Skip to content
އެސްފިޔަ

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 1

Listen to this story Audio · 13:08 Powered by Esfiya Voice
0:00 13:08

ކަނޑުގެ ލޮނުގަނޑުގެ ތެރެއިން އިރުގެ ރަން ދޯދިތައް ތޮޅެލުމާއެކު ރަށުތެރެއިން ހާ ގޮވާ އަޑު އިވެން ފެށިއެވެ. އިސާހިތަކު އެ ދޯދިތައް ރަށުތެރެއަށް ފެތުރި، ރަސްކަން ކުރަން ފަށައިފިއެވެ. މާ ގިނަ އިރެއް ނުވެ، ދޫނި ސޫފާސޫފިތައް ވެސް އެސޮރުމެންގެ ހާލިތައް ދޫކޮށް އެދުވަހުގެ މަސައްކަތް ފަށައިފިއެވެ. އެހެންކަމުން މުޅި ޖައްވު ތެރޭގައި ގުގުމާމުން ދިޔައީ އެސޮރުމެންގެ މިއުޒިކެއްފަދަ ނަލަނަލަ އަޑުތަކެވެ.

އިރުގެ ދޯދިތައް ގަސްތަކުގެ ފަތްފަކުގެ ތެރެއިން ފޭދެމުން ގޮސް ގޭތަކަށް ވެސް އަލިކަން ގެނެސްދޭންފެށިއެވެ. އެތަނުން ހުދުކުލަ ލާފައި ހުރި ބޮޑު ގެއެކެވެ. ގޭގެ 1ވަނަ ފަންގިފިލާއިން ކުޑަދޮރެއް ހުޅުވިފައި ހުއްޓެވެ. އެދޮރުގެ ތެރެއިން އިރުގެ އަލިތައް އެޅިގެން ދިޔައީ ކުޑަދޮރު ދޮށުގައި ހުރި މޭޒުގައި ބޯއަޅައިގެން އޮތް އަންހެން ކުއްޖާގެ މޫނަށެވެ. ހީވާ ގޮތުންނަމަ ރޭގައި އެކުއްޖާއަށް ނިދުނީ އެމޭޒުދޮށުގައި ބޯއަޅައިގެން އޮއްވައެވެ.

ބަލާބެލުމަށް 17 ވަރަކަށް އަހަރުގެ ޒުވާން ކުއްޖެކެވެ. ނިދިފައި އޮތް އިރު އޭނާގެ ކަޅު ކުލައިގެ ދިގުދިގު އިސްތަށިގަނޑުން ބައެއް އިސްތަށިތައް ހުރީ އޭނާގޭ ކުޑަކުޑަ މޫނަށް އެޅިފައެވެ. ލޮލުގެ ބޯ އެސްފިޔަތައް އޭނާގެ ކޯތާފަތަށް ހިޔަނި އަޅަމުން ދިޔައިރު ވަރަށް ވެސް މައުސޫމް ކަމަށް ދައްކައެވެ.

“ޒިވީ. ދަރިފުޅާ.. ޒިވީ.” ކޮޓަރީގެ ބޮޑު ދޮރުގައި މީހަކު ޓަކިޖަހާ އަޑު އިވިގެން ދިޔައެވެ. އެއާއެކު ދެން ފެނުނީ އެކުއްޖާ ސިއްސައިގެން ގޮސް ހޭލި މަންޒަރެވެ. އަދި ކުރިމަތީގައި ހުޅުވާފައި އިން ލެޕްޓޮޅްޕް އަވަސްއަވަހަށް ލައްޕާލުމަށްފަހު އަލަމާރިއާ ދިމާށް ދުއްވައިގަތެވެ. އޭނާ އަވަސް އަވަހަށް ލައިގެން ހުރި ގަމީސް ބޭލުމަށްފަހު ނިދަންލާ ހެދުން ލިއެވެ. އަދި މޭޒުމަތިން ލެޕްޓޮޕް ނަގައި ވަތްގަނޑަށް ލިއެވެ.

“ޒިވްޔާ. ހުޅުވަބަލަ ދޮރު. އަދިވެސް ނުތެދުވަންތަ؟” ޒިވްޔާގެ މަންމަ ދުމްޔާ އަނެއްކާވެސް ގޮވަން ފެށިއެވެ.

“މަންމާ. ޒިވީ ހޭލައޭ މިއުޅެނީ.” ޒިވްޔާ ވަރަށް އަވަސް އަވަހަށް ގޮސް ދޮރު ހުޅުވާލިއެވެ. އޭރު ދުމްޔާ ހުރީ އަނެއްކާވެސް ޓަކި ޖަހަން އަތް ނަގައިގެނެވެ. ދޮރު ހުޅުވުމާއެކު އެންމެ ފުރަތަމަ ވެސް ދުމްޔާ ބަލާލީ ޒިވްޔާ ލައިގެން ހުރި ނިދާހެދުމަށެވެ.

“ނިދާހެދުން ލައިގެން ދޯ ނިދީ ރޭގަ. ހުމްމް.” އެހެން ބުނަމުން ދުމްޔާ ކޮޓަރިއަށް ވަނެވެ. އަދި މޭޒާއި ދިމާއަށް ދިޔައެވެ. “ލެޕްޓޮޕް ކޮބާ؟”

“ދެން މަންމާ. ޒިވީ ރޭގަ ލެޕްޓޮޕް އަކާ ނުކުޅެމޭ. ޓަޔަރޑް ވެފަ ހުރިވަރުން ނިދީ. ލެޕްޓޮޕް އިންނާނެ އަދިވެސް ވަތްގަނޑުގަ އަދިވެސް.” ޒިވްޔާ ދޮގު ހަދާލިއެވެ.

“އެހެންތަ.. އާން ބަލަން ޖެހޭނެ ދޯ. ކުރިން ރޭ ވެސް ލެޕްޓޮޕް ހިފައިގެން މޭޒުދޮށުގަ ވިއްޔަ ނިދާފަ އޮތީ.” ދުމްޔާ ޒިވްޔާ އާއި ދިމާއަށް ބަލާލިއެވެ. ޒިވްޔާ ރަކިވިއެވެ. ނަމަވެސް އެކަން މޫނުމަތިން ފާހަގަ ވިޔަކަ ނުދިނެވެ. “ދެން މަންމަ ވެސް ދޯ. އެރޭ ޒިވީ އިނީ އެސައިންމަންޓް އެކޭ ހަދަން. ޑޯންޓް ވޮރީ.. ޒިވީ ރެޑީވާން އިނގޭ މިއުޅެނީ.” ޒިވްޔާ އެއް ދޮގު މައްޗަށް އަނެއް ދޮގު އަމުނާލިއެވެ.

ރެޑީ ވެގެން ސައިބޯން އަންނާށޭ ބުނަމެފައި ދުމްޔާ ކޮޓަރިން ނުކުމެ ދޮރު ޖެހިއެވެ. ދޮރު ހަމަ ޖެހުމާއެކު، ޒިވްޔާ ދުވެފައި ގޮސް ދޮރު ލެއްޕިއެވެ. އަދި އަނެއްކާވެސް ދުވެލާފައި ގޮސް އޭނާގެ ލެޕްޓޮޕް ނަގައި މޭޒުމަތީގައި ބޭންދުމަށް ފަހު ހުޅުވާލިއެވެ. އޭގެން ފެންނަމުން ދިޔައީ އެސްފިޔަ ވެބްސައިޓެވެ.

“ތޭންކް ގޯޑް. އައި ތޯޓް މި ޗެޕްޓާ ޕަބްލިޝް ނުކުރެވޭ ކަމަށް.” އޭނާ ލިޔަން އިން ވާހަކައިގެ 10ވަނަ ބައި ޕަބްލިޝް ކުރެވިފައިވާކަން އެނގުމުން އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އަދި އަވަސް އަވަހަށް ކޮލެޖަށް ދާން ރެޑީ ވާން ފެށިއެވެ.

ޒިވްޔާ އަޒްހިރަކީ މާލޭގެ އެންމެން ވެސް ދަންނަ ވިޔަފާރިވެރިއެއް ކަމަށްވާ އަޒްހިރުގެ ހަމައެކަނި ދަރިއެވެ. ކުޑައިރުއްސުރެ ޒިވްޔާ އަކީ ބަސް ގިނަވެފައި ކެރޭ ކުއްޖެކެވެ. ސަކަމިޒާޖެއް ހުރެފައި ލާނެތް ވިޔަސް އެއީ ބޮޑެތި މީހުނަށް އިހުތިރާމް ކުރާ ކުއްޖެކެވެ. އޭނާއަކީ ރީތި ކުދިންތެރެއިން މާލެއިން ހޮވާލެވޭ ވަރުގެ ކުއްޖެކެވެ. އެހާވެސް އޭނާ ރީއްޗެވެ. މަޑު މުށި ކުލައިގެ ބޮޑު ދެލޮލާއި، ރީތިކަޅިރަވައެވެ. ހިތިފަތު ބުމައާއި، ހިމަހިމަ ފިޔާތޮށި ކުލައިގެ ތުންފަތެކެވެ. އަދި އުނަގަނޑާއި ހަމައަށް އަރާވަރުގެ ރީތި ކަޅުކަންގަދަ ފަން އިސްތަށިގަނޑެކެވެ. އޭނާގެ ސާދާ ކުޑަކުޑަ މޫނު އިތުރަށް އުޖާލާކޮށްދެނީ ހީލުމުން ދެކޮލަށް އެޅޭ އަޑިކޮޅާއި، ނިއްކުރިމައްޗަށް ވައްޓާލެވިފައިވާ އިސްތަށިކޮޅެވެ. ރީތި ކަމުގެ މިސާލެކެވެ. ގައިމުވެސް އޭނާ ފެނިފައި ހިތްތައް ކަތި ނުވާނޭ ޒުވާނަކު ހުންނާނެ ކަމާމެދު ޝައްކެވެ.

އާއެކެވެ. ޒިވްޔާއަކީ އެސްފިޔަ ވެބްސައިޓުގައި ކުޅަދާނަ ލިޔުންތެރިއެކެވެ. އޭނާގެ ވާހަކަތަކަށް ކިޔުންތެރިންގެ ހިތްތަކުގައި ހާއްސަ މަގާމެއް ދެވިފައިވެއެވެ. އެހާވެސް އޭނާގެ ވާހަކަތައް ރީއްޗެވެ. އޭނާގެ ވާހަކަތަކުގައި އެތަކެއް ޖަޒްބާތުތަކެއް އެކުލެވިފައި ވެއެވެ. ނަމަވެސް ‘އޭރިއެލް’ މި ނަމުގެ ފަރުދާގައިވާ އަސްލު ލިޔުންތެރިޔާ އަކީ ކާކު ކަމެއް ޒިވްޔާގެ އެންމެ ގާތް ދެ ރަހުމަތްތެރިންނަށް ނޫނީ އެކަކަށް ވެސް ނޭނގެއެވެ.

ޒިވްޔާ ލިޔުންތެރިކަމަށް ހުންނަ ޝައުގުގެ ބޮޑުކަމުން އެކި ވައްތަރުގެ ލިޔުންތައް ލިޔެއެވެ. މަޒުމޫނުތަކާއި، ރިޕޯޓެވެ. ދިގު ވާހަކަ އާއި ކުރުވާހަކައެވެ. ރައިވަރާއި، ޅެމާއި، ލަވައެވެ. މިހެން ގޮސް އެތައް އެތައް ލިޔުމެކެވެ. ދާ ކޮންމެތާކަށް ވެސް ލެޕްޓޮޕް، ނޫނީ ޓެބްލެޓް ގެންދާނެއެވެ. ނުވަތަ އޭނާގެ ޑައިރީ ވެސް ގެންދާ ފަހަރުތައް އާދެއެވެ.

….

ޒިވްޔާ ލޯގަނޑު ކުރިމަތީގައި ހުރެ ރެޑީ ވަމުން ދިޔައީ ވަރަށް ވެސް އަވަސް އަވަހަށެވެ. ކޮލެޖް އަށް ދާ ގަނޑި ޖެހޭތީއެވެ. ރެޑީވެ ނިމުމާއެކު އެނާގެ ދަބަހަށް ލެޕްޓޮޕްލިއެވެ. އަދި އަވަސްއަވަހަށް ކޮޓަރިން ނުކުމެ ސިޑިން ފައިބަން ފެށިއެވެ. އޭރު ދުމްޔާ ބަދިގޭގައި އުޅެއެވެ. “ދަރިފުޅާ. އަވަހަށް އާދޭ ސައިބޯން.”

“އަޅެ މަންމާ. ވަރަށް ބޮޑަށް ލަސްވެއްޖެ ޒިވީ އަށް. ދެން ސައިބޯން ޓައިމެއް ނެތް. ޒިވީ ކެންޓީން އިން އެއްޗެއް ކާނަން އިނގޭ. ޑޯންޓް ވޮރީ.” ޒިވްޔާ ދުއްވައިގަތީ އޭނާގެ ފޯނަށް އެކުވެރި ޔަޝްމީ ގުޅަން ފެށުމުންނެވެ.

އޭނާ ގެއިން ނުކުމެ ބޫޓް އަތުން ހިފައިގެން ގޮސް އޭނާގެ އިންތިޒާރުގައި މަޑުކޮށްގެން އޮތް ކާރަށް އެރިއެވެ.

“ޒިވީ!!! އެއައީ އަނެއްކާ ވެސް ބޫޓަށް ނާރާ ހުސްފަޔާ!” ޕެސެންޖާ ސީޓުގައި އިން ޔަޝްމީ ޝަކުވާ ކުރަން ފެށިއެވެ.

“ރޭގަ ދަންވަންދެން ވާހަކަ ލިޔަން އިންކަން އެނގެޔޭ.” ހަޔާލް ވެސް ހެމުން ބުނެލިއެވެ.

“އަޅޭ. ސޮރީއޭ. މި އަރަނީ ބޫޓަށް. ލަސް ވާނެތީވެއޭ ބޫޓު ހިފައިގެން މިއައީ.” ޒިވްޔާ އަވަސް އަވަހަށް ބޫޓަށް އަރަން ފެށިއެވެ. އެއާއެކު ހަޔާލް ކާރު ދުއްވާލިއެވެ.

“އެނީވޭސްސްސް.. ދެޓް އެޕިސޯޑް ވޯޒް ސޯ ނައިސްސްސްސް!!!!” ޔަޝްމީ ޒިވްޔާއަށް ބުންޏެވެ. “އަޅޭ އަހަންނަށް ވެސް މިޝަލް ކަހަލަ މީހެއް ލިބޭނެ ނަމަ. އައިމް ސޯ ޖެލެސް އޮފް އީޝާ.”

“ސާބަސް. އެއްކަލަ ޔަޝް. މިހާރަކު ނޫޅެޔޭ މިޝަލް ކަހަލަ ފިރިހެނުންނެއް.” ހަޔާލް ވެސް ހެމުން ބައިވެރިވެލިއެވެ. “އަޅެ ކިހިނެއްތަ ހަޔާލަށް އިނގޭނީ. ދުވަހަކުވެސް މީހަކާ ޑޭޓް ވެސް ކުރިމީހެއް ނޫނޭ ތީކި.” ޔަޝްމީ ރައްދުގައި ބުންޏެވެ. “އަހަރެން މީހަކާ ރައްޓެހި ނުވިޔަސް ޔަޝް ޑޭޓް ކުރީމެންނު؟ ސަހަލަ މީހަކާ ވަކި ދިމާވި؟” ހަޔާލް ވެސް ގޮތް ދުލެއް ނުކުރިއެވެ.

“ވެލް ޔެއަ. ޓްރޫ..” އެންމެފަހުން ޔަޝްމީ ކޮނޑުއެލުވާލީ ބަލި ގަބޫލު ކުރަމުންނެވެ. “ދެން ޔޫ މެންވެސް ދޯ. ޕިސްޕިސް. ޔަޝް އަށް ވެސް އަދި ހަޔާ އަށް ވެސް އަދި ދިމާވާން ވީ މީހަކާ ދިމާ ނުވަނީ. ވެން ޔޫ މީޓް ދެމް އެދުވަހަކުން ނުބުނާނެ ތިހެނެއް. އޭރުން ބުނާނީ.. ހީ އިޒް ދި ވަން އޭ. ބަލައްޗޭ.” ބޫޓުގެ ނާޑުވާ އައްސާ ނިންމާލުމަށްފަހު ބުނެލިއެވެ. “އެތެދެއް. އެހެން ކަމަށް ވާނީ.” ޔަޝްމީ ވަރަށް އުފާވިއެވެ.

“ދެން ލޯބީގެ ވާހަކަ ލިޔާ މީހުން ބުނާނީ ހަމަ ތިހެން. މަށެއް ނޫޅެން. މަ ފަހަތުން މީހަކު އުޅެފިއްޔާ ހަމަ ބިރުގަންނުވާލާނީ. އަނބުރާ މަށާ ދިމާއަށް ބަލަން ނުކެރޭވަރަށް.” ހަޔާލް އެހެން ބުނުމާއެކު ތިން އެކުވެރިން އެކު އެކީގައި ހޭންފެށިއެވެ.

ޔަޝްމީއަކީ ވެސް ޒިވްޔާ އާއި އެއް އުމުރެއްގެ ކުއްޖެކެވެ. އަދި ޒިވްޔާ ފަދައިން މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. އޭނާ އެންމެ ކުޑައިރުއްސުރެ ދިރިއުޅުނީ ލަންޑަންގައެވެ. އެހެންނަމަވެސް ރަާއްޖެ ބަދަލުވީތާ އަދި މާ ގިނަ އަހަރުތަކެއް ނުވެއެވެ. ޔަޝްމީ އަކީ ވަރަށް ވެސް ރީތި ޒުވާން ކުއްޖެވެ. އޭނާގެ ކަޅުކަންގަދަ ދެލޮލުގެ ޖާދޫގައި ނުޖެހޭ މީހަކު މަދުވާނެއެވެ.

ކަޅިރަވަ ރީތިވެފައި ލިބިފައިވާ ކަޅު އިސްތަށިގަނޑު އަބަދުވެސް ހުންނަނީ ބޭރުގައި އުޅޭ ކުދިން ފަދައިން ރަންކުލަ ކޮށްފައެވެ. ޔަޝްމީގެ ރީތިކަމުގެ ސަބަބުން އޭނާ މާލެ ބަދަލު ވުމާއެކު އެތައް ފިރިހެން ކުދިންނެއް އޭނާއަށް ލޯބި ހުށަހެޅިއެވެ. އަދި ޔަޝްމީ އެއިން ބައެއް ކުދިންނާ ރައްޓެހި ވެސް ވިއެވެ. އެހެން ނަމަވެސް ވަކި ހިސާބަކުން އެމީހުން ދޫކޮށްލަނީ ކޮންމެ ފަހަރަކު ވެސް ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިފައެވެ. އިސްކޮޅުން ދިގު ކޮށް ހުންނަ ޔަޝްމީއަކީ ފޮޓޯ ނެގުމަށް ވަރަށް ވެސް ވަރު ހުންނަ ކުއްޖެކެވެ. ދާ ކޮންމެތާކަށް ވެސް ދާނީ ކެމެރާއެއް ހިފައިގެނެވެ.

ހަޔާލަކީ ޒިވްޔާމެން ފަދަ މުއްސަނދި އާއިލާއެއްގެ ކުއްޖެއް ނޫން ނަމަވެސް ފުދުންތެރި އާއިލާއެއްގެ އެންމެ ދޮށީ ކުއްޖާއެވެ. އޭނާގެ އުމުރުން 18 އަހަރު ވީ ދުވަހު އޭނާގެ ބައްޕަ އޭނާއަށް ދިން ހަދިޔަލަކީ ކާރެކެވެ. ހަޔާލާށް ލިބިފައި ވަނީ ހިތިފަތު ބުމައަކާއި، މުށިކުލައިގެ ރީތި ދެލޮލެވެ. ކަޅިރަވަ ރީތިވެފައި ލިބިފައިވަނީ ކަޅުކަންގަދަ ފަން އިސްތަށިގަނޑެކެވެ.

ހަޔާލަކީ އޭނާގެ ދެ އެކުވެރިންނައި ވެސް މިޒާޖު ވަރަށް ތަފާތު ކުއްޖެކެވެ. އޭނާއަކީ އެހެން މީހުނާ އެހާ ވާހަކަ ދައްކާ ހިތްވާ ކުއްޖެއް ނޫނެވެ. ޒިވްޔާ އާއި ޔަޝްމީ އާއި ހިލާފަށް ލޯތްބަކީ އޭނާ ބޭނުން ވާ އެއްޗެއް ނުނެވެ. އޭނާއަށް އަމިއްލަ ނަފްސު މާ މުހިންމެވެ. އަމިއްލަ ކުރިއެރުމާއި މުސްތަގުބަލެވެ. އޭނާ ދެކޭ ގޮތުގައި މި ޒަމާނުގައި ވާހަކަ ތަކުން އެ ކިޔާ ފުރިހަމަ ފިރިހެނުން މި ޒަމާނަކު ނޫޅެއެވެ. ކޮންމެ މީހަކީ ވެސް ކޮންމެވެސް ގޮތަކުން ކޮންމެވެސް ހިތްހަމަ ނުޖެހޭނެ ސިފައެއް ހުންނަ މީހެކެވެ.

ކޮލެޖުގެ ގަރާޖަށް ކާރު ޕާކު ކުރުމާއި އެކު ތިން އެކުވެރިން އެކު އެކީގައި ފޭބިއެވެ. ތިން ކުދިން އެކުއެކީގައި ކޮލެޖަށް ވަނުމަށްފަހު ދެން ޖެހުނީ ވަކިވާށެވެ. އެމީހަކު އެމީހެއްގެ ކުލާހަކަށް ދާންށެވެ. ޔަޝްމީ ކިޔަވަނީ ފޮޓޯގްރަފީ އާއި ޑިޖިޓަލް އާޓްސް ކޯހެކެވެ. ހަޔާލްގެ އުންމީދަކީ ޝެފަކަށް ވުން ކަމުން އޭނާ ހަދަނީ އެކަމަށް ބޭނުންވާ ކޯހެކެވެ. އަދި ޒިވްޔާ ހަދަނީ ބެޗެލާސް އިން އިންގްލިޝް ލިޓެރޭޗާ އެން ކްރިއޭޓިވް ރައިޓިންއެވެ.

ޒިވްޔާ އަވަސް އަވަހަށް ކްލާހަށް ދާން ހިނގައިގަތެވެ. އޭރު ގަނޑި ޖެހެން ބާކީ އިނީ ހަމަ އެންމެ މިނެޓެކެވެ. އަވަސް އަރުވާލާފައި ދިޔަ ޒިވްޔާ ގޮސް ޖެހުނީ އާޓްސް ކްލާސް އިން ނުކުތް ޒުވާނާގެ ގައިގައެވެ. އެއާއިއެކު ޒިވްޔާގެ ތޫލި ހަޅޭކުގެ އަޑު އެ ހޯލްގައި ގުގުމައިގެން ދިޔައެވެ. ޖެހުންލެއް ބާރުކަމުން ޒިވްޔާ އާއި އެ ޒުވާނާ ވެސް ވެއްޓުނެވެ. އަދި ޒިވްޔާގެ އަތުގައި ހުރި ފޮތްތައް ވެސް އަތުން ދޫވެ ވެރުނެވެ. ދެން ފެނުނީ އެ ޒުވާނާ ހިފަހައްޓައިގެން ހުރި ކުލަފުޅިތައް ދެމީހުން ގަޔަށް ވެރުން މަންޒަރެވެ. އެއާއެކު ޒިވްޔާ އަނެއްކާވެސް ހަޅޭލަވައިގަތެވެ.

“ޝިޓް.” އެ ޒުވާނާގެ ފިރިހެންވަންތަ އަޑު އިވުނެވެ. “މައި ޑްރެސް. އޮހް ނޯ.” ޒިވްޔާ އަށް ބުނެވުނެވެ. އަދި އެ ޒުވާނާ އާއި ދިމާއަށް ބަލާލިއެވެ.

މާފަށް އެދުމެއްނެތި އެ ޒުވާނާ އަވަސް އަވަހަށް އެއްޗެސް ނަގަމުން ދިޔައިރު އެންމެ ފަހަރަކު ވެސް ޒިވްޔާއާއި ދިމާއަށް ބަލާނުލައެވެ.

ޒިވްޔާއަށް ކުރެވުނުހާ ވެސް ކަމަކީ އޭނާއާ ދިމާއަށް ބަލަހައްޓައިގެން އިނުމެވެ. ހާދަހާ ރީތި ފިރިހެނެކެވެ. އޭނާގެ މޫނުގެ ތަންތަން ކޮޅުގައި ހިކިފައި ހުރި ކުލަ ހުއްޓެއް ކަމަކު ބަލާބެލުމަށް ވަރަށްވެސް ރީއްޗެވެ. ލިބިފައިވާ ކަޅުކަންގަދަ ބުޅި އިސްތަށިތައް އޭނާގެ މޫނަށް އެޅިފައި ވުމުން އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ. އޭނާގެ އަޅިކުލައިގެ ދެލޯ ފެނިއްޖެ މީހަކު ޔަގީނުން ވެސް ޖަޒުބާތުގައި ޖެހޭނެއެވެ. އޭނާގެ ބާމަތި ފުޅާ ހަށިގަނޑުން އޭނާގެ ފުރިހަމަކަން އިތުރަށް ދައްކާދެއެވެ.

“ތިތާ އިށީންދެގެން މުޅިދުވަހު ހަމަ އިންނާނީތަ؟” އެ ޒުވާނާ ޒިވްޔާއަށް ބަލާލުމުން ޒިވްޔާ ސިހުނެވެ. އަދި އަވަސް އަވަހަށް ތެދުވިއެވެ. އަދި އަވަސް އަވަހަށް އޭނާގެ ފޮތްތައް އެތަނުން ނެގުމަށްފަހު އަނެއްކާވެސް އެޒުވާނާއަށް ބަލާލިއެވެ. އޭރު ޒުވާނާ އެތަނުން ދަނީއެވެ. “ސީރިއަސްލީ؟ ނޮޓް އީވެން އަ ސޮރީ؟” ޒިވްޔާ ހިތްހަމަ ނުޖެހުނެވެ.

“ޔޫ ވިލް ނީޑް އެ ޗޭންޖު އޮފް ކްލޯތުސް.” ކުއްލިއަކަށް ވަރަށް ކާރިން އަނެއްކާވެސް އެ ޒުވާނާގެ އަޑު އިވުނެވެ. ޒިވްޔާ ހީކުރީ އޭނާ އެއައީ މާފަށް އެދެން ކަމަށެވެ. އެހެންނަމަވެސް ކަންވީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. އެ ޒުވާނާ ތިރިވެލާފައި ބިންމަތީގައި އޮތް ފިއްސެއް ނެގިއެވެ. “ދެއާ ޔޫ އާ.” އަދި އެހެން ބުނުމަށްފަހު އަނެއްކާވެސް ހިނގައިގަތެވެ.

“އޯއި. ސޮރީ އެކޭ ވެސް ނުބުނާނަންތަ؟ މައި ކްލޯތުސް އާ އާ މެސް ނައު. ތޭންކްސް ޓު ޔޫ. އެން އައިމް ލޭޓް ޓު މައި ކްލާސްސް!” ޒިވްޔާ ގޮވާލިއެވެ. އެ ޒުވާނާ ބަލާލިއެވެ. “ދެޓްސް ނޮޓް މައި ޕްރޮބްލަމް.” އެއް މިޔަކަނުން ހީލަމުން އެ ޒުވާނާ އެހެން ބުނެލިއެވެ. އަދި ލިފްޓަށް އެރިއެވެ.

“އާރރރފް. ކޮން ކަހަލަ މީހެއްތަ އެއީ؟ އެހާ ރީތި ވިޔަސް އަދި ފޮނިވާކަށް ނުވޭ.” ޒިވްޔާ އައި ރުޅިން އަމިއްލާ މީހާއަށް ޝަކުވާ ކުރަން ފެށިއެވެ. “ޑެމިޓް.. މައި ހެދުންންންން!!”

ޒިވްޔާ ފޯނު ނަގައި އޭނާގެ ބައްޕައަށް ގުޅާލިއެވެ. އަދި ބަލާ އައުމަށް އެދުނެވެ.

————–

މި އެޕިސޯޑް ކަމުދިޔަ ކަމަށް އުންމީދު ކުރަން.

ޝައީ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (13)

  1. Kiwi

    Omggg girll… welcome back…missed ur stories..this part is soo amazing 😻

    1. Shyyyms
      Kiwi

      Thank uuu🩷

  2. Shav

    This part is insanee!
    I love it already. Anyways, keep up the good work and be healthy and safe.
    Cant wait for the next part!

    1. Shyyyms
      Shav

      Thank uuu🫶🏻

  3. Sheex

    Wow first part ah balaafa haadha reecheyyyyyyyyyy MA
    Omg romantic story liyamun dhanikoh handsome boy akah edhimaavee
    CW4THENEXTP
    Tc shay
    🥰⚘️❤️❤️❤️❤️❤️❤️🎀

    1. Shyyyms
      Sheex

      Haha

  4. Shaba_73

    Hiii welcome back shyyyms 🎉🎊
    I missed your stories a lot 😭
    Mi part ves vrh Reethi MA! 💗
    Awwn Haadha romantic eyy Hehe 😀
    Waiting for the next part When’s next?
    Keep it up ✨ keep shining ✨
    Lots of love 💗 & Tc

    1. Shyyyms
      Shaba_73

      Thank uuu🫶🏻
      Lots of love to u as well ❤️
      Take care

  5. Un_known

    Masha Allah vrh reethi🤩💯
    Vrh interesting vaane hn heevey
    Kn dhuvas thakaku story genesdheynee??
    Curiously waiting for the next part 🤍✨

    1. Shyyyms
      Un_known

      Thank uuu🫶🏻
      Next episode already sent for review.. it seems to be taking some fime haha. 🩷

  6. Yeri

    interesting…can’t wait for the next episode!!

  7. Amnth

    Omg you’re backkk!!!
    Cant wait to read this story.
    I just know it’s going to be amazing 💗

  8. Anonymous

    love it

Comments are closed.