Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ހާދަހާވޭ ކުރާހިތް ސަމާސާ 1 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
April 1, 2016 8 Mins Read
18 Comments

ފާރުގައި ހުރި ގަޑިއަށް އިރުކޮޅަކާ ފައުޒާން ބަލައިލައެވެ. ތެތް ތުވާލި އަނދެގެން ހުރުމުން ފެންވަރައިގެން ނުކުތީ ކަން އިނގެއެވެ. އެއީ ކަސްރަތީ ހަށިގަނޑެއް ލިބިފައިވާ ހެޔޮވަރެއްގެ އިސްކޮޅެއްގެ ވެރި އެކެވެ. އަންހެންކުދިންގެ ހިތް ދަމައިގަންނަ ފަދަބާރެއް ލިބިފައިވާ މުށިކުލައިގެ ތޫނުދެލޮލުން ވިދުމެއް ފާޅުވާން ހުއްޓެވެ. ހަމުގެ ކުލަ އައްޔެވެ. ގައިގެ މަސްތައް ހަރުވެލާފައި ހުރީ އުޅޭވަޒީފާގެ ގޮތުންނޭވެސް ބުނެވިދާނެއެވެ. ބާވީސް އަހަރުވީ މަންމައާއި ބައްޕަގެ ލޯތްބާއި އަޅާލުން ލިބިގެންނެވެ.

ލޯގަނޑުކައިރިއަށް އައިސް ތުނިކޮން ކޮށާފައިހުރި ބޮލުގައި އަތްކާތާލިއެވެ. ބާލާ އޮމާން ކޮށްލާފައިވާ ތުނބުޅީގައި އާފްޓަރ ޝޭވްކޮޅެއް ހާކާލުމަށްފަހު އެފުޅި އެނދުމަތީ އޮތް ދަބަހަށް ލުމަށްފަހު ދަބަސް ލައްޕާލިއެވެ.  އެވަގުތު ކޮޓަރި ދޮރުގައި ޓަކިޖެހުމުން ފައުޒާން ދޮރުހުޅުވާލިއެވެ. ފައުޒާންގެ މަންމަ ހަފީޒާ ދިއްކޮށްލީ ނޫކުލައިގެ ޕޮލިސް ޔުނީފޯރމެވެ. އެއީ ފައުޒާން ލާން އިސްތިރިކޮށްގެން ގެނައި ޔުނީފޯރމެވެ.

ފައުޒާން ތައްޔާރުވެގެން ތިރިއަށް އައެވެ. ފައުޒާންގެ ކަސްރަތީ ރީތި ހަށިގަނޑަށް މަހާލެވިފައިވާ ޕޮލިސް ޔުނީފޯރމުން އޭނާގެ ފިރިހެންވަންތަކަން ހާމަވެއެވެ. ތޮފި އަޅާލައިފައި ހުންނައިރު ފެންނަލެއް އެހާ ސްމާޓްވެފައި ރީއްޗެވެ.

ފައުޒާން ތިރިއަށް ފޭބިއިރު ހަފީޒާ ހުރީ ކޮފީތައްޓެއް ހިފައިގެނެވެ. ހެދުނާ އަބަދުވެސް ކޮފީބުއިމަށް ފައުޒާން ވަނީ އާދަވެފައެވެ. ދަބަސް ސޯފާމަތީ ބައިންދަމުން ކޮފީތަށި ހިފައިގެން ފައުޒާން ސޯފާގައި އިށީނދެ ހަމަޖެހިލިއެވެ.

“ދަރިފުޅާ! ތިދާން އުޅޭ ރަށުގައި އުޅޭނެ މަންމަގެ ވަރަށް ގާތް ރައްޓިއްސެއް! މޫމިނާ އެއީ. އޭނަގެ ބޭބެ އަށް ކިޔާނީ މޫސަ. އެދެބެން ވަރަށް ހެޔޮވާނެ. ބޭނުމިއްޔާ އެގޭގަވެސް ހުރެވިދާނެ! ހަމަޖައްސައި ދެންތަ؟” ހަފީޒާ ނިކަން ލޯބިން އޭނަގެ ހަގު ދަރިފުޅު ކައިރީ އިށީންނަމުން ވާހަކަ ދެއްކިއެވެ.

“ނޫނޭ މަންމާ! އޮފީސް ފަރާތުން ހުރިހާ އިންތިޒާމެއް ހަމަޖެހޭނެ! އެމީހުނަށް އުނދަގޫކުރަން އުޅޭނެކަމެއްނެތް! އެއްރޭ ވާނީ އަދިއުޅެންޖެހޭނީ ވަރަށް ބިޒީކޮށްހެން ހީވަނީ! އެހެންވީމަ އަޅާލާނެ ކަމެއްނެތް!” ފައުޒާންވެސް އޭނަމަންމަ އާއި ވާހަކަދެއްކީ މަޑުމައިތިރިކޮނެވެ.

“ޒާން! ދަނީތަ؟ އަންނާނަން ދޯ އަވަހަށް!” ތިރީ ސިޑިކައިރީ ހުރި ކޮޓަރިން ނުކުތް ފައްވާޒް އަހާލިއެވެ. “ދޮންބެ ފުރަން ވާއިރަށް އަންނަންވާނެ އިނގޭ! އެހެންނޫނީ މަންމަ އެކަނިވާނެ!” ފައްވާޒް އައިސް އެމީހުން ކައިރީ ހުއްޓެމުން ބުންޏެވެ. ފައުޒާން އާއި ހިލާފަށް ފައްވާޒް ހުންނަނީ ކުރުކޮން ކުޑަކޮން ގައިގައި މަސްޖަހާލާފައެވެ. ފައުޒާންއާއި އެއްގޮތަކަށްވެސް ވައްތަރެއްނޫނެވެ. ފައުޒާން ވައްތަރީ ހަފީޒާއާއެވެ. ނަމަވެސް ފައްވާޒް ވައްތަރީ ހަފީޒާގެ ފިރިމީހާ އަލީއާ އެވެ. ދެން އެދެބެންގެ ހުންނަނީ އަންހެން ކޮއްކޮއެކެވެ. އެއީ ފިޒާއެވެ. ފިޒާ މިހާރުވަނީ ރާއްޖޭން ބޭރަށް މެޑިސިން ހަދަން ގޮހެވެ. ތިންކުދިންގެ ބައްޕަ އަލީ އުޅެނީ މަސްކިރާ ބޯޓެއްގައިކަމުން ރަށުގައި ހުރެވެނީ މަދުދުވަސް ކޮޅަކުއެވެ.

“އަހަރެން ވާނީ އެންމެ ރެއެއް! އިރާދަކުރެއްވިއްޔާ މާދަމާ ހަވީރު އަންނާނަން! އެހެން ނޫނަސް ތިއުޅެނީ މަންމަ އެކަނި ފިލުވަން މިގެއަށް ކުއްޖެއް ގެންނާކަށްނު! ދޯ މަންމާ!” ފައުޒާން ފަހު ޖުމްލަ ބުނީ އޭނަގެ ބޭބެ ފައްވާޒުއާއި ސަމަސާ ކޮށްލުމަށެވެ. ފައުޒާންއާއި ފައްވާޒު އަބަދުވެސް އެކަކު އަނެކަކާ ސަމާސާކުރެއެވެ. އެއީ އެދެމީހުންގެ އެއްބަޑު އެއްބަފާކަމުގެ ގުޅުން އޮންނަވަރު އަނގައިދޭކަމެކެވެ.

“އާން! ތިކަންތައްވެސް ކުރިން މިވަނީ ދޮންބެއަކަށްނު! އެ ނަދޫއާ މެރީކުރާކަށް ނޫޅޭވިއްޔަ އަދިވެސް!” ފައްވާޒްވެސް ބެލީ ފައުޒާން އާއި ދިމާކޮށްލެވޭތޯއެވެ. ނަދުވާއަކީ ހަފީޒާގެ ދައްތަގެ ދޮށީ އަންހެން ދަރިފުޅެވެ. އެއީ ފައުޒާންއާއި އެއްއުމުރެއްގެ އަދި ދެބެންގެ ދެދަރި ކުއްޖެކެވެ. ފައުޒާން އާއި ނަދުވާއާއި އޮންނަ ލޯބީގެ ގުޅުމަކީ އާއިލާތެރޭ އެންމެނަށްވެސް އިނގޭ ގުޅުމެކެވެ. އެގުޅުމަށް މިހާރު އަހަރެއް ވަނީވެފައެވެ.

“މަމިދަނީ! ތިކަހަލަ ވާހަކަ ދައްކަން ހުއްޓާ ގަޑިޖެހޭނީ!” ފައުޒާން ރަކިގޮތަކަށް ހީލަމުން ހިގައިގަންނަމުން ބުންޏެވެ.

ފައުޒާން ދިއުމުން ހަފީޒާ ވަނީ ބަދިގެއަށެވެ. ހަފީޒާއަކީ އައި.ޖީ.އެމް.އެޗް ގައި މަސައްކަތް ކުރަމުން ގެންދާ ހީވާގި ސީނިއަރ ނަރުހެކެވެ. ހަފީޒާ އަކީ ފޫޅޫމައި ކޯސްވެސް ފުރިހަމަ ކޮށްފައިވާ ނަރުހެކެވެ. ވިއްސާ ކޮޓަރީގައި އުޅޭ އެތަނުގެ އިންޗާޖްއަކީވެސް ހަފީޒާއެވެ. ހަފީޒާއާއި އަލީގެ އާއިލާއަކީ މެދުފަންތީގެ އާއިލާއެކެވެ. ހަފީޒާގެ އާއިލާ ދިރިއުޅެނީ ހަފީޒާގެ ގެއިން ހަފީޒާއަށް ލިބުނު ދެބުރީގައެވެ. އެއީ ހަފީޒާގެ ބައްޕަގެ ގެއެވެ. މިހާރުވަނީ ބަޔަކަށް ދީގެން ދިހަ ބުރިއަށް ހަދާފައެވެ. އެއިމާރާތް ހެދިމީހުން ވަނީ އެންމެ ތިރީހަތަރުބުރި ނަގާފައެވެ. ދެން ހުރި ދެބުރި އެއީ  ހަފީޒާގެ އެއްބަފާ ދައްތަ ނަދީމާގެ ބައެވެ. ނަދީމާގެ ދެދަރިންނާއި ފިރިމީހާ ސައީދުއާއިއެކު އުޅެނީ އެތަނުން އެއް ފަންގިފިލާގައެވެ. ނަދީމާއަށް ލިބުނު އަނެއް ބައި ހުންނަނީ ކުއްޔައްދީފައެވެ.

އޭގެ މައްޗަށް ހުރި ދެ ފަންގިފިލާ އެއީ ހަފީޒާގެ ދޮންބެ ރަޝީދުގެ ދެބައެވެ. ރަޝީދުގެ އަންހެނުން ޝަކީލާއާއި ތިންދަރިން ދިރިއުޅެނީ އެތާއެވެ. އެންމެމަތިން ދެބައި ލިބުނީ ހަފީޒާއަށެވެ.

ފައުޒާން ލިފްޓުން ފޭބީ ފަސްވަނަ ބުރިއަށެވެ. ފައުޒާން ދޮރުގެ ރަގަބީލަށް ފިތާލުމާއިއެކު ދޮރުން ބޯދިއްކޮށްލީ އިސްތަށިގަނޑު ހޭވިފައިވާ އަންހެން ކުއްޖެކެވެ. ކުޑަކުޑަ ދެލޯ އަދިވެސް ވަނީ އެއްކޮން ނުހުޅުވި އެވެ. ފައުޒާން އާއި އެއްވަރެއްގެ އިސްކޮޅެއް ލިބިފައިވާއިރު ހަމުގެ ކުލަވެސް ފައުޒާންއާއި ދާދި އެއްގޮތެވެ. ނިދިމޫނާއެކު ހުރެވެސް ނަދުވާއަށް ފައުޒާން ފެނުމުން ހިމަހިމަ ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ. އަދި ދޮރު ހުޅުވާލުމަށްފަހު ފައުޒާން ވަންނަން ތަންދެއްކިއެވެ. ނަދުވާ ލައިގެން ހުރީ ކުރު ސޯޓު ބުރިއަކާއި ކުރު ޓޮޕެކެވެ.

“ދިއުމުގެ ކުރިން ނަދޫއާ ސަލާން ކޮށްލަން މިއައީ! ތުއްތައްތައެއް ނުހޭލާތަ؟” ނަދުވާގެ އަތުގައި ހިފާލަމުން ފައުޒާން އަހާލިއެވެ.

“އާން! މަންމަ ނުހޭލާ! ނަދޫއަށްވެސް މި ހޭލެވުނީ ޒާން ބެލް ޖެހީމަ! ނަސީބެއްނު. އެހެންނޫނީ މިއަދު އޮފީހަށް ދާންޖެހޭނީ ގަޑިޖެހިގެން!” ނަދުވާ ފައުޒާންގެ މޭގައި ލައްވެލަމުން ބުންޏެވެ.

“އައްޗީ! ނިދިކުޅުވަސް ދުވަނީ!” ފައުޒާން ގަސްތުގައި ނަދުވާ ރުޅިއަރުވާލަމުން ނަދުވާގައިގައި ހިފަހަށްޓާލިއެވެ.

“ތިހެންވިއްޔާ ދޫކޮށްލާ! ކީއްކުރަން ހަގް ކޮށްގެން ތިހިރީ؟” ނަދުވާ ތުއިވެލާފައި ދުރަށްދާން އުޅުނެވެ. ނަމަވެސް ފައުޒާންގެ އަތުގެ ބާރުގެ ދަށުގައި ވާނަދުވާ އަދިވެސް ގަޔާ ކައިރިކޮށްލިއެވެ. “ލަވްޔޫ! ގޮނަ މިސްޔޫ!” ނަދުވާގެ ކަންފަތާ ދިމާއަށް ތުންފަތްކައިރި ކޮށްލަމުން ފައުޒާން ބުންޏެވެ. ފައުޒާންއާއި ނަދުވާއަކީ އެއްއުމުރެއްގެ ދެކުދިންނެވެ. ފައުޒާންއަށް މިހާރު ބާވީސް އަހަރު ވެފައިވާއިރު ނަދުވާއަށް ބާވީސް ވާނީ އަހަރު ނިމޭކޮޅުއެވެ.      “އަވަހަށް އަންނައްޗޭ! ނަދޫ ގުޅީމަ ފޯނުނަގައްޗޭ! ރަށްރަށު ކުދިންދެކެ ނަދޫ ވަރަށް ފޫހިވޭ! ރީތި ފިރިހެނެއް ނުފެނިފަ ތިބޭ ބަޔެއްހެން ހީވާނީ އުޅޭ ގޮތުން! ޒާންވެސް އަންހެންކުދިންނާ އަދި ވަރަށް ފްލާރޓް ކުރާނެ. ޒާންގެ އޮފީސް އަންހެން ކުދިންނާވެސް ޒާން ފްލާރޓް ކުރާތަން ފެނުނީމަ ނަދޫ ވަރަށް ފޫހިވޭ! އަންހެން ކުދިންނާ ވާހަކަ ނުދައްކާތި! ” ނަދުވާ ދެއްކިވާހަކަ ނިންމާލީ ހަރުކަށި ރާގަކަށް ބުނެލަމުންނެވެ.

“ނަދޫ! ޒާން ނަދޫ ދެކެ ވަރަށް ލޯބިވޭ. ނަދޫއަށްވެސް އެކަން އިނގޭނު! ޒާންއަށް އިތުބާރު ނުކުރަނީތަ؟ ޒާން ކިހާލޯބިން މި އުޅެނީ! އެކަމު ނަދޫ އަބަދު މޫނު ހަދައިގެން ވާހަކަދައްކާނީ!” ޒާން ނަދޫ ދުރަށް ޖައްސާލިއެވެ. “ކީއްވެތަ ޒާންއަށް ޓްރަސްޓް ނުކުރަނީ؟ ދެން މައްސަލައެއް ނެތް ދެން ދަނީ! ސީޔޫ!” ހިތްހަމަ ނުޖެހިފަ ހުރެގެން ފައުޒާން ދޮރުން ނިކުމެގެން ދަމުން ބުނެލިއެވެ. މިހާރަކަށްއައިސް ފައުޒާން އަބަދުވެސް ދާނީ ނަދުވާ ބުނާ ކޮންމެސް އެއްޗަކާ ހިތްހަމަ ނުޖެހި ހުރެއެވެ. ނަމަވެސް ދެން ނަދުވާ ކައިރިއަށް އަންނައިރު ހުންނާނީ އެކަން ހަދާން ނައްތާލާ ހެވިލާފައެވެ.

ޝަކީލާ ބަދިގޭގައި ރޮށިފިހަމުންދަނީ ރަޝީދު އޮފީހަށް ދާންވާއިރަށް ސައި ތައްޔާރުކުރާށެވެ. އޭރު ހަތްގަޑި ބައިވެއްޖެއެވެ. ޝަކީލާގެ އަތްމަތި ހުރީވަރަށްވެސް އަވަސްކޮށްލާފައެވެ. ޝަކީލާއަކީ ހީވާގި ގެވެހި އަންބެކެވެ. ޝަކީލާއަކީ ވަރަށް ސިއާސީ ކަންކަމަށް ލޯބިކުރާ މީހެކެވެ. ޝަކީލާ ސޮއިކޮށްގެން އުޅޭ ޕާރޓީން ކިރިޔާވެސް ކަމެއް ކުރަންޏާ އަޑުނަގާ އެކަމެއްގައި އެންމެ ކުރީ ސަފުގައި ބައިވެރި ވެލައިގެން އުޅޭނެއެވެ. ޝަކީލާގެއާއި ރަޝީދުގެ ތިބެނީ ތިންކުދިންނެވެ. އެތަނުން އެންމެދޮށީ އަޒުމާވީ އިންޑިއާގެ މައިސޫރަށް ސައިކޮލޮޖީ ކިޔަވަން ގޮހެވެ. ދެންހުރި އަޒުމީލްއަކީ އެދެމަފިރިންގެ ހިތުގެ ނޫރެވެ. އެއީ އެދެމަފިރިންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. އަޒުމީލު ބުނެފިއްޔާ ކޮންމެ ކަމެއްވެސް ކުރަން ރަޝީދުއާއި ޝަކީލާ ތިބެނީ ތައްޔާރަށެވެ. އަޒުމީލުއަކީވެސް ފައުޒާންއާ އެއްއުމުރެއްގެ ދެބެންގެ ދެބެންނެވެ. އަޒުމީލު ކުޑައިރު ގިނަވަގުތު ހޭދަކުރަމުން އައީ ހަފީޒާމެންގޭގައެވެ. ފައުޒާންއާއި ފައްވާޒް އާއި އެކު އަޒުމީލު އުޅެމުންދިޔައީ ހަފީޒާގެ ދަރިއެއްގެ ގޮތުގައެވެ. އަޒުމީލު އޭލެވެލް ހެދުމަށްފަހު އައި.ޓީ ކޯހެއް ހެދުމަށްފަހު ވަޒީފާއަކަށްވަދެގެން ވަރަށް ރަގަޅަށް އުޅެމުންއައެވެ. ދެތިން އަހަރެއް ފާއިތުވީފަހުން އަޒުމީލުއަށް އަންނަންފެށި ބަދަލުން އެންމެންގެ ހިތް ނުތަނަވަސް ކޮށްލިއެވެ. ހަފީޒާމެންގެއަށް އައުން ކުއްލިއަކަށް ހުއްޓާލިއެވެ. ފައްވާޒްއާއި ހަފީޒާ ފެނުމުން ވާހަކަ ދެއްކިއަސް ފައުޒާންއާއި އެއްގޮތަކަށްވެސް ވާހަކައެއް ނުދައްކައެވެ. ވީގޮތެއްވެސް އެކަކަށްވެސް ނޭގެއެވެ. ހުދު ފައުޒާންއަށްވެސް ވީގޮތެއް ނޭގެއެވެ. އަހާއަހާވެސް ނުބުނެއެވެ. އަބަދު ގެއިން ބޭރުގަ އުޅެންފެށިއެވެ. ވަޒީފާއަށް ފަރުވާކުޑަވެގެން ވަޒީފާއިން ވަކިކުރުމުންވެސް އަޒުމީލުގެ އުޅުމަކަށް ބަދަލެއް ނާދެއެވެ. އޭގެފަހުން ހަރުދަނާ ވަޒީފާއެއްވެސް އަދައެއް ނުކުރެއެވެ. ދުވާލުދާ ހަތަރުދަމު ނިދުމަށްފަހު ހަވީރު ވުމުން ފެންވަރައިގެން ރައްޓެހިންނާއި އެކުބޭރުގަ އުޅެފައި އެތަށްދަމެއް ވާފަހުން ގެއަށްއައިސް ލެޕްޓޮޕް ހިފައިގެން އޮވެފައި ފަތިސް ވުމުން ނިދަނީއެވެ. އަޒުމީލުގެ އެއުޅުމާއި މެދު ރަޝީދުވެސް އަދި ޝަކީލާވެސް ހިތްހަމައެއް ނުޖެހެއެވެ. ނަމަވެސް އެއްޗެއް ނުބުނެވެނީ އަޒުމީލު ދެކެވާ ލޯބިންނެވެ. އަޒުމާ ޗުއްޓީއަށް އައިސް ހުންނައިރު އެއްޗެއް ބުންޏަސް ޝަކީލާމެނަށް ރުޅިއާދެވެނީ އަޒުމާ ދެކެއެވެ.

ދެން ހުރީ އެމީހުންގެ އެންމެ ހަގުދަރިފުޅު ސަތާރަ އަހަރުގެ އަޒްކާ އެވެ. އަޒްކާވެސް ކުޑައިރު ގިނައިން އުޅުނީ ހަފީޒާ ކައިރީ ކަމުން އަޒްކާއަށް ހުންނަނީ ހަފީޒާގެ ގޮތް ލިބިފައެވެ. ހިތްހެޔޮ ކަމާއެކު ވާހަކަދެއްކުމާއި ކެތްތެރިކަން ދަސްވެފައިވާއިރު ރީތިއަދަބުތައްވެސް އަޒްކާއަށް ހަފީޒާވަނީ ކިޔައިދީފައެވެ. ހަފީޒާގެ އަންހެން ދަރިފުޅު ފިޒާ ފަދައިން ހަފީޒާ އަޒްކާދެކެވެސް ލޯބިވަނީ އަމިއްލަ ދަރިއަކު ފަދައިންނެވެ. އެހެންކަމުން ފިޒާއަށް ގަނެދޭ ކޮންމެ އެއްޗަކުންވެސް އެއްވައްތަރެއްގެ އެއްޗެއް އަޒްކާއަށްވެސް ހަފީޒާ ގަނެދެއެވެ. އަދި ފައުޒާންއާއި ފައްވާޒުވެސް އަޒުކާދެކެ ލޯބިވަނީ އަމިއްލަ ކޮއްކޮއެއް ފަދައިންނެވެ. އެދެމީހުނަށް ފިޒާއެކޭ އަޒްކާއެކޭ ތަފާތެއް ނެތެވެ.

“ކޮބާ މިއަދު އަޒްކާ؟” ރަޝީދު ސައިބޯން އައިސް މޭޒުކައިރީ އިށީންނަމުން ޝަކީލާ އެކަނި ބަދިގޭގައި އުޅޭތަން ފެނުމުން އަހާލިއެވެ.

“އިއްޔެއިން ފެށިގެން ހަފްތާއަކަށް ކޮލެޖު ބަންދުވީނު! އެހެންވެ ނުތެދުވޭ! ފަތިސްނަމާދު ކޮށްލައިގެން އަނެއްފަހަރު އަރާއޮށޯވެއްޖެ!” ޝަކީލާ ބުންޏެވެ.

“ޝަކީލާ އެކަނި އުޅޭނެކަމެއްނެތް އެމަންޖެއަށް ގޮވާ! އެއީވެސް އަންހެން ކުއްޖެއްވިއްޔަ މަސައްކަތް ކުރަން ޖެހޭނެނު! ދޭ! ދޭ ގޮވަން!” ރަޝީދު އަމުރުވެރި ރާގަކުން ބުންޏެވެ.

ޝަކީލާ އެންމެފަހުރޮށި ފިހެލާފައި ރޮށިތައްޓަށް ލުމަށްފަހު ރޮށިތަށިގެނެސް މޭޒުމަތީ ބެހެއްޓިއެވެ. އަދި އަށިމަތީ ހުރި ތަރުމޯޒުން ޖޯޑަށް ސައި އަޅައިގެން ގެނެސް މޭޒުމަތީ އެވެސް ބެހެއްޓިއެވެ. ދެން ރަޝީދުކައިރީ ހުސްތައްޓެއް ބެހެއްޓުމަށްފަހު ރިހަބޯތަށިވެސް ރަޝީދުއާއި ކައިރި ކޮށްލަދިނެވެ. އެއަށްފަހު ބަދިގެއިން ނިކުތީ އަޒްކާއަށް ގޮވާށެވެ. އެވަގުތު އަޒްކާ އޭނަގެ ކޮޓަރިން ނިކުމެގެން އަންނަތަން ފެނުމުން އަނެއްކާވެސް ޝަކީލާގޮސް ބަދިގެއަށް ވަނެވެ.

“ދަރިފުޅާ! އަޒްކާ! މަންމަ އެކަނި ބަދިގޭގަ އެއުޅެނީ އަޒްކާ ހިތަކަށް އެއްޗެއްވެސް ނާރާތަ؟ ކީއްވެތަ ނިދަންއޮތީ!” އަޒްކާއައިސް ބަދިގެއަށް ވަނުމާއިއެކު ރަޝީދު އަޒްކާއަށް ބަލައިލަމުން ބުންޏެއެވެ.

“ރޭގަ ދޮންބެއާ އެއްކޮން ފިލްމެއް ބަލަން އޮވެފަ ނިދުނީ ވަރަށް ލަހުން! ސޮރީ މަންމާ!” އަޒްކާ ވާހަކަދެއްކީ މަޑުމައިތިރިކޮންނެވެ. ރަޝީދުވެސް އިތުރު އެއްޗެއް ބުނާކަށް ގަސްތެއްނުކުރެއެވެ.

ރަޝީދު ސައިބޮއެގެން ދިއުމުން ޝަކީލާ އާއި އަޒްކާ ސައިބޯން އިށީނެވެ. ޝަކީލާ އަޒްކާއާ މާގިނަ ވާހަކައެއް ނުދައްކައެވެ. އަޒްކާއަށްވެސް އޭނަ މަންމައާއި ވާހަކަދައްކާ ހަދާކަށް ނުކެރެއެވެ. ކުޑައިރުންފެށިގެން ވެސް އަޒްކާ މަންމައާއި ވާހަކަ ދައްކަން އުޅޭއިރަށް ކަމަކާ ނުލާވެސް ހަޅޭއްލަވައި ގަނެ ފާނެއެވެ. އެހެންވެ އޭނަ މަންމައާ ވާހަކަ ދައްކަން ނުލާހިކު ބިރުގަނެއެވެ. މަންމަ ރުޅި ނާރުވަ ވޭތޯ ކިތަންމެ މަސައްކަތެއް ކުރިއަސް ރުޅި ނައިސް އެމަންމަ އަކަށް ވާހަކައެއް ނުދެއްކޭނެއެވެ. އަޒުކާ އަކީ އެގޭގައި އެހާ މުހިންމު މީހެއް ނޫންހެން އަޒުކާއަށް އަބަދުވެސް ހީވެއެވެ. މަންމައާއި ބައްޕަ ދޮންބެ ކޮންމެ ގޮތަކަށް އުޅުނަސް އެއްޗެއް ނުބުނެއެވެ. ނަމަވެސް އަޒުކާއާއި ދިމާއަށް އަބަދު އެއްޗިހި ކިޔައެވެ. ދެކުދިން ތަފާތު ކުރާކަން އަޒުކާއަށް ކިތަންމެ ރަގަޅަށް އިނގުނަސް އެކަމުގެ ޝަކުވާއެއް އަޒުކާ ނުކުރެއެވެ. އަޒުކާ އަޒުމީލު ދެކެވެސް ނުހަނު ލޯބިވޭ ވިއްޔާއެވެ. އަޒުމީލުއަށްވެސް އަޒްކާ ފެންނާނީ އަޒުމީލުވެސް ފޫހިވީމައެވެ. އަޒުމާ މާލޭގައި ހުންނައިރު އަޒްކާ އުފާވެއެވެ. އަޒްކާގެ ހިތުގެ ހުރިހާއުދާސް ކަމެއް ހިއްސާކުރާ ފަރާތަކީ އަޒުމާއެވެ. އެއީ އަޒްކާގެ ދޮންތަކަމަކު އަޒްކާ ދެކެނީ އެއީ އަޒްކާގެ އެންމެ ގާތް ރައްޓިއްސެއްގެ ގޮތުގައެވެ.

“މިއަދު ކުޑައްތަ ހެދުނު ޑިއުޓީވީމަ އެގެއަށް ދާންޖެހޭނެ.” އަޒްކާ ކާން އިނދެފައި ބުނެލިއެވެ.

“އަބަދު އަބަދު އެ ހަފީޒާ ކައިރިއަށް މީނަ ދާނެ. ކޯޗެއް އެގޭގަ އޮވެގެންތަ ތާއަބަދު ގޭގަ ނޯވެވިގެން އެގޭގަ އުޅެނީ!” ޝަކީލާ ސައިބޮއެނިންމާލައިގެން ތަށިތައް ނަގަމުން ބުންޏެވެ.

“މަންމާ! ކުޑައްތަ ވަރަށް އެކަނިއޭ އެއުޅެނީ! ކުޑައްތަ ޑިއުޓީއަށް ދިއައިމަ ޒާންބެއާ ވާޒްބެއަށް ކައްކާފަ ކާންދޭނެ މީހަކުވެސް ނުހުންނާނެ ވިއްޔަ. އަޒްކޮ ކުޑައްތަމެންގެއަށް ދަނީ މިގޭގަ ކައްކާނިމިގެންނު. ކުޑައްތަ ވަރަށް އުފާވާނެ އަޒްކޮ އެގޮތަށް ކައްކަދޭތީ.” އަޒްކާ ސައިތަށި ބޯންފެށިއެވެ.

“ހެވޭ! ހަފީޒާ އެއުޅެނީ މާރީތި ކުޅިވަރެއް ކުޅެންވެގެން! މަގޭ ދަރިއަކަށް ލާހިކެއްނޫން އެގޮތަށް އުޅޭކަށް! އަދި ތުއްތައްތަވެސް އެކުޅިވަރު ބަލަން އެބަހުރެޔޭ! ލަދެއްވެސް ނުގަނޭނު އެއްބަތްތަށިން ކައިގެން ބޭބެ ކޮއްކޮ ކިޔައިގެން އުޅެފަ ބޮޑެތިވެގެން އެވައްތަރަށް އުޅޭކަށް!” ޝަކީލާ އަވަސް އަރުވާލައިފަ ތަށިތައް ދޮންނަމުން ވާހަކަދައްކަމުން ދެއެވެ. ހީވަނީ އައިސްފަހުރި ރުޅިން ތަށިތައްވެސް ތަޅާލަފާނެހެނެވެ. ތަށިބަހަށްޓަނީވެސް އެހާމެ ބާރަށެވެ. ފައުޒާން ޕޮލިހުގައި އުޅޭތީ ފައުޒާން ދެކެ ޝަކީލާ އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ.

“މަންމާ! ތިކަމުގަ ކުޑައްތަގެ އޮތީ ކޮންކުށެއްތަ؟ ކުޑައްތަ ކުރާނީވެސް ވަކި ކީއްތަ!” އަޒްކާގެ މަންމަ އެދައްކަނީ ކޮންވާހަކައެއްކަން އަޒުކާއަށް އިނގެއެވެ. އެހެންކަމުން އަޒްކާ ވާހަކަދެއްކީ މަޑުމައިތިރި ކޮންނެވެ.

“އަޒްކާއަކަށް ނޭގޭނެ! އެހަފީޒާ އެއުޅެނީ ތުއްތައްތަގެ ފިރިމީހާ ސައީދުބެގެ ލާރިގަނޑު އާއިލާއިން ބޭރަށް ހިގައިދާނެތީ އެކަމާ! އެހެންނޫން ދެން ކޮންކަމެއް! މަށަށް ޔަގީން ފައުޒާންއަށް އެ ނަދުވާއަށްވުރެ ރީތި އަދި ރަގަޅު ކުދިންވެސް ލިބޭނެކަން! އެކަމަކު އޭނަގެ މަންމަގެ ބަސްއަހައިގެން ތޯޗެއް އެއުޅެނީ ނަދުވާއާ ހިތާވެގެން!” ޝަކީލާ ވާހަކަދައްކަމުން ދިޔަވަރަކަށް ރުޅިގަދަވަމުން ދެއެވެ. “އަދި އެ ފައުޒާންއަށް އެއަށްވުރެން ރަގަޅު ވަޒީފާވެސް ލިބެންއޮއްވާ ހަފީޒާގެ ނުފޫޒު ގަދަކަމުން ފައުޒާން އެއުޅެނީ ޕޮލިހަށް ވަދެގެން. މަ ހާދަ ރުޅިއެއް އާދެޔޭ.”

“މަންމައަށް ސާބަސް! ކުޑައްތައަށް ފުރަތަމަ ނުވެސްއިނގޭ ޒާންބެ ނަދުއްތައާ ރައްޓެހިވިކަމެއް! މާފަހުން އިހަކަށްދުވަހު ކުޑައްތައަށް އިނގުނީވެސް އެކަން!” އަދިވެސް އަޒްކާބެލީ ހަފީޒާގެ ދިފާއުގައި ވާހަކަދެއްކޭތޯއެވެ. “އަދި ޒާންބެ ޕޮލިހަށްވަނީވެސް ކުޑައްތަ ބުނެގެނެއްވެސް ނޫން ވިއްޔަ. ޒާންބެ ހަމަ ވަންނަހިތުން ވަނީ. ޕޮލިސް ވަޒީފާވެސް އެއީ ހަމަ ރަގަޅު ވަޒީފާއެއްނު މަންމާ. ގައުމަށް ކިހާރަގަޅު ހިދުމަތެއް އެކޮށްދެވެނީ.”

“ފައުޒާން ނަދުވާއާ ހިތާވެގެން އުޅޭކަން އިނގުނީމަވެސް އެކަން ނުހުއްޓުވާ އަޅާނުލާ އެހުންނަނީނު! ދެން އަޒްކާވެސް އެގެއަށްގޮސް އެގޭ ފައްވާޒުއާ ހިތާވާނީކީ ނޫން! މަށެއް މަޑަކުން ނުހުންނާނަން!” ޝަކީލާ އިތުރަށް ބުންޏެވެ.

“މަންމާ! ދެން މަންމަކީކޭތަ ތިކިޔަނީ!” އަޒްކާ ނުރުހިފައި ތެދުވިއެވެ. އަދި ކާންއިން ތަށިހިފައިގެން ސިންކުކައިރިއަށްގޮސް ތިރީގައި ހުރި ޑަސްބިނަށް ތަށީގައި ހުރިބައި އަޅާލުމަށްފަހު އެތަށި ދޮންނަންފެށިއެވެ. މަންމައާހެދި ރަގަޅަށް ބަނޑުބޮޑުވަންދެން ނުވެސް ކެވުނެވެ. މަންމަވިސްނާގޮތާމެދު އަޒްކާހުރީ ހިތްހަމަނުޖެހިފައެވެ.

“ވާޒުބެ ވެސް އުޅެނީ މެރީކުރަންވެގެން ވަރަށްއަވަހަށް! ކުރީދުވަހު ކުޑައްތަބުނި އަލިބެ ނައިސްގެނޭ ވާޒުބެ އެހުންނަނީ މަޑުކޮށްގެން!” އަޒްކާ އޭނަ މަންމަގެ އަނގަ މައިތިރިކުރުމުގެ ނިޔަތުގައި ބުނެލިއެވެ.

“ނާހަމަތެދެއްތަ! ތިވާހަކައެއް އަދި ނޭގެޔޭ! ފައްވާޒު އިންނަން އުޅެނީ ކާކާތަ؟” ޝަކީލާގެ ރުޅި ކުއްލިއަކަށް ފިލާގޮސް އަޑަށްވެސް ބަދަލުއައެވެ. އަޒްކާހުރީ ހައިރާންވެފައެވެ. އޭނަމަންމަ އުޅޭގޮތުން ހުރީ ހިތްހަމަނުޖެހިފައެވެ.

*    *    *    *    *    *    *    *    *    *    *    *    *

ރ އަތޮޅުގެ މަދުމީސްކޮޅެއް އުޅޭ އެރަށަށް ކޯސްޓްގާރޑް ލެފިއިރު ހުރީއެގާރަޖަހަން ކައިރިވެފައެވެ. ފައުޒާންއާއި އޭނާގެ ބައިވެރިން ރަށަށް އެރުމުން އެމީހުންގެ އިސްތިޤްބާލުގައި ތިބި އެރަށު ޕޮލިސް ސްޓޭޝަންގެ އޮފިސަރުން އެމީހުން ގޮވައިގެން ހިގައިގަތީ އެމީހުން ތިބުމަށް ހަމަޖައްސާފައިވާ ގެއާއި ދިމާއަށެވެ.

ފައުޒާންމެން ދަބަސްބަހަށްޓާ ފާޙާނާކޮށް ހަދައިގެން އަވަސްވެގަތީ ޕޮލިސްސްޓޭޝަންއަށް ދާށެވެ. ފައުޒާންއާއިއެކު އެދަތުރުގައި އައީ ދެ ފަޅުވެރިނާއި ފައުޒާންއާއި އެކު އެރަށުގައި ހިންގަން ހަމަޖައްސާފައިވާ ކުރު ވާރކްޝަޕްގައި ބައިވެރިވުމަށްއައި ހަތަރު އޮފިސަރުންނެވެ. އެންމެން ސްޓޭޝަންއަށް ގޮސްފައި ވަރަށްއަވަހަށް އައެވެ. އެއީ ވާރކްޝޮޕް އޮތީ ހަވީރުއެވެ. އެހެންކަމުން އެންމެންވެސް ގަސްތުކުރީ ކާން ދިއުމުގެ ކުރިން ފެންވަރާ ނަމާދުކޮށްލާހަދާލާށެވެ.

ގޭދޮރުގައި މީހަކު ޓަކިޖެހި އަޑަށް ދޮރުހުޅުވީ ކަރީމްއެވެ. މެދުއުމުރަކަށްދާ މީހަކު ދޮރުކައިރީ ހުއްޓެވެ. ކޮންމެސް ވަރަކަށް ބޮލުގައިވަނީ ނުރަޖަހާލާފައެވެ.

“ފައުޒާން އާއި ބައްދަލުކޮށްލަން ބޭނުންވަނީ!” އެމީހާ ކަރީމްކައިރީ އެދުނެވެ.

“ޒާން! ކަލޭ ހޯދަން އައިސްހުރި ބޭބެއެއް މިހިރީ!” ފެންވަރައިގެން ނިކުތް ޒާންއަށް ކަރީމް ބަލައިލަމުން ގޮވާލިއެވެ.

ޒާން ހުރީ ކަށިމައްޗާހަމައަށް އަންނަވަރުގެ ސޯޓެއްލައިގެނެވެ. އެރީތި ހަށިގަނޑު ދައްކާލައިގެން ހުރެ ދޮރުކައިރިއަށް ޖެހިލީ ހައިރާންވެ ހުރެއެވެ.

“ތީތަ ހަފީޒާގެ ފައުޒާން؟” އެމީހާ އަހާލިއެވެ.

“ލައްބަ! ކިހިނެތްވީތޯ؟” ފައުޒާން ނުދަންނަ މީހަކަށް ވުމުން ފައުޒާން ވާހަކަދެއްކީ ވަރަށް ރީތިކޮންނެވެ.

“މަގޭމީ މޫސަބެ. ފައުޒާންގެ މަންމަގެ ރައްޓިއްސެއް! ފައުޒާންގެ މަންމަ ބުނީ ފައުޒާން އަންނަވާހަކަ! އެހެންވެ ބޭބެ މިއައީ މިއަދު ބޭބެމެންގެއަށް ކާންގެންދަންވެގެން ބަލައި. ކޮންމެހެނަކުންވެސް މިއަދު ކާންވާނީ ބޭބެމެންގޭން!” މޫސަބެ ދޮރުމަތީ ހުރެ އެރަށު ރާގުލާފައި ވާހަކަ ދައްކަމުން ބުންޏެވެ. ފައުޒާން އެތެރެއަށް ބަލައިލިއެވެ. މަންމަކައިރީ އެމީހުނަށް ނާންގަން ބުނީމަވެސް އެންގީތާއެވެ. ކުޑަކޮން ހިތްހަމަ ނުޖެހުނަސް ފައުޒާންބެލީ މޫސަބެއާ ވީހާވެސް ހިތްހެޔޮކޮން ވާހަކަދެއްކޭތޯއެވެ.

“މަންމަ އެންގީދޯ! ނަމާދުކޮށްލައިގެން ދިޔައިޔާ ލަސްވާނެތަ؟” ފައުޒާން އަހާލިއެވެ.

“ނޫނޭ ލަހެއްނުވާނެ. އެކޮއެ ނަމާދުކޮށްލައިގެން ނުކުންނަން ދެން މޫސަބޭ މަޑުކޮށްލާނަން ބޭރުގަ. އެކޮއެ ނަމާދުކޮށްލައިގެން އާދޭ!” މޫސަބޭ އެހެން ބުނެފަ ދިއުމުން ފައުޒާން ދޮރުލައްޕާލަމުން އެތެރެއަށްވަނެވެ.

މޫސަބެއާއިއެކު ދާން ފައުޒާން ނުކުތީ ނޫކުލައިގެ ޖީންސްއަކާއި އަޅިކުލައަކަށްދާ ގަޔައްބާރު ޓީ-ޝާރޓެއްލައިގެނެވެ. އޭގައި ހުންނައިރު ހަށިގަނޑުގައި ޖަހާލާފައިވާ މަސްތައްއަރާފައި ހުއްޓެވެ. އެކަސްރަތީ ބިޔަ ހަށިގަނޑު ފެންނައިރު އެހާސްމާރޓެވެ.

މޫސަބެއާއި އެކު އެރަށުބޮޑުމަގުން ހިގާފައިދާއިރު ޒުވާން އަންހެން ކުދިންގެ ލޯތަށް ފައުޒާންއާއި ދިމާއަށް އަމާޒުވަމުން ދެއެވެ. ފައުޒާންއަށްވެސް އެކަން ފާހަގަ ކުރެވެއެވެ. އެކަމާ އަޅާނުލާ މޫސަބޭ ދައްކަމުން ދާވާހަކަތަކަށް ކަންފަތްދެމުން އެމީހުންގޮސް އެޅީ ހަނި ގޯޅިއަކަށެވެ.

ފައުޒާން ސިއްސައިގެން ދިޔައީ ފައުޒާންގެ ބުރަކަށީގައި އެއްޗަކުން ޖެހުމުންނެވެ. ފައުޒާން ހުއްޓިފައި ފަހަތަށް އެނބުރި ބަލައިލީ އޭނަގައިގައި ޖެހުނީ ކޯޗަކުންކަމެއް ނޭގޭތީއެވެ. ބަލައިލިއިރު ބިންމަތީ އޮތީ ތުނިތުނި ކަޅުކުލައިގެ އަންހެންކުއްޖެއްގެ ފައިވާން ކިބައެކެވެ. ފައުޒާން ހައިރާންވެފައި މޫސަބެއަށް ބަލައިލިވަގުތު އެފައިވާނުގެ އަނެއްކިބަ އައިސް ޖެހުނީ ފައުޒާންގެ ނިތްކުރިމަތީއެވެ. ޖެހިފަ ފައިވާންކިބަ ފައުޒާންގެ ފައިބުޑަށް ވެއްޓުނެވެ. ފައުޒާންއަށް ވީތަދުން ރުޅިވެސް އާދެވުނެވެ. ފައުޒާން އަމިއްލައަށް ނިއްކުރީގައި ފިރުމާލަމުން ފައުޒާންއަށް ބަލައިލެވުނީ މައްޗަށެވެ. އެވަގުތު މޫސަބޭވެސް ހުރީ މައްޗަށް ބަލާށެވެ. އެފެނުނު މަންޒަރުން ބުނާނެއެއްޗެއް ނޭގިފައި ހައިރާންވެފައި ލޯބޮޑުކޮށްލައިގެން އެދިމާއަށް ބަލަން ފައުޒާންއަށް ހުރެވުނީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

މިއޭ ލޯއްބަކީ…(3)

Next

ހާދަހާވޭ ކުރާހިތް ސަމާސާ 2 ވަނަ ބައި

Next
April 2, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 2 ވަނަ ބައި

Previews
April 1, 2016

މިއޭ ލޯއްބަކީ…(3)

18 Comments!

  1. Kaira says:
    April 1, 2016 at 12:00 pm

    Mee dhivehi vaahaka site ga kueives post kohfa in story eh nu 😕
    But love the story hehehe ?

  2. aff says:
    April 1, 2016 at 12:01 pm

    mi magey kiyaafa in story eh .. mi vrh habeys vaahakaeh .. ehkkon nimifa in story eh mee ?

  3. aff says:
    April 1, 2016 at 12:02 pm

    mi magey kiyaafa in story eh .. mi vrh habeys vaahakaeh .. ehkkon nimifa in story eh mee ? fawzan n hiba

  4. hero says:
    April 1, 2016 at 12:03 pm

    Ohh myy godd,, aasi u r the best.. mihaa dhigukn genes dhnyyaa ey kiyaa hitHun kiyeny.. But kurindhuvahu mi story kiyaa mi ninmaaly.. ehn site eh ga indhey.. Asluvx v v v v rythi story eh mee.. bt kiyaafa huttas adhivx kiyaanan… rythi v ma.. Daily kh up kohdhehchey ingey.. mi story ah wait kuraanan…

  5. Aisha says:
    April 1, 2016 at 12:15 pm

    Wow aasi mi vaahaka mihaaru 3faharah kiyaafin bt anehka start kuran v dhw??❤️ Mi aasi Ge adhi enme reethi vaahaka mihaathanah kiyun❤️???????????

  6. Nanananaaa says:
    April 1, 2016 at 1:36 pm

    Aasi akee alhugandu ge favourite writer hurihaa vaahaka ehves ehaa reethi… Aadhu aa dhunya aa ulhey vaahaka ves up kohla dheychey ?

  7. Shau says:
    April 1, 2016 at 1:38 pm

    Mi vaahaka reethi kamun goss kiyunu adha dhehves ves neyge ehaa ves reethi furihama…. Luv dis story vry much… Aasi u r awesome ingey..

  8. Soabi says:
    April 1, 2016 at 2:36 pm

    Very nice story

  9. Shif says:
    April 1, 2016 at 3:28 pm

    Mi vaahaka kiyunu vareh ves neygey. Varah reethi vaahaka eh mee ??

  10. kamana says:
    April 1, 2016 at 4:14 pm

    This is one of my fav fav. I just lov this stry. Kiya kiyaa foohi nuvaane. ?????

  11. black rose says:
    April 1, 2016 at 4:29 pm

    Sitah vadhefa scrol kohla iru thiryga innaane loabi jahafa in box eh.. E ah click kohfa search kohlaa.. Eyrun fennaane..
    It was a nice story.. I read it more than 3 times… Hiba ge caracter asku v habeys.. Kiya kiya foohivnuveu… Daily koh io kohdhehchey

  12. ?? says:
    April 1, 2016 at 5:12 pm

    mi stry 5 faharu kiyaafin.. adhives foohi nuvey… vrh reethi stry eh mee ..love it..??????

  13. rediiii says:
    April 1, 2016 at 5:45 pm

    Kon site ehggatha mi story inee??

  14. Aan says:
    April 2, 2016 at 11:15 pm

    Mi story kiyunu adhadhehves neyge…mi vvvvvvvvvvv salhi story eh..jst love it

  15. Aimsithu says:
    April 4, 2016 at 5:48 am

    Hahaha.. asluves varah fakka mi vaahaka. .. vaala hiba and zaan varah gulhey

  16. kamana says:
    April 7, 2016 at 10:05 pm

    goooooood

  17. Faxoo says:
    April 22, 2016 at 10:32 am

    wow . mivaahaka varah rethi vaane hen hyyvany 😀

  18. Enash says:
    May 29, 2016 at 9:46 pm

    V reethi vaahaka eh.??
    Kuriyah Anna baithah ves varah reethi vaane henn heevey???

Comments are closed.

Next Episodeހާދަހާވޭ ކުރާހިތް ސަމާސާ 2 ވަނަ ބައި←


All Right Reserved!