
ވަޢުދޭ ވެވޭމީ – 19

Listen to this story
Audio · 7:02
Powered by Esfiya Voice
0:00
7:02
0:00
7:02
- “އޭހް ވެއިޓް… އަރ ޔޫ؟… އެންގޭޖްޑް؟…” ނައިނާގެ ކަށިއިނގިލީގައި އިން އަނގޮޓިއަށް އިށާރާތް ކޮށް ޒިޔާން އަހާލިއެވެ. އެއާއެކު ނައިނާ ވާއަތް އުފުއްލާލަމުން ބޯ ޖަހާލިއެވެ. “މިރޭ… ހައި މެންގޭ ބެލްކަނީގަ ތިބެފަ ހީ އާސްކްޑް މީ… އެންޑް އައި ސެޑް ޔެސް…” އަނގޮޓި ރީއްޗަށް ދައްކާލަންވެގެން ޒިޔާންއާ ކައިރިއަށް ނައިނާ ހިނގައިގަތެވެ. “އޯ އައިމް ސޯ ހެޕީ ފޯ ޔޫ ސިސް… ދެން ރީއްޗަށް އުޅޭ ހައިޒަލްއާއެކު…” ނައިނާގެ ގައިގާ ބައްދާލަމުން ޒިޔާން ބުނެލިއެވެ. ހަޤީގަތުގައިވެސް މިރޭ އޭނާ ވަރަށް އުފާވެއްޖެއެވެ. މިހާރު އޭނާއަށް އިނގިއްޖެއެވެ. ކުރިން ނައިނާދެކެ އެ ވެވުނު ލޯތްބަކީ ލޭގެ ގުޅުމެއް އޮތީތީވެ ވީ ލޯތްބެކެވެ. އެއީ އިޝްޤީ ލޯތްބެއް ނޫނެވެ.
- އެހެން ހުރެފައި ޒިޔާން ކުއްލިއަކަށް އައިސްފެންފުޅި ނައިނާގެ ބޮލަށް އަޅާލިއެވެ. ފިނިވެގެން ނައިނާ ތުރުތުރު އަޅާގަތްތަން ފެނި ޒިޔާން އަޑުގެ ނެތްތަނަށް ހޭން ފެށިއެވެ. “ސޮރީ ނައި ސިސީ… ވަރަށް ލޯބިވޭ… ކޮންސިޑަރ އިޓް އޭސް އަ ސެލެބްރޭޝަން…” އެއްލޯ މަރާލަމުން ޒިޔާން ބުނެލިއެވެ. “ދޭ ތި އެއްޗެހި ބަދަލުކޮށްގެން ނިދަންދެން… އެހެންނޫނީ ރޯގާ ޖެހިދާނެ… އަހަރެން މިތަން ސާފުކޮށްލާފަ ނިދަންދާނެން…” ދެންވެސް ޒިޔާން ވާހަކަދެއްކިއެވެ. ނައިނާ ބޯ ޖަހާލަމުން ޒިޔާންއަށް ގުޑްނައިޓްކިޔުމަށްފަހު މައްޗަށް އަރައިން ދިޔައެވެ.
- ޖެހިގެން އައި ދުވަހެވެ. ހެނދުނު ހަތެއް ޖެހި އިރުވެސް ނައިނާގެ އިތުރުން ޒާންގެ އަޑެއްވެސް ނީވޭތީ ޒިޔާނާ ދިޔައީ ނައިނާ ކޮބާތޯ ބަލާލަންނެވެ. “ދަރިފުޅާ ނައި؟… ނުހޭލަންތަ؟… ޒާންގެ ގަޑިވެސް ޖެހިއްޖެއްނު…” ނައިނާގެ ކޮޓަރީ ޓަކި ޖަހަމުން ޒިޔާނާ ގޮވާލިއެވެ. އެހެނަސް ނައިނާގެ ޖަވާބެއް ނުލިބުނެވެ. ދެވަނަ ފަހަރަށް ގޮވާލިތަނުން ޒާން އައިސް ދޮރުހޮޅުވިއެވެ. “އަންހާ… މާމާގެ ޒާން… ކޮބާތަ މަންމި؟…” ޒާން އުރާލަމުން ޒިޔާނާ އަހާލިއެވެ. އެއާއެކު ނިދިއަޑަކުން މަންމި ނުހޭލައޭ ޒާން ބުނެލިއެވެ. ޒިޔާނާ ޖަވާބެއްނުދީ ހީލަމުން ނައިނާމެން ކޮޓަރިއަށް ވަނެވެ. ރަޖާދަށަށް ވަދެ، އެއްކޮށް ނިވާވެގެން އޮތް ނައިނާފެނި ޒިޔާނާ، ޒާން ތިރީގައި ބެހެއްޓިއެވެ.
- “ދަރިފުޅާ ނައިނާ؟ ބަލީތަ؟…” ޒިޔާނާގެ އަޑަށް ނައިނާ ބޯ ހިއްލާލިއެވެ. އެއިރު އެ ދެލޮލާއި ނޭފަތް ވަނީ ރަތްވެފައެވެ. މޫނުމަތިންވެސް ހީވަނީ ބަލި ހެންނެވެ. “ފާޑެކަށް ބޮލުގަ ރިއްސަނީ… އެހެންވެ ކަންނެ ޒާންގެ ގަޑި ޖެހުނު އިރުވެސް ނުހޭލެވުނީ…” ނައިނާ ބުނެލިއެވެ. “އަސްތާ… ދަރިފުޅާ ތިއޮށް ހުމާ ފިހެނީނު؟… ތެދުވޭ ހަމަ މިހާރު… ގޮސް ތައްޔާރުވެލައިން އާދޭ… މަންމަ ސައި ތައްޔާރުކޮށް ބޭސް ނަގާނަން…” ނައިނާގެ އަތުގައި ހިފާ ނަގަމުން ޒިޔާނާ ބުނެލިއިރު އެއަޑުގައި ވަނީ ކަންބޮޑުވުމުގެ އަސަރެވެ. ނައިނާ ބޯޖަހާލަމުން ފާހަނައަށް ވަނެވެ.
- އަވަސް އަދި ބާރު ހިނގުމެއްގައި ޒިޔާނާ ތިރިއަށް ފައިބައިގެން އައިތަން ފެނި ރިޒާމްގެ ދެބުމަ ގޮށް ޖެހުނެވެ. ޒިޔާނާގެ ކޮނޑުގައި ހިފައްޓާލަމުން ‘ހާދަހާ އަވަސްއަރުވާލާގެންނޭ’ ބުނެލިއެވެ. “ނައި ހުންއައިސްގެން ވާނެ އެއްޗެއް ވެފަ އެބައޮތް… ރޭގަ ކޮންމެސް ސަކަރާތެއް ޖަހާފަ ހެންހީވަނީ…” ޒިޔާނާ ބުނެލީ ރިޒާމްއަށް ކަމުގައިވިޔަސް އެއަޑު ތިރިޔަށް ފޭބި ޒިޔާންއަށްވެސް އިވުނެވެ. ވަގުތުން އަނބުރާ މައްޗަށް އެރީ ނައިނާ ކައިރިއަށް ވަދެލާށެވެ.
- “ކޮބާ ސިސް؟… އޯކޭތަ؟…” ފާހަނައިން ނުކުތް ނައިނާ ފެނިފައި ޒިޔާން އެއްލޯ މަރާލަމުން އެއްސެވެ. “ހޫން… މިވަރަކަށް ދެން އޯކޭ ވާނީ… ބުނާނަން މަންމަ ކައިރި ޔާންއާ ހެދިއޭ މިހެންވީ…” ނައިނާ ލޯއަޅާލިއެވެ. “ބުނާ އިރު ބުނައްޗޭ ވާއަތު ކަށި އިނގިލީގަ އޮތް އަނގޮޓީގެ ވާހަކަވެސް… މަންމަ ވަރަށް އުފާވާނެ… މަށަށް ބޮމެއް ނާޅާނެ ކަންނެ އެ ވާހަކަ ބުނީމަ…” ޒިޔާން ބުނެލީ ނައިނާ އާއެކިީ ތިރިޔަށް ފާބަމުންނެވެ. ވަގުތުން ޒިޔާންގެ ބުރަކަށްޓަށް އެރީ ނައިނާގެ އަތުގެ ހޫނު ހަމަލާއެކެވެ.
- ސައި މޭޒުދޮށުގައި ނައިނާގެ ފަރާތުން ލިބުނު އުފާވެރި ޚަބަރަށް ފަހު މުޅިންވެސް އޮތީ އެވާހަކައެވެ. ނައިނާއާއި ހައިޒަލްގެ ފުރާވަރުގެ ވާހަކަތަށް ފޯރީގައި ނައިނާ ކިޔާދެމުން ދިޔައިރު ޒިޔާނާ ހިވީ އެ ދަރިފުޅާއެކު ގެއްލުނު ދުވަސްތަށް އަނބުރާ ހޯދަން މަސައްކަތް ކުރާހެންނެވެ. ސުކޫލުގައި އުޅުނު އިރު ނައިނާ ހަދާ ގޮތްގޮތާ ހައިޒަލް ހަދާ ގޮތް ގޮތުގެ ވާހަކަ ކިޔައިދެމުން ދިޔައިރު ނައިނާގެ މޫނުމަތިން ފެންނަމުން ދިޔަ ފުން ހިނިތުންވުންވެސް ހެކި ދެނީ، ނައިނާ ހައިޒަލްދެކެ ވާ މަތިވެރި ލޯބީގެ ބޮޑުކަމެވެ.
- އިރުގަނޑެއް ވަންދެން އެ އެންމެން ވާހަކަ ދައްކަން ތިބެފައި ނައިނާ މައްޗަށް އެރީ ހައިޒަލް ގުޅުމުންނެވެ. ދެމީހުން އޮލަ ވާހަކަތަކުގައި ތިބެފައި ފޯނު ބޭއްވީ ޒާން ފޫހިވެގެން ނައިނާއަށް އުނދަގޫ ކުރަން ފެށުމުންނެވެ. ހައިޒަލް ކައިރީ ފަހުން ގުޅާނެމޭ ބުނެފައި ނައިނާ، ޒާން ފެންވަރުވަން ވެއްދިއެވެ. ޒާން ފެންވަރުވާ ރީތިކޮށްފައި ޓީވީ އަޅުވައި ދިނުމަށްފަހު ނައިނާވެސް ފާހަނައަށް ވަނީ ފެންވަރާ ތާޒާ ވެލުމަށެވެ. ފެންވަރައިން ނުކުމެ މުށި ކުލައިގެ ވީނެކް މަތިކޮޅަކާއި ކްރީމް ކުލައިގެ ތިރިޔެއް ލިޔެވެ. އެއާއެކު ހަމަ މުށިކުލައިގެ ބެލްޓެއް އަޅާލަމުން މުށިކުލައިގެ އަތްދަބަސް ނަގާ މުހިންމު އެއްޗެހިތައް އެޅިއެވެ.
- “ލެޓްސް ގޯ މަންމި ދޫނި…” ނައިނާގެ މި ޖުމްލައާއެކު ޒާން ފުންމައިގެން ތެދުވިއެވެ. އަދި ނައިނާގެ އަތުގައި ހިފާލަމުން ހިނގާށޭ ބުނެލިއެވެ.
- “ކޮންތާކަށް ދެމީހުން މާ ރީތިވެލައިން…” ސިޓިންރޫމްގައި އިން ޒިޔާންއަށް ނައިނާއާއި ޒާން ފެނިފައި ދިމާކޮށްލިއެވެ. “މިދަނީ ރައްޓެއްސެކާ ދިމާކޮށްލަން… ދޯ ޒާން…” ނައިނާ ހީލިއެވެ. “އަހަރެން ލައި ދޭނަން… އަހަރެންވެސް މިދަނީ ބޭރަށްށޭ…” ބޭރަށް ނުކުންނަމުން ޒިޔާން ބުނެލިއެވެ. ނައިނާ ތޭންކްސްއޭ ބުނެލަމުން ކާރުގެ ކުރީ ސީޓަށް އަރާ ހަމަޖެހިލިއެވެ.
- ނައިނާ ބޭނުންވާ ރެސްޓޯރެންޓްއަށް އާދުވުމާއެކު ޒިޔާންއަށް ޝުކުރު އަދާ ކުރަމުން ޒާން ގޮވައިން ފޭބިއެވެ. އެއާއެކު ޒިޔާން ކާރު ދުއްވާލީ އޭނާގެ މަންޒިލަށް ދިޔުމަށެވެ.
- * * * * * * * * *
- ފިހާރައިން އަތު ގުޅާލައިން ނުކުތް ދެމަފިރިންނަށް ވަނީ އެންމެންގެ ނަޒަރު ހުއްޓިފައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ‘މެޗިން އައުޓްފިޓްސް’ގައި ދެމީހުން ތިބިއިރު ރީތިކަމާއި ފުރިހަމަކަންވެސް ހަމަ އެހާމެ ފާޅުކަން ބޮޑެވެ. އަމިއްލަ ވާހަކަތަކެއްގައި ސަކަރާތް ޖަހަމުން އައި ދެމަފިރިން ހުއްޓުނީ ރިންގުވަމުން ވިޔަ ފޯނުގެ އަޑަށެވެ.
- “އާދެ… ނޫން އަޅުގަނޑު ރޭގަ އޭތި ސަބްމިޓް ކޮށްލިން… އެހެންތަ؟… އޯކޭ މިދަނީ…” ކަންފަތުން ފޯނު ނަގަމުން ރައުލް ބަލާލީ ކައިރީ ހުރި ނައުހާއަށެވެ. “އިޓްސް އޯކޭ ރައުލް… ދޭ އޮފީހަށް… އަހަރެން އަދި ތަނަކަށް ގޮސްލާފަ ދާނީ…” ނައުހާ ހިނިތުން ވަމުން ބުނެލިއެވެ. “އޯކޭ… އެކަމް މާ ލަސްނުކޮށް ގެޔަށް ދައްޗޭ… ލަވް ޔޫ ސޯ މަޗް ބޭބް…” ނައުހާގެ ނިތްކުރިޔަށް ބޮސްދެމުން ރައުލް ބުނެލިއެވެ. ނައުހާ ބޯ ޖަހާލީއެވެ. އެދެމީހުން ގެ ލޯބިވެތި ވަގުތުތަށް ބަލަން ނުހަނު ގާތުން ތިންވަނަ މީހެއް ހުރިކަން ނޭންގި ނައުހާއާއި ރައުލް އެމީހެއްގެ މަންޒިލަށް ދަތުރު ފެށިއެވެ. ރައުލްގެ މިސްރާބު ހުރީ އޮފީހާ ދިމާލަށެވެ. ނައުހާގެ މިސްރާބު ހުރީ ފާމަސީ އަކާ ދިމާލަށެވެ.
- ބޭނުންވާ އެއްޗެހި ގަނެގެން ގެޔަށް ދާން ހިނގައި ގަތް އިރުވެސް އެމީހާ ނައުހާގެ ފަސްފަހަތުން ދިޔައެވެ. ނަމަވެސް ނައުހާއަށް އެކަން ރޭކާ ނުލި ކަމީ ކާކުގެ ބަދު ނަސީބު ކަމެއް ނޭންގެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (2)
Comments are closed.
Masha Allah Mi part vx vrh Rythi 🙌🏻💗
Raul and Nauu so cute. Nai and Haizel too! 💕 Haadha dhuvaheh kohlaafa thi upload kohly? oh Noo nauu ah gotheh nuhadhahcheyy 😭 next part avahah upload kohdhehchey So curious 😳 Patiently waiting for the next part When’s next?
Thankyouu shaba_17🫶🤍
Hehe Olevels nimunyma liyanney madu kury.
Insha allah Wednesday ga upload kureveythw balaanan🫶