Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާތީ ހިތަކު ލޯބި މަންމަންވެފާ 32

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
April 15, 2026 3 Mins Read
10 Comments

އިމްރާން ދައްކަން ޖެހޭ ވަރަށް ވާހަކަ އެބަ ހުރި. ސުވާލު ކުރާ ކޮޓަރިއަށް ވަދެވެންދެން މަޑުކޮށްލާ” އެޒިކިއެލް ބުނެލިއެވެ. ޔައުލާން ހިނގައިގަތީ ލީރާ ކައިރިއަށެވެ. “ލަޝްކާ ނޫން އެހެން ކުއްޖެއް އިމްރާން ހުންނަކަން އެނގޭތަ؟” ޔައުލާން ކޮށްލި ސުވާލު ބޭރަށް ނިކުންނަން އައި ލަޝްކާއަށް ވެސް އިވުނެވެ. ވަގުތުން އެތަނުގައި ކުޑަވަރެއްގެ ބޮމެއް ގޮވިފަދައެވެ.

(32 ވަނަ ބައި)

“ކި… ކީކޭ…؟” ލީރާގެ އަޑު އައީ ކެނޑި ކެނޑިގެންނެވެ. ފަހަތުގައި ހުރި ލަޝްކާ ވެސް ހުރީ ކުޑަވަރެއްގެ ޝޮކެއްގައެވެ. އޭނަގެ ކޮއްކޮއެއް ނޫނީ ދައްތައެއް ބޭބެއެއް ހުންނަނީ ހެއްޔެވެ؟

“ލީރާއަށް އިނގޭތޯ ބަލައިލީ. އިތުރު ތަފްސީލް ލިބޭނީ އިމްރާންއާއި ވާހަކަ ދައްކާ ނިމުމުން. އިހަށް މަޑުކޮށްލާ” ޔައުލާން ބުނެލިއެވެ. އަދި އެޒިކިއެލްއާއި އެކު އިމްރާން ގޮވައިގެން އެތެރެއަށް ވަނެވެ.

ސުވާލު ކުރާ ކޮޓަރީގައި އިން އިމްރާން އިނީ ލަދުން ބޯ ހަލާކުވާ ވަރުވެފައެވެ. އިމްރާންގެ އިތުރު ކުއްޖަކު ހުންނަކަން އޭނާއަށް ކުރިންވެސް އެނގެޔެވެ. ނަމަވެސް އެއީ އޭނާ އުމުރު ދުވަހަށް ވަންހަނާ ކުރަން ބޭނުންވީ ސިއްރެކެވެ. އެކަން އެ ފަޅާއެރީވެސް އެންމެ ނުބައި ވަގުތުގައެވެ. އެންމެ ނުބައި މީހުންނަށެވެ. ނިތުގައި އަތް ޖައްސާލައިގެން އިން އިރު އޭނާގެ ސިކުނޑި އޭނާއަށް ދައްކަމުން ދިޔައީ އޭނާގެ މާޒީއެވެ.

***އިމްރާންގެ މާޒީ***

އުމުރުން 20 އަހަރުގެ އިމްރާންއަކީ ޒުވާން އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ ރީތި ކަމެއް ލިބިފައިވާ ޒުވާނެކެވެ. ފަން، ކަޅު ކަން ގަދަ އިސްތަށިގަނޑެއް ލިބިފައިވާ އިރު ދިގު އެސްފިޔަތަކަކާއި އެކު ސިހުރުވެރި ދެލޮލެއް ލިބިފައިވެއެވެ. ބައިމަތި ފުޅާ ހަށިގަނޑެއް ލިބިފައިވީ އިރު ރަށު ހުރިހާ ކުދިންހެން ތިބީ މަށަށް މަށަށް ކިޔާލަ ކިޔާލައެވެ.  އެކަމުގެ ބޭނުން އިމްރާން ދިޔައީ ހިފަމުންވެސްމެއެވެ. ތަފާތު އެކި މާމެލީގެ ފޮނި ބޮމުން ދިޔައީ އެއްވެސް ފިކުރެއް ހިޔާލެއް ނެތިއެވެ.

“ޓޮއް ޓޮއް”

‘މަންޒިލް’ ގޭ ދޮރާށީގައި ޓަކި ދެމުން އިމްރާން ހަމަ ޖެހިލިއެވެ. ތުންފަތުގައި ލުއި ހިނިތުންވުމެއް ވީ އިރު އިންތިޒާރު ކުރެވެމުން ދިޔައީ ރީޝާއަށެވެ. ކުޑަ ހިނދުކޮޅެއް ތެރޭގައި ރީޝާ އައިސް ދޮރު ހުޅުވާލިއެވެ.

“ހަމަ ނާހިސްގެން ލަސްވެފަ ދޯ؟” އެއްމިޔަކަނުން ހީލަމުން އިމްރާން އަހައިލިއެވެ. “އާނ. އިމްރާން ނައީ ވިއްޔާ މިހާރު އަހަރެންގެ ދުވަސް ފުރިހަމަ ވެސް ނުވޭ. ތިއީނުން މިހާރު ހުރިހާވެސް މީހަކީ” އިމްރާންގެ ހަށިގަނޑުގައި ތަތްވެލަމުން ރީޝާ ބުނެލިއެވެ.

“ހޫމްމްމްމް. ތި ބޭނުންވާ ވަރެއް ދައްކާލަން ކޮޓަރިއަށް ހިނގާބަލަ؟” އެއްލޯ މަރާލަމުން އިމްރާން ބުނެލިއެވެ. އިމްރާންގެ އަތުގައި ހިފާލަމުން ރީޝާ ހިނގައިގަތީ އޭނާގެ ކޮޓަރިއާއި ދިމާލަށެވެ.

މެންދުރުގެ ހޫނުގަދަ ވަގުތެވެ. އިމްރާން އިނީ “ފްރެޝް” ކެފޭގައި ކޮފީއެއް ބޯލުމަށެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމުގައިވާ ރިޔާޒްއާއި އެކުގައެވެ. “އިމްރާން ދެން ތި އުޅުން ދޫކޮށްލަންވީނުން؟ މިހާރު ލީރާއަށް ކައިވެނި ކުރެވޭ ދުވަސްވެސް ކައިރި ވަނީ” ރިޔާޒް މިއަދުވެސް ދިނީ ހަމަ އެ ނަސޭހަތެވެ.

“މިހާރު ނުދަމޭ އެހާ ގިނަ އަންހެން ކުދިން ކައިރިއަކަށް. މިހާރު މިދަނީ ރީޝާ ކައިރިއަށް އެކަނި. އާހްހްހްހް ހަމަ މަރެއް އެއީ” މޭގައި ފިރުމާލަމުން އިމްރާން ބުނެލީ މަސްތީ ރާގެއްގައެވެ.

“އެކަމަކުވާ. ލީރާއަށް އެނގިއްޖިއްޔާ އޯ؟ ވަރަށް ކަޑަ ވާނެ” ރިޔާޒް ބޯހުރުވާލަމުން ބުނެލިއެވެ. ބުންޏަސް އިމްރާން އެ އުޅުން ބަދަލު ނުކުރާނޭކަން އޭނާއަށް ހަމަ ރަނގަޅަށް އެނގެޔެވެ.

“ނޭނގޭނެ. މަ ރީޝާ ކައިރިއަށް ދާކަންވެސް އެނގޭނީ ހަމަ އެކަނި ރިޔާޒްއަށް. އެހެންވެ ކޮބާތަ މައްސަލައަކީ؟” އިމްރާން އެކަމާ އެއްވެސް ވަރަކަށް ހާހެއް ނުވެޔެވެ. “އެކަމަކު… އެ ރީޝާގެ މަންމަ ރީނާއެއީ ޒީލަގަދަ އަންހެނެއް. ރުޅި އައިސިއްޔާ އެހާ ނުލަފާ ވާނެ. ތިއުޅެނީ ބޮނޑިއެއް ބޯން” ރިޔާޒް ދެންވެސް ބެލީ ވިސްނައިދެވޭ ތޯ އެވެ.

“އަޅެ ރިޔާޒް ބޭނުމެއް ނޫންތަ މުނާ ނޫން އެހެން ކުއްޖެއް ކައިރިއަށް ދާހިތެއް؟” އިމްރާން ބެލީ ރިޔާޒްގެ ބޮލަށް އެރެވޭތޯއެވެ. “އުހޫންންން. މަ ނޫޅެން. އަހަރެން މުނާދެކެ ވަރަށް ލޯބިވޭ. އަހަރެން މުނާ ނޫން އެހެން އެއްވެސް މީހަކު ބޭނުމެއް ނޫން” ރިޔާޒްގެ ޖަވާބާއި އެކު އިމްރާން ގާތަށް އައީ ނުލަފާ ހިންޏެކެވެ.

ރޭގަނޑުގެ ވަގުތެވެ. އިމްރާން އިނީ ލީރާއާއި ބައްދަލު ކުރަން އޭނާ ދިރިއުޅެމުން ދިޔަ ގޭގައެވެ. ލީރާގެ ބޮލުގައި ފިރުމާލަ ފިރުމާލަ އިން އިމްރާންގެ ހިޔާލުގައި އޭރުވެސް ވީ އޭނާގެ ‘އެދުންތައް’ ފުއްދަން މަސައްކަތް ކުރުމަށެވެ. ލީރާގެ ދަތްދޮޅީގައި ހިފާ މޫނާއި ކައިރިކޮށްލީ އެހެންވެގެންނެވެ.

“ނޫން. ލީރާ ބޭނުމެއްނޫން ކައިވެނިން ބޭރުން މިކަހަލަ ކަންކަން ކުރާކަށް…” ލީރާ އިމްރާން ދުރުކޮށްލިއެވެ. “ސާބަހޭ ލީރާ. މިހާރު އަހަރެމެން މިތިބީ ހިތުބާ ކޮށްގެން. އަންނަ ހަފްތާގަ ރަން ކިޔޭނެ. ދެން ހަމަ އެކަނި ބޮހެއް ދިނުމަކުން ކޮބާތަ މައްސަލައަކީ؟” އިމްރާން ބޭނުންވީ ލީރާއާއި ކައިރިވާށެވެ.

“ތިހެންނޭ ފަށާނީ. ދެނޭ އެހެން ކަން ކަން ކުރާނީ. ލީރާ ބޭނުމެއް ނޫން. ލީރާ ބޭނުންވަނީ އިމްރާންގެ އަންބަކަށް ވެ ހުރެ އެހުރިހާ ކަމެއް ކުރަން” ލީރާ ބުނެލިއެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވާލި އިމްރާންގެ އަނގަ ލެއްޕުނީ ފޯނު ރިންގުވާން ފެށުމުންނެވެ. ގުޅަމުން ދިޔައީ ރީޝާއެވެ. “މަޑުކޮށްލައްޗެ.. އެބަ އަންނަން” ފޯނު ހިފައިގެން އިމްރާން ނިކުތީ ގެއިން ބޭރަށެވެ.

“އިމްރާން… މަށާ ކައިވެނި ކުރަންވީނުން…؟” އިމްރާން ފޯނު ނެގުމާއި އެކު ރީޝާ ރޮއެގަތެވެ. “އޭނ؟ ކީކޭ ތިކިޔަނީ؟” އިމްރާން ހައިރާންވިއެވެ. “އަހަރެން… އަހަރެން ބަނޑުބޮޑު… މިދަރިފުޅު އަހަރެމެން އެކީގަ ބޮޑު ކުރަން… ހެޔޮނުވާނެ…” ރީޝާ ބުނެލީ އާދޭހުގެ ރާގަކަށެވެ.

“ބަނޑުބޮޑޭ؟ ތި ދަރި ބޭނުމޭ؟ ކަލޭ މޮޔަވީތަ؟؟” ދަތްކުނޑިވިކާލަމުން އިމްރާން އަހައިލިއެވެ.

(ނުނިމޭ)

ތިރީސްތިންވަނަބައިގެ ތެރެއިން:

“އަހަރެން ދުނިޔެއަކަށް ފަލީހަތް ވާކަށް ނެތިން…” އަތް ފޮޅާލަމުން އިމްރާން ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ހަގީގަތަކީ ކޮބައިހޭ؟…16

Next

ނޭދެން ވަކިވާކަށް – 4 ވަނަ ބައި

Next
April 15, 2026

ނޭދެން ވަކިވާކަށް – 4 ވަނަ ބައި

Previews
April 15, 2026

ހަގީގަތަކީ ކޮބައިހޭ؟…16

10 Comments!

  1. މަގޭ says:
    April 15, 2026 at 5:08 pm

    kobaitho 30 vanabaii

    1. shihaamaa ali shihaamaa ali says:
      April 15, 2026 at 5:41 pm

      https://www.esfiya.com/161419/

      April 14 (ihye) innaane ebai upload kollaafa.. site in hoadhan undhagulee aa alhuganduge profile balaalaa☺️

  2. Miss rose says:
    April 15, 2026 at 6:24 pm

    Mi part ves varah reethi. Whaat imraan hama vaanee imraan ah . reesha akee rasha ge mamma ennu. Rasha and lashka half siblings? But why do rasha hates lashka soo much . curiously waiting for next part??

    1. shihaamaa ali shihaamaa ali says:
      April 15, 2026 at 7:25 pm

      Jazaakallah khairan miss rose 🩶🫶🏻
      Hehe yesyes.. ehn thaa e vy dhww.. adhi ingeyne why kan vess.. all the questions will answered soon.. in sha allah next episode mirey 10 ga

  3. Anonymous says:
    April 15, 2026 at 6:54 pm

    When’s next?

    1. shihaamaa ali shihaamaa ali says:
      April 15, 2026 at 7:26 pm

      In sha allah mirey 10 ga.. this is a little gift cause my story ig page ga my followers guessed the relationship between rashaa and lashka.. so thats why im uploading 3 episodes today😊

  4. Sheex says:
    April 15, 2026 at 7:08 pm

    Wow v reethi MA
    Omg a play boy eh so eyge maana akee
    RASHAA akee imraan ge 1st child ey
    And Lash ge ehbafaa dhatha ey
    Omg
    Cw4thenextp
    Tc

    1. shihaamaa ali shihaamaa ali says:
      April 15, 2026 at 7:27 pm

      Jazaakallah khairan sheex 🩶🫶🏻
      Hehe yess ehn thaa e gy dhww.. happy to see ur enjoying the story.. one last episode today.. in sha allah 10 ga.. stay tuned tc

  5. Your fav bab Your fav bab says:
    April 15, 2026 at 7:19 pm

    Vrh reethi mi part vx MA👏👏^³
    Imraan then kon ladheh gannaakah🤦 hithu huri gothakah ulhifa now embarrassed?? E sorah hama neyge yey dhw konmes dhuvahakun bust vaane kameh🤦🤦🤦
    So rasha izz imran’s daughter!! Then keehve rasha ehaa rulhi annanee lash dheke?? Maybe cuz lash got a father’s so called ‘love’ n she didn’t??
    Waiting for next!
    LYSM shierr💗

  6. shihaamaa ali shihaamaa ali says:
    April 15, 2026 at 7:28 pm

    Jazaakallah khairan your fav bab 🩶🫶🏻
    Ahaha dhen faleehaiy vaakah beynumeh nuvaane thaa.. asluvess dhwww.. kommess dhuhaakun falhaa araane..
    Hehe rashaa lashka dheke rulhi annany kyhve kan ingeyne sooon..in sha allah next ep 10 ga tn.. likewise🩶

Comments are closed.

Next Episodeވާތީ ހިތަކު ލޯބި މަންމަންވެފާ 39←


All Right Reserved!