Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ސޫރަ/ޕާޓް1

._nonni_. Level 1
March 30, 2026 One Min Read
3 Comments

އަނދިރި މަގުތަކުން ލާފަ ސަނާ ބާރަށް ދުވަމުން ދުވަމުން ގޮސް ވަލަށް ވަދެވުނެވެ.ދުވަމުން ވެސް ސަނާ އަށް ފަހަތަށް ބެލެނީ އެ ކަޅު ބޮޑު ހިޔަނި އޭނާ ފަހަތުން އަންނާތީ އެވެ.ދުވަމުން ދަނިކޮށް ނިކަގަހުގެ މޫގަނޑެއްގަ އަޅައިގަނެގެން ވަރަށް ބާރަށް ވެއްޓުނެވެ.ސަނާ އަށް ރޮވުނެވެ.ވީތަދަކުން ނޫނެވެ.ގަނެފައިވާ ބިރެއްގެ ބޮޑުކަމުންނެވެ.ސަނާ މަޑުމަޑުން މޫނު އަނބުރާލިއެވެ.އެބިޔަ ކަޅުހިޔަނި އޮތީ އޭނާއާ ދިމާލަށް ގުދުވެގެން އޭގެ ބޮޑު އަނގަ ސަނާއާ ދިމާލަށް ހުޅުވަގެންނެވެ.
**********
ސަނާއަށް ސިއްސައިގެންގޮސް ނިދިންހޭލެވުނެވެ.އަދި ވަރަށް ބާރަށް މަންމާއޭ ކިޔާ ރޮއެގަތެވެ.ކައިރީގަ އަރާމުނިންޖަކުން ނިދާފައޮތް ނަވީންއަށް ހޭލެވުނީ ސަނާ ރޮއެގަތް އަޑަށެވެ.ނަވީން ބެޑް ސައިޑް ޓޭބަލް މަތީގަހުރި ލޭމްޕްއަށް އަތް ފޯރުކޮށްލާފަ ސުވިޗް އޮންކޮށްލިއެވެ.އަދި ސަނާ ކައިރީގަ ވީގޮތް އަހަމުން އޭނާ ގަޔާލާބޮނޑި ކޮށްލަމުން ބޮލުގަ މަޑުމަޑުން ފިރުމާލިއެވެ.”ދޮނޫ ކިހިނެއްވީ…؟؟އަނެއްކާ ހަމައެކަހަލަ ހުވަފެނެއް ފެނުނީތަ…!؟؟”ނަވީން އޭނަގެ ލޯބިވާ އަންހެނުންގެ ބުރަކަށީގައި ފިރުމާލަމުން ނުތަނަވަސްވެފަ އަހާލިއެވެ.ސަނާ ނޭފަތް ދަމާލަމުން ބޯ ޖަހާލިއެވެ.
**********
މީ މިހާރު ސަނާއަށް ތަކުރާރުކޮށް އެއްހުވަފެނެއް ފެންނަތާ 3ވަނަ ރެޔެވެ.ކުށްލިޔަކަށް ދެމީހުން ވެސް ސިއްސައިގެން ދިޔައީ ސަނާ ފޯނު ރިންގުވާ އަޑަށެވެ.ގުޅަނީ ސަލްމާ އެވެ.ސަލްމާއްތަ އަކީ މީގެ 10 އަހަރުންސުރެ މިޔަދާއި ހަމަޔަށް ސަނާގެ ބަލި މަންމަ ބަލަން ގޭގެ އުޅޭ 45އަހަރުގެ ހީވާގި،ގެވެހި އަންހެނެކެވެ.ނަވީން ކަންބޮޑުވީ މިހާ ދަންވެފަހުށްޓަ ގުޅީމައެވެ.އަވަސް ހިތަކާއިއެކު ނަވީން ފޯނުނަގާ ކަންފަތުގަ ޖަހާލަމުން ހަލޯއޭ ބުނެލިއެވެ.ދެން އިވުނީ ސަލްމާގެ ރުއިމުގެ އަޑެވެ.
*********

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

._nonni_.

Level 1

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 15 & 16

Next

ހަގީގަތަކީ ކޮަބއިހޭ؟…5

Next
March 30, 2026

ހަގީގަތަކީ ކޮަބއިހޭ؟…5

Previews
March 30, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 15 & 16

3 Comments!

  1. Lamtty Lamtty says:
    March 30, 2026 at 1:44 pm

    Reethi ❤️ keep it up

    1. ._nonni_. says:
      March 30, 2026 at 2:40 pm

      🫶🫶

  2. somebody says:
    March 30, 2026 at 6:28 pm

    Real nonni????????

Comments are closed.

Next Episodeސޫރަ/ޕާޓް1←


All Right Reserved!