Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެ ޚިޔާލުގައި 2

Ya ee sh
Ya ee sh Level 110 Stories
May 4, 2026 3 Mins Read
1 Comment

ބާބު 2: ދުރުމިނުގެ އިމްތިހާނު

ލޫތު ލަންޑަނަށް ދިޔަ ފުރަތަމަ ހަފުތާ ފާއިތުވެގެން ދިޔައީ ހުވަފެނެއްގެ ތެރޭގައި އުޅެވޭ ކަހަލަ އިހުސާސެއްގައެވެ. ހީޓްރޯ އެއާޕޯޓަށް ފޭބި ވަގުތުން ފެށިގެން، އެ ގައުމުގެ ފިނިކަމާއި، މީސްތަކުންގެ ހަލަބޮލިކަން އޭނާއަށް ގެނެސްދީފައިވަނީ މުޅިން އާ ދުނިޔެއެކެވެ. ނަމަވެސް، އެ ހުރިހާ އާ ކަންތައްތަކެއްގެ ތެރެއިންވެސް އޭނާގެ ހިތް އޮތީ ހުޅުމާލޭގެ ހާބަރު ސައިޑްގައެވެ. އެއީ އޭނާގެ ހަޔާތުގެ އެންމެ އުފާވެރި ހަނދާންތައް ގުޅިފައިވާ ބިމެވެ.
ލޫތު ކިޔަވަން ފެށީ އޭނާ ކުޑައިރުއްސުރެ ދެކެމުން އައި ޕައިލެޓް ކަމުގެ ކޯހެވެ. ފްލައިން ސްކޫލަކީ ވަރަށް ތަފާތު ތަނެކެވެ. ކޮންމެ ދުވަހަކުވެސް ފަތިހު ހޭލައިގެން، ބޯޓުތަކުގެ އިންޖީނާއި، މޫސުމީ ބަދަލުތަކާއި، އުދުހުމުގެ އުކުޅުތައް ދަސްކުރުމުގައި އޭނާ ވަގުތު ހޭދަކުރެއެވެ. ލޫތު އެންމެ އުފާވަނީ އޭނާގެ ޔުނީފޯމް ލައިގެން ކޮކްޕިޓަށް އަރާ ވަގުތުއެވެ. އެ ވަގުތު އޭނާގެ ހިތަށް އަރައެވެ؛ “އައިޝް މިތާ ހުރިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟”
ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ލޫތު އައިޝްއަށް ވީޑިއޯ ކޯލް ކުރެއެވެ. އޭނާ އުޅޭ ހިސާބުގެ ރީތި ބަގީޗާތަކާއި، ބޮޑެތި އިމާރާތްތަކާއި، އަދި އޭނާ ކިޔަވާ ސްކޫލްގެ މަތިންދާބޯޓުތައް އައިޝްއަށް ދައްކައެވެ. “އައިޝް، ބަލާބަލަ! މިއީ އަހަރެން މިއަދު ދުއްވަން ދަސްކުރި ބޯޓު،” ލޫތު ވަރަށް ފަޚުރުވެރިކަމާއެކު އޭނާގެ ފޯނުން ބޯޓު ދައްކާލައެވެ.
އައިޝް އިންނަނީ މާލޭގައި އޭނާގެ ކޮޓަރީގައެވެ. އޭނާގެ އޭ-ލެވެލް އިމްތިހާނަށް އޮތީ މަދު މަސްތަކެކެވެ. ފޮތްތަކާއި ނޯޓުތަކުގެ ތެރޭގައި އުޅެމުންވެސް، ލޫތުގެ ކޯލެއް އައުމުން އޭނާގެ ހުރިހާ ވަރުބަލިކަމެއް ފިލައިގެން ދެއެވެ. ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ 5 ގަޑިއިރުގެ ތަފާތަކީ އެމީހުންގެ ގުޅުމަށް އޮތް ބޮޑު ހުރަހަކަށް ވިޔަސް، އެ ދެމީހުންވެސް އެކަކު އަނެކަކަށް ވަގުތު ހޯދައެވެ. ލޫތު ނިދަން އޮށޯންނަ ވަގުތަކީ އައިޝް ފަތިހު ހޭލާ ވަގުތެވެ. އެ ވަގުތުކޮޅު އެމީހުން ދައްކާ ވާހަކަތަކުން މުޅި ދުވަހަށް ބޭނުންވާ ހިތްވަރު ލިބެއެވެ.

މަސްތައް ފާއިތުވަމުން ގޮސް އައިޝްގެ އުފަންދުވަސް އައިސް ޖެހުނެވެ. ލޫތު އެ ދުވަހު އައިޝް ކައިރީގައި ނެތުމުން ދެމީހުންވެސް ތިބީ ދެރަވެފައެވެ. ނަމަވެސް ލޫތު އޮތީ އައިޝްއަށް ނޭނގި ވަރަށް ބޮޑު ސަޕްރައިޒެއް ތައްޔާރުކޮށްފައެވެ.
އައިޝްގެ އެންމެ ގާތް އެކުވެރިޔާ މާނީ މެދުވެރިކޮށް، ލޫތު އައިޝްގެ ގެއަށް ވަރަށް ރީތި ކޭކެއް ފޮނުވިއެވެ. އޭގެ އިތުރުން އައިޝް އެންމެ ލޯބިވާ ވައްތަރުގެ ހޫޑީތަކެއްވެސް ފޮނުވިއެވެ. އައިޝްއަކީ އަބަދުވެސް ހޫޑީ ލާން ވަރަށް ފޯރި ހުންނަ ކުއްޖެކެވެ.
“ހެޕީ ބާތުޑޭ އައިޝް!” މާނީ ކޮޓަރިއަށް ވަދެގެން އައީ ހަދިޔާތައް ހިފައިގެންނެވެ. “މިއީ ލޫތުގެ ފަރާތުން. އޭނާ ބުނި މި ހޫޑީތައް ލައިގެން ހުންނައިރު ހީވާނީ ލޫތު އައިޝްގެ ގައިގައި ބައްދާލައިގެން ހުންނަހެންނޭ.”
އައިޝްގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފޭދުނެވެ. ލޫތު އެހާ ދުރުގައި ހުރެގެންވެސް އޭނާގެ ހިތުގެ އެދުންތައް ދަންނާތީ އައިޝް ވަރަށް އުފާވިއެވެ. އޭނާ އެ ހޫޑީ މޭގައި ޖައްސާލައިގެން އިރުކޮޅަކު އިނެވެ. އެ ވަސް ދުވުމުން ހީވީ ހަމަ ހަގީގަތުގައިވެސް ލޫތު ކައިރީގައި ހުރި ހެންނެވެ. އެއީ އޭނާގެ ހަޔާތުގައި އައި އެންމެ އުފާވެރި އެއް އުފަންދުވަހެވެ.

ނަމަވެސް، އުފާވެރި ދުވަސްތަކަށްފަހު ހިތްދަތި ވަގުތެއް އައެވެ. އެއީ އެމީހުންގެ ގުޅުމަށް ކުރިމަތިވި ފުރަތަމަ ބޮޑު އިމްތިހާނެވެ. އެއްދުވަހު ކްލާހުގައި އިންދާ، އައިޝްއާއެކު ކިޔަވާ ކުއްޖަކު އައިސް އޭނާއަށް ވަރަށް ދެރަ ޚަބަރެއް ދިނެވެ.
“އައިޝް، އަހަރެން ދުށިން ލޫތު އޭނާގެ އެކުވެރި އަންހެން ކުއްޖަކާ ވަރަށް ގާތްކޮށް ވާހަކަދައްކަނިކޮށް. އެމީހުން އުޅޭ ގޮތުން ހީވަނީ ރައްޓެހިވެގެން އުޅޭހެން،” އެ ކުއްޖާ ބުންޏެވެ. އޭނާ ދެއްކީ ލަންޑަނުގައި ހުރި އެހެން ދިވެހި ކުއްޖަކު އިންސްޓަގްރާމަށް ލާފައި އޮތް ފޮޓޯއެކެވެ. އޭގައި ލޫތު އިނީ ކެފޭއެއްގައި އަންހެން ކުއްޖަކާއެކު ވަރަށް ހީނލާފައެވެ.
އެ ވާހަކަ އިވުމާއެކު އައިޝްގެ މުޅި ދުނިޔެ އެނބުރިގަތް ކަހަލައެވެ. އޭނާގެ ހިތް ކުދިކުދިވެ، ކްލާސް މެދުގައި ބާރަށް ރޮވުނީއެވެ. އިތުރަށް ކްލާހުގައި އިންނާނެ ހިތްވަރެއް އޭނާގެ ނެތެވެ. “އަހަރެން ބަލިވެއްޖެ، ގެއަށް ދަނީ،” ކަމަށް ބުނެ އައިޝް ދަބަސް ހިފައިގެން ނުކުތެވެ.
ގެއަށް ދާން ބަހަށް އެރި މަގުމަތީގައި އައިޝް ލޫތަށް މެސެޖު ކުރިއެވެ. އެކަމަކު އެ ދުވަހަކީ ލޫތުގެ މުހިންމު އިމްތިހާނެއް އޮތް ދުވަހެއްކަން އެނގޭތީ، އައިޝް ނިންމީ ލޫތުގެ އިމްތިހާނު ނިމެންދެން މަޑުކުރުމަށެވެ. ބަހުގެ ކުޑަދޮރުން ބޭރު ބަލަހައްޓައިގެން އިންއިރު، އައިޝްއަށް ފެންނަނީ މުޅިންވެސް އަނދިރިކަމެވެ.

އައިޝް ބަހުން ފޭބިއިރު އޭނާގެ ދެފައި ދެމެނީ ކިރިޔާއެވެ. މަގުމަތިން ފެންނަ ކޮންމެ މަންޒަރަކުން އޭނާއަށް ހަނދާންވަމުންދިޔައީ ލޫތާއެކު މި މަގުތަކުގައި ހޭދަކުރި އުފާވެރި ވަގުތުތަކެވެ. އެކަމަކު މިހާރު އެ ހަނދާންތަކަކީ އޭނާގެ ހިތަށް ހެރެމުންދާ ތީރުތަކެއް ފަދައެވެ. ގެއަށް ވަދެ، ކޮޓަރީގެ ދޮރު ލެއްޕުމާއެކު އައިޝްއަށް ބާރަށް ރޮއިގަނެވުނެވެ. އޭނާ އިށީނދެލީ ކޮޓަރީގެ ކަނެއްގައެވެ.
އޭނާގެ ސިކުނޑީގައި އެކި ޚިޔާލުތައް އެނބުރެމުންދިޔައެވެ. “ލޫތު އަހަރެންނަށް އޮޅުވާލާފާނެ ހެއްޔެވެ؟ އޭނާ ބުނި ލޯބީގެ ބަސްތަކަކީ ހުސް އަލްފާޒުތަކެއް ހެއްޔެވެ؟” އައިޝްގެ ހިތް ބުނަމުންދިޔައީ ލޫތު އެފަދަ ކަމެއް ނުކުރާނެ ކަމަށެވެ. ނަމަވެސް، އެކުވެރިޔާ ދެއްކި ވާހަކަތަކާއި، ލަންޑަނުގެ ދުރުމިނަކީ އެ ޝައްކުތަކަށް ބާރުދޭ ކަންކަމެވެ.
އަނެއްކޮޅުން ލަންޑަނުގައި، ލޫތު އިނީ އިމްތިހާނު ހޯލުގައެވެ. އޭނާގެ ކުރިމަތީގައި އޮތް ކަރުދާހަށްވުރެ ބޮޑަށް އޭނާގެ ސިކުނޑީގައި އޮތީ އައިޝްގެ ހާލެވެ. އައިޝް ފޮނުވި ކުރު މެސެޖު “މިއަދު މާ ބޮޑަށް ބަލިވެއްޖެ، ނިދަނީ” ފެނުމުން ލޫތުގެ ހިތް ނުތަނަވަސްވިއެވެ. އައިޝްއަކީ އާދައިގެ ރޯގާއަކަށް ގެއަށްދާނެ ކުއްޖެއް ނޫންކަން ލޫތަށް އެނގެއެވެ.

އިމްތިހާނު ނިމި، ހޯލުން ނުކުތް ގޮތަށް ލޫތު ދުވެފައި ކަހަލަ ގޮތަކަށް ދިޔައީ އޭނާ ހުންނަ ކޮޓަރިއަށެވެ. އޭނާގެ ހިތް ބުނަމުންދިޔައީ ކޮންމެވެސް ބޮޑު ކަމެއް ވެއްޖެ ކަމަށެވެ. އައިޝް ހޭލެވުނީ އިރުއޮއްސި، މުޅި ކޮޓަރި އަނދިރިވީ ފަހުންނެވެ. ފޯނު ހުޅުވާލިއިރު، ލޫތުގެ 20 މިސްޑް ކޯލާއި، އެތައް މެސެޖެއް ހުއްޓެވެ.
އައިޝް ލޫތަށް ވީޑިއޯ ކޯލެއް ކުރިއެވެ. ލޫތު ފޯނު ނެގި ވަގުތު، އޭނާގެ މޫނުމަތިން ފެނުނު ކަންބޮޑުވުމުން އައިޝްގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ.
“ލޫތު…” އައިޝްގެ އަޑު ނުކުތީ ކިރިޔާއެވެ. “އަހަރެން ސުވާލެއް ކުރަން ބޭނުން. ތެދަށް ޖަވާބު ދޭނަންތަ؟ ލޫތު އެހެން އަންހެން ކުއްޖަކާ ރައްޓެހިވެގެން އުޅޭކަމުގެ ވާހަކަ މިއަދު އަހަރެންނަށް އިވުނީ. އެއީ ތެދެއްތަ؟”
ލޫތުގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. އޭނާ އިރުކޮޅަކު އެއްޗެއް ނުބުނެ މަޑުން ހުއްޓެވެ. އަދި ފުން ނޭވާއެއް ލުމަށްފަހު ބުންޏެވެ. “އައިޝް….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Ya ee sh
Follow Me Written By

Ya ee sh

Level 110 Stories

Other Articles

Previous

ދެވުނީ ވޭނޭ 63

Next

ތިޔަ ނަން މި ހިތުގާ 11

Next
May 4, 2026

ތިޔަ ނަން މި ހިތުގާ 11

Previews
May 4, 2026

ދެވުނީ ވޭނޭ 63

One Comment

  1. Aisherr says:
    May 4, 2026 at 6:23 pm

    Mi part ves vrh Reethi MA! 💝
    Aish ge name girl name akah change kohlaba E name eii boy name eh kanne… 😊Curiously waiting for the next part When’s next

Comments are closed.

Next Episodeއެ ޚިޔާލުގައި←


All Right Reserved!