Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާތީ ހިތަކު ލޯބި މަންމަންވެފާ 19

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
April 3, 2026 3 Mins Read
2 Comments

“ތިހެން މާ ހެނދުނާ އަންނާތީ ޒާލާ ޝައްކެއް ނުކުރޭތަ؟” އަކްނާންގެ އަތުތެރޭގައި އޮވެ، އޭނާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ނަހާތު އަހައިލިއެވެ. އެނދުގައި އޮށޯވެގެން އޮތް އިރު ދެމީހުންގެ މޭމައްޗާއި ހަމައަށް ފޮތިގަނޑު އަޅައިގެން އޮތް އިރު ދެމީހުން ލައިގެން ހުރި އެއްޗެހި ބިންމަތީގައި ހުއްޓެވެ. “ހެޔޮ ޝައްކު ވިޔަސް. މިހާރު ހަމަ އަބަދުވެސް ބޭނުންވަނީ ނަހާ ކައިރިީ އޮންނަން” ނަހާތުގެ ތުންފަތައް ލޯބި ކޮށްލަމުން އަކްނާން ބުނެލިއެވެ.

(19 ވަނަ ބައި)

“ހޫމްމްމް. އަހަރެންދެކެ ލޯބިވާ ވަރުން ދޯ ޒާލާ ވަރި ނުކުރެވިގެން ތިއުޅެނީ؟” ކަޅި އަނބުރާލަމުން ނަހާތު ތެދުވެ އިށީނެވެ. “ދެން އަޅޭ. އަދި ނެތެއްނުން ނުބުނެވިފައެއް. ބުނާނަމޭ. ޕްރޮމިސް” އަކްނާންވެސް ތެދުވެ އިށީނެވެެ.

“އެންމެ ރަނގަޅު. އަދިވެސް ޒާލާއާ އެކީގަ ސްލީޕް ކުރަންތަ؟” ނަހާތު ބަލައިލީ ސީދާ އަކްނާންގެ ލޮލަށެވެ. “ނަހާ ކުރިން ބުނީމެއްނުން އަދި ޒާލާއަށް ޝައްކު ނުވާހެން އުޅޭށޭ؟ އެހެންވެ ޔާ. ކުރަން” އަކްނާންގެ ޖަވާބާއި އެކު ނަހާތު ހިތްހަމަ ނުޖެހުނެވެ. “ކޮން އިރަކު އެންމެ ފަހުން ކުރީ؟” ފޫހި ރާގެއްގައި ނަހާތު އަހައިލިއެވެ.

“ހެހެ ނަހާ ޖޭ ވީތަ؟ ހަމަ ޖެހިބަ ދޫނީ. މިހާރު 2 ހަފްތާ ވަރު ވެދާނެ ނުކުރާތާ. ނުވޭ މިހާރު ކުރާ ހިތެއްވެސް. ފޫހި މީހާ ގަނޑެއް” އަކްނާންގެ ޖަވާބާއި އެކު ނަހާތު ހިތްހަމަ ޖެހުނެވެ. ވަރަށް ލޯބިން އަކްނާންގެ ހަށިގަނޑުގައި ބައްދާލިއެވެ.

“ހެހެ. އަންނާނަން މިއަދު މެންދުރު. ދެން މިދަނީ އިނގޭ؟” ނިއްކުރި މަތީގައި ހުރި ދާތަށް އަތުން ފުހެލަމުން އަކްނާން ތެދުވިއެވެ. “ތިހެންތަ ދެން ދަނީ؟ ހިނގާމަ ނަހާއާއި އެކު ފެންވަރާލަން.” ދެއަތް ފުޅާ ކޮށްލަމުން ނަހާތު ބުނެލިއެވެ. ހިނިތުންވެލާފައި އަކްނާން ނަހާތުގެ ހަށިގަނޑު އުފުލާލަމުން ދެމީހުން އެކުގައި ފާހާނާއަށް ވަނެވެ.

ފާހާނާ ތެރޭގައި ވަގުތުތައް ގުނާލަ ގުނާލަ ހުރީ ޒާލާ ހުރީ ކެތްމަދުވެފައެވެ. ވަގުތުތައް ގުނަމުން ގޮސް ވަގުތު ހަމަ ވި ކަމަށް ފޯނު އެލާމު ވިއެވެ. އަވަސް ކަމާއި އެކު ގޮސް ނެގި ޓެސްޓު ކިޓުގައި އިން ނަތީޖާ ފެނުމާއި އެކު ޒާލާގެ މޫނުމަތީގައިވީ އިހުސާސްތައް ބަދަލު ވެގެން ދިޔައެވެ.

ބަސްބުނާހާ ކުޑަ ހިނދުކޮޅެއް ތެރޭގައި ޒާލާގެ ލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަން ފެށިއެވެ. ހިތުގައި އުފެދުނު ހަމަ އެކަނި ހުޅުކޮޅުގެ އަލިކޮޅު ވެސް ނިވުން ކަހަލަ އިހުސާސެއް ކުރެވުނެވެ. ބަނޑުބޮޑު ނޫން ކަމަށް ދައްކާފައި އިން ޓެސްޓު ކިޓު ނެގި އިރު ޒާލާގެ އަތް ތުރުތުރު ލަމުން ދިޔައެވެ. ހިތުގައި ވޭން އަޅަމުން ދިޔައީ ކެއްނުވާ ވަރަށެވެ. އަތާއި އެއްވަރަށް ތުންފަތްވެސް ހުއްޓެމެއް ނެތި ތުރުތުރުލަމުން ދިޔައެވެ. އެހިތަށް މިއަދު ވަރަށް އަނިޔާ ވެއްޖެ ކަން ކަށަވަރެވެ.

ހަމަ އެވަގުތެވެ. ކައުންސެލިންގ ނަގާ ކޮޓަރި ތެރޭގައި އިން މީކައިލްގެ ނަޒަރު ހުއްޓިފައި ވަނީ ކުރިމަތީގައި އިން ގިސްލަ ގިސްލާފައި ރޮމުން ދިޔަ ލީރާއަށެވެ. މީކައިލް އިންތިޒާރު ކުރަމުން ދިޔައީ ލީރާގެ ރުއިން ހުއްޓި، ވާހަކަ ދައްކާލާނެ ހިތްވަރު ލިބޭނެ ވަގުތަކަށެވެ.

“މި… މިހާރު… މިހާރު އެއްމަސް ވެއްޖެ… ލަޝް ގެއްލުނު ފަހުން…” މޭޒު މަތީގައި އިން ޓިޝޫ ފޮށިން ޓިޝޫއެއް ނަގަމުން ލީރާ ނޭފަތް ފޮޅާލަމުން ވާހަކަ ދައްކަން ފެށިއެވެ. “ލަޝް ނޭނގެ ވީ ކޮންތާކު ކަމެއްވެސް. ކައިގެން ބޮއެގެން ކަމެއްވެސް ނޭނގެ. ހެޔޮވާނީ ކިހިނެތް؟ އެފަކީރު… ހާދަ އެކަނިވެރިވާނޭ… އަހަރެން މިއީ ކިހާ ނުލަފާ މަންމައެއް؟ މަށަށް މަގޭ ދަރި ރައްކާތެރި ނުކުރެވުން… މިހާރު… އެދަރިފުޅު އެވަނީ ގޮތްނޭނގޭ ނުލަފާ މީހަކު ރަހީނު ކޮށްފަ…” ލީރާ އަނގަ މަތީގައި އަތް އެޅި ނަމަވެސް އެ ގިސްލުމުގެ އަޑު މީކައިލްއަށް އިވުނެވެ.

“އެއީ ރޭގަނޑު ނިދާފަ އޮށްވައެއްނުން؟ ދެން ކީއްވެ ލީރާގެ ކުށެކޭ ތިބުނީ؟” އެސުވާލަށް ދޭނެ ޖަވާބެއް ލީރާއަކަށް ނޭނގުނެވެ. ހަމަ އެކަނި ކޮނޑު އަރުވައިލީ އެހެންވެގެންނެވެ. “ފުލުހުން ކީކޭ ބުނަނީ؟” މީކައިލް އަހައިލިއެވެ. “އަދި ނޭނގެ. ވަރަށް މަސައްކަތް ކުރަމުން ދިޔައީ…” ލީރާ ބުނެލިއެވެ.

ލީރާގެ ސެޝަން ނިމުމާއި އެކު މީކައިލް ނިކުތީ އިންޓަވަލްއަށް ދިޔުމަށެވެ. އެވަގުތު އިންތިޒާރު ކުރާ ގޮނޑީގައި އިން ވިވިއަން މީކައިލްގެ ލޮލުގައި އަޅައިގަތެވެ. “އެންމެ ފަހުން ސައިކޮލޮޖިކަލީ ޓެސްޓެއް ހަދަން ނިންމާލީ ދޯ؟ ރަނގަޅު އިނގޭ” ވިވިއަން ގާތުގައި އިށީންނަމުން މީކައިލް ބުނެލިއެވެ.

“ހޫން. މީކައިލްނުން ދައްކަންވީ؟ މީކައިލް ވިއްޔާ މުސްކުޅި ވީ އިރުވެސް އަދިވެސް ގާ އުކަނީ” ހީލަމުން ވިވިއަން ބުނެލިއެވެ. “ހަހަ. އަސްލު ކީއްކުރަންތަ ތިއައީ؟” މީކައިލް އަހައިލިއެވެ. “ވިވީގެ ރައްޓެއްސެއްގެ ދަރިފުޅު އަންނާނެ މިތަނަށް. އޯޓިޒަމް ކުއްޖެއް. އެކުއްޖާ ބަލާ އައިސް މީނީ” ވިވިއަން ބުނެލިއެވެ. “ހެހެ އެހެންތަ؟ އައި ވުޑް ވެއިޓް، އެކަމް ވަރަށް ބަނޑުހައިވެފަ މީނީ” ބަނޑުގައި އަތް ހާކާލަމުން މީކައިލް ބުނެލިއެވެ. “ހަހަ އޯކޭ އޭ ދޭބަ ކާން.” ހިނިތުންވެލަމުން ވިވިއަން ބުންޏެވެ.

ޑިއުޓީ ނިންމާފައި ގެއަށް ވައިން އަކްނާންގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. ފޯނުން ނަހާތުއަށް މެސެޖު ކުރަމުން ދިޔަ އިރު ދެކެވެމުން ދިޔައީ ދެން ދިމާވާނީ ކޮން އިރަކާއި މެދު ކަމެވެ.

ކޮޓަރިއަށް ވަނުމާއި އެކު އަކްނާންއަށް ފުރަތަމަވެސް އިވުނީ ޒާލާގެ ރުއިމުގެ އަޑެވެ. އެހެންޏާ ވިއްޔާ އެއަޑަށް ހިތް ހަލާކުވާ އަކްނާންގެ މޫނުމަތިން މިއަދު ފެނުނީ ފޫހި ކަމެވެ.

(ނުނިމޭ)

ވިހިވަނަބައިގެ ތެރެއިން:

“ލީރާ މޮޔަވީތަ؟ ކީއްކުރާނަމޭ ހިތާތަ ތިއުޅެނީ؟؟؟” ކޮޓަރިއަށް ވައިން އިމްރާންގެ މޫނުމަތީގައިވީ އިންތިހާ ރުޅިވެރިކަމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

މެހެކް – ތިންވަނަ ބައި

Next

މުޅި ހިތް ބޭޤަރާރު ވެއްޖޭ-22

Next
April 3, 2026

މުޅި ހިތް ބޭޤަރާރު ވެއްޖޭ-22

Previews
April 3, 2026

މެހެކް – ތިންވަނަ ބައި

2 Comments!

  1. Miss rose says:
    April 4, 2026 at 4:27 am

    Mi part ves varah reethi. alhey aknaan haadha goahey. Zaala preg nuvee keevvebaa? Curiously waiting for next part???

    1. shihaamaa ali shihaamaa ali says:
      April 4, 2026 at 1:19 pm

      Jazaakallah khairan 🩶🫶🏻
      Hehe adhi ingeyne fahun.. stay tuned for next in sha allah tn🫶🏻

Comments are closed.

Next Episodeވާތީ ހިތަކު ލޯބި މަންމަންވެފާ 20←


All Right Reserved!