“ދުވަސްތައް ފާއިތުވަމުން ގޮސް އަހަރުމެން ގުޅިގެން އުޅޭތާ ހަ މަސް ވެއްޖެއެވެ. އެއިރު ވެސް އެކަކަށް ވެސް އަހަރެން އުޅެނީ ނަވީން އާއި ރައްޓެހިވެގެން ކަމެއް ނޭނގެއެވެ. އެނގޭނީ ވެސް އަހަރެން ބުނިއްޔާތާއެވެ. އެހެނަސް ނަވީން އެކަން އިތުރު މީހަކަށް އަންގާކަށް ބޭނުމެއްނުވިއެވެ. އަހަރެން އަހާ އަހާ ވެސް ކީއްވެ ކަމެއް ނުބުންޏެވެ. އެގޮތުގައި ދުވަސްތައް ވޭތުވަމުން ގޮސް އަހަރު ވެސް ނިމެން ކައިރިވެއްޖެއެވެ. މަޑުމަޑުން ނަވީންގެ މިޒާޖު އަހަންނަށް ދަސްވަމުންދިޔައެވެ. އަހަރެން އުއްމީދު ކުރި ކުލަވަރެއް ނަވީންގެ ކިބައިންނެއް އަހަންނަކަށް ނުފެނުނެވެ. ފެނުނީ ހަރުކަށިކަމެވެ. ރުޅިވެރިކަމެވެ. ބުނެލާ ބަސްތަކުން ހިތަށް ވަނީ ތަދެވެ. ލިބެނީ މާޔޫސްކަމެވެ.
ދެން އަހަންނަށް ކަމެއް ފާހަގަވާން ވެސް ފެށިއެވެ. ނަވީން އަހަރުމެންގެ ގެއަށް އަންނަ އައުން ގިނަ ވެއްޖެއެވެ. އަދި އަހަންނަށް ވުރެން ގިނައިން އަހަރެންގެ ދޮންތަ އާއިއެކު ވަގުތު ހޭދަކުރުން ވަރަށް ގިނައެވެ. ނަވީން ދޮންތައަށް ބަލާ ގޮތް ތަފާތުކަން އަހަންނަށް އެނގެއެވެ. އަހަރެން އެކަމުގެ ހަގީގަތް ހޯދީމެވެ. އެއާއިއެކު އަހަރެންގެ ހިތް ފިސްފިސްވެގެންދިޔަ ކަހަލައެވެ. ނަވީންގެ ހިތުގައި ވަނީ އަހަރެންގެ ދޮންތަގެ ނަމެވެ. އަހަންނާ ރައްޓެހިވުމުގެ ވެސް މާ ކުރިންނެވެ. ދެން އުފެދުނު ސުވާލަކީ ދޮންތަދެކެ ލޯބިވާކަން އެނގިހުރެމެ އަހަރެންނާ ރައްޓެހިވީ ސަބަބާ މެދުއެވެ. ކޮންމެއަކަސް އަހަރެން ނިންމީ ނަވީން އާއި މި ސުވާލުތައް ކުރާށެވެ.
އެރޭ ނަވީންއަށް މެސެޖުކޮށްފައި އަހަރެން އެދުނީ ވާހަކަދައްކާލަން ބޭނުންކަމުގައެވެ. ނިކަން ފަސޭހައިން ނަވީން އެކަމަށް އެއްބަސް ވިއެވެ. ކުރިމަތިލާން މިއުޅެވެނީ ބޮޑު ނުރައްކަލަކާ ކަމެއް އެއިރަކު އަހަންނަކަށް އަންދާޒާ ވެސް ނުކޮށްލެވުނެވެ. އެރޭ އަހަރުމެން ދެމީހުން ބައްދަލުކުރީ ތިންވަނަ ފިޔަވަހީގައި އަނދިރިގަޑުގެ ތެރޭ ހަދަން ފަށާފައިވާ ޖިފުޓިގަޑުންނެވެ. އެއީ ނަވީންގެ ތަނެއްކަން އެނގުން އިރު މާ ލަސްވެއްޖެއެވެ.
އެ ޖިފުޓިގަޑުގައި އަހަރުމެން ބައްދަލުކުރީމެވެ. “ނަވް….” އަހަރެން ނަވީންއަށް ލޯބިން ގޮވާ ނަމަކީ އެއީ އެވެ. “ޔެސް ޑާލިންގް…..” ނަވީން ނިކަން އިޝްޤީ ގޮތެއްގައި ޖަވާބު ދިނެވެ. ދެން ނަވީން އުޅުނީ އަހަންނާ ގާތްވާށެވެ. “ނަވް…ކީއްވެ ނުބުނީ؟….” އަހަރެން އަހާލީމެވެ. ނަވީން އަހަރެންގެ ޖިސްމުގެ އެކި ހިސާބުތަކުގައި އަތްލަމުން ދިޔައެވެ. އަހަންނަށް އުނދަގޫ ވެސް ވިއެވެ. ނަވީންއަށް އަންގަން އަހަރެން ނަވީން އާއި ދުރު ވެސް ވެލީމެވެ. ދެން ނަވީން އަހަރެންގެ މޫނަށް ބަލާލުމަށްފަހު އަހާލިއެވެ. “ކޯއްޗެއް؟…” ނަވީން ބުނެލީ އެހެންނެވެ. “ނަވް ދޮންތަ ދެކެ ލޯބިވާ ވާހަކަ…” އެއާއިއެކު ނަވީން ދިޔައީ ސިއްސައިގެންނެވެ. އަދި އަހަންނާ ދުރުވެލީ ވައިސޫރިއެއްހެންނެވެ. ނަވީން އަހަންނާ ފުރަގަސްދިނެވެ. އަދި ބުންޏެވެ. “މިންމީ ކީކޭ ތި ކިޔަނީ؟….” އަޅައަޅައިގަންނަމުން ނަވީން ބުނެލިއެވެ. “އަހަންނަށް އެނގޭ ނަވީން ލޯބި ވަނީ ދޮންތަ ދެކެކަން….ދެން ކީއްވެ އަހަންނާ ރައްޓެހިވީ…ކުލަނެތް ހުވަފެންތަކެއް ދެއްކީ…..” އަހަރެން މާޔޫސްކަމާއިއެކު ވޭން އެކުލެވިގެންވީ އަޑަކުން ބުނީމެވެ.
އިރުކޮޅެއްގައި އެއްޗެއް ނުބުނެ ހުރެފައި ނަވީން ބުންޏެވެ. “މީސަމަށް އަހަރެންގެ ލޯބި ނުލިބޭ ގޮތަށް އަހަންނަށް މެހެކުގެ ލޯބި ވެސް ނުލިބޭނެތީ….” ނިކަން ފަސޭހައިން ނަވީން ބުންޏެވެ. ނަމަވެސް އެއީ ވޭންދެނިވި ބަސްތަކެކެވެ. ނަވީން އަހަންނާ ދޭތެރޭ ކުޑަކޮށް ވެސް ވިސްނާލުމެއްނެތި ބުނެލި ވިހަގަދަ އިބާރަތްތަކެކެވެ. “މީސަމް” ނަވީން ދުވަހަކު ވެސް އަހަންނާ މުޚާތަބުކުރާއިރު އަހަރެންގެ ނަމުންނެއް ނުގޮވާނެއެވެ. މުޅިން ވެސް ގޮވާނީ “މިންމި” މިހެންނެވެ. ނަމަވެސް އެރޭ އަހަންނަށް ހަގީގަތް އެނގުން ފަހުން މުޚާތަބުކުރަންފެށީ އަހަރެންގެ ނަމުންނެވެ. އެނގޭ ހެއްޔެވެ؟ މިހިތަށް ހާދަ ތަދެއްވިއެވެ. ހާދަ އަސަރެއްކުރިއެވެ.
“ނަވް….ވައި؟….ކީއްވެ އޮޅުވާލީ؟…ކީއްވެ ލޯބިނުވާއިރު އަހަރެންގެ އުންމީދުތައް ފުނޑުފުނޑުކޮށްލީ؟…..” އަހަރެން ރޮމުން ރޮމުން އަހާލީމެވެ. “މީސަމް ތިއީ މެހެކުގެ ކޮއްކޮ…ތި ދެމީހުން އެހާ ވެސް ވައްތަރު….އަހަރެން ބޭނުންވީ އަހަންނަށް މެހެކު ލިބެންނެތް އިރު މެހެކާއި ވައްތަރު ކުއްޖެއް އަހަރެންގެ މުށު ތެރޭގައި ހައްޔަރުކުރަން…އެގޮތުން އަހަންނަށް ފެނުނު އެންމެ ރަނގަޅު ބައިވެރިޔަކީ މީސަމް…..” ނަވީން ޖެހިލުމެއްނެތި ބުނެލިއެވެ. އަހަރެންގެ ހިތް ފިސްފިސްކޮށްލަމުންނެވެ. ވަޅިއަކުން ކޮށާ ކުދިކުދި ކުރިޔަސް އެވީ ތަދެއްނުވާނެކަން ގައިމެވެ.
އެރޭ އަހަންނަށް ނަވީންގެ ހަގީގަތް އެނގި ހާމަވިއެވެ. ނަވީންގެ އަނދިރިފަރާތް ވެސްމެއެވެ. އަހަރެން އުޅުނީ ދޮންތައަށް ހުރިހާ ވާހަކައެއް ކިޔައިދޭށެވެ. ނަމަވެސް ނަވީން ހައިވެފައި އޮތް މިނިކާވަގެއްހެން ޖެހިގަތީ އަހަރެންގެ ގައިމައްޗަށްށެވެ. އަހަރެންގެ އާދޭސްތަކަށް ބީރު ކަންފަތެއްދިނުމަށްފަހު އަހަރެންގެ ޖިސްމުން އުފާ ހާސިލުކުރަމުންދިޔައެވެ. އަހަރެންގެ އަތުގައި އޮތް އެންމެ އަގު ބޮޑު ޚަޒާނާ އަހަރެންގެ އަތުން ބީވީ އެރެއެވެ. އާދޭހެވެ. އަހަރެންގެ އިއްފަތްތެރިކަން ނަވީން ރަޙުމެއްނެތި ނިގުޅައިގަތީ އެރެއެވެ. އެ ޖިފުޓިގަޑުގައެވެ. ކާޅަކަށް ދޫންޏަކަށް ވެސް ހިލަމެއްނުވާ ޙާލުއެވެ.”
މެހެކަށް ކިޔުނީ މިސިސާބަށްށެވެ. މެހެކަށް ރޮވެން ފެށީ ކޮއްކޮގެ ދިރިއުޅުން ހަލާކު ކޮށްލި ފުރޭތައާއިއެކު މިއޮށް ހުރިހާ އަހަރުތަކުގައި އެކުވެރިއެއްގެ ގޮތުގައި ދެކެވުނީތީއެވެ. ފައިނާމެން އެންމެން ވެސް އެ ބުނީ ހަމަ ތެދެކެވެ. ނަވީން ހުރީ ރަނގަޅަށް ވެސް އަހަރެންގެ ބޯ ކާލާފައެވެ. މެހެކަށް އަމިއްލަ ނަފުސު ކުށްވެރިކުރެވުނު އަދަދެއް ވެސް ނޭނގެއެވެ.
މެހެކު ގަޑި ބަލާލި އިރު ފަހެއް ޖަހާ ބޮޑު ވެއްޖެއެވެ. މެހެކް އަވަސްވެގަތީ ފަތިސް ނަމާދުކުރާށެވެ. ނިދި ނާންނާތީ މެހެކު ގަސްދުކުރީ ކޮފީ ތައްޓެއް ގިރައިގެން އައިސް ބެލްކަނީގައި އިނދެ އެ ފޮތް ކިޔާ ނިންމާށެވެ. މިއަދު އެއްކޮށް ވެސް އެ ފޮތް ކިޔުމުގައި ހެދަކުރަން މެހެކު ބޭނުންވެއެވެ. ހަގީގަތް އެނގެން މެހެކު ހުރީ އަތުކުރި އޮޅާލައިގެންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.



Vrh reethi ♥️ kiyaa hithun indhaa enimunee.. maa bodhah kuree thankoleh dhigukola dhybala
very nice when next
Vrh reethi mi part vx MA!
when next its been so long🥺
hi kobaa next part
Kobaatha alhe next part…
Mihaaru 1 month v mi
Hii everyone……
First of all I’m so sorry for being so late. I’m not gonna end this story.
Mi vaahaka dhn oi ep Liye nimunuhaa avahah I will upload this.
The thing is that as I was busy with things I couldn’t write it nor couldn’t give an update on this.
28th vana part dhigu genes dheyn mi try kurani.