Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާތީ ހިތަކު ލޯބި މަންމަންވެފާ 21

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
April 5, 2026 3 Mins Read
6 Comments

“އޭ! އެއީ މައިޓު އިނގޭ؟ ހަހަ. މި ސޮރު މިހުރީ ހަމަ ރަނގަޅަށް ވެސް މި މަންޖެއާއި ހުރެ ދީވާނާ ވެފަ ދޯ؟” ޝަރަފް ދިމާ ކުރާ ރާގެއްގައި ބުނެލިއެވެ. ދާއިޔަލް ހީލާފައި “ގެރޭ” އޭ ބުނެލިއެވެ.

(21 ވަނަ ބައި)

އަވަސް ފަރުވާ ދޭ ކޮޓަރީގައި އޮވެފައި ލީރާ އައި ސީ ޔޫ އަށް ބަދަލު ކުރެވުނުތާ މިހާރު 3 ގަޑި އިރު ވެއްޖެއެވެ. މޮޅުކޮށް އެކްޓު ކުރަމުން އިމްރާން ރޮމުން ރޮމުން އެމަންޒު ފުލުހުނަށް ކިޔައިދެމުން ދިޔައެވެ. ފުލުހުންނާއި އެކު އެތަނުގައި މީކައިލްވެސް ހުއްޓެވެ. މީކައިލްގެ ލޮލުގައިވެސް ކަރުނައިގެ މުތީތައް ވިއެވެ. ސަބަބަކީ އެކަން އެވީ އޭނާ ބަލިކަށިވީ ދުވަސްކޮޅަށް ވުމުންނެވެ. އެކަން ވީދުވަސްކޮޅު ކައުންސެލިންގ ނެގުން ނަމަ މިއަދު ލީރާ ދަންޖެހުމުގެ ހިޔާލު ނުގެންގުޅޭނެ ކަމަށް މީކައިލްއަށް ގަބޫލު ކުރެވުނެވެ.

***6 މަސް ފަސް***

ނިދިފައި އޮތް ލަޝްކާއަށް ހޭލެވުން އިރު އެކޮޓަރި ތެރޭގައި ދާއިޔަލް ހުއްޓެވެ. މޭޒު ކައިރީ ހުރި އިރު މަޑު މުށި ކުލައިގެ ޝޯލްއެއް އިސްތިރި ކުރަން ދާއިޔަލް ހުއްޓެވެ. “ތިޔޯ؟” ދެލޯ ކަހާލަމުން ދާއިޔަލް ކުރެން ލަޝްކާ އަހައިލިއެވެ. ފާއިތުވެ ދިޔަ ހަ މަސް ދުވަސްތެރޭގައި ލަޝްކާއާއި ދާއިޔަލްގެ ގުޅުންވަނީ ބޮޑުތަނުން ރަނގަޅުވެފައެވެ.

“ގުޑް މޯރނިންގ ދޫނީ. އަވަހަށް ތެދުވޭ” ކޮނޑުގައި އަޅުވާފައި އިން ގަދަ މުށި ކުލައިގެ އަބާޔާ ހިފައިގެން ދާއިޔަލް ލަޝްކާ ގާތަށް ދިޔައެވެ. “އަން. ފެންވަރާލައިގެން މި ހެދުން ލާން ދޭބަލަ” އެހެދުމުގައި ލަޝްކާ ހިފުމުން ތައްޔާރު ވުމަށް ބުނެފައި ދާއިޔަލް ކޮޓަރިން ނިކުމެގެން ދިޔައެވެ.

ގޭ ބޭރުގައި އުނދޯއްޔެއްހެން އިން ޖޯލީގައި ތުންކޮޅު އޫކޮށްލައިގެން އިން މިކްޔާއާއި ދިމާލަށް ބަލަން އިން ސަފިއްޔާއާއި މީކައިލް އިނީ އެތެރެއިން ހީލަ ހީލައެވެ. “މަންމާ. އަޅުގަނޑަށް ހީވަނީ މިގެއަށް ކޮރު އިބިލީސް އައިއްސި ހެން. އުޅޭ އަވަހަށް ބާރަށް ބަޤަރާ ސޫރަތް ޖަހަން”

މިކްޔާގެ އަތުގައި އޮތް “ސްކުއިޝީ ބޯލް” އަށް ފިތާލަ ފިތާލަ އިން އިރު ރުޅި އައިސްގެން މޫނަށް ޖައްސާލަ ޖައްސާލަ އިން މަންޒަރު ބަލަން އިން މީކައިލްއަށް އަނގަ މަޑުން ލައިގެން ނީންދެވިގެން އެންމެ ފަހުން ވާހަކަ ދައްކަން ފެށިއެވެ.

“އަސްލުވެސް. މަންމައަށް ވެސް ފެންނަނީ ތިހެން ހަދަން” ހިނިގަނޑު ހިފަހައްޓާލަމުން ސަފިއްޔާ ބުނެލިއެވެ. “ދެން މަންމަވެސް ދޮންބެ ދައްކާ މޮޔަ ވާހަކަތަކަށް ބައިވެރި ވަނީތަ؟” މިކްޔާގެ ރުޅިގަނޑު ހައްތަހާ ގަދަ ވެލިއެވެ.

“އެކަމަކު ވާ ދޯ؟ ބައްޕަ ރޭގަ ވެސް ކީ ވިއްޔާ މިއަދު ގޭގެ މަސައްކަތެއް ކުރަން ގެއިން ކަރަންޓު ކަނޑާލާނަމޭ” މީކައިލް ހެމުން ހެމުން ބުންޏެވެ. “އަޅެ ވަކި އިރެއް ބުނަން ޖެހޭނެ ދޯ؟ އަޅެ ފޯނުގަ ނެތޭ ޗާޖު ވެސް. ދެން މިހެން ފޫހި އަރައިގެން އިންނަތާ 2 ގަޑި އިރު ވީ” އަތުގައި އޮތް “ސްކުއިޝީ ބޯލް” އަށް ބާރަށް ފިތާލަމުން މިކްޔާ ބުންޏެވެ.

“ސާބަހޭ މިކްޔާ. މިހާރު މިކްޔާއަށް ތިހުރީ 19 އަހަރުވެފަ. އަދިވެސް ހާދަ ބޭބީ އޭ ދޯ؟ މިހާރު ދެން ފޯނާ ވައިފައިއާ ނުލާ އުޅެން ދަސް ކުރަން ވެއްޖެއްނުން؟” އެވަގުތު އެތަނަށް އައި މިރުޝާލް، ނިތުގައި ހުރި ދާތަށް ފުހެލަމުން ބުނެލިއެވެ. “ދެން ބައްޕާ!! ނިމުނީތަ؟” ކުއްލިއަކަށް އުނދޯލިން ތެދުވަމުން މިކްޔާ އަހައިލިއެވެ. “ހޫމްމް. ދެން ދޭބަލަ ތިކުރާ ކަމެއް ކުރަން” ހީލަމުން މިރުޝާލް ބުނެލިއެވެ. މިކްޔާ ގޭތެރެއަށް ދުއްވައިގަތީ ތަނަކަށް ދާން ލަސް ވެގެން ދާ ފަދައިންނެވެ.

ހަމަ ކުޑަ ހިނދުކޮޅެއްގައި އަނެއްކާ މިކްޔާ ދުވެފައި އަޔެވެ. “ބައްޕާ. ވައިފައި ޕާސްވޯޑް ޖަހަން ވެފަ އިނީ. ކޮބާތަ ޕާސްވޯޑަކީ؟” މިކްޔާ އަހައިލިއެވެ. “މިކީ މައުސް، ޓޮމް، ޖެރީ، ސްޕޮންޖް ބޮބް، ސްކޫބީ ޑޫ، ޑޯރާ ދި އެކްސްޕްލޯރާ، ޕިކަޗު1234” މިރުޝާލް އެހެން ބުނުމާއި އެކު މީކައިލްއާއި މިކްޔާ އަޑުން އަޑު ނަގާ ހޭން ފެށިއެވެ.

“ތި ކޮން ކަހަލަ ކޯޑެއްތަ ބައްޕާ؟” ހެމުން ހެމުން މީކައިލް އަހައިލިއެވެ. “ކިހިނެތްތަވީ؟ އަށް ކެރެކްޓާރސް އާ ނަންބަރަކާ ދޯ ޖަހާފަ އޭނީ؟ އެހެނެއް ނޫންތަ ހަދަންވީ؟” ހައިރާން ވެފައި ހުރި މިރުޝާލް އަހައިލިއެވެ. “ނޫން. ހަމަ ރަނގަޅު” ބަނޑަށް ހެމުން ހެމުން މިކްޔާ އެތެރެއަށް ވަނެވެ.

ރީތިވެ ނިމުމުން ލަޝްކާ ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓިލިއެވެ. ލައިގެން ހުރި މުށި ކުލައިގެ ދިގު ހެދުމާއި އެކު އަޅާފައި ހުރި ޝޯލްއިން އޭނާގެ ދޮން މޫނު ފެންނަނީ ވަރަށް ލޯބިކޮށެވެ. އެކުލަ އޭނާގެ ހަންގަނޑަށް ވަރަށްވެސް ގުޅެޔެވެ. ދުވަހަކީ އޭނާގެ 18 ވަނަ އުފަންދުވަހެވެ. މުޅި އުމުރުގައިވެސް އޭނާގެ ހަޔާތުގައި އުފަންދުވަހު ހާއްސަ ހެދުމެއް ލީ ދުވަހެވެ. ލަޝްކާގެ ކުޑަކުޑަ ދެލޮލުގައި ކަރުނައިގެ މުތީތައް ބަބުޅައިގަތެވެ. ހަގީގަތުގައިވެސް ދާއިޔަލް އޭނާދެކެ ލޯބިވަނީތާއެވެ. ދުވަހަކުވެސް ލަޝްކާގެ ހުއްދައާއި ނުލާ އޭނާ ގައިގައި އަތްވެސް ނުލައެވެ. އެތަނުގައި ލަޝްކާ ހުންނަތާ މިހާރު 7 މަސްވީއެވެ. ނަމަވެސް ގޯސް އެއްވެސް ކަމެއް ދާއިޔަލް ކޮށްފައި ނެތެވެ. ފެނިފައިވީ އަޅާލުމެވެ. ލޯތްބެވެ. ކުލުނެވެ. އޯގާތެރިކަމެވެ. އެއީ ލަޝްކާގެ ހަޔާތުގައި ދުވަހަކުވެސް ލިބުން އެއްޗެއްސެއް ނޫނެވެ.

ދެލޮލުން ކަރުނަ ފުހެލަމުން ލަޝްކާ ހަމަ ޖެހިލިއެވެ. މިއަދު ރޯކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާ ބޭނުން ވަނީ މިއީ އޭނާ ނުރޮއެ ހޭދަ ކުރާ ފުރަތަމަ އުފަންދުހަށް ވާށެވެ. ނަމަވެސް ކޮޓަރިން ނިކުތުމާއި އެކު ފެނުން މަންޒަރުން އަނެއްކާވެސް ލަޝްކާގެ ދެލޯ ކަރުނުން ފުރި ބާރުވިއެވެ.

(ނުނިމޭ)

ބާވިސްވަނަބައިގެ ތެރެއިން:

ރަނގަޅަށް ދެލޯ ނުވެސް ހުޅުވެނީސް އެޒިކިއެލް ފޯނު ނެގިއެވެ. ކާކުތޯ ވެސް ބަލާ ނުލައެވެ. ނަމަވެސް އެފަރާތުން ލިބުނު ޙަބަރާއި އެކު އެޒިކިއެލް ކޮޅަށް ޖެހުނެވެ. “ވަޓް؟؟؟”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ގޮތް ހުސްވެފައި ހުރީމޭ… 3

Next

ބަދަލް-8

Next
April 5, 2026

ބަދަލް-8

Previews
April 5, 2026

ގޮތް ހުސްވެފައި ހުރީމޭ… 3

6 Comments!

  1. Jung_su_99 says:
    April 5, 2026 at 8:37 pm

    Maasha allah.
    Mi prt varah reethi.
    Curiously waiting for next ep.
    When next??
    Lysm♡

    1. shihaamaa ali shihaamaa ali says:
      April 5, 2026 at 9:28 pm

      Jazaakallah khairan 🩶🫶🏻
      Stay tuned for next in sha allah maadhamaa rey.. ilyt🩶🫶🏻

  2. Miss rose says:
    April 5, 2026 at 9:52 pm

    Mi part ves varah reethi. Best wifi password in the world mikya mengeyga . lashkaa ah fenunee koacheh baa? Rashaa mihaaru keebbaa kuranee? Curiously waiting for next part??

    1. shihaamaa ali shihaamaa ali says:
      April 5, 2026 at 10:36 pm

      Jazaakallah khairan 🩶🫶🏻
      Asluvess fakka pass eh dhw😂😂
      Lashkaa ah fenunii kwhchehkkan ingeyne next episode ga.. stay tuned.. in sha allah next soon.. Rashaage part eh annaany dhn thankolheh fahun.. 🫶🏻

  3. Sheex says:
    April 6, 2026 at 1:38 pm

    Wow MA V reethi ⚘️
    Alhey haadha lahakunney sheex ah mi part Mi kuyunee 😿🥀
    Wow gurl salhi pass eh egy🤭🤭
    so sheex dhen pass badhalu kuranyaamu mi pass badhal kuraanee🤩
    “Mickey mouse, tom, jerry ,sponge bob, scooby doo ,dora the Explorer ,pickachu 1234” so ICONIC 😂😂😂
    Cool dad eh 🥹
    Sheex heekuree lashkaa marry kuranee kamah 🙀
    If I was her mi haaruves I’m willing to marry him 😽
    Can’t wait for the next part ☺️
    Tc💛

    1. shihaamaa ali shihaamaa ali says:
      April 6, 2026 at 2:32 pm

      jazaakallah khairan 🩶🫶🏻
      hehe it’s alright.. dhww asluvess majaa pass eh😭🤣 handhaaneh nunetheyne iraadha kurehvihyya e pass eh haha..
      hehehehehe let’s see dhww dhenn.. next episode ga ingeyne lash ah fenunii kwhcheh kann.. stay tuned for nextt.. tc 2 🫶🏻

Comments are closed.

Next Episodeވާތީ ހިތަކު ލޯބި މަންމަންވެފާ 22←


All Right Reserved!