Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވަފާތެރިމަވީމޭ 2 (1)

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
May 6, 2026 3 Mins Read
6 Comments

(1 ވަނަ ބައި)

ދެލޮލުން ކަރުނަ ފުލެހަމުން ދުވެފާ ކަހަލަ ގޮތަކައް ގޮސް ޔޫއާ އެއްޗެހިތައް ޕެކް ކުރަން ފެށިއެވެ. އެއްވެސް ތަރުތީބެއް ނެތި ހުރިހާ އަންނައުނުތައް ދަބަހައް އަޅާލަމުން އޭނާ ގުޅީ ޔޫއާންއަށެވެ. ތިންވަނަ ރިންގުގައި ޔޫއާން ފޯނު ނެގިއެވެ. “ކީކޭ ކޮއްކޯ؟ ހަމަ ގުޅަން އުޅެނިކޮށް ތިގުޅީ. ދޮންބެ މާލޭގަ މިހުރީ. މިފޭބީ ލިފްޓުން އާދެބަލަ ގޭ ދޮރު ހުޅުވަން” ޔޫއާން ވާހަކަ ދެއްކިއެވެ.

“ދޮންބޭ. ޔޫ ރަށަށް ގެންދޭ. ހެޔޮނުވާނެ. ދެން ޔޫއަކަށް ކެތެއްނުވާނެ…” ރޮވިފާ ވާހާލުގާ ޔޫއާ ބުނެލިއެވެ.

“އެއީ؟ ކިހިނެތްވީ؟ ބުނެބަ؟ ކީއްވެ ތިރޮނީ؟” ޔޫއާން ވަަރަށް ހާސް ވެއްޖެއެވެ.

“ޔާން… ދޮންބޭ… ޔާން…” ޔޫއާއަކަށް އިތުރަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ހުރި ތަނަށް ދެމިގެން ދިޔަ ވަގުތުގާ ގޭ ދޮރު ހުޅުވާލި އަޑުވެސް އިވުނެވެ. ގެއަށް ވައިން ޔޫއާންއަށް ވަދެވުން އިރު ދޮރު ހުޅުވާފައި ހުރުމުން ވަރަށް ބޮޑު ކަމެއް ވެއްޖެޔޭ އޭނާގެ ހިތް ބުނެލިއެވެ. ބަދިގެ ތެރޭގައި ޔޫއާ ނެތުމުން ދެން އޭނާވަނީ ކޮޓަރިއަށެވެ. “ޔޫއާ!”

ބިންމަތީގައި ހޭނެތިފައި އޮތް ލޯބިވާ ކޮއްކޮ ފެނި ޔޫއާންގެ ހިތް ތެޅިގަތެވެ. ފޮއްޓައް އެއްޗެހި އަޅާފައި ހުރިތަން ފެނުމުން އޭނާ ވަކިން ހާސްވިއެވެ. ނިކްޔާން ޔޫއާ ވަރި ކުރީ ހެއްޔެވެ؟

“ޔޫއާ؟ އޭ. ބަލަ. ކޮއްކޯ؟” ޔޫއާގެ މޫނުގައި މަޑުމަޑުން ޖަހާލަމުން ޔޫއާން ގޮވާލިއެވެ.

ލިފްޓައް ނޭރިފައި ހުރި ނިކްޔާންގެ ދެލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ޔޫއާ ގެއްލެން އުޅޭ ކަމުގެ ފެހި ސިގުނަލް މިއަދު އޭނާއަށް ލިބިއްޖެއެވެ. އެންމެންތައް ތޮއް ޖެހިފައި ވީ އިރު ހުރިހާ ލިފްޓުތައްވެސް ހުރީ އެންމެ މަތީ ބައިބައިގައެވެ.

“ތިއީ ދެން ކޮން ކަމެއްތަ ނިކް؟ ޔޫއާ ދޫކޮށްލާ. މަށާ ކައިވެނި ކުރޭ…” ނިކްޔާން ހަރަކާތްތަކައް ބަލަން އިރުކޮޅަކު ހުރެފައި ޒުކާ އައިސް ބުނެލިއެވެ. ޒުކާގެ ވާހަކަ އިވި ނިކްޔާން ދަތްކުނޑިވިކާލަމުން ފަހަތް ބަލައިލިއެވެ.

“ކަލޭ… ކަލޭ މަގޭ މުޅި ދިރިއުޅުން ތި ހަލާކު ކޮށްލީ. ދަން ޖެހި މަރުވަން ޖެހުނަސް މަ ކަލެއަކާ ނީންނާނަން” ކަރުނުން ފުރިފައިވީ ނިކްޔާންގެ ދެލޮލުގައި ޒުކާއަށްޓަކައި ފެންނަމުން ދިޔައީ އިންތިހާ ނަފުރަތެވެ.

ޔޫއާ ހޭނާރައިގެން ކަންބޮޑުވެފައި އިން ޔޫއާން އުޅުނީ ނިކްޔާންއަށް ގުޅާށެވެ. އޭނާގެ ހަރަކާތްތައް ހުއްޓުނީ ޔޫއާގެ ފިނިވެފައިވީ އަތުން ޔޫއާންގެ އަތުގައި ހިފުމުންނެވެ. “ދޮންބޭ…”

“ޔެސް ޔޫ… ކިހިނެތްތަވީ؟ މަޑު ކުރޭ. މިގުޅަނީ ނިކްޔާންއަށް” އަވަސް އަވަހަށް ޔޫއާން ބުނެލިއެވެ.

“ނޫން… ނުގުޅާތި…”

“އެއީ؟ ކިހިނެތްވީ؟”

“ޔާން… ޔާން ޔޫއަށް ބޭވަފާތެރިވީ… އެކުއްޖާ އެ އިނީ މިހާރު ޔާންގެ ދަރިއަކަށް ބަލިވެ…” ޔޫއާއަށް އަނެއްކާވެސް އަޑުން އަޑު ނަގާ ރޯން ފެށުނެވެ. އެވަގުތު ވެގެން ދިޔައީ ނިކްޔާންއަށް ގެއަށް ވަދެވުނު ވަގުތަށެވެ. ދޮރު މަތީގައި ހުރި ނިކްޔާން ފެނި ޔޫއާންއަށް ގޮށް މުއްކަވާލެވުނެވެ.

“ޔޫއާން…” ޔޫއާންގެ މޫނުމަތީގައިވީ އަސަރު ތަކުން އޭނާއަށް މިހާރު އެވާހަކަ އެނގިއްޖެކަން ނިކްޔާންއަށް އެނގި ޔަގީންވިއެވެ. ޔޫއާގެ ހަށިގަނޑު އެނދުމަތީގައި ބާއްވާލަމުން ޔޫއާން ގޮސް އޭނާގެ ކަންކަށިމަތީގައި ޖެހިއެވެ.

“ހުރި ލަދު ހަޔާތް ކުޑަކަން ބަލާބަލަ. ނަހަލާލައް އެހެން އަންހެން ކުއްޖަކު ބަނޑުބޮޑު ކޮށްލި އިރު އަހަރެންގެ ކޮއްކޮ މަތިން ކަލޭ ހަނދާންވެސް ނެތް ދޯ؟ އާނ ދެން މަ ގަބޫލު ކުރަން މިއީ މަޖުބޫރު ކައިވެންޏެއްކަން. ކަލޭގެ އެކްސްދެކެ ތިހާ ލޯބި ވަންޏާ ކީއްކުރަން މަގޭ ކޮއްކޮއަށް އިނީ؟ ކީއްކުރަން މަގޭ ކޮއްކޮ ބަނޑުބޮޑު ކޮށްލީ؟ ތިއީ ހަމަ ފައްކާ ހަރުފައެއް!” އައިސްފައި ހުރި ރުޅިން ޔޫއާންގެ ހަށިގަނޑު ތުރުތުރުލަމުން ދިޔައެވެ.

“ދޮންބޭ.. ރުޅި ނާދެބަލަ. އަހަރެން ދައްކާ ވާހަކަ އަޑު އަހާބަލަ. ހެޔޮނުވާނެ..” ނިކްޔާންއަށް އަނެއްކާވެސް ރޮވުނެވެ.

“ނޫޅެން އަޑު އަހާކައް. ދެން އަހަރެމެން ބައްދަލު ކުރާނީ ކޯޓުން. ހަނދާން ކުރާތި. މަގޭ ކޮއްކޮ ހޯދަން ދެން ދުވަހަކުވެސް އައިސްގެން ނުވާނެ. މަގޭ ކޮއްކޮގެ ބަނޑުގަ އޮތް ދަރިފުޅައްވެސް ހަނދާނެ ގޮތް އިނގޭނީ ހަމަ ކޮއްކޮއަށް. ވައްޓާލަން ބޭނުމީއާ ވައްޓާލަންވީ. ކޮއްކޮ އެ ދަރިފުޅު ވިހޭ ނަމަވެސް، އެއީ ކަލެއަށް ގުޅުން ހުރި ކުއްޖަކައް ނުވާނެ. ސާފު ރީތި ދިވެހި ބަހުން މިބުނީ”

ޔޫއާ ގޮވައިގެން ޔޫއާން އެގެއިން ނިކުން ފަހުން ނިކްޔާންއަށް ޔޫއާ ފެނުނީ ހަމަ ޔޫއާން ބުނިހެންމެ، ކޯޓުންނެވެ. އެދުވަހުވެސް ނިކްޔާން ގިނަ އާދޭސްތަކެއް ކުރިއެވެ. ނަމަވެސް އޭނާ ކުރި ކޮންމެ އާދޭހަކައް ޔޫއާން ދިނީ އަތުގެ ހަމަލާއެވެ. އޭނާގެ ރޭވުން ކާމިޔާބު ވުމުން ޒުކާ ހުރީ ވަރަށް އުފަލުންނެވެ. ނަމަވެސް ޒުކާގެ ސަބަބުން އެހަލާކުވީ ކިތައް ހިތް ހެއްޔެވެ؟

ރަށަށް އައިސް ގެއަށް ވައިން ނިކްޔާންގެ ލޮލުގައި އަދިވެސް ވީ ކަރުނައެވެ. ސޯފާގައި މާޔާއާއި ނިހާލް ތިއްބެވެ. ނިހާލްގެ މޫނު މަތީގައިވީ ރުޅިވެރިކަމެވެ. މާޔާގެ މޫނުމަތީގައިވީ ލަދުވެތި ކަމެވެ.

“މަންމާ… ބައްޕާ…” ނިކްޔާން ރޯން ފެށީ ކުޑަ ކުއްްޖެއް ފަދައިންނެވެ.

“ކަލޭ މަށަކަށް ބައްޕަ ކިޔާނެ ކަމެއް ނެތް. ހުރި ލަދު ހަޔާތް ކުޑަކަން ބަލާބަލަ. އަހަރެމެންނައް ވަގައް އެ ޒުކާ ގޮވައިގެން ޒިނޭގެ އެނދުމަތީގައި އޮތް އިރު އަހަރެމެން މަތިން ހަނދާނެއް ނެތެއްނުން؟ ދެންވެސް އަހަރެމެން މަތިން ހަނދާން ކުރާނެ ކަމެއް ނެތް” ނިހާލް އޭނާ ބުނަން ބޭނުންވީ ބަސްތައް ބުނެ ނިންމާފައި ގޮސް ކޮޓަރިއަށް ވަދެ ‘ބަން’ ކިޔާފައި ދޮރު ޖެހިއެވެ.

މާޔާ އިސްޖަހާލީ ލަދުންނެވެ. ހަމަ ޔަގީނުންވެސް އޭނާ މިއަދު ވަރަށް ލަދުގަނެއްޖެއެވެ. “މަންމަވެސް ތިހުރީ އަޅުގަނޑުދެކެ ރުޅިންތަ؟” ލަސް ލަހުން ގޮސް ނިކްޔާން މާޔާގެ ފައިބުޑުގައި އިށީނެވެ. “މަންމާ… މަންމަގެ މަޢާފް އަޅުގަނޑައް ދެއްވާ… މަންމަގެ ތި ފައިތިލަ ދަށުގަ ސުވަރުގެވެސް ވީ.. ހެޔޮނުވާނެ މަންމާ… އަޅުގަނޑު މަންމަ ބުނި ކަމެއް ކުރާނަން. އަޅުގަނޑައް މަޢާފް ކުރޭ… އެކަމަކު ބުނަން؟ ހަމަ ހުވާ… ޔޫއާއާއި ކައިވެނި ކުރިފަހުން ޒުކާއާއި އެކު ގުޅުމެއް ނުހިންގަން…” ނިކްޔާން ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ.

“އަޅެ ކުރިން ވިޔަސް ގުޅުމެއް ހިންގާފަ އޮތީމަ ދޯ ޒުކާ ބަނޑުބޮޑުވީި އެ؟ ދެން ދަރިފުޅު ޒުކާއާއި ކައިވެނި ކުރޭ. އެހެން ނޫނީ ޒުކާގެ އެ ދަރިފުޅުވެސް ބައްޕަނެތް ކުއްޖަކައްވާނީ” މިހެން ބުނެ މާޔާވެސް ގޮސް ވަނީ ކޮޓަރިއަށެވެ.

(5 އަހަރު ފަސް)

(ނުނިމޭ)

ދެވަނަބައިގެ ތެރެއިން:

“މީ އަހަރެންގެ ކުށް. އަހަރެން ޔޫއާއަށް ކައިވެނި ކުރަން މަޖުބޫރު ނުކުރުވިނަމަ މިހެން ނުވީސް…”

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ނޭދެން ވަކިވާކަށް 10 ވަނަ ބައި

Next

ތިޔަ ނަން މި ހިތުގާ 12

Next
May 6, 2026

ތިޔަ ނަން މި ހިތުގާ 12

Previews
May 6, 2026

ނޭދެން ވަކިވާކަށް 10 ވަނަ ބައި

6 Comments!

  1. Mrs. GenZ says:
    May 6, 2026 at 6:01 pm

    Me first dhww.. Hehe
    Nooo. Yooaa n nikyan hama aslu vx divorve v thrr😭😭😭
    5 yrs fahun vaahe kamakaa medhu so curious…
    When next?????
    Tc.. Lyy shiherr

    1. shihaamaa ali shihaamaa ali says:
      May 9, 2026 at 2:29 pm

      Hehe yess.. sadly yea they are divorced 🙁🙁🙁
      Letssss seee.. ep2 already out.. likewise🫶🏻🩶

  2. Sheex says:
    May 6, 2026 at 7:13 pm

    Wowwwwww
    Haadha reecheyyyyyyyyyyyy
    V dhigu inthizaarege nimun mi story up vee dhw
    WHATTTTTTTTT yoo ge dhonbe ves alhe veegoiy ahaalinama
    What kihineh dharifulhu bappa ar vaki kuraanee
    Thats hama mamma ge choice kamah sheex gaboolu kuraanee
    Alhey 5 years later ey
    V kehmadhu vejje
    CW4THENEXTP
    Tc

    1. shihaamaa ali shihaamaa ali says:
      May 9, 2026 at 7:58 pm

      Jazaakallah khairan Sheex 🩶🫶🏻
      Dhennn lets see dhw what happenss🙁 next is already out🫶🏻

  3. Your fav bab Your fav bab says:
    May 9, 2026 at 9:54 am

    Heyy shierr!!
    This part was excellent!! Enjoyed reading it sm!💗
    Zuka dhogu ilzaam nikyaan ge bolu ga elhuvy dhw? I swear zuka ***!!
    Then yooa vx gaboolu kuree thr alhe😭😭
    5 years later eyy!! Sorr Curious to k what’s gonna happen next!!
    Waiting for next part^³
    Sincerely sorry for this late comment!
    Ly n tc💗

    1. shihaamaa ali shihaamaa ali says:
      May 9, 2026 at 7:59 pm

      Jazaakallah khairan Your fav bab 🩶🫶🏻
      Hehe lets see dhw what happens after 5 long years.. next out already likewise 🫶🏻🩶

Comments are closed.



All Right Reserved!