Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަގީގަތަކީ ކޮަބއިހޭ؟…5

Mysterious Woman Level 310 Stories100 Comments
March 30, 2026 3 Mins Read
0 Comments

ސަހަރާތެރެ ހަލަބޮލިވެފައިވަނީ މިއަދު ނިޔާވި ރާއްޖޭގެ އެންމެ ނުފޫޒުގަދަ ވިޔަފާރިވެރިޔާ ޝިމާލު ޝާފިޒުގެ ޖަނާޒާއޮތުމުންނެވެ. ޝިމާލު ދަންނަ އެންމެ އާދައިގެ މީހާއިން ފެށިގެން ގޮސް ސިޔާސީ ދާއިރާގައި މަތީ މަޤާމުތަކުގައި ތިބޭ މީހުން ވެސް ޝިމާލުގެ މޫނު ބަލަން ގޮސް ތިއްބެވެ. ވާނީ ވެސް އެހެންތާއެވެ. މިއަދު އެތަނަށް ގޮސް ތިބި އެންމެންނަކީ ވެސް ޝިމާލުގެ އެހީތެރިކަން ކޮންމެ ވެސް ގޮތަކުން ލިބުނު މީހުންނެވެ. ޝިމާލުގެ ޖަނާޒާއަށް ގިނަ ބަޔަކު ދިޔައިރު އެއިން ކޮންމެ މީހަކު ވެސް އެތަނުން ނިކުމެގެންދަނީ އާއިލާއަށް ތަޢުޒިޔާގެ ބަސްތަކުން ހިތްވަރުދެމުންނެވެ.

ޝިމާލުގެ މޫނު ފެންނަހެން ބޯލާކޮޅުގައި ހުރި ޝެހެނާޒު ގިސްލާފައި ރޮމުންދަނީ އޭނާގެ ލޯބިވާ ބައްޕަ މި ފަނާވަނި ދުނިޔެއާ އަލްވަދާޢުކީކަން އަދި ވެސް ޤަބޫލުނުކުރެވޭތީއެވެ. އެތަނުގައި ކަރުނަ ނާންނަ އެކަކު ވެސްނެތެވެ. އެންމެ ހިތްވަރުގަދަ ޝަރުއާން ވެސް ހުރީ ބައްޕަގެ ވަކިވެދިޔުމުން ނުހަނު ބޮޑަށް އަސަރުކޮށްފައެވެ. ކިތައްމެ ދެރަވެ މާޔޫސްވިޔަސް ހުރިހާ ކުދިން ވެސް ބެލީ އެ ކުދިންގެ މަންމައަށް ހިތްވަރުދެވޭތޯއެވެ.

އެ އެންމެންނާއި ދުރުގައި އެކަހެރިވެގެން މެހެކް ހުރީ މަންމަ ޝެހެނާޒު ގާތަށް ގޮސް ހިތްވަރުދޭން ނުކެރިފައެވެ. ކާފަ ވަކިވެދިޔަކަމުގެ ހިތާމައިން މެހެކުގެ މުޅި ނަފުސު އެކީ މަރުވިފަދައެވެ. ކާފަ އާއިއެކު ވަގުތު ހޭދަކުރުމަށް އެތައް އަހަރެއް މެހެކަށް ލިބުނެއް ނޫން ހެއްޔެވެ؟ އެންމެ މީހެއްދެކެ އައި ރުޅިން އޭނާގެ ލޯބިވާ ކާފަ އާއި އެތައް މޭލެއް ދުރުގައި ހުންނަން އޭނާއަށް މަޖުބޫރުކުރީ ޙާލަތެވެ. ނަމަވެސް ވަގުތު ފާއިތުވެއްޖެއެވެ. ގެއްލިއްޖެ ވަގުތެއް އަނބުރާ ނުލިބޭނެތާއެވެ.

ތިން މަސް ފަސް

ޝިމާލުގެ ވަކިވެދިޔުމަށް ތިން މަސް ފުރިއްޖެއެވެ. މަޑުމަޑުން އާއިލާގެ އެންމެން ހަމައަކަށް އެޅެމުންދެއެވެ. ނަމަވެސް ޝިމާލު ނެތްކަމުގެ އިހުސާސް ގެއްލިގެނެއްނުދާނެއެވެ. ވަކިވެ އެދިޔައީ މުޅި އާއިލާގެ ބާނީއެވެ. “ރެޒިޑެންސް ވިލާ” ގެ ބާނީއެވެ.

“ރެޒިޑެންސް ވިލާ އަކީ ޝިމާލުގެ މިންނެތް މަސައްކަތުން އިމާރާތްކުރެވުނު ޝާހީ އިމާރާތެކެވެ. އޭނާގެ ދުރު ވިސްނުމުން ފަރުމާކުރެވުނު އިމާރާތެކެވެ. ޝިމާލުގެ ދަރިންނަށް ޓަކައި ބިނާކުރެވުނު އަގުހުރި ތަރިކައެކެވެ. އެ އިމާރާތަކީ ހަ ބުރީގެ އިމާރާތެކެވެ. އެންމެ ތިރީގައި ކާރުތައް ޕާކުކުރުމަށް ގަރާޖެއް ހަދާފައިވެއެވެ. ކޮންމެ ބުރިއެއްގައި ވެސް ބެލްކަންޏެއްވާއިރު އެ ބެލްކަނިތައް ފަޅުފިލުވާލައިފައިވަނީ ތަފާތު ވައްތަރުގެ މާ ޕޮޓުތަކުންނެވެ. ކޮންމެ ބުރިއެއްގައި އެތައް އެޕާޓުމަންޓުތަކެއްވެއެވެ. އެގޮތުން ފުރަތަމަ ބުރީގައި ޝަރުއާނުގެ އާއިލާ އުޅޭ އިރު ދެވަނަ ބުރީގައި ޝުޢައިބުގެ އާއިލާއެވެ. ތިންވަނަ ބުރީގައި ޝަމާއިލުގެ އާއިލާއެވެ. ހަތަރުވަނަ ބުރީގައި ޝަހުދުގެ އާއިލާ އުޅޭއިރު އަދި ފަސްވަނަ ބުރި ޙާއްސަކޮށްފައިވަނީ ޝެހެނާޒަށްށެވެ. އެންމެ މަތީ ބުރިއަކީ ޝިމާލާއި އާލިޔާ ދެމަފިރިންނަށް ޙާއްސަ ބުރިއެވެ. އަދި އިމާރާތުގެ އެންމެ މަތީގައި ޓެރަހެވެ. އެތަން ޙާއްސަކޮށްފައިވަނީ އާއިލާއެކު މަޖާކޮށް އުފާކޮށްލުމަށްށެވެ.

“ރެޒިޑެންސް ވިލާ” ގެ ފަސްވަނަ ބުރީގެ އެންމެ ބިށްދޮށުގައި ހުރި އެޕާޓުމަންޓުގައިވަނީ މަރުފަދަ ހިމޭންކަމެކެވެ. މުޅި އެޕާޓުމަންޓު ތެރެ އަނދިރި ސާލެއް ލެވިފައިވާފަދައެވެ. އެ ކަޅު އަނދިރިކަމުގެ ތެރެއިން ކޮންމެ ވެސްވަރަކަށް އަލިކަމުގެ އަސަރު ފެންނަމުންދަނީ އެތެރޭގައި ހުރި ހުދު ކުލައިގެ ފަރުނީޗަރުތަކުގެ ސަބަބުންނެވެ. މުޅި އެޕާޓުމަންޓުން ވެސް އިވެނީ ސޯފާގައި އޮތް މެހެކުގެ ނޭވާގެ އަޑު އެކަންޏެވެ. ހީވާގޮތުގައި މެހެކް ވަނީ އެ އަނދިރިކަމަށް ހޭނިފައެވެ.

މެހެކްގެ ޚިޔާލުގައި ވަނީ ޝިމާލުގެ އެކިއެކި ހަނދާންތަކެވެ. އެންމެ ފަހުން ޝިމާލު މި ދުނިޔެއަށް ފަހު ނޭވާ ދޫކޮށްލުމުގެ ކުރިން މެހެކަށް އިއްވާލި ބަސްތައް ތަކުރާރުވޭވޭ ހުއްޓެވެ. މީސަމްއަށްވީގޮތުގައި ޝާދިންގެ އަތެއް ނެތް ވާހަކަ ކާފަ އެ ބުނީ ކީއްވެ ހެއްޔެވެ؟ އޭނާގެ ހަމަ ލޮލުން ދެކި އަތުން ހިފީމާ ވެސް ޝާދިންގެ ކުށެއް ނެތްކަން އޭނާވީ ގަބޫލުކުރަން ހެއްޔެވެ؟ މަންމަމެން ވެސް އޭނާގެ ވާހަކަ ގަބޫލުނުކޮށް ޝާދިންއަށް އިތުބާރު ކުރީ ކީއްވެ ހެއްޔެވެ؟ ފައިނާމެން ވެސް ރުޅި އައީ އޭނާދެކެއެވެ. އެންމެ ފަހުން އޭނާ އުޅެބޮޑުވި ގެ އާއި އާއިލާ އާއި އޭނާ އެންމެ ލޯބިވާ މީހުން ދޫކޮށް މާ ދުރަށް ދާން މަޖުބޫރުވީއެވެ. އޭނާ މި ފަސްގަޑު ދޫކޮށް ޔޫކޭގައި ފަސް އަހަރު އުޅެން ޖެހުނީ މީސަމަށް އިންސާފު ހޯދައިދިނުމަށް ޓަކައިއެވެ. އޭނާ އެންމެ ބޭނުންވީ ޑަކުޓަރުކަން ވެސް ދޫކޮށް ލޯޔަރަކަށްވާން ކިޔަވަން ޚިޔާލުކުރީ ވެސް ހަމަ އޭނާގެ ލޯބިވާ ކޮއްކޮއަށް ޓަކައިއެވެ. އޭނާ ޑިޕްރެޝަނަށް ބޭސްކުރާތާ ވެސް ފަސް އަހަރުވެއްޖެއެވެ.

މިފަދަ ޚިޔާލު ތަކެއްގައި އޮތް މެހެކް ސިއްސައިގެން ދިޔައީ ފޯނުގެ ރިންގުގެ އަޑުންނެވެ. ސޯފާ ކުރިމަތީ ހުރި މޭޒުގައި އޮތް ފޯނުނަގާ ގުޅަނީ ކާކުތޯ ބަލާލިއެވެ. ތިއްތިބެގެ ކޯލެއްކަން އެނގުމުން އޭނާ ފޯނުނެގިއެވެ. މުޅި އެ އާއިލާއިން ވެސް އޭނާ އެންމެ ލޯބިވަނީ ތިއްތިބެ ޝަހުދުދެކެއެވެ. އެއީ މުޅި އާއިލާ އިން ވެސް އޭނާގެ ދިފާއުގައި އެދުވަހު ތެދުވީ ޝަހުދެވެ. “ހަލޯ ކޮއްކޯ ކިހިނެއްތަ؟…” ޝަހުދު އަހާލިއެވެ. “ރަނގަޅު..ތިއްތިބެ ގުޅީ ކަމަކުތަ؟” މެހެކް ބުނެލިއެވެ. “މާމަމެން ބަޔަށް އާދެބަ އެންމެން ވެސް އެބަތިބި ކޮއްކޮގެ އިންތިޒާރުގައި….ކާފަގެ ލޯޔަރު ވެސް އެބަ އިންނެވި…ހީވަނީ އެއްޗެއް އިއްވަންހެން އުޅެނީ…” ޝަހުދު ބުނެލިއެވެ. އޯކޭ އޭ ބުނެ މެހެކް ފޯނު ކަނޑާލިއެވެ. މެހެކްގެ އަތްފައި ފިނިވެލީ އަނެއްކާ ވެސް އެ އެންމެން ކުރި މައްޗަށް ދާން ޖެހޭތީއެވެ. ނަމަވެސް ހިތްވަރުކޮށްފައި ދާން ތެދުވިއެވެ.

އާލިޔާގެ އެޕާޓުމަންޓުގައި އެންމެން ވެސް ތިބީ ހިމޭންވެފައެވެ. “އެބަ އާދޭ….” ޝަހުދު އޭނާގެ މަންމަ އާލިޔާ ކައިރީ ބުންޏެވެ. “ކޮބައި ހުރިހާ ކުދިން ހަމަވީމާ ލަސްކުރާނެ ކަމެއްނެތް….އާކިފް” އާލިޔާ އެތަނުން ސޯފާއެއްގައި އިން މެދު އުމުރުގެ ފިރިހެން މީހާ ކައިރީ ބުނެލިއެވެ. އެއީ ޝިމާލުގެ ލޯޔަރެވެ.

އެވަގުތު ބެލް އަޅާލި އަޑުއިވުނެވެ. އެއައީ މެހެކްކަން އެނގުމުން މާމަގެ ހުއްދަ ލިބިގެން ދޮރު ހުޅުވަން ދިޔައީ ނީރާއެވެ. އެޕާޓުމަންޓުގެ ދޮރު ހުޅުވާލި އަޑަށް މެހެކް އިސްއުފުލާލި އެވެ. ކުރިމަތިން އޭނާއާ ބައްދަލުކުރީ ނީރާއެވެ. “ހާއީ….ވަދޭ…” ހިނިތުންވުމަކާއިއެކު ނީރާ ބުނެލިއެވެ. ފިނި ހިނިތުންވުމެއް ނީރާއަށް ދިނުމަށްފަހު މެހެކް ވަނެވެ. އެންމެން އޭނާއަށް ބަލަން ތިބިތަން ފެނުނެވެ. އެންމެން ވެސް އޭނާ ފެނުމުން ހިނިތުންވެލިތަން އޭނާއަށް ފެނުނެވެ. އޭރާ މިހާރާ އެ އެންމެން ވެސް ތަފާތުކަން މެހެކަށް ފާހަގަކުރެވުނެވެ. ނަމަވެސް ވަކިން ހުރި ސޯފާގައި އިން ޝަދާން އިސް އުފުލާ ބަލައި ވެސް ނުލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ސޫރަ/ޕާޓް1

Next

އެ އަންހެން ކުއްޖާ 02

Next
March 30, 2026

އެ އަންހެން ކުއްޖާ 02

Previews
March 30, 2026

ސޫރަ/ޕާޓް1



All Right Reserved!