އެންމެ މީރު ޗޮކުލެޓު މިލްކްސޭކް
ޗޮކްލެޓަކީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ މަޤުބޫލު އެއް ފޮނި ކާނާއެވެ.
މިއީ ތިއޯބްރޯމާ ކަކާއޯ’ ކިޔާ ގަހުގެ އޮށުން އުފައްދާ އެއްޗެކެވެ. މި އޮށްތައް ފެމެންޓްކޮށް، ހިއްކައި، ފިހެ، މުގުރާނެއެވެ. އެއިން ލިބޭ “ކަކާއޯ މާސް” އިން ޗޮކްލެޓްގެ އެކި ވައްތަރުތައް އުފައްދައެވެ. އޭގެ ތެރެއިން އެންމެ މަޤުބޫލު ޗޮކްލެޓްތަކުގެ ތެރޭގައި ހިމެނެނީ މިލްކް، ވައިޓް އަދި ޑާކް ޗޮކްލެޓެވެ.
ކަކާއޯ ބަޓަރު، ކިރު، އަދި ހަކުރު ބޭނުންކޮށްގެން ހަދާ، ކުލަ ފޮނި ވައްތަރަކީ ވައިޓް ހުދު ޗޮކްލެޓެވެ. މީގައި ކަކާއޯގެ އަސްލު ބައެއް ނުހިމެނޭނެއެވެ.
ކަކާއޯގެ ނިސްބަތް ގިނަ، ޗޮކްލެޓަކީ ޑާކްއެވެ. މިއީ ހިތި ރަހަ ދުވާ ވައްތަރެވެ. ސިއްހީ ގޮތުން އެންމެ ފައިދާހުރި ވައްތަރަކީ މިއެވެ.
މިއީ އެންމެ އާންމު ވައްތަރެވެ. ޗޮކްލެޓްގެ ތެރެއަށް ކިރު އަދި ހަކުރު އެއްކޮށްގެން ހަދާ މި ވައްތަރު ވަރަށް ފޮނިވާނެއެވެ. މިވައްތަރަކީ މިލްކް ޗޮކްލެޓެވެ.
އެ އެއްޗެއް ޒަރީޢާއިން ފައިދާ އާއި ގެއްލުން ލިބޭ އިރު މި ހުރިހާ ގޮތަކުންވެސް އެއްވަނައެވެ. ލޭދައުރުވުން ރަނގަޅުކޮށްދީ، ހިތުގެ ބަލިތަކުން ދުރުކޮށްދެއެވެ. މީހާގެ މޫޑް ރަނގަޅުކޮށްދީ އުފާކޮށްދެއެވެ. ހަށިގަނޑު ބަލިކަށިވުން ކޮޑަކޮށްދީ ދިފާއި ނިޒާމު ވަރުގަދަކޮށްދެއެވެ. ޗޮކްލަޓް ކެއުމުން ލިބޭ ބައެއް ފައިދާތަކުގެ ތެރޭގައި ފާހަގަކޮލެވެ. ލިބޭ ގެއްލުންތަކަށް ބަލާލާއިރު ބަރުދަން އިތުރުކޮށްދެއެވެ. ޗޮކްލެޓަކީ ފެޓްސާއި ކެލަރީސް ގިނަ ބާވަތެކެވެ. ތިމާގެ ރީތި ދަތްޕިލައި ފަނިކައި ދަތްތައް ހަލާކުވުމަށް މަގު އަލިވެގެންދެއެވެ.
ދުލުގައި ޖެހުމާއެކު ވިރިގެންދާ ފަދައިން އިންސާނާގެ ފިނިހޫނު މިނުގައި ފިރުމިލުމަކީ ޗޮކްލެޓަށް ލިބިފައިވި ސިފައެކެވެ. ނޭތްގާނީ ނައްސި ހިޔާލުތަކުން ސިކުނޑި ތާޒާކޮށްދޭ އަސަރުގަދަ އެއްޗެކެވެ.
އުފަލާއި އަރާމު އިހްސާސް ކޮށްދޭ ހަޤީޤީ ބައިވެރިޔާއެވެ. އަނެއްހެން ބުނަންޔާ މީ ހަމައެކަނި ވަފާތެރިވާނެ ލޯތްބެއެވެ.
ޗޮކްލަޓީ ހުރިހާ އުމުރެއް މީހުންނަށްވެސް ކަމުދާ ރަހައެކެވެ. ހަށިގަނޑަށް މާފައިދާ ނުވިޔަސް، ހަޔާތުގެ ކޮންމެ ހިނދުކޮޅަކަށްމެ ހަމަޖެހުން ގެނުވާ ޖާދުލެކެވެ.
ބޭނުންވާ ތަކެތި
1 ޖޯޑު ފުލް ކްރީމް ކިރު
ޗޮކުލެޓް އައިސްކްރީމް: 2 ސްކޫޕް
ޗޮކުލެޓް ސިރަޕް: 2 ސައިސަމުސާ (ނުވަތަ ރަހަ ބަލާފައި ބޭނުންވާ ވަރަކަށް)
އައިސް ކިއުބް: 4-5 އެތި (ވަރަށް ފިނިކޮށް ބޭނުންނަމަ)
ވިޕްކުރީމް
ތައްޔާރުކުރާނެ ގޮތް
މިކްސަރަށް ކިރު، ޗޮކުލެޓް އައިސްކްރީމް، އަދި ޗޮކުލެޓް ސިރަޕް އަޅާ ފުރަތަަމަވެސް ރަނގަޅަށް ގިރާލާނީއެވެ. ދެން އެއަށްފަހު ފިނިކޮން ބޯހިތްވަންޔާ ވަންޔާ އައިސް ކިއުބް ތައް އަޅާލައިގެން ގިރާލާނީއެވެ. އައިސް ކިއުބް ނާޅާވެސް ހަމަ ބޯވެނޭއެވެ.
ރީތި ފަރުމާގެ ތައްޓެއްގައި ޗޮކުލެޓު ސިރަޕް ވަށައިގެން އުނގުޅާލުމަށްފަހު މިލްކްސޭކް އަޅާލާށެވެ. ތަށީގެ އެންމެ މައްޗަށް ލާނީ ވިޕްކުރީމް ކޮޅެއް ނުވަތަ އައިސްކްރީމް ސުކޫޕެކެވެ. ލަސްނުކޮށް ބިސްމިނުގެ ބަރާކުތުން އަވަހަށް ރަހަބަލާލާށެވެ.
ނިމުނީ
ސަލާމް ހުރިހާ ކިޔުންތެރިން
މިއޮތީ ގެނެސްދޭން އެދުނު ޗޮކުލެޓު މިލްކްސޭކްގެ ރެސެޕީއެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދުކުރަމެވެ.
🥰🥀🫶❤️😊
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.






Loved the recipe ❤️
In Sha Allah gonna give a try.
Thank you dear 🥰
insha’Allah vrh meeru vaane 🫶❤️
Dear Isna, with respect im telling u. Writers like you are who dont respect this platform. This platform is meant to be for story readers. Please dont discredit the platform by posting these kinds of articles..these kind of actions are what limits the exposure on stories because people doesnt have a good impression on platform so please dont do this!