ޒުކާގެ ހަށިގަނޑު މަތީގައި އޮތް ފޮތިގަނޑު ނަގަމުން ނިކްޔާން ހަޅޭ ލަވައިގަތެވެ. އެއަޑަށް ނިދިފައި އޮތް ޒުކާއަށްވެސް ހޭލެވުނެވެ.
“މިއޮށް ހެނދުނާ ކޮން ހަޅޭއެއްތަ ތި ލަވަނީ؟” ހިތްހަމަ ނުޖެހިފައި ޒުކާ އެހިއެވެ.
“ކޮން މިއޮށް ހެނދުނެކޭ ކިޔާކައްތަ އޭނ؟ ބަލަ ކިތައް ފަހަރުތަ ބުނާނީ ކޮންމެ ދުވަހަކު މަންމަ ލައްވާ ޒަކޫ ރީތި ނުކުރާށޭ، ނުކުރާށޭ، ނުކުރާށޭ! ޒުކާ އަޅެ ބީރީތަ؟” ތުރުތުރު ލާ ހާލުގައި ނިކްޔާން އެހިއެވެ.
“އަޖައިބެއް. ކީއްކުރާ މައިދައިތައެއްތަ އެއީ؟ އަހަރެން ބަލިވެޔޭ މިއޮތީ. ބޮލުގަ ރިއްސާ ވަރުން. އާދެބަލަ ފިރުމާލަ ދޭން” ނިކްޔާންގެ އަތުގައި ޒުކާ ހިފުމުން ނިކްޔާން ދުރަށް ޖެހިލިއެވެ.
“ސާބަސް ނިކްއަށް. އަހަރެން ޒަކޫ ނުބަލާތީ އަބަދު އެ ޝަކުވާ ތި ކުރަނީ. އެންމެ ރަނގަޅު. އަހަރެން މަންމައެއްގެ ވާޖިބު އަދާ ނުކުރަނިއްޔޯ. ދެން ނިކް އޯ؟ ނިކް ފިރިއެއްގެ ވާޖިބު އެބަ އަދާ ކުރަންތަ؟ ބަލަ ކައިވެނި ކޮށްގެން އުޅޭތާ 5 އަހަރުވީ އިރު ނިކް މަށާ އެކީ އެންމެ ފަހަރަކުވެސް އެއްދާން ކުރިންތަ؟ އޭނ؟ ނުކުރަމެއްނުން؟” ހަރަމްބަނދެލަމުން ޒުކާ ބުނެލިއެވެ.
“އަހަރެން ބޭނުމެއް ނޫން ތިކަހަލަ މުޑުދާރު މީހަކާ ގާތް ވާކައް” ފަކުރުގެ ނަޒަރަކުން ޒުކާއާއި ދިމާލަށް ބަލައިލަމުން ނިކްޔާން ބުންޏެވެ.
“ހަހަހަ ހަހަހަ. މިހާރުތަ އަހަރެން ފަކުރީ؟ ބަލަ ކުރިން ކިހާ ވަރެއް ކޮށްލިން؟ ބަލަ މަގޭ ގައިގަ އަތް ލީތީ ދޯ ޒަކޫވެސް ލިބިފަ އެހުރީ؟ ނިކް މަށަށް ޝައްކު ކުރާތީ ޒަކޫ ވިހޭމަ ފުރަތަމަވެސް ޑީ އެން އޭ ޓެސްޓު ހެދީ. އޭގެން ވެސް އެއޮތީ އެނގިފަ އެއީ ނިކްގެ ދަރިއެއްކަން. ނެހެދި ނަމަވެސް މިހާރު ކާކައް ނޭނގޭނީ އެއީ ނިކްގެ ކުއްޖެއް ނޫންކަން؟ ހަމަ ނިކްގެ ސިފަ ނަކަލު ކޮށްފަހެން ޒަކޫ އެހުރީ”
“އަހަރެން ބޭނުމެއް ނޫން ތި ވާހަކަ ދައްކާކައް. އަހަރެން ގަބޫލު ކުރަމޭ އެއީ މަގޭ ދަރިއެއްކަން. ނިމުނީނުން؟” ޒުކާއަށް ފުރަގަސް ދެމުން ނިކްޔާން ބުނެލިއެވެ.
“އެހެން ވިއްޔާ ކީއްވެ މަށާ އެކީ ގުޅުން ނުހިންގެންވީ؟ ގައިމު އެކަމުގެ އަޒާބުވެސް ނިކްއަށް ލިބޭނެ.” ޒުކާ އެހެން ބުނެލުމާއި އެކު ނިކްޔާންއަށް ވިސްނާލެވުނެވެ. ޒުކާ ބުންޏަސް އެއީ ތެދެކެވެ. އެއީ މި 5 އަހަރު ތެރޭގައި އޭނާއަށް ވިސްނާ ނުލެވުނު ކަމެކެވެ.
އެއްމިޔަކަނުން ހީލަމުން ނިކްޔާންގެ އަތުގައި ހިފާ އޭނާއާއި ދިމާލަށް ދަމާލިއެވެ. “ބޮލުގަ ރިއްސާ މީހަކައް އެކަންކަން ކުރެވޭތަ؟” އަނގަ ކުނިކޮށްލަމުން ނިކްޔާން އެހިއެވެ.
“ނިކްގެ އެންމެ ބީހިލުމަކުންވެސް އަހަރެން އެކީ ރަނގަޅުވާނެ” ދޮރު ތަޅުލަމުން ޒުކާ ބުނެލިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން އޭނާ ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓަންފެށިއެވެ.
ޕްރީ ސުކޫލް ތެރޭގައި އާންޓީ ކިޔަވަދީ ނިމުމުން ކުދިންތައް ‘ޕްލޭ ކޯރނާރ’ އަށް ގޮސް ކުޅެން ފެށިއެވެ. އެކުދިންގެ ތެރޭގައި ޔަލާވެސް ހިމެނުނެވެ. ‘ޕްލަޝީ’ އެއް ހިފައިގެން އެކުއްޖާ އެކަނިމައިއެކަނި ކުޅެން އިންތަން ފެނުމުން ޒާކްއާއި އޭނާގެ އެންމެ ގާތް އެކުވެރިޔާކަމުގައިވާ ރިއާން އެދިމާލައް ދިޔައެވެ.
“ބަލާބަލަ. އެއްކަލަ ބޭކާރު ކުއްޖާ. ކުޅޭނެ މީހަކުވެސް ނުވޭ ހަހަ” މަލާމާތުގެ ރާގަކައް ޒާކް ބުނެލިއެވެ.
“ޔަލާއަށް އެނގޭތަ؟ މިހާރު އަހަރެންގެ މަންމަ ބަނޑުބޮޑު. ދުވަސްކޮޅަކުން ރިހާންއަށް ލިބޭނެ ކޮއްކޮއެއްވެސް. ޔަލާއަކަށް ނުލިބޭނެ އެހެން ކޮއްކޮއެއްވެސް. ޔަލާ ތިއީ ބޭކާރު ކުއްޖެއް. ހަހަހަ ޔަލާގެ ނެތް ބައްޕިއެއްވެސް” ހެމުން ހެމުން ރިހާން އެހެން ބުނުމާއި އެކު އެންމެންވެސް އެކުއްޖާއާއި ބައިވެރިވެލިއެވެ. އެންމެ ކުއްޖެއް ފިޔަވައެވެ. އެއީ އިލައިކާއެވެ.
ޔަލާގެ ދެލޯ ކަރުނުން ފުރުނެވެ. ޒާކްއާއި ރިހާންއާއި ބައިވެރިވެގެން މުޅި ކިލާސް ހުރިހާ ކުދިން ހެމުން ދިޔައެވެ. ތުންފިއްތާލަމުން ޔަލާ ކަރުނަތައް ހިންދަން މަސައްކަތް ކުރިއެވެ.
“ތީ ދެން ކޮންކަމެއްތަ؟ ވެދާނެއްނުން ޔަލާގެ ބައްޕަ މަރުވެފަ ކަމައްވެސް؟ ތިހެން ކުދިންނަށް މަލާމަތް ކުރާކައް ނުވާނެ.” ޔަލާގެ ދިފާއުގައި އިލައިކާ ތެދުވިއެވެ.
“އިލައިކާ މަޑުން ހުރެބަލަ. އިލައިކާގެ މަންމިއަކާ ބައްޕިއަކާވެސް އެބަ ހުއްޓެއްނުން؟ އިލައިކާއަކަށް ނޭނގޭނެ އެހެންވެ. އަޅާ ނުލާ. އެ ބޭކާރު ކުއްޖާ ބައިންދާ” ޒާކް އެހެން ބުނެ ރިހާންގެ އަތުގައި ހިފާ ހިނގައިގަތެވެ.
އިލައިކާ ލަސް ހިނގުމުގައި ގޮސް ޔަލާ ގާތުގައި އިށީނެވެ. “ޔަލާ…؟ އޯކޭތަ؟” ޔަލާގެ ކޮނޑުގައި ފިރުމާލަމުން އިލައިކާ އެހިއެވެ.
“ޔަލޫ އޯކޭ ނުވާނެ ދޯ؟ ޔަލޫވެސް ބޭނުމޭ ބައްޕިއެއް. ޔަލޫގެ ދޮންތިވެސް ހުރޭ ބައްޕިއެއް. އިލައިކާވެސް… ޒާކުވެސް ރިހާންވެސް. ހުރިހާ ކުދިންވެސް… ދެން ކޮބާތަ ޔަލޫގެ ބައްޕި؟ ޔަލޫއަކަށް ނޭނގޭ ޔަލޫގެ ބައްޕިއަކީ ކާކު ކަމެއް” އަނގަ މަތީގައި އަތް އަޅަމުން ޔަލާ ރޯން ފެށިއެވެ. ޔަލާއަށް ހިތްވަރު ދިނުމުގެ ގޮތުން އިލައިކާ ޔަލާގެ ހަށިގަނޑުގައި ބައްދާލިއެވެ.
(ނުނިމޭ)
ހަވަނަބައިގެ ތެރެއިން:
“ޔަލޫ ނުބޭނުން. އެއްވެސް އެއްޗެއް ނުބޭނުން” އަޑުން އަޑު ނަގާ ރޮމުން ރޮމުން ޔަލާ ގޮސް ކޮޓަރިއަށް ވަނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.







V reethi mi part MA
Alhey yaluu ge kudakuda hithah haadha asaru kuraaney
Alhey yooaa keehvetha ehaa hiyharee
Nik ah adhi eh chance eh dheebala eynage ehves kusheh nethey
Keehvetha nik ah neyngenii zaak eii Nikge dharieh noonkan
Did Nik N zukaa rlly did that?
Alhey Nik v rulhi annaane zaak yaluu ah bully kurikanthah egejjiyaamu
CW4THENEXTP
TC
Jazaakallah khairan Sheex 🩶🫶🏻
asluvess dhw.. i cant even imagine how she must’ve felt.. dhennn.. dhww ekahala kameh vyma dhen vaany vess ehnthaa dhww..
hehe lets see dhww dhen what happens..
yeaa dhww..
in sha allah next tmrw..
likewise