Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަގީގަތަކީ ކޮބައިހޭ؟… 1

Mysterious Woman Level 310 Stories100 Comments
March 26, 2026 2 Mins Read
4 Comments

2040 ވަނަ އަހަރެވެ. ދުނިޔޭގެ ޗާޓުން ދިވެހިރާއްޖެ ކިތައްމެ ކުޑަކޮށް ފެނުނު ކަމުގައިވިޔަސް މިއަދު ރާއްޖެ އެއީ އެހެން ޤައުމުތަކެކޭ ވެސް އެއްފަދައިން ތަރައްޤީގެ ގޮތުން އެންމެ އުހުގައި ފިޔަޖަހަމުންދާ ޤައުމެކެވެ. ދިވެހި ރައްޔިތުންވަނީ ތަހުޒީބުގެ މަގަށް ލޯހުޅުވިފައެވެ. ޗައިނާ އާއި ލަންޑަން ފަދަ މުއްސަނދި ޤައުމުތަކުގެ އެހީގައި ދިވެހިރާއްޖޭގައި ވެސް ޒަމާނީ ފެންވަރުގެ ޚިދުމަތްތައް ލިބެމުންދެއެވެ. ފެންވަރުގެ ސްކޫލުތަކާއި ހޮސްޕިޓަލުތަކެވެ. ލަގްޒަރީ ފެންވަރުގެ އިމާރަތްތަކެވެ. ފަތުރުވެރިންގެ ޑެސްޓިނޭޝަނަށް ރާއްޖެވެފައިވަނީ ވެސް ސަބަބެއް ނެތިއެއްނޫނެވެ. އެހެނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ މީހުން އެއްފަސްކޮށް އެންމެ ފެންވަރު ރަނގަޅު ރިސޯޓުތަކެއް ވަނީ ބިނާކޮށްފައެވެ. ހަމައެއާއިއެކު މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން “ސިޓީ އޮފް މާލްދީވްސް” ގެ ނަމުން ވަނީ އެއްފަސްކޮށްފައެވެ.

ފަހުގެ ތާރީޚުގައި ރާއްޖޭގައި އެންމެ ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތަކެއް ލިބިގެންދަނީ “ދިވެހިރާއްޖޭގެ ޤައުމީ ހޮސްޕިޓަލް (އެމް.އެން.އެޗް)” އިންނެވެ. މިއީ ފަހުން ހުޅުވުނު ހޮސްޕިޓަލެއް ނަމަވެސް މި ހޮސްޕިޓަލުން ލިބޭ ޙިދުމަތްތައް ގުނާ އަދަދުނުކުރެވޭނެއެވެ. އެންމެ އާންމު ބަލިތަކުން ފެށިގެން ގޮސް ހިތުގެ ބަލިތަކާއި ބޯން މެރޯ ހެދުމާއި ކިޑްނީ ނުވަތަ ލިވާ ޓްރާންސްޕްލާންޓު ފަދަ ބޮޑެތި ޚިދުމަތްތައް ވެސް ލިބިގެންދެއެވެ. ރާއްޖެއިން ބޭރަށް ނުގޮސް ރާއްޖޭގައި ހުރެމެ ބޭސްފަރުވާގެ ޙިދުމަތްތައް ލިބުމަކީ ކިހާ ބޮޑު ނަސީބެއް ހެއްޔެވެ؟

މި ހޮސްޕިޓަލުގެ ބާނީ އަކީ މިހާރު ރާއްޖޭގައި ހުރި އެންމެ ނުފޫޒުގަދަ ވިޔަފާރިވެރިޔާ ޝިމާލު ޝާފިޒުއެވެ. އުމުރުން ފަސްދޮޅަހުގެ އަހަރުތައް ގުނަމުންދާ ޝިމާލަކީ އެންމެން ވެސް ދަންނަ ޝަޙުޞިއްޔަތު ވަރުގަދަ ވެރިއެކެވެ. ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ކަންކޮޅުތަކުގައި އޭނާގެ ވިޔަފާރިތައް އޮވެއެވެ. އެތައް ބައިވަރު ކުންފުންޏެއް އޮވެއެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާރު އެތެރެ ކުރަނީ ވެސް ޝިމާލުގެ ބެލުމުގެ ދަށުންނެވެ. އަދި ހަމައެހެންމެ ޝިމާލުގެ ހިއްސާ ނޯންނަ ދާއިރާއެއް ނެތެވެ.

ޝިމާލެކޭ ވެސް އެއްފަދައިން ޝިމާލުގެ ފަސް ދަރިންނަކީ ވެސް ވިޔަފާރީގެ ތެރެއިން ފިޔަޖަހާލާފައިވާ ފަސް ތަރިންނެވެ. އެގޮތުން އެންމެ ދޮށީ ދަރި ޝަރުއާނަކީ ފުލުހުންގެ އެންމެ މަތީ މަޤާމުގައި ހުރި ވަރުގަދަ ވެރިއެކެވެ. ދެވަނަ ދަރިފުޅު ޝުޢައިބަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު ހިތުގެ ބަލީގެ ޚާއްސަ ޑަކުޓަރެކެވެ. ތިންވަނަ ދަރިފުޅު ޝަމާއިލަކީ ޕްރޮފެސަރެކެވެ. ހަތަރުވަނަ ދަރިފުޅު ޝަހުދަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީއީއޯއެވެ. ފަސް ވަނަ ދަރިފުޅު އަދި ހަމައެކަނި ހުރި އަންހެން ދަރިފުޅު ޝެހެނާޒަކީ ރާއްޖޭގައި ހުރި އެންމެ މޮޅު އަންހެން ޕައިލަޓެކެވެ. މިއީ 2020ގެ އަހަރުތަކުގައި ފާހަގަކުރެވޭ ނަންތަކެއް ކަމުގައި ވިޔަސް މި ނަންތައް ފަހަނައަޅާ ކުރިލާ ހެދެމުންދަނީ މިއަދު މި ފަސް ދަރިންގެ ދަރިންގެ ނަންތަކެވެ. އެހެންކަމުން ޝިމާލަށް ކާފަކިޔާ އެގާރަ ދަރިން ތިބި އިރު މުނި ކާފަކިޔާ ހަ ކުދިން ހިމެނޭހެން ބޮޑު އާއިލާއެއް އޭނައަށް ލިބިފައިވިއެވެ.

އެމް.އެން.އެޗު ހޮސްޕިޓަލުގެ ޕްރައިވެޓު ރޫމްތަކުގެ ތެރެއިން ވީއައިޕީ މީހުންނަށް ޚާއްސަކޮށްފައިވާ ރޫމްތަކުން އެންމެ ބޮޑު އެންމެ ތަނަވަސް ރޫމުގެ ތެރެއިން އިވެނީ މެޝިންތަކުން ގޮވާ ބީޕުގެ އަޑެވެ. ބަލިމީހުން ބާއްވާ އެނދުމަތީގައި އޮތް ދުވަސްވީ މީހާގެ މުޅިގައިގައި ވަނީ ތަފާތު ހޮޅިތައް ގުޅާފައިއެވެ. ދެއަތުގައި އައިވީ ފުޅިއެއް ގުޅާފައިވާއިރު ނޭފަތްމަތީގައި އޮކްސިޖަން މާސްކެއް އަޅާފައިވެއެވެ. އާދެ، އެއްއިރެއްގައި އެހަށިގަނޑުގައި އާރާބާރު ހުރިކަމުގައިވިޔަސް މިއަދު އެއީ ނިކަމެތި ހަށިގަނޑެކެވެ. ދުވަސްވީ ކަމުގެ ނިޝާންތައް އެ ހަށިގަނޑުން ފެންނަން ހުރިކަމުގައި ވިޔަސް ޒުވާން ދުވަސްވަރު އެއީ ހުރިހާ އަންހެންކުދިންގެ ރަސްގެފާނެވެ. އާދޭހެވެ. ތިޔަ ހީވީ ރަނގަޅަށްށެވެ. އެއީ މަޝްހޫރު ވިޔަފާރިވެރިޔާ ޝިމާލު ޝާފިޒެވެ.

އެމް.އެން.އެޗު ހޮސްޕިޓަލުގެ ކުރިމައްޗަށް ހުއްޓާލި ޖެނެސިސް ޖީ ނައިންޓީ ކާރުން ފޭބީ ބައިމަތި ފުޅާ ޓޭން ހަންގަނޑެއްގެ ވެރިއެކެވެ. އެންމެ ޒަމާނީ ކޯޓު ފަޓުލޫނުގައި ހުރި އިރު އަޅި ކުލައިގެ ހިތްގައިމު ދެ ލޯ ފޮރުވާލާފައިވަނީ ރޭބަން އައިނަކުންނެވެ. އަތުކުރީގައި އެންމެ ފަހު ރޮލޭކްސް ގަޑިއެއް އަޅާފައިވާއިރު އަރާފައިވަނީ އެންމެ ފަހުގެ ކަޅުކުލައިގެ އޮފީސް ބޫޓަކަށްށެވެ.

އެ ޒުވާނާއަށް މަގުންދާހާ ބައެއްގެ ސަމާލުކަން ލިބިފައި ހުއްޓެވެ. ޚާއްސަކޮށް އަންހެން ކުދިން ތުއިވެ ތުއިވެފައި އުޅޭ ގޮތުން އެއީ އާދައިގެ ޒުވާނެއްނޫންކަން އެނގޭހާވެއެވެ. އެ ޒުވާނާއާއިއެކު ދެން އެ ކާރުން ފޭބީ ހެޔޮވަރު އިސްކޮޅެއްގެ ވެރި އަންހެން ކުއްޖެކެވެ. ދޮން ހަންގަނޑެއްގެ ވެރި އެ އަންހެންކުއްޖާގެ އިސްތަށިގަނޑުވަނީ ކޮނޑާ ހަމައަށްކޮށާ ތަންތަން ކޮޅުން ހައިލައިޓުކޮށްފައެވެ. ލާފައިވަނީ އޮފީސް ހެދުމެކެވެ. އަރާފައިވަނީ އުސް ހިމަކަށިލީ ބޫޓަކަށްށެވެ. ގިނަ ބައެއްގެ ސުވާލުގެ ނަޒަރު އެ އަންހެންކުއްޖާއަށް ހުއްޓިފައިވެއެވެ. ވާނީ ވެސް އެހެންތާއެވެ. ނުފޫޒުގަދަ ވިޔަފާރިވެރިޔާ ޝިމާލު ޝާފިޒުގެ ކާފަ ދަރިފުޅު ޝަދާނު ޝަރުއާނާއެކު ދެން އެ ހެރެނީ އޭނާގެ ޕާސަނަލް ސެކްރެޓަރީ އާރާއެވެ. ނަމަވެސް ގިނަ ބަޔަކަށް މިކަމެއް ނޭނގޭނެއެވެ. ގިނަ ބައެއްގެ ސަމާލުކަން އެ ދެމީހުންނަށް ލިބެން އާރާ ބޭނުންވެއެވެ. އެކަމަށް އެދެނީ އާރާގެ ހިތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ކުށްވެރިޔަކީމޭ

Next

އަހަންނަކަށް ދުވަހަކުވެސް  ކަލާއެއް ނުލިބޭނެއެވެ.

Next
March 26, 2026

އަހަންނަކަށް ދުވަހަކުވެސް  ކަލާއެއް ނުލިބޭނެއެވެ.

Previews
March 26, 2026

ކުށްވެރިޔަކީމޭ

4 Comments!

  1. Your fav bab Your fav bab says:
    March 27, 2026 at 1:50 pm

    First ep miothy up vefa dhw😅
    Alhe haadha bodu family ekey dhw? The descriptions are so vivid! I literally can image the scenes clearly✨
    Keep it up!
    Ly💗

  2. Un_known says:
    March 27, 2026 at 5:27 pm

    MA vrh reethi🤩
    Vrh interesting hn heevanyy
    When is next??
    Curiously waiting for the next part..

  3. Mysterious Woman says:
    March 28, 2026 at 1:03 pm

    Salaam… thanks for the beautiful comments yr feedback will be my strength to continue this….ND for yr information…this might be confusing but the later eps ge therein understand vaane vaanuvaa…ND konme kiyuntherin eh ge comments ah reply nudhevumaky vedhaane kameh..cox of my busy schedule…hope all understand this….

  4. insaaneh says:
    March 28, 2026 at 1:46 pm

    WOOOW FUTURE GA…vrh salhi masha allahhhh

Comments are closed.

Next Episodeހަގީގަތަކީ ކޮބައިހޭ؟… 2←


All Right Reserved!