“ދަރިފުޅާ؟ ކިހިނެތްވީ ދޫނީ؟” ޒާލާގެ ކޯތާފަތުގައި ހިފާ އޭނާއާއި ދިމާލަށް ޒާލާގެ ނަޒަރު ހުއްޓުވަމުން ނައުރީން އެހިއެވެ. “މަންމާ… އަކޫ… އަކޫ…” ޒާލާއަށް ބުނެވުނީ އެވަރަށެވެ. ދެން ފެނުނީ ނަރުރީންގެ އަތުތެރެއަށް ޒާލާގެ ހަށިގަނޑުން ދެމުން މަންޒަރެވެ.
(49 ވަނަ ބައި)
“ޒާލާ؟ ޒާލާ؟ ދަރިފުޅާ؟ ލޯ ހުޅުވަބަލަ. ދަރިފުޅާ. ކިހިނެތްތަ ވީ؟ ހެޔޮނުވާނެ ދަރިފުޅާ…” ނައުރީންގެ ދެލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަން ފެށިއެވެ. ޒާލާގެ ހަށިގަނޑު އުފުލާލަމުން ގެންގޮސް ކޮޓަރީގައި އިން ސޯފާގައި އޭނާގެ ހަށިގަނޑު ނައުރީން ބާއްވާލިއެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ފޯނު ނަގާ ފުރަތަމަވެސް އޭނާ ގުޅި އަކްނާންއަށެވެ.
“ތިޔަ ގުޅުއްވި ނަންބަރު މިވަގުތު ބިޒީ. ފަހުން ގުޅުއްވާލައްވާ-” ނައުރީން ގުޅި 4 ފަހަރުވެސް ލިބުނީ ހަމަ އެ ޖަވާބެވެ. ރޮމުން ރޮމުން ދިޔަ ހާލުގައި ދެން އޭނާ ގުޅީ ޒަވުލްއަށެވެ.
‘ޓޫލިޕްސް’ ގެއަށް ހަތަރު ފުލުހުން ވައިން އިރު ގޭތެރެއިން އަންހެނެއްގެ ރުއިމުގެ އަޑު އިވެމުން ދިޔައެވެ. ބެލެވޭ ގޮތުން ނަމަ އެއީ އަލޫކާގެ މަންމައެވެ. އެ އަންހެން މީހާ ގާތުގައި މުސްކުޅި އަންހެނެއް އިނެވެ. އެއީ އަލޫކާގެ މާމަ ކަންނޭނގެއެވެ.
ފުލުހުން ވައިންތަން ފެނުމުން މާޔޫސްވެފައިވީ އަލޫކާގެ ބައްޕަ އިބާން ކުރިއަށް ޖެހިލިއެވެ. “އަޅުގަނޑުގެ ދަރިފުޅު…” އިބާންއަކަށް އިތުރައް ވާހަކައެއް ނުދެއްކުނެވެ. ހުރި ހަމަ އެކަނި ދަރިފުޅުގެ އެ އަނިޔާވެރި ނިމުމުން އޭނާގެ ބަފައިވަންތަކަމުގެ ހިތް ވަނީ ކުދިކުދި ވެފައެވެ.
“ހުއްޓާލާ ބޭބޭ. އަޅުގަނޑުމެން އަލޫކާގެ ވޭދަނަ ރަނގަޅަށް ބަލާ، އަލޫކާއަށް އިންސާފު ހޯދަ ދޭނަން” ޔަގީން ކަމާއި އެކު އެޒިކިއެލް ބުނެލިއެވެ. އިބާން ކަރުނައިގެ ތެރެއިންވެސް ހިނިތުންވެލިއެވެ. ނިވިފައިވީ ހުޅުކޮޅު އަލުން ރޯވި ފަދައެވެ. އެދެލޮލުން އުންމީދުގެ ކުލަވަރެއްވެސް ފެނިގެން ދިޔައެވެ.
އަކިޔަލް، އެޒިކިއެލް، އެލާރާ އަދި ޔައުލާން އެތެރެއަށް ވަނެވެ. އަލޫކާގެ ހަށިގަނޑު އޮތީ ސިޓިންގރޫމް ތެރޭގައެވެ. ސޯފާގައި އޭނާގެ ހަށިގަނޑު އޮތް އިރު އިސްތަށިގަނޑުވަނީ ހާވެފައެވެ. މޫނުމަތީގައި ވެސް ކުދިކުދި ފާރުތައް ހުއްޓެވެ. ވާތު ކޮލުގައި ތޫނު އެއްޗަކުން ވަކި އަޅުވާފައިވީ ކަހަލަ ނިޝާނެއް ވިއެވެ. ބަނޑަށާއި މެއަށް ވަޅި ހަރާފައިވީ އިރު މުޅި ސޯފާ ވަނީ ލެއިން ކަޅިވެފައެވެ. “ހޮސްޕިޓަލައް ގެންދަން ހިނގާ..” ފުންނޭވާއެއް ދޫކޮށްލަމުން އެޒިކިއެލް ބުނެލިއެވެ.
ދެނަމާދު ދޭތެރޭގެ ވަގުތެވެ. ފުލުހުންގެ ގިނަ ބަޔަކު އެއްވެގެން އެންމެންވެސް ދައްކަމުން ދިޔައީ މިއަދު މަރުވެ ދިޔަ އަލޫކާގެ ވާހަކައެވެ. “އަޅުގަނޑު ބުނާނީ ލައިލީންގެ ކޭސްގަވެސް އަދި އަލޫކާގެ ކޭސްގައިވެސް މިއުޅެނީ ހަމަ އެކަކޭ. މިއީ އާދައިގެ ކަމެއް ނޫން. މިއީ ހަމަ ސީރިޔަލް ކިލިންގ” އެޒިކިއެލް ވާހަކަ ދައްކަމުން ބުނެލިއެވެ.
“ސާރ. ބެލެވޭ ގޮތުން ސީރިޔަލް ކިލާރ ކޭސް، އަދި ކިޑްނެޕިން ކޭސްގަ ވެސް މިއުޅެނީ ހަމަ އެކަކު” އަކިޔަލް ތެދުވެ އިތުރު ކޮއްލިއެވެ.
“އެއީ ކީއްވެ ތިހެން ތިބުނީ؟ ދާއިޔަލް…؟ އޭނަ މިކަހަލަ ކަމެއް ކޮށްފާނެހެން ހިޔެއް ނުވޭ” އެޒިކިއެލްއަކަށް އެވާހަކައެއް ގަބޫލެއް ނުކުރެވުނެވެ.
“ރަނގަޅަށް ވިސްނާލަބަލަ ސާރ. މި 2 މަރުވެސް ހިނގާފައި މިވަނީ ދާއިޔަލް އުޅޭ ގޭޔާއި އެއްމަގުގައި ހުރި ގޭގޭގަ” އަކިޔަލް އަނެއްކާވެސް ބުނެލިއެވެ. އެހެން ބުނުމުން އެޒިކިއެލްއަށް ވިސްނާލެވުނެވެ.
ބައްދަލުވުން ނިންމާފައި އެލާރާ ދިޔައީ އޭނާއަށް ހަމަ ޖެހިފައިވީ ކެބިންއަށެވެ. އެއްވެސް އަޑެއް ބަޑެއް ނީވި އޭނާ އެކަނިވުމުން އެލާރާގެ ލޮލުގައި ކަރުނަތައް ބޮނޑިވާން ފެށިއެވެ. ޒަވުލް އޭނާއާއި ވަކިވީކަން އިހުސާސްވުމުން އެހިތް ފިސްފިސްވާން ފެށިއެވެ. މަޑުމަޑު ފަނޑު އަލީގައި ހުރި އެލާރާގެ ލުއި ގިސްލުމުގެ އަޑު މުޅި އެސަރަހައްދުގައި އިވެމުން ދިޔައެވެ.
އެތަނައް ވައިން ޔައުލާންއަށް އެއަޑު އިވި ގަބުވިއެވެ. ހިތައް ނުކުޅަދާނަވިއެވެ. އެލާރާ އެހާ ވޭންދެނެވި ގޮތަކައް އެރޮނީ އެހިތައް ވަރަށް ތަދުވީމައެވެ. އެހެން ނޫން ނަމަ އޭނާ އެހެން ނުރޯނެކަން ކަށަވަރެވެ.
“އެލާ…” އެލާރާގެ ކެބިން ހުޅުވާލަމުން ޔައުލާން ގޮވައިލިއެވެ. ނޭފަތް ދަމާލަމުން އެލާރާ ފަހަތް ބަލައިލިއެވެ. ޔައުލާން ފެނުމުންވެސް އެ ކަރުނަތައް އޭނާއަކަށް ނުހުއްޓުވުނެވެ. އެހިތައް މިއަދު ތަދުވަނީ މާ ވަރަށެވެ. ތުންފިއްތާލަމުން އެލާރާ ގޮސް ޔައުލާންގެ މޭގައި މޫނު ފޮރުވާލިއެވެ.
“ޔައު… ޒަވޫ… ޒަވޫ އެލާ ދޫކޮށްލީ… އެލާ… އެލާ މިއަދު މުޅިން އެކަނިވެރި ވެއްޖެ…” އެލާރާ ރޮމުން ރޮމުން ބުންޏެވެ. އެލާރާއަށް ޒަވުލްގެ ފަރާތުން އެ ލިބުން ވޭން އިނގި ޔައުލާންއަށް ދަތްކުނޑިވިކައިލެވުނެވެ.
“ޔައު… ދެން ކިހިނެތް އެލާ އުޅޭނީ؟ އެލާދެކެ ލޯބިވާ އެކަކުވެސް ދެން ނެތް…” ނޭފަތް ދަމާލަމުން އެލާރާ ބުނެލިއެވެ.
“އެލާދެކެ ލޯބިވާ މީހުން އެބަ ތިއްބޭ… އެލާގެ މައިންބަފައިން… އެލާގެ ދޮންބެ… މީ…” އިސްޖަހާލަމުން ޔައުލާން އެލާރާއަށް އިއްވާލީ އޭނާގެ ހިތުގެ އަޑެވެ.
“އެލާވެސް ލޯބިވޭ.. އެކަމަކު…” އެލާރާ އެ މާނަ ކުރީ އެކުވެރިޔެއްގެ ހައިސިއްޔަތުންކަން ޔައުލާންއަށް ޔަގީނެވެ. އިހަށް އެވާހަކަ ބާއްވާފައި ޔައުލާން ބަލަން ބޭނުންވީ ވީ ކީއްތޯއެވެ.
“ޝޫޝް… އެލާ… ހުއްޓާލަބަލަ. ދެރަނުވޭ. ކިޔާ ދީބަލަ… ކިހިނެތްވީ..؟” އެލާރާ ގޮނޑީގައި ބައިންދަމުން ޔައުލާން އެހިއެވެ. އެއްވެސް އަކުރެއް ފިއްޔެއް ވައްޓާނުލާ ދެމީހުންގެ ދެމެދުގައި ޖެހުން މައްސަލަތައް ޔައުލާންއަށް އެލާރާ ކިޔައިދިނެވެ. އަދި މިއަދު ވަކި ވަމުން ޒަވުލް ދެއްކި ވާހަކަ ވެސްމެއެވެ.
“އެލާ…” އެލާރާގެ ވާހަކަތައް އިވި ޔައުލާންގެ ދެލޯ ބޮޑުވިއެވެ. “އޭރު އަލޫކާގެ އެއްވެސް ވާހަކައެއް ހަބަރަކުވެސް ނެތް. އޭރު އަލޫކާގެ މަރުގެ ވާހަކައެއް އެއްވެސް މީހަކައް ނޭނގޭނެ. ދެން ކިހިނެތް ޒަވުލްއަށް އެނގުނީ…؟ އަނެއްކާ…؟ ޒަވުލް…؟” ޔައުލާން އަހައިލި ސުވާލުން އެލާރާ ހިތްހަމަ ނުޖެހުނެެވެ. ދަތްކުނޑިވިކާލަމުން ޔައުލާންގެ ކޯތާފަތުގައި އެލާރާ ވިހެލިއެވެ.
“ގޮތްކުޑަ. ކަލޭ ތިބުނީ ޒަވޫއަކީއޭތަ އެ މީހުން މަރާ މީހަކީ؟” ގޮނޑިން ތެދުވަމުން އެލާރާ އެހިއެވެ. އޭރު އައިސްފައިވީ ރުޅިން އެލާރާ ތުރުތުރުލައެވެ.
“އެލާ ނިކަން ވިސްނަބަލަ. ކިހިނެތް ޒަވުލްއަށް އެކަން އެނގެންވީ؟ ޒަވުލްގެ އުޅުން ބަދަލުވާން ފެށީ ހަމަ ކުއްލިއަކަށް. ލައިލީންގެ ކޭސްއަށް ފަހު. ދެން މިއަދުގެ ކޭސް. ކިހިނެތް ޒަވުލްއަށް އެކަން އެނގެންވީ؟ މީހަކު މަރުވި ވާހަކައެއްނޫން އަދި ބުނީ. އަނެއްކާވެސް މީހަކު މެރިއްޔޭ އެކޭސް ބަލަންވީ ހޭ؟ އެހެން އޭނަ ނުބުނާނެ ދޯ އޭނައަށް އެއްޗެއް ނޭނގޭނަމައެއް؟” ޔައުލާން ތެދުވަމުން ބުނެލިއެވެ.
އިތުރު އެއްޗެއް ނުބުނެ ރޮމުން ރޮމުން އެލާރާ ސްޓޭޝަނުން ނިކުތެވެ. އެލާރާ ފަހަތުން ޔައުލާން ވެސް ނިކުތެވެ. ބަރުހެލި ފިޔަވަޅުތަކެއްގައި ދުވެފައި ދިޔަ އެލާރާ ސްޓޭޝަނުން ނިކުތުމާއި އެކު ބާރު ދުވެލީގައި އައި ކާރެއްގައި ޖެހުނެވެ. ވަގުތުން އޭނާ ދިޔައީ މާދުރަށް ވިއްސައިގެންނެވެ. ތަންކޮޅެއް ދުރުގައި އިން ހޮޅިދަނޑިއެއްގައި ޖެހި ބިންމައްޗައް ވެއްޓުނެވެ.
“އެލާ!!!” ވަގުތުން ޔައުލާންގެ ފިޔަވަޅުތައް ހުއްޓުނެވެ. ދެލޯ ފޫދުއްވާލާފައި ހޫނު ކަރުނަތައް އަންނަން ފެށީ ބަސްބުނާހާ އަވަހަށެވެ. އެލާރާއާއި ދިމާލަށް ޔައުލާން ދުއްވައިގަތެވެ. ދުވެވުނު އެންމެ ބާރަކަށެވެ. ނަމަވެސް އޭރުވެސް އެލާރާ ވަށައިގެން ލޭގެ ކޯރެއް ހެދިފައިވިއެވެ.
“އެލާ…” އެލާރާގެ ހަށިގަނޑު ނަގާ އުނގުގައި ބާއްވަމުން ޔައުލާން ގޮވައިލިއެވެ. އަދި ކަރުނުން ފުރިފައިވީ ދެލޮލުން އެކާރާއި ދިމާލަށް އޭނާ ބަލައިލިއެވެ. ދެލޮލާއި ތުންފަތް އެކަނި ފެންނަ މާސްކެއް އަޅައިގެން އިން އޭނާގެ ތުންފަތުގައިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ.
“އެޒިކިއެލް… ފުރަތަމަ ލޯބިވެރިޔާ. ދެން ކޮއްކޮ” އެއްމިޔަކަނުން ހީލަމުން އޭނާ ބުނެލިއެވެ.
(ނުނިމޭ)
ފަންސާސްވަނަބައިގެ ތެރެއިން:
“އާހްހްހް ނޫން… ނޫނެކޭ. އަހަރެން އެލާދެކެ ވަރަށް ލޯބިވެޔޭ. އެލާއާ ނުލާ ނޫޅެވޭނެ. ހަމަ މިހާރު އަހަރެންގެ އެލާ އަހަރެން ގާތަށް ގެނޭ” ރޮވިފާ ވާހާލުގައި ޔައުލާން ކުރިމަތީ ހުރި ޑަކްޓަރު ކޯޓުގައި ހިފާ ތަޅުވައިގަތެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.







WHATTTTTTTTTTT???
Elaaa ah EHVS KAMEH NUKURAAATHIIII😭
Who tf is that EYNAA??
OMGGG I’M LITERALLY CRASHINGG OUTTTT
mwisndj
Cannot wait for he next ep😭😭
😭😭😭😭😭
laaiii sorry sorry gurll😭 eyna dhwww… adhi eyna aky kaakukan engeynee varah fahun😭😭😭
in sha allah next soon stay tuned 🩶🫶🏻
Don’t tell me elaa died ey. Plsss dont kill elaa 😭🙏
Zawul is veryyy sus. But why is he or whoever the serial killer is going after ezikiel ge loved ones? Its weird.
And even tho the police started to suspect dhaaiyal, I’d say its zawul. He is tooo sus.
Anywayss mi part ves vrh vrh vrh reethi mashallah. Curiously waiting for the next part. 😊🫶
When next?
Take care and lysm twin 💜💗
😭😭😭😭😭 let’s see dhw what happened to her..
hehe neynge dhw?? thats a secret only the killer knows adhi..
jazaakallah khairan Shav 🩶🫶🏻
in sha allah next today.. likewise lovess🩶🫶🏻
Maasha allah
Mi prt vs vrh reethi
When next sissy?
Lysm and tc
jazaakallah khairan N0nni_77🩶🫶🏻
in sha allah next today.. likewise lovess🩶🫶🏻
Omg sheez ge karuna kolhu hus vanee mioh
Haadha emotional ey
V reethi mi part MA
“Ezkial … furathama loabi veriyaa dhen kokko”
Huh?
CW4THENEXTP
Tc
jazaakallah khairan Sheex🩶🫶🏻
alheyyy sorryyy rovvaalevuniima😭😭😭
yapp… the killer seems to her some beef w Ezikiel dhww..
in sha allah next today.. tc🫶🏻
MA…Mi part is extinguishing…🤎
Alu n Lai’s case same person is under it!
Yes, Yau..Ur right!☺️it must be Xaull..Cause of hai chances in behavior and appearance…
Walllahhh!..Meehun Death wish kuranee Oh no ..
Where’s Lash men??Bby ehh coming..
Upwards Next????
Fortunately,I’m waiting for the next one.. Curiously…Lysm❤️ & Tc My Sissiee…🫶🏻😭😭
jazaakallah khairan Mrs.Blackyy🩶🫶🏻
lets see dhww dhen what happens… Lash mn will come soon hehe.. in sha allah next today.. likewise Mrs.Blacky
This is such an astonishing masterpiece😭😭😭😭 loved it smm!!
Akiyal is very SUS! Why tf would he wanna blame it on dhaaiyall!!!
Knew it!! Hama ellu ge gaath meehunnah aniya dheyn e ulheny!😭
Elaa dhen zawul thihaa vrh defend nukohba!! Yau e bunee hama thedheh! Zawul ge atheh vx eba vey…
Waiting for next!!
Mihaaru mi story kiyaa hith vaa varun hureveny ehves nooney😅
Ly💗
Hehe…Thi ee ehkalla I aaih chat kuri
@Your Fav Bab…Tha mi bunee _MuXo_ Author ge sorry Akah ..???
Plxxxx…@nswer me!😭
*storryyy
jazaakallah khairan Your fav bab🩶🫶🏻
hehe neynge dhw? let’s seeeeee..
yeaaapppp the killer has some beef w his loved ones..
let’s see dhw what happenssss…
in sha allah next todayy hehe stay tuned.. likewise 🫶🏻
yeah that’s me! The One n only Your fav bab😁
Ooowhh…I thought The wallpaper you applied,
It’s someone.Else Btw,I’m a Gurllyy…
Hehe…If Mrs. It’s me!