Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަގީގަތަކީ ކޮބައިހޭ؟…15

Mysterious Woman Level 310 Stories100 Comments
April 14, 2026 4 Mins Read
1 Comment

އާރާ ހުރީ ރުޅި އައިސް ރަތްވެފައެވެ. އޭނާއަށް ވެގެންވާނަމަ ދެވަނަ ފަހަރަށް އޭނާއާއި ދިމާލަށް އެގޮތަށް ބެލިޔަކަނުދިނީހެވެ. މަސްލަހަތަށް ބަލާފައި ހަނުހުރީއެވެ. ނަމަވެސް މިކަން ޝަދާންއާއި ހަމައަށް ގެންދަން އޭނާ ހުރީ ކެތްމަދުވެފައެވެ. އެގެއިން އޭނާ އާއި އަނގައިން ބުނަނީ ޝަދާންއެވެ. ދެން ތިބި މީހުންނަކީ އޭނާގެ ދުޝްމަނުންނެވެ. އެމީހުން ނުބުންޏަސް ޝަދާން އާއި މެހެކުގެ ގުޅުމަށް ރުހޭކަން އެއިން ކޮންމެ މީހެއްގެ ހަރަކާތުން އެނގެއެވެ. މިކަމުގެ ސަބަބުން މެހެކު ދެކެ އޭނާ އިހުނަށްވުރެ ބޮޑަށް ރުޅިއައެވެ.

މެހެކު އިނީ އޭނާގެ ކެބިންގައެވެ. އަތުގެ ޙަރަކާތްތައް ހުރި ގޮތުން ކޮންމެ ވެސް އެއްޗެއް ލިޔަމުންދާކަން އެނގެއެވެ. ދޭތެރެއަކުން ދެ ބުމަ ގޮށްޖެހިގެންދެއެވެ. އެހެން އިންދާ މެހެކުގެ ފޯނު ރިންގުވިއެވެ. ކުސް ތަޅާލާފައި ގުޅަނީ ކާކު ތޯ މެހެކު ބަލާލިއެވެ. ގުޅަމުންދަނީ ނުދަންނަ ނަމްބަރެއްކަމުން މެހެކު ފޯނު ނަގާކަށް ގަސްދެއްނުކުރެއެވެ. ފޯނު ކެނޑުނު އިރު ވެސް މެހެކް އިނީ އެކުރާކަމެއް ކުރާށެވެ. އަނެއްކާ ވެސް ފޯނަށް ގުޅަން ފެށުމުން އެންމެ ފަހުން މެހެކު ފޯނު ނެގިއެވެ. “ހެލޯ މެހެކު….” އިވުނީ އަންހެން އަޑެކެވެ. އެ އަޑަކީ މެހެކަށް އޮޅޭނެ އަޑެއް ނޫނެވެ. މެހެކުގެ މޫނުން އުފާވެރިކަމެއް ފެނުނެވެ. ކުރަން ހުރި މަސައްކަތްތައް ބަހައްޓާފައި އެ އަންހެން ކުއްޖާއާއި ވާހަކަދައްކަން ފެށިއެވެ.

“ހޭއި ރީން….ކޮން އިރަކު މިކޮޅަށް އައީ…އަންގައިވެސްނުލާ….” އުފާވެރިކަމާއިއެކު މެހެކު އަހާލިއެވެ. “ސާބަހޭ…ބުނީމައެއް ސަޕްރައިޒަކަށް ނުވާނެއްނުން……” ނައުރީން ހީލަމުން ބުނެލިއެވެ. “ދެން ރީން…ކޮންމެ ފަހަރަކު ވެސް ހަދަނީ ތިހެންވިއްޔާ…..” މެހެކު ބުނެލިއެވެ. “ހައްހައްހައް….މިއަދު ހަމަ މިއައީ….ވެލް އައި ހޭވް އަ ބިގު ސަޕްރައިޒް ފޯރ ޔޫ…” ނައުރީން ފުޅާ ހިނިތުންވުމަކާއިއެކު ބުނެލިއެވެ.

 “ވެލް އައި ގެސް އައި ހޭވު ޓު ވެއިޓް އަގެއިން….” މެހެކު ފޫހި ގޮތަކަށް ބުނެލިއެވެ. “ހައްހައްހައް…ޔު އާރ ރައިޓު….މިރޭ ގައިމު ވެސް މީޓުވާނެ….” ނައުރީން ބުނެލިއެވެ. “މިރޭ؟….އައި މައިޓު ނޮޓު އެވެއިލަބަލް ޓުނައިޓު…މިރޭ އެބައޮތް އިވެންޓެއް…އޭގައި ކޮންމެހެން ވެސް ބައިވެރިވާންޖެހޭނެ….” މެހެކު ބުނެލިއެވެ. “ދެން ބަލަމާ ދޯ….ތިބުނާ އިވެންޓުގެ ތެރެއިން ވެސް ފެނިދާނެއްނުން….” ނައުރީން މާނަފުން ގޮތަކަށް ބުނެލިއެވެ. “ސާބަސް ޑޯންޓު ޖޯކު…ހޭއި އައި ނީޑު ޓު ގޯ މީޓިންގްއަކަށް..ވިލް ސީ އެރައުންޑު އިނގޭ….” މެހެކު ބުނެލިއެވެ. އަދި ފޯނު ބާއްވާފައި މީޓިންގަށް ދާން ތެދުވިއެވެ.

ނަބީހު ކެބިން ތެރޭގައި އެނބުރެނީ ބޯ ހާސްވެގެންނެވެ. ދެންމެ މުޖުތަބާ އެ ދިން ޚަބަރަކުން އޭނާގެ ބޯ ހާސްވުންވީ އިތުރެވެ. މީގެ ފަސް އަހަރު ކުރިން ފަސް އަޅާ ފޮރުވާފައި އޮތް ހަގީގަތް ނިއުޅަން އެ އުޅެނީ ކީއްވެ ހެއްޔެވެ؟ އެކަން ފަޅާއަރާ ހިސާބުން އޭނާ މަގާމުން ވަކިކުރާނެކަން އެއީ ކަށަވަރުކަމެކެވެ. އެކަމުގެ އަޑީގައި ތިބިއްޔާ ތިބި ބަޔަކު ފަޅާ އަރާނެއެވެ. އޭރުން އޭނާ އަށް އިނގިލި ދިއްކުރާނެ މީހުން ގިނަވާނެއެވެ. އެހެންވާން އޭނާ ބޭނުމެއްނުވެއެވެ. މީ ހުސް ނަވީންގެ ކަންތަކެވެ.

އެންމެ ފަހުން ފޯނު ނަގާ ނަވީންއަށް ގުޅާލިއެވެ. އޭނާގެ ރުޅިގަޑު ކޮންމެ ވެސް ސިފައެއްގައި ބޭރުކުރަންޖެހެއެވެ. “ހަލޯ….” އެކޮޅުން ނަވީންގެ އަޑު އިވުނެވެ. “މަށަށް ވަރި ހަމަ ކޮންމެ ތާކު ހުއްޓަސް..ތި ހުރިތަނަކުން ހަމަ މިހާރު މި ގެއަށް އާދޭ…..” އެހެން ބުނެ ނަބީހު ފޯނު ކަނޑާލިއެވެ.

ފޯނު ހިފަހައްޓައިގެން ހުރި ނަވީން ހުރީ ފިކުރެއްގައެވެ. ކޮންމެ ވެސް ކަމެއްވީމަ ނޫނީ ބައްޕަ އެގޮތަކަށް ނުގުޅާނެއެވެ. އަދި އޭނާ ވެސް މިއުޅެނީ މި ކޮޅަށް އައިފަހުން ބައްޕަމެންނަށް ފިލައިގެންނެވެ. ނަވީން ހިތްހަމަ ވެސް ނުޖެހުނެވެ. އޭނާގެ ރައްޓެހިން ކުރިމަތީ ލަދުގަތުމަކީ އޭނާއަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ދެންމެ އެމީހުންނަށް ބައްޕަގެ އަޑު ކޮންމެ ވެސް ވަރަކަށް އިވޭނެކަން ގައިމެވެ. މަސްނޫއީ ހިނިތުންވުމެއް ދިނުމަށް ފަހު ނަވީން އެމީހުން ކުރިމަތިން ދިޔައީ ބްލޫ ހެވަންއަށެވެ.

“ސާރ….ޔަންގު ބޮސް ކޭމް….” ނަބީހުގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލާފައި ނޯކަރަކު ނަވީން އައި ޚަބަރު ދިނެވެ. ނަބީހު ވަންނާށޭ ބުނުމުން ނަވީން ވަނެވެ. ބައްޕަގެ މޫނު ފެނުމުން ނަވީން ވެސް ޖެހިލުންވިއެވެ. ނަބީހު ކައިރީގައި ނަވީން ވެސް ޖެހިލުން ވަނީ ނަބީހު އަކީ ކޮންމެ ފަދަ ކަމެއް ވެސް ކުރަން ފަސްނުޖެހޭނެ މީހަކަށްވާތީއެވެ.

މަޑުމަޑުން ނަވީން ކުރިއަށް ޖެހިލިއެވެ. ނަބީހު އިޝާރަތް ކުރީ ސޯފާގައި އިށީނުމަށްށެވެ. ނަބީހު ބުނިގޮތަށް ނަވީން ކަންތައްކުރިއެވެ. އޭރު ވެސް ދެ ބަފައިން ވެސް ބަހަކުން ބަހެއް ނުބުނެއެވެ. މީގެން ވެސް އިނގެނީ ދެ މީހުންގެ ގުޅުން ރަނގަޅު ނޫންކަމެވެ.

ނަބީހު މަޑުމަޑުން އައިސް ނަވީން އިން ސޯފާގެ ކުރިމައްޗަށް ވާގޮތަށް އިން ސޯފާގައި އިށީނެވެ. “އިނގޭތަ ކީއްވެ ކަން މި ގެނައީ؟….” ނަބީހު އަހާލިއެވެ. ނަވީން ދެ ފަރާތައް ބޯހޫރާލީ ނޭނގެއޭ ބުނުމުގެ ގޮތުންނެވެ. އެވަގުތު ނަބީހު ހިނިގަނޑެއް ޖަހާލިއެވެ. “ކިހާ ދުވަހެއް ވެއްޖެ މިކޮޅަށް އައިފަހުން؟…” ނަބީހު އަނެއްކާ ވެސް އަހާލިއެވެ.

“މަހެއްވަރު ވެދާނެ…” މަޑުމަޑުން ނަވީން ބުނެލިއެވެ. “މަހެއްވަރު؟…ހިތަކަށް ނާރާތަ މީ ތިބި ބައެކޭ ވެސް…” ނަބީހު ބުނެލިއެވެ. “އެންމެ ރަނގަޅު….ހަނދާން އެބަހުރި ފަސް އަހަރު ކުރީގެ ހާދިސާ؟…” ދެން ވެސް ވާހަކަދެއްކީ ނަބީހެވެ. ނަބީހު ދެން ފެށި ވާހަކައަކުން ނަވީނަށް އިސްއުފުލާ ބަލާލެވުނެވެ. އަދި ކުއްލިއަކަށް ރުޅިން މީހާ ވަށާލިއެވެ. “ބައްޕާ…” ނަވީންގެ ވާހަކަ ނަބީހު އަތްތިލަ އުފުލާލަމުން މެދުކަނޑާލިއެވެ. ދެން ކުރިމަތީ ހުރި މޭޒުމަތީ ބޭއްވީ ފޮޓޯއެކެވެ.

ނަވީން އެ ފޮޓޯއަށް ބަލާލިއެވެ. އިސާހިތަކު މީހާގެ ގައިން އޮށްދާހިއްލަން ފެށިއެވެ. އަތްފައި ތުރުތުރުލާން ފެށިއެވެ. ނިތްކުރިމަތިން ދަލުގެ އަސަރު ފެނިއްޖެއެވެ. މި މަންޒަރު ފެނުނު ނަބީހުގެ މޫނުމަތިން މަލާމާތުގެ ހިނިތުންވުމެއް ފެނުނެވެ. “މިހެންވެގެން ނަވީން ގެނައީ މި…” ނަބީހު ބުނެލިއެވެ. “ތި…ތި…ތި….ތީ ކޮން ފޮޓޯއެއް…” ހަމަޖެހިލަމުން ނަވީން އަހާލިއެވެ. “ނޭނގިގެންތަ ތި އެހީ…ނޫނީ އަޑު އަހަން ބޭނުން ނުވާތީތަ؟….” ނަބީހު ބުނެލިއެވެ.

“ކިކިހިނެއްވީ؟…” ނަވީން މަޑު ތުރުތުރެއް އެކުލެވިގެންވާ އަޑަކުން އަހާލިއެވެ. “ފަސް އަހަރު ކުރި….ބަންކުއެޓު ހޯލު….ބެލްކަނި…ނަވީންގެ ބެސްޓު ފްރެންޑު..ނޫނޭ ނަމެއްގައި ދޯ ބެސްޓު ފްރެންޑަށް ވާނީ…ލެޓްސް ސޭ ވަން ސައިޑެޑް ލަވް…ހައްހައްހާ….މެހެކުގެ ކޮއްކޮ މީސަމް….އެންމެ އަށާރަ އަހަރު….” އަކުރުތަކަށް ވަކިވަކިން ބާރުލަމުން ހިނިގަޑެއް ޖަހާލާފައި ނަބީހު ބުނެލިއެވެ. އެ ނަމެއް އިވުމުން ނަވީން ސިހިގެންދިޔައެވެ. އެއީ އޭނާ މި ދުނިޔެއިން ވެސް އަޑުއަހަން ބޭނުންނުވާ ނަމެކެވެ. އޭނާގެ މާޒީއާއި ގުޅިފައިވާ ނަމެކެވެ. މީމީމީސަމް….މީމީމީސަމް….” ތަކުރާރުކޮށް ނަވީން އެ ނަމެއް ކިޔައެވެ. “ހޫމް މީސަމް…މެހެކުގެ ކޮއްކޮ….ކިހިނެއްބާ ވާނީ ނަވީންގެ ހަގީގަތް މެހެކަށް އެނގުމުން…” ނަބީހު ބުނެލިއެވެ. “ނޫން….މިމިމިކަން ނުވާނެ މެހެކަށް އެނގިގެން….ނޫން އަންގައިގެން ވެސް…..މީމީމީސަމް އެއީ މާޒީ….ޔެސް މާޒީ…ޑޯންޓު އެވަ މެންޝަން ހާރ އަގެއިން…” ނަވީން ބިރުން ހުރެ ބުނެލިއެވެ. ނަވީންގެ ހަގީގަތް މެހެކަށް އެނގެން އޭނާ ބޭނުމެއްނުވެއެވެ. ފަސް އަހަރު އެކަން އޮއްބާލައިގެން އުޅެފިއެވެ. ދެން ވެސް ކުށެއް ނެތް މީހެއްގެ ބޮލުގައި އެ ތުހުމަތު އޮތަދިނިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ އޭނާއަށް ބަރުދާސްތުނުކުރެވޭނީ މެހެކުގެ ރުޅިވެރިކަމެވެ. މިހާރު ޝަދާންގެ މައްޗަށް އޮތް ނަފުރަތު އޭނާއަށް ލިބެން ބޭނުމެއްނުވެއެވެ.

“ތީ ނަވީން އެކަނި ގަބޫލުކުރާ ހަގީގަތެއް…އިނގޭތަ ނަވީންއަށް ސިއްރުން މެހެކު ކުރަން އުޅޭ ކަމެއް….” ނަބީހު ބުނެލިއެވެ. ނަވީން ކުއްލިއަކަށް ބަލާލީ ނަބީހު ދެން ބުނެލި ވާހަކައަކުންނެވެ. “އެ ވޭދަނަ އަލުން ހުޅުވަން މެހެކު އުޅެނީ….ނަވީންގެ ކާފަ މީސަމްގެ ވޭދަނަ ކްލޯޒް ކޮށްފައި އޮއްވާ އެ ވޭދަނަ ހުޅުވަން ވަރަށް މަސައްކަތް ކުރޭ އެބަ….” އިވިގެން ދިޔައީ ނަވީން އަޑޫ އަހަން ބޭނުންވި ވާހަކަތަކެއް ނޫނެވެ. އެކަން ގަބޫލުކުރާކަށް ނަވީން ބޭނުމެއް ވެސް ނޫނެވެ. “ކާފަ ބައްޕަގެ ކައިރީ ވެސް ބުނީ…ކާފަގެ ކްލޯޒް ފްރެންޑެއް އުޅޭނެ ފުލުހުގެ މަތީ މަގާމެއްގައި…..ޔޫ ނޯ….ވީ އާރ ވަން ސްޓެޕް އަވޭ ފްރޮމް ހާރ….” ނަބީހު ބުނެލިއެވެ.

“ބައްޕާ! ދެދެން ކިހިނެއް ހަނދާނީ….” ނަވީން ނަބީހުގެ ފައިބުޑަށް ތިރިވިއެވެ. “އޭރު ވެސް ނުފެނުނު ހަގީގަތެއް ދެން ވެސް ނުފެންނާނެ….ނަވީނަށް ހީވޭތަ ބައްޕަގެ މަގާމާއި ޝަޙުޞިއްޔަތައް އުނިކަމެއް އަންނާނެ ކަމެއް ކުރާނެހެން….” ނަބީހުގެ މޫނުން ވިހަ ހިނިތުންވުމެއް ފެނިލިއެވެ. ނަވީންގެ ހާސްކަން މަޑުމަޑުން ފިލަން ފަށައިފިއެވެ. ހިތްހަމަޖެހެވުނީ ބައްޕަ މިފަހަރު ވެސް ބައްޕަގެ ބާރު ބޭނުންކުރާނެތީއެވެ. ނަމަވެސް އެ ދެމީހުންނަށް ވެސް ނޭނގޭ ކަމަކީ ދާއިމަށް އެއްވެސް ކަމެއް ސިއްރެއްނުވާނެކަމެވެ. ކޮންމެ ވެސް ދުވަހަކުން އެންމެންނަށް ވެސް ހަގީގަތް ފަޅާ އަރާނެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 30

Next

ގާތުގާ… 11

Next
April 14, 2026

ގާތުގާ… 11

Previews
April 14, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 30

One Comment

  1. Your fav bab Your fav bab says:
    April 14, 2026 at 1:16 pm

    Oh so naveen is the culprit!
    Kada kamekey alhe mehek ah udhagoo nukuraathi case reopen kurumuga😭
    Loved this part sm^3💗

Comments are closed.

Next Episodeހަގީގަތަކީ ކޮބައިހޭ؟…16←


All Right Reserved!