ދެން އޮތީ މުވައްޒަފުންގެ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެވޯޑު ދިނުން ކަމުގައި މައިޝާ ބުންޏެވެ. މުވައްޒަފުންގެ މޫނުތަކުން ހައިރާންކަމާއި އުފާވެރިކަން ވެސް ފާހަގަވިއެވެ. އަދި ޝަދާންއަށް ބަލާލީ ޝުކުރުން ފުރިފައިވާ ހިތަކާއިއެކުއެވެ. ކޮންމެ މުވައްޒަފަކަށް ވެސް އެވޯޑު ދެވުނީ އެ މުވައްޒަފެއް ނިސްބަތްވާ ޑިޕާޓުމަންޓުގެ ހެޑުން އަތުންނެވެ. އެގޮތުން އާރާއަށް ވެސް އެވޯޑު އެރުވުނެވެ. އެވޯޑު އާރާއަށް ލިބުނީ ހުދު ޝަދާންގެ އަތުންނެވެ. އެއީ އާރާ އަކީ ޝަދާންގެ ޕީއޭ ކަމުގައިވާތީއެވެ. އާރާގެ ހިތް އުފަލުން އުނދުއްސައިގަތް ކަހަލައެވެ. އޭނާއަށް ޝަދާންގެ އަތުގެ ބީހުން އިހުސާސުކުރެވޭމެއެވެ.
މިގޮތުގައި އެވޯޑު ދިނުން ނިމިގެންދިޔައެވެ. މުނިފޫހިފިލުވުމުގެ ގޮތުން ރާއްޖޭގެ އެންމެ މަޝްހޫރު ބޭންޑުން ގެނެސްދޭ ހުށަހެޅުމެއް ގެނެސްދެމުންދިޔައެވެ. ދިވެހި ހިތްގައިމު ރީތި ލަވައެކެވެ. ލަވައިގައި ކިޔަމުންދިޔަ ބައިތައް ޝަދާން އާއި މެހެކުގެ ދިރިއުޅުމާއި ގުޅިފައިވެއެވެ. ދުރުގައި ތިއްބަސް ދެ މީހުންގެ ކަޅި ބައްދަލުވާ ފަހަރު އާދެއެވެ. މި މަންޒަރު ދެކެން އާލިޔާ އިނީ ވަރަށް އުފަލުންނެވެ. ނުބުންޏަސް އެ ދެމީހުންގެ ހިތުގެ އަޑު އޭނާއަށް އިނގޭ ކަހަލައެވެ.
ބޭންޑަށް ފަހު ދެން ސްޓޭޖަށް އެރީ ޝާފިއުއެވެ. ޝަދާން ހައިރާންވީ ޝާފިއު ސްޓޭޖަށް އަރަން ޖެހޭ ސަބަބެއް ނޭނގުނީމައެވެ. “އައްސަލާމްއަލައިކުމް…..ބައެއް ބޭފުޅުންގެ މޫނުތަކުން ހައިރާންކަން ފެންނަމުން އެބަދޭ…އެއީ އަޅުގަނޑު ސްޓޭޖަށް އެރީމަކަން ވެސް އެނގޭ….އަޅުގަނޑު ސްޓޭޖަށް މި އެރީ ވަރަށް ޚާއްސަ ބައެއް ކުރިއަށް ގެންދަން…އޮފްކޯޒް ހަފުލާގެ އެޖެންޑަކު މި ބައެއް ނީންނާނެ…ބަޓް ސިންސް ދިސް އިޒް އަވާރ ކޮމްޕެނީސް އެނިވާރސަރީ އޮފްކޯޒް ދިސް ޝުޑް ބީ ހެލްޑް އޮން ޓުނައިޓު…” ޝާފިއު ވާހަކަދައްކަމުންދިޔައެވެ. އަދި ޝަދާންއަށް ބަލާލާ އެއްލޯ މަރާލިއެވެ. ޝަދާންގެ ދެ ބުމަ ގޮށްޖެހުނީ ޝާފިއު ލާނެއް ކަމެއް ކޮށްފާނެތީއެވެ.
“ހެއްހެއް…ރިލޭކްސް ކުޑޭ….މިހާ ފޯމަލްކޮށް ގެންގޮސްސަ އިންފޯމަލް ވެސް ވާންޖެހޭނެތާ ދޯ…..އޯކޭ…އަޅުގަނޑު ދެން ސްޓޭޖު މި ޙަވާލުކޮށްލަނީ އަޅުގަނޑުގެ މާމައަށް….” ޝާފިއު އާލިޔާއަށް ސްޓޭޖަށް އެރުމަށް ގޮވާލިއެވެ. އެއާއިއެކު ހިނިތުންވުމަކާއިއެކު އާލިޔާ ޝާފިއުގެ އެހީތެރިކަމާއިއެކު ސްޓޭޖަށް އެރިއެވެ.
“ޝަދާން…މެހެކު…ކަމު ޓު ދި ސްޓޭޖު….” ޝާފިއު ދެން ގޮވާލީ ޝަދާން އާއި މެހެކަށްށެވެ. ޝަދާންއަށް ކޮންމެވެސް ވަރަކަށް ވާން މިއުޅޭ ގޮތް އެނގިއްޖެއެވެ. ދެން މިރޭ ނޫނީ މި ކަން ކުރަން ނޭނގުނީބާއެވެ. މެހެކު އިނީ އެ ދެ މީހުންނަށް ޝާފިއު ގޮވާލީމަ ވާނުވާގައެވެ. އޭނާއަށް ނޭނގޭ ކޮން ކަމެއް މާމަމެން ކުރީބާއެވެ. ޝާފިއު ދެވަނަ ފަހަރަށް އޭނާއަށް ގޮވާލިއެވެ. ގިނަ މީހުންނަށް އޭނާ އަކީ ކާކު ކަމެއް ވެސް ނޭނގޭނެއެވެ. މެހެކު ގޮސް ސްޓޭޖަށް އަރާ އާލިޔާ ކައިރީ މަޑުކޮށްލިއެވެ.
“މީ އަޅުގަނޑުގެ ލޯބިވާ ދެ މާމަ ކުދިން….ޝިމާލުގެ ވަރަށް ބޮޑު އެދުމެއް އެއީ އެ ދެކުދިންގެ ކައިވެނި ކުރުވުމަކީ….އާއިލީ ތެރެއިން މި ކައިވެނި ކުރެވިގެންދާނެ….ތިޔަ ބޭފުޅުންނަށް ފަހަރުގައި މެހެކު ނޭނގިދާނެ މެހެކު އެ އައީ ރާއްޖެއިން ބޭރުގައި ފަސް އަހަރު އުޅެފައި….މިއީ އަޅުގަނޑުގެ އަންހެން ދަރިފުޅު ޝެހެނާޒުގެ ދޮށީ ދަރި….” އާލިޔާ ވާހަކަ މެދުކަނޑާލިއެވެ. އަދި ފެންކަޅިވެފައި ހުރެ ގާތުގައި ތިބި ދެ ދަރިންގެ މޫނަށް ވަކި ވަކިން ބަލާލިއެވެ. ޚާއްސަކޮށް މެހެކަށްށެވެ. “ދަރިފުޅާ…ޕްލީޒް ޑޯންޓު ޑޫ އެނީތިންގް ސްޓުޕިޑް..ދިސް އިޒް ޔޯ އެންގޭޖުމަންޓު ސެރެމޮނީ….” އާލިޔާ ބުނެލިއެވެ.
އެއާއިއެކު ސްކްރީންތަކުން ފެނިގެންދިޔައީ ޝަދާން ވެޑްސް މެހެކު ޖަހާފައިވާ ލިޔުމެކެވެ. އޭގެ ތިރީގައި ކުޑަކޮށް އެންގޭޖުމަންޓު ވެސް ލިޔެފައިވެއެވެ. އެއާއިއެކު ބައެއް މީހުން ހަޅޭއްލަވައިގެން އަޑު އިވުނެވެ. އަނެއްބައި މީހުން ތަރުޙީބުގެ އަތްތިލަބަޑިން މުޅި މާޙައުލު އަޑުގަދަކޮށްލިއެވެ.
ޝާފިއު ދިއްކޮށްލީ ކުޑަ މަހުމާ ފޮށްޓެކެވެ. އެ ފޮށި ހުޅުވާލުމުން ތަރަތަރަ ޖަހައިގެންދާފަދަ ރީތި ރިހި ދެ އަނގޮށްޓި ފެނުނެވެ. އޭގައި ދަޅައަޅާ ޝާހީކަން ފެނެއެވެ. ޝަދާންއަށް އެތަނުން މެހެކަށް ޚާއްސަ އަނގޮށްޓި ދިނުމަށް ފަހު މެހެކުގެ އިނގިލީގައި އަޅުވައިދިނުމަށް އާލިޔާ އިޝާރަތްކުރިއެވެ. ހަމައެގޮތަށް ޝަދާންއަށް ޚާއްސަ އަނގޮށްޓި މެހެކު އަތަށް ލައިދިނުމަށްފަހު އެ އަނގޮށްޓި ޝަދާންގެ އިނގިލީގައި އެޅުވުމަށް ވެސް އެދުނެވެ.
ޝަދާން މަޑުމަޑުން މެހެކުގެ އަތުގައި ހިފިއެވެ. މެހެކަށް ބަލާލުމަށްފަހު މަޑުމަޑުން އިނގިލީގައި އަނގޮށްޓި އެޅުވިއެވެ. މެހެކު ޝަދާންގެ އަތުގައި ނުހިފެނީސް ޝަދާން އަތްދިއްކޮށްލިއެވެ. މެހެކު ޝަދާންއަށް ލޯ އަޅާލިއެވެ. އަދި އިނގިލީގައި އަނގޮށްޓި އަޅުވައިދިނީ އިސްޖަހައިގެން ހުރެއެވެ. އެއާއިއެކު އެންމެންގެ ތަރުޙީބު މެހެކުމެންނަށް ލިބިގެންދިޔައެވެ. އާލިޔާ އުފަލުން ދެ ދަރިންގެ ގައިގައި ބައްދާލިއެވެ. އަދި ކޮންމެ ކުއްޖެއްގެ ނިތުގައި ވަކިވަކިން ބޮސްދިނެވެ.
ނަވީންގެ އަތުގައި ހުރި ބިއްލޫރި ތަށްޓަށް ބާރުވެގެންދިޔައެވެ. ހީވަނީ އެ ތަށި ނަވީންގެ އަތަށް ތަޅައިގެން ގޮސްދާނެހެންނެވެ. ވެގެންވާނަމަ ނަވީން އެ ތަށި ޝަދާންގެ ބޮލަށް ޖަހާނެއެވެ. އެހާ ވެސް ނަވީން އިނީ ރުޅިގަދަވެފައެވެ. މި މަންޒަރު ބަލަން ނަބީހު އިނެވެ. “އެއިތަ މެހެކު އަކީ؟…” މަލްޝަބާ އަހާލިއެވެ. ނަބީހު ބޯ ޖަހާލިއެވެ. “މިހާރު ވަރަށް ތަފާތު ދޯ….” މަލްޝަބާ ބުނެލިއެވެ.
މެހެކު އައިމަ އެންމެން ވެސް މަރުޙަބާކިޔެވެ. ދިމާ ވެސް ކޮށްހެދިއެވެ. ޝަދާން ގޮސް އިށީން އިރު ވެސް އާރާ އިނީ ޝަދާންގެ މޫނަށް ބަލަހައްޓައިގެންނެވެ. ކަމެއް ދެނެގަންނަން މަސައްކަތްކުރާފަދައިންނެވެ. މިކަން އެނގޭ އިރު ވެސް ޝަދާން އިނީ އަޅައިނުލައެވެ.
ދެން ޙަފުލާގެ ތެރެއިން ކެއުމަށް އިންސާފުކުރުން އޮތެވެ. ވޭޓަރުން މެހެމާނުންނަށް ޚިދުމަތްދިނުމުގައި އަވަދިނެތިއުޅެއެވެ. މެހެކު ޖޫސް ތަށްޓެއް ބޯން އިންދާ މީހަކު ގޮވާލިއެވެ. އިސް އުފުލާ ބަލާލިއިރު ކުރިމަތިން ނޫރައިން ފެނުމުން މެހެކު ކޮށިއެރިއެވެ. ނޫރާ އާއި ފައިނާ ވެގެން މެހެކުގެ ބުރަކަށީގައި ޖަހާ އެރި ކޮށި މަތަކުރަން އެހީތެރިވެދޭން އުޅެއެވެ. މެހެކަށް ހިންދެމިލެވުނީ ވެސް ދެ ތިން ފެންތަށި ބުއިމަށްފަހުއެވެ. “އަޅޭ އައިމް ސޯ ސޮރީ ޑާލިން……ނޭނގޭނުން މިހެންވާނެކަމެއް….” ނޫރައިން ދެރަވިއެވެ.
“އެ އޯކެ ވާނެ…މި ސަޕްރައިޒް ވެސް ސަޅި އިނގޭ….” މެހެކު މަޖާ ކޮށްލިއެވެ. އެއާއިއެކު ދެ އެކުވެރިން ހޭންފެށިއެވެ. “ޔޫ ގައިޒް ނޯ އީޗް އަދާރ…..” ޝާއިން އަހާލިއެވެ. “ޔެސް…ވީ އާރ ބެސްޓީޒް….” މެހެކު ޖަވާބުދިނެވެ. ނޫރައިން ވެސް އެކަމަށް އެއްބަސްވެ ބޯ ޖަހާލިއެވެ. “ވެލް ރީން…ކީއްކުރަނީ މިތާ….” މެހެކު ސުވާލުކޮށްލިއެވެ. ނޫރައިން ޖަވާބުދިނުމުގެ ކުރިން މެހެކަށް ދެއްކީ އާލިޔާމެންނާ ވާހަކަދައްކަން ހުރި މީހެކެވެ. ޖާނުން ވަރުގަދަ ޝަޙުޞިއްޔަތެއްކަން ބަލާލުމުން އެނގެއެވެ. “އެއީ ކާކު.؟” މެހެކު ސުވާލުކޮށްލިއެވެ. އަދި ނޫރައިންއަށް ބަލާލިއެވެ. “ހީ އިޒް މައި ޑޭޑް….” ނޫރައިން ބުނެލިއެވެ.
“ވެއިޓް އިޒިންޓު ހީ ދި ޗެއާރޕާސަން އޮފް…….”، “އޮފް ދި ނޫރު ބިލްޑިން ވަން އޮފް ދަ ބެސްޓު ޖުވެލެރީ ކޮމްޕެނީ އިން ދި ޔޫ ރޮޕް…..” ފައިނާ އާއި ނޫރާއަށް އެއްފަހަރާ ބުނެވުނެވެ. އަދި ދެ ލޯ ބޮޑުވެގެންދިޔައެވެ. “އެންޑް ހީ އިޒް ދި ވަން އޮފް ދި ބޯޑް މެމްބާރ އޮފް އެމް.އެން.އެޗު ހޮސްޕިޓަލު…” ޝާފިއު ވެސް ބުނެލިއެވެ. އެއާއިއެކު ހައިރާންވެފައި ނޫރައިނަށް އެންމެން ބަލާލިއެވެ. “ރީން ޔޫ ޑިޑިންޓް…” މެހެކުގެ ޖުމުލައެއް ފުރިހަމައެއްނުވިއެވެ. “ޔެސް ދިސް ވޯޒް ދި ސަޕްރައިޒް އައި ޓޯލްޑު ޔޫ…” ނޫރައިން އުފާވެލާފައި ބުނެލިއެވެ. އެއާއިއެކު މިއަދު ހެނދުނު ނޫރައިން ބުނި ސަޕްރައިޒަކީ މިއީ ކަން މެހެކަށް އެނގުނެވެ.
ނޫރައިން މެހެކު ގޮވައިގެން އާލިޔާމެންނާއި ވާހަކަދައްކަން ހުރި މީހާ ކައިރިއަށް ދިޔައެވެ. “ޑޭޑް….” ނޫރައިން ގޮވާލުމާއިއެކު އެމީހަކު ފަސް އެނބުރި ބަލައިލިއެވެ. “ޑޭޑް ދިސް އިޒް މައި ބެސްޓު ފްރެންޑު މެހެކު….” ނޫރައިން އުފާވެލާފައި ބުނެލިއެވެ. “އޯހް ރިއަލީ…ޝީ ލުކްސް ރިއަލީ ޕްރިޓީ….” ނޫރު ބުނެލިއެވެ. “ނޫރު….މީތަ ދަރިފުޅަކީ؟…” އާލިޔާ އަހާލިއެވެ. “އާ މީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު ނޫރައިން….” ނޫރު އިތުރަށް ބުނެދިނެވެ.
“ޑޭމް ޝީ ލުކްސް ސޯ ބިއުޓިފުލް…” ޝާފިއު ޚިޔާލީ ފޮލާ ކައްކަން ފެށިއެވެ. ދީވާނާއެއްހެން ނޫރައިންއަށް ބަލަން އިންތަން ފެނުމުން ނޫރާމެން ހޭންފެށިއެވެ. އެފަދަ ޚިޔާލެއްގައި އިންދާ މެހެކާއި ނޫރައިން އައިސް ގޮނޑީގައި އިށީނެވެ. ފިރިހެނެއްކަމަކު އޭނާއަށް އިންގޮތް ސިފަވުމުން ޝާފިއުއަށް ވެސް ހެވުނެވެ. “މެހެކު….” މެހެކު ކައިރިއަށް އައިސް ހުއްޓުނީ ނަވީންއެވެ. އެއާއިއެކު ނޫރައިން ފިޔަވާ އެތާ ތިބި އެންމެންގެ މޫނުތަކުން ހިތްހަމަނުޖެހުން ފައުޅުވިއެވެ. “ވީން….ކިހިނެއްވީ؟…” މެހެކު އަހާލިއެވެ. “މޭ އައި ސިޓް؟….” ނަވީން މެހެކުގެ ހުއްދައަކަށް އެދުނެވެ. މެހެކު ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. ފައިނާ އެއްޗެކޭ ބުނަން އުޅުމުން އެކަން ހުއްޓުވީ ނޫރާއެވެ.
“ނުވެސް ބުނަމެއްނުން މެރީ ކުރަން އުޅޭ ވާހަކައެއް…” ނަވީން ބުނެލިއެވެ. “އައި ތޯޓު ޔޫ ނޯ ކަމަށް.” މެހެކު ބުނެލިއެވެ. “ޔާރ ބަޓް މިހާ އަވަހަށް؟….” ނަވީން ސުވާލުކޮށްލިއެވެ. “ޔާރ…އޭޒް ދިސް ވޯޒް މައި ގްރޭންޑުފާދާސް އެޑްވައިޒް…” މެހެކު ހީލިއެވެ. “ޑޯންޓް މެރީ ހިމް….” ނަވީން އިނދެފައި ބުނެލިއެވެ. “ހޫ އާރ ޔޫ ޓު އިންޓަފެޔާރ ވިތް ހާރ އެފެއާޒް؟…..” މެހެކު ސުވާލުކުރަން އުޅެނިކޯސް ފަހަތުން ޝަދާންގެ އަޑު އިވުނެވެ. ޝަދާން އާއި ނަވީން ކުރިމަތިލުމަކަށް ނުގޮސްސިއްޔާ ކިތައްމެހާ ވެސް ރަނގަޅެވެ.
“ހައްހައް…..މަ ހީކުރީ ކާކުބާއޭ…ޝަދާން ދޯ……ލޯންގް ޓައިމް..” ނަވީންގެ މޫނުން ވިހަ ހިނިތުންވުމެއް ފެނިލިއެވެ. މިތަން ފެނުނު ޝާއިންމެން ތިބީ ދަތްކުނޑިވިކާލައެވެ. “ޔާރ އިޓްސް ބީން ސޯ ލޯންގް……” ޝަދާން ހީލިއެވެ. “ވެލް ލީވް މައި ފިއާންސޭ….އެންޑު ގެޓް ދަ ހެލް އައުޓް އޮފް ހިޔާ….” ޝަދާން އަމުރުވެރި ރާގަކަށް ބުނެލިއެވެ. “ޝަދާން…..” މެހެކު ތަންކޮޅެއް ބާރަށް ޝަދާންއަށް ގޮވާލިއެވެ.
“ކިހިނެއްވީ؟..ހިތަށް އަސަރު ކުރީތަ؟……ޑޯންޓު ފޮގެޓް ވީ އާރ އެންގޭޖްޑް….” ޝަދާން ދައްކާލީ އިނގިލީގައި އަޅާފައިވާ އަނގޮށްޓިއެވެ. މެހެކު ދެ ފަރާތަށް ބޯ ހޫރާލިއެވެ. “ޔޫ ހެވެންޓު ޗޭންޑް…” މެހެކު މަޑުމަޑުން ބުނެލިއެވެ. ދެން ނަވީންގެ އަތުގައި ހިފައިގެން ހޯލުން ބޭރަށް ނިކުންނަން މިސްރާބުޖެހިއެވެ. ޝެހެނާޒަށް އެ މަންޒަރު ފެނުމުން މެހެކުދެކެ އިހުނަށްވުރެ ބޮޑަށް ރުޅިއައެވެ.
“ވީން އައިމް ސޯ ސޮރީ ފޯރ ދެޓް…” ހޯލުން ބޭރަށް ނިކުމެވުމާއިއެކު މެހެކު ނަވީންގެ އަތުން ދޫކޮށްލިއެވެ. ނަވީންއަށް އެ އަތަށް ބަލައިލެވުނެވެ. އަދި ހިތި ގޮތަކަށް ހީލެވުނެވެ. “އިޓްސް އޯކޭ…މެހެކު އޭނަ އާއި ހަމަ މެރީ ކުރަނީ ތަ؟…” ނަވީން އަހާލިއެވެ. “ވީން…ނޮޓް ނައު ޕްލީޒް…” މެހެކު އެ ސުވާލަށް އަނެއްކާ ވެސް ޖަވާބުދޭން ބޭނުމެއްނުވިއެވެ. ނަވީންއަށް ހިނިތުންވުމެއް ދިނުމަށްފަހު ހޯލަށް ވަންނަން ދިޔައެވެ.
“ކިހާ ދުވަހެއް ވަންދެން މެހެކަށް ސިއްރުކުރާނަން ތަ؟…” ފަހަތުން ޝަދާންގެ އަޑު އިވުމުން ނަވީން ފަސް އެނބުރި ބަލާލިއެވެ. އިސާހިތަކު އިހު ހުރި އޯގާތެރިކަމާއި މަޑުމައިތިރިކަން ފިލާ ނަވީންގެ މޫނުމަތިން މިހާރު ފެންނަނީ ވިހަ ހިނިތުންވުމެކެވެ. “ކިހިނެއްވީ؟..އުނދަގޫވީ ދޯ…ޝީ ވުޑުންޓް ނޯ އަ ސިންގަލް ތިންގު އޮފް އިޓު…” އެއްމިޔަކަނުން ހީލަމުން އެހެން ބުނުމަށްފަހު ބަދާންއަށް ފަސްދީ ނަވީން ހިނގައިގަތެވެ.
“ފައި…” ސިއްރުން ފަރާތް ފަރާތް ބަލަމުންދިޔަ ފައިނާއަށް މެހެކު ގޮވާލުމުން ސިއްސައިގެން ގޮސް އަތުގައި ހުރި ކޯކު ތަށި ގަޔަށް ބަންޑުންވިއެވެ. ފައިނާ ކުސްތަޅާލީ އެއޮތް ރީތި ހެދުން ޚަރާބުވީމައެވެ. ތުންދަމާފައި މެހެކާއި ދިމާލަށް ބަލީލިއެވެ. “އޯހޯ…އައިމް ސޯ ސޮރީ…ދޭ ވޮޝްރޫމަށް ގޮސް ދޮވެލަން….” މެހެކު ދެރަވެލާފައި ފައިނާއަށް ބުނެލިއެވެ. ހިނިތުންވެލަމުން ފައިނާ ދިޔައެވެ.
އިސްކުރު ކައިރީ ހެދުމުށް ކޯކު ވެރުނުތަން ދޮންނަން ހުރި ފައިނާ އިސް އުފުލާލީ މީހަކު އައިސް ފަހަތުން ބައްދާލުމުންނެވެ. ކުރިމަތީ ހުރި ލޯގަނޑުން އެމީހެއްގެ މޫނަށް ފައިނާ ބަލާލިއެވެ. އިސާހިތަކު ފައިނާގެ މޫނުން ލަދުވެތިކަމެއް ފެނުނެވެ. “ނުކް…ކީއްވެ މިތާ؟….މީ ގާރލްސް ވޮޝްރޫމެއްނުން…” ފައިނާ ދޮރާ ދިމާލަށް ބަލައިލަމުން ބުނެލިއެވެ. “މިތާ ނެތެއްނުން މީހަކު…އެހެންނޫނަސް ދޮރު ތަޅުލާފައި މި އައީ….” ފައިނާ ގައިގައި ބައްދާލައިގެން ހުރި ނުހައިކު ބުނެލިއެވެ. “ނުކް…ސީރިޔަސްލީ؟….ފެމިލީ މީހަކަށް ފެނިއްޖެއްޔާ ކަމަކުނުދާނެ….” ފަސްއެނބުރި ނުހައިކަށް ބަލައިލަމުން ފައިނާ ހާސްވެފައި ބުނެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


