Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހާދަހާވޭ ކުރާހިތް ސަމާސާ 5 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
April 4, 2016 8 Mins Read
12 Comments

ފައުޒާންއަށް އެތަނުން ދަންނަ އަންހެނެއް ފެނުމުން ހިސާބަކަށް ނުރުހުންވެފައި ފައުޒާން ހުއްޓެވެ. ފައުޒާންކައިރީ ހުރި ޕޮލިހަށްވެސް އޭނަ ދައްކާލާފައި ވަރަށް ފޫހިވެޔޭ އެހެން އުޅޭތީ ބުނެލިއެވެ.

އޭރު ޝަކީލާ ހުރެގެން އަޑުން އަޑުނަގާ ހަޅޭއްލަވަމުން ދިޔައެވެ. އެންމެ ކުރީސަފުގައި ހުރެ ހަޅޭއްލަވާ މީހުންތެރޭ ޝަކީލާ ވެއެވެ. ފައުޒާން ރުޅިއައިސްގެން ފަޅައިންދާން ކައިރިވެފައި ހުރީ އާއިލާމީހެއް އެފަދަ ގޮތަކަށް އުޅޭތީއެވެ. ދޮންބެދައްތަ ގޭގައި ކުރާނެ ކަންތައް މަދީހެއްޔެވެ. އިރުކޮޅަކުން ފަހުގެ އިންޒާރު ދޭންފެށިއެވެ. އެންމެން އެތަނުން ދިއުމަށް ގޮވަން ފެށިއެވެ. ކުއްލިއަކަށް ފާރުކައިރީ ތަތްވެފައި ހުރި އަންހެން ކުއްޖާ ފައުޒާންގެ ލޮލުގައި އަޅައިގަތެވެ. އެއީ ހިބާކަން ދެނެގަންނާކަށް މާގިނައިރެއް ނުނަގައެވެ. ހުޅިއަށް ދަނޑިކޮޅެއްޖަހާފައި ހުރިއިރު މޫނުމަތިން ފެންނަނީ ހާސްކަމެވެ. ކުއްޖާހުރީ ދާހިތްލާފޯވެފައެވެ. ބިރުން ހުރިވަރުން އެބޮޑުދެލޯ އިތުރަށް ވަނީ ބޮޑުކޮށްލާފައެވެ. އަތުގައި ހުރި ފޮތްތައް މޭގައި ޖައްސާ ބާރުކޮށްލައިގެން ދެކޮޅަށް ބަލައިލަބަލައިލަ ހިބާ ހުރިއިރު ކޯތާފަތް މައްޗަށް ކަރުނަ ފައިބަމުން ދިޔައެވެ.

ހިސާބަކަށް ހައިރާންކަމެއް ފައުޒާންއަށް ލިބިގެން ދިޔައީ ހިބާ އެގޮތަށް ހުއްޓާ ފެނުމުންނެވެ. ފައުޒާންއައިސް ހިބާއާއި ކައިރިވެލާފައި ކޮންތާކަށްތޯ ގެންގޮސް ދޭންވީ އަހާލީ އޯގާތެރިކަމާއެކުއެވެ.

ހިބާއަށް ފައުޒާންގެ އަތުގައި ހިފާލެވުނީ ބޭއިހުތިޔާރުގައެވެ. އެއީ ފައުޒާންކަން ނޭގިހުރެއެވެ. ހެލްމެޓްތެރޭ ފޮރުވިފައިވަނީ ކާކުކަން ބަލާކަށްވެސް އެވަގުތު ހިބާ ބޭނުމެއްނޫނެވެ.

“އެ…އެމަގާ ހަމައަށް… އެމަގާ ހަމައަށް … ގެންގޮސް… ގެންގޮސް… ” ހިބާއަށް ރަގަޅަށް ވާހަކަވެސް ނުދެއްކެއެވެ. ހިބާއަށް ގިސްލެވެނީއެވެ. ނޭވވަނީ ކުރުވެފައެވެ.

ފައުޒާން ހިބާގެ އަތުގައި ހިފައިގެން ކުރިމަތީ އޮތްމަގާ ހަމައަށް ލައިދިނުމުން ހިބާ ދުއްވައިގަތެވެ. އަދި ޖެހިގެން އޮތް ހަނިގޯޅި އަޅައިގެން ދިޔައެވެ. ހިބާ ދާތަން ބަލަން ފައުޒާން ހުރީ ހައިރާން ވެފައެވެ. ފައުޒާން ހީކޮށްގެން ހުރީ ހިބާއަކީ ވަރަށް ހިތްވަރުގަދަ ކުއްޖެއްކަމުގައެވެ. ނަމަވެސް އެވީ ކިހިނެއް ހެއްޔެވެ.

ހިބާއަށް ހަމަނޭވާ ލެވުނީ ހިސާބަކަށް އައި ފަހުންނެވެ. ހަމައަކަށް އެޅުމުން އެ ޕޮލިސް މީހާއަށް ހިތާހިތުން ހެޔޮދުޢާ ކޮށްލިއެވެ. ރަގަޅު މީހުންވެސް އަދި ދުނިޔޭގައި އެބަތިއްބޭ ހިބާގެ ހިތައް އެރިއެވެ. އެމީހާގެ އަތަކީ ހަދަބާރުވެސް ގަދަ އަތެކެވެ. އެމީހާގެ ނަމަކީ ކޮބައިބާއެވެ. އެމީހާގެ ނަން ޖަހާފައިއިން ޓެގަށް ބަލައިލާކަށްވެސް ހިބާ ހަދާނެއްނުވިއެވެ. އެމީހަކަށް ޝުކުރު އަދާކުރަން ކިތަންމެ ބޭނުންވިއަސް ނަން ނޭގެންޏާ އެކަން ކުރާނީ ކިހިނެއް ހެއްޔެވެ.

ހިބާ ގެއަށް ދިޔައިރު ބީނާ އާއި އިއްޒަތު ސޯފާގައި ތިއްބެވެ. ހިބާ އެމީހުނަށް ބަލައިލުމެއްވެސް ނެތި ދިޔަގޮތަށްގޮސް ވަނީ ކޮޓަރިއަށެވެ. ހިބާ ފެންވަރާ ރީތިވެލައިގެން އިނީ ފޯނާދިމާއަށް ބަލާށެވެ. ހަފީޒާ ގުޅާނެކަމަށް މަންމަ ބުނެފައި ވާތީ ފޯނުކޯލުގެ އިންތިޒާރުގައި ހިބާއިނެވެ. މިހާރު ހަވީރު ފަހެއްޖަހާ ބޮޑުވަނީއެވެ. އަދިވެސް ނުގުޅައެވެ.

ހަފީޒާ އެނދު ތަންމަތި އަޅާލިއެވެ. އަދި އެދުވަހު ގަނެގެން އައި ކޮނޑުތަށް އަލަމާރީގައި އަޅުވާލިއެވެ. ހުރިހާކަމެއް ނިންމާލާފައި ކޮޓަރިއަށް ރަގަޅަށް ބަލައިލިއެވެ. ނުލާ ހުދުކުލައިގެ ބެޑްޝީޓެއް އަޅާލާފައި އޮތް އެނދެކެވެ. ފަރުނީޗަރުތަކަކީ ފައްވާޒް އެތާ އުޅުންއިރުވެސް ބޭނުންކުރި މުށިކުލައިގެ ފަރުނީޗަރުތަކެވެ. ދޮރުފޮތިގަނޑު ހަފީޒާ ވަނީ ބަދަލުކޮށްލާފައެވެ. އެނދުގެ ބެޑްޝީޓާ ގުޅޭގޮތަށެވެ. ހަފީޒާ ކޮޓަރިން ނިކުންނަމުން ފޯނުން ނަންބަރަކަށް ގުޅާލިއެވެ. ފުރަތަމަ ރިންގުން ހިބާ ފޯނުނެގިއެވެ.

“ހިބާތަ؟ ކާރަކަށް އަރައިގެން އަންނަންވީނު މިގެއަށް. އައިސް މި ނަންބަރަށް ގުޅާލާ. އޭރުން ތިރިއަށް ބަލައި ފާބާނަން.” ހަފީޒާ ބުންޏެވެ.

“ލައްބަ. މިހާރުތަ ދާންވީ؟” ހިބާ އަދަބުވެރިކަމާއެކު އަހާލިއެވެ.

“އާން އާދޭ މިހާރު.” ހަފީޒާ ބުންޏެވެ. ހިބާ ފޯނު ބޭއްވުމާއެކު ހަމްދާ ކައިރިއަށް ދިޔައެވެ. އަދި ހަމްދާ ކައިރީ ދަނީ ކަމަށްބުނެ ސަލާމްކޮށްލިއެވެ. ހަމްދާ ހުރީ ހިބާ ދާތީ ވަރަށް ދެރަވެފައެވެ. ހިބާއަކީ ގޭތެރޭ ކަންތަކުގައި ހަމްދާއަށް ނުހަނު އެހީތެރިވާ ކުއްޖެކެވެ. ހިބާއަށް ކައްކަން ނޭގުނަސް ކެއްކުމަށް ޓަކާވާ ހުރިހާ ތައްޔާރީތަކެއް ހިބާ ކޮށްދެއެވެ. ގޭތެރެ ސާފުކޮށްދެއެވެ. އެއްވެސް ކަމެއް ކުރަން ބުނާކަށް ނުޖެހެއެވެ. ހިބާއަށް ފެނިގެން ކޮށްނިއްމާލައެވެ. އެކަހަލަ މުރާލި ކުއްޖެއް ކޮންމެމީހަކުވެސް ގޭގައި ބަހަށްޓަން ބޭނުންވާނެއެވެ. ހަމްދާ ހިބާކައިރީ ހިތްހެޔޮ ކުރުމަށް ބުންޏެވެ. އަދި ކޮންމެ ތަނެއްގައި އުޅުނަސް ރަގަޅަށް އުޅުމަށް ނަސޭހަތްތެރި ވިއެވެ.

ހިބާ ކާރުން ފައިބާ އެއްކާރިއަށް ޖެހިލީ ހިބާގެ ފޮށި ހިފައިގެންނެވެ. ހިބާ ފޯނުނަގާ ހަފީޒާއަށް ގުޅާލިއެވެ. އަދި ކާރުން ފައިބާ ދޮރުކައިރީ ހުރިވާހަކަ ބުނެލިއެވެ. ހަފީޒާ އެތެރެއަށް ވަނުމަށް ހިބާކައިރީ ބުންޏެވެ. ހިބާ އެތެރެއަށް ވަންނަން ދޮރުހުޅުވާލި ވަގުތު ދޮރުފަތުން ޖެހުނީ ނިކުންނަން އައި އަޒްމީލުގެ ގައިގައެވެ. އަޒުމީލަށް ވީތަދުން ނިކަން ރުޅިއައިސްގެން އެއްޗެއްބުނަން އަނގަހުޅުވާލާފައި ބަލައިލިވަގުތު ހިބާ ފެނުމުން އަޒުމީލުއަށް އެކަށްޗެއްވެސް ނުބުނެވުނެވެ. ދުވަހަކު އަޒުމީލު ނުދެކޭފަދަ ރީތިކަމެއް ލިބިފައިވާ އަންހެން ކުއްޖެއް މައުސޫމް ގޮތަކަށް އަޒުމީލާއި ދިމާއަށް ބަލަން ހުއްޓެވެ. ކޮންފަދަ ރީތި ދެލޯހެއްޔެވެ. ދިގު އެސްފިޔަތަކުން ލޯކައިރިއަށްވަނީ ހިޔަނި އެޅިފައެވެ. ފިޔާރޮށިކުލަ އަރާލާފައިވާ ތުންފަތެކެވެ. އަޒުމީލަށް ބަލަން ހުރެވުނީއެވެ.

“ސޮރީ!” ހިބާ ޖެހިލުން ވެފައި ހުރެ ބުންޏެވެ. އިސްތަށިގަނޑު ދިގުކޮށްފައި ހުރި އެމީހާ ހީވަނީ ޑްރަގްނަގާ މީހެއް ހެނެވެ. އަދި ހިބާއާއި ދިމާއަށް ބަލަން ހުރިގޮތުން ހިބާހުރީ ހިސާބަކަށް ބިރުގަންނަގޮތް ވެފައެވެ. އެވަގުތު ލިފްޓުން ނިކުތް ފައްވާޒް ފެނުމުން އަޒުމީލު ދޮރުންބޭރަށް ނިކުމެގެން ދިޔައީއެވެ. ޔަގީނުންވެސް އެއީ ޕާޓޭއެކެވެ. ހިބާ ހިތައް އެރިއެވެ.

“ހިބާތަ؟” ފައްވާޒް އަހާލިއެވެ. ހިބާ ބޯޖަހާލިއެވެ. ފައްވާޒް ހިނިތުން ވެލަމުން ހިބާގެ ފޮށި ހިފައިގެން ލިފްޓަށް އެރިއެވެ. ފައްވާޒް ފަހަތުން ހިބާވެސް ދިޔައެވެ.

ހިބާ ފައްވާޒް ފަހަތުންގޮސް ގޭތެރެއަށް ވަންއިރު ހަފީޒާ އިނީ ސޯފާގައެވެ. އެމީހުން އައިތަން ފެނުމުން ހަފީޒާ ހިނިތުންވެހުރެ ހިބާކައިރިއަށް އައެވެ.

“ހިބާ؟ ހާދަ ބޮޑުވެއްޖެޔޭ. ދައްތަ ތިރަށަށް ދިޔައިރު ތުއްތު ތުއްތު ބޭބީއެއް ވިއްޔަ.” ހިބާގެ ދަތްދޮޅީގައި ހިފާލަމުން އޯގާތެރިކަމާއެކު ހަފީޒާ ބުންޏެވެ.

ހިބާ ހިނިއައިސްފައި ހުރީއެވެ. ހަފީޒާ ހީކުރީ ހިބާ އާވީމަ ލަދުން ހުރީކަމަށެވެ.

“މަންމާ. މިފޮށި އެކޮޓަރިއަށް ލާންވީދޯ.” ފައްވާޒް އަހާލިއެވެ.

“އާން. ދޭ ގެންގޮސް ލާން މަންމަ މިދަނީ ހިބާގޮވައިގެން ހިބާގެ ކޮޓަރި ދައްކަން.” ހަފީޒާ ބުންޏެވެ.

“ހިބާ. މިގޭގަ އުޅޭނީ އަހަންނާ އަހަރެންގެ ފިރިހެން ދެދަރިންނާ އެކަނި. އަހަރެންގެވެސް ހުންނާނެ ހިބާއަށްވުރެ ހަގު އަންހެން މަންޖެއެއްވެސް. އޭނަވީ ބޭރަށް ކިޔަވަންގޮސް. ދެން އަހަރެންގެ ފިރިމީހާ އަންނާނެ ކޮންމެމަހަކު އެއްފަހަރު މާލެ. އޭނަ އުޅެނީ ބޯޓެއްގަ.” ހިބާ ގޮވައިގެން ސިޑިން އަރަމުން ހަފީޒާ ކިޔައިދިނެވެ.

ހިބާއަށް ތައްޔާރުކޮށްފައި ހުރި ކޮޓަރީގެ ދޮރު ފައްވާޒު ހުޅުވާލުމަށްފަހު އެތެރެއަށް ވަދެ ފޮށި ބެހެއްޓިއެވެ. ހަފީޒާ ހިބާގޮވައިގެން ކޮޓަރިއަށް ވަނެވެ.

“ހިބާއަށް ކަމުދާނެކަމަށް ހީކުރަން. މީ ދައްތަ ހިބާ އަންނާތީ ތައްޔާރުކުރި ކޮޓަރިއެއް.” ހަފީޒާ ބުންޏެވެ.

ހިބާ މުޅި ކޮޓަރިއަށް ބަލައިލިއެވެ. ތެދެކެވެ. އަދިވެސް ކުލަވަސްގަނޑު މުޅިކޮޓަރިންވެސް ދުވައެވެ.

“ހިބާ އެކަނި މިކޮޓަރީގަ އުޅޭނީ؟” ހިބާ ހައިރާންވީ ހިބާއަށް އެކަނި ކޮޓަރިއެއް ދިނީމައެވެ.

“އާން. މިކޮޓަރީގަ އުޅޭނީ ހިބާއެކަނި. އެކަމަކު ދެރަ ތަންކޮޅަކީ ފާހާނާ އިންނާނީ ކޮޓަރިން ބޭރުގަ.” ހަފީޒާ ބުންޏެވެ.

“އެއޯކޭވާނެ. ހިބާއަށް އެޖަސްޓް ކުރެވޭނެ.” ހިބާ ބުންޏެވެ. ހިބާއަށް އެކަނި ކޮޓަރިއެއް ލިބުމުން ހިބާހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.

“މި އަލަމާރީގަ އެއްޗިހި އަޅުވާލާ އިނގޭ. ދެން އަދި މާދަމާ ސްޓަޑީ ޓޭބަލްއެއްވެސް ގެނެސްދޭނަން. އޭރުން ކޮޓަރީގަ އިނދެގެން ފިލާވަޅުވެސް ހެދޭނެނު.” ހަފީޒާ ބުންޏެވެ. ހިބާ ބޯޖަހާލިއެވެ.

ފައްވާޒް ކޮޓަރިން ނުކުމެގެން ދިޔައީ ފޯނެއް އައުމުންނެވެ. ހަފީޒާވެސް އެކޮޓަރިން ނިކުތީ އެއްޗިހި އަލަމާރިއަށް ލައިނިމިގެން ހިބާ ކައިރީ ތިރިއަށް އައުމަށް ބުނެފައެވެ.

ޝަކީލާ ގެއަށް އައިއިރު ރަޝީދު ސޯފާގައި އިނެވެ. ރަޝީދު އިނީ ހިތްހަމަ ނުޖެހިފައިކަން މޫނުމަތިން އެނގެއެވެ.

“އެތަނަށް ނުދާށޭ ބުނީމަވެސް ދިޔައީ ދޯ. ބަލަ ގޭގަ ކުރާނެ ކަންތައް ނެތީތަ ތާއަބަދު އެމީހުން ފަހަތުން ތި ދުވަނީ؟” ރަޝީދުއަށް ޝަކީލާ ފެންނައިރަށް ތެދުވެ ހަޅޭއްލަވަން ފެށިއެވެ. ޝަކީލާ ކައިރިއަށް ވަރަށް ރުޅިއައެވެ.

“ރަޝީދު ތި ހަޅޭއްލަވަނީ މަ ކޮންކަމެއް ނުކޮށް ދިޔައިމަތަ. ގައިމު މަ ދިޔައީ ރަޝީދުއަށް ކާންހަދާދީފަ. ނުވިތާކަށް މުޅި ގޭތެރެވެސް މިއަދު ސާފުކޮށްފަ އެއޮތީ.” ޝަކީލާ ބުންޏެވެ.

“މަމި ބުނަނީ ކޮންމެހެން އެތަނަށް ދިއުން ތިހާ މުހިންމުހޭ. އަހަރެންގެ ދެކޮއްކޮ އެތިބީ ނަދީމާއާ ހަފީޒާ އެމީހުންވެސް ނޫޅޭ ތިގޮތަކަށް. ކޮން މޮޅެއްތަ ވަނީ ތިގޮތަށް އަބަދު މުޒާހަރާތަކަށް ދިޔައިމަ؟” ރަޝީދު އަދިވެސް ހުރީ ރުޅިއައިސްފައެވެ.

“ބަލަ ރަޝީދު ތިބުނަނީ ދެ ފިނޑިންގެ ވާހަކަ. ގައުމަށް ޓަކާ ކަމަކު ނުކުންނަން ނުކެރިފަ ތިބޭ ބައެއްގެ ވާހަކަ ރަޝީދު ތިބުނަނީ. އަހަރުމެންގެ ޕާރޓީއަށް މިފަހަރު ވެރިކަން ލިބިއްޖެއްޔާ ހަމަ މޮޅުވާނީ އަހަރުމެނަށޭ. ރަޝީދުއަށް ހަމަ އެކަށްޗެއްވެސް ނުވިސްނެ.” ޝަކީލާ އެހެން ބުނަމުން ގޮސް ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ.

އެވަގުތު އަޒްކާ ހުރީ އެނާގެ މަންމައާއި ބައްޕަގެ ދެބަސްވުން އަޑުއަހާށެވެ. ޝަކީލާ ކޮޓަރިއަށް ވަނުމުން އަޒްކާވެސް ނިކުމެގެން ދިޔައީ ހަފީޒާމެން ބަޔަށެވެ. ކިރިޔާވެސް ހިތްހަމަޖެހުމެއް ލިބެނީ ވީހާވެސް ގިނަ ވަގުތު އެބައިގައި ހޭދަކުރީމައެވެ.

އަޒްކާ ހަފީޒާމެންގެއަށް ވަން ވަގުތު ސިޑިމަތިން ފައިބައިގެން އައި ހިބާ ފެނުނެވެ. އަޒްކާ ހައިރާންވެހުރެ އަދި އެހާމެ އުފާވެފައި ހިބާކައިރިއަށް ދުއްވައި ގަތެވެ. ހިބާއަށްވެސް އަޒްކާ ފެނުމުން މާއަވަހަކަށް ސިޑިން ފައިބައިގެން އައިސްފިއެވެ.

“އަޒްކާ” ހިބާ ހައިރާންވެ ހުރެ އަޒްކާގެ އަތުގައި ހިފާލިއެވެ.

“ހިބާ.. ހިބާދޯ މިގެއަށް އައީ. މިގެއަށް ހިބާ އަންނަވާހަކަ ނުބުނަމެއްނު.” އަޒްކާ ބުންޏެވެ.

“އަޅެ ހިބާއަކަށް ނޭގޭނެނު. އަޒްކާ މިގެއާ ކޮންގުޅުމެއްތަ އޮންނަނީ؟” ހިބާ އެހިއެވެ.

“އަޒްކާއަކީ އަހަރެންގެ ބޭބެގެ ދަރިއެއް. މި އިމާރާތުގެ ތިރީބައެއްގަ އެމީހުން އުޅެނީ.” ބަދިގެއިން ނިކުތް ހަފީޒާ ބުންޏެވެ. “އެކަމު ތި ދެކުދިން ކިހިނެއް ދަންނަނީ؟”

“ކުޑައްތާ. ހިބާއަކީ އަޒްކޮގެ އެންމެ ކްލޯސް ކްލާސްމޭޓް. ހިބާއަކީ ވަރަށް ހިތްހެޔޮ ކުއްޖެއް. ކުޑައްތަ ހިބާ މިގެއަށް ގެނައިކަން ހަމަ ރަގަޅު.” އަޒްކާ ބުންޏެވެ.

“ހިބާވެސް ކިޔާނީ ކުޑައްތަ. އޯކޭތަ ކުޑައްތަ ކިޔަސް.” ހިބާ ހަފީޒާއަށް ބަލައިލަމުން ބުންޏެވެ. ހަފީޒާ ބޯޖަހާލިއެވެ.

“ދޭބަލަ ހިބާ ގޮވައިގެން ކާން ބަދިގެއަށް. ވާޒްދޮންބެވެސް އެބައިން ކާން.” އަޒްކާ ކައިރީ ހަފީޒާ ބުންޏެވެ. އަޒްކާ ހިބާގެ އަތުގައި ހިފައިގެން ބަދިގެއަށް ވެއްދިއެވެ. އޭރު ފައްވާޒް ކައިނިމިގެން ތެދުވެ ހުރީ އަތްދޮންނާށެވެ.

“ވާޒްދޮންބޭ. ވާޒްދޮންބެއަށް ހިބާ އިންގޭތަ. މީ އަޒްކޮ ކްލާސް ކުއްޖެކޭ. ހިބާ މީ ވާޒްދޮންބެ އިނގޭ. މާދަމާ މީ ވާޒްދޮންބެގެ ބޮޑު ދުވަހެއް.” އަޒްކާ ބުންޏެވެ.

“އަނެއްކާ ކޮންދުވަހެއް ވާޒްދޮންބޭ؟” ހިބާ ފައްވާޒްއަށް ބަލައިލަމުން އަހާލިއެވެ.

“ވާޒްދޮންބެގެ ގާރލް ފްރެންޑް މިގެއަށް އަންނަ ދުވަސް.” އަޒްކާ ބުންޏެވެ.

އެވަގުތު ހަފީޒާ ބަދިގެއަށް ވަނެވެ. ހަފީޒާ ފަހަތުން ނަދުވާ ވަނެވެ. މާދަމާ ކެއްކުމަށް ގަންނަން ޖެހޭ އެއްޗިހި ބެލުމަށް ބަދިގެއަށް ދެމީހުންވަނީ ގޭގައި ނެތީ ކޮންއެއްޗެއްތޯ ބެލުމަށެވެ. ނަދުވާއަކީ އެގޭގައި އެންމެ މީރުކޮން އެއްޗިހި ކައްކާ ކުއްޖާއެވެ. ކޮންމެގެއަކު ކެއްކިއަސް ނަދުވާ ގެންދާނެއެވެ.

“ނަދުއްތާ. މިހިރީ ހިބާ. ހިބާ މީ ނަދުއްތަ. އަޒްކާމެންގެ ކަޒިންއެއް. އަދި ޒާންބެގެ ގާރލްފްރެންޑް.” އަޒްކާ ބުންޏެވެ.

“މީ އަހަރެންގެ ދައްތަގެ ދަރިއެއް. އަހަރެންގެ ހަގުދަރިފުޅާ އިންނަން އުޅޭ ކުއްޖާއަކީވެސް މީ.” ހަފީޒާ އިތުރަށް ހިބާއަށް އޮޅުން ފިލުވައި ދިނެވެ.

ހިބާ ނަދުވާއަށް ހީލިއެވެ. ނަދުވާވެސް ހިބާއަށް ހީލުމަށްފަހު ހަފީޒާއަށް ސަމާލުކަން އަނބުރާލީ އެމީހުން ކުރަން އައިކަންތައް ކުރާށެވެ. ހިބާއާއި އަޒްކާ ކައިނިމިގެން ނުކުމެ ސޯފާގައި އިށީނެވެ. އޭރު ހަފީޒާއާއި ނަދުވާ ތިބީ ލިސްޓެއް ތައްޔާރުކުރުމުގައެވެ.

“މާދަމާއަށް ދޯ ތި ތައްޔާރުވަނީ؟” ހިބާ އަހާލިއެވެ.

“އާން. މާދަމާ ވާޒްގެ ރައްޓިހިވެގެން އުޅޭ ކުއްޖާ މިގެއަށް ކާން ގެންނާތީ ރަގަޅު އެއްޗެއް ހަދަންވެގެން މި އުޅެނީ.” ހަފީޒާ ބުންޏެވެ.

“ހިބާއަށް ކައްކަން އިނގޭތަ؟” ހަފީޒާ އަހާލިއެވެ. ހިބާ ބޯ ހޫރާލިއެވެ. ހަފީޒާ ހީކުރީވެސް އެހެންނެވެ. މޫނުމަތިންވެސް ޅަގޮތް ހުންނަ އެކުއްޖާއަށް ކައްކަން އިނގޭނެޔޭ ހަފީޒާވެސް ހިތަކަށް ނާރައެވެ.

“އެކަމު ހިބާ ހެލްޕް ކޮށްދޭނަން. ހިބާއަށް އިނގޭ ރޮށިފިހެ ރޮށިދަމަން. ފުއްގަނޑު މޮޑޭކަށް ނޭގެ. ހިބާއަށް އިނގޭ ކިރުފެލާ އެއްޗިހި ކޮށާ އެހުރިހާކަމެއް. ހިބާއަށް އިނގޭ އިސްތިރިކޮށް އެއްޗިހި ދޮންނަން. ހިބާއަށް އިނގޭ ސާފުކޮށް ކުނިކަހާ މޮޕްލާންވެސް. ހިބާއަށް….”

“ތިހެން ވިއްޔާ ވަރަށް ގިނަ ކަންތައް ހިބާއަށް އިނގޭތާ ދޯ.” ހަފީޒާ ހިބާގެ ވާހަކަ މެދުކަނޑާލަމުން ބުންޏެވެ.

“އާން. އެގޭގައި އުޅުންއިރުވެސް ހިބާ ހުރިހާކަމެއް ކުރަނީ. އެދައްތަ ބަދިގެއަށް އަންނަން ވާއިރަށް ހިބާ ހުރިހާ ތައްޔާރީތަކެއް ކޮށްދީފަ ބަހަށްޓަނީ. އޭރުން އެދައްތައަށް ކިހާ ފަސޭހަވާނެ. ދައްތައައިސް ހަމަ ކައްކާލާފަ ދާން ޖެހޭނީ. ދެން އޭރުން ސާފުކޮށް ތަށިތައްނަގާވެސް ހަދަނީ ހިބާ. އެދައްތައަށް ވަރަށް ދަތިވާނެ ހިބާ ނެތީމަ މިހާރު. އެއީ ވަރަށް ހެޔޮ ދައްތައެއް.” ހިބާ އެންމެ އިރުކޮޅަކުވެސް އަނގައިން ނުބުނެ ނީދެވެއެވެ. ހަފީޒާއަށް ހިބާގެ ގޮތް ދަސްވާކަށް މާގިނައިރެއް ނުނެގިއެވެ. ހިތްހެޔޮ އަނގަ ތަޅުވާ ކުއްޖެކެވެ. އެކަހަލަ ކުދިން އަބަދުވެސް ހަފީޒާއަށް ވަރަށް ކަމުދެއެވެ. ފޫހިފިލާނެއެވެ. ނަދުވާ އިނީ ހިސާބަކަށް ހިތްހަމަ ނުޖެހިފައެވެ. ހިބާގެ އަނގަޔާ ހެދި އޭނަ ކުރަން އައިކަންތައް ލަސްވާތީއެވެ. ހަފީޒާއަށް އެކަން ވިސްނިގެން އަވަހަށް ނަދުވާއަށް ސަމާލުކަން ދިނެވެ. އަޒްކާ ހިބާ ގޮވައިގެން މައްޗަށް ދިޔައެވެ.

ޖެހިގެން އައި ދުވަހަކީ ވަރަށްވެސް އަވަދިނެތި އުޅެން ޖެހޭނެ ދުވަހެއް ކަމުން ހަފީޒާ ފަތިސް ނަމާދުން ފައިބައިގެން ބަދިގެއަށް ވަންއިރު ހިބާ ބަދިގެ ސާފުކުރަނީއެވެ. މޭޒުމަތީ ފުރާނާފައި ހުރި ފުށްތައްޓެއް ހުއްޓެވެ. ފުއްގަނޑު މޮޑެން ބޭނުންވާ ހުރިހާ ސާމާނެއްވެސް މޭޒުމަތީ އަތުރާފައި ހުއްޓެވެ. ހަފީޒާ ހުރީ ހިބާގެ އަތްމަތި އަވަސް ކަމުން ހައިރާން ވެފައެވެ.

“ހިބާ، ހާދަ އަވަހޭ ހިބާގެ މަސައްކަތް.” އިރުކޮޅަކު ބަލަން ހުރެފައި ހަފީޒާ ބުންޏެވެ.

“ކުޑައްތަ ރޭގަ ބުނިނަމަ ރޮށިކާން ހަދާނެ އެއްޗެއް. އޭރުން ހިބާ ތައްޔާރުކޮށްދިނީމުސް. އޭރުން ކުޑައްތަ އައިސް ހަމައެކަނި ޖެހޭނީ ކައްކާލަން.” ހިބާ ބުންޏެވެ. “އަން، މިފުއްގަނޑު މޮޑެލާފަ ކުޑައްތަ ކުރަން އައި ކަންތައް ކޮށްލާ. އޭރުން ހިބާ ރޮށި ދަމަމުން ރޮށި ފިހެލާނަން.” މޭޒުމަތީ ހުރި ގޮދަންފުށް ތަށި ހަފީޒާއަށް ދިއްކޮށްލަމުން ހިބާ ބުންޏެވެ. ހިބާ ހުރީ ފެންވެސް ކައްކާފައެވެ. ހަފީޒާއަށް ވަރަށް ފަސޭހަވިއެވެ.

ފުއްގަނޑު މޮޑެލުމާއެކު ހިބާ އެއަތުލައިފިއެވެ. އަދި އަވަހަށް އުދުން ކައިރި އަށިމަތީ ހުރެ ރޮށިދަމަން ފެށިއެވެ. ދެ ރޮއްޓެއް ދަމާލުމަށްފަހު އުނދުން ރޯކޮށްލާ ތަވާ އުދާލިއެވެ. ހިބާގެ މަސައްކަތަށް ހަފީޒާއަށް ބެލެނީއެވެ. އަވަސްކަމުންނެވެ. ހަފީޒާ މަސްދަޅެއް ނެގީ މަސްހުނި ހަދަން ހިތުލައިގެންނެވެ.

“ކުޑައްތާ، ކުޑައްތަ ކޮންމެ ކަމެއް ބުންޏަސް ހިބާ ކޮށްދޭނަން. ކުޑައްތަ އަކީ ނަރުހެކޭ މަންމަ ބުނި. ކުޑައްތަ އުޅެނީ ކޮން ހޮސްޕިޓަލެއްގަތަ؟” ހިބާ ވާހަކަ ދައްކަމުން ދާއިރުވެސް އޭނާގެ މަސައްކަތަކަށް ހުއްޓުމެއް ނާދެއެވެ.

“އައި.ޖީ.އެމް ހޮސްޕިޓަލުގަ. އެތާނގެ ލޭބަރ ރޫމްގަ އުޅެނީ.” ހަފީޒާ ބުންޏެވެ.

“ވަރަށް ބިޒީ ވާނެތާ. ދުވާލަކު އެތައް ބައިވަރު މީހުނެއް ވިހާނެ ވިއްޔަދޯ. ހިބާ އެންމެ ބިރުގަންނަ ކަންތަކުތެރޭ ވިހުންވެސް ހިމެނޭ. ހާދަ ބިރެއް ގަނެޔޭ. ހިބާ ބޭބީސްދެކެ ވަރަށް ލޯބިވޭ. އެކަމަކު ވިހާކަށް ނުކެރޭނެ.” ހިބާގެ އަނގަ އެންމެ އިރުކޮޅަކަށްވެސް ހުއްޓައެއް ނުލައެވެ. އެއްވާހަކައަކަށް ފަހު އަނެއްވާހަކައެއް ފަށައެވެ.

ހަފީޒާ ފިޔާކޮށާ މިރުސް ކޮށާ ނިމުންއިރު ހިބާވެސް ރޮށިފިހެ ނިމިއްޖެއެވެ. ހިބާ އަވަސްވެ ގަތީ ހުނިގާނާށެވެ. ހުރިހާކަމެއް ކުރަމުން ދާއިރުވެސް ހިބާގެ އަނގަ ހުއްޓައެއް ނުލައެވެ. އެންމެ އިރުކޮޅަކުވެސް އެއްޗެއް ނުބުނެ ހިބާއަކަށް ނުހުރެވެއެވެ. ހިބާ ރަށުގަ އުޅޭ ގޮތުގެ ވާހަކައާއި މާލޭގަ އުޅޭ ގޮތުގެ ވާހަކަވެސް ހަފީޒާއަށް ހިބާ ކިޔައި ދިނެވެ. ހިބާ ކިޔަވައި ނިމިގެން ރަށަށްދާން ބޭނުން ނޫންވާހަކަވެސް ހިބާ ބުންޏެވެ. ނަމަވެސް މަންމައަށް ޓަކާ ރަށަށް ދާން ޖެހޭނެ ކަމަށް ހިބާ ބުންޏެވެ. ބަދިގޭ ކަންތައް ނިމުނު އިރު ހަފީޒާއަށް ވަނީ ވަރަށް ރަގަޅަށްވެސް ހިބާ ދަސްވެފައެވެ. މާކުރިން ފެށިގެން އެގޭގައި އުޅެމުން އަންނަ ކުއްޖެއް ކަމުގެ އިހުސާސް ވަނީ ހަފީޒާއަށް ކުރެވިފައެވެ.

ހިބާ ގޭތެރެ ކުނިކަހާ ފެންފޮތިލާ އެތަން މިތަން ފޮޅާ ސާފުކޮށް ހެދުމަށްފަހު ކޮޓަރިއަށް ވަނީ ފޮތްތަކާ އެއްޗިހި ތަރުތީބުކޮށްލާށެވެ. އެވަގުތު ފައުޒާން ހޭލައިގެން ފާހާނާކޮށްގެން ތިރިއަށް ފޭބީ ވަރަށް ބަނޑުހައި ވެގެންނެވެ. ސޯފާގައި އިން ހަފީޒާއަށް ފައުޒާން ފެނުމުން ތެދުވީ ކޮފީ ހަދާށެވެ. ފައުޒާންއަށް ގޭތެރެ ފެނުމުންވެސް ގެއަށް އައިސްފައިވާ ބަދަލުތައް ފާހަގަ ވެގެން ދިޔައެވެ. ހުރިހާއެއްޗެއް ވަނީ ތަރުތީބުކޮށްލާފައެވެ. ޓީވީ ކައިރީ ބަހަށްޓާފައިވާ ނޫސްތަކާ މަޖައްލާތައް ވަނީ ކަބަޑުގައި ތަރުތީބުން އެތުރިފައެވެ. ކުނިކަހާ ދާދިދެންމެ ފެންފޮތިލާފައިވާކަންވެސް ފާހަގަވިއެވެ. އަދި ބަދިގެއަށް ވަނުމުން އެހެންޏާ އަބަދު މޭޒުމަތީ އަތުރާފައި އޮންނަ ފުޅިތަކާ ތަށިތައް ނެތުމުން އެކަން މާބޮޑަށް ވެސް ފާހަގަ ވެގެން ދިޔައެވެ.

“މަންމާ. މިހުރިހާތަނެއް ތި ސާފުކުރީ ހަމަ މެހެމާނު އަންނާތީތަ؟ ނޫނީ ރޯދައަށްތަ؟” ފައުޒާން ހައިރާންވެފައި ހުރެ ހަފީޒާ ކައިރީ އަހާލިއެވެ.

“ނޫނޭ. އަދި ރޯދަ އަންނަން މާ ގިނަދުވަސް އެބައޮތެއްނު. މިގޮތަށް ސާފުތާހިރުކޮން ބާއްވަން އަސްލު މަންމަވެސް ބޭނުމީ. މިއަދު އެ ހިބާ އެހެރީ ހުރިހާ ތަނެއް ސާފުކޮށްލާފަ. މީހަކު ހައިރާން ވާވަރުގެ ކުއްޖެއް އެއީ. އޭނަ ކަންތައް ކުރާލެއް އެހާވެސް ހަލުވި.” ހަފީޒާ ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.

“ޒާންއަށް އަދި ނުފެނެދޯ ހިބާއެއް. ވަރަށް ލޯބިކޮން ހުންނަ ކުއްޖެއްއެއީ. މީހުން ލޯބިވާފަދަ މިޒާޖެއް ހުންނަނީ އޭނަގެ. ހީވަނީ ކުޑަކުއްޖެއްހެން.” ކޮފީޖޯޑު ފައުޒާން އަތަށް ދެމުން ހަފީޒާ ބުންޏެވެ.

ފައުޒާން ހުރީ އޭނަގެ މަންމަ ހިބާގެ ވާހަކަ ދައްކާތީ ވަރަށް ހަމަޖެހިލައިގެންނެވެ. ހިބާއާއި ދޭތެރޭ ފައުޒާން ވެސް ދެކެމުންއައި ގޮތައް އޭނަ މަންމައަށްވެސް ހިބާއެވަނީ ދެކެވިފައެވެ.

“ކުޑައްތާ! އަވަހަށް ހިންގާ….” ހިބާ ބަދިގެއަށް ވަންނަމުން ބުނަމުންއައި އެއްޗެއް މެދުކެނޑުނީ ފައުޒާން ފެނުމުންނެވެ. އެންމެން އެކިޔާ ޒާންއަކީ ފައުޒާން ހެއްޔެވެ. ހިބާއަށް ގަބޫލުނުކުރެވިފައި ހައިރާން ވެފައި ބަލަން ހުރެވުނީއެވެ.

“ހިބާއާ އަދި ޒާންއެއް ދިމައެއް ނުވޭދޯ. ޒާން މިހިރީއޭ ހިބާއަކީ. ހިބާ މީ ޒާން. އަހަރެންގެ ހަގު ފިރިހެން ދަރިފުޅު.” ހަފީޒާ ހިބާއަށް ފައުޒާން ދައްކާލީ ބޮލުގެ އިޝާރާތުންނެވެ.

“މަންމާ. އަހަންނަކަށް އެކުއްޖާއެއް ނުޖަހަ ކުޑަކުއްޖެއް ވައްތަރެއް. އަދި އަންހެނެއް ވައްތަރެއްވެސް ނުޖަހަ. ހީވަނީ ވާލެއްހެން. އެކަހަލަ ގޮތަކަށް ފެންނަނީ.” ފައުޒާން އެންމެ ފުރަތަމަވެސް ބެލީ ހިބާއާ ދިމާކޮށްލެވޭތޯއެވެ. ހިބާގެ މޫނު މައްޗަށް ރުޅިވެރިކަން ވެރިވެގެން ދިޔައެވެ. އެހާމެ ލަދުވެސް ގަތެވެ. ހަފީޒާ ކުރިމަތީ އެފަދަ ގޮތަކަށް ފައުޒާން ބުނާނެ ކަމަކަށް ހިބާ ހިތަކަށްވެސް ނާރައެވެ.

“ޒާން. ކީކޭތަ ތިކިޔަނީ؟ މީހުނާ ދިމާއަށް ތިކަހަލަ އެއްޗިހި ބުނަންވާނެތަ؟ މީހަކާ އެންމެ ފުރަތަމަ ބައްދަލުވާ ވަގުތު ތިގޮތަށް ވާހަކަ ދައްކާނެތަ؟” ފައުޒާން ވާހަކަ ދެއްކިގޮތުން ހަފީޒާ ހުރީ ނުރުހިފައެވެ.

“މަންމާ. އެއީ މީހެއް ނޫނޭ. ދެން ކިހިނެއް ރީތިކޮން ވާހަކަ ދައްކާނީ؟” ފައުޒާން ކޮފީ ޖޯޑު މޭޒުމަތީ ބަހަށްޓަމުން ބުންޏެވެ. “ވާލަ ހިބާ.” ބަދިގެއިން ނުކުންނަން ދަމުން ފައުޒާން ބުނެލިއެވެ.

“އަހަންނަކަށް ނޭގެ ޒާން އެގޮތަށް އެ އަމަލުކުރީ ކީއްވެކަމެއް. މީގެ ކުރިން ޒާންއަކީ އެފަދަ ގޮތަކަށް އުޅުނު ކުއްޖެއްނޫން. މަ މިހިރީ ހަމަ ހައިރާންވެފަ.” ހަފީޒާ ފައުޒާން ދިޔަ ދިމާއަށް ބަލަން ހައިރާންވެފައި ހުރެ ބުނެލިއެވެ.

“ކުޑައްތާ. އަޅާނުލާ. އެއީ މަޖަލަކަށް ބުނިއެއްޗެއް ކަންނޭގެ. ހިބާ އެއްޗެއް ހިތަކަށް ނާރަ.” ހިބާ ހަފީޒާ ހިތްހަމަ ޖައްސައިދޭން ބުނެލިއެވެ. ނަމަވެސް ހަފީޒާ ހުރީ ހަމަ އަޖައިބުވެފައެވެ.

ނަދުވާ އައިއިރު ހިބާއާއި ހަފީޒާ ހުރީ ކެއްކުމަށް ބޭނުންވާ ހުރިހާ ތައްޔާރީއެއް ކޮށްފައެވެ. ނަދުވާއަށް ޖެހުނީ އައިސް ހަމަ ކައްކާލާށެވެ. ވަރަށްވެސް ފަސޭހަ ވިއެވެ. މެންދުރު ބާރަޖެހިއިރު ކައްކާނިމިއްޖެއެވެ. މީގެ ކުރިން ދުވަހަކުވެސް އެގޭގައި އެހާ ކުރިން ކައްކާ ނުނިމޭނެއެވެ. ހާއްސަކޮން ހުކުރު ދަވަސް ދުވަހު ހުކުރުން ފައިބަން ވާއިރަށްވެސް ނުނިމެއެވެ.

ހިބާ ބަދިގެ ސާފުކޮށްލާފައި މައްޗަށް އެރީ ކޮޓަރިއަށްވަދެ ފިނިކޮށްލުމަށް ހިތައް އަރުވައިގެނެވެ. މައްޗަށް އެރިވަގުތު މޫނުމަތީ އައިސް އެޅުނީ މަޑު ފެހި ކުލައެއްގެ ފޮތިގަނޑެކެވެ. ހިބާ މޫނުމަތިން އެނަގާ ބަލައިލިއިރު އެއީ ޓީ ޝާރޓެކެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

މަންޝާ (ފަސްވަނަ ބައި)

Next

ހާދަ ލޯބިންނޭ…. (29)

Next
April 4, 2016

ހާދަ ލޯބިންނޭ…. (29)

Previews
April 4, 2016

މަންޝާ (ފަސްވަނަ ބައި)

12 Comments!

  1. Aliyah Mikaelov says:
    April 4, 2016 at 2:50 am

    Vaala hiba ? Love this story. Keep it up. X

  2. noo says:
    April 4, 2016 at 3:09 am

    Ya dhow vaala hibaa nice . adhi hibaa e name haadha salhiye dhow…

  3. Shaai says:
    April 4, 2016 at 7:24 am

    Alhe haadha reychey. Hibaa n xaan ge bai enme rythi. Aasi avahah update kohlahche. Hivany v riythi vaanehen..

  4. Ninni says:
    April 4, 2016 at 8:21 am

    Kiyaafa oiy vaahaka yeh..

    V reethi story eh mee 🙂

  5. Hadhee says:
    April 4, 2016 at 9:14 am

    Alheyyy haadha reehchey.. Just love it??? heevany vaajakaiga ulhey myhunna eky ulheveyhen. V avahah up kurahchey aasi.. Keep up the good work ??

  6. Fathun R says:
    April 4, 2016 at 10:39 am

    Love it …..

  7. Ainy says:
    April 4, 2016 at 10:40 am

    V rythi vaahaka eh …avahah update kohbaa plz ….??

  8. malko says:
    April 4, 2016 at 11:45 am

    Vvvv reethi mi vaahaka. Aashi thankolheh avahah up kohla dhehcheyy

  9. Zahy says:
    April 4, 2016 at 1:53 pm

    Kiyaafa oiyy vaahaka eh mii
    Varah varah reethi vaahaka eh… Love it ❤️❤️❤️❤️ Vaala hibaa ?

  10. azaazeel says:
    April 4, 2016 at 1:59 pm

    amaafui kahala vaahaka eh mee

  11. Soabi says:
    April 4, 2016 at 11:19 pm

    Hama kiyaahiyvany vaane gothakah inthizaaru kureveny v salhi good work keep it up

  12. Faxoo says:
    April 22, 2016 at 5:42 pm

    dhen vaala Hiba nukiyaba 😛 i just like that little girl ? eyna ulhey goi varah majaa dhw. hyvany hama vaahakaiga ulheveyhen 😀

Comments are closed.

Next Episodeހާދަހާވޭ ކުރާހިތް ސަމާސާ 6 ވަނަ ބައި←


All Right Reserved!