Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާތީ ހިތަކު ލޯބި މަންމަންވެފާ 38

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
April 20, 2026 3 Mins Read
10 Comments

“މިރޭ ލަދެއް ނުގަނެވޭނެ އިނގޭ؟ އަވަހަށް ހިނގާ. ބީ ޑޭޑީސް ގުޑް ގާލް” ލުއި ފަތެއްހެން ލަޝްކާގެ ހަށިގަނޑު އުފުލާލަމުން ދާއިޔަލް ފާހާނާއިން ނިކުތެވެ. އުއްބައްތީގެ ފަނޑު އަލިން ލަޝްކާއާއި ދާއިޔަލް ފެންނަމުން ދިޔައީ އެކަކު ފަދައިންނެވެ. ކައިވެނީގެ ހަލާލު ގުޅުމުން ދެހިތް ގުޅިއްޖެއެވެ. ދެމީހުންގެ ‘ފޯރްއެވާރ’ މިއަދުން ފެށިގެން މި ފެށުނީއެވެ. ގިނަ ގުނަ އިމްތިހާނު ތަކަށް ފަހުގައެވެ.

(38 ވަނަ ބައި)

އުފާވެރިކަމާއި ހިތްހަމަ ޖެހުމާއި އެކުގައި އެރޭގެ ބާކީ އޮތްބައި ދެމަފިރިން ހޭދަކޮށްލިއެވެ. ވެފައިވީ ވަރުބަލި ކަމުން 4 ޖަހަން އުޅެނިކޮށް ދެމަފިރިންނަށް ނިދި ޖެހުނެވެ. ދާއިޔަލްގެ އަތުތެރޭގައި ލަޝްކާ ނިދާލީ އުފަލާއި ހިތްހަމަ ޖެހުމުން ފުރިފައިވީ ކުޑަ ކުއްޖެއް ފަދައިންނެވެ.

ފަތިހުގެ ވަގުތެވެ. ގަޑިން 15 5 އެވެ. އޭރު އިރުގެ އަލި އެއްވެސް ވަރަކަށް މަގުތަކުގައެއް ނެތެވެ. ކާޅާއި ހާ ގޮވާ އަޑު ނޫން އެހެން އެއްވެސް އަޑެއް މަގެއްގައި ވެސް ނީވެޔެވެ. ފަތިހުގެ އެ ތެތް ފިނި ކަމުގައި ގިނަ މީހުން ތިބީ ނިދާފައެވެ. ނަމަވެސް އެ ކަޅު ފޮއެ އަނދިރިގަނޑުގެ ތެރޭގައި ދިޔާން ހުރީ އެޕާޓްމެންޓުގެ ތިރީބައިގައެވެ. ދިޔާންއާއި އެކު ޔޫޒާއާއި ޔޫއާލްވެސް ހުއްޓެވެ. އެންމެން އިންތިޒާރު ކުރަމުން ދިޔައީ ޝަރަފްއަށެވެ.

މާ ގިނަ އިރު ހުންނާކަށްވެސް ނުޖެހުނެވެ. ސައިކަލުގައި ޝަރަފް އެތަނަށް އައެވެ. “ކޮބާ އަވަހަށް އާދޭ ދެން” ހެމުން ހެމުން ދިޔާން ބުނެލިއެވެ. “ސަޅި ހިޔާލެއް މިއީ. އެކަމަކު ކިހިނެތްތަ އަހަރެމެން އެޕާޓްމެންޓަށް ވަންނަނީ؟” ސައިކަލު ޕާކު ކޮށްލަމުން ޝަރަފް އެހިއެވެ. “ހަމަ ޖެހިބަލަ. ރޭގަ އެ ކޮޓަރި ތައްޔާރު ކުރަން ވަންނަންވެގެން އަހަރެން އަތަށް ދާއިޔަލް އޮންނާނީ ޑަބަލްކީ ދީފަ. އެހެންވެ ވަދެވޭނެ” ދިޔާން އޭނާގެ އަތުގައި އޮތް ތަޅުދަނޑި ދައްކާލިއެވެ. “ނައިސްސް” ދިޔާންއާއި ޝަރަފް އަތާ އަތް ޖަހާލަމުން އެތެރެއަށް ވަނެވެ.

މުޅި އެޕާޓުމެންޓު ތެރޭގައިވީ ކަނު އަނދިރި ކަމެވެ. ސިޓިންގްރޫމް ބޮކިތައް ދިއްލާލަމުން ދިޔާން އެތެރެއަށް ވަނެވެ. ދިޔާންގެ މޫނަށް ބަލައިލަމުން ޝަރަފް ހިނގައިގަތީ ކޮޓަރި ދޮރު ކައިރިއަށެވެ. “ކޮބާ ދާއިޔަލޫ. ދެން ނިކުންނާށޭ” ކޮޓަރި ދޮރުގައި ބާރަކަށް ޖަހައިގަންނަމުން ޝަރަފް ގޮވާލިއެވެ. ޝަރަފްއާއި ބައިވެރި ވެލަމުން ދިޔާންވެސް ގޮސް ދޮރުގައި ޖަހަން ފެށިއެވެ.

ދެމީހުން ދޮރުގައި ޖަހަން ފެށި އަޑަށް ދާއިޔަލްއާއި ލަޝްކާއަށް ސިހިފައި ހޭލެވުނެވެ. އެ އަޑު އިވި ދާއިޔަލްއަށް ބޯ ހޫރުވާލެވުނެވެ. “ކޮބާ ކޮބާ. އަދިވެސް ކަމުގަތަ؟؟ އޭ ދެން ނިންމަން އުޅޭ ފަތިސް ވީ އޭ” ޝަރަފް ގޮވާލި އަޑަށް ލަޝްކާ ލަދުން މޫނުގައި އަތް އެޅިއެވެ. “އަނހާ. ލަދުގަތީތަ؟ ރޭގަ ގައިމު ހީވަނީ އެހެން ފަދަ ކަމެއް ހެން” ދާއިޔަލްވެސް އުޅުނީ ލަޝްކާ ލަދުގަންނުވާށެވެ.

“ދެން ދާއިގަނޑާ. ދޭބަލަ އެ ދޮރު ހުޅުވަން ދެންވެސް” ދާއިޔަލް ކޮށްޕާލަމުން ލަޝްކާ ބުނެލިއެވެ. ހެމުން ހެމުން ދާއިޔަލް ތެދުވެ ތުވާލި އަނދެލިއެވެ. ލަޝްކާ ކަނދުރާއާއި ހަމައަށް ފޮތިގަނޑު އަޅާލުމާއި އެކު ދާއިޔަލް ގޮސް ދޮރު ހުޅުވާލިއެވެ.

“ކުރާނެ ކަމެއް ނެތިގެންތަ މިއޮށް ހެނދުނާ މި ދޮރުގަ ތި ޖަހަނީ؟” ބޯ ހޫރުވާލަމުން ދާއިޔަލް އަހައިލިއެވެ. “އޭ ދެން ސީރިޔަސް ކޮށޭ. ތިކަން ނިންމަން އުޅޭ ދެން. މިރެއިން މިރެއަށް ލަޝްކާ ބަނޑުބޮޑު ކޮށްލަންތަ ތިއުޅެނީ؟” ދިޔާން ކޮށްލި ސުވާލުން ދާއިޔަލްވެސް ލަދުގަތެވެ.

“ސާބަސް ކަލޭމެނަށް. ޔޫއާލްވެސް ހުއްޓާ ތިހުރީ ދައްކާ ވާހަކަ” ލަދު ކަނޑުވާލާފައި ދާއިޔަލް ބުނެލިއެވެ. “އޭ އުހޫން ޔޫއާލް ދެން މިދޭތެރެއަށް ނުވައްދާ. ނިކުންނަން އުޅޭ ދެން” ހެމުން ހެމުން ދިޔާން ބުނެލިއެވެ.

ދެމަފިރިން ފެންވަރާ ތާޒާވެލާ، ނަމާދު ކޮށްލައިގެން ނިކުން އިރު ޔޫޒާ ހުރީ އޭނާ ގެނައި ހެދިކާތައް މޭޒު މަތީގައި އަތުރާ، ކާން ހަދާފައެވެ. މަޖަލާއި ސަކަރާތުގައި އެދުވަސް އެކީގައި ހޭދަ ވެގެން ދިޔައެވެ.

ހަވީރު ވުމުން ލަޝްކާއާއި އެކު ނިދާލި ދާއިޔަލްއަށް ދެން ހޭލެވުން އިރު 30 6 ވާން އުޅެޔެވެ. ބަނޑުހައި ވެފައި ހުރުމުން ދާއިޔަލް ނިންމީ ފެންވަރާ ތާޒާ ވެލައިގެން ކާނެ އެއްޗެއް ހޯދަން ދިޔުމަށެވެ. ލަޝްކާގެ ނިތުގައި ބޮސް ދީފައި ދާއިޔަލް ގެއިން ނިކުތީ އެހެން ވެގެންނެވެ.

ގެއިން ނިކުން ދާއިޔަލް ދިޔައީ ހިނގާލާފައެވެ. އެވަގުތު އެގެއާއި ޖެހިގެން ކަހަލަ ގޮތަކަށް ހުރި ގެ އޭނާގެ ލޮލުގައި އަޅައިގަތެވެ. ގޭގެ ބޭރު ބޮކި ނުދިއްލާ ހުރުމުންނެވެ. “އަނެއްކާ މިގޭ މީހާ ރަށުން ބޭރަށް ދިޔައީބާ؟” ހިތާހިތުން ދާއިޔަލްއަށް ބުނެވުނެވެ.

ދާއިޔަލް މަޑުމަޑުން އެގޭގެ ދޮރާދިމާލަށް ހިނގައިގަތެވެ. ހިތުގައި އުފެދުނު ކުޑަކުޑަ ސުވާލާއި އެކު އޭނާގެ ގޮސް ދޮރުގައި ޓަކި ޖަހާލިއެވެ. ނަމަވެސް އެތެރެއިން އެއްވެސް ޖަވާބެއް ނުލިބުނެވެ. މަގުމަތީގެ ހަމަހިމޭންކަމާއި، ދެނަމާދު ދޭތެރޭގެ އެ ފަޅު ވަގުތުގެ ސަބަބުން މާހައުލަށް އޮތީ ބިރުވެރިކަމެއް ވެރިވެފައެވެ. ދާއިޔަލްގެ ސިއްސައިގެން ދިޔައީ ކުޑަކޮށް ހުޅުވިފައި ހުރި ދޮރު ވައިރޯޅިއަކާއިއެކު އެތެރެއަށް ހުޅުވިގެން ދިޔުމުންނެވެ.

ގޭގެ އެތެރެއަށް ފިޔަވަޅެއް އަޅާލި އިރު، މުޅި ގޭތެރެ އޮތީ ކަޅު އަނދިރިގަނޑެއްގެ ތެރޭގައެވެ. އެއްވެސް ބޮތްކެއް ދިއްލާފައެއް ނެތެވެ. ނޭފަތުގައި ޖެހުނު އާދަޔާ ހިލާތު ނުބައި ވަހަކުން ދާއިޔަލްގެ މޭ ނުބައިކޮށްލިއެވެ. އޭނާ ފޯނުގެ ބައްތި ދިއްލާލަމުން ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އެވަހުގެ ސިއްރު އެނގެން ބޭނުން ވެގެންނެވެ.

ކޮޓަރީގެ ދޮރު ހުޅުވާލުމާއި އެކު ފެނުނު މަންޒަރުން ދާއިޔަލްގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލައެވެ. ކޮޓަރި ތެރޭގައި ގިނަ އަދަދެއްގެ މެހިތައް އަޑު އަޑު ލައްވަމުން އުދުހެމުން ދިޔަ އިރު، ތަޅުންގަނޑު މަތީގައި ކުދިކުދި ސޫފިތައް ފިރުކެމުން ދިޔައެވެ. އެނދުމަތީގައި އޮތީ ބަލާލަންވެސް ނުކެރޭ ފަދަ ބިރުވެރި މަންޒަރެކެވެ. އެއީ މަރުވެ، ކުނިވެފައިވާ އަންހެނެއްގެ ހަށިގަނޑެވެ. ހަށިގަނޑުގެ މަސްތައް ފީވެ، ކުލަ ކަޅުވެފައި އޮތް އިރު، އެ މޫނުމަތިން ފެންނަން ހުރި ބިރުވެރިކަމުންނާއި ހުޅުވިފައިވާ ލޮލުން މުޅި މާހައުލަށް ނާމާންކަން ވެރިކުރުވިއެވެ. މުޅި ކޮޓަރި ތެރޭގައިވެސް ދުވަމުން ދިޔައީ މަރުވެ، ކުނިވެފައި އޮތް އެ މައްޔިތާގެ ވަހެވެ. ދާއިޔަލްއަށް ބިރުން ފަހަތައް ޖެހިލެވުނެވެ.

(ނުނިމޭ)

ތިރީސްނުވަވަނަބައިގެ ތެރެއިން:

“ދާއީ؟؟ ކިހިނެތްތަވީ؟؟” ލަޝްކާ ދައްކަމުން ދިޔަ ވާހަކަ އިވޭ ވަރަށް ވުރެ ދާއިޔަލް ހުރީ މާ ބިރުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ގާތުގާ… 13

Next

އެންމެ މީރު ޗޮކުލެޓު މިލްކްސޭކް

Next
April 20, 2026

އެންމެ މީރު ޗޮކުލެޓު މިލްކްސޭކް

Previews
April 20, 2026

ގާތުގާ… 13

10 Comments!

  1. Sheex says:
    April 20, 2026 at 10:19 pm

    OMG gurll v romantic and v reethi mi part MA
    Alhey adhives blush veyeba alhe sheex men kurikameh namathaa ladhu gannanveeves dhw
    Ewwwww kunivefa yuck
    Emma kiyaa hiyvaa thankolhun thininmaalee hama
    CW4THENEXTP
    TC

    1. shihaamaa ali shihaamaa ali says:
      April 21, 2026 at 12:36 pm

      Jazaakallah khairan Sheex 🩶🫶🏻
      Hehe asluvess dhww🤭🫣
      Yeaa😭 lets see dhww.. next episode the investigation will starrtt..
      In dha allah next ep today..stay tuned tc

  2. Your fav bab Your fav bab says:
    April 21, 2026 at 1:02 pm

    Alhey dhaaiyal haadha romm eyyyyy!! Aachaaa!! Dhaaiyal ah libifa e huree varugadha rattehinneh nu? Hama seedha night haraabukuran ulhey baeh huvaaa😂😂!
    Eyyy dhaaiyal stumbled upon a mysteryyy👀 kaaku baa ethaa e othy?? Ur descriptions were fantastic n the whole scene ufolded before ma eyes!! So creepy n eerie😬
    Waiting for next!!
    Tc n LY💗

  3. shihaamaa ali shihaamaa ali says:
    April 21, 2026 at 2:36 pm

    hehe ikrrr🫶🏻😭 asluves dhww.. i was laughing soooo hard ethan liyun iru vess haha..
    hehe yapp.. welll maruvyy kon kujjeh kan engeyne soon.. aww jazaakallah khairan Your fav bab🩶🫶🏻this made me sooo happy cause i spent hours just on that scene 😭in sha allah next today.. likewise

  4. Anonymous says:
    April 21, 2026 at 7:28 pm

    Allahumma baarik!
    Alhe Sharafmen kuraa kanthah..🫪..give them some privacy guys!
    I have a very bad feeling about that dead body..hope it’s not whom I think it is 😭

    1. shihaamaa ali shihaamaa ali says:
      April 22, 2026 at 5:59 pm

      Jazaakallah khairan dearrr.. dhwww 🤣🤣 letssss seee👀

  5. Lamtty says:
    April 21, 2026 at 7:29 pm

    Allahumma baarik!
    Alhe Sharafmen kuraa kanthah..🫪..give them some privacy guys!
    I have a very bad feeling about that dead body..hope it’s not whom I think it is 😭

    1. shihaamaa ali shihaamaa ali says:
      April 22, 2026 at 6:00 pm

      Jazaakallah khairan dearrr.. dhwww 🤣🤣 letssss seee👀

  6. Life of Empathy says:
    April 22, 2026 at 3:06 pm

    Awwnnn!…Ur an intelligence soul my dear Friend ❤️…MA…ur Talented!
    I really appreciate it! Ooowhh…Sharaf & Dhiyern…Pis ,pis Hama ragalheh Wx Dhaai Jey vehjje!!!
    Lash X Dhaaii, So so Cute & Romance
    Shiherr.💗💗.. When ‘s next???
    Lysm & Tc of youraelf my bbggg

    1. shihaamaa ali shihaamaa ali says:
      April 22, 2026 at 6:00 pm

      Jazaakallah khairan dearrr..🩶 dhwww🤣🤣🤣🤣 hehe yeas they are so cuteee.. episode 39 innaane mihaaru kiyaaaleven.. likewise 🩶🫶🏻

Comments are closed.

Next Episodeވާތީ ހިތަކު ލޯބި މަންމަންވެފާ 40←


All Right Reserved!