Skip to content
އެސްފިޔަ

ވާތީ ހިތަކު ލޯބި މަންމަންވެފާ 27

“މަރިޔަމް ލަޝްކާ އިމްރާން ރަހީނު ކުރިކަމުގެ ތުހުމަތުގައި އާދަމް ދާއިޔަލް ޖިނާން މި ހައްޔަރު ކުރެވުނީ…” ދާއިޔަލްގެ އަތުގައި ބިޑި އެޒިކިއެލް ބިޑި އަޅުވަމުން ދެއްކި އެއްވެސް ވާހަކައެއް ދާއިޔަލްއަކަށް ސާފެއް ނުވިއެވެ. އޭނައަށް ފެންނަމުން ދިޔައީ ގިސްލަ ގިސްލާފައި ރޮމުން ދިޔަ ލަޝްކާއެވެ. ދާއިޔަލްގެ ލޮލުގައިވީ ކަރުނަތަކުގެ ސަބަބުން އޭނާގެ ހިތާމައިން ފުރިފައިވީ މޫނުވެސް ފުސްވިއެވެ.

(30 ވަނަ ބައި)

“ލަޝްކާ! ދާއިޔަލް ގައިން ދޫކޮށްލާ. ހަމަ މިހާރު ހިނގާ ގެޔަށް” ލަޝްކާގެ އަތުގެ މުލައްދަނޑީގައި ހިފާ ދަމައިގަންނަމުން އިމްރާން ބުންޏެވެ. އެމަންޒަރު ފެނި ދާއިޔަލްގެ ލޭ ކެކިގަތެވެ. ދެވަނަ އަތުގައި ބިޑި ނޭޅުވެނިސް ދާއިޔަލް އެޒިކިއެލް ކޮށްޕާލިއެވެ.

“ކަލޭގެ ތި މުޑުދާރު އަތް ތިލައިން މަގޭ ލަޝް ގައިގައި އަތްލައިގެން ނުވާނެ” އިމްރާންގެ މޫނުމަތީގައި ގޮށްމުއްކަވާފައި ޖަހަމުން ދާއިޔަލް ބުންޏެވެ. ވަގުތުން އިމްރާންގެ ނޭފަތުން ލޭ އަންނަން ފެށިއެވެ. ލަޝްކާގެ ހަށިގަނޑުގައި އެލާރާ ހިފެހެއްޓި އިރު، ޔައުލާންއާއި އެޒިކިއެލް ވެގެން ދާއިޔަލްގެ އަތުގައި ބިޑި އެޅުވިއެވެ.

“ލަޝްކާ. ހަމަ ޖެހިބަލަ. ދެން ދާއިޔަލްއަކަށް ލަޝްކާއަށް ގޯނާއެއް ނުކުރެވޭނެ” އެލާރާ ބުނެލީ ލަޝްކާއަށް އަމާން ދިނުމުގެ ގޮތުންނެވެ. “ކީއްވެތަ ދާއި ތި ހައްޔަރު ކުރަނީ؟ ހައްޔަރު ކުރަންވީ މީހާ މިހުރީ އޭ” އިމްރާންއާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން ލަޝްކާ ބުންޏެވެ.

“ލަޝްކާ! ކީކޭ ކިޔާނަމޭ ހިތާތަ ތިއުޅެނީ؟ ކަލޭ މޮޔަވީތަ؟ އޭނ؟؟”

ލަޝްކާ ރަހީނު ކުރި މީހާ ހައްޔަރު ކުރެވުނު ވާހަކަ އިވުމާއި އެކު މީކައިލް ދުވެފައި ކަހަލަ ގޮތަކަށް ލީރާ އެނދުމަތި ކޮށްފައި އޮތް ވޯޑަށް ދިޔައެވެ. އޭރު ޒާލާ ހުރީ ލީރާ ގެޔަށް ފޮނުވާލުމަށް އެހީ ވުމަށެވެ.

“ލީރާ. ލަޝްކާ ހޯދިއްޖެ. ލަޝްކާ ރަހީނު ކުރި މީހާ ހައްޔަރުވެސް ކުރެވިއްޖެ” ފުރިހަމަ ހިނިތުންވުމަކާއި އެކު މީކައިލް ބުނެލިއެވެ. “ދޮގު ނުހަދާ؟” ވަގުތުން ލީރާގެ ދެލޯ ކަރުނުން ފުރި ފޯވިއެވެ. މިފަހަރު އެއީ އުފަލުގެ ކަރުނައެވެ. “ޒާލާ. ލީރާގެ ޑިސްޓާޖް ކަންތައް އަވަސް ކޮށްލަ ދީބަ. އަޅުގަނޑު ދާނަން ލީރާ ގޮވައިގެން ސްޓޭޝަނަށް” ކައިރީގައި ހުރި ޒާލާ ގާތުގައި މީކައިލް ބުނެލިއެވެ.

ސްޓޭޝަނުގައި އިން ލަޝްކާގެ ދެލޮލުން ފަހަރަކު ކަރުނަ ތިއްކެއް އަންނަމުން ދިޔައެވެ. މިއަދު އެހިތައް ވަރަށް ތަދު ވެއްޖެކަން ކަށަވަރެވެ. އެ ހިތުގެ ޝަކުވާ އެކަކުވެސް ނާހަނީ ކީއްވެ ހެއްޔެވެ؟ އެކަކުވެސް ނޭހި އިރު، އަހަން ހުރި މީހާ ގެންދަންވީ ކީއްވެގެން ހެއްޔެވެ؟

ދޮރު ހުޅުވާލި އަޑު އިވުމުން ލަޝްކާ އިސް އުފުލާ ބަލައިލިއެވެ. އެލާރާއާއި އެކު އެތަނަށް ވައިން ލީރާ ފެނި ލަޝްކާ ދުރުބަލާލިއެވެ. “ދަރިފުޅާ…” ލަޝްކާ ފެނުމާއި އެކު ދުވެފައި އައިސް ލީރާ އޭނާގެ ލޯބިވާ ދަރިފުޅުގެ ހަށިގަނޑުގައި ބައްދާލިއެވެ.

“ދަރިފުޅާ. މަންމަގެ ފުރާނަކޮޅު. އަލްހަމްދުލިއްލާހި ޔާ ރަބް. ދެން ދަރިފުޅު މަންމަ ދޫކޮށްލާފަ ނުދައްޗޭ. ދެން މަންމަ އެހާ ބައްޔެއް ނުވާނަން. ﷲ އިރާދަ ކުރެއްވިއްޔާ ޑިޕްރެޝަަނުން ވެސް އަރައިގަންނާނަން. ހަމަ ހުވާ…” ލަޝްކާގެ ހަށިގަނޑުގެ އެތަން މިތާގައި ބޮސް ދެމުން ލީރާ ވާހަކަ ދެއްކިއެވެ. އެއްވެސް އެއްޗެއް ނުބުނެ ލަޝްކާ ލީރާ ދުރުކޮށްލިއެވެ. “ދަރިފުޅާ…؟” ލީރާގެ ހިތް މަރުވިފަދައެވެ. އެހާ ދުވަސް ފަހުން ފެނުނީމައިވެސް ލަޝްކާ އޭނާ ދުރުކޮށްލީތީއެވެ.

“މަންމަ ނުވޭ ލަޝްދެކެ އެއްވެސް ވަރަކަށް ލޯތްބެއް. ލޯބިވާނަމަ ހަދާނީކީ ތިހެނެއް ނޫން. ކީއްވެ މަންމަ ފުލުހުންނަށް މައްސަލަ ހުޝަހެޅީ؟ ނިކަން ލަޝްއަށް ބަލާލަ ބަލަ. ރަނގަޅަށް ބަލާލަ ބަލަ. ހީވޭތަ ލަޝްއަށް އެއްވެސް ކަހަލަ ގޯނާއެއް ވެފަ ހުރިހެން؟؟؟” ލަޝްކާ ކޮޅަށް ތެދުވަމުން ވާހަކަ ދެއްކިއެވެ. ލީރާ ރަނގަޅަށް ލަޝްކާއާއި ދިމާލަށް ބަލައިލިއެވެ.

ތެދެކެވެ. މިހާރު ލަޝްކާ މާ ރީތި ވެއްޖެއެވެ. ކުރިން ހިކި އަނަރޫފަކޮށް ހުރި ލަޝްކާގެ ހަށިގަނޑުގައި މިހާރު މަސް ޖަހާލައިފިއެވެ. އޭނާގެ ހަށިގަނޑުގައި އެންމެ ލަކުނެއްވެސް ނެތެވެ.

“މަންމަމެން ތި ހައްޔަރު ކުރީ ނުބައި މީހެކޭ! ލަޝްއަށް އަނިޔޭވެރިވީކީ ދާއިއެއް ނޫނޭ. ލަޝްއަށް އަނިޔާވެރިވީ މަންމަގެ ތި ފިރިމިހާ އިމްރާންއޭ. ކޮންމެ ރެއަކު ހައިވެފައި އޮތް ސިންގާއެއްހެން ލަޝް ގަޔަށް ބައްޕަ އަރާތާ މިހާރު 12 އަހަރުވީ. ކޮންމެ ރެއަކު… އެކަން ވާން ފެށި އިރު ލަޝްއަށް އަޅެ އެންމެ 6 އަހަރޭ. އަޅެ މަންމައަަށް ހަމަ އެކަން ނޭނގުނީތަ؟ ދާއި ލަޝް ރަހީނު ކުރީކީ ނޫނޭ. ދާއި އޭ ލަޝް އެ އަނިޔާވެރި ވަކި ތަކުން ސަލާމަތް ކޮށްދިނީ. އެރޭ ސަލާމަތް ކޮށްދިނީވެސް ބައްޕަ ލަޝް ގަޔަށް އަރަން އުޅެނިކޮށް” ލަޝްކާގެ ވާހަކަތައް އިވި ލީރާ ފެށީ ރޯށެވެ. އަޑުން އަޑު ނަގާ ރޯން ފެށިއެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވުނީ އިންތިހާއަށެވެ. ލަޝްކާ އޭނާއާއި އެހާ ދުރުވީ އެހެން ވެގެންތާއެވެ؟

އެވާހަކަތައް އިވި އެލާރާ އެކޮޓަރިން ނިކުމެ ދުއްވައިގަތީ ދާއިޔަލްއަށް ސުވާލު ކުރެވެމުން ދިޔަ ކޮޓަރިއަށެވެ. އޭރު އެޒިކިއެލް އިނީ ދާއިޔަލްއަށް ސުވާލު ކުރާށެވެ،

“މަ މި ބުނީނުން؟؟ އެ އިމްރާން ލަޝް ގަޔަށް އަރާތީއޭ މަ އޭނަ ރަހީނު ކުރީ؟ ކަލޭމެން އެކަކަށްވެސް ލަޝް ރައްކާތެރިކޮށް ނުބެލުނެއްނުން؟ ފާއިތުވެ ދިޔަ 7 މަސް ތެރޭ މަށޭ އޭނަ ބެލީ” ގޮށް މުއްކަވާފައި މޭޒުގައި ޖަހަމުން ދާއިޔަލް ބުންޏެވެ. އެއަޑު ބޭރުގައި ހުރި އެލާރާއަށް ވެސް އިވުނެވެ.

“ޓޮއް ޓޮއް”

“ދޮންބޭ. އާދެބަ…” ކުޑަކޮށް ދޮރު ހުޅުވާލަމުން އެލާރާ ބުނެލިއެވެ. ފައިލްތައް ލައްޕާލަމުން ދާއިޔަލް އެ ކޮޓަރިން ނިކުތެވެ.

(ނުނިމޭ)

ތިރީސްއެއްވަނަބައިގެ ތެރެއިން:

“ކޮބާ ކީކޭ އޭނަ ބުނީ؟” ޔައުލާންގެ މޫނަށް ފަރުވާތެރިކަމާއި އެކު ބަލައިލަމުން އިމްރާން އަހައިލިއެވެ. ޔައުލާން ބަލައިލީ އޭނާގެ ފަހަތުގައި ހުރި އެޒިކިއެލްއަށެވެ. އެއާއި އެކު އެޒިކިއެލް ކުރިއަށް ފިޔަވަޅު އަޅާލިއެވެ. އެޒިކިއެލްގެ އަތުގައި އޮތް ބިޑި ފެނި އިމްރާންގެ ދެލޯ ބޮޑުވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (13)

  1. Sheex

    Wow girl this is so beautiful so creative haadha reechey🥰🤩 mi part OMGGGGG MA MA MA 😍😍😍😍😍🥰🥰🥰🥰🥰
    Polihunna ves olhunee ey lash ah aniyaakurii kaakukan dhww ???👮👮‍♀️
    Innocent faadujehiyas bodu fureytha eh imraan akee👹🎭
    What is the use of having laskaa as his daughter 😠
    Keekey bunaanii 🤦‍♀️
    V kehmadhu vejje🙃
    CW4THENEXTP 🤗
    TC💛

    1. Black
      Sheex

      *lash

    2. Black
      Sheex

      *lashkaa

    3. shihaamaa ali
      Sheex

      Jazaakallah khairan Sheex 🩶🫶🏻
      Hehe yeahh ehnnthaa e vy.. asluvess dhww imran is just soooooooo not halaalyyy 😭😭
      Stay tuned for next episode..
      Likewise🩶🫶🏻

  2. Your fav bab

    Such a wonderful masterpiece✨👏
    Norr dhaiyal doesn’t deserve to be arrested 😭 they were living the happiest of their life😭
    Finally lash spilled it NOW Imran go to hell!!
    When next?
    Srry for not commenting previously I was rlly sick^³
    Lysssm💗

    1. shihaamaa ali
      Your fav bab

      Jazaakallah khairan Your fav bab🩶🫶🏻
      Aaahhh how i missed ur comments.. i hope your doing okay now🥺🥺
      Ikrrrr they were sooo cuteeeee…
      Yess finally lash spoke up.. lets see dhw what hapenes.. likewise🫶🏻🩶

  3. Black_18

    Ooowhh…Such a Wonderful tale of Shiher🩶!
    Shiherr.Ur so intelligent 🤓 ✨
    MaaSha Allah 🫶🏻🖤 You’ve the talent..An Author I admire from here a lot & lot!✨
    What an Harassment??? 😤 Is imraan gone crazy to ruin Lash’s Life?? Dhaai X Lash should be together for always…✨
    Not always, FOREVER ♾️
    When’s next???
    Curiously waiting for the next part!🤓🖤
    Lysm & Tc of yourself my Babe 😘

    1. shihaamaa ali
      Black_18

      Jazaakallah khairan Black_18🩶🫶🏻 this made my dayy 🥹🥺 my heart is sooo full jazaakallah khairan 🥺🥹🩶
      Asluvess dhw imraan ge kanthah vess bodee hama..
      Hehe yess dhaai and lash are just cuties..
      In sha allah next tmrw..
      Likewise @Black_18 😊😊

  4. Miss rose

    Mi part ves varah reethi. Ezikiyal and yaulaan pls imraan hayyaru kuraathi . meekail and vishaahaa kobaibaa ? Curiously waiting for next part???

    1. shihaamaa ali
      Miss rose

      Jazaakallah khairan Miss rose🩶🫶🏻
      Yesyes.. lets see dhw..
      Meekail and Vishaahaa will be back soonn.. in sha allah next episode tmrw

  5. shihaamaa ali

    Salaam readers,
    I posted a poll on my ig story for u guys to guess the relationship between Rashaa and Imraan.. and if u get it right, I will be uploading the next 3 episodes tmrw!!
    So, what do you guys think?
    The options are;
    Rashaa and Lashka are twins
    Rashaa and Lashka are half siblings
    Rashaa’s mother and Imraan are siblings!

    Guess👀🫶🏻

    1. Your fav bab
      shihaamaa ali

      Rasha and lashka are half siblings I think👀

    2. Dyign
      shihaamaa ali

      Rasha’s mum n imran r siblings

Comments are closed.