
އެދިގެން ކަލާ ލިބޭތޯ 60

(60 ވަަނަ ބައި)
“ޖަވާބުދޭށޭ ޔުމްނު..” އިރުކޮޅެއްވަންދެން ހިޒްޔާންގެ މޫޫނަށް ނަޒަރު ހުއްޓާލައިގެން ހުރުމަށްފަހު ޔުމްނު ދުރަށް ހިނގައި ގަތުމާއެކު ހިޒްުޔާން ހަރުކަށިކަމާއިއެކު އިއްވާލަމުން ޔުމްނުގެ އަތުގައި ހިފާ އޭނައާއި ގާތަށްދަމައިގަތެވެ. ޖަވާބެއްދިނުމެއް ނެތި އެހާ ފަސޭހައިން ޔުމްނު ދުރަށްދާކަށް އޭނައަކަށް ދުލެއްނުކޮށްލެވޭނެެއެވެ. ޔުމްނުއަށް ޖެހޭނީ އޭނަގެ ކުރިމަތީގައި ހުރިހާ ކަމަކަށް އިއުތިރާފްވާށެވެ. މިއަދު ޔުމްނުއަށްޓަކައިވެސް އޭނަގެ ހަރުކަށިބައި ދޫކޮށެއްނުލާނެއެވެ.
“ޒޭން… ދަރިފުޅު… ދޮންތަމެން ހޮސްޕިޓަލަށް އިނގޭ މިދަނީ…” ކަރުނުން ފުރެމުންދިޔަ ދެލޮލުން ދެލޯބިވެރީން އެކަކު އަނެކަކުގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިރުކޮޅެއްވާންދެން ތިބިއިރު ކޮޓަރީގެ ދޮރުހުޅުވުނުކަމެއްވެސް ނޭނގުނެވެ. އެ ވަގުތުކޮޅު ޝަޔާދީންގެ އަޑު ކަންފަތުގައި ޖެހިގެންދިޔުމާއިއެކު ހިޒްޔާން ހަމަ ރަނގަޅަށްވެސް ސިހިގެންދިޔައެވެ. އޭނައަށް ވަގުތުން ޔުމްނުގެ އަތުން ދޫކޮށްލެވުނުގޮތަށް ދޮރަށް ފުރަގަސްދެވުނެވެ. އޭނަގެ ޖަވާބަކަށް ޝަޔާދީން އިރުކޮޅެއްވާންދެން މަޑުކޮށްގެންހުރިކަން ފާހަގަވުމުން އޭނަ މަޑުމަޑުން ހޫމްލައްވާލީ ވާހަކަދައްކަނ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.