“އެލާ ބުނީ އަހަރެންދެކެ ލޯބިވެޔޭ… ދެން ކީއްވެ…؟ ކީއްވެ ތިިހާ ގޯސްވާންވީ؟” ބިންމައްޗަށް ޖެހިގަންނަމުން އޭނާ ހަޅޭލަވައިގަތެވެ. އެންމެންގެ ނަޒަރުވެސް ޔައުލާންއާއި އެޒިކިއެލްއަށް ހުއްޓިފައި ހުރި އިރު, އެންމެންގެ ލޮލުގައިވެސްވީ ހަމްދަރުދީއެވެ…
(51 ވަނަ ބައި)
ގަބުވެފައިވާ ހާލުގައި އެލާރާގެ ގަބުރައް ބަލަން އެޒިކިއެލް ހުއްޓެވެ. ރޮމުން ރޮމުން ދިޔަ އޭނާގެ ލޯބިވާ މަންމައާއި ބައްޕަ، އަލާން އަދި ޔާޝާގެ މޫނުމަތީގައިވީ ހިތާމައަށް ބަލަން ކެއްނުވެގެން އޭނާ ދެލޯ މަރާ ފިއްތާލިއެވެ.
މިއަދު ހަމަ ޔަގީނުންވެސް އެޒިކިއެލްގެ ހިތައް ވަރަށް ތަދުވެއްޖެއެވެ. އެއީ ހުރި ހަމަ އެކަނި ކޮއްކޮއެެވެ. ހަމަ އެކަނި ކޮއްކޮއެއްވެސް ނޫންތާއެވެ. އުފެދުނީ އެއްރަހިމެއްގައި، އެކު އެކީގައެވެ. ދުނިޔެއަށް އުފަންވީ އެއްދުވަހަކުއެވެ. ގާތުން ބުއީ އެކު އެކީގައެވެ. ހިނގަން ދަސް ކުރީ އެކީގައެވެ. ވާހަކަ ދައްކަން ދަސްކުރީ އެކީގައެވެ. ކުޅެ ހެދީ އެކީގައެވެ. އިސްކޫލަށް ގޮސް އުޅުނީ އެކީގައެވެ. ޓްރެއިނިންގައް ދިޔައީ އެކީގައެވެ. ހުވާ ކުރީ އެކީގައެވެ. ފުލުހަކަށްވެ ވަޒީފާއަށް ވަނީ އެކީގައެވެ. ނަމަވެސް މިއަދު އެލާރާ ވަކިވެ އެދިޔައީ އެޒިކިއެލް މި ކެހިވެރި ދުނިޔެއަށް އެކަނި ކޮށްލާފައެވެ. މުޅި ހަޔާތް ވޭތު ކުރީ ދެބެން އެކީގައެވެ. ހަގީގަތުގައިވެސް އެއްބަނޑު އެއްބަފާ ދެބެންނަށްވުރެ އެއްމާބަނޑު ދެބެންގެ މެދުގައިވާ ލޮތްބާއި ކުލުނު މާބޮޑެވެ.
އެލާރާއަށް ވަދާއި ސަލާމް ކޮށްލާފައި މިކްޔާ އައިސް އެޒިކިއެލް ކުރިމަތީގައި ހުއްޓުނެވެ. އޭނާގެ މައިންބަފައިން ނެތް ދުވަހު އެޒިކިއެލް އޭނާގެ ގާތުގައި ހުރިހެން އެއްމާބަނޑު ކޮއްކޮ ގެއްލުނު ދުވަހު މިއަދު އެޒިކިއެލް ގާތުގައި ހުރުމައް މިއަދު މިކްޔާ އެހުރީ އައިހެވެ.
“އެއްލޫ. ހިނގާބަ ބޭރަށް…” އެޒިކިއެލްގެ އަތުގައި ހިފާ މިކްޔާ މަޑުމަޑުން ހޮސްޕިޓަލުން ނިކުތެވެ.
ޒާލާއަށް ކާއެއްޗެހި ހިފައިގެން އައި ޒަވުލްގެ ފިޔަވަޅުތައް ހުއްޓުނީ ޒާލާ ރޯ އަޑު އިވޭތީއެވެ. އެވަގުތު އެތެރެއަށް ވަނުން ބުއްދިވެރި ނުވާނޭހެން ހީވުމުން އޭނާ މަޑުކޮށްލީ ބޭރުގައެވެ. ޒާލާ ދައްކާ ވާހަކަ އަހާށެވެ.
“އަ… އަކޫ… އަކޫއަށް އަހަރެން މިއީ ކިހާ ބޭކާރު މީހެއްތަ މިއަދު؟ 5 އަހަރު ވަންދެން ކައިވެނި ކޮށްގެން އުޅެފަ ވަރިވާން ބޭނުމޭވެސް އެބުނެލީ ކުޑަ ކަރުދާސްކޮޅެއްގެ ޒަރިއްޔާއިން. މަންމާ… އަހަރެން މިއީ ކިހާ ބޭކާރު މީހެއްތަ؟ އަހަރެން އަންހެނަކަށްވެސް ނުވިއެއްނުން؟ އަންހެނުންނަކީ ދަރިން ވިހެއުމަށާއި ދަރިން ބެލުމައްވީ ބައެއް. އެކަމަކު… އަހަރެންނަށް އެވަރުވެސް ނުވި…” ރޮމުން ރޮމުން ޒާލާ ދެއްކި ވާހަކައިން ޒަވުލްއަށް ދަތްކުނޑިވިކާލެވުނެވެ. އަދި ހަމަ އެވަގުތު އެތެރެއަށް ވަނެވެ.
“ތި ކަމުންވެސް ތި އިނގެނީ އަކްނާންއަށް ދޮންތަ އެއްވެސް މީހަކަށް ނުވިކަމެއްނުން؟ އެހެންވެ އަކްނާންވެސް އެއީ ދޮންތައަށް އެއްވެސް މީހެއް ކަމުގަ ނަހަދަބަލަ. ދަރިން ނުލިބުން އެއީ ދޮންތަގެ ކުށެއް ނޫން. އަދި އަންހެނުންނަކީ ދަރިން ހޯދުމައް ދުނިޔެއަށް ފޮނުއްވި ބައެއްވެސް ނޫން. އަންހެނުންނަކީ މާތް ބައެއް. ދަރިން ލިބުމަކީ ނަސީބެއް. ސާފު؟” މިހެން ބުނެ ގެނައި ކާ އެއްޗެހި އެތާ ބަހައްޓާފައި ޒަވުލް އެތަނުން ނިކުތެވެ. އަވަސް ކަމާއި އެކު ނިކުން ޒަވުލްއަށް އެރުނީ ސީދާ ޔައުލާންގެ ކުރިމައްޗަށެވެ.
“އަންހެނުންނަކީ މާތް ބައެކޭ؟ އެއީ ކަލޭ ދޮންތަވީމަތަ މާތް ވީ؟ ދެން އެލާއޯ؟ އެއީވެސް އަންހެނެކޭ. ތި ޖަނަވާރު އެލާއަށް ނުކުރީ ކީއް؟ އެންމެ ފަހުން އެލާ ނިޔާވެގެންވެސް އެދިޔައީ ހަމަ ކަލެއާ ހުރެ” ދަތްކުނޑިވިކާލަމުން ޔައުލާން އިނގިލި ދިއްކޮށްލިއެވެ. އޭރުވެސް ރޮއެ ރޮއެ އެ ދެލޯ ވަނީ ދުޅަވެފައެވެ. މުޅި މޫނުމަތިވެސް ވަނީ ރަތްވެފައެވެ. އޭނާ ކުރަމުން ދިޔަ ހިތާމަ އެ މޫނު މަތިންވެސް ދިޔައީ ފެންނަމުންނެވެ.
“އެ ކީއްވެ އަހަރެންނާ ހުރެ އެ މަރުވީ؟ އަޖައިބެއްތިއީ. މަށާ ހުރެޔެއް ނޫން އެ މަރުވީކީ. ދެން އެކަން އެ ނިމުނީނުން؟ ދެން ގައިމުވެސް އެލާއެއް ނާންނާނެ” ކޮނޑު އަރުވާލަމުން ޒަވުލް ބުނެލިއެވެ. ނަމަވެސް ޔައުލާން އެބުނީ ތެދަކަށް ވެދާނެތީ އޭނާ ހުރީ ފާޑަކަށް ކަޑަވެފައެވެ. އޭނާގެ ބޮލުގައި މަރުގެ ތުހުމަތެއް އެޅޭކައް އޭނާ އެއްގޮތަކައްވެސް ބޭނުމެއް ނޫނެވެ.
“ދެން އެކަން އެ ނިމުނީއޭ؟ ދެން އެލާއެއް ނާންނާނޭ؟؟” ޒަވުލްގެ އެ ޖުމްލައިން ޔައުލާންގެ ލޭ ކެކިގަތެވެ. ގޮށް މުއްކަވާފައި ޒަވުލްގެ ނޭފަތް މަތީގައި އޭނާ ޖެހިއެވެ. އަދި ހަމަ އެ ސިކުންތުގައި ފައިން އޭނާގެ ލަދުވެތި ގުނަވަނުގައިވެސް ޖެހިއެވެ. “އައްދޯތް!!”
އެޒިކިއެލްގެ އަތުގައި ހިފައިގެން ހުރެ މިކްޔާ ދިޔައީ ހޮސްޕިޓަލު ކައިރީގައި ހުރި ޖޯލި ތަކާއި ދިމާލަށެވެ. އެތާ އިށީންނަމުން މިކްޔާ ދަބަސް ހުޅުވާލިއެވެ. އަދި އޭނާ ތައްޔާރު ކޮށްގެން ގެނައި ‘ޓޯސްޓު’ ތަށި ހުޅުވާލިއެވެ.
“އެއްލޫ. އިއްޔެ މެންދުރުން ސުރެ ނުކައި ތިހުރީ. ޕްލީޒް. ކާލާ…”
“މިކީ… އަހަ… އަހަރެން ކިހިނެތް އެލާއާއި ނުލާ އުޅޭނީ؟… އަހަރެންނަކަށް ނޭނގޭނެ އެލާއާއި ނުލާ އުޅޭކަށް. ރަހިމުގަވެސް ތިބީ އެކު އެކީގަ. ގާތުން ބުއީވެސް އެއްކޮށް. ކުޅެ، ބޮޑުވީ ވެސް އެކީގަ. އަހަރެން ހީކުރީ މަރުވާނީ ވެސް އެކީގަ ކަމަށް…”
އެޒިކިއެލް ދެއްކި ވާހަކަ ތަކުގެ ސަބަބުން މިކްޔާއަށް މަޑު އާހެއް ލައްވާލެވުނެވެ. އޭނާއަށް މިއަދު ކުރެވޭނީ ކޮން ކަހަލަ އިހުސާސެއްކަމެއްވެސް މިކްޔާއަކަށް ނޭނގޭނެއެވެ. “އެއްލޫ…”
ތުންކޮޅު ފިއްތާލަމުން އެޒިކިއެލް އަނެއްކާވެސް ރޯން ފެށިއެވެ. ކުޑަ ކުއްޖަކު ދެރަވުމުން މަންމަ ކައިރިއަށްދާ ބީދައިން މިކްޔާގެ މޭގެތެރޭގައި އޭނާ ބޮނޑިވެލިއެވެ. އެޒިކިއެލް ރޯން ބޭނުން ވަރަކަށް ރޯން ދޫކޮށްލަމުން މިކްޔާ އޭނާގެ ބޮލުގައި ބޮސް ދިނެވެ. މިކްޔާގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ވެސް އެޒިކިއެލްގެ އިސްތަށިގަނޑު ތެރެއަށް ވަދެގެން ދިޔައެވެ.
(ނުނިމޭ)
ފަންސާސްދެވަނަބައިގެ ތެރެއިން:
“މީ އަހަރެންގެ ލޯބިވެރިޔާ. ނަހާތު. ނަހާތު ބަނޑުބޮޑު. އަހަރެެމެން މިއުޅެނީ ކައިވެނި ކުރަން” ނަހާތު ތަޢާރަފް ކޮށްދެމުން އަކްނާން ބުނެލިއެވެ. ޒާލާއަށް ވާނެ ދެރައާއި މެދު އޭނާ ވިސްނާވެސް ނުލައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







Shiherrrrrrr vrh dhuvas vehje gurrrl online nuvaathaa ekm today I started reading this storyyy feshigen nimen dhnnn…. haadhahaa baivaru maru thakekeyyy ehfaharaaa eviii….💔💔💔💔 adhi eves mivaahakaige ehme reethi character my fav elaa ves whyyy you that shiherrr hama huvaa roe roe halaaaku vehje..😭. adhi balaaba zaul hitheh ves ohna insaaneh nooon kanne😒😒 beynumiii mihaaru gossa hama thalhaalan… alheyyy ehmen haadha dheravaane eyyy ellu ves mikky ves and yaulaan ves alheyyy pls pls when is next im so curious hama hu aa I cant waittt…💔😭😭
Heyyyy Gurrrl_8 long time nooo seee😭
Awlheyyyy sorrryyyy ehaa varah rovvaalevuniimaa😭😭😭 aaaekey dhwww.. hehe yesyes in sha allah next todayy😭🩶🫶🏻
Awwnn…Shiher..✨🫶🏻 Long time know see you..
I meant for me;) I was busy bcx my board exams were ahead… Actually it’s first time, So jusss … Reviewing moments felts …Btw’
Mi pa’rt Vrh Vrh furihama.❤️ MaaShaAllah…
Mickyy..mouse pis, pis,both ehvaru ewee …Hmm..Ehllu vx Sobbing …I’m sobbing for you both guys…🥀💔💔
When’s next?
Lysm & Tc my Baby
Curiously waiting ur next updates…
ohhhh good luck on ur exams hehe..
jazaakallah khairan Blackyyy happy your enjoying the story
asluvess dhw.. poor ellu
in sha allah next today
likewise🩶🫶🏻