Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ސޫރަ

._nonni_. Level 1
April 11, 2026 One Min Read
0 Comments

ކުރީގެ ބައިން….
ނަވީން ކަންބޮޑުވީ މިހާ ދަންވެފަހުށްޓަ ގުޅީމައެވެ.އަވަސް ހިތަކާއިއެކު ހަލޯއޭ ބުނެލިއެވެ.ދެން އިވުނީ ސަލްމާގެ ރުއިމުގެ އަޑެވެ.
*********
ސަލްމާގެ ވާހަކަ އަޑު އިވިފަ ނަވީންއަށް ހުއްޓުން އަރާފަ އިރުކޮޅެއްގަ އަނގައިން އެއްޗެކޭ ނުބުނެވިފަ ހުއްޓެވެ.ސަނާ ނަވީން އަތުން ފޯނު ދަމައިގަތެވެ.އަދި ނަގާ ކަންފަތުގަ ޖަހާލަމުން ހަލޯއޭ ނުބުނެވި އުޅެނިކޮށް ޗާޖު ގޮސްގެން ފޯނު ނިވުނެވެ.ސަނާއަށް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ޔަގީންވެއްޖެ އެވެ.”ނަވީން މަންމައަށް ކިހިނެއްތަވީ؟؟!!”ބުނެބަލާ!!!!!”ސަނާ ރޮއެގަންނަމުން ނަވީން ކޮނޑުގަ ހިފާ ތަޅުވައިގަތެވެ.ސަނާ… މަންމަ އަނެއްކާވެސް މާ ހާލުދެރަވެގެން އައިސީޔޫއަށް ލައިފި..”ނަވީން އިސްޖަހައިގެން އިނދެބުންޔެވެ.ސަނާ ހުރިތަނަށް ތިރިވިއެވެ.ނަވީން ސަނާ ގައިގަހިފެހެއްޓިއެވެ.”ސަނާ ހިތްވަރު ކުރޭ އިރާދަކުރެއްވެއްޖެއްޔާމު ދެރަގޮތެއް ނުވާނެ ….ދެންނުރޮއެ އަވަހަށް ހުއްޓާލާ…”ނަވީން ސަނާ މަސަލަސް ކުރެވޭތޯ ބެލިއެވެ.
*********
ސަނާއަށް އެވަރަށް ރޮވުމުގެ ސަބަބުން ނިދުނެވެ.ނަވީން މަޑުމަޑުން ސަނާގެ ބޯދަށުގަ އޮތް އޭނަގެ އަތް ނެގުމަށްފަހު މަޑުމަޑުން އެނދުން ތެދުވެގެން އަލަމާރިއާ ދިމާލަށް މިސްރާބުޖެހިއެވެ.އަދި މާދަން މަންމަ ކައިރިޔަށް ދާންފުރަން ދެމީހުންނަށް ބޭނުންވާނެ ސަމާނު ނަގާ ރެޑީ ކޮށްލުމަށްފަހު އަލަމާރިމަތިން ފޮށިނެގިއެވެ.އެގަޑީގަ އަލަމާރި މަތިން އެއްޗެއް ވެއްޓުނެވެ.ނަވީން ފޮށިނަގާ ބަހައްޓާލަމުން ވެއްޓުނުއެތި ނެގިއެވެ.އަދި އޭގަހުރި ހިރަފުސްތަށް ފޮހެލި އެވެ.އެއީ ފޮޓޯ އަލްބަމް އެކެވެ.ނަވީން ޝައުގުވެރިކަމާއެކު އޭތި ހިފައިގެން ސޯފާގަ އިށީނެވެ.އަދި ހުޅުވާ ބަލައިލިއެވެ.ހުސްވެސް ބާވެ ކުލަފަންޑުވެފައިފާ ފޮޓޯއެވެ.ސަނާގެ ފޮޓޯއާއި އާއިލާގެ އެކި މީސްމީހުންގެ ފޮޓޯއެވެ.
***********
ނަވީންއަށް ދެން ފެނުނު ފޮޓޯ އަކުން ދެލޯ ކަރުނައިން ފުރުނެވެ.އެފޮޓޯގެ މެދުގަވަނީ ސަނާ އެވެ.އަދި ކަނާތް ފަރާތުގަވަނީ އޭނައެވެ.އަދި ސަނާގެ ވާތް ފަރާތުގަވަނީ ސަނާގެ އެއްމާބަނޑު ދައްތަ އަނާ އެވެ.އެފޮޓޯގައި ސަނާ އިނީ ކެމެރާއަށް ހެވިފައެވެ.ނަވީންއިނީ ސަނާގެ މޫނަށްބަލާށެވެ.އަނާ އިނީ ރުޅިއައިސްސަ އިންނަކަހަލަ ގޮތަކަށެވެ.ނަވީން ކުއްލިއަކަށް އަނާ މަތިން ހަނދާންވިއެވެ.އެދުވަހު އެ ހާދިސާ ނުހިނގި ނަމަ އަނާ މިޔަދު ދުނިޔޭގަ ހުރީހެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

._nonni_.

Level 1

Other Articles

Previous

ހަގީގަތަކީ ކޮބައިހޭ؟…12

Next

ނޭދެން ވަކިވާކަށް – 2 ވަނަ ބައި

Next
April 11, 2026

ނޭދެން ވަކިވާކަށް – 2 ވަނަ ބައި

Previews
April 11, 2026

ހަގީގަތަކީ ކޮބައިހޭ؟…12



All Right Reserved!