Skip to content
އެސްފިޔަ

ވާތީ ހިތަކު ލޯބި މަންމަންވެފާ 30

Listen to this story Audio · 5:51 Powered by Esfiya Voice
0:00 5:51

“އިމްރާން… މަށާ ކައިވެނި ކުރަންވީނުން…؟” އިމްރާން ފޯނު ނެގުމާއި އެކު ރީޝާ ރޮއެގަތެވެ. “އޭނ؟ ކީކޭ ތިކިޔަނީ؟” އިމްރާން ހައިރާންވިއެވެ. “އަހަރެން… އަހަރެން ބަނޑުބޮޑު… މިދަރިފުޅު އަހަރެމެން އެކީގަ ބޮޑު ކުރަން… ހެޔޮނުވާނެ…” ރީޝާ ބުނެލީ އާދޭހުގެ ރާގަކަށެވެ. “ބަނޑުބޮޑޭ؟ ތި ދަރި ބޭނުމޭ؟ ކަލޭ މޮޔަވީތަ؟؟” ދަތްކުނޑިވިކާލަމުން އިމްރާން އަހައިލިއެވެ.

(33 ވަނަ ބައި)

“އިމްރާން… ހެޔޮނުވާނެ… އަހަރެން މި ދުނިޔެއަށް ގިނަ ނުކޮށްލާ… މަަށާއި ކައިވެނި ކުރޭ…” ރީޝާއަށް އޭރު ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. “އަހަރެން މިއުޅެނީ ލީރާއަށް ކައިވެނި ކުރަން. މަ ނޫޅެން ކަލެއާ ހުރެއެއް” އިމްރާންގެ ޖަވާބު މިފަހަރުވެސް އައީ ރުންކުރު ކޮށެވެ.

“ނޫން އިމްރާން… އަހަރެން ރަށްމެދަށް ބަލިވެ އިންކަން އެނގުނީއާ މަންމަ ވަރަށް ރުޅި އަންނާނެ. މަންމަގެ ރުޅިގަނޑު އިމްރާންއަށްވެސް އެނގެއެއްނުން؟؟” ރީޝާ އޭރުގަ އިނީ ބިރުން ރޫރޫ އަޅާ ހާލުގައެވެ. “ހެޔޮ މަށެއް ނޫޅެން ކަލެއާ އިންނާކަށް. މަ ލޯބިވަނީ ލީރާދެކެ. ހަމަ އެކަނި ހުއްސަރިބައި ދުވަސްވަރުގެ މަޖާކަން ކަލެއާއެކީ މި ކޮށްލީ. މަގޭ ހަޔާތުން ފެއްސިގެން ދޭ” ރުންކުރު ޖަވާބެއް ދީފައި އިމްރާން ފޯނު ބޭއްވިއެވެ.

“ކޮބާ. ތިއޮތީ މަ ބުނިތަން އައިސްފަ. މަ ބުނިން ދޯ ތިއުޅެނީ ބޮނޑިއެއް ބޯށޭ؟” އިމްރާން އެވާހަކަތައް ކިޔާދިނުމުން ރިޔާޒް ބުނެލިއެވެ. “ރިޔާޒާ ވެސް ދެން ވީ މަށަށް ލެކްޗަރު އަޅަންތަ؟ މަށަށް އެހީވާން ދޯ ވީ؟ ބަލަ ތިއީ މަގޭ އެންމެ ގާތް އެކުވެރިޔާއޭ” އިމްރާން ހިތްހަމަ ނުޖެހުނެވެ.

“ބަލަ އެންމެ ގާތް އެކުވެރިޔާ ވީމަ ދޯ މަ ބުނީ ތި އުޅުން ދޫކޮށްލާށޭ ވެސް؟ އެކަމަކު…؟ އެހެން ވިތަ؟ ނުވިއެއްނުން؟ ދެން ކީކޭ ތަ އަހަރެން ބުނަންވީ؟ ރީޝާއަށް ދެއަންބަށް އިންނާށޭތަ؟ ނޫނީ ލީރާ ދޫކޮށްލާފަ ރީޝާއާއި އިންނާށޭތަ؟ ނޫނީ ގަދަކަމުން ބޭސް ދީގެން ރީޝާގެ ބަނޑުގައި އޮތް ފުރާނަ ނައްތާލާށޭތަ؟ އޭނ؟ ކީކޭ މަ ބުނަންވީ؟” ރިޔާޒްވެސް ހިތްހަމަ ނުޖެހުނެވެ.

“މަށަކަށް ނުކެރޭނެ މީހުން މަރާކަށް. އެކަމަކު ތިއީ ކަންނޭނގެ ހައްލަކީ…” އިމްރާންގެ ޖަވާބާއި އެކު ރިޔާޒް އިނީ ހައިރާންވެފައެވެ. “ވާއު. ތިއީތަ އިމްރާންގެ އަސްލު ސިފައަކީ؟ އިމްރާން ހާދަ ނުލަފައޭ ދޯ؟ ބަލަ ރީޝާގެ ބަނޑުގައި އުފެދެމުން އެ ދަނީ އިމްރާންގެ ލެޔޭ. އެ ދަރި ނައްތާލަން އިމްރާން ހިތައް އެރީތީވެސް މަ ހަމަ ހައިރާންވެ އަންތަރީސްވާ ވަރު ވެއްޖެ” ރިޔާޒް ހަގީގަތުގައިވެސް އިނީ ކޮސްވެފައެވެ.

“ދެން އަޅެ މަ ކިހިނެތްތަ ހަދަންވީ؟؟ ލީރާއަށް މިކަން އެނގުނީއާ ލީރާ މަށަށް އިންނާނެތަ؟ ހީވޭތަ އެހެން؟ ނީންނާނެ. މިހާރު އަންހެން ކުދިން އެހާ ޖޭ ވާނެ. އެހެން މީހަކަށް މަގޭ ދަރިއެއް ހުންނަކަން އެނގުނީއާއި ލީރާ މަ ދެކެ ވާނީ ފޫހި” ބޮލުގައި އަތްފުނަ އަޅާލަމުން އިމްރާން ބުނެލިއެވެ.

“މިހާރު މަ ބުނާ ކަމެއް ކުރާނަންތަ؟ އޭނ؟ މަ ކިތައް ފަހަރު، ކިތައް ގޮތައްތަ އިމްރާން ކައިރީގަ ބުނީ ތި އުޅުން ދޫކޮށްލާށޭ، ދޫކޮށްލާށޭ، ދޫކޮށްލާށޭ! އޭރު އަޑު ނޭހި މީހެއް މިހާރު ވަކި އަޑު އަހާނެތަ؟” ރިޔާޒް އިނީ ހަގީގަތުގައިވެސް ވަރަށް ހިތްހަމަ ނުޖެހިފައެވެ.

“ހަދާނަމޭ. ހެޔޮނުވާނެ. މަށަށް އެހީވެދީ…” އިމްރާން އާދޭސް ކުރިއެވެ. “މަ ނެތިން ތިކަމުގަ ބައިވެރި ވާކަށް. ތި ކަހަލަ މީހެއްގެ އެހާ ގާތް އެކުވެރިޔަކަަށް މަށަށް ވެެވުނީތީވެސް މަ ލަދު ގަނޭ. މަ ނޫޅެން އިމްރާންގެ ތި މުޑުދާރު ވާހަކަތައް މީހަކަށް ކިޔާދޭކަށްވެސް. އެކަމަކު މަ ނެތިން ތިކަމުގަ އިމްރާންއަށް އެހީވާކަށްވެސް. ސާފު؟” އެތަނުން ނިކުންނަމުން ރިޔާޒް ބުނެލިއެވެ.

ރީޝާ ދެއްކި ވާހަކަތައް އިވިފައި ރީނާ ހުރީ ހުރީ ކޮސްވެފައެވެ. ސޯފާއިން ތެދުވެ ގޮސް ރީޝާގެ ކަންކަށިމަތީގައި ބާރަކަށް ވިހެލިއެވެ. “ތިއީތަ އަހަރެން ރީޝާ ބަލާ ބޮޑު ކުރި ގޮތަކީ އޭނ؟ ތިއީތަ ރީޝާގެ ހަގީގީ ސިފައަކީ އޭނ؟ ހުރި މުޑުދާރުކަން. ކަލޭ ދޭބަލަ ދެންވެސް ނިކަން އެ އިމްރާން ގަޔަށް އަރާ އޮންނަން. އިމްރާންގެ ހުރި ހެޔޮފުޅުކަން ފެނިއްޖެއްނުން؟؟؟” ރީނާ އޭރު ރުޅި އައިސްގެ ތުރުތުރުލައެވެ.

“މަންމާ… އަޅުގަނޑަށް މަޢާފް ކުރޭ…” ރީޝާއަށް ބުނެވުނީ ހަމަ އެހެންނެވެ. “މަޢާފް ކުރާށޭ؟ މަ ކިހިނެތް ކަލެއަށް މަޢާފް ކުރާނީ؟ ބުނެބަލަ ނިކަން މީންދަ މުޑުދާރު އަންހެނާ. ތިއީ މަގޭ ދަރިޔެކޭ ބުނަންވެސް މަ ލަދުގަނޭ” ރީޝާގެ ކަނާތު ކޮލުގަޔާއި ވާތު ކޮލުގައި ވިހެލަމުން ރީނާ ބުނެލިއެވެ.

ދުވަސްތައް ފާއިތު ވަމުން ދިޔައެވެ. އިމްރާންއާއި ލީރާގެ ކައިވެނި ކުރެވުނެވެ. އެކި އެކި ގޮތްގޮތުން އޭނާގެ ދަރިފުޅާއި އޭނާއި ބެލުމަށް އާދޭސް ކުރިއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އިމްރާން ދެނީ ރުންކުރު ޖަވާބެކެވެ. އެގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް ރީޝާ ވިހެޔެވެ. ލޯބި ލޯބި ރަޝާފެނި ހިނދުކޮޅަކަށް އިމްރާން މަތިން އޭނާ ހަނދާން ނެތުނެވެ. ނަމަވެސް ދެން ލިބުނީ އިމްރާންއާއި ލީރާއަށް ވެސް ކުއްޖަކު ލިބުނު ވާހަކައެވެ. ހިތުގައި ހަސަދަ އުފެދުނީ އެހިސާބުންނެވެ.

***

ދަންވަރުގެ ވަގުތެވެ. ވެހެމުން ދިޔަ ބޯ ވާރޭގެ ސަބަބުން މަގުތަކުގައި ކޯރު ހެދިފައި ވިއެވެ. ޖެހެމުން ދިޔަ ވައިގެ ސަބަބުން ގަސްތައްވެސް އެކި ގޮތް ގޮތަަށް ނަށަމުން ދިޔައެވެ. ‘މަންޒިލް’ ގޭ ބަދިގެ ތެރޭގައި ހުރި އިމްރާން ޖޫސް ފުޅިއަށް ކޮންމެވެސް އެއްޗެއް ފުނޑުފުނޑުކޮށް އަޅަމުން ދިޔައެވެ. ‘ރައިބީނާ’ ޖޫސް އެއީ ރީޝާ އެކަނި ބޯ އެއްޗެއްކަން އެއީ އިމްރާންއަށް އޮޅިފައިވީ ކަމެއް ނޫނެވެ. “އަހަރެން ދުނިޔެއަކަށް ފަލީހަތް ވާކަށް ނެތިން…” އަތް ފޮޅާލަމުން އިމްރާން ބުނެލިއެވެ. އޭރުވެސް އޭނާގެ ބޮލުގައި ތަކުރާރުވަމުން ދިޔައީ އެދުވަހު ރީޝާއާއި އެކު ދެކެވުނު ވާހަކައެވެ.

(ނުނިމޭ)

ތިރީސްހަތަރުވަނަބައިގެ ތެރެއިން:

“މަންމައަށް މަޢާފް ކުރޭ ދަރިފުޅާ…” ލީރާ ރޮމުން ރޮމުން ލަޝްކާ ކުރިމަތީގައި ކުޑަކަކޫ ޖެހިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (4)

  1. Sheex

    Wow v reethi MA
    mi part hama inthizaaruga inee
    What that means aslu reesha perelayze vee imraan ar hedi eytha!??
    Bux imraana konmeves ehcheh e bootle ah alhaafa reesha ah dhey ulheytheeve.
    What is wrong with him!
    Adhi kitheh kuh kuraanee!?
    CW4THENEXTP
    TC

    1. shihaamaa ali
      Sheex

      Jazaakallah khairan Sheex🩶🫶🏻
      Hehe neynge dhw.. maybeeee….??👀👀👀👀
      Asluvess dhwww hama bad bad bad..
      Stay tuned for next episode.. likewise🩶🫶🏻

  2. Sheex

    Wow v reethi MA
    Hama inthizaaruga huree mi part up vandheh
    What kind of person is imraan
    CW4THENEXTP
    Tc

    1. shihaamaa ali
      Sheex

      Jazaakallah khairan Sheex🩶🫶🏻
      Asluvess dhwww hama bad bad bad..
      Stay tuned for next episode.. likewise🩶🫶🏻

Comments are closed.