Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ހިމޭން 9

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
July 13, 2026 6 Mins Read
4 Comments

“ދެން ވިޔާމް ގުޅާބަލަ އިރުކޮޅަކާ… އަހަރެން ކޮން ވާހަކައެއްތަ ނަޝާޔާއާ ދައްކަން އޮންނާނީ؟ މިހާރު ތިއުޅެނީ މަންމައާ ދެމީހުން ވެގެން އަހަރެން ރުޅި އަރުވަން ދޯ؟” ހިތްހަމަ ނުޖެހިފައި ޝަރާ ވާހަކަ ދެއްކިއެވެ.

“ރަނގަޅަކަށް މި ބުނަނީ” ވިޔާމް ބުނެލިއެވެ.

“ރަނގަޅު ގޮތް އިނގޭނީ މަށަށް.. ވިޔާމް ވެސް ނުޖެހޭނެ މަށަށް ގޮތް ކިޔާދޭކަށް. އަހަރެން މީ ވަރަށް ފޮނި އުންމީދެއް ކުރާ މީހެއް. ކަލޭމެން ބުނާ ގޮތަށް އުޅެން ވިއްޔާ އަހަރެން ޖެހޭނީ މިކަންކަން ހުއްޓާލާފަ ގޭތެރޭގަ ގުދަށް އޮންނަން. މޫޑް އޮފްވާ ވާހަކަ ދައްކަން މަ މިތާ ހުއްޓަ ދެން ނުގުޅާތި..” އަމިއްލައަށް އައި ރުޅީގައި ޝަރާ ފޯނު ބޭއްވީ ފިރިމީހާއަށް އިންޒާރު ދެމުންނެވެ.

***********

ނިދަން އޮތް ވަގުތު އިނާޔާގެ ސިކުނޑި އޭނާއަށް އުނދަގޫ ކުރަނީއެވެ. އެކުވެރި މިންހާގެ ހިތްދަތި ދިރިއުޅުމާއި މެދު ވިސްނޭ ވަރުންނެވެ. މީގެ ކުރިން އިނާޔާ ތަހައްމަލް ކުރި ފަދަ ހިތްދަތި ދިރިއުޅުމެއް މިންހާ ތަހައްމަލް ކުރަމުން ދާތީއެވެ. އާނ އެކެވެ. މިފަދަ ހާލަތެއް ހަމަ ކޮންމެ މީހަކަށް ވެސް ދިމާވެދާނެ އެވެ. އެހެނަސް އެއީ ހާލަތަށް ތަބާވާން ޖެހޭ ވަގުތެއް ނޫނެވެ. އެއީ އެ ހާލަތުން މިންޖުވާން މަސައްކަތް ކުރަންވީ ވަގުތެވެ.

މާޒީގެ ފަތްފުށް ތަކުގައި އިނާޔާގެ ފިރިމީހާ އަކީވެސް ރުޅިގަދަ މީހެކެވެ. ބަނޫން ލިބުނު ފަހުން ވެސް އިނާޔާ އޭނާގެ ފިރިމީހާއާ އެކު އެފަދަ ހިތްދަތި އެތައް ދުވަސް ތަކެއް ވޭތު ކުރިއެވެ. އެހެނަސް އިނާޔާއަށް ކުރާ އަނިޔާ ތަކާއި ދެކޮޅަށް އެދުވަހު ތެދުވީ މިންހާގެ ވަރަށް ބޮޑު ހިއްވަރަކާއި އެކުގައެވެ.

އިނާޔާގެ ސިކުނޑި ކުއްލިޔަކަށް ޖެހިލީ މާޒީގެ އެ ހިތްދަތި ދުވަސްތަކާއި ވަގުތު ތަކަށެވެ. އެއީ އިނާޔާ އެފަދަ ކަމެއް ތަހައްމަލް ކުރި ހިތި މާޒީއިން ސަފްހާ އެކެވެ.

މިންހާ އެދުވަހު އިނާޔާގެ ގެއަށް ވައިން އިރު ސިޓިންރޫމަށް ވެއްޓިފައި އޮތް ބޮޑު ކަތުރަކާއި ދެތިން ހެދުން ޓައިލްސްތައް މަތީ އޮތެވެ. ތަންކޮޅެއް ދުރުގައި ވެއްޓިފައި އޮތް ފެން ފުޅިއަކާ ޓިޝޫ ބޮނޑިއެއް އޮތެވެ. އެއީ ހަމަ ގައިމު ވެސް އިނާޔާ ނޫނީ އިމްރާންގެ ކަމެކެވެ. ކުޑަކުޑަ ލޯބިލޯބި ބަނޫންއަށް އަދި ތަންދޮރު ވަކި ވެސް ނުވާނެއެވެ. ވީއިރު، އިނާޔާ އާއި އިމްރާންގެ ފަރާތުން ނޫނީ މިފަދަ ކަމެއް އެ ގެތެރޭގައި  ނުހިނގާނެ ކަން މިންހާއަށް ޔަގީނެވެ.

މިންހާ ގޮސް ކޮޓަރީގެ ދޮރު ހުޅުވާލުމާއި އެކު އިނާޔާ ވަރަށް ބާރަށް މިންހާ ގައިގަ ބައްދާލިއެވެ. އޭރު އިނާޔާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް އެއްވެސް ހުރަހެއް ނެތި ފައިބަމުން ދިޔައެވެ.

“މިންހާ! އިމްރާން އެ ދިޔައީ އަހަންނަށް އަނިޔާ ކޮށްފަ. ބަލާލަ މަގޭ އަތް. ހިފާލާފަ ހުރި ބާރު ކަމުން… ލޭ އަރާފަ މިހުރީ… އަހަ… އަހަރެންގެ ހެދުންތައް ވެސް ކަތުރުން ކަފާ…” އިނާޔާއަށް ވާހަކައެއް ނުދެއްކުނެވެ. އެއަށް ވުރެ ބާރަށް އޭނާއަށް ރޮވެނީއެވެ.

“އިނާ!…. ދުނިޔޭގަ އުޅޭއިރު ކަންކަން ދިމާވާނެ. އިނާ ވެސް ޖެހޭނެ އެކަން ގަބޫލު ކުރަން. ހިއްވަރު ކޮށްފަ ކުރިމަތިލާން… ކޮންމެ ގޮތެެއް ވިޔަސް، ތިހާ އަނިޔާވެރި މީހެއްގެ ވަކިތަކުން ސަލާމަތް ވެގެން ނޫނީ ޖިސްމަށާއި، ނަފްސައް އެއްވެސް ލުއިކަމެއް ނުލިބޭނެ.. ބަނޫން ކުޑަކޮށް ހުއްޓަ ތި ކައިވެނި ރޫޅާލަން ފަސޭހަ ވެސް ވާނެ. ނޫނީ އެކުއްޖާ ބޮޑުވާ ވަރަކަށް އެކުއްޖާގެ ކާނާ އަކަށް ވާނީ ރުޅިވެރި ކަމާ ނަފްރަތު… އެހެން ވީމަ މިވަގުތުން ފެށިގެން އިނާޔާ ބަލާ އިމްރާންއާ ދެކޮޅަށް އިންސާފު ހޯދަން.” މާޒީގެ އެދުވަހު މިންހާ ހިއްވަރު ދިނީ އިނާޔާއަށެވެ.

“މިންހާ…! އެނގޭތަ؟ ރަނގަޅަށް ތިހެން ތިބޭ މީހުންނަށް ވަރަށް ފަސޭހަ ވާނެ ‘ނުރޯށޭ’ ބުނަން. ވަރަށް ފަސޭހަ ވާނެ ‘ހިއްވަރު’ ކުރާށޭ ބުނަން… އެކަމު ކަމަކާ ޖެހުނީމަ ކާކަށްތަ އޮންނަނީ ނުރޮއެ ހިތްވަރު ކުރެވިފަ…؟ މީ ކިހާވަރެއްގެ ކަމެއްކަން  އެނގޭނީ އަހަރެންގެ މިހާލު މިންހާ ވެސް އިހްސާސް ކުރަން ޖެހޭ ދުވަހެއް އައިމަ.” އެދުވަހު އިނާޔާ ރޮއެރޮއެފައި ވާހަކަ ދެއްކީ ހިތުގައި އަޅަމުން ދިޔަ ވޭނަށް ކެތް ނުކުރެވިގެންނެވެ.

“އިނާޔާ!.. އަހަންނަށް ރަނގަޅީ ތިކަހަލަ ދުވަހެއް އަހަންނަށް ނައިއްޔާ… އެކަމު އަހަންނަށް ތިކަހަލަ ކަމެއް ދިމާ ވިޔަސް، އަހަރެން ބަލާނަން އިނާޔާ ތި އިންނަހެން އަނިޔާއަށް މަރުހަބާ ނުކިޔާ ވޭތޯ.. ތިޔަށް ވުރެ ހިއްވަރު ވެސް ކުރާނަން.. ތިކަމުގެ ސަބަބުން އިނާޔާ ތި އިންނަނީ މުޅި މީހާ މައިތިރި ވެފަ… ހިމޭން ވެފަ…” އެ ދުވަހު މިންހާގެ އަޑުގައި ވަނީ ހިއްވަރާއި ޖޯޝެވެ.

މާޒީގެ ސަފްހާ ލައްޕާލަމުން ބަނޫން ގާތު އޮވެ އެ ޚިޔާލުތަކަށް ފަހު އިނާޔާއަށް ނިދުނީއެެވެ.

ދުވާލުގެ ވަގުތެވެ. އަމީލު ގެއަށް އައީ ތަންކޮޅެއް ލަހުންނެވެ. އެހެން ނަމަވެސް އެރޭ މިންހާ އަމީލުގެ އިންތިޒާރުގައި މަޑެއް ނުކުރެއެވެ. އެނދުގައި އޮށޯއްވެލައިން އޮތީ އިނާޔާ ދެއްކި ވާހަކަ ތަކާއި މެދު ވިސްނާށެވެ. އެ ކަމުން މިންޖުވާން ކޮންމެސް ގޮތެއް ހޯދަން ޖެހިއްޖެ ކަން މިންހާއަށް ވިސްނުނެވެ. އޭރު އިނާޔާގެ މި ހާލަތުގައި މިންހާ ދިން ހިއްވަރާއި އޭރު ދެއްކި ވާހަކަތައް މިންހާގެ އަމިއްލަ ކަންފަތުގައި ގުގުމާހެން މިންހާއަށް ހީވާން ފެށިއެވެ.

އެ ވިސްނުމުގައި އޮއްވާ ކޮޓަރިއަށް ވަނީ އަމީލެވެ. ހިތްހަމަ ނުޖެހިފައިވާ މޫނެއް ދައްކާލަމުން އަމީލު ހުރީ މިންހާ އާއި ދިމާލަށް ބަލާށެވެ. ހުއްޓުން އަރާފައެވެ. އަމީލުގެ އެ ހަރަކާތުގެ ސަބަބުން މިންހާގެ މޭގައިވާ ހިތް ހީވަނީ ނެގިނެގިފައި ޖެހޭ ހެނެވެ. މަޑުމަޑުން ތެދުވެ އިށީންދެލީ އަމީލު އާއި ކުރިމަތި ލުމުގެ ގޮތުންނެވެ.

“ކޮބާ ފޯނު؟ މަ ނުބުނަންތަ މީހުންނަށް ނުގުޅާކަށް؟ ނުބުނަންތަ ރައްޓެހިން ގާތު ބުނާށޭ ކަލެއަށް ނުގުޅާށޭ؟ އެނ؟؟؟” ދެއަތް ފުރަގަހަށް ލަމުން އަމީލު ވާހަކަ ދެއްކީ ހަރުކަށި އިބާރާތުންނެވެ.

އަމީލާ ދިމާލަށް ބަލަމުން މިންހާ ތެދުވެގެން ގޮސް ހުޅުވާލީ ޑްރެސިންގް ޓޭބަލްގެ ވަތްގަނޑެވެ. އިރުކޮޅަކު އޭގެތެރެ ހާވާލުމަށް ފަހު ނެގި އެތި އަމީލަށް ދައްކާލިއެވެ.

“މި… މީ ސިމް… އެއްވެސް މީހަކަށް އަހަންނަކަށް ނުގުޅޭނެ… އަހަރެން ވެސް އެއްވެސް… މީހަކަށް ނުގުޅަނ….” މިންހާގެ އަޑާއި އެކު އަމީލު ވަގުތުން ސިމް އަތުލާފަ އެއްލާލިއެވެ.

“ބަލަ ކަލޭ ނުގުޅާ ވަރުގަ ކީއްކުރަން މިގެއަށް ރައްޓެހިން ވަންނަންވީ؟ މިރަށު އެންމެންނަށް ވެސް މަގޭ ގޮތް އެނގޭނެ. މިގެއަށް ވަންނަން ކެރޭނީ މަ ވެއްދި މީހަކަށް. ކަލޭ ނުޖެހެޔޭ އިނާޔާ ވައްދާކަށް.” މިންހާގެ އިސްތަށިގަނޑު ގައި ހިފައިން ހުރެ އަމީލު ވާހަކަ ދައްކަމުން ދިޔައެވެ.

“ތަދުވޭ… އަމީލް… ތަދު… އޭނައަށް އާދެވުނީ…” މިންހާގެ ތުރުތުރު އަޅަމުން ދިޔަ އަޑުގައި ވަނީ ހާސްކަމެވެ.

“ތަދު ކުރާށޭ މަ މިއުޅެނީ. އަދި ބުނެފި އެއްނު އާދެވުނީއޭ.. ވެއްދީމަ ދޯ ވަދެވުނީ.” އިސްތަށިގަނޑުން ދޫކޮށްލުމަށް ފަހު އެނދާ ދިމާލަށް ކޮށްޕާލުމަށް ފަހު އަމީލު ނުކުމެގެން ދިޔައީއެވެ.

“އާހްހހހހހ!……” ވެއްޓެމުން ދިޔަ މިންހާގެ ބަނޑު ޖެހުނީ އެނދުގެ ދާރަފަށުގައެވެ. އެއާއެކު ވަރަށް ބާރަށް މިންހާ ވެއްޓި މުށިތަކުގައި އޭނާގެ ބޯ ވެސް ޖެހުނެވެ.

ސިޓިން ރޫމް ސޯފާގައި ތިބީ ސަކީބާ އާއި ސިމޫގެ އިތުރުން ޝާހެވެ. އޭރު ނަޝާޔާ ތަންކޮޅެއް ދުރުގައި އައިޕެޑް ބަލަން އިނެވެ. ގޭތެރޭގައި ދެކެވެމުން ދަނީ ދަތުރު ކުރަން ދިޔަ ޝަރާގެ ވާހަކައެވެ. އައިޕެޑް ބަލަން އިނަސް ނަޝާޔާގެ ކަންފަތް މުޅިން ހެން ހުޅުވާ ލާފައި ވަނީ ގޭތެރޭގައި ދެކެވެމުން ދިޔަ ވާހަކަ ތަކަށެވެ.

“ގުޅިޔަސް ފޯނު ވެސް ނުނަގަނީއޭ… އަޅޭ ވިސްނާލަން ވާނެ ދޯ؟” ސަކީބާ ބުނެލިއެވެ.

“މަންމަ ކީއްކުރަންތަ ދޮންތަ ހަމަ ބުނެލާއިރަށް އަހަރުމެން ގޮވައިން މާލެ ތި އައީ؟ މައްސަލައަކީ މަންނަވެސް ދޮންތައަށް ތިގޮތަށް ފުރުސަތު ދޭތީއޭ.” ޝަރާއާ ދޭތެރޭ ހިތްހަމަ ނުޖެހުން ފާޅު ކުރަމުން ޝާހު ބުނެލިއެވެ.

“ތެދެއް ތިބުނީ ދޮންބޭ. ދެން އަހަރުމެން މާލެ އައިސް ނަޝާޔާގެ ކަންކަން ކުރަން މަޑުކޮށްގެން މިތާ… ދޮންތަ ދޯ ޖެހޭނީ މާލޭގަ ހުރެގެން އޭނަގެ ދަރިއަށް ކިޔަވައި ދެންޏާ މި ކަންކަން ކުރަން.” ސިމޫ ބުނެލީ ހިތްހަަމަ ނުޖެހިފައެވެ.

“މަންމަ ބުނޭ ގުޅާފަ އަހަރުންނަށް މިކަމެއް ނުވާނެއޭ. ނަޝާޔާ ބަލަން އަންނާށޭ.” އަނެއްކާ ވެސް ސިމޫ ބުނެލިއެވެ.

އައިޕެޑަށް ބަލަން އިން ނަޝާޔާގެ ނަޒަރު ވަގުތުން ހުއްޓުނީ ސިމޫއާ ދިމާލަށެވެ. ހަމަ އެ ސިކުންތުގައި އަނެއްކާ ވެސް އައިޕެޑަށް ބަލައިލީ ހަމަ ގައިމު ވެސް ކޮންމެސް އެއްޗެއް ވިސްނުނީމައެވެ. އެހެނަސް ނަޝާޔާ ކެތްކުރަމުން ދިޔައީ އެ މާހައުލުގައި ދައްކަމުންދާ ވާހަކަތައް އިތުރަށް އަޑު އެހުމުގެ ބޭނުމުގައެވެ.

“އަޅެ ވިޔާމް އެބުނިއްޔޭ އޭނައަށް ވެސް އޮތީ ގުޅުން މަނާ ކޮށްފައޭ.. ކޮންކަހަލަ މީހެއްތަ އެއީ؟ ދަރިޔަކަށް ފިރިއަކަށް ވިސްނުމުގެ އެއްކަމެއް ވެސް އޭނަ ގައިގަ ނެތް. އަބަދު ވިޔަފާރި އަބަދު ލާރި ފައިސާ…” ސަކީބާ ވެސް ދިޔައީ އިނގުނު ވާހަކައެއް ވިއްޔާ ކިޔަމުންނެވެ.

“މަންމަ ވިސްނަބަލަ! މި ކުޑަ ކުއްޖާ އެ އިންނަނީ އޭނާ މަންމަގެ ލޯބި ނުލިބިފައޭ.. ކޮންމެ ހަފްތާ އަކު ކޮންމެސް ތާކަށް ދޮންތަ އެދަނީ ކުއްޖައަށް ބަލާނުލާ… އަޅާނުލާ.. މަންމަ މި ވާހަކަ ދައްކައިން މިކަން ރަނގަޅު ކުރުވަބަލަ.. ނަޝާޔާއަށް ލަނޑެއް ލިބި ދެރަ ގޮތެއްވާ ދުވަހަކުން ދޮންތައަށް ވިސްނޭނީ.” ސިމޫ ވާހަކަ ދައްކަމުން ދިޔައީ ވަރަށް ފޯރީގައެވެ.

އެވަގުތު އަނެއްކާވެސް ނަޝާޔާއަށް ބަލައިލެވުނީ ސިމޫއަށެވެ. ފޫހި ގޮތަކަށް ބަލައިލުމަށް ފަހު ނަޝާޔާ އަނެއްކާ ވެސް ޓެބް ބަލަން ފެށިއެވެ.

“މަންމައަށް ވެސް އެނގެއޭ ފިރިއަކަށް ދަރިއަކަށް އޭނަ ވަގުތެއް ނުދޭކަން. ފައިސާ ލިބުނީމަ ނިމުނީ އެއް ނޫން ދޯ؟ އެހެން އުޅޭ ނަމަ ދަރިޔަކު ނުހޯދާ ހުރިނަމަ ވީކީނު؟” ސަކީބާ ރުންކުރު ގޮތަކަށް ބުނެލިއެވެ.

“ދަރިފުޅާ ނަޝާޔާ! މަންމައަށް ރަނގަޅު ވާނެ މިހާރު ނަޝާޔާ މަރު ވިޔަސް ދޯ..؟ އަޅެ ދުނިޔޭގަ ހުރިތޯ ބަލައިލަން ގުޅާވެސް ނުލާވިއްޔަ.” ނަޝާޔާއަށް ގޮވާލަމުން ސަކީބާ ބުނެލީ ހިތްދަތި ބަސްތަކެކެވެ.

އެ އަޑު އިވި ނަޝާޔާ ވަގުތުން އިސްދަށަށް ޖަހާލިއެވެ. އެ ވާހަކަ ތަކަށް ނަޝާޔާ ވަކި ބުނާނީ ކީކޭ ހެއްޔެވެ؟ ނަޝާޔާއަކީ ކުޑަކުއްޖެއް ކަން އެންމެނަށް ވެސް އެނގޭނެއެވެ. އެހެން ނޫނަސް ނަޝާޔާގެ ދުލުގައި ދައްކާނެ އެއްވެސް ވާހަކައެއް ނޯންނާނެއެވެ.

“އާނ… އޭނަ މަންމަ ހަދިޔާއަކަށް ގެންނާނީ ސަންދޯކެއް ކަންނޭނގެ. ދިރިހުއްޓާ މަރާލައިން ވިއްޔަ އެއުޅެނީ.” ނަޝާޔާއަށް ބަލައިލަމުން ސިމޫ ބުނެލީ ރުޅި އައިސްފައި އިނދެއެވެ.

ސްކޫލު ނިމޭ ގަޑިއަށް މިންހާ ބަލާ ނުދިއުމުން ޝިޔާމް އާއި ލިޔަމް ގެއަށް އައީ އެކަންޏެވެ. މީގެ ކުރިން ދުވަހަކު ވެސް މިންހާ އަކީ ކުދިންގެ ކަންކަމުގައި ގަޑި ޖެހިފައިވާ މީހަކަށް ނުވާތީ ދެ ކުދިން ތިބީ ނުހަނު ފިކުރު ބޮޑުވެފައެވެ.

ގެއަށް އައިސް ވަނުމާއި އެކު ސޯފާގައި ދަބަސްތައް ބަހައްޓާ ލަމުން ދެކުދިން ވެސް ‘މަންމާ’ އޭ ކިޔާ މިންހާއަށް ގޮވަމުން ދިޔައެވެ. މިންހާގެ ޚަބަރެއް ނުވުމުން ފަހަރަކު ކުއްޖަކު ކޮޓަރިތައް ބަލަން ފެށިއެވެ.

ދޮރު ހުޅުވާލުމާއި އެކު ލިޔަމްއަށް ހަޅޭއް ލަވައި ގަނެވުނެވެ. ކުރިމަތީގައި އޮތް މިންހާ މުށިތައް މައްޗަށް ވެއްޓިފައި ވާއިރު އުނަގަނޑާއި ދިމާ ތިރިން ދެފައި ކޮޅާ ހަމައަށް ދައުރު ވެފައިވާ ލޭތައް ފެނި ހައިރާންވިއެވެ. ކަމުގެ ސީރިއަސް ކަން ނޭނގުނަސް ބޮޑު ކަމެއް ވެއްޖެ ކަމުގެ އިހްސާސް ވުމުން ވަރަށް ބާރަށް ޝިޔާމަށް ގޮވަން ފެށިއެވެ.

ސިއްޙީ މަރުކަޒާ ދިމާ ގެސްޓް ހައުސް ކައިރި މަޑުކޮށްލައިން ހުރި ރީމްގެ ނަޒަރު ހުއްޓުނީ ކުރިމަތިން އައި އެމްބިއުލާންސަށެވެ. އޭރު މަޑުމަޑުން އެކި ދިމާލުން މީހުން ވެސް އެއްވާން ފަށައިފިއެވެ. ރީމް އަކީ އެރަށަށް އުފަން މީހެއް ނޫނަސް އޭނާގެ ހިތަކީ އޯގާތެރި ކަމެއްވާ ހިތެކެވެ. މާގިނަ މީހުންނާ ވާހަކަ ދައްކާ ނޫޅުނަސް، އެފަދަ ހާދިޘާއެއްގެ ކުރިމަތިން ފިލަން ދާން ރީމަކަށް ނުކުރެއެވެ. މަޑު މަޑުން ގޮސް މީހުން އެއްވެފައި ތިބި ދިމާލަށް ޖެހިލީ ވެގެން އުޅޭގޮތް ދެނެގަތުމަށެވެ.

“ހޭނާރައިގެން ގެނައި ކަމަށް ވަނީ.” އެތަނުން މީހަކު އެހެން މީހަކާ ދިމާލަށް ބުނެލި އަޑު އިވުނެވެ.

“އާނ!… މަވެސް އަޑު އެހީން ވަރަށް ގިނައިން ލޭ ފައިބާފަޔޯ އޮތީ… ވެދާނެ ދޯ އޭނަ ފިރިމީހާ އަނިޔާ ކުރީ ކަމަށް ވެސް.” އަނެއްކާ ވެސް އެހެން މީހަކު ބުނެލި އަޑު ރީމަށް އިވުނެވެ.

“އާނ… ކައްޓި ރުޅިއެއް ހުންނަ މީހެއް އަމީލަކީ… ތި ވާނީ ކޮންމެސް ކަމަކާ ރުޅި އައިސްގެން މިންހާއަށް ކަމެއް ކުރީ ކަމަށް.” އެތަނުން އެހެން މީހަކު ބުނެލި ޖުމްލަތަކުގެ އިތުރުން އަމީލުގެ ނަން އިވި ރީމްގެ ހިތަށް ހީވީ ކުއްލި ތަދެއް ވީހެނެވެ.

“ވެދާނެ… އަދި އެނގޭތަ އެފަކީރު އިން ހާލު؟ އޭނަ އެންމެ ފަހުން ޑަކްޓަރަށް ދައްކަން އައި ދުވަހު މަށާ ދިމާވިއޭ. ބުނި ބަނޑުބޮޑު ވާހަކަ ވެސް” އަނެއްކާ ވެސް ކޮންމެސް މީހަކު ޝޯޚުވެފާއި ހުރެ ބުނެލިއެވެ.

އިވުނު އަޑުތަކުން ރީމަށް މަޑު ޖެހިލެވުނެވެ. މުޅި ހަށިގަނޑު ވަގުތުން ހިމޭން ވިއެވެ. ރީމްގެ ކުރިމަތިން މަރުކަޒުގައި އެޑްމިޓް ކުރަން އެމްބިއުލާންސްއިން ބާލުއްވައިން ގެންދިޔައީ ކެފޭ ތެރެއިން ދިމާވި މިންހާއެވެ. އެރޭ ރީމަށް ލިބުނު މައުލޫމާތުގައި އެއީ މަންމަނެކެވެ. އެހެނަސް މި މާހައުލަށް އެއްވެފައި ތިބި މީހުންގެ ފުށުން ސާބިތުވީ މިންހާ އަކީ ވާހަކަ ދެއްކޭ މީހެއްކަމެއް. މިއީ ރީމަށް ކިހާ ބޮޑު އަޖައިބެއް ހެއްޔެވެ؟ އެރޭ އަމީލު ތަޢާރަފް ކޮށްދިނީ މިންހާ އަކީ އަމީލުގެ ކޮއްކޮ ކަމެވެ. އެހެނަސް މިއަދު ސާބިތުވީ މިންހާ އެއީ ދަރިއަކަށް ބަލިވެ އިން އަމީލުގެ އަންހެނުން ކަމެވެ.

– ނުނިމެ –

 

 

 

 

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

އިންތިހާ ލޯބި ވެވޭތީ – ދެވަނަ ބައި (2)

Next

މަގޭ ދުނިޔެ

Next
July 13, 2026

މަގޭ ދުނިޔެ

Previews
July 13, 2026

އިންތިހާ ލޯބި ވެވޭތީ – ދެވަނަ ބައި (2)

4 Comments!

  1. Black says:
    July 13, 2026 at 9:21 pm

    Bravo!!! MA keep the hardwork up ☝️🖤 wonderful masterpiece of yours. When’s next?
    Lysm❤️ & Tgsm

    1. Shaleen says:
      July 13, 2026 at 9:53 pm

      Thankkkkkkk youuu.
      V v v v v v ufaavejje 🥲
      Next part Thursday ga in sha Allah
      Lysm ❤️❤️❤️

  2. Gurrly currly says:
    July 13, 2026 at 9:25 pm

    Maashaa Allah mi part vx varah varah reethi….
    Hama eh part in aneh part ah Shaquverikan ithuru vamun dhanee…
    When next??
    Eagerly waiting for the next part 😁😍

    1. Shaleen says:
      July 13, 2026 at 10:00 pm

      Awwwwwnn thanks v ufaaveri comment eh.
      Yesssss .
      Aslu vaahakaige reethikan ingeynee vaahaka nimendhen kiyaaleema ingey.
      Ummeedhu kuran v thafaathu v shauguveri vaahaka eh kamah.
      Next part in sha Allah Thursday ga .
      Ehenveema shaleenves Hama next part ga thi kudhinge comment ah inthizaaru kuraanan ingey.
      Happy 😊❤️❤️❤️

Comments are closed.



All Right Reserved!