Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާތީ ހިތަކު ލޯބި މަންމަންވެފާ 42

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
April 24, 2026 3 Mins Read
12 Comments

އެއްމިޔަކަނުން ހީލަމުން އޭނާ ގޮނޑިން ތެދުވިއެވެ. ތުންގޮއްވަމުން ޖީބުގައި އޮތް ތަޅުދަނޑި ނަގާ އެތަނުގައި އިން ކަބަޑު ހުޅުވައިލިއެވެ. އެ ކަބަޑު ތެރޭގައި އޮތް ޔައިލީންގެ ހިތް ފެނި އެޒުވާނާގެ ތުންފަތް އެއްމިޔަކަނުން ދެމުނެވެ.

(42 ވަނަ ބައި)

ނިދަން އޮށޯތުމުގެ ކުރިން ޒާލާ ގެއިން ބޭރަށް ނިކުތީ ގޭ ދޮރާށި ތަޅުލުމަށެވެ. މިހާރު އަކްނާން ނިދަން ގެއަށް ނައުންވެސް އެއީ އާއްމު ކަމަކަށް ވާތީއެވެ. ދޮރު ތަޅުލާފައި ހުރުމުން އޭނާ ހުރީ ގޭގައި ކަމަށް ނައުރީންއަށް ހީވާނެތީއެވެ. އަކްނާންގެ ޙިޔާލުގައި ހުރެ ގެއިން ނިކުން ޒާލާ ސިހުނީ ގެ ކައިރީގައި ހުރި އަނބުގަސް ތެޅި ލުމުންނެވެ.

“ކަ… ކާކު…؟” ތުރުތުރުލަމުން ދިޔަ އަޑުން ޒާލާ އެހިއެވެ. ހިންދިރުވާލަމުން ޒާލާ އެގަހާއި ދިމާލަށް ހިނގައިގަތެވެ. ވަގަކަށްވެސް ވެދާނެތާއެވެ؟ އެވަގުތު އެ ގަސް ބުޑުން ޒުވާނަކު ނިކުތެވެ. އޭނާގެ މޫނަށް ބަލާވެސް ނުލާ ގޮށްމުއްކަވާފައި އޭނާގެ ނޭފަތުގައި ޒާލާ ޖެހިއެވެ.

“ދޮންތާ!” ވޭނުން ފުރިގެންވީ އަޑުން ޒަވުލް ބުނެލިއެވެ. “ޒަވުލް؟؟؟ މިތާގަ ކީއްތިކުރަނި؟” އޭރު އެއޮއްގެން 1 ޖަހަނީއެވެ. މިއޮށް ދަންގަޑީގައި ޒަވުލް އެގަސްބުޑުގައި އެކުރަނީ ކީއްހެއްޔެވެ؟ “ކީއްތަ ތިކުރަނީ؟ ހާދަ ހާސްވެފަ؟ ދާހިއްލާ ފޯވެފަ؟ ކޮންތާކު އުޅިފަ ތިއައީ؟” ޒަވުލް ލައިގެން ހުރި ހުދު ކުލައިގެ ޓީޝާޓު ހުރީ ލަދުން ފޯވެފައެވެ. ފުންކޮށް ނޭވާތައް ލަމުން ދިޔައީ ހާސްވެފައި ހުރުމުންނެވެ.

“އެއީ މީ… އަމް… މިއައީ ރައްޓެއްސެއްގެ ގޭގެ ޕީއެސް ކުޅެން އިނދެފަ. ދެންމެގަ… މިތާގަ ބުޅަލެއް އުޅޭތީވެ. މިހިރަ ފިނިފެންމާ ގަސް ކައިރީގަ އެއުޅުނީ. އެހެންވެ އޭތި ފައްސާލަން މިއުޅެނީ. ދޮންތަ މިތާ ކީއްތިކުރަނީ؟” އަޅައަޅައިގަންނަމުން ކަހަލަ ގޮތަކަށް ޒަވުލް ވާހަކަ ދެއްކިއެވެ.

“ދޮރާށި ތަޅުލަން…” ދޮރާއްޓާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން ޒާލާ ބުންޏެވެ. “އަހަރެން މިއައީ ދޮރު ތަޅުލާފަ. ދޮންތަ ދޭދެން ނިދަން. އަހަރެންވެސް މިދަނީ” ޒަވުލް މިހެން ބުނެ ހިނގައިގަތެވެ. ޒަވުލް އޭނާއަށް ފުރަގަސް ދިނުމާއި އެކު ފެނުން މަންޒަރުން ޒާލާގެ ދެލޯ ބޮޑުވިއެވެ.

“ޒަވޫ؟ އަތުގަ ތިހުރީ… ލޭ…؟” އަނގަމަތީގައި އަތް އަޅަމުން ޒާލާ ބުނެލިއެވެ. ޒަވުލް ހިންދިރުވާލަމުން ފަހަތަށް އެނބުރުނެވެ. އަދި އޭނާގެ އަތަށް ބަލައިލިއެވެ. “އެ ބުޅާ… އެބުޅާ ވަކި ދެމީއޭ” ޒަވުލް ކަރުކެހިލަމުން ބުނެލިއެވެ. “އެކަމަކު… ހާދަ ބައިވަރު ލެޔެއް…؟” ޒާލާ އައިސް ޒަވުލްގެ އަތުގައި ހިފާލިއެވެ. “އެ ވެދާނެ ފިނިފެންމާ ގަހުގައި ހުރި ކަށި ހެރުނީކަމަށްވެސް. ހާސްނުވޭ. އަހަރެން ބޭސް އަޅާލާނަން” ޒާލާގެ އިތުރު ސުވާލެއް ކުރިމަތި ވެދާނެތީ ޒަވުލް އަވަހަށް ހިނގައިގަތެވެ.

“އެއީ ދެންވީ ގޮތަކީ. ދެން ފުލުހުން ބަލާ ކޭސެސްގެ އެހާ ބޮޑު ތަފްސީލެއް ކިޔާ ނުދެވޭނެ. އަދި އަމުދުން ކޭސް ބަލަމުން ދާއިރު” އެނދުމަތީގައި އިށީނދެލައިގެން އިން އެޒިކިއެލް ވާހަކަ ދައްކަމުން ދިޔައީ މިކްޔާއަށެވެ. ފޯނުންނެވެ. “ދެން.. އެއްލު ދަނީތަ…؟ އިންޑިއާއަށް..؟” މިކްޔާ އެހިއެވެ. އެވާހަކަތަކުން އޭނާ ވެސް ހުރީ ހިތް އަވަސްވެފައެވެ.

“އާނ. މިކޭސް އެސައިންވެފަ އިނީ އެއްލުއަށް. އެހެންވެ އެއްލު ދާން ޖެހޭނެ. އިޓްސް އަ މަސްޓް” އެޒިކިއެލް ފުންނޭވާއެއް ދޫކޮށްލިއެވެ. “ބަލައިގެން އުޅެއްޗޭ…” މިކްޔާގެ އަޑު ކުރެހުނެވެ. ދެން ދުވަސްކޮޅަކަށް އެޒިކިއެލް ނުފެންނާނޭ ހިތައް އެރުމުން މިކްޔާގެ ހިތުގައި އުފެދުނީ ބުނަން ދަތި ވޭނެކެވެ.

“ހެހެ މިކީ ދެރަވީތަ؟ އަންނާނަމޭ ވަރަށް އަވަހަށް. އައިސް މިކީއަށް ވަރަށް މީރު ކެއުމެއް ދޭނަން. ރަނގަޅަށް ޕަބްޖީއިން ބީޓްވެސް ކޮށްލާނަން” މިކްޔާ ހެއްވާލުމުގެ ނިޔަތުގައި އެޒިކިއެލް ބުންޏެވެ. ކުރިއަށް އޮތް ދެތިން ދުވަހު މިކްޔާ ނުފެންނާނެކަން އެނގުމުން ހަގީގަތުގައި އެޒިކިއެލްވެސް އިނީ ދެރަވެފައެވެ. “ހުހް. ކެއުމެއް ދެވިދާނެ. އެކަމަކު ޕަބްޖީއަކުން ބީޓެއް ނުކުރެވޭނެ” ހެމުން ހެމުން މިކްޔާ ބުނެލިއެވެ.

ހަމައެވަގުތެވެ. މީކައިލްއާއި ވިޝާހާވެސް ވާހަކަ ދައްކަމުން ދިޔައެވެ. މެސެޖުންނެވެ. އެދެމީހުންގެ މެދުގައިވެސް ދެކެވެމުން ދިޔައީ ލައިލީންގެ މަރުގެ ވާހަކައެވެ. “އަސްލުވެސް… ނޭނގެ ވީގޮތެއްވެސް އެވާހަކަ އިވުނީމަ. އަނެއްކާ ސީރީޒް ތަކުގަ ފެންނަ ކަހަލަ ސީރިޔަލް ކިލިންގެއް ކަންނޭނގެ. ވިޝާއާއި ލައިލީން އެއް އުމުރުވީމަ އަސްލު ބިރުގަތީ… ގިނައިން އެކަހަލަ މީހުން އުޅެނީ އެއް އުމުރު ކުދިން ފަހަތުންނެއްނުން…؟”

މީކައިލްގެ ވާހަކަ އިވި ވިޝާހާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ކުރެހުނެވެ. ހިތްހަމަ ޖެހުނެވެ. އުފާވިއެވެ. “އޯހްހްހް. ކައިލް ޔޫ ވޮރިޑް އެބައުޓް މީ…؟” ލާނެތް ރާގެއްގައި ވިޝާހާ އެހިއެވެ. “ވަޓް އިފް އައި އޭމް؟…” މީކައިލް ކޮށްލި ސުވާލުން ވިޝާހާގެ ހިތް އުފަލުން ފުރުނެވެ. މޫނުގައި އަތް އަޅާލަމުން އެނދުމަތީގައި ދެފައިން ޖަހައިލިއެވެ.

“ހޫން ހޫން. މީކައިލް އިންނަން އެހީތަ؟” ވީޝާޔާއާއި ވިޝާހާ ނިދަނީ ‘ބަންކް ބެޑް’ އެއްގައި ކަމުން ވިޝާހާއަށް އެކޮށްލި ކަންތައް ވަރަށް ފަސޭހައިން މަތީ އެނދުގައި އޮތް ވިޝާޔާއަށް އެނގުނެވެ. “އާހްހްހްހް އައި ވިޝް. އަޅެ މިހާރު ހަމަ އަބަދު ފްލާޓް ކުރަނީ. އަޅެ ނޫޅެޔޭ އަދިވެސް ރައްޓެހިވާން އަހާކަށް” ވިޝާހާ ތުންކޮޅު އޫކޮށްލިއެވެ. އަދި އެނދުން ފައިބާ އެނދަށް ކޮޅަށް އެރިއެވެ. ވިޝާޔާއަށް އޭނާގެ މޫނު ފެންނަހެންނެވެ.

“ބުނީމެއްނުން އޭނަ އެންމެ ފަހުން ރައްޓެހިވި ކުއްޖާ ކައިވެންޏަށް އެހީމައޭ ރުޅިވީ؟ ވެދާނެއްނުން އެހެންވެ އޭނަ ބިރުގަންނަނީ ކަމަށް؟” ވިޝާޔާ ބުނި އެތި ވީޝާހާއަށް ގަބޫލު ކުރެވުނެވެ. ކޮންމެ މީހެއް ނަމަވެސް ވީސް އެހެން ކަންނޭނގެއެއްނުން ހެއްޔެވެ؟

ހެނދުނުގެ ވަގުތެވެ. ފަތިހުގެ ތެތް ފިނިކަން ފިލާ ޖައްވަށް ހޫނުކަން ވެރިވެއްޖެއެވެ. މަގުތައް ކުނިކަހަން ނިކުން މީހުންތައްވެސް އެތެރެއަށް ވަދެ ކައްކަން ފެށިއެވެ. ވަޒީފާ ކަންކަމުގައި އުޅޭ މީހުން ބޭރަށް ނިކުމެ ހަލަބޮލި ވާން ފެށިއެވެ.

އެއާޕޯޓުގައި މީހުންތައް ތިބީ ފުރި ބާރުވެފައެވެ. ފުރާ މީހުންނާއި އެނބުރި އައި މީހުންނެވެ. ބޮޑެތި މަތިންދާ ބޯޓުތައް ކައިރީގައި އިންސާނުން ތިބި އިރު ހީވަނި ކުދި ކުދި ހިނިތަކެއް ހެންނެވެ. ފުރަން އައިސް ތިބި މީހުންގެ ތެރޭގައި ޔައުލާންއަދި އެޒިކިއެލްވެސް ހިމެނުނެވެ.

ފުރަންދާ ވަގުތު ޖެހުމުން އެޒިކިއެލް އެލާރާގެ ހަށިގަނޑުގައި ބައްދާލިއެވެ. ލޯބިވާ މަންމައާއި ބައްޕައަށްވެސް ސަލާމްކޮށް ބައްދާލިއެވެ. ބަލައިގެން އުޅުމަށް ބުނެ ދެން އެޒިކިއެލް ދިޔައީ ތަންކޮޅެއް ދުރުގައި ހުރި މިކްޔާ ގާތަށެވެ.

އޭރު މިކްޔާ ހުރީ ރޮވޭ ނުރޮވޭ ހާލުގައެވެ. އެޒިކިއެލް ގޮސް މިކްޔާގެ އަތުގައި ހިފާލިއެވެ. “ބަލައިގެން އުޅެއްޗޭ…” އެޒިކިއެލްގެ އަތުގައި ހިފާ ހުއްޓުވަމުން މިކްޔާ ބުނެލިއެވެ. އޭރު އެ ދެލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަމުން ދިޔައެވެ. “އަޅޭ. ނުރޮއެބަލަ. މިކީއަށް އިނގެއެއްނުން؟ މިއީ ސްޓްރޯންގ މީހެކޭ” ހީލަމުން އެހެން ބުނި ނަމަވެސް އެޒިކިއެލްވެސް ހުރީ ކިރިޔާ ނުރޮވިއެވެ.

“ގުޅާތި. ވާނުވާ އަންގާތި. ރަނގަޅަށް ކައިގެން އުޅޭތި..” މީހުންގެ ލޯތަކަށް ބެލުމެއް ނެތި މިކްޔާ އެޒިކިއެލްގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އެޒިކިއެލްވެސް އޭނާގެ ހަށިގަނޑުގައި ބައްދާލިއެވެ. ހިތް ބިރުގަންނަނީއެވެ. ހީވަނީއެވެ. ބޮޑު ކަމެއް ވާން އުޅެނީއެވެ. ދެމީހުން ބައްދާލައިގެން އިރުކޮޅަކު ތިއްބެވެ. ކަރުނައިން ފުރިގެން ވާ ހާލުގައެވެ. އެ ދެމީހުނަށް ނޭނގުނު ނަމަވެސް އޭރު ‘އޭނާ’ އެ މަންޒަރު ބަލަން ހުއްޓެވެ.

(ނުނިމޭ)

ސާޅީސްތިންވަނަބައިގެ ތެރެއިން:

ނިދިފައި އޮތް މިކްޔާއަށް ހޭލެވުނީ ބާރު އަޑު ފައްގަނޑެއް އިވިގެންނެވެ. އެއާއި މެދު ރަނގަޅަށް ވިސްނާ ނުލެވިގެން އުޅެނިކޮށް ކޮޓަރި ތެރެއިން ފެނުން ދުމުން އޭނާގެ މޭގަނޑު އަނގައަށް ނައީ ކިރިޔައްޔެވެ. “މަންމާ!!!”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ޒުވާންވީ ލޯބި…

Next

މި ހަމަހިމޭންކަން… ހިލަމެއް އެބަވޭ މަށަށް (23)

Next
April 25, 2026

މި ހަމަހިމޭންކަން… ހިލަމެއް އެބަވޭ މަށަށް (23)

Previews
April 23, 2026

ޒުވާންވީ ލޯބި…

12 Comments!

  1. shav shav says:
    April 24, 2026 at 7:52 pm

    Soooo zawul is too sus. Mihaaru vrh bodah heevey laileen ah ehen hedhy zavul hen.
    i think this serial killer whom i suspect as zawul is gonna go after mikee and vishaa maybe. Like same age v ma. I think thats how emmen is gonna get related to each other.
    Anyways mi ep vx vrh vrh vrh reethi
    Keep up the good work shihaa
    And stay safe and healthy and take care
    Lots of love 💜💗

    1. shihaamaa ali shihaamaa ali says:
      April 24, 2026 at 9:47 pm

      👀👀👀👀👀👀
      Maybeee….?👀 shihaa akh neynge haha lmaoo😭😂 yeaa dhww.. thivess vedhaane gotheh hehe… lets seeee..👀🫶🏻
      Jazaakallah khairan Shav means sooo much hearing this from you🥺🩶 lots of love from me too🩶🫶🏻

  2. MaZy says:
    April 24, 2026 at 7:55 pm

    Alheyyyy dhnnn thihaaa hiyh thalhuvaalaafa ninmaa nulaaa 😫

    1. shihaamaa ali shihaamaa ali says:
      April 24, 2026 at 9:48 pm

      Soooooo sorrryyyyy MaZy 😩🩶🫶🏻

  3. N0nni_77 says:
    April 24, 2026 at 8:06 pm

    Maasha allah.
    Mi prt vs vrh reethi.
    When next?

    1. shihaamaa ali shihaamaa ali says:
      April 24, 2026 at 9:48 pm

      Jazaakallah khairan N0nno_77 🩶🫶🏻
      In sha allah next tmrw

  4. Your fav bab Your fav bab says:
    April 24, 2026 at 9:38 pm

    Oh so actually now we are supposed to suspect zawul! But bro already topped the suspect list🤦but something is seriously cooking ingy!! N I can smell that!
    Miky and ellu😭 emotional damage! Dhe meehun dhe meehunnaa nulai noolheveyne kan ingey iru vx friends ge name tag alhuvaagen ulhen heyo vey thrr?? Dhera kamekey🤦😂 thi relation ah nameh dheyn vejje nun thr alhe?? Kada ey ellu kada ey!😂 Avahah rattehi vaan ahaa!! You are getting green signals👀
    Loved this part sm💗
    Ly n Tc

    1. shihaamaa ali shihaamaa ali says:
      April 24, 2026 at 9:49 pm

      Omgeee😭😭😭 i mean yeaaa his behavior seems suspicious 😬😬 ekamakuvaa shihaa akh neynge kaaku kameh killer aky☹️
      Dhwwwww… they seem to love each other smmm🫣🤭 ebunaahen Elluuuu mannnn upp😂😂
      Jazaakallah khairan your fav bab🫶🏻likewise

  5. Sheez says:
    April 24, 2026 at 9:38 pm

    What haadha reechey MA
    What zaalaa ar zavul ar sib tha?
    Omg
    Wow mikya and exkeel
    CW4THENEXTP
    TC

    1. shihaamaa ali shihaamaa ali says:
      April 24, 2026 at 9:50 pm

      Jazaakallah khairan Sheez 🩶🫶🏻
      Yessssss they are siblings..
      Hehe yesyes.. stay tuned for next in sha allah tmrw.. tc

  6. Krystal says:
    April 25, 2026 at 10:04 am

    Shiha whyy???

    1. shihaamaa ali shihaamaa ali says:
      April 25, 2026 at 12:46 pm

      Since the upcoming scenes are a bit serious i wanted to change it to a funny scene

Comments are closed.

Next Episodeވާތީ ހިތަކު ލޯބި މަންމަންވެފާ 43←


All Right Reserved!