Skip to content
އެސްފިޔަ

ވާތީ ހިތަކު ލޯބި މަންމަންވެފާ 19

Listen to this story Audio · 5:43 Powered by Esfiya Voice
0:00 5:43

ދެލޮލުން ކަރުނަ ފުހެލަމުން ލަޝްކާ ހަމަ ޖެހިލިއެވެ. މިއަދު ރޯކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާ ބޭނުން ވަނީ މިއީ އޭނާ ނުރޮއެ ހޭދަ ކުރާ ފުރަތަމަ އުފަންދުހަށް ވާށެވެ. ނަމަވެސް ކޮޓަރިން ނިކުތުމާއި އެކު ފެނުން މަންޒަރުން އަނެއްކާވެސް ލަޝްކާގެ ދެލޯ ކަރުނުން ފުރި ބާރުވިއެވެ.

(22 ވަނަ ބައި)

ސިޓިންގ ރޫމްގެ ބިންމަތި ވަނީ ރަން ކުލަޔާއި މުށި ކުލައިގެ ހަންތަކުން ފުރާލާފައެވެ. ސޯފާ ކައިރީ އިން ކުޑަ މޭޒު މަތީގައި ކޭކެއް އިން އިރު ފާރު ކައިރީގައި ރަން ކުލައިގެ “ބަބްލް ލެޓާރ ބެެލޫން” އިން ނަންބަރު 18 ޖަހާފައި އިނެވެ. ރަތް ކުލައިގެ ފިނިފެންމާ ތަކެއް ހުރި ބޮޑު މާ ބޮނޑިއެއް ހިފައިގެން އިން ދާއިޔަލް ލަޝްކާ ފެނުމުން ކޮޅަށް ތެދުވިއެވެ.

“ހެޕީ ބާތްޑޭ” ލަސް ހިނގުމުގައި ގޮސް ލަޝްކާ ކުރިމަތީގައި ހުއްޓެމުން ދާއިޔަލް ބުނެލިއެވެ. އޭރު ހުއްޓުމެއް ނެތި ލަޝްކާގެ ދެލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ނަމަވެސް އެއީ އުފާވެރި ކަމުގެ ކަރުނައެވެ. “އަޅޭ ކީއްވެތަ ތި ރޮނީ؟ ދެން ނުރޮއެބަ” ލަޝްކާގެ ކޯތާފަތުގައި ހުރި ކަރުނަތައް ފުހެލަ ދެމުން ދާއިޔަލް ބުނެލިއެވެ.

“މި… މިއީ ލަޝްއަށް ތަ؟…” ލަޝްކާ އަހައިލިއެވެ. “ޔެސް… މިއީ ލަޝްއަށް. ދާއިއަށް އިނގޭ މިއީ ލަޝްއަށް އާ ކަމެއްކަން. އެކަމަކު… ދެން މިކަހަލަ ކަންކަން މިއީ ލަޝްގެ ހަޔާތަށް އާންމު ކަމަކަށް ވާނެ. ލަޝްގެ ހަޔާތުގެ ކޮންމެ ދުވަހަކީވެސް މިއަދުން ފެށިގެ ހާއްސަ ދުވަހެއް” ލަޝްކާއަތަށް މާ ބޮނޑި ދިއްކޮށްލަމުން ދާއިޔަލް ބުނެލިއެވެ.

ލަޝްކާ މާ ބޮނޑީގައި ހިފިއެވެ. އަދި ކަރުނަ ވީ ދެލޮލުން ދާއިޔަލްއާއި ދިމާލަށް ބަލައިލިއެވެ. “ހަ… ހަމަ… ހަމަ އެހާ… އެހާ ލޯބިވޭތަ…؟” ލަޝްކާއަށް އަހާލެވުނީ އަޅައަޅައިގަންނަމުންނެވެ. “ޔެސް… ވަރަށް ވަރަށް ލޯބިވޭ. ތިއީ ދާއިގެ ފުރާނަ. ދާއިގެ ދިރިހުރުން. ލަޝްއަށްޓަކާ މުޅި ދުނިޔެވެސް ދޭން ބޭނުން. ދާއި ލަޝްދެކެ ވަރަށް ލޯބިވޭ” މިފަހަރު ދާއިޔަލްގެ ލޮލުގައިވެސް ކަރުނަތައް ބަބުޅައިގަތެވެ. އެދެލޮލުން ލަޝްކާއަށްޓަކައިވީ ލޯބި ވަރަށް ސާފުކޮށް ފެންނަމުން ދިޔައެވެ.

“ލަޝް ވެސް…” ކަރުނައިގެ ތެރެއިން ހިނިތުންވެލަމުން ލަޝްކާ ބުނެލި ޖުމްލައާއި އެކު ދާއިޔަލްގެ ދެލޯ ބޮޑު ވިއެވެ. “އަދި… އަދި އެއްފަހަރު” ޝަހާދަތް އިނގިލި ދައްކާލަމުން ދާއިޔަލް ބުނެލިއެވެ. “ލަޝް ވަރަށް ލޯބިވޭ ދާއިދެކެ” ހިނިތުންވެލަމުން ލަޝްކާ ބުނެލިއެވެ. ވީ އުފަލާއި އެކު ދާއިޔަލްއަށް ހަމަ ރަނގަޅަށް ރޮވުނެވެ. ލަޝްކާގެ އިސްބޮލުގައި ހިފާ އޭނާގެ ނިތަށް ވަރަށް ލޯބިން ބޮސް ދިނެވެ.

“ދެން ހިނގާ ދޯ ކޭކު ފަޅަން؟” ލަޝްކާގެ އަތުގައި ހިފާލަމުން ދާއިޔަލް ބުނެލިއެވެ. ހިނިތުންވެލަމުން ލަޝްކާ ވެސް އޭނާގެ އަތަށް ބާރު ކޮށްލިއެވެ. ލޯބިވެރިންގެ ލިސްޓަށް އަލަށް މި ވައިން ދެލޯބިވެރިން ގޮސް ސޯފާގައި އިށީނެވެ. ލަޝްކާ ކޭކު ފެޅުމުން ދާއިޔަލް އެ ކޭކު ކޮޅު ނަގާ އޭނާއަށް ލަވައިދިނެވެ. ލަޝްކާ ވެސް ދާއިޔަލްއަށް ކޭކު ކޮޅެއް ލަވައިދިނެވެ.

ލަޝްކާގެ ތިރީ ތުންފަތުގައި އައިސިން ކޮޅެއް ހޭކުމާއި އެކު ދާއިޔަލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ދެލޯ މަރާލަމުން އޭތި ކޮޅު ދާއިޔަލް ބޯލިއެވެ. ވަގުތުން ގައިން ލަދުން ލަޝްކާ މޫނުގައި އަތް އެޅިއެވެ.

“ހެހެ އަދި ނުވޭ މޫނުގަ އަތް އަޅާކަށް އިނގޭ؟ އަދި އެބަ އިން އެހެން ސަޕްރައިޒްއެއްވެސް” ދާއިޔަލް ތެދުވަމުން ބުނެލިއެވެ. އަދި ލަޝްކާ ކުރިމަތީގައި އެއްކަކޫ މައްޗަށް ތިރިވެލިއެވެ. “ލަޝް… ދާއިއަކަށް ނޭނގެ ކޮން އިރަކު ކިހިނެތް ކަމެއްވެސް ދާއިއަށް ލަޝްދެކެ ލޯބިވެވުނީކީ. ފުރަތަމަ ރަޝާ ކަންކުރާ ގޮތް އެނގުނީމަ ހީކުރީ އެއީ ހަމްދަރުދީ ކަމަށް. އެކަމަކު… ފަހުން އިނގެން ފެށީ އެއީ ލޯބިކަން. ދެން ދާއި ބަލަން ބޭނުންވީ ކީއްވެތޯ ލަޝް އަމިއްލަ ނަފްސަށް އެހާ ނަފްރަތް ކުރަނީ. ލަޝްގެ ހާލަތު އެނގި ދާއިގެ ހިތް ހަލާކުވި.. ބޭނުންވީ އެ އަނިޔާވެރި ކަމުން ލަޝް ސަލާމަތް ކުރަން. މިއަދު އެކަން ވެއްޖެ. ދެން ދާއިގެ މުޅި ދިރިއުޅުން ލަޝްއަށްޓަކާ ރަނގަޅު މީހަކަށް ވާން ބަދަލު ކުރީ. ނަމާދު ކޮށް އަންހެން ކުދިންނާއި އެކު ސަކަރާތް ޖެހުން ހުއްޓާލީ. ލަޝް ނޫން އެހެން އެއްވެސް އަންހެނަކާ މިހާރު ދާއި ވައިވެސް ނޭޅެން. ލަޝް ވެސް ދާއިދެކެ ލޯބިވާކަން ދާއިއަށް މާ ކުރިންވެސް އިނގޭ. މި ސުވާލު ކުރަން ދާއި މި އިންތިޒާރު ކުރީ ލަޝްއަށް 18 އަހަރު ވަންދެން.. ދެން ދާއި ބޭނުންވަނީ މިސުވާލު ކުރަން. ލަޝް. ދާއިއާއި ކައިވެނި ކުރާނަންތަ؟ ވިލް ޔޫ ކޮމްޕްލީޓް ހާފް މައި ޑީން؟” ލޯބިން ފުރިގެންވާ ރާގުގައި ދާއިޔަލް އަހައިލިއެވެ.

“އައި ވުޑް ބީ ހެޕީ ޓު” ވާ އަތް ދިއްކޮށްލަމުން ލަޝްކާ ބުނެލިއެވެ. ދާއިޔަލް އުފާވެލާފައި ލަޝްކާގެ ވާ އަތުގައި އޭނާ ގައިން ރިހި އަނގޮއްޓި އަޅުވާލަދިނެވެ. “ވަރަށް ލޯބިވޭ” ދާއިޔަލްގެ ހަށިގަނޑުގައި ބައްދާލަމުން ބުނެލިއެވެ. “ދާއި މާ ލޯބިވޭ” ލަޝްކާގެ ބޮލު މެދުގައި ބޮސްދެމުން ދާއިޔަލް ބުނެލިއެވެ.

ނިދިފައި އޮތް އެޒިކިއެލްއަށް ހޭލެވުނީ ފޯނު ރިންގުވާން ފެށި އަޑަށެވެ. ރަނގަޅަށް ދެލޯ ނުވެސް ހުޅުވެނީސް އެޒިކިއެލް ފޯނު ނެގިއެވެ. ކާކުތޯ ވެސް ބަލާ ނުލައެވެ. ނަމަވެސް އެފަރާތުން ލިބުނު ޙަބަރާއި އެކު އެޒިކިއެލް ކޮޅަށް ޖެހުނެވެ. “ވަޓް؟؟؟”

“ޔެސްސް. ލީރާ ހޭ އަރައިފި. ތި ހޭލައިގެން އާދެބަލަ ދޯ ދެން” އެލާރާ އަވަސް އަވަހަށް ބުނެލިއެވެ. މިދަނީ ކަމަށް ބުނެ އެޒިކިއެލް އަވަސް އަވަހަށް ތައްޔާރު ވެލިއެވެ.

***ކުޑަ އިރުކޮޅެއް ކުރިން***

އައިސީޔޫގައި އޮތް ލީރާ ކައިރީގައިވީ މެޝިން ތަކުގެ އަޑުން މުޅި ކޮޓަރިވަނީ އެއްއަޑު ކޮށްލާފައެވެ. އެއްވެސް ހަރަކާތެއް ނެތިފައި އޮތް ލީރާގެ އަތުގެ އިނގިލި ތަޅުވާލިއެވެ. ދެލޯ މެރިފައި އޮތް އިރު އޭނާގެ ހިތި މާޒީ ފިލްމެއްގެ ސިފައިގައި އޭނާއަށް ފެންނަމުން ދިޔައެވެ. ދެލޯ މެރިފައިވީ ނަމަވެސް ލޮލުގެ ކަނަކުން ކަރުނަ އަންނަމުން ދިޔައެވެ.

***13 އަހަރު ކުރިން***

(ނުނިމޭ)

ތޭވިސްވަނަބައިގެ ތެރެއިން:

“އިމްރާން… އަހަރެން ބަނޑުބޮޑު” އުފަލުން ދެލޮލުން ކަރުނަ އަންނަ ހާލުގައި ލީރާ ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (10)

  1. Jung_su_99

    Maasha allah.
    Mi prt vs varah reethi.
    Lash n dhaai. Aawwnnn.
    They were made for each other.
    ♡♡♡♡♡♡♡
    When next??

    1. shihaamaa ali
      Jung_su_99

      Jazaakallah khairan 🩶🫶🏻
      Ikrr they sooo cutee🥹🥹
      In sha allah next tmrw nyt

  2. Sheex

    Omg wow haadha reechey mi part MA 😻😻😻
    TBH sheex ah rovijje😿😿😿😿
    His words make me had a flashbacks sheex ge past ah 😿😿😿😿😿😿😿😿😿😿😿😿😿😿
    🎊 congratulations 🎊
    Lash have 💯 trust on dhaii 🤞
    That’s true love ⚘️
    I NEED THAT TOOO🙀🙀🙀🙀🙀🙀🙀🙀
    alhey the newly couples ge wedding ge 1st in invitation sheex ah dhww?☺️🤭
    Cw4thenextp!!!💛
    Tc 💛⚘️

    1. Aanaa
      Sheex

      Mi part ves vrh Reethi MA 💗
      Lash and dhaii so cute waaaaaauuuu ❤️
      Kbr thr mikeyyy.. Waiting for the next part…….
      I ah dhw 1st invitation hehe 😅
      Lysm and tc princess 💗

    2. shihaamaa ali
      Aanaa

      Jazaakallah khairan 🩶🫶🏻
      Dhww they soo cuteee.. mikeyy annaane again 24th episode ga.. teeeeeheeeee.. lyt and tc 🩶🫶🏻

    3. shihaamaa ali
      Sheex

      Jazaakallah khairan 🩶🫶🏻
      Awwwwhhhh soooo sorry rovvalevuniima🙁🙁.. in sha allah may allah give u that kind of love🫶🏻
      Heeeeeheeeee stay tuned for nextt.. tc 🫶🏻

  3. Miss rose

    Mi part ves varah reethi. Congrats lashka and dhaaiyal. Leeraa ge mazee akee kobaibaa? Curiously waiting for next part???

    1. shihaamaa ali
      Miss rose

      Jazaakallah khairan 🩶🫶🏻
      Leeraa ge maazy innaany next episode ga🫶🏻 nxt in sha allah maadhan reyy

  4. MaZy

    I cantttt wait to know leera’s past omggg😫😫😫

    1. shihaamaa ali
      MaZy

      You can now read ep23 and find out 🩶🫶🏻

Comments are closed.