Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ހިމޭން 7

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
July 8, 2026 5 Mins Read
8 Comments

ސްޓާފް ރޫމުގެ މޭޒެއްކައިރި އިނާޔާ އިނީ ނަޝާޔާގެ ކްލާސް ޓީޗަރުގެ އިންތިޒާރުގައެވެ. އެހެން އިންތާވީ އިރުކޮޅެކެވެ. ހިނގާފައި އައިސް ގޮނޑީގައި އިށީން އަންހެން ޓީޗަރ ވަރަށް ފުންކޮށް އިނާޔާގެ ލޮލަށް ބަލައިލިއެވެ. އޭނާގެ ދެ ލޯ ބޮޑުވެފައި އެސްފިޔަތައް ދިގެވެ. މަޑު ރަތް ކުލައެއް ޖައްސާލާފައިވާ އެ ތުނި ތުންފަތުގައި ވަނީ ލުއިލުއި ހިނިތުން ވުމެކެވެ. އެހެނަސް އޭނާގެ އެ ހިނިތުން ވުން ހިނދުކޮޅެއްގެ ތެރޭގައި ހަމަ ހިމޭން ކަމަށް ބަދަލުވިއެވެ.

“ނަޝާޔާގެ ބެލެނިވެރިޔާ ދެއްތޯ؟.. އަޅުގަނޑު ބޭނުން ނަޝާޔާއާ ބެހޭގޮތުން ސުވާލު ކޮށްލަން. ކޮބައިތޯ ނަޝާޔާ؟ މި ފަހުން ނަޝާޔާގެ ފަރާތުން އެއްވެސް ވަރަކަށް.. އެއްވެސް ކަހަލަ ކަމެއް ފާހަގަ ވޭތޯ؟” ޓީޗަރު ސުވާލު ކުރުމާއި އެކު އިނާޔާ ވިސްނުންތައް އިންތިހާއަށް ދިޔައެވެ. ނަޝާޔާއާ ބެހޭގޮތުން ކުރާ ކޮންމެ ސުވާލަކަށް ޖަވާބު ދޭން ނޭނގި ދާނެތީއެވެ.

***********

“ނަޝާޔާ ރަނގަޅު. އަޅުގަނޑު އައި އިރު ގޭގަ އެބައިން. ދެން މިސާލަކަށް ކޮންކަހަލަ ކަމެއްތޯ ތިދެންނެވީ… ނަޝާޔާގެ ފަރާތުން ފާހަގަ ވޭތޯ؟” އެއްވެސް އެއްޗެއް ނޭނގޭ ކަމަށް ހަދަމުން، އިނާޔާ ބެލީ ޓީޗަރުގެ އަނގައިން ވާހަކަ ހޯދޭތޯއެވެ.

“މި ދެންނެވީ ގޭގަ އުޅޭ ވަގުތު ތަކުގަ އެ އުމުރުގެ އެހެން ކުދިންނާ ނަޝާޔާއާ އެއްވެސް ތަފާތު ކަމެއް ހުންނަކަމަށް ފާހަގަ ވޭތޯއޭ؟ މިސާލަކަށް ވާހަކަ މަދުވުން، އެކަހިރިވުން، މަޑުމައިތިރިވުން…. މިކަހަލަ ކަންކަން..” ޓީޗަރު ދެއްކި ވާހަކައަށް ވިސްނާލަމުން އިނާޔާ ބޯ ޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.

“ކިހިނެއްވީތޯ ޓީޗަރ ތިހެން ތި ދެންނެވީ؟” އިނާޔާ އަނެއްކާ ވެސް ކުރީ ސުވާލެކެވެ.

“ވާގޮތަކީ.. ނަޝާޔާގެ ފަރާތުން މިބުނާ ކަންކަން މިހާރަކަށް އައިސް މާބޮޑަށް ފާހަގަވޭ. އޭގެ އިތުރުން މިހާރު ވަރަށް ގިނައިން ކްލާސް ގަޑީގަ ނިދާފަ އިންނާތީ ގިނަ ޓީޗަރުން އެވާހަކަ އަޅުގަނޑަށް ކޮމްޕްލެއިން ކޮއްފަ ވަނީ.” ޓީޗަރު ވާހަކަ ދައްކަމުން ދިޔައެވެ.

” ކޮބައިތޯ ނަޝާޔާގެ މަންމައާ ބައްޕަ؟ އެއް ފަހަރު ނަޝާޔާގެ މަންމަ އަޅުގަނޑާ ދިމާވި މީޓިން އަކުން. މިކަހަލަ ވާހަކައެއް ވީމަ އަޅުގަނޑަށް ބޮޑަށް ރަނގަޅީ މަންމަ ނޫނީ ބައްޕަ ދުރުވިއްޔާ.” ޓީޗަރު ބޭނުން ވަނީ ޝަރާ ނޫނީ ވިޔާމްއާ ވާހަކަ ދައްކަން ކަން ހާމަ ކުރިއެވެ.

“ޝަރާ އަކީ ވަރަށް ގިނަ ވަގުތު ވިޔަފާރި ކަންކަމުގަ ހޭދަ ކުރާ މީހެއް.. ގިނަ ސްޓާފުންތަކެއް ލައިން ފަހާތަނެއް ހިންގާނީ… އެހެންވެ، ވަރަށް ބުރަކޮށް އުޅެނީ… އެކަމު މިވަގުތު ވީ ރާއްޖެއިން ބޭރުގަ. އަދި މިކޮޅަށް ނައިސް ހަފްތާ އަކަށްވުރެ ގިނަ ދުވަސް ވެދާނެ..” އިނާޔާ ކުރުކޮށް ކިޔާލަ ދިނީ ޝަރާގެ ބިޒީ ޝެޑިއުލްއެވެ.

“ދެން ކޮބާ ނަޝާޔާ ބައްޕަ؟ ބައްޕަ ކީއްކުރަނީ؟” ޝައުގުވެރި ކަމާއެކު ޓީޗަރު އަހާލިއެވެ.

“ވިޔާމަކީ ރިޒޯޓްގަ މަސައްކަތް ކުރާ މީހެއް. އެހެންވެ ނަޝާޔާ ގާތަށް އާދެވެނީ ވަރަށް މަދުން.” އިނާޔާ އިތުރަށް ބުނެދިނެވެ.

“އަޅުގަނޑަށް އިނގޭ މި ސުވާލު މި ކުރެވެނީ ވަރަށް ލަހުންކަން. އަޅުގަނޑު މި މީޓިންއަށް ޝަރާއަށް މެސެޖް ކުރީމަ ދިން ނަންބަރަކުން ތި ބޭފުޅާއާ މި ދިމާވީ. އެހެންވިއްޔާ ތީ ނަޝާޔާގެ ނޫނީ ޝަރާގެ ކިހާ ގާތް ބޭފުޅެއްތޯ؟” ޓީޗަރުގެ ސުވާލުތައް ގިނަވަމުން ދިޔައެވެ.

“އަޅުގަނޑު މީ ޝަރާއާ ތަންކޮޅެއް ދުރުން ނަމަވެސް ކޮންމެސް ވަރަކަށް ތިމާގެ މީހެއް. އެކަމު ބޮޑަށް ރަހުމަތްތެރި ކަން އޮންނަނީ. މިދުވަސް ކޮޅު އެއްވެސް ޕޭރެންޓެއް ނެތި ނަޝާޔާ އެކަނި ގޭގަ ހުރީމަ މިވަގުތު ނަޝާޔާގެ ކަންކަން ބަލަހައްޓަނީ އަޅުގަނޑު.” އިނާޔާ ކިޔައިދިނެވެ.

“ނަޝާޔާ ނިދަނީ ވަރަށް ލަހުންތޯ؟ ބޮޑަށް ލަފާ ކުރެވެނީ ރޭގަނޑު ރަނގަޅަށް ނުނިދާތީ ކުލާހުގަ ނިދެނީ ކަމަށް. އޭގެ ސަބަބުން ގިނަ ފިލާވަޅުތައް ހުންނަނީ ވެސް ނުނިމި. އެހެންވެ، ނަޝާޔާގެ އުޅުން ހުންނަ ގޮތުން ވާހަކަ ދައްކާލަން ބޭނުންވީ.” ހުއްޓުމެއް ނެތި ޓީޗަރު ދިޔައީ ވާހަކަ ދައްކަމުންނެވެ.

“އަބަދުވެސް ނަޝާޔާއަކީ ވަކި ކޮޓަރިއެއްގަ އެކަނި އުޅޭ ކުއްޖެއް. އެހެންވެ ވަކި ގަޑިއެއްގަ ނިދަން ބާއްވާފަ އަޅުގަނޑު ވެސް ވަންނަނީ ނިދަން. ދެން އެފަހުން ނޭނގެ ތެދުވެގެން އުޅޭ ކަމެއް.. އަޅުގަނޑު ވެސް ދެން ބަލާނުލާތީ އެހެން ފާހަގަ އެއް ނުވޭ.” އިނާޔާ ކިޔައިދެމުން ދިޔައެވެ.

“ނަޝާޔާގެ ފަރާތުން އާދަޔާ ޚިލާފު އެއްވެސް ކަމެއް ފެނޭތޯ؟” ޓީޗަރު ކުރި ސުވާލަށް އިރުކޮޅެއް ވަންދެން ވިސްނަން އިނާޔާ އިނެވެ.

“ލައްބަ.. އެކަމު ހިއެއް ނުވޭ އަޅުގަނޑަށް ފެނުނު ކަންކަން ނަޝާޔާގެ މައިންބަފައިނަށް ފެނުނުހެން. އަދި އަޅުގަނޑަށް ފާހަގަ ކުރެވުނު ކަންކަން ޝަރާމެނަށް ފާހަގަ ނުވަނީ ވެސް ކަންނޭނގެ. ވެދާނެ ނަޝާޔާ ކުޑަ ވީމަ ނޫނީ ނަޝާޔާގެ މިޒާޖު އެހެން ހުންނާތީ ޝަރާމެން އަޅާނުލާ ދޫކޮށްލަނީ ކަމަށް ވެސް.” އިނާޔާ ވާހަކަ ދައްކަމުން ދިޔައީ ދުރު ދުރުންނެވެ.

“ކޮންކަމެއްތޯ ފެނުނީ؟” ޝައުގުވެރި ކަމާއެކު ޓީޗަރު އަނެއްކާ ވެސް ސުވާލު ތަކުރާރު ކޮށްލިއެވެ.

ރޭގަނޑު ނުނިދާ އުޅުމަށް ފަހު ފަތިސް ވުމުން ގެއަށް އައިސް ނިދި ގޮތަށް މެންދުރު ފަސް ވީއިރު ވެސް އަމީލު ނުހޭލައެވެ. އޭރު ދެ ކުދިންވީ ސްކޫލުގައެވެ. ބަދިގޭގެ ކަންކަން ނިންމާ ލުމަށްފަހު މިންހާ ވަނީ ކޮޓަރިއަށެވެ. އެވަގުތު އެނދުމަތީ ފޯނު ބަލަން އޮތް އަމީލު ފެނި މިންހާގެ ދަތްޕިލާ ޖައްސާ ބާރު ކޮށްލެވުނީ އަމީލު ދެކެ އައި ރުޅިންނެވެ. އަލަމާރީގެ ދޮރު ހުޅުވުމަށް ފަހު އަންނައުނު ވަތްގަނޑު ހާވަން ފެށީ މިންހާ ކުރާނެ ނުކުރާނެ ކަމެއް ނޭނގުމުންނެވެ. ބޭނުމަކީ އަމީލުގެ ސަމާލުކަން ހޯދުމެވެ.

“މިންހާ..! ރޭގަ މާބޮޑަށް ހިތުގަ ޖެހުނީ ދޯ؟ އަހަރެން އެވަރަށް މަކަރު ހެދީމަ، މަށަށް އިނގޭ އެހެން ވާނެކަން. އެކަމު މަ އެހެން މީހަކާ އިންނަންޏާ އެބަ ޖެހޭނު ކަލެއަށް މިކަން އަންގަން. މަަ ބޭނުމެއް ނޫން ކޮންމެހެން މަގޭ އަނބިމީހާ އަކީ މިންހާ ކަން ރީމަށް އަންގާކަށް. އަމުދުން ދަރިން ތިބިކަން.” އެނދުގައި ހަމަޖެހިލައިން އިށީންނަމުން އަމީލު ބުނެލީ މަލާމާތުގެ ރާގުގައެވެ.

“މިންހާ ގަބޫލަސް… ނުގަބޫލަސް އަހަރެން އެކަން ކުރާނަން.” މިންހާ އެއްޗެއް ނުބުނުމުން އަމީލު އަނެއްކާ ވެސް ބުނެލިއެވެ.

އަމީލުގެ ވާހަކަތަކަށް ބީރު ކަންފަތް ދީގެން ހުރެ އަލަމާރި ހާވަމުން ދިޔައިރު މިންހާގެ ހިތް ބާރުބާރަށް ރޮމުން ދިޔައެވެ. ވިސްނުން ގިނަވެ ކުރު ނޭވާތަކެއް ލެވެން ފެށިއެވެ. ހަމަޖެހެން ކިތަންމެ މަސައްކަތް ކުރި ނަމަވެސް އެކަން ވާގޮތެއް ނުވިއެވެ. މިންހާ ކުރަންޖެހޭ ހިތްވަރަށް ވުރެ ޖަޒުބާތުގެ ބާރު ގަދައީއެވެ. ނަމަވެސް ބަލިވެ އިން އަންހެނަކަށް ހިތާމަތަކެއް ފޮރުވުމަކީ އެހާ ފަސޭހައިން ވާނެ ކަމެއް ނޫނެވެ. އެފަދަ ބަލި ހާލުގައި އެމީހުންގެ ޖަޒްބާތުތައް ކޮޅުން ލާހާވެއެވެ.

“މިންހާ! އަހަރެން ކިޔާ އެއްޗެއް އިވޭ އިރުވެސް އަނގައިން ނުބުނެ ތި ހުންނަނީޔޯ؟” އަމީލު ތެދުވެގެން ގޮސް މިންހާ ގާތަށް ހުއްޓި އަތުގައި ހިފާ ދުރަށް ޖައްސާލިއެވެ.

“ހެހެހެ… އަހަރެން މީހަކާ އިންނަން އުޅޭތީ ޖެލަސްވީ ދޯ؟ އެކަމުވެސް މިންހާ ޖެހޭނީ މަ ބުނި ގޮތެއް ހަދައިން ހަމަ ތިހެން އިންނަން.” އަމީލު އޭނާގެ ގަދަރު އުފުލޭ ގޮތަށް ވާހަކަ ދެއްކިއެވެ.

“އަހަރެން ދައްކަން އޮތީ ކޮން ވާހަކައެއް؟ އަހަންނަކީ ވާހަކަ ނުދެއްކޭ މަންމަނަކަށް ހެދީ އަމީލެއްނު؟ އެހެންވީމަ ތި ދައްކާ ވާހަކަތައް އަޑު އަހާފަ އަހަރެން އަނގައިން ނުބުންޏަސް އަމީލަށް އަސަރު ކޮށްގެން ނުވާނެއްނު؟” މިންހާއަށް ލިބުނު ކުޑަ ހިއްވަރުގައި ހިތާ ދެކޮޅަށް ވާހަކަ ދައްކަމުން އެނދުގައި އިށީނެވެ. އޭރު މިންހާގެ ލޮލުން ކަރުނައިގެ އަސަރު ވިދަވިދާ ހުއްޓެވެ.

“އަހަރެން އެހެން ބުނީމަ ކަލޭ ވަރަށް ދެރަވި ދޯ މިންހާ؟ އެކަމު ރޭގަ އަހަރެން ވަރަށް ހިތްހަމަ ޖެހުނު. އެހެންވެ ކަންނޭނގެ މިހާ ގިނައިރު ނިދާ ލެވުނީ ވެސް.” އަމީލުގެ އަނގައިން ނުކުންނަނީ މުޅިންވެސް މަލާމާތާއި ނަފްރަތުގެ ވިހަ ބަސްތަކެވެ.

އިވުނު ވާހަކަތައް ނީވޭ ކަމަށް ހަދަމުން މިންހާ އޮށޯއްވެލިއެވެ. އަމީލު ހުރި ދިމާ ނޫން އަނެއް ދިމާލަށް އެނބުރި އޮތް މިންހާގެ ލޮލުން ފައިބަމުންދާ ކަރުނައިގެ އަގު ވަޒަން ކުރާނެ މީހަކު އެތާކު ނެތެވެ. އިޚްތިޔާރަކާ ނުލާ އެ ދެލޮލުން ފައިބަމުން ދިޔަ ލޮނުކަން ގަދަ ކަރުނަ ތިކިތައް ފޮނި ކަރުނަ ފަދައިން ފުހެލަދޭނެ އޯގާތެރިއަކު ނެތެވެ. އެހެންވެ މިންހާއަށް އިސްކުރަން ޖެހުނީ ހިމޭން ކަމުގެ އިންތިހާއެވެ.

އާ ދުވަހެއްގެ އުފާވެރި ހެނދުނެކެވެ. އިއްޔެ ސުކޫލުން އައިގޮތަށް އިނާޔާ ފުރައިން ރަށަށް ދިޔައީއެވެ. ނަޝާޔާއާ ބެހޭ ގޮތުން ޓީޗަރު ދެއްކި އެއްވެސް ވާހަކައެއް އެ ގޭ އެއްވެސް މީހަކާ ހިއްސާ ކުރަން އިނާޔާ ބޭނުމެއް ނުވިއެވެ. ކޮންމެ ގޮތެއްގައި ވިޔަސް މިހާރު ނަޝާޔާގެ ޒިންމާތައް އިނާޔާއަށް ވުރެ ހައްގު ވަނީ ޝަރާގެ މައިންބަފައިންނަށެވެ.

ސްކޫލަށް ދާން ރީތި ވެގެން އިން ނަޝާޔާ މަޑުމަޑުން ސައި ބޮމުން ދިޔައެވެ. ފޮތްތައް ހަމަކޮށް ފެން ފުޅިއެއް ދަބަހަށް ލަމުން ނަޝާޔާގެ މާމަ ސަކީބާ ގަޑި ބަލައިލިއެވެ. އޭރު ވަގުތު ކުޑަތަން ވަމުން ދާނީއެވެ.

“ދަރިފުޅާ! ދޭބަލަ ނަޝާޔާ ސްކޫލަށް ގެންގޮސް ދޭން.. މިހާރު ކޮން އިރެއް ގޮވާތާ. ބަލަ އެއޮއް ގަޑި ޖެހެނީއޭ.” ކޮޓަރީގެ ދޮރު ހުޅުވާލައިން ހުރެ ނިދާފައި އޮތް ޝާހް އަށް ގޮވައިި ލަމުން ސަކީބާ ބުންޏެވެ.

“މަންމާ! ނުދެވޭނެ. ރޭގަ ވަރަށް ލަހުންނޭ ނިދުނީ.” ނިދި މޯޅައިގައި އޮތް ޝާހު އޭނާގެ  ބޯމަތީ ބާލިސް އަޅާލައިން ހަމަ ޖެހިލީ ކަމުން ރެކެންނެވެ.

“ދަރިފުޅާ ސިމޫ..! ދޭބަލަ އަޅެ ނިކަށް ނަޝާޔާ ސްކޫލަށް ގެންގޮސް ދޭން. ދޮންބެ ރޭގަ ނުނިދާތީ މިގަޑީގަ ނިދާފަ އެއޮތީ.” ސަކީބާ އާދޭހުގެ ރާގުގައި ބުނެލިއެވެ.

“ދެން މަންމާ! އަހަރުން މީ ސައިކުގަ އުޅޭ މީހުނެއް ވެސް ނޫން. ނަޝާޔާގެ އަނެއް މާމަ ގޭގަ އުޅޭ މީހުން އެ އުޅެނީ ސައިކަލު ތަކުގަ. އެމީހުން ކައިރި ބުނި ނަމަ.. ތިވަރު ކަމެއް ކޮށްލަން ރަނގަޅު ދޯ. މަ ދެން މިއަދު ގޮސްފާނަން. އެކަމު ދެން އެހެން ދުވަހަކު ނުދެވޭނެ.” ސިމޫގެ ޝަކުވާތައް ގިނައެވެ. އެ އަޑު އަހަން އިން ނަޝާޔާއަށް އިސްދަށަށް ޖަހާލެވުނެވެ.

“އާދޭ ދާން.. ދެން ކޮންމެ ފަހަރަކު އެ މާމަ ގޭން މީހަކު ގެންނާނީ އިނގޭ.” ނަޝާޔާގެ ދަބަސް ނެގި އިރު ވެސް ސިމޫ ދިޔައީ ކުދި ކިޔަމުންނެވެ.

“އާދޭ!… ތުއްތުގެ އަތުގަ ހިފަން.” ނަޝާޔާއާ ދިމާލަށް ހީލަމުން ސިމޫ ބުންޏެވެ.

“ނޫން… އަތުގަ ނުހިފާ ދާނީ.” ސިމޫއާ ދިމާލަށް ލޯ އަޅައިލަމުން ނަޝާޔާ އިންކާރު ކުރިއެވެ.

މޭޒު މަތީ ބާއްވާފައިވާ ފޯނު ރިންގް ވަމުން ދިޔައެވެ. ވައިބަރ ކޯލެކެވެ. ގުޅަމުން ދަނީ “މޮމް” އެވެ. ފޯނުގައިވާ ނަމަށް ބަލައިލުމަށް ފަހު ޝަރާ އެ ފޯނު ނަގަން ބޭނުމެއް ނުވިއެވެ. ބަދަލުގައި ފޯނު ސައިލެންޓަށް ލިއެވެ. އެއަށް ފަހު ކުރިމަތީ އިން ކޮފީ ތަށި ނަގާ ކޯވަރެއް ބޯލިއެވެ.

“ސާބަސް ޝަރާ!.. މަންމަ އެވަރަށް ގުޅާ އިރު ވެސް ފޯނު ނުނަގާން ތި އިންނަނީ؟ ރޭގަ ވެސް އެމީހާ ގުޅާލިޔޭ މީނައަށް. އަދި ކޮބާ ފިރިމީހާ އޯ.. އޭނަ ގުޅިޔަސް މީނަ ހަދާނީ އެހެން. ތިދެން ބޮޑު ވަރު.” ޝަރާގެ ރައްޓެހި ފަޒީއަށް އެކަން ފާހަގަ ވުމުން ބުންޏެވެ.

“މަށަށް އިނގޭ ދައްކަން އުޅޭ ވާހަކަ. އެއުޅެނީ މަ ރާއްޖެ ނުގޮސްގެން. މަ ތަނަކަށް އައްޔާ ހީވާނީ އެހެން ކަމެއްހެން. ކީއްކުރަން ފޯނު ނަގަންވީ؟” ފޫހި ގޮތެއް ހަދާލަމުން ޝަރާ ވާހަކަ ދެއްކިއެވެ.

“އެކަމު ވެދާނެ ދޯ ނަޝާޔާ ބުނެގެން ގުޅަނީ ކަމަށް ވެސް. މިކޮޅަށް އައިސް މިހާރު ދެ ހަފްތާ ވާއިރު ވެސް ޝަރާ އެކުއްޖާއާ ވާހަކަ ދައްކާތަނެއް ވެސް ނުފެނޭ ވިއްޔަ.” ޝަރާ ގާތުގައި އިން ރައްޓެހި ލިމްޔާ ބުނެލިއެވެ.

“ކޮންމެހެން ނުޖެހޭނެ ކޮންމެ ދުވަހަކު ގުޅާކަށް. ދެން ނަޝާޔާއާ އަހަރުން ދައްކަން އޮންނާނީ ކޮން ވާހަކައެއް؟ އެހެން ނޫނަސް ނަޝާޔާ ހުންނާނީ ބަރާބަރަށް ކައިގެން. ބޭނުން ވެގެން ބުނި ކޮންމެ އެއްޗެއް އަހަރެން ހުންނާނީ ހޯދައިދީފަ. އެހެންވެ އޭނަ ނުޖެހޭނެ އަހަރެން ނެތަސް ހާސް ވާކަށް” ޝަރާގެ ވިސްނުމުގެ މައްޗަށް ކަން ކުރާގޮތް ކިޔައިދެމުން ދިޔައެވެ.

“ދެން އެހެން ނޫނަސް… މީ އަހަރެން ނަޝާޔާ އާއި ނުލާ ތާކަށް އައި ފުރަތަމަ ފަހަރެއް ނޫނޭ. ގިނަ ފަހަރަށް އަހަންނާ ނަޝާޔާއާ ދިމާ ވެސް ނުވާނެ. މަށަށް ކުރެވޭނީ ކޮންމެސް އެއް ކަމެއް. ބިޒްނަސް ވިއްޔާ ބިޒްނަސް.. ދަރި ވިއްޔާ ދަރި.” ޝަރާ އަނެއްކާ ވެސް އެއްވެސް ހާސްކަމެއް ނެތި ބުނެލިއެވެ.

“އެހެންވިއްޔާ ކީއްކުރަން ހޯދި ދަރިއެކޯ؟” ވާހަކަ އަޑު އަހަން އިނދެ ފަޒީ ބުނެލިއެވެ.

“ޕިސް ޕިސް… ކަލޭމެން ދޯ؟.. އެއީ ކޮންމެހެން މަ ބޭނުން ވެގެން ހޯދި ކުއްޖެއް ނޫނޭ.. އެކްސިޑެންޓަކުން ލިބުނު ކުއްޖެއް.” ވަރަށް ކޫލް ގޮތަކަށް ޝަރާ ޖަވާބުދިނެވެ.

– ނުނިމެ-

********

މިއަދަކީ “ލިޔުންތެރިންގެ ދުވަސް”… އެހެންވީމަ  ދުވަހުގެ މުނާސަބަތުގަ މި ހާއްސަކޮށްލި ހަދިޔާ (ހިމޭން 7 ) ތިޔަ ކިޔުންތެރިންނަށް ކަމުދިޔަ ކަމުގައި އުންމީދު ކުރަން.

ވަރަށް ބާއްޖަވެރި ދުވަހަކަށް އެދެން.

ކިޔުންތެރިންނަށް ޝުކުރިއްޔާ 🙂 ❤️

 

 

 

 

 

 

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ދެވުނީ ވޭނޭ 80

Next

ހިޔަނިހެން (ފުރަތަމަ ބައި)

Next
July 8, 2026

ހިޔަނިހެން (ފުރަތަމަ ބައި)

Previews
July 8, 2026

ދެވުނީ ވޭނޭ 80

8 Comments!

  1. Divine Mercy ⭐ says:
    July 8, 2026 at 10:52 am

    ‘ Happy Reader’s Day’🌷✨
    It’s all my pleasure so interesting Anyways, When ‘s next???

    1. Shaleen says:
      July 8, 2026 at 11:08 am

      Hi Divine mercy
      Aslu bunelan ulhunee “happy writer’s day” dho.
      Ehenveeya v bodah thanks ingey.
      Ufaa vejje Hama comment eh libuneema.
      Next part Thursday ga ( maadhan) in sha Allah. ❤️

  2. Anonymous says:
    July 8, 2026 at 10:58 am

    It’s not reader’s day… It’s writer’s day 😊

    1. Shaleen says:
      July 8, 2026 at 11:09 am

      👍

  3. Divine Mercy says:
    July 8, 2026 at 1:56 pm

    Hehe Tysm.❤️ @Shalyy sis @ Anonymous
    Actually keyboard mistaken ehh…
    Vrh bodah sorry…

    1. Shaleen says:
      July 8, 2026 at 2:07 pm

      Hehe e okay vaane. Baeh faharah ehen vaane. Ekam inguney aslu bunan ulhunee ehen kan

    2. Anonymous says:
      July 8, 2026 at 8:12 pm

      E ok waane… Alhugandhu ah ves ingun Ekam hama bunela dhinymi anyways welcome

  4. Shaleen says:
    July 8, 2026 at 10:01 pm

    V Best 👍

Comments are closed.



All Right Reserved!