Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަގީގަތަކީ ކޮބައިހޭ؟…25

Mysterious Woman Level 310 Stories100 Comments
May 11, 2026 3 Mins Read
4 Comments

ކޮންމެއަކަސް މެހެކަށް އެ އެނގުނީ ބޮޑު ސިއްރެކެވެ. އޭނާ ކައިރީ ނަވީން ވެސް އެކަހަލަ ވާހަކައެއް ނުދައްކައެވެ. ނުވަތަ ދައްކަން ބޭނުންނުވީ ކަންނޭނގެއެވެ. މެހެކު ދެން އޮތް ޞަފުޙާއަށް އެއްލީ އެ ފޮތް އަދިވެސް ކިޔަން ބޭނުންވާތީއެވެ.

“ދުވަސްތައް އޭގެ އެންމެ ހަލުވި ބާރުމިނުގައި ދަތުރުކުރަމުން ގޮސް އެއް މަސް ވެއްޖެއެވެ. އަދި ވެސް އަހަރެންގެ ހިތުގެ ރާޖާ ކައިރީ ލޯބިވާ ވާހަކައެއް ނުބުނަމެވެ. ބުނަން ބޭނުންނުވާތީކީނޫނެވެ. ނުކެރުނީއެވެ. އަހަރެން ފިނޑީކަމަށް ވެސް ވެދާނެއެވެ. ޢުމުރުގެ ގޮތުން އަހަންނަށްވުރެ ބޮޑުވީމާ ވަގުތުން ނުރުހިދާނެތީ އަހަރެން ޖެހިލުންވީއެވެ. ނަވީން ލޯބިވަނީ ކާކުދެކެ ކަމެއް ވެސް ނޭނގޭވިއްޔާއެވެ. އެހެންނަމަވެސް އަހަރެން ލޯބިވާ ވާހަކަ ބުނަން ގަސްދުކުރީމެވެ. ތެޔޮ ނާށި ކާޅު ޖަހައިގަނެފާނޭ ބުނާ ބަސް ދޮގު ކުރުމުގެ ނިޔަތުގައެވެ. ނަވީން އައި ދުވަހެކެވެ. އެދުވަހު އަހަރެން ތައްޔާރުވީ ލޯބި ހުށަހެޅުމަށްށެވެ. އެދުވަހު ލަދުން ހުރެ ވެސް ނަވީން ކައިރީ އަހަރެންގެ ހިތުގެ ޙާލު ހާމަކުރީމެވެ. ލޯބިވާ ވާހަކަ ބުނީމެވެ. އަހަރެން އެންމެ އުފާވީ ނަވީން ވެސް އަހަރެން ދެކެ ލޯބިވާކަން އެނގުމުންނެވެ. އެދުވަހަށްފަހު ލޯބިވެރިންގެ ލިސްޓަށް އަހަރުމެން ދެ މީހުންގެ ނަން އިތުރުވީ އިރު އަހަރެންގެ ޙަޔާތަށް ބިންދާލަން އުޅޭ ކޮޅިގަނޑުގެ ހިލަމެއް އެއިރަކު އަހަންނަކަށް ނޭނގެއެވެ.”

އެހިސާބަށް މެހެކު ކިޔާފައި އެ ފޮތް ލައްޕާލިއެވެ. ކުރިއަށް ކިޔަން އޭނާއަށް ވަރަށް ހިތްވަރުބޭނުންވާނެއެވެ. މިހާރު ވެސް މީހާ ރޮއެރޮއެ އަވަދިވަނީއެވެ. ކޮންމެއަކަސް ކުރިން އޭނާއަށް ނޭނގޭ ބޮޑު ސިއްރެއް ހާމަވެއްޖެއެވެ. އެއިރު ވެސް މީސަމް ލޯބިވާ ފަރާތެއް ހުންނަކަން އޭނާއަށް އެނގެއެވެ. ނަމަވެސް އެ ފަރާތަކީ ނަވީން ކަމެއް އޭނާ އަށް ކުޑަކޮށް ވެސް ވިސްނައިގަންނާކަށް ނޭނގުނެވެ. ހުދު ނަވީންގެ ފަރާތުން ވެސް އެކަމުގެ އިޝާރާތެއް ވެސް ކުރީކީ ނޫންވިއްޔާއެވެ.

މެހެކު ގަޑި ބަލާލިއިރު މެންދަންވެ ގަޑިން އެއްގަޑި ބައިވެއްޖެއެވެ. ހާދާ އިރަކު އެ ފޮތް ކިޔަން އޭނާއަށް އޮވެވިއްޖެއެވެ. މާދަން އޮފީހަށް ވެސް ދާން ޖެހޭނެއެވެ. މެހެކު އެފޮތް އޭނާގެ އޮފީސް ދަބަހަށް ލުމަށްފަހު ނިދަން ތައްޔާރުވުމުގެ ގޮތުން ހެދުން ބަދަލުކުރުމަށް އަވަސްވެގަތެވެ. ދެން އައިސް އެނދަށް އަރާ އޭނާ ލޯމަރާލީ ނިދުމުގެ ބޭނުމުގައެވެ. ނަމަވެސް މިރޭ އޭނާއަށް ލޮލުފިޔަޖެހޭނެކަމާމެދު ޝައްކެވެ. ނަވީންއަށް މެސެޖުކުރަން ވެސް ހިތަށްއެރިއެވެ. އެ އެނގުނު ބޮޑު ސިއްރަކީ ތެދެއްތޯ އަހަން އޭނަ ބޭނުންވިއެވެ. ނަމަވެސް އޭނާ އިސްކުރީ ބުއްދިއެވެ. އޭނާ އަމިއްލައަށް ކަމުގެ ހަގީގަތް ހޯދަން އަތުކުރި އޮޅާލިއެވެ. ނަވީންއަށް އަންގާނީ ހަގީގަތް އެއްކޮށް އެނގުމުންނެވެ.

ފަތިހުގެ މުނާޖާ ކޮޑު އަޅައިގެން މެހެކު ތެދުވިއެވެ. ރޭ އެހާ ލަހުން ނިދާފައި އެހާ އަވަހަށް ހޭވެސް ލެވިއްޖެއެވެ. މެހެކު އަވަސްވެގަތީ އަވަހަށް ފަތިސް ނަމާދުކޮށްލާށެވެ. ލަސްނުކޮށް ފާހާނާއަށް ވަދެ ހޫނު ފެނުން ފެންވާރާލިއެވެ. އިސާހިތަކު ވަރުބަލިކަން ފިލާ މީހާ ތާޒާ ވެއްޖެއެވެ. މެހެކު ފާހާނާއިން ނިކުމެ ރިތިވެލިއެވެ. އެއަށްފަހު ނަމާދުކޮށް ޤުރުއާނުން މިންވަރެއް ކިޔަވަން ވަގުތު ހޭދަކުރިއެވެ.

މެހެކު ކޮޓަރިން ނިކުމެ ކޮފީ މެޝިނުން ކޮފީއެއް ގިރައިގެން ބެލްކަންޏަށް ނިކުތެވެ. ފަތިހުގެ ތާޒާ ވައިރޯޅިތަކުގެ ބޫން އަޑު އިވިއިވި ހުއްޓެވެ. މެހެކު ބެލްކަނިން ތިރި ބަލާލީ ޝަދާން ފެންނާނެކަމަކަށްނޫނެވެ. އެއިރު ޝަދާން ކަސްރަތުކޮށް ނިމިގެން ގޭޓުން ވަންނަނީއެވެ. ޝަދާންއަށް ވެސް މެހެކު ފެނުނެވެ. ކުއްލިއަކަށް ހިނގުން މަޑުޖެހިގެން ދިޔައީ އެ ފިނި ފަތިހުގައި ވެސް މެހެކު ފެނުމުންނެވެ. ދެ މީހުންގެ ހަތަރު ކަޅި ހަމަވިއެވެ. އިސްވެ އެކަކު ވެސް ވާހަކަދައްކަން ގަސްދެއްނުކުރިއެވެ. މެހެކަށް ވިސްނެމުންދިޔައީ އިއްޔެ ޝަދާން އޭނާއަށް ދިން ފޮތް މަތިންނެވެ. އެ ފޮތް ޝަދާންގެ އަތުގައި އޮންނަން ޖެހުނީ ކިއްވެ ހެއްޔެވެ؟ އަނެއްކޮޅުން ޝަދާން ވިސްނަމުންދިޔައީ އެ ފޮތް ކިޔާ ނިމުމުން މެހެކުގެ ނަޒަރިއްޔާތު ބަދަލުވެދާނެ ގޮތަކާއިމެދުއެވެ. ޔަގީނުން ވެސް އަދި އެ ފޮތް އެއްކޮށް ކިޔާ ނުނިމޭނެކަން އޭނާއަށް އެނގެއެވެ.

ޝަދާން އޮފީހަށް ވަދެގެން ދިޔައީ ރާކިން އާއި އެކުއެވެ. ދެމީހުން މުހިންމު ކަމެއްގެ ވާހަކަދައްކަމުންދިޔައިރު ކުރިމަތިން އެމީހުންނާއި ބައްދަލުކުރީ އާރާއެވެ. އާރާ އައީ ބެންކޮކުގައި އޮތް ކޮންފެރެންސާއި ބެހޭ ގޮތުން އޮންލައިން ބައްދަލުވުމެއް އޮތްކަން އަންގަންވެގެންނެވެ. އެ މީޓިންގައި ރާކިން ވެސް ބައިވާންޖެހެއެވެ. ތިން މީހުން ވެސް މިސްރާބު ޖެހީ ކޮންފަރެންސް ރުމާއި ދިމާލަށްށެވެ.

މެހެކު އޮފީހުގައި އިނީ އޭނާގެ ދަށުން ތިބި ދެ މުވައްޒަފަށް ކަންކަން ކިޔާދިނުމަށްށެވެ. އިރުކޮޅެއްނުވެ އަޑުއެހުމަކަށް ދާންޖެހިގެން މެހެކު ދިޔައީއެވެ. މިފަދަ އެތައް ކަމަކަށްފަހު އޭނާއަށް ހިންދެމިވެލެވޭވަރުވީ ހަވީރުވީފަހުންނެވެ. މެހެކު އައި ގޮތަށް އައިސް ގޮޑީގައި ޖައްސާލީ ވެފައި ހުރި ވަރުބަލިކަން ފިލުވާލުމަށްށެވެ. އެހެން އިންދާ މެހެކުގެ ފޯނަށް ކޯލެއް އައެވެ. ގުޅަނީ ނަވީންއެވެ. އެހެންޏާ ނަވިންގެ ކޯލެއް އަންނައިރަށް މެހެކަކީ ވަގުތުން އެ ކޯލަށް ޖަވާބުދޭ މީހެކެވެ. ނަމަވެސް މިއަދު އެ ކޯލު އައިސް ކެނޑުނު އިރު ވެސް މެހެކު ނަގާކަށް ގަސްދެއްނުކުރިއެވެ. ކަންކަން އަދި ރަނގަޅަށް ފަހުމު ނުވިޔަސް ޔަގީނުން ވެސް މެހެކުގެ ހިތުގައި ނަވީނާއި ދޭތެރޭ ޝައްކުގެ އޮށް އިންދާލައިފިއެވެ.

ވިސްނަން އިނދެފައި މެހެކު ދެން ގުޅާލީ ޝަދާންއަށްށެވެ. ފަސް އަހަރު ފަހުން މެހެކު އިސްވެ ޝަދާންއަށް ގުޅި މީ ފުރަތަމަ ފަހަރެވެ. އޮފީހުގައި ރާކިން އާއި ވާހަކަދައްކަން އިން ޝަދާން ފޯނެއް އައިސްގެން ގުޅަނީ ކާކުތޯ ބެލިއިރު ހައިރާންވީ މެހެކުގެ ނަން އަރާފައި އިނީމައެވެ. ރާކިންއަށް ވެސް ފެންނާނެކަން ގައިމެވެ. ދިމާކުރާފާޑަކަށް ރާކިން ހޭންފެށިއެވެ. “ބުރޯ..ތި ކެނޑުމުގެ ކުރިން އަވަހަށް ނަގާބަލަ….މީ ރަނގަޅު ފުރުސަތެއްނުން….” ރާކިން ބުނެލިއެވެ. އެ ބުނީ ވެސް ދޮގު ވާހަކައެއްނޫންތާއެވެ. ޝަދާން އަވަހަށް ފޯނަށް ޖަވާބުދިނެވެ.

ފޯނު ރިންގުވިއިރު ވެސް ފޯނަށް ޖަވާބު ނުދޭނެހެން ހީވުމުން މެހެކު އުޅުނީ ފޯނު ކަނޑާލާށެވެ. ނަމަވެސް އެކޮޅުން “ހަލޯ” އޭ ބުނި އަޑަށް މެހެކު އަނެއްކާ ވެސް ކަންފަތުގައި ފޯނު ޖަހާލިއެވެ. އެކޮޅުން އިވުނީ ޝަދާންގެ ފިރިހެންވަންތަ ހިތްގައިމު އަޑެވެ. “ކިހިނެއްވީ މެހެކު؟…” ޝަޑާން އަހާލިއެވެ. “ލެޓްސް މީޓު….” މެހެކު ބުނިހާ ވެސް އެއްޗަކީ ބައްދަލުވެލަން ހިނގާށެވެ. އެކޮޅުން ޝަދާން އެއްބަސްވުމުން ފޯނު ކަނޑާލިއެވެ. އޭނާ ބޭނުންވަނީ ފުރަތަމަ ޝަދާން އާއި ވާހަކަދައްކަންށެވެ. އެހެނީ މީސަމުގެ ފޮތް ޝަދާން އަތުގައި އޮންނަން ޖެހޭ ސަބަބެއް ބަލަން ޖެހޭނެތާއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ތިޔަ ނަން މި ހިތުގާ 13

Next

ގާތުގާ… 19

Next
May 11, 2026

ގާތުގާ… 19

Previews
May 11, 2026

ތިޔަ ނަން މި ހިތުގާ 13

4 Comments!

  1. Xfy says:
    May 11, 2026 at 7:05 pm

    Story salhi ekm sentence structure ehaa ehaa ehnoon! Eh sentence aneh sentence aa gulhuveema manzaru sifa vaanee! Mihaaru eh manzareh sifa ve then ehen manzareh sifa vanee!!
    So yh try improve that part!
    This is a positive comment ingey don’t mis-take it!

    1. Mysterious Woman says:
      May 12, 2026 at 12:36 pm

      Thanks for the feedback…..maa avas aruvaalan ukhevunkan faahagavi ehnve kamah vx vedhaane ehnvy dhw….insha allah will improve it..😊

  2. Anonymous says:
    May 12, 2026 at 2:19 pm

    very nice mi part ves
    when nextt part….

  3. xukko says:
    May 12, 2026 at 6:48 pm

    very nice story curiosly waiting to know what happend next

Comments are closed.

Next Episodeހަގީގަތަކީ ކޮބައިހޭ؟…26←


All Right Reserved!