Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިއުފެއްދުންތެރި ލިޔުންއެހެނިހެންމަޖާދީނީލޯބި

އާއެކޭ ލޯބިވޭ… ސާޅީސް ފަސްވަނަބައި (މަންމަގެ ނަސޭހަތުން އަލިވި ހަޔާތް)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
May 31, 2026 5 Mins Read
0 Comments

މުލްހަމް ލޯބިން މުލްކުގެ ކޮލަށް ބޮސްދިނެވެ. “މުލްކު: ބައްޕަ ނުދާތި! މުލްކު މެން ނުލާ ދެން” އެފަދަ އެއްޗެއްް މުލްކު ބުނާނެ ކަމަކަށް އެކަކުވެސް އުންމީދެއް ނުކުރެއެވެ.

 

 

މުލްހަމަށް ދޭނެ ޖަވާބެއް ނޭނގުނެވެ. މިދަނޑިވަޅުގައި ވަކި ބުނާނީ ވެސް ކީކޭ ހެއްޔެވެ؟ ހިނިތުންވުމަކުން ހަމަ އެއް ނުޖެހުނެވެ. މުލްކުގެ މޫނުމަތި ބަނަވިއެވެ. ދެރަވެގެން އިސްޖަހާލީއެވެ. ކުޑަކުޑަ އެދެލޮލުން ކަރުނައިގެ ތިކެއް ފައިބައިގެން ދިޔައެވެ.

 

“ޚަބީބު: ކާފަ ދޫނި ނުރޮއޭ. ބައްޕަ އެއް ނޫޅޭ ދާކަށް. އާދެ ކާފަ އާއެކު ބޭރަށް ގޮސްލަން. ތިއްތި ވެގެން.” ހިތުގައި ޖެހުނު ލެއް ބޮޑު ކަމުން ޚަބީބަށް ބުނެވުނެވެ. އުފަލުން ފޮޅެމުން ފޮޅެމުން މުލްކު އައިސްދާނެބާއެެވެ؟ އިހުނަށް ވުރެ ބާރަށް ރޯން ފަށާނީ ބާއެވެ؟ ހިމޭންކަމާއެކު ދެރަވެފައި ގޮޑި ނުލާ އެގޮތަށް ހަމަ އިންނާނީ ހެއްޔެވެ؟

****************************************************************************

*

ގޭގެ ކޮޑަދޮރުތައްވެސް ހީވަނީ ވާރެއާއި ހަނގުރާމަ އެއް ކުރާހެންނެވެ. ޖެހިލާ ބާރު ރޯޅިތަކާއެކު ފުޑުފުޑުވެގެން ގޭގެ ދޮރުތައް އެކި ދިމަ ދިމާލަށް ބުރައިގެން ގޮސްދާނެ ކަހަލައެވެ. އެންމެންގެ ނުތަނަވަސްކަމުގައި ވަޔާއި ވިއްސާރަ ސަމާސާ ކުރަން އުޅޭ ބީދައަކުންނެވެ.

 

މުލްކު އިސްޖަހާލައިގެން އިންއިރު، ބިރުގެންފައި އިންކަން ހާމަވަމުންދިޔައެވެ. ބައްޕަގެ އަތުގައި ހިފާލަިއގެން އިންއިރު ދެއަތް ތުރުތުރު ލަމުން ދިޔައެވެ. ބައްޕަ ގެއްލި ދާނެ ކަމުގެ ބިރުން އެ މައުސޫމު ހިތްވަނީ ފެޅިފައެވެ. އެންމެ ހިނދަކަށް ވެސް އެއަތުން ދޫކޮށްލަން މުލްކު ނޭދެއެވެ. ދުވަހަކަވެސް އެހެން ވާކަށް އޭނާ ނޭނދެއެވެ. ލޯބި ދަސްވަނީ މަންމަގެ އުގުންކަމަށް ވިޔަސް ރައްކާތެރިކަން ވަނީ ބައްޕަގެ އަރުތެރޭގައެވެ.

 

“ޚަބީބު: ދަރިފުޅާ މުލްކު… ހިނގާ ބަލަ ކާފައާއެކު ތެމިލަން މައްޗަށް ދާން.” ޚަބީބު ބިރުން އިން މުލްކުގެ ގައިގައި ކޮއްޓާލިއެވެ. “ދަރިފުޅު ނުދަންޔާ ކާފަ އެކަނި ދަނީ…”

 

މުލްކު އިސްއުފުލާލިއެވެ. މައްޗަށް ދާން ހިނގައިގެން ކާފައަށް ބަލާލިއެވެ. އެހެން އިރުކޮޅަކެއް ވަންދެން ކަޅި ހުއްޓާނުލާ އެދި މާލަން ބަލަން އިނެވެ. ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ގޮސް ހަތަރުވަނަ ފިލާއަށް ކާފައެރިއެވެ.

 

“ކާކާ،” މުލްކު މަޑުމަޑުން ގޮވާލިއެވެ. “ދޮންބެގެންދޭ؟ ކާކަ އާއެކު ދާނަށް؟”

 

ޚަބީބު ދުވެލާފައި އައިސް މުލްކު އުރާލިއެވެ. “ޚަބީބު؛ ކާކަ ދޫނި ހިނގާ ދޯ ތެމެންދާން އަވަހަށް. އަނެއްކާ ދޮންބެ ކޮއްކޮ ގެންދޭތަ. ދާއިރު”

 

ކުޑަ ކުޑަ ނިވީ ތިއްތިކޮށްލައިގެން ހުސީއަށް ނިކުމެވުނީ ޚަބީބުމެންގެ ކުރިމައްޗަށެވެ. “މުލްކު: ދޮންބެގެ ކޮއްކޮ މިއޮތް ނިކުތީ ކާކާ. ކޮއްކޮ ދާނަންހޭ.” އެތައް ދުވަހެއް ފަހުން މުލްކު އެއްޗެއް އެބުނަނީ މިއަދުއެވެ.

 

” ސިހުމާ: ކޮންތާކަށް ދާންވީ މާމާ ސޮރު” ނިވީ ހޭން ފެށުމުން ސިހުމާ ވަގުތުން އަހާލިއެވެ.

 

“ބެލްކަންޏަށް ތެމެންދާން އެސޮރަށް ރޮވޭތީ މިދަނީ… ހަމަ ޖެހިލީމައި އަންނާނަށް ގޮވައިގެން” ސިހުމާ ދާށޭ ކިޔާފައި ނިވީ ގޮވައިގެން ކުރިއަށް ދިޔައެވެ. މަންމަ ފެނުމާއެކު ބޯޑާހާކާލައިފިއެވެ. ގަޑިން އޭރު ހަތެއް ޖަހާ ބޮޑުވަނީއެވެ. މިއިން އިރަކު މި ވެހޭ ބޯ ވާރޭ ހުއްޓާލާނެ ހެންނެއެއް ހިޔެއް ނުވެއެވެ. މުޅި މާލެއަށް ރީނދޫ ސާމާލު ނެރުކަމަށް މެޓު އޮފީހުން ކިޔަން ފެށިއެވެ. ބޭރަށްވެސް މާ މުހިންމު ނޫންކަމަކު ނުނިކުތުމަށް އެދުނެވެ. ކަނޑު ދަތުރު ފަތުރު ކުރަށްވާއިރުވެސް ސަމާލުވުމަށް އެންގިއެވެ. ލައިފް ޖެކެޓާއި ސަލާމަތީ އެންމެހާއި ފިޔަވަޅުތައް ހަމަތޯއެވެ. ކަނޑު މައްޗަށް ނިކުންނައިރު މިތަކެއްތި ހަމަކޮށްގެން ނޫނީ ނުނިކުތުމަށް ނަސޭހަތެރިވަމުން ދިޔައެވެ.

 

” ޚުބާބު: ގެއަށް ވެސް މިއިން އިރަކު ނުދެވުނީނު! ” އެހެން ފޯނަށް ބަލަން އިނދެލާފައި ޚުބާބު ބުނެލިއެވެ. ކާއެތިކޮޅެއް ވެސް މިލީހަމަށް ދޭނީ ކިހިނެއް ހެއްޔެވެ؟ އެންމެން މިތީ ހުއްބާގެ “އެޕާޓްމަންޓް” ގައި ތާށިވެފަ އެވެ. ދެވޭނެ އިރެއްވެސް ނޭނގެއެވެ.

 

” ސިހުމާ: ކާ އެއްޗެއް އެމަންޖެއަށް ދޭންވީނު. ބަނޑުހައި ވެފައި އޭނީ. މަންމަ ރޮށި ފިހެފައި ސައި ހަދާލާނަށް.” ތުން ތަޅުވަމުންދިޔަ ނިވީއަށް މާމާ ބުނެލިއެވެ.

 

ދޮވުނު އެއްޗެހި އެތެރޭގައި އަޅަވަމުން ޒާއިނާ ދިޔައެވެ. އަޒީލު ވީ ޑިއުޓީގައެވެ. ސަޔަށް ނާންނާނެ ވާހަކަ ބުނުމާއެކު އޭނާ ހުރީ ސައި ބޯ ހިތް ނުވެފައެވެ. އެއްޗެހި ދޮވެ ނިމުންތަނާއި ވިއްސާރަ ވެހެން ފެށުމުންވެސް މޫނު ކުނިވެފައެވެ. އެގުމަކާއި ނުލާ ކުރިމަތި ވަމުން މިދާ ކަންތައްކުން އުޅެން ދަތިވެއްޖެއެވެ.

 

ހުރި ހަމައެކަނި އަންހެން ދަރިއަށް ވެގެން އުޅޭ ބަލާބަލާށެވެ. ޖިންނިއަކާއި އެވަނީ ހިންގަން ނުވާ ވަރުގެ ގުޅުމެއް ހިންގިފައެވެ. މި ދެ އާއިލާއަށް ޖެހި މިއުޅެނީ އެކަމެވެ. އެ ބަނޑުގައި ހެދި ބޮޑުވަމުން އަންނަ އިފުރީތެވެ. އޭނގޭ ނުބައި ނުލަފާއި ކަމެވެ. ހައްދަވައިގެން ދެން އެހެން ކޮން ކަމެއް ހެއްޔެވެ؟ މީގެ ކުރިން ވެސް އުޅެވުނީ އެވެ. މިކަހަލަ ކަންތައް ގަންޑަކާއި ކުރިމަތިއެއް ނުވެއެވެ. ހުރިހާ ކަމެއް ފެށިގެން އައީ މިލީހަމް އާއި ޚުބާބު ގެ ކައިވެނިންނެެވެ. ކައިވެނި ކުރަން އެއްބަސްވި ހިސާބުންނެވެ. ކަންތައްގަނޑު ހުޅު ފަޅައި ރޯވެގެން ނުރައްކާތެރިކަން އޭގެ އިންތިހާއަށް ދިޔައީ ކައިވެނި ކުރެވުނު ދުވަހުއެވެ. އެދުވަހުގެ އިރުއޮއްސުން ފަހުންނެވެ.

 

އަލިފުޅުބޭގެ މަސައްކަތާއެކު އެކަހެރި ކުރެވުން ކަން އެއީ ޚުބާބު ގެ ނަސީބެވެ. އެހެން ނޫންނަމަ މިދުނިޔޭގައި ފެންނާކަށް އޭނާ ނުހުރީހެވެ. މިލީގެ ބަނޑުގައި އޮތް އެއްޗަކީ މިނިސް ކާ ޖަނަވާރެކެވެ. ގާތުގައި ޚުބާބު އުޅެން ވިންނަމަ ކާނުލައި ނުހުރީސް ވިއްޔާއެވެ. ނިވީ ކާހިތުންވެސް އޭތި އުޅުން ވިއްޔާއެވެ. އަދި އެއީ އެންމެ ދެއަހަރުގެ ކުއްޖެއް ވިއްޔާއެވެ. މަސްތައް ރަނގަޅަށް ހެދި ބޮޑު ނުވާ ކުށެއް ނެތް ފުރާނައެކެވެ.

 

މި ދިވެހިރާއްޖޭގައި އޮންނާނީ ދެރަމީހާއަށް ދެރަގޮތް މޮޅު މީހާއަށް މޮޅު ގޮތެވެ. ބާރުވެރިން ބާރުގަދަވާނެވެ. ފައިސާވެރިންގެ އަޑު ގަދަވާނެވެ. އަޑުގަދަ މީހުން ރުއްވިނަވާނެވެ. އެއްވެސް ކަމެއް އިންސާފުވެރިކޮންނެއް ނުހިނގާނެއެވެ. މަރަކަށް މަރު ހިފިފައެއްނެތެވެ. ހައްދުތައް ޤާއިމު ކުރަން އުޅެނީއެވެ. ޤާއިމު ކުރެވޭކަށް ނޫޅެއެވެ. ކުރެވިފަކައިވެސް ނެތެވެ.

 

މިހުރިހާ ކަމަކުން މިންޖުވާން ޒާއިނާ ބޭނުމެވެ. ސަލާމަތާއި ރައްކާތެރިކަން ބޭނުމެވެ. އެ ރޫޚާނީ ބާރުގެ ކިބަިއިން ނޫރު ފަދަ ދަރި ސަލާމަތްކުރަން ބޭނުމެވެ. ޖެހިގެން މިއުޅޭ ގިލަން ވެރިކަން ނުނިމެނީހެއް އުފަލެއް ނެތެވެ. ހިނިތުންވެލުމެއް ބޭރަށް ނިކުމެ އިސްއުފުލާލުމެއްވެސް ނެތެވެ. ދޮށީގެ ދަރީގެ ދިރިއުޅުމަށްވެސް ވަނީ ބަދަލުތަކެއް އަތުވެފައެވެ. ލޯބިން ފަށައިގެން އުޅޭ ޒަވާޖު އެވަނީ ރެނދުލާފައެވެ. ވަރި ނުވެ އޮތްކަމެވެ. އެޔެއްވެސް މިހާރު އެނގެނީއެއް ނޫނެވެ. އެކަން ވެސް ވެފައި އޮވެދާނެއެވެ. އަޑުން އަޑު ނަގައި އެއޮތް ބޮޑު ޒާއިނާ ހުރިތަނަށް ތިރިވެ ރޯން ފެށިއެވެ.

 

“ޚުބާބު: މަންމާ، އަހަރެން މަސްހުނި ކޮޅު މޮޑެލަންތައް.” ޚުބާބު މަޑުމަޑުން ގޮވާލިއެވެ. މަސްހޮނި ކޮޅު މޮޑެދޭން ގޮހެވެ. “އަހާ ޚުބާބު. މަންމަ ހިތަން އަރަނީ ގޭގަ މިލީއަށް ވާނީ ކިހިނެއް ބާއޭ؟”

 

ރޮށިތަށި މޭޒަށް އަރުވަމުން މަންމަ ބުނެލިއެވެ. ” އާ ދޯ މަންމާ. އެކަމް މިހާ ކެރި ބޯ ކިހިނެއް ދާނީވެސް. ގެއަށޭ ކިޔާފައި ދާން އުޅެނީވެސް.”

 

ތަށިތައް އަތުރައި ނިމުންތަނާއި މުލްކުމެން ދެބަފައިން ތެމިގެން އަތުވެއްޖެއެވެ. ކުރިން ހުރި ސިފަތައް މޫނުމަތިން ފިލާ މުލްކު ހުރީ ހަމަޖެހިފައެވެ. ތުފަތުން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ނުފިލާ ހިނިތުންވުމެވެ. ދަތްތައް ފެންނަވަރަށް އޭނާ ހުރީ ބޯލައިގެންނެވެ.

 

“ސިހުމާ: ކޮބާ ކޮބާ މުލްކު މުލްހަމް ކޮބާ؟” ސިހުމާ ސަމާސާއި ރާގުގައި ބުނެލިއެވެ. ކުރިއަށް ވުރެ ބޮޑަށް މުލްކު ހިނިއައެވެ. އަޑުލާފައި ހޭން ފެށިއެވެ. މުލްކުގެ އެއަޑުން ދިރުން ގެއްލިފައިވި ގޭތެރެއަށް ދިރުން ލިބުނެވެ.

 

 

 

“ސިހުމާ: ޚަބީބު… އާދޭ… ސައިބޯން.” ސައިބޯން އައުމަށް ޚަބީބަށް އައުމަށް އޭނާގެ އަންހެނުން އިޝާރާތް ކޮށްލިއެވެ.

 

“ޚަބީބު: އާ އާ އިހަށް މިދަނީ މިސޮރުގެ ތެއް ހެދުން ބަދަލުކޮށްލަން.” މަޑުމަޑުން ޚަބީބު ބުނެލިއެވެ. އޭނާގެ އަތުގައި ހިފާލައިގެން ކާފަ ދަރި ހުރީ ހިޔާލެއް ފިކުރެއް ނެތިއެވެ. މުޅިން އެހެން ދުނިޔެއެއްގައެވެ. ތެމި ލެވުމުން މާބޮޑަށް ވެސް ހަމަޖެހިލެވުނީ ކަމަށް ފެނެއެވެ. އެހާ ހެނދުނާއި ސިހުމާއަށް އާދެވުންކަށް ވެގެން ދިޔައީ ބޮޑު ނަސީބަކަށެވެ. އަނެއްކޮޅުން ބުނަން ޔާއި މުސީބާތަކަށްވެސް ވެއްޖެއެވެ. ކެރި ކެނޑޭނެ އިރެއް ނޭނގޭ ވިއްޔާއެވެ.

 

“މުލްހަމް: މަސްހުނި ވަރަށް ތަފާތު މިއަދު” މުލްހަމް މަސްހުނި ކޮޅެއް ކާލިއެވެ. ” ޚުބާބު: ތީ އަނެއްކާ މަލާމާތުގެ ބަހެއްތާ. ނޫނީ ހުސާމަތުގެ ބަހެއްތާ” ރޮއްޓެއް ނަގަމުން ޚުބާބު ކާއެތިކޮޅެއް އެޅިއެވެ.

 

“މުލްހަމް: ޚުބޭ… ހަމަ ވަރަށް މީރުމި. ދެން އެނގެއެއްނު މަލާމާތެއް ނުކުރާނެކަން. ހީކޮށްލާ މީ ތަޢުރީފެކޭ. ކެއްކުމުގެ ހުނަރަށް ދިން މީ.” ކަޅުސައި ފޮދެއް މުލްހަމް ބޯލިއެވެ.

 

ސަޔަށް އިންސާފުކުރުމަށް މޭޒުދަށް އެންމެން ޖަމާވެ ހަމަވިއެވެ. ނިވީއަށް ކާން ދީފައި ހުއްބާ މުލްކުއަށް ކަން ދޭން އަވަސް ވެލިއެވެ. ހުއްބާއަތުން ކާކަށް މުލްކު ބޭނުމެއް ނުވިއެވެ. ކާން ބޭނުންވީވެސް ކާފަ އަތުންނެވެ.

 

“މުލްކު: ކާކަ އަތުން ދޮންބެ ކާނީ. މަންމަ ނޫން.” މުލްކު ބުނެލިއެވެ. ކާނީ ކާފަގެ އަތުންނެވެ. މަންމަގެ އަތަކުން ނޫނެވެ.

 

” ސިހުމާ: ހުއްބާ ދަރިފުޅު ސައިބޯން އުޅޭ އެހެންޔާ. ބައްޕަ އެސޮރަށް ކާން ދީފާނެ.” ކޮޅަށް ހުރި ހުއްބާއަށް މަންމަ އެންގިއެވެ.

ކާ މޭޒުދޮށުގައި އެއްޗެއް ބުނެލާ އުޅުނީ ޚުބާބާއި މުލްހަމެވެ. ދެން އެކަކުވެސް އަނގައިން ބަހެއް ނުބުނެއެވެ. އެހެން ނޫސް ކާއިރު ވާހަކަދައްކައި ހެދުމަކީ މާ ރަނގަޅު ސުލޫކެއް ނޫނެވެ. އިސްލާމް ދީން އަންގަނީ ކާއިރު ވީހާވެސް އަދަބު އިހުތިރާމާއި އެކު ކެޔުމަށެވެ. އާއިލާއެއް ވިއްޔާ އެއްސުފުރާއިން ކައިބޯއެ ހަދާށެވެ. ކެއުމުގެ ކުރިން ބިސްމިން ކިޔަން ވާނެއެވެ. ކައިނިމިގެން ހަމްދު ކުރަންވާނެއެވެ. މީރު ކާ އެތިކޮޅެއް ނުލިބިވެސް ކިތައް މީހުން ވޭބާއެވެ. ޝުކުރުކުރަން ޖެހެނީ އަހަރުމެންނަށް ލިބުނީތީއެވެ. ނުލިބޭނެ ދުވަހެއްވެސް އަތުވެދާނެ ކަމަށެވެ.

 

“ސިހުމާ: ދަރިފުޅާ ޚުބާބު،” ސިހުމާ މަޑުމަޑުން ގޮވާލިއެވެ. ” ސިހުމާ: މޫސުން ކިހިނެތްތައް އޮތީ މިހާރު. ” ގެއަށް ދާން ބޭނުންވެ ހުރެ މަންމަ އަހާލިއެވެ. ހައެއް ނުޖަހަނީސް ގެއިން ނައްޓާލެވިއްޖެއެވެ.

 

ހުއްބާ މުލްކުއަށް ބަލާލިއެވެ. މުލްކު ކާފަގެ އަތުން ކަމުން ދިޔައެވެ. ކާއެތިކޮޅެއް ވެސް ކާ އެލަނީ މިތަނަށް އައިފަހުން އެހާވަރަށްވެސް މިއަދުއެވެ. އެއްގޮތަކަށް އެއްޗެއް އެއުޅުނީ ނުލައެވެ.  ދެ ދުވަހަކު ހޮޓަލަކަށް ގެންދިއުމުން މިހެން ބުންޏަސް ރަނގަޅަށް ކާލިއެވެ.

 

ކައި ނިމުމުން ތަށިތައް ނަގާފައި ސިހުމާ މެންދުރަށް ބަތް އުދިއެވެ. މިލީހަމްއަށް ކާނެ އެއްޗެހި ތައްޓަކަށް އަޅައި ތަށިބަރި ހެދިއެވެ. ވަރޭ ހުއްޓާނެ ހެން ހީނުވާތީ ކާރަކަށް ގުޅައިގެން ގެނައެވެ. ސައިކަލު ބާއްވާފައި ޚުބާބުމެންވެސް ދިޔައީ ކާރުގައެވެ. ދިއުމުގެ ކުރިން ސިހުމާ ވަރީގެ ފޯމުތައް އަންދާލި އެވެ. ވަރި ނުވުމަށް އެދި އެތައް ނަސޭހަތެއް ދީ ދެމަފެރިންގެ ގުޅުން ރަނގަޅުކޮށް ދިނެވެ. މައްސަލައެއް ފެންމަތިވާހާއިރު ހައްލަކީ ވަރި ނޫންކަން ބުނެދިނެވެ.

 

ނުވަ ގަޑިބައިހާއިރު ނިވީ ނިދާފިއެވެ. މުލްކުވެސް ކުޅެން އުޅެ އުޅެފައި އައިސް އެނދުގައި އޮށޯވެއްޖެއެވެ. ދަރިންނާއެކު ހުއްބާއަށްވެސް ނިދީގެ ތެރެއަށް ވަދެވުނެވެ. ކޮޓަރިއަށް ވަދެގެން އައި މުލްހަމް އަށް ހިނިތުންވެލެވުނެވެ. ކޮން ފަދަ އުފާވެރި ހެއްޔެވެ؟ މަންމަގެ މެދުގައި ދެދަރިން އެތިބީ ނިދާލާފައެވެ. ބަލާކަށް ނުހުރެ މުލްހަމް އެނދުގެ އަނެއް ފަޅީގައި އޮށޯތެވެ.

“ޚުބާބު: އެއީ ކާކު؟ އުޅޭ އަޑެއް” ތަޅުގައި ހިފާލަމުން ޚުބާބަށް ބުނެވުނެވެ. މީހަކު އުޅޭ އަޑު އެތެރެއިން އިވިގެންނެވެ. ކުޑަކޮން މަޑު ޖެހިލައިފައި އޭނާ ތަޅު އަނބުރާލިއެވެ. ހިތުގެ ތެޅުން ބާރުވާން ފެށިއެވެ. ކުޑައިރުއްސުރެ ޚުބާބަކީ ނިކަން ބިރު ގަންނަ މީހެކެވެ. ކުރެއްޕެއް ފެނުނަސް ކޮޅަށް ދިޔައީއެވެ.  އެގޭގެ ތެރޭގައި މީހަކު އުޅެނީ ބާއެވެ؟ ޚުބާބަށް ޝައްކެއް ވީ ހެއްޔެވެ؟  ވާރެއާއި އެކުވެގެން އެއީ ހީވި ހީވުމެއް ނޫން ބާއެެވެ؟

ނުނިމޭ

އާއެކޭ ލޯބިވޭ ވާހަކަ ގެނެސްދޭނީ ކޮންމެ ހަފުތާއަކު ތިން ދުވަހު އެވެ. އާދިއްތަ އަންގާރަ އަދި ބުރާސްފަތީގައެވެ. މިބަިއވެސް ކަމުދާނެކަމަށް އުންމީދުކުރަމެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 18)

Next

މި ލޯތްބާއި ތި ވަޢުދު (8)

Next
May 31, 2026

މި ލޯތްބާއި ތި ވަޢުދު (8)

Previews
May 31, 2026

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 18)



All Right Reserved!