Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާތީ ހިތަކު ލޯބި މަންމަންވެފާ 27

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
April 11, 2026 3 Mins Read
11 Comments

ދޮރުގައި ޓަކި ދޭން ފެށުމުން ޓީވީ ބަލަން އިން ރަޝާ ތެދުވިއެވެ. އަތުގައި އޮތް އާފަލު ކަމުން ގޮސް ދޮރު ހުޅުވާލި އިރު ދޮރު ކުރިމަތީގައި ހުރި ދިޔާން ފެނި ނިތައް ރޫތައް ގިނަވިއެވެ. “ކީއްކުރަން މިތަނަށް ތިއައީ؟ މަށަކަށް ނޭނގެޔޭ ދާއިޔަލް ވީތަނެއް” ކަޅި އަޅާލަމުން ރަޝާ ބުންޏެވެ. “އަހަރެން މިއައީ ދާއިޔަލްގެ ވާހަކަ ދައްކާކައް ނޫނޭ” ރަޝާގެ އުނަގަނޑުގައި ހިފާ ކައިރި ކޮށްލަމުން ދިޔާން ބުނެލިއެވެ.

(27 ވަނަ ބައި)

ހަމަ އެވަގުތެވެ. ޕަބްޖީއަށް ވަދެ އެޒިކިއެލް ވަންނަންދެން އިންތިޒާރު ކުރަން އިން މިކްޔާ “ޗިކަން ރިންގް” ޕެކެޓެއް ކަނޑާލިއެވެ. ކައިރީ އިން ޔޯގަޓު ތަށި ކަނޑަން އިންދާ އެޒިކިއެލް ވާހަކަ ދައްކަން ފެށި އަޑަށް މިކްޔާ ސިހުނެވެ.

“ހޫންންން. ސިހިއްޖޭ. މިއޮށް ފެށީ ދޯ މިހާރު. ސާބަސް ދެން. ކޮބާ. ކޮންތާކަށް ލޭންޑު ކުރަނީ؟” ޗިކަން ރިންގެއް އަނގަޔަށް ލަމުން މިކްޔާ އަހައިލިއެވެ. “މިކްޔާ އަބަދުވެސް ހުންނަނީ ބަނޑުހައި ވެފަ ދޯ؟ ހަހަަ” ހެމުން ހެމުން އެޒިކިއެލް އަހައިލިއެވެ.

“ހޫމްމް. އެޒިކިއެލް ވެސް ހުންނަނީ އަބަދު ކޮންސްޓިޕޭޓް ވެފައެއްނުން؟” އެޒިކިއެލް ބުނި ރާގުގައި މިކްޔާ ވެސް ބުނެލިއެވެ. “ހޫން ހެވޭ. ޕޮޗިންކީއަށް ފައިބަން އުޅޭ. މަގޭ ކައިރީ ހުންނާތި” އެޒިކިއެލް ބުންޏެވެ.

“ހުހް. މިކީއަށް އިނގެޔޭ މި ކުޅެން. މިކީ މިއީ ހަމަ ޕްރޯއެއް” ފޮނިވެލަމުން މިކްޔާ ބުނެލިއެވެ. މިކްޔާ ފޭބީ ‘ސުކޫލް’ އަށެވެ. “ކޮންތާކަށް ތި ފޭބީ؟” އެޒިކިއެލްއަށް މިކްޔާ ނުފެނުމުން އަހައިލިއެވެ.

“ސުކޫލަށް. އައި ލައިކް އިންޑިޕެންޑެންސް. ހަހަ” ހެމުން ހެމުން މިކްޔާ ބުންޏެވެ. އެވަގުތު މީހެއްގެ ފިޔަވަޅު މިކްޔާއަށް އިވުނެވެ. “އޭ މިތާ އެބައުޅޭ މީހެއް. އޭ މަޑު އަދި މިކީ އަތުގަ ބަޑިއެއްވެސް ނެތް. އުހޫން މިއޮތީ ސްނައިޕާރ އެއް. އަލްހަމްދުލިއްލާހި”

“ސާބަސް ދެން ތި އަނގަ ނުތަޅާ ބަޑި ޖަހާބަލަ” އެޒިކިއެލް ބުނެލިއެވެ. “މި ބަޑި ޖަހަނީއޭ. އެކަމަކު އޭނަ މަރެއް ނުވޭ” އޭރު މިކްޔާ އިނީ ހާސްވެފައެވެ. “ރަނގަޅަށް ވާ އިރު ފާރަށް އެބަޑި ޖަހަނީ” އެޒިކިއެލް ދިމާ ކުރާ ރާގެއްގައި ބުނެލިއެވެ.

“އޯހްހް ޝޫޓް. މިކީ މި ފިލަނީ. އާދެބާ ސުކޫލަށް ލައިފް ދޭން އަލުން” ގުންފައި ތަޅައިގަންނަމުން މިކްޔާ ބުނެލިއެވެ. “ކޮބާ ކިހިނެތްވަނީ ޕްރޯކޮށް ޕަބްޖީ ކުޅުންގަނޑު؟” ހެމުން ހެމުން އެޒިކިއެލް އަހައިލިއެވެ. “ދޭންންންން އާދެބަލަ ފުރަތަމަ މިކީ ސަލާމަތް ކުރަން. ދިމާ ކުރެވިދާނެއްނުން ފަހުންވެސް”

ހެމުން ހެމުން އެޒިކިއެލް ސައިކަލެއް ހޯދިއެވެ. އަދި ދުއްވުނު އެންމެ ބާރަކަށް ސުކޫލަށް ދިޔައެވެ. “ތިއޮތީ ލައިފް ލިބިފަ. ދެންވެސް މަގޭ ފަހަތުގަ ހުރޭ” އެޒިކިއެލް ބުނެލިއެވެ. އެވަގުތު އެތަނަށް އިތުރު މީހަކު އަޔެވެ. “މަގޭ ފަހަތުގަ ހުރޭ. މައިތިރި ވެގެން ހުރޭ. މޫވް ނުކުރާތި” ބަޑި ޖަހަމުން އެޒިކިއެލް ބުންޏެވެ. ނަމަވެސް މިކްޔާގެ އިނގިލިން ޖެހި ހުރެވުނު ތަނުން އަރިއަކަށް ޖެހިލެވުނެވެ. “ކީއްކުރަން ތި މޫވް ކުރީ” ވަގުތުން ދެމީހުންވެސް ގޭމުގައި މަރުވިއެވެ.

“ކޮބާ. ހީވޭ ކަމެއްހެން. މޮޅު ވެއްޖެއްނުން ވަރަށް” ނިތުގައި އަތުން ޖަހާލަމުން އެޒިކިއެލް ބުނެލިއެވެ. “ދެން ތިހާ ބޭބީ ނުވެބަލަ ދޯ؟ އަދިވެސް މެޗަކަށް އެރިދާނެއްނުން ދޯ؟ ހަމަ ޖެހިބަލަ ބޭބީ ގަނޑާ” ހެމުން ހެމުން މިކްޔާ ބުނެލިއެވެ. “ހޫން. ލޮބީއަށް އަރާ. ޕޮޗިންކީއަށް ފައިބާނީ” އެޒިކިއެލް ބުނެލިއެވެ.

‘ޕެރެޝޫޓް’ އިން ފޭބި އެޒިކިއެލްއަކަށް މިފަހަރު ވެސް މިކްޔާއެއް ނުފެނުނެވެ. “ސާބަސް މަންޖޭ. މިފަހަރު ކޮންތާކަށް ތި ދިޔައީ؟” ބޯހޫރުވާލަމުން އެޒިކިއެލް އަހައިލިއެވެ. “ނޭނގެ. ވަރަށް ވިނަ އެބައޮތް” މިކްޔާ ބުންޏެވެ. “ޔަގީނޭ ހީވޭ ފާމްއަށޭ އެދިޔައީ” އެޒިކިއެލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. “ހަމަ ޖެހޭ. ބައިކްގަ ހިނގައިދާނަމޭ ތިތަނަށް” މިކްޔާ ހެމުން ހެމުން ބުނެލިއެވެ. “އެނގިދާނެ ތިއެއް. މިކްޔާއަށް އާދެވޭ އިރު މަށަށް ކާފަ ދަރިން ލިބިފަ ހުންނާނީ. ޔަގީން. ބޯ ހަރު ކުއްޖެއް މިއީ” ފަހު ޖުމްލަ އެޒިކިއެލް ބުނެލީ މަޑުމަޑުންނެވެ. “އެކަމަކު ވެސް ވަރަށް ލޯބި” އެޒިކިއެލްގެ ތުންފަތުގައި ހިނިތުންވުމެއް ކުރެހުނެވެ.

***

ރަޝާ ލައިގެން ހުރީ ބަނޑާއި ހަމައަށް ވެސް ނާރާ ކުރު ޓޮޕް ކޮޅަކަށް ވުމުން އޭނާގެ ދޮން ބަނޑާއި އުނަގަނޑު އޮތީ ހާމައަށެވެ. މަސްތީ ގޮތަކަށް ރަޝާއާއި ދިމާލަށް ބަލަން ހުރެ ރަޝާގެ އުނަގަނޑުގައި ދިޔާން ފިރުމަމުން ދިޔައެވެ.

“ކޮއްކޮ ބޭނުންކޮށް ކޮށް ބާވެފަ އޮތް އެއްޗެއް ގައިގަ ކީއްކުރަން ތި ބެހެނީ؟” އެއްމިޔަކަނުން ހީލަމުން ރަޝާ އަހައިލިއެވެ. “މަވެސް މީ ބޭނުން ކޮށްކޮށް ބާ ވެފަ ހުރި މީހެކޭ. ކައިވެނިކޮށްގެން ވެސް 8 އަހަރު. ކުއްޖަކުވެސް ހުރޭ. ތަޖުރިބާ ހުންނަ މީހުންނަށް ދޯ މޮޅުކޮށް ކުރެވޭނީވެސް” އެއްލޯ މަރާލަމުން ދިޔާން ބުނެލިއެވެ.

“ހަހަ. އެހެންތަ؟ ތިބުނީ ދާއިޔަލްއަށް ވުރެ ދިޔާން މޮޅުވާނޭތަ؟” ހަރަމްބަނދެލަމުން ރަޝާ އަހައިލިއެވެ. އޭރު ދިޔާންގެ އަތް ރަޝާގެ ހަށިގަނޑުގެ އެތަން މިތަނުގައި ހާކަމުން ދިޔައެވެ. “އަޅެ އުޅިބަލަ ޓްރައި ކޮށްލަން؟” ކުއްލިއަކަށް ދިޔާން ރަޝާގެ ދެއަތުގައި ހިފާ މައްޗައް ހިއްލާލަމުން ފާރުގައި ލައްކުރުވިއެވެ. އެއްއަތުން ރަޝާގެ އަތުގައި ހިފައިގެން ހުރެ ދެން އޮތް އަތުން ދިޔާން އޭނާގެ މޭމަތީގައި އަތްހާކަން ފެށިއެވެ. އަދި އަވަސް ކަމާއި އެކު ރަޝާގެ ތުންފަތަށް ބޮސް ދޭން ފެށިއެވެ.

ފަތިހުގެ ހަމަ ހިމޭން ވަގުތެވެ. ގަޑިން 50 5 ވަނީއެވެ. ދިޔާން ވީތަނެއް ނޭނގުމުން އެރޭ ހަތަރުދަމު ޔޫޒާ އެއިނީ ނުނިދައެވެ. ދިޔައީ ކޮންތާކަށް ކަމެއްވެސް ޔޫޒާއަކަށް ނޭނގެޔެވެ. ދިޔާން ދިޔަ ތާކަށް ދިޔައީ އޭނާ ޔައާލް ނިންދަވަން އޮއްވާ ކަމުން، ދިޔަ ކަމެއްވެސް ޔޫޒާއަކަށް ނޭނގެޔެވެ. ގޭގައި ނެތްކަންވެސް އެނގުނީ ފައިވާން ނެތުމުންނެވެ. ފުންނޭވާއެއް ދޫކޮށްލަމުން އަނެއްކާވެސް ޔޫޒާ ދިޔާންއަށް ގުޅިއެވެ.

ދިޔާންގެ އަތު ތެރޭގައި ނިދިފައި އޮތް ރަޝާއަށް ހޭލެވުނީ ދިޔާންގެ ފޯނު ރިންގުވާ އަޑަށެވެ. “މިދެން ކިހާ ދެރަ ކަމެއްތަ؟” ހިތްހަމަ ނުޖެހިފައި ރަޝާ ތެދުވިއެވެ. ބިންމަތީގައި އޮތް ދިޔާންގެ ފަޓުލޫނު ތެރޭގައި އޮތް ފޯނު ނެގުން ވަގުތު އެ ފޯނު ކެނޑުނެވެ. “ވައިފް” ގެ ނަމުން ސޭވް ކޮށްފައި އިން ނަންބަރުން 38 ފަހަރު ގުޅާފައި އިނެވެ. އެކަން ރަޝާއަށް ވީ މަޖާ ކަމަކަށެވެ.

ފޯނު ބާއްވާފައި އޭނާ ތެދުވަން އުޅެނިކޮށް އަނެއްކާވެސް ފޯނެއް އައެވެ. ‘ޒެއިއްޓެ’ ގެ ނަމުން ސޭވް ކޮށްފައި އިން އެ ނަންބަރަށް ޖަވާބު ނުދޭން އުޅިފައިވެސް ރަޝާގެ ޙިޔާލު ބަދަލުވިޔެވެ. އެހާ ހެނދުނާ ގުޅާނީ ކަމަކުކަން ޔަގީނެވެ. ރަޝާ ފޯނު ނެގީ އެހެންވެގެންނެވެ.

“ހަލޯ؟ ދިޔާން. ދާއިޔަލް ވީތަން އެނގިއްޖެ” ހަލޯ އޭ ބުނަން އަނގަ ހުޅުވާލި ވަގުތު އެފަރާތުން ބުނި ޖުމްލައާއި އެކު ރަޝާގެ ހަރަކާތްތައް ހުއްޓުނެވެ. “ދާއިޔަލްވީ އޭނަގެ ބެސްޓް ފްރެންޑްގެ ޝަރަފްގެ ގޭގެ މަތީ ފްލޯރގަ. ގެސްޓު ބައިގަ. އެއުޅޭ ލަޝްކާ ގޮވައިގެން އޭނަ އުޅެނީ. އެމަންޖެ ރަހީނު ކުރީވެސް ދާއިޔަލް ކަމަށް ވަނީ. އަދި މީގެ ފައްކާތަންކޮޅު އިނގޭތަ؟ މިހާރު އެމީހުން ތިބީ އެންގޭޖް ވެފަ.” ޒެއިންގެ ފަރާތުން އިވުނު ޙަބަރާއި އެކު ރަޝާގެ ތުންފަތައް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ.

(ނުނިމޭ)

އަށާވީސްވަނަބައިގެ ތެރެއިން:

“އަޑު އަހާކަށް ބޭނުމެއް ނޫންތަ؟ މަށަށް އެނގޭ ލަޝްކާ ވީ ކޮންތާކުކަން” އިމްރާން ހިނގައިގަތުމުން ރަޝާ ބުންޏެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ހިތް އަވަސްވާ ގޮތް ވިޔޭ 1

Next

ގާތުގާ…. 10

Next
April 11, 2026

ގާތުގާ…. 10

Previews
April 11, 2026

ހިތް އަވަސްވާ ގޮތް ވިޔޭ 1

11 Comments!

  1. Jung_su_99 says:
    April 11, 2026 at 12:10 pm

    maasha allah.
    mi prt vs veh reethi!
    when next?
    lysm n tc

    1. shihaamaa ali shihaamaa ali says:
      April 11, 2026 at 12:14 pm

      jazaakallah khairan dearr 🩶🫶🏻
      in sha allah next episode tmrw
      lyt and tc

  2. Sheex says:
    April 11, 2026 at 1:15 pm

    Omg haadha reechey mi part
    Alhe heeves nukuran ehaa avahah up vedhaane kamakah
    EWW, ACHEEDII, MUDUDHAARU…..
    WHAT IS WRONG WITH HIMMMM
    eww maa reehcheh nuvaane yoozaa ah iguneema
    Now days men EWWWWWWWW
    EVES rasha ah egunee dhaii veethan is she gonna do smth bad hmmm?
    CW4THENEXTP
    TC

    1. shihaamaa ali shihaamaa ali says:
      April 11, 2026 at 3:27 pm

      Jazaakallah khairan dearrr 🩶🫶🏻
      Hehe yess.. ikrrr … 😭😭
      Yess rashaaa ah e inguniii vess hehe.. dhn neynge dhw balamaa rashaa kuranii kyh thoo.. stay tuned for next episode 🫶🏻
      Stay tuned for next in sha allah tmrw.. tc

  3. Anonymous says:
    April 11, 2026 at 2:33 pm

    Abadhu pubg ge vaahaka onnaathy ehaa ehaa ehnoon🙄

    1. Black_18 says:
      April 11, 2026 at 2:54 pm

      Yehh;) KeykurAnee dhw..Aduge dhuniyeyge meehunge haalathu Kaloo…Aharun MN wx cousins ulheyney PUBG aai hure!
      Eaee bodu Dhehwehdhw…Shiherrr 🩶
      I ge official one in ingey mi cmnt kuree!!

    2. shihaamaa ali shihaamaa ali says:
      April 11, 2026 at 3:27 pm

      Jazaakallah khairan for the feedback.. will keep that in mind🩶🫶🏻

  4. Black_18 says:
    April 11, 2026 at 3:08 pm

    Awwnn…😍😍 THE BEST & BEST!!
    MA..Vrh Vrh Furihama mi part Wx…
    How dare you?? Rasher…U lash ge habaru imraan ah dheneydhw…Shiherr!
    IA, kuriyah ohthaaga Black ge faraathun Shiher ah libeyne Full-support as a Reader ☺️ 😉
    Lash X Dhaai Engage kuree dhw..Congratulations to you ,both 🥀😚 Alheyyy Lash’s Dad kameh nukuraathi Dhaai’s wive ah!
    Curiously waiting for the next….💗💗;)
    When’s next?? Shiherr 💓
    Lysm 😚💗 & Tc of yourself!🫶🏻🥹

    1. Black_18 says:
      April 11, 2026 at 3:10 pm

      Sorry for the late Reply to Story 😞

    2. shihaamaa ali shihaamaa ali says:
      April 11, 2026 at 3:30 pm

      Jazaakallah khairan 🩶🫶🏻
      Hehe neynge dhn balamaa dhw rashaa kuranii kyh thoo.. next episode ga ingeyne..
      Jazaakallah khairan 😊
      Hehe yess their engaged nowww🥹🥹
      In sha allah next episode vess hama maadhamaa.. hopefully mendhuru..
      Likewise🫶🏻

    3. shihaamaa ali shihaamaa ali says:
      April 11, 2026 at 3:31 pm

      It’s alright🫶🏻

Comments are closed.

Next Episodeވާތީ ހިތަކު ލޯބި މަންމަންވެފާ 29←


All Right Reserved!