Skip to content
އެސްފިޔަ

ވާތީ ހިތަކު ލޯބި މަންމަންވެފާ 38

Listen to this story Audio · 6:26 Powered by Esfiya Voice
0:00 6:26

ދެމީހުން ގޮވައިގެން މާހިން ދުރަށް ޖެހިލިއެވެ. ހަރަމް ބަނދެލަމުން އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “ލައިލީންގެ މަރަކީ އާދައިގެ މަރެއް ނޫން. އެކަމުގައި މީހެއްގެ އަތެއް އެބަވޭ…” އެހިސާބުން މާހިން ހުއްޓާލީ ދެން ބުނަން އޮތް ޖުމްލަ ބުނަންވީ ގޮތެއް ނޭނގިގެންނެވެ. “ލައިލީންގެ… ހަށިގަނޑުގައި އޭނަގެ ހިތެއް ނެތް… މޭ ފަޅާލާފަ ފަހަންވެސް ފަހާފަ އޮތީ…” މަޑުމަޑުން މާހިން ބުނެލި ޖުމްލަ ޔައުލާންއަށާއި އެޒިކިއެލްއަށް އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ.

(41 ވަނަ ބައި)

“ކި… ކީކޭ…؟” އެޒިކިއެލްގެ އަޑު ނިކުތީ ކެނޑިކެނޑިގެންނެވެ. “ލައިލީންގެ ހަށިގަނޑު ބެލި ބެލުމުން ފުރަތަމަވެސް ފާހަގަ ކުރެވުނީ އެކަން. ވަރަށް ރަނގަޅަށް ޔަގީން ކޮށްފަ މި އިންފޯމް ކޮށްލީ ތިކޮޅަށް.” މާހިންގެ ދުލުން މިފަހަރުވެސް އިވުނީ ހަމަ އެބިރުވެރި ޖަވާބެވެ. އެޒިކިއެލް ބޯ ޖަހައިލިއެވެ. “ލަޝްކާގެ ކޭސް ނިމި، އަދި ކިރިޔާ މި ހަމަ ޖެހިލެވުނީ. ދެން ވާން މިއުޅެނީ ކިހާ ވަރެއްގެ ކަމެއްބާ…” ފުން ނޭވާއެއް ދޫކޮށްލަމުން ޔައުލާން ބުނެލިއެވެ.

ކާކޮޓަރީގައި އިން މޭޒު މަތީގައި ބޯ އަޅާލައިގެން އޮތް ޒާލާގެ ލޮލުން ފަހަރަކު ކަރުނަ ތިއްކެއް އަންނަމުން ދިޔައެވެ. އަކްނާން އަންނާނޭ ކަމުގެ އިންތިޒާރުގައި އޭނާ ކާން ހަދައިގެން އިންނަތާ މިހާރު ގަޑިއެއްގެ އިރު ވެއްޖެއެވެ. އަކްނާންއަށް ކާން ހަދައިދިން ‘ރަމެން’ ނޫޑުލިސް ކޮޅުވެސް މިހާރު ހުރީ ހިހޫވެފައެވެ. އަކްނާންގެ ދުރުކަމުން އޭނާގެ ހިތުގައި ކޮންމެ ދުވަހަކުވެސް ދިޔައީ ތާޒާ ލަކުނެއް ލަމުންނެވެ. ނަމަވެސް އޭނާ ކުރާނީ ކީއްހެއްޔެވެ؟ ދަރިން ނުލިބުން އެއީކީ އޭނާގެ ކުށެއް ނޫނެއްނުން ހެއްޔެވެ؟

“ޒާލާ؟” ލޯބިވާ މަންމަގެ އަޑު އިވުމާއި އެކު ޒާލާ ހަލުވި ކަމާއި އެކު ދެލޯ ފުހެލިއެވެ. އަދި ހިނިތުންވެލަމުން ނައުރީންގެ މޫނަށް ބަލައިލިއެވެ. “ކީކޭ މަންމާ؟” ކަރުނައިގެ ތެރެއިން ހީލަމުން ޒާލާ އެހިއެވެ. “ޒާލާ މިހާރު ކަމަކާ ވަރަށް ހިތާމަ ކުރާހެން ހީވޭ. އަނެއްކާ އަކްނާންއާއި ދެމީހުން މައްސަލައެއް ޖެހުނީތަ؟ މިހާރު އަކްނާންވެސް ވަރަށް ގޭގަ ނޫޅޭކަން ފާހަގަ ވޭ…” ނައުރީންގެ ވާހަކަ އިވި ޒާލާއަށް ހިންދިރުވާލެވުނެވެ. އަކްނާންގެ އެ ދުރުކަން މަންމައަށް ކިޔާދީ، މަންމައާއި އަކްނާންގެ މެދުގައި މައްސަލަ ޖެހޭކައް ޒާލާ އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ.

“އަސްލުދެން އަނެއްހެން ކަމެއް ނުވޭ… ވަރަށް ފަހުންވެސް ކުއްޖަކު ލިބޭތޯ މަސައްކަތް ކުރިން. ދެފަހަރުވެސް ނެގެޓިވްވީ… އެހެންވެ ދޯ؟… އެކަމާ ބޯ ގޮވައިގެން އަކޫވެސް ބޭރުގަ އެއުޅެނީ. މިހާރު ހަމަ އަބަދު ޑިއުޓީގަ. އޮފީސް ކުދިންވެސް ކިޔާ އެހެން” ޒާލާ ދޮގު ހެދިއެވެ. “ހަމަ ތެދައްތަ ތިބުނީ؟” ނައުރީން އެހިއެވެ. ޒާލާ އެ ހެދީ ދޮގެއްހެން އޭނާއަށް ހަމަ ހީވަނީއެވެ. “ހަމަ އަސްލު ކޮށޭ. ދެން މަންމަ އެކަމާ ހާސް ނުވެބަލަ” ނައުރީންގެ ކޮނޑުގައި ފިރުމާލަމުން ޒާލާ ބުންޏެވެ.

ދިޔާންމެންގޭ ގެސްޓު ރޫމްގައި އިން ސޯފާގައި ދާއިޔަލް އިނެވެ. އަނގަ މަތީގައި އަތް އަޅައިގެން އިން އިރު އަދިވެސް އޭނާއަށް ސިފަވަނީ ޔައިލީންގެ މަރުވެ، ކުނިވެފައި އޮތް ގަބުރެވެ. ލޯމަރާލުމުގެ ކުޅަދާނަ ކަމުން ވެސް އޭނާ ވަނީ ނުކުޅެދިފަ ފަދައެވެ. އަދިވެސް އެކޮޓަރި ތެރޭގައިވީ ވަސް އޭނާއަށް ދުވާފަދައެވެ. އެ ބިރުވެރިކަމުން އޭނާ އަރައިގަންނާނީ ކިހިނެތް ހެއްޔެވެ؟

ފެންވަރާ ތާޒާ ވެލައިގެން ނިކުން ލަޝްކާއަށް ފުރަތަމަވެސް ފެނުނީ ހާސްކަމުގެ ތެރޭގައި ގަރަގު ވަމުން ދިޔަ އޭނާގެ ލޯބިވާ ފިރިމީހާއެވެ. ފިރިމީހާއަށްޓަކައި ހަމްދަރުދީވާ ހާލުގައި ލަޝްކާއަށް ދާއިޔަލްއާއި ދިމާލަށް ބަލަން އިރުކޮޅަކު ހުރެވުނެވެ. މިއީ އަދި ކައިވެނި ކުރިތާ ދެވަނަ ދުވަހެވެ. ނަމަވެސް މިވަގުތު ދާއިޔަލްގެ މޫނުމަތީގައި އެއްވެސް ހިތްހަމަ ޖެހުމެއް ނެތެވެ. ފެންނަނީ މަޑުމޮޅި ކަމެވެ. ބިރުވެރިކަމެވެ. ސިހުމެވެ.

ކުއްލިއަކަށް ލަޝްކާއަށް ޙިޔާލެއް ލިބުނެވެ. އެއްމިޔަކަނުން ހީލަމުން އޭނާ އަލުން ފާޙާނާއަށް ވަނެވެ. ކޮނޑާއި ހަމައަށް އަރާ އޭނާގެ އިސްތަށިކޮޅު ވަޔާ ވިހުރެން ދޫކޮށްލިއެވެ. އޭނާ ގެންގުޅޭ އައި ލައިނާރ ނަގާ މޫނު މަތީގައި ތުނބުޅިއެއް ކުރަހާލިއެވެ. ހިތްހަމަ ޖެހޭ ވަރަށް ކުރެހުމުން އަމިއްލަ ނަފްސަށް ބަލާލަމުން ލަޝްކާ ހީލިއެވެ.

ލަސް ފިޔަވަޅު ތަކެއްގައި ހިނގާފައި ގޮސް ލަޝްކާ ދާއިޔަލްގެ ކުރިމަތީގައި އުޑަފައިން އީށީނެވެ. “ހެލޯ މެއިޓް” އަޑު ބަރުކޮށްލަމުން ލަޝްކާ ވާހަކަ ދައްކަން ފެށިއެވެ. “އައިމް އަ ޕައިރެޓް. އަހަރެން ދެރަވެފައި ތިބޭ ފިރިހެނުން ކާން. ސޯ ޑޫ ޔޫ ވޮނަ ބީ އީޓެން؟ އޯރ ބީ ހެޕީ އެގެއިން؟؟” ޝަހާދަތް އިނގިލި ދިއްކޮށްލަމުން ލަޝްކާ ވާހަކަ ދެއްކީ އަމުރުވެރި ގޮތަކަށެވެ.

ސިހުމުގައި އިން ދާއިޔަލްއަށް ލަޝްކާގެ މި މައުސޫމް ހަރަކާތުން ހިނދުކޮޅަކަށް ހުރިހާ ކަމެއް މަތިން ދާއިޔަލް ހަނދާން ނެތުނެވެ. ދާއިޔަލްގެ ތުންފަތައް ވެރިވީ ހިިނިތުންވުން ފެނި ލަޝްކާގެ ތުންފަތުގައި ކުޅެލީ ހަމަ ޖެހުމުގެ ހިނިތުންވުމެކެވެ. ހިނިތުންވެލަމުން ލަޝްކާ ދާއިޔަލްގެ ހަށިގަނޑުގައި ބައްދާލިއެވެ.

ޔައުލާންއާއި އެޒިކިއެލް އެނބުރި އައިސް ކިޔައިދިން ވާހަކަ ތަކުން އެލާރާއަށް ހުރެވުނު ތަނަށް ތިރިވެވުނެވެ. އެ ވާހަކަ ގަބޫލު ކުރަން ދަތިވިއެވެ. އަތްފައި ތުރުތުރުލާން ފެށިއެވެ. ދެލޯ ބޮޑުވެ ނިތުގައި އޮށްދާ ހިތްލަން ފެށިއެވެ. އޭނާގެ ހިތުގެ ތެޅުމުގެ އަޑު ކަންފަތާއި ހަމައަށް އިވެން ފެށި އިރު، ފުންކޮށް ނޭވާތައް ލެވެމުން ދިޔައެވެ. “ދެން… ކިހިނެތް ހަދަނީ؟…” ނޭވާ ހަމައަކަށް އަޅުވާލަމުން އެލާރާ އަހައިލިއެވެ. “އޮޓޮޕްސީއަކަށް ފޮނުވާލާނީ.” ފުންނޭވާއެއް ދޫކޮށްލަމުން އެޒިކިއެލް ބުނެލިއެވެ.

“ދޮންބެތަ ދަނީ؟” އެލާރާ އަހައިލިއެވެ. “އާނ. ދޮންބެ މިހުރީ މި ކޭސްގެ ބޮޑު މީހަކަށް. ޔައު ދާނަންތަ؟” އެޒިކިއެލް ބަަލައިލީ ޔައުލާންއަށެވެ. “ޔެސް. ދާނަން”

ކުޑަކުޑަ ކޮޓަރިއެކެވެ. ކޮޓަރިތެރޭގައިވީ ހުރިހާ ބޮތްކެއް ވަނީ ނިވާލާފައެވެ. އެ ކަނު އަނދިރިކަމުގެ ތެރޭގައިވީ ހަމަ އެކަނި އަލި ކަމަކީ އެތަނުގައި އިން ޒުވާނާގެ ލެޕްޓޮޕު ހުޅުވާފައި އިނުމުން ލިބޭ އަލިކަން އެކަންޏެވެ. އަޅާފައި އަނގަމަތީގައި އަތް އަޅައިގެން ހެމުން ދިޔަ އިރު އެ ދެލޮލުގައިވީ ބިރުވެރި ވިދުމެކެވެ. ހޮސްޕިޓަލުގެ ސީސީޓީވީތައް ހެކު ކޮށްފައި ހުރުމުން ޔައުލާން، އެޒިކިއެލްއަދި އެލާރާ ދައްކަމުން ދިޔަ ހުރިހާ ވާހަކައެއް އޭނާއަށް ސާފުކޮށް އިވެމުން ދިޔައެވެ.

އެއްމިޔަކަނުން ހީލަމުން އޭނާ ގޮނޑިން ތެދުވިއެވެ. ތުންގޮއްވަމުން ޖީބުގައި އޮތް ތަޅުދަނޑި ނަގާ އެތަނުގައި އިން ކަބަޑު ހުޅުވައިލިއެވެ. އެ ކަބަޑު ތެރޭގައި އޮތް ލައިލީންގެ ހިތް ފެނި އެޒުވާނާގެ ތުންފަތް އެއްމިޔަކަނުން ދެމުނެވެ.

(ނުނިމޭ)

ސާޅީސްދެވަނަބައިގެ ތެރެއިން:

“ބަލައިގެން އުޅެއްޗޭ…” އެޒިކިއެލްގެ އަތުގައި ހިފާ ހުއްޓުވަމުން މިކްޔާ ބުނެލިއެވެ. އޭރު އެ ދެލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަމުން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (21)

  1. Khc

    Zawul tha laileen ah ehen e ehedhy????

    1. shihaamaa ali
      Khc

      👀👀 neynge dhww let’s see👀

  2. shav

    I also think its zavul for some reason 😭
    But that was scary ok 😭😭😭
    Anyways, lash and dhaai ge part was so romantic. 🤭 i felt so single lmao 😭
    When next? Can’t wait for the next ep
    Lots of love and take care shihaa 💜💗🫶

    1. shihaamaa ali
      shav

      Awwhhh sorry birugannuvaalevuniima 😭😩.. lets see dhww.. shihaa akh neynge killer aky kaaku kameh🫣
      Dhwww… i was blushinggggg sooooo harrrdd🫣😭.. awwwhhh in sha allah you’ll find someone like Dhaai..🫶🏻
      Lots of love from mee too take care Shav🫶🏻🩶

  3. Anonymous

    How many episodes

    1. shihaamaa ali
      Anonymous

      I haven’t finished writing the story yet.. the story still has a lot to happen and this will probably be the longest story I’ve written so far 🩶🫶🏻

  4. N0nni_77

    Maasha allah.
    Mi prt vs vrh reethi.
    When next sissy??
    Lysm n TC🖤💛

    1. shihaamaa ali
      N0nni_77

      Jazaakallah khairan N0nni_77 🩶🫶🏻
      In sha allah next tmrw
      Likewise dear 🩶🫶🏻

  5. Mrs. GenZ

    I ah vx heevanyy eiy zawul hn..
    Dhn neyge dhww..
    Anyways, whn nxt????
    Curiously waiting..
    Tc.. Lyy

    1. shihaamaa ali
      Mrs. GenZ

      👀👀👀
      I would love to know why everyone thinks its Zavul loll😭😭 heeeeheeee letss see dhww shihaa akh neynge🫣🫣
      Stay tuned for next .. in sha allah tnrw
      Likewise Mrs. GenZ 🩶🫶🏻

  6. Your fav bab

    Shierr be like what a wild guess😅 but tbh I’m also having this low-key feeling that it is zawul hen! Like bro ge bahuruva haadha hadi vejjeyyy!!! He doesn’t deserve ela! I swear!! yaulaan give her a hug😭😭
    Btw this part hama obiness to the max^³! Vrh reethi MA💗
    Ey eyy yooo!! Miothgen maruvanee blush vaa varun! You write romance so vivdly!! Wonder how u write em without blushing !!
    When next ?
    Ly💗💗

    1. Anonymous
      Your fav bab

      Ya. Vrh heevey zavul hen villain akee.
      Story feshunu iru heekuree yaulaan kamah main villain ah vaanee.
      But mihaaru heevanee zavul hn.
      Any ways when next???????

    2. shihaamaa ali
      Anonymous

      👀👀👀
      Lets see dhww shihaa akh neynge eheh.. in sha allah next tmrw🩶🫶🏻

    3. shihaamaa ali
      Your fav bab

      😭😭😭😭😭😭
      Neynge neynge shihaa akh keke..asluvess dhww.. Yau deserves herr😩😩
      Jazaakallah khairan Your fav bab 🩶🫶🏻
      Girrrlll even i was blushing soooooo haaarrrddd🫣🫣🫣 Jazaakallah khairan dearrr 🥹🥹 innsha allah next tmrww.. likewise Your fav bab 🩶🫶🏻

  7. Krystal

    Dude! Mihaar story change kuree thr?! I mean lash and dhaaiyal ge bai!?

    1. shihaamaa ali
      Krystal

      Ya😅

    2. Krystal
      Krystal

      Whyyyyyyyy???

  8. Titlie

    Awwnn…🌷🩶 This part is so interestgg!btw, Dheriyal N Lash So so Romantic ❤️‍🔥💔..Alheyy, dhemeehun wegen Flower forming..Hehe, I’m very curious to know what’ll happen next!
    I’m blushing Lash’s part kiyaafa..Pis pis, Lash Gandhu Hama Dreamed me Not You;)
    Anyways, When’s next? Shiherrr
    Lysm & Tc My Bbggg..💛❤️‍🔥

    1. Anonymous
      Titlie

      *Awwnn..MA 🫶💖

    2. shihaamaa ali
      Titlie

      Hehe im happy your enjoying the story Titlie🩶🫶🏻 hehe yess dhww they are sooo cutee🤭🫣 in sha allah next episode i will upload very soon likewise🩶🫶🏻

    3. shihaamaa ali
      Titlie

      Jazaakallah khairan 🩶🫶🏻

Comments are closed.