ކުރީގެ ބައިން…. ނަވީން ކަންބޮޑުވީ މިހާ ދަންވެފަހުށްޓަ ގުޅީމައެވެ.އަވަސް ހިތަކާއިއެކު ހަލޯއޭ ބުނެލިއެވެ.ދެން އިވުނީ ސަލްމާގެ ރުއިމުގެ އަޑެވެ. ********* ސަލްމާގެ ވާހަކަ އަޑު އިވިފަ ނަވީންއަށް ހުއްޓުން އަރާފަ އިރުކޮޅެއްގަ އަނގައިން އެއްޗެކޭ ނުބުނެވިފަ ހުއްޓެވެ.ސަނާ ނަވީން އަތުން ފޯނު ދަމައިގަތެވެ.އަދި ނަގާ ކަންފަތުގަ ޖަހާލަމުން ހަލޯއޭ ނުބުނެވި އުޅެނިކޮށް ޗާޖު ގޮސްގެން ފޯނު ނިވުނެވެ.ސަނާއަށް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ޔަގީންވެއްޖެ އެވެ.”ނަވީން މަންމައަށް ކިހިނެއްތަވީ؟؟!!”ބުނެބަލާ!!!!!”ސަނާ ރޮއެގަންނަމުން ނަވީން ކޮނޑުގަ ހިފާ ތަޅުވައިގަތެވެ.ސަނާ… މަންމަ އަނެއްކާވެސް […]
އަނދިރި މަގުތަކުން ލާފަ ސަނާ ބާރަށް ދުވަމުން ދުވަމުން ގޮސް ވަލަށް ވަދެވުނެވެ.ދުވަމުން ވެސް ސަނާ އަށް ފަހަތަށް ބެލެނީ އެ ކަޅު ބޮޑު ހިޔަނި އޭނާ ފަހަތުން އަންނާތީ އެވެ.ދުވަމުން ދަނިކޮށް ނިކަގަހުގެ މޫގަނޑެއްގަ އަޅައިގަނެގެން ވަރަށް ބާރަށް ވެއްޓުނެވެ.ސަނާ އަށް ރޮވުނެވެ.ވީތަދަކުން ނޫނެވެ.ގަނެފައިވާ ބިރެއްގެ ބޮޑުކަމުންނެވެ.ސަނާ މަޑުމަޑުން މޫނު އަނބުރާލިއެވެ.އެބިޔަ ކަޅުހިޔަނި އޮތީ އޭނާއާ ދިމާލަށް ގުދުވެގެން އޭގެ ބޮޑު އަނގަ ސަނާއާ ދިމާލަށް ހުޅުވަގެންނެވެ. ********** ސަނާއަށް ސިއްސައިގެންގޮސް ނިދިންހޭލެވުނެވެ.އަދި ވަރަށް ބާރަށް […]