Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ހިމޭން 8

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
July 9, 2026 5 Mins Read
0 Comments

“އެހެން ނޫނަސް މީ އަހަރެން ނަޝާޔާ އާއި ނުލާ ތާކަށް އައި ފުރަތަމަ ފަހަރެއް ނޫނޭ. ގިނަ ފަހަރަށް އަހަންނާ ނަޝާޔާއާ ދިމާ ވެސް ނުވާނެ. މަށަށް ކުރެވޭނީ ކޮންމެސް އެއް ކަމެއް. ބިޒްނަސް ވިއްޔާ ބިޒްނަސް.. ދަރި ވިއްޔާ ދަރި.” ޝަރާ އަނެއްކާ ވެސް އެއްވެސް ހާސްކަމެއް ނެތި ބުނެލިއެވެ.

“އެހެންވިއްޔާ ކީއްކުރަން ހޯދި ދަރިއެކޯ؟” ވާހަކަ އަޑު އަހަން އިނދެ ފަޒީ ބުނެލިއެވެ.

“އެއީ ކޮންމެ ހެން ބޭނުން ވެގެން ހޯދި ކުއްޖެއް ނޫން. އެކްސިޑެންޓަކުން ލިބުނު ކުއްޖެއް.” ވަރަށް ކޫލް ގޮތަކަށް ޝަރާ ޖަވާބު ދިނެވެ.

**************

“ޕިސްޕިސް… މަ ނުދެކެން ތިކަހަލަ މަންމައެއް.” އަނެއްކާ ވެސް ހައިރާން ވެފައި އިނދެ ފަޒީ ބުނެލިއެވެ.

“އާނ… މަންމައެއްގެ އެއްވެސް ކޮލިޓީއެއް ނެތް ކަލޭ ގައިގަ ޝަރާ…” ލިމްޔާ އެރީ ފަޒީއާ އެއްކޮޅަށެވެ.

ރޭގަނޑުގެ ވަގުތެވެ. ބަނޫންގެ ކަންކަން ނިންމާލައި ނިންދެވުމަށް ފަހު އިނާޔާ ބޭރަށް ނުކުތެވެ. ކުރިޔަށް ހިނގަމުން ދިޔަ އެ މަގުގެ ދެފަރާތުން ދިއްލާފައިވާ ބޮކިތަކުގެ އަލިން މުޅި މަގު ވަނީ ރަން ވެފައެވެ. އިނާޔާގެ ހިނގުމުގައި ވަނީ ހަމަޖެހުމެވެ. އަތުގައި އޮތް ކުޑަ ކޮތަޅު ހިފައިން ހިނގަމުން ދިޔައިރު ރައްޓެއްސަކާ ދިމާވެއްޖެ ނަމަ ކޮންމެސް އެއްޗެއް ބުނެލައެވެ.

މިންހާގެ ގެއަށް ވަންނަން އިނާޔާ ނެގި ފިޔަވަޅަށް ކުއްލިޔަކަށް ހުއްޓުން އެރިއެވެ. މަގުމަތިން ފެނުނު މަންޒަރުގެ ސަބަބުން ގެއަށް ވަންނަންވީ ކަމެއް، ނޫނީ އިރުކޮޅަކު އެމަންޒަރު ހުންނަންވީ ކަމެއް ނުވިސްނުނެވެ. އެހެނަސް އިނާޔާ މަޑުކުރީ ފެންނަމުން ދިޔަ މަންޒަރު ޔަގީން ކުރުމަށެވެ.

“މީ އަނެއްކާ ކޮންފަދަ ކަމެއްބާ؟.. ޕިސްޕިސް” އިނާޔާގެ ހިމޭން ދޫ ސިއްރު ސިއްރުން އޭނަގެ އަމިއްލަ ނަފްސާ ވާހަކަ ދެއްކިއެވެ.

އިރުކޮޅަކު އެހެން ހުރުމަށް ފަހު އިނާޔާ އެ ގޭ ތެރެއަށް ވަންނަން އެނބުރިލިއެވެ. އޭރު ކުރިމަތީ ހުރި މިންހާ ފެނި އަނެއްކާ ވެސް އިނާޔާއަށް ބޭރު ބަލައިލެވުނެވެ. ވީގޮތް އެނގުމާއި އެކު ގަތް ލަދުންނާއި ވީ ދެރައިން މިންހާއަށް އިސް ޖަހާލެވުނެވެ.

“މިންހާ!.. އެ ކޮންކަމެއް؟” މަގު މައްޗަށް އިނގިލި ދިއްކޮށް ލުމަށްފަހު އިނާޔާ ސުވާލު ކުރީ ހައިރާންވެފައި ހުރެއެވެ.

އިނާޔާގެ އެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި މިންހާ ގޭތެރެއަށް ހިނގައިގަތެވެ. އޭރު މިންހާގެ ދެ ލޮލުން ކަރުނަ ހިލިފައި ވާއިރު، ކުރިޔަށް ހިނގަމުން ދިޔައީ މޭގައި އަތްތިލަ ޖައްސާލައިން ހުރެއެވެ. ހަގީގަތުގައި މިންހާ ހަމައެކަނި ދެރަވީ އެއް ނޫނެވެ. އޭގެ އިތުރުން އިނާޔާގެ ކުރިމަތީ ގަންނަން ޖެހުނު ލަދުގެ އިތުރަށް ސިއްރުތަކެއް ބޭޒާރު ވީއެވެ.

މިވަގުތު މިންހާގެ ހިނގުން ބާރު ވާނެކަން އިނާޔާއަށް ވިސްނެއެވެ. ސުވާލެއް ކޮށްފި ނަމަ މިވަގުތު އެއަށް ޖަވާބު ދޭން އުނދަގޫ ވާނެ ކަން ވެސް އިނާޔާއަށް ގަބޫލުކުރެވެއެވެ. ތެދެކެވެ. އެހާލަތު އިނާޔާއަށް ދިމާވި ނަމަ ވެސް ވަނީ މިންހާއަށް ވީގޮތެވެ.

މިންހާގެ ފަހަތުން ހިނގާފައި ގޮސް އިނާޔާ ވެސް އިށީނީ މިންހާ އިން ސޯފާގައެވެ. މިންހާ އާއި ނުހަނު ގާތުގައެވެ. އެ ދެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަ ތިކިތައް އިނާޔާއަށް އެތައް ވާހަކައެއް ބުނެދޭން ބޭނުންވާ ފަދައެވެ. އެހެނަސް ދުލެއް ނެތް އެ ކަރުނަތަކަށް ކޮށްދެވޭނީ ކޮން ކަމެއް ހެއްޔެވެ؟

“މިންހާ!.. އަހަރެން ނުބުނާނަން މިވަގުތު ތި ރުއިން ހުއްޓާލާކަށް. އަހަންނަށް އެނގޭ މިރޭ މިންހާގެ ހިތުގަ ވަރަށް ވޭން އަޅާނެކަން. މިންހާ ހިތްހަމަ ޖެހެން ދެން ރޯލާ.. އަމިއްލައަށް ވާހަކަ ދައްކާނެ ހިއްވަރު ލިބުނީމަ ވާހަކަ ދެއްކިޔަސް އެންމެ ރަނގަޅު. އަހަރެން އިންނާނަން މިންހާ ގާތުގަ.” އިނާޔާ ވާހަކަ ދައްކަމުން ދިޔައިރު މިންހާ އިސް ޖަހައިން އިނދެ ރޮނީއެވެ.

އިރުކޮޅެއް ވަންދެން ރުއިމަށް ފަހު މިންހާ ހުއްޓާލިއެވެ. އިނާޔާ އަކީ މިންހާގެ އެންމެ ގާތް ރަހުމަތް ތެރިޔާއެވެ. އެއީ އުފަލާއި ހިތާމައިގެ ވަގުތު މިންހާގެ އެންމެ ގާތުގައި އަބަދު ވެސް ހުންނަ އެކުވެރިއެކެވެ. އެފަދަ ހާލަތެއް އިނާޔާއަށް ކުރިމަތި ވެއްޖެ ނަމަ މިންހާ ވެސް ކަންތައް ކޮށްފައި ވަނީ އެގޮތަށެވެ.

“އިނާ!.. އަހަރެން… އަހަންނަށް އިނގޭ ރީމް އާއި އަމީލުގެ ގުޅުމެއް އޮންނަކަން.. އެމީހުން އުޅެނީ ވަރަށް އަވަހަށް އިންނަން..” ކަރުނަތައް ފުހެމުން މިންހާ ވާހަކަ ދެއްކިއެވެ.

“ކީކޭ؟… ކައިވެނި ކުރަން؟” ދެލޯ ހަނިކޮށްލާ ދެ ބުމަ ގޮށް ޖަހާލަމުން އިނާޔާ ބުނީ ހައިރާން ވީ ވަރުންނެވެ.

“އާނ..! އެއީ.. އަމީލު އެ ވާހަކަ ބުނަން ކަމެއް އަހަންނަކަށް ނޭނގެ.. ކުރިން ރެއެއްގަ އަހަރެން ވަރަށް އުފަލުން އަމީލްއާ އެކީ ބޭރަށް ދިޔައީ.. އަމީލު ބުނެގެން… ތަނަކަށް ކާން… އެކަމު އެރޭ ހިތަކަށް ނާރާ އެވަރުގެ ވާހަކައެއް ބުނަން ކަމެއް އެ އުޅުނީ… އެ ކެއުމަށް… އަހަރެންގެ ކުރިމައްޗަށް ރީމް ގެނެސްފަ………” މިންހާ ވާހަކަ ނުދައްކާ ހުއްޓާލީ ދުލުގައި އެ ހިއްވަރު ނެތުމުންނެވެ. އެހެން ނަމަވެސް އިރުކޮޅަކު އިނުމަށް ފަހު ނޭފަތް ދަމާލަމުން އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ.

“އިނާ!… ރީމް ގެނައުމުގެ ކުރިން އަމީލް އަހަރެން ގާތު ބުނީ އެ މީހުން ކުރިމަތީ މަންމަނަ… މަންމަނަކަށް ވާށ….” ދެއަތުން މުޅި މޫނު ފޮރުުވާލަމުން މިންހާ ރޯން ފެށިއެވެ.

އިވުނު ވާހަކަތަކުން އިނާޔާ އިނީ ބަސް ހުއްޓިފައެވެ. އެވަގުތަކީ އިނާޔާއަށް ހިމޭން ވާން ލިބުނު ފުރުސަތެކެވެ. އެންމެ އެކުވެރި މިންހާއަށް ފިރިއެއްގެ ފަރާތުން ލިބެމުންދާ އަނިޔާއަށް ހިނިތުން ވެގެން އިންނަން އިނާޔާއަށް ކެރޭނެ ހެއްޔެވެ؟ އިނާޔާގެ ހަށިގަނޑުގައި ވަގުތުން އުފެދުނު އަލިފާނުގެ ދިލަ ހޫނުން މުޅި މީހާ ހުޅުދާން ކުރި ފަދައެވެ. ރުޅި އައިސްގެން ދަތްޕިލާ ޖައްސާލާ ބާރު ކޮށްލެވުނީ އަމީލުގެ ހުރި ވިޔާނުދާ ކަން އެނގިފައެވެ.

“މިންހާ!… މިންހާ ކީއްކުރަން ތިހިން ތި އުޅެނީ؟ އޭނާ ބުނާ ހުރިހާ ކަމަކަށް އާނ ހޫނ ކިޔައިގެން މިންހާއަށް އެބަ ފައިދާއެއް ވޭތަ؟ ތިހާ ދަތި ދިރިއުޅުމެއް ބަރުދާސްތު ކުރަން ފަސޭހައެއް ނުވާނެއޭ.” އިނާޔާ ވަކާލާތު ކުރަމުން ދިޔައީ މިންހާއަށް ހެޔޮ ވިސްނޭތޯއެވެ.

“ބަލާބަލަ އަހަރެން.. މިންހާއަށް އެންމެ ރަނގަޅަށް އިނގޭނީ ބަނޫންގެ ބައްޕަ މަށަށް ހާދާލި ގޮތް. އަހަރެން ވެސް ދުވަސް ކޮޅަކު ތިހެން ފިއްތައިގެން އުޅުނީމޭ. ވާކަންކަން ނުވާ ކަމަށް ހަދައިން… އިވޭ އަޑު ނީވޭ ކަމަށް ހަދައިން… އެކަމު އެއީ އިންސާފެއްތަ؟ އޭރުން އެ ގެއްލުވާލެވެނީ އަމިއްލަ އަތުން އަހަރުމެންގެ ހައްގުތައް.. އަހަރުމެންގެ ކަރާމާތްތައް… އަހަރުމެން ނުޖެހޭ ބޭވަފާތެރިވާ ވަގުތު އެމީހުން ކުރިމަތީ ކުޑަކަކޫ ޖަހާކަށް. އެހެން ހަދާހާ ހިނދަކު އަހަރުމެން ނުޖެހޭނެޔޭ އެމީހުންނަށް އަޅުދާސް ވެގެން އުޅޭކަށް. ފިރިހެނެއް ކީއްކުރަން؟ އަންހެނަކު ބޭވަފާތެރި ވިޔަސް ކަން އޮންނަން ވާނީ އެހެނެއް ނޫންތަ؟” އިނާޔާ ވާހަކަ ދައްކަމުން ދިޔައީ ވަރަށް ފޯރީގައެވެ.

“މިންހާ! ވިސްނާލަބަލަ… އެދުހު މިންހާ ވެސް މިހެން އިނދެގެން މަށަށް ހިއްވަރު ދިނީމެއްނު..؟ އެދުހު މިންހާއެއްނު އަހަރެން ގާތު ބުނީ “ސުލްހަވެރި ދިރިއުޅުން ހަނގުރާމަ އަކަށް ވެސް ބަދަލުވެއޭ. އެ ހަނގުރާމައިން ކާމިޔާބު ހޯދަން ކެރިގެން ތެދުވަން ވާނެއޭ.” މިންހާ ބުނި އެ ވާހަކަ އަހަރެން މިއަދު ވެސް ހަނދާން އެބަހުއްޓޭ. މިންހާ!… ޕްލީޒް! ތިކަމުން މިންޖުވާން މަސައްކަތް ކޮށްބަލަ.” އިނާޔާ ހަނދާން ކޮށްދިނީ މާޒީގެ ތެރެއިން ސަފްޚާއެކެވެ.

“ކީއްވެތަ އަނބިންގެ މައްޗަށް ފިރިން އެހާ ގޯހީ؟” މިންހާއަށް އަހާލެވުނެވެ.

“ނޫނެކޭ މިންހާ!… ހަމައެކަނި ގޯސްވެގެން މިއުޅެނީ ހުރިހާ ފިރިންނެއް ނޫނޭ. އަހަންނަށް ފެންނަތާ އެބައުޅޭ ފިރިންގެ މައްޗަށް ގޯސް ބައެއް އަނބިން ވެސް.. ދިރިއުޅުމަކީ އެކަހަލަ ކަމެކޭ. ވިސްނަބަލަ!… މައިންބަފައިންގެ މައްޗަށް ބައެއް ދަރިން ކިހާ ގޯސް.. ހަމަ އެގޮތަށް ދަރިންނަށް ކުލުނު ނުހުންނަ ކިތައް މައިން ބަފައިން މިދުނިޔޭގަ އެބަ އުޅޭ.. ކުޑަ ކުދިންގެ މައްޗަށް އޯގާތެރި ނޫން މީހުންނާ ދުވަސްވީ މީހުންނަށް ރަހުމް ނުކުރާ މީހުން ވެސް ހަމަ އުޅެނީ ނޫންތަ؟ މީކީ ފިރިން ވީމަ ވާގޮތެއް ނޫނޭ. އަދި އަނބިން ވީމަ ވާގޮތެއް ވެސް ނޫނޭ. މީ މީހާގެ ހުންނަ ނުރަނގަޅު އަޚްލާގުން ނިކުންނަ ހައިޖާނުތަކޭ.” އިނާޔާ ބުނީ ހަގީގަތެވެ. ގޯސް ވެގެން މި އުޅެނީ އެންމެނެއް ނޫނެވެ. ބައެއް މީހުންނެވެ.

“ދެން؟.. ދެން ކީއްވެތަ މިހެން ވަނީ؟” މިންހާ އަނެއްކާ ވެސް ސުވާލު ކުރިއެވެ.

“އެއީ އަހަރުމެން ތެރޭގަ ތެދުވެރިކަމާ، އަޅާލުމާ، އޯގާތެރިކަމާ، ހަމްދަރުދީއާ މީގެ އިތުރުން ވެސް މިކަހަލަ އަޚްލާގީ ބައިވަރު މައްސަލަތައް ހުރީމަ ވާގޮތެކޭ.. މަކަރު ހަދައިން, އޮޅުވާލައިން އުޅެން ކެރޭ މީހުން ގިނަ ވީމަ ވާގޮތެއް. އޭގެ ސަބަބުން އަރާރުންވެ ޒުވާބު އިތުރުވަނީ ވެސް.. އިންސާނިއްޔަތު ކަން ކުޑަ ވީމަ މިކަހަލަ ކަންކަން ދިމާވާނެ.. މިއަށް ވުރެ ބިރުވެރި ބޮޑެތި ކަންކަން ވެސް… މީ މިންހާއަށް އެކަނި ވާ ކަމެއް ނޫނޭ. އަދި ތިޔަށްވުރެ ހާލުގަ ވެސް ކިހާ ބަޔަކު އުޅޭނެ.” އިނާޔާއަށް ކިޔުނު ގޮތަކަށް އިނާޔާގެ ތަގްރީރު ކިޔަން ފެށިއެވެ.

“އިނާ!… މަގޭ ބޯ ސަކަރާތްވޭ އެބަ… އިހަށް މިގޭން ދޭ.. އަމީލު އަންނައިރު މިގޭގަ އިނާ ހުރިއްޔާ އޭނަ އަހަންނާ ވަރަށް ސުވާލު ކުރާނެ. ޕްލީޒް. ދެން ދޭ. ވާހަކަ ދައްކާނީ ފަހުން.” ޖެހިލުންވެ ބިރު ގަނެފައި އިން މިންހާ ބެލީ އިނާޔާ ފޮނުވާ ލެވޭތޯއެވެ.

“ނުދާނަން…..! އަހަރެން ނުގަނެ އަމީލު ދެކެ ބިރެއް. އަހަރެން ބޭނުމީ ވެސް އަހަރެން ހުއްޓަ އަމީލު މިތަނަށް އަންނަން. މިންހާ އެބަޖެހޭ ސަލާމަތް ހޯދަން ކުރިމަތިލާން.” އިނާޔާ އަނެއްކާވެސް ބުނެލީ ޖޯޝުގައެވެ.

“ދެން ދޭބަލަ އިނާ… މަ ބޭނުމެއް ނޫނޭ މަށަށް މިލިބޭ އަނިޔާތައް އަމީލުގެ ފަރާތުން އިނާއަށް ލިބޭކަށް.” ހާސްވެފައި ހުރެ މިންހާ މަސައްކަތް ކުރަނީ އެތަނުން އިނާޔާ ފޮނުވާލާށެވެ.

“އަން.. މީ އަހަރެން މާލެއިން އައި އިރު މިންހާގެ ކުދިންނަށް ގެނެސްދިން ހަދިޔާ ކޮޅެއް.” އަތުގައި އޮތް ކޮތަޅު ދިއްކޮށްލަމުން އިނާޔާ ބުނެލިއެވެ.

“ތޭންކްސް އިނާ.. ދެން އަވަހަށް ދޭ.” އާދޭހުގެ ރާގުގައި މިންހާ ބުނެލިއެވެ.

“ބުނަންތަ؟ އަހަރެން މިހާ ފުލް ސަޕޯޓް ދޭން ހުއްޓަ މިންހާ އަހަރެންގެ އަޑު ނޭހިއްޔާ ދެން ވިސްނާ އަހަރެން ވެސް މީ ނެތް މީހެކޭ…. މިންހާއަށް މަށާ ހެދި އަނެއްކާ ދެރައެއް ލިބިދާނެތީ އަހަރެން މިރޭ މިތަނުން ގޮސްފާނަން. އެކަމު ހަނދާން ކުރާތި… މިންހާ ދެން ތިގޮތަށް ހިތާމަ ކުރަން ޖެހުނިއްޔާ އަމީލުގެ ކުރިމަތީ އަހަރެން މާ ނުބައި ވާނެކަން. އޭރުން މިންހާ ޖެހޭނީ އަހަންނާ އެކު ހިތްވަރު ކޮށްފަ ކުރިމަތިލާން.” އެ ގެއިން ނުކުމެގެން ދަމުން އިނާޔާ ދިނީ ވަރުގަދަ އިންޒާރެކެވެ.

އެނދުގައި ހަމަޖެހިލައިން އޮތް ޝަރާ ފޯނު ނެގީ ވިޔާމް ގުޅާ ވަރުންނެވެ. ފޫހި ގޮތަކަށް ތުން ބޮޑު ކޮށްލަމުން ފޯނު ކަންފަތުގާ ޖަހާލީ ހަމަ ޖެހިލަމުންނެވެ.

“ކޮބާ ކިހިނެއްތަ؟ ވަރަށް ގުޅައިފިން.” ލޯބި ލޯބި ގޮތަކަށް މަޑުމަޑު އަޑަކުން ވިޔާމް ބުނެލިއެވެ.

“ހޫމމމ…. އިނގޭ ވިޔާމް ގުޅިކަން. އެކަމު ދެން “ވެކޭ”އަށް އައިމަ އޮންނާނީ މަޖާކުރުން ދޯ.. ދެން އަބަދު ގުޅައިގެން ތިތާ މާ ފޮޅުވާފަ، މިތާ މާ ފޮޅުވަން…. ކިހިނެއް ހުރިހާ އިރަކު މާ ފޮޅުވާނީ.” ޒާތެއްގެ މަލާމާތުގެ ރާގެއްގައި ޝަރާ ބުންޏެވެ.

“އަހަރެން ނުބުނަމެއްނު ތިހެނެއް. މި އަހާލީ ޝަރާ ކިހިނެއްތޯ؟” އަނެއްކާ ވެސް ލޯބި އަޑަކުން ވިޔާމް ބުނެލިއެވެ.

“ރަނގަޅޭ. ހާލު ދެރަވީމަ ގުޅާފަ ބުނާނަން. ދެން ނޫނީ މަރު ވިއްޔާ މި ފަޒީމެން ވިޔާމަށް އަންގާނެއްނު.” ޝަރާ ވާހަކަ ދައްކަމުން ދިޔައީ އޭނާގެ “ގަޓު” ގޮތުގައެވެ.

“ޝަރާ…….! އަހަރެން ބުނަން ދޯ އަމިއްލަ ނަފްސާ ބެހޭ ގޮތުން ތިކަހަލަ ވާހަކަ ނުދައްކާށޭ.” ފަނޑު ވުމެއް ނެތް އެ ލުއި އަޑުން އަނެއްކާ ވެސް ވިޔާމް ބުނެލިއެވެ.

“ކޮބާ މިހާރު މަންމަ؟ މަށަށް ގުޅާލައޭ ވަރަކަށް… ހީވަނީ ތިންއިރު އިރަކު ކާ ބޭހެއްހެން… ހުވާ މިބުނީ. ހިތްހަމަ ޖައްސާލަން ވެސް މަށަށް ނާދެވޭނެ ތާކަށް.” ޝަރާ ޝަކުވާ ކުރީ އޭނާގެ މަންމަ އިރުކޮޅަކާ ގުޅާތީއެވެ.

“އެހެން ނުވާނެއްނު ޝަރާ ވެސް ނަޝާޔާއަށް ގުޅާ ނަމަ..” ވިޔާމް ބުނެލިއެވެ.

“ދެން ވިޔާމް ގުޅާބަލަ އިރުކޮޅަކާ… އަހަރެން ކޮން ވާހަކައެއްތަ ނަޝާޔާއާ ދައްކަން އޮންނާނީ؟ މިހާރު ތިއުޅެނީ މަންމައާ ދެމީހުން ވެގެން އަހަރެން ރުޅި އަރުވަން ދޯ؟” ހިތްހަމަ ނުޖެހިފައި ޝަރާ ވާހަކަ ދެއްކިއެވެ.

“ރަނގަޅަކަށް މި ބުނަނީ” ވިޔާމް ބުނެލިއެވެ.

“ރަނގަޅު ގޮތް އިނގޭނީ މަށަށް.. ވިޔާމް ވެސް ނުޖެހޭނެ މަށަށް ގޮތް ކިޔާދޭކަށް. އަހަރެން މީ ވަރަށް ފޮނި އުންމީދެއް ކުރާ މީހެއް. ކަލޭމެން ބުނާ ގޮތަށް އުޅެން ވިއްޔާ އަހަރެން ޖެހޭނީ މިކަންކަން ހުއްޓާލާފަ ގޭތެރޭގަ ގުދަށް އޮންނަން. މޫޑް އޮފްވާ ވާހަކަ ދައްކަން މަ މިތާ ހުއްޓަ ދެން ނުގުޅާތި..” އަމިއްލައަށް އައި ރުޅީގައި ޝަރާ ފޯނު ބޭއްވީ ފިރިމީހާއަށް އިންޒާރު ދެމުންނެވެ.

– ނުނިމެ-

މިބައި ވެސް ކަމުދިޔަ ކަމުގައި އުންމީދު ކުރަން. ވަރަށް އުފާވެރި ދުވަހަކަށް އެދެން.

 

 

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

މަލާމާތް ލޯބި – 1

Next

ނޭދެން ވަކިވާކަށް 22 ވަނަ ބައި

Next
July 9, 2026

ނޭދެން ވަކިވާކަށް 22 ވަނަ ބައި

Previews
July 8, 2026

މަލާމާތް ލޯބި – 1



All Right Reserved!