Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތުގެ ލޯތްބޭ ތީ 5

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
March 24, 2016 8 Mins Read
19 Comments

ޒިހާންއާ އަނޫޝާއާ މެދު ކަންތައް ވީގޮތް ޝިޔާޒްއަށް އެނގުނީ އޭގެ ދެދުވަސް ފަހުންނެވެ. އެދެދުވަހުވެސް ޒިހާން އެގެޔަށް ނާންނާތީ ޝިޔާޒް ސުވާލު ކުރުމުން އަނޫޝާ ޒިހާންއާ ވާހަކަ ދައްކަން ބޭނުން ނުވާކަމަށް ޒިހާން ބުންޏެވެ. ނަމަވެސް ސަބަބެއް ނުބުނެއެވެ.

އެރޭ ޝިޔާޒްއާ ޝައުފާވެސް އެތައް އިރެއް ވަންދެން އަނުޝާއާ ސުވާލު ކުރިއެވެ. ނަމަވެސް އަނޫޝާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އަނޫޝާ ގާތަށް އައީ ރުޅިއެވެ.

“އަހަރެން ވާހަކަ ދައްކަން ބޭނުން ނުވާތީ އެހެން ބުނީ… އެވަރުގެ މިނިވަން ކަމެއްވެސް އަހަންނަށް ނެތީތަ؟” ހިތްހަމަ ނުޖެހިފައި އަނޫޝާ ސުވާލު ކޮށްލިއެވެ.

ޝިޔާޒްއާ ޝައުފާ އެކަކު އަނެކަކަށް ބަލާލީ ހައިރާން ވެފައެވެ. އަދި އޭގެ ފަހުން އެކަކުވެސް އަނޫޝާއާ އެކަމާ ބެހޭ ގޮތުން ސުވާލެއް ނުކުރެއެވެ. ނަމަވެސް އަނޫޝާ އެބުނީ ތެދެއް ނޫންކަން އެދެމީހުންނަށްވެސް އެނގެއެވެ.

އަނޫޝާގެ ޖަވާބު ލިބުނު ވާހަކަ ނަސީރާ މިޝާލް ގާތު ބުނުމާ އެކު މިޝާލް އަނޫޝާއަށް ގުޅަން ފެށިއެވެ. ކުރީގައި ގޭފޯނަށް އަނޫޝާއަށް ފޯނެއް އައިއްސި ނަމަ އެކަމާ ހިތްހަމަ ނުޖެހި އެއްޗެހި ކިޔާ ޝަރީފާ މިޝާލް ގުޅުމުން އަނޫޝާއަށް ގޮވަނީ އުފަލާ އެކުއެވެ.

ފުރަތަމަ ފަހަރުވެސް މިޝާލްގެ ފޯން އަނޫޝާ ނެގީ ނަގަން ބޭނުން ވެގެނެއް ނޫނެވެ. އެހެން ގޮތެއް ނެތިގެންނެވެ. ފުރަތަމަ ކޮޅު އަނޫޝާ މާގިނަ ވާހަކަ ނުދެއްކި ނަމަވެސް މިޝާލްއަށް އެކަން މާބޮޑު ކަމަކަށް ނުވެއެވެ. ހަފްތާއެއްހާ ދުވަސް ވަންދެން ފޯނުން ވާހަކަ ދެއްކުމަށް ފަހު ފުރަތަމަ ފަހަރަށް މިޝާލް އަނޫޝާމެން ގެޔަށް އައީ މިޝާލްމެން ގެޔަށް ދިޔަ ދުވަހަކު އަނޫޝާ ގެޔަށް ލައިދޭން އައި ފަހަރެއްގައެވެ.

އެރޭ ނަސީރާގެ އެދުމަށް އަނޫޝާ މިޝާލްމެން ގެޔަށް ދިޔައީ ޝަރީފާ ނޫން މީހަކަށް ނޭނގިއެވެ. އޭރު އެގުޅުމުގެ ވާހަކަ މިޝާލްމެންގޭ އެކަކަށްވެސް އެނގިފައެއް ނެތެވެ.

އެގޭގައި ގަޑިއެއްހާ އިރުވަންދެން ނަސީރާއާ މިޝާލް ކައިރީގައި ވާހަކަ ދައްކަން އިނދެފައި އަނޫޝާ ގެޔަށް ދާން ތެދުވުމުން މިޝާލްވެސް އަނޫޝާއާ އެކު ނިކުތީ އަނޫޝާ ގެޔަށް ގެންގޮސްދޭނީ މިޝާލް ކަމަށް ބުނަމުންނެވެ. އެއަޑު އަހާފައި ނަސީރާވެސް އެކަމާ އެއްބަސް ވިއެވެ.

ގެޔާ ހަމައަށް އައިއިރު ޒިހާންއާ ޝިޔާޒްގެ ސައިކަލް ހުރިތަން ފެނުމުން އަނޫޝާ އިރުކޮޅަކަށް ހުއްޓުން އެރިއެވެ.

“ކިހިނެއްވީ؟” ދޮރާ ހަމައަށް އަރާފައި އެތެރެއަށް ނުވަދެ އަނޫޝާ މަޑުކޮށްގެން ހުރުމުން މިޝާލް އަހާލިއެވެ.

“ކަމެއް ނުވޭ… މިޝާލް ނުވަންނާނަންތަ؟” މިޝާލްއަށް ޖަވާބު ދެމުން އަނޫޝާ ކުއްލިއަކަށް އަހާލިއެވެ.

“އަނޫ ބުނެފިއްޔާ ވަދެފާނަން” ސައިކަލުން ފައިބަމުން މިޝާލް ބުންޏެވެ.

“އާދޭ…” ހިނިތުން ވެލަން މަސައްކަތް ކުރަމުން އަނޫޝާ ދައުވަތު ދިނެވެ. މިޝާލްއާ އަނޫޝާ އެކުގައި ފެނުމުން ޒިހާން ހިތަށް އަރާނެ އެއްޗަކާ މެދު ހިތާހިތާ ސުވާލު ކުރަމުންނެވެ.

އަނޫޝާއާ މިޝާލް އެކީ އެތެރެއަށް ވަން އިރު ސިޓިންގރޫމްގައި ޝިޔާޒްއާ މިޒްނާ އަދި ޒިހާންވެސް ވާހަކަ ދައްކަން ތިއްބެވެ. އެދެމީހުން އެކީގައި އައިސް ވަނުމުން އެތިން މީހުންނަށްވެސް ހައިރާންވެފަ ބަލަހައްޓައިގެން ތިބެވުނެވެ.

އަނޫޝާ އެކަކަށްވެސް ބަލާނުލާ މިޝާލްއާ އެކީ އެރީ މައްޗަށެވެ. އެދެމީހުން ދިޔުމުން ޝިޔާޒްއާ މިޒްނާއަށްވެސް ބަލާލެވުނީ ޒިހާންއާ ދިމާލަށެވެ.

“މިޒޫއަކަށްވެސް ނޭނގޭތަ؟” ޝިޔާޒް އަހާލިއެވެ.

“ނޭނގެ… އަހަންނަށްވެސް އަދި މި އެނގުނީ” މިޒްނާ ޖަވާބު ދިނެވެ.

ކޮޓަރިއަށް ވަދެވުމާ އެކު މިޝާލް ދޮރު ލައްޕާލާފައި ވަށައިގެން ބަލާލިއެވެ.

“އިށީނދޭ…” އެނދާ ދިމާއަށް އަތް ދިއްކޮށްލަމުން އަނޫޝާ ބުންޏެވެ.

މިޝާލް އިށީނެވެ. ނަމަވެސް އަނޫޝާ ކޮޅަށް ހުރީއެވެ.

“ކޮފީއެއް ގެނެސްދެންތަ؟” އެވަގުތު ތިރިއަށް ދާން ބޭނުން ނުވި ނަމަވެސް އަނޫޝާ އަހާލިއެވެ.

“އާދެބަލަ މިތާ އިށީންނަން…” އަނޫޝާ ކުރި ސުވާލުގެ ޖަވާބުގައި ދެފަރާތަށް ބޯހަލުވާލަމުން މިޝާލް އެނދުގައި އަތް ޖައްސާލާފައި ބުންޏެވެ.

ހިތާ ދެކޮޅަށް އަނޫޝާ އައިސް މިޝާލް ކައިރީގައި އިށީނެވެ.

“އަހަރެން ހީކުރީ އަނޫ ދުވަހަކުވެސް އާއެކޭ ނުބުނާނެ ކަމަށް… އަހަރެން ބުނި ގޮތް ސަކަރާތީދޯ؟” އަނޫޝާގެ ކޮނޑުގަ ހިފާ މިޝާލްއާ ކައިރި ކޮށްލަމުން މިޝާލް އެހިއެވެ.

އަނޫޝާ ޖަވާބެއް ނުދީ އިނެވެ. މިޝާލްއާ އެހާ ކައިރީގަ އިންނަން ޖެހުމުން އުނދަގޫ ވެފައެވެ. ނަމަވެސް އެއްޗެކޭ ބުނަންވެސް ނުކެރިފައެވެ.

މިޝާލް އަނޫޝާއާ އިތުރަށް ކައިރިވާން އުޅުނެވެ. ނަމަވެސް އެވަގުތު އަނޫޝާ ތެދުވިއެވެ.

“އެބަ އަންނަން…” އަނޫޝާ ދޮރާ ދިމާއަށް ބަލާލަމުން ބުންޏެވެ. ނަމަވެސް މިޝާލް އެވަގުތު އަނޫޝާގެ އަތުގަ ހިފާ ގެނެސް އޭނަގެ ފައިމަތީގައި އަނޫޝާ ބޭންދިއެވެ. އަދި އަނޫޝާ ގައިގަ ބައްދާލިއެވެ. ދެން ވާނެގޮތްވެސް އަނޫޝާއަށް އެނގެއެވެ. ހިތް ނޭދުނަސް އެކަމާ ދެކޮޅު ހަދާކަށް އަނޫޝާއަކަށް ނުކެރުނެވެ.

“އަނޫ ހާދަ ރީއްޗޭ…” އަނޫޝާގެ މޫނުގައި ދެއަތުން ހިފަހައްޓާލައިގެން އިނދެ މިޝާލް ބުންޏެވެ.

އަނޫޝާ އެއްޗެއް ނުބުނެ އިސްޖަހާލިއެވެ.

“ކީށްވެތަ ވާހަކަ ނުދައްކަނީ؟ ކޮންމެސް އެއްޗެއް ބުނެބަލަ” އަނެއްކާވެސް ވާހަކަ ދެއްކީ މިޝާލްއެވެ.

“ކީކޭ ބުނަންވީ؟” އަނޫޝާ އަހާލިއެވެ.

މިޝާލް ހީލަމުން އަނޫޝާގެ ދަތްދޮޅީގައި އިނގިލި ޖައްސާ އެމޫނު އުފުލާލިއެވެ.

“ހެޔޮ އެއްޗެއް ނުބުންޏަކަސް…” ވާހަކަ ދެއްކުމަށް ވުރެން މިޝާލްއަށް މުހިންމު ވީ އެހެން ކަމެކެވެ.

އަނޫޝާގެ މިޒާޖު ކޮންމެވެސް ވަރަކަށް އެނގޭތީ މިޝާލްވެސް އަމިއްލަ ނަފްސަށް ވިސްނައި ދިނެވެ. މާ އަވަސް އަރުވާލައިގެން އެގުޅުން ބަދަހި ކުރަން މަސައްކަތް ކޮށްފިނަމަ އަނޫޝާގެ ޖަވާބު ބަދަލު ވެދާނެތީއެވެ.

“އެގާރަ ޖަހަނީ، ދާންވީ ދޯ…؟” ފަނަރަ ވަރަކަށް މިނެޓް ފަހުން އަތުގައި އޮތް ގަޑިއަށް ބަލާލަމުން މިޝާލް ބުންޏެވެ.

މިފަހަރުވެސް އަނޫޝާ ޖަވާބެއް ނުދެއެވެ. އަނޫޝާގެ ހަށިގަނޑުގައި ވަށާލެވިފައިވާ މިޝާލްގެ ދެއަތް ދުރުކޮށްލަމުން އަނޫޝާ ތެދުވިއެވެ.

މިޝާލްވެސް ތެދުވެ ދޮރާ ހަމައަށް ގޮސްފައި އަނޫޝާއަށް ބަލާލިއެވެ.

“ދަނީ…” މިޝާލް ބުންޏެވެ.

“ހްމްމްމް…” އަނޫޝާގެ ޖަވާބަކީ އެއީއެވެ.

މިޝާލް އަދިވެސް އެއްފަހަރު އަނޫޝާގެ ތުންފަތުގައި ލުއިކޮށް ބޮސްދިނުމަށްފަހު ދޮރު ހުޅުވާލާފައި ނުކުތެވެ.

ސިޑިން ފައިބައިގެން ޝިޔާޒްމެން ކުރިމަތިން ލާފައި ގޮސް އެގޭން ނިކުމެގެން ދިޔަ އިރުވެސް މިޝާލް އެމީހުންނާ ދިމާއަށް ބަލައެއް ނުލައެވެ. މިޝާލް ދިޔުމާއެކު ޒިހާން ތެދުވިއެވެ.

“ޒިހާން…؟” ޝިޔާޒް ގޮވާލިއެވެ.

“އެބަ އަންނަން” ޝިޔާޒްއާ ދިމާއަށް ބަލާވެސް ނުލާ ޒިހާން ބުންޏެވެ. އަދި ސިޑިއާ ދިމާއަށް ދިޔައެވެ.

އަނޫޝާގެ ކޮޓަރީ ދޮރު ހުޅުވާލާފައި ޒިހާން އެތެރެއަށް ވަން އިރު އަނޫޝާ އެނދުގައި އިށީނދެލައިގެން އިނީ ރޯށެވެ. ދޮރު ހުޅުވުނު އަޑު އިވުމާއެކު ސިހިފައި އަނޫޝާ ދެއަތުން މޫނު ފޮހެލާފައި ބަލާލިއެވެ. ނަމަވެސް އޭރު ޒިހާންއަށް އެމަންޒަރު ފެނިއްޖެއެވެ.

ޒިހާން ދޮރު ލައްޕާލާފައި އަނޫޝާއާ ދިމާއަށް ބަލާލިއެވެ. ކޮންމެވެސް ވަރަކަށް ހޭވިފައި ހުރި އިސްތަށިގަނޑާ، އަނޫޝާގެ ތުންފަތަށް ބަލާލުމުން ޒިހާންގެ ހިތަށް ތަދުވެލިއެވެ. އަދިވެސް ކަރުނައިގެ އަސަރު ފެންނަން ހުރި އެރީތި ދެލޯވެސް ޒިހާންގެ ހިތަށް އުނދަގޫ ކުރުވިއެވެ.

ޒިހާން އަނޫޝާގެ ތުންފަތަށް ބަލާލި ކަން ފާހަގަ ކުރެވުމުން އަނޫޝާއަށް ތުންފަތުގައި އަތް ޖައްސާލެވުނީ ގަސްތަކާ ނުލައެވެ. އަނޫޝާއާ މިޝާލްގެ މެދުގައި ވީކަންތައް ޒިހާންއަށް އެނގެޔޭ ހިތަށް އެރުމާއެކު އެމޫނު ރަތް ވެގެން ދިޔައެވެ. ހަމަ އެއާ އެކު ދެރަވެސް ވިއެވެ.

“އަދިވެސް ތިލޮލުގަ ކަރުނަ އެބަހުރި…” ޒިހާން ބުންޏެވެ.

އަނޫޝާ އަވަސް އަވަހަށް ލޯފޮހެލިއެވެ.

“ތީތަ ވީގޮތަކީ؟” ޒިހާން އަހާލީ އިރުކޮޅެއް ފަހުންނެވެ.

“އަހަންނަށް ވުރެން މިޝާލް ކަމުދިޔައީތަ އަނޫއަށް؟” އަނޫޝާއަށް އެއްޗެއް ނުބުނެވެނީސް އަނެއްކާވެސް ސުވާލު ކުރީ ޒިހާންއެވެ.

ޒިހާންގެ އެސުވާލާ އެކީ އަނޫޝާއަށް ޒިހާންއާ ދިމާއަށް ބަލާލެވުނެވެ. ހަމަ އެއާއެކު ޒިހާންއަށް ދައްކާނެ ބަހަނާއެއް އަނޫޝާއަށް ވިސްނުނެވެ.

“އަހަރެންވެސް އެހެން މީހަކާ މިރައްޓެހިވީ… ދެން ޒިހާންވެސް ތުއްތައާ ރައްޓެހިވޭ” ޒިހާންއާ ހަތަރުކަޅި ހަމަ ކޮށްލަމުން އަނޫޝާ ބުންޏެވެ.

ޒިހާން އެއްޗެއް ނުބުނެ އަނޫޝާއާ ދިމާއަށް ބަލަން އިރުކޮޅަކު ހުއްޓެވެ.

“އެހެން ވިއްޔާ އަނޫގެ ލޮލުން ކޮން ކަރުނައެއް ތި އަންނަނީ؟” ޒިހާން އެހެން އަހާލުމާ އެކީ އަނޫޝާ އަނެއްކާވެސް ލޯފޮހެލިއެވެ.

“އަހަރެން ނުބުނަން މިހާރު ކަރުނަ އަންނަ ވާހަކައެއް… ތީ އަނޫ ބޭނުން ވެގެން ކުރި ކަމެއް ވިއްޔާ މިޝާލް ދިޔުމާ އެކީ ރުއީ ކީށްވެ؟ އަނޫގެ މޫނު މަތިން ހިތްހަމަ ޖެހުމުގެ އެއްވެސް އަސަރެއް ނުފެންނަނީ ކީށްވެ؟” ޒިހާން ހިތުގައި އުފެދެމުން ދިޔަ ސުވާލުތައް ކުރަމުން ދިޔައެވެ.

“ތީ އަނޫ ބޭނުން ވާގޮތް ކަމަށް ވަންޏާ އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް، އެކަމަކު އަހަންނަށް ޔަގީން ތީ އަހަންނަށް މަޖުބޫރު ކުރަން އަނޫ ކުރި ކަމެއް ކަން… އެކަމަކު އަދިވެސް އަހަރެން ޝަމްހާއާ ރައްޓެހިވާކަށް އަނޫއަކަށް މަޖުބޫރެއް ނުކުރެވޭނެ، އެއީ ނުވާނެ ކަމެއް” ދެންވެސް އަނޫޝާ އެއްޗެއް ނުބުނެ ހުރުމުން ވާހަކަ ދެއްކީ ޒިހާންއެވެ.

“ޒިހާން، ޕްލީޒް، ތިހެން ނަހަދަބަލަ…” އަނޫޝާ އާދޭސް ކުރަން ފެށިއެވެ.

“އަހަންނަށް އެނގޭ އަނޫ މިޝާލްއާ ރައްޓެހިވީ އެގޮތް ބޭނުން ވެގެނެއް ނޫން ކަން. އަނޫ ބުނެބަލަ، ކޮބާތަ މައްސަލަ އަކީ؟ ޝަމްހާއަށް ވިސްނޭނެ ކޮންމެސް ދުވަހަކުން އަހަރެން އޭނަ ދެކެ ލޯބި ނުވާކަން. އެހެން ނޫނަސް އަނޫއަކަށް ނުވިސްނޭތަ އޭނަގެ ބޭނުމެއް؟ އޭނަގެ ބޭނުމަކީ ހަމަ އެކަނި އަނޫއާ އަހަރެން ދުރު ކުރުން، އަނޫއަށް އުފަލެއް ލިބުނަ ނުދިނުން. ކީއްވެތަ އަނޫއަށް ނުވިސްނެނީ؟” ޒިހާން އައިސް އަނޫޝާގެ އަތުގަ ހިފާލަމުން ބުންޏެވެ.

“ތިހެން ނުބުނޭ ޒިހާން، ތުއްތަ އަކީ ތިހީކުރާ ކަހަލަ ކުއްޖެއް ނޫނޭ، އޭނަ ވަރަށް ލޯބިވޭ ޒިހާން ދެކެ، ގަބޫލު ކޮށްބަލަ” އަނޫޝާވެސް ޒިހާންގެ އަތްތިލައިގަ ހިފާ ބާރުކޮށްލިއެވެ.

“އަނޫ… އައި ލަވް ޔޫ… އައި ލަވް ޔޫ ސޯ މަޗް…” ޒިހާން އަނޫޝާގެ މޫނުގައި ދެއަތުން ހިފާލަމުން ބުންޏެވެ.

އެއަޑު އަހާފައި އަނޫޝާއަށް ލޯމަރާލެވުނެވެ. ޒިހާން އަނޫޝާ ގައިގައި ބައްދާލަން އުޅުނެވެ. ނަމަވެސް ޒިހާންއަށް އެފުރުސަތު ނުދީ އަނޫޝާ ޒިހާންގެ އަތުތެރޭން ނިކުތެވެ.

“ނޫން ޒިހާން، ޕްލީޒް… ދެން ދޭ” އަނެއް ފަރާތަށް އެނބުރެމުން އަނޫޝާ ބުންޏެވެ.

އަނޫޝާއަށް ބަލަން ހުރެފައި އިތުރު އެއްޗެއް ނުބުނެ ޒިހާން ނިކުމެ ދޮރު ލައްޕާލިއެވެ.

 

މިޝާލް އަނޫޝާއަށް ވަރަށް ރަނގަޅެވެ. ކޮންމެ ކަމެއްގައިވެސް އަނޫޝާގެ ލަފާ އަހާ އަނޫޝާ އެދޭ ގޮތަށް ކަންތައް ކޮށްދެވޭތޯ ބަލައެވެ. އޭގެ އިތުރުން މިޝާލްގެ އާއިލާގެ އެންމެންވެސް އަނޫޝާއަށް ވަރަށް ރަނގަޅެވެ. މިޝާލް ދެކެ ވާލޯބި އަނޫޝާ ދެކެވެސް ވެއެވެ. އަނޫޝާ ކަންތައް ކުރި ގޮތާ މެދު މިޒްނާގެ ހިތުގައި ސުވާލު އުފެދުނު ނަމަވެސް ފަހުން އެކަމާ ސުވާލެއް ނުކޮށް އަނޫޝާގެ ނިންމުން ގަބޫލު ކުރިއެވެ. މިޒްނާ ފަހަރިއެއްގެ ގޮތުން އަނޫޝާއަށް އެއާއިލާއަށް މަރުހަބާކީ އުފަލާ އެކީގައެވެ.

މިޝާލްގެ ރަނގަޅު ކަމާ، އަނޫޝާއާ މެދު ކަންތައް ކުރާ ގޮތުން މިޝާލް އަނޫޝާ ދެކެ ލޯބިވާކަމަށް އަނޫޝާ ގަބޫލު ކުރިއެވެ. ކުރީރޭ ވީކަންތައްތައް ހިތުން ފޮހެލާ މިޝާލްއަށް މާފު ކުރިއެވެ.

ކަންތައް ވީގޮތާ މެދު ހިތުގައި އެތައް ޝަކުވާއެއް ވީނަމަވެސް އަނޫޝާ ގަބޫލު ކުރީ ހުރިހާ ކަމެއްވެސް އެވަނީ އެންމެ ރަނގަޅަށް ކަމަށެވެ. މިޝާލްގެ އުޅުން ފެނުމުން، ޒިހާންއާ މެދު ހިތުގައި ވާ ގޮތަށް މިޝާލްއާ މެދު ނުދެކެވުނު ނަމަވެސް މިޝާލްއާ އެކު އުފާވެރި ދިރިއުޅުމެއް ހޭދަ ކުރެވިދާނެ ކަން އަނޫޝާއަށް ޔަގީން ވިއެވެ.

 

ހަތަރުމަސް ފަހުން ޝިޔާޒްއާ މިޒްނާގެ ކައިވެނި ކުރަން ނިންމާފައި ވާއިރު ޝަރީފާ ބޭނުންވީ އެއަށް ވުރެން ކުރިން އަނޫޝާއާ މިޝާލްގެ ކައިވެނި ކުރާށެވެ. އެހެންވެ އެކަމާ ނަސީރާއާ ވާހަކަ ދެއްކުމަށްފަހު ޝަރީފާ އެދުނީ ދެމަސް ފަހުން މިޝާލްއާ އަނޫޝާގެ ކައިވެނި ކުރާށެވެ.

މިޝާލްއާ އެވާހަކަ ދެއްކުމުން އެހާ އަވަހަށް ކައިވެނި ކުރުމަށް މިޝާލް ފަހެއް ނުޖެހުނެވެ. އޭނަވެސް ބޭނުންވީ އަވަހަށް ކައިވެނި ކުރާށެވެ. އަނޫޝާ ގާތު އެހުމުން އެކައިވެނި ފަސް ކުރާނެ ސަބަބެއް އަނޫޝާއަކަށްވެސް ނުފެނުނެވެ. ކަންތައް ވީގޮތުން އެންމެ ރަނގަޅު ވާނީ ވީހާވެސް އަވަހަކަށް އެކަން ވެ ނިމުން ކަމަށް އަނޫޝާ ގަބޫލު ކުރިއެވެ.

އާއިލާގައި ހުރި ހަމައެކަނި ފިރިހެން ދަރިފުޅަށް ވުމުން މިޝާލްއާ އަނޫޝާގެ ކައިވެނި ކުރެވުނީ ވަރަށް ކުލަގަދަ ކޮށެވެ. ކައިވެނި ކުރި ވަގުތުން ފެށިގެން ޕާޓީ ނިމެންދެންވެސް މިއުޅެވެނީ ހުވަފެނީ ދުނިޔެއެއްގައި ހެން އަނޫޝާއަށް ހީވިއެވެ. ކައިވެނީގެ ދައުވަތު ކާޑުން ފެށިގެން އަނޫޝާގެ ހެދުމާ، ކެއުމާ، އަދި މެހެމާނުންނަށް ދެވުނު ހަދިޔާއާ ހަމައަށްވެސް ޕާޓީގެ ހުރިހާ ކަމެއް ދިޔައީ އެންމެ ފުރިހަމަ އަށެވެ.

ދެއާއިލާގެ ހުރިހާ މެމްބަރުންނާ ރައްޓެހިންނާ އަވައްޓެރިންވެސް އަނޫޝާއާ މިޝާލްއަށް ތައުރީފް ކުރިއެވެ. ހުދު ކުލައާއި ރިހި ކުލައިގެ ބަރު ވެޑިންގޑްރެސްއެއްގައި ރިހީގެ ގަހަނާ ބޭނުން ކޮށްގެން އަނޫޝާ ހުރި އިރު އަނޫޝާގެ ރީތިކަން އެތައް ގުނައަކަށް އިތުރު ވެފައި ވެއެވެ. ހަމަ އެހެން މިޝާލްވެސް ހުދު ގަމީހާ ހުދު ޓައީ އަދި ކަޅު ފަޓުލޫނުގައި ހުރި އިރު ވަރަށް ފުރިހަމައެވެ. ދެމީހުން ކައިރީގައި ތިބި އިރު ޒުވާން އަންހެން ކުދިންނާއި ފިރިހެން ކުދިންވެސް އެދެމަފިރިންނަށް ބަލާލަނީ އެފަދަ ފުރިހަމަ އަނތްބެއް ނުވަތަ ފިރިއެއް އެމީހުންނަށްވެސް ލިބޭތޯ ހިތާހިތާ ދުޢާ ކުރަމުންނެވެ.

މިޝާލްއާ ކައިވެނި ކުރެވުނު ނަމަވެސް އަދިވެސް އަނޫޝާގެ ހިތުގައި ވަނީ ޒިހާންއެވެ. މިޝާލް ކިތަންމެ ކައިރީގަ ހުރި ނަމަވެސް އެދެވެނީ އެއީ ޒިހާންއަށް ވުމަށެވެ. ކައިވެންޏާ މެދު އަނޫޝާއަށް ފުރަތަމަ ފަހަރަށް ވިސްނާލެވުނު ވަގުތުން ފެށިގެން މިޝާލްއާ ކައިވެނި ކުރަން މަޖުބޫރުވީ ވަގުތާ ހަމައަށްވެސް އަނޫޝާ ފިރިއެއްގެ ގޮތުން ދެކެން ބޭނުންވީ ޒިހާންއެވެ. ނަމަވެސް އަނޫޝާ ދެކުނު ހުވަފެން ތެދެއް ނުވިއެވެ. ކަންތައް ވެގެން ދިޔައީ އަނޫޝާ އުންމީދު ކުރި ގޮތާ މުޅިން ތަފާތުކޮށެވެ.

އެހެން ނަމަވެސް އެކަމާ އަނޫޝާ އެއްވެސް ޝަކުވާއެއް ނުކުރާނެއެވެ. އަނޫޝާގެ ސަބަބުން އެހެން މީހަކަށް އެއްވެސް ދެރައެއް ލިބޭކަށް އަނޫޝާ ނޭދެއެވެ. މިއަދު ޝިޔާޒްއާ ޝަމްހާއަށް އެމީހުން ހިތް އެދޭ ކޮންމެ ކަމެއް ފުރިހަމަ ވާނެ މަގު އަނޫޝާ އެވަނީ ފަހިކޮށްދީފައެވެ. އަމިއްލަ އުފަލާ ހިތްހަމަޖެހުން ގުރުބާން ކޮށްފަ ވިޔަސް އަނޫޝާގެ ޝަކުވާއެއް ނެތެވެ.

ކައިވެނި ކުރެވުނު ވަގުތުން ފެށިގެން ޕާޓީ ނިމި މިޝާލްމެން ގެޔަށް ގޮސް ކޮޓަރިއަށް ވަންނަންދެން އަނޫޝާ ހުރީ ދެން ވާނެ ގޮތަކާ މެދު ވިސްނަން ބޭނުން ނުވެފައެވެ. އެކަން ކާމިޔާބުވެސް ވިއެވެ. ނަމަވެސް އަނޫޝާއާ އެކު ކޮޓަރިއަށް ވަދެ މިޝާލް ދޮރު ލައްޕާލި ވަގުތުން ފެށިގެން އަނޫޝާގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ. ފުރަތަމަ ފަހަރަށް ފިރިއެއްގެ ގޮތުން މިޝާލް އަނޫޝާގެ ގައިގައި ބީހިލުމާ އެކު އަނޫޝާއަށް މިޝާލްއާ ދުރަށް ޖެހިލެވުނީ ގަސްތަކު ނޫނެވެ.

“ކިހިނެއް ވީ؟” އަނޫޝާ ދުރަށް ޖެހިލުމުން މިޝާލް އަހާލިއެވެ.

އަނޫޝާ ޖަވާބެއް ނުދީ ހުއްޓެވެ. މިޝާލް އަނެއްކާވެސް އަނޫޝާއާ ކައިރިއަށް ޖެހިލާފައި އަނޫޝާގެ މޫނުގައި ދެއަތުން ހިފާ އިސް އުފުލާލިއެވެ.

“އަނޫ، ރިލެކްސް…” އަނޫޝާ ގައިގައި ބައްދާލަމުން މިޝާލް މަޑުމަޑުން ބުނެލިއެވެ.

މިޝާލްގެ ކޮންމެ ބީހިލުމަކަށް އަނޫޝާ މަރުހަބާ ކިޔަމުން ދިޔައީ ހިތާ ދެކޮޅަށެވެ. ނަމަވެސް އަނޫޝާ އެކަން މިޝާލްއަށް އެނގުނަކަ ނުދެއެވެ. އަނޫޝާ ޝަކުވާ ކުރާނެ ފުރުސަތެއް މިޝާލް ނުދެއެވެ. ކޮންމެ ހަރަކާތަކާ އެކު މިޝާލްގެ އަނގައިން ނިކުންނަމުން ދިޔައީ ލޯބީގެ ބަސްތަކެވެ. އަނޫޝާގެ ހިތުގައި އެލޯތްބާ މެދު ޔަގީންކަން ދިޔައީ އިތުރު ވަމުންނެވެ.

އަނެއް ދުވަހު ހެނދުނު އަނޫޝާއަށް ހޭލެވުނު އިރު މިޝާލްއަށް އަދި ހެއެއް ނުލެވެއެވެ. އަނޫޝާވެސް ނުތެދުވެ މިޝާލްއާ ދިމާއަށް ބަލަން އިރުކޮޅަކު އޮތެވެ.

އަނޫޝާ މިޝާލްގެ އެކި ސިފަތަކާ މެދު ވިސްނާލިއެވެ. ފުރަތަމަވެސް އަނޫޝާ މިޝާލްއާ ގާތް ވާން ބޭނުން ނުވި ސަބަބު ކަމަށްވާ މަސްތުވާ އެއްޗެހި ބޭނުން ކުރުމުގެ އާދަ މިޝާލް ވަނީ ކުރިއަށް ވުރެން އެތައް ތަނެއް ރަނގަޅު ކޮށްފައެވެ. މަޑުމަޑުން މަދު ކުރަމުން ގޮސް ކޮންމެވެސް ދުވަހަކުން އެކަންތައް ހުއްޓާލާނެ ކަމަށް އަނޫޝާ ގާތު މިޝާލް ވަނީ ވަޢުދު ވެފައެވެ. އަދި އެދުވަސް މާލަހެއް ނުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މިޝާލްއަކީ ރީތި ފިރިހެނެކެވެ. އަންހެން ކުއްޖަކު މިޝާލްއަށް ލަންބުވާލާކަށް އެއްވެސް މަސައްކަތެއް މިޝާލް ކުރާކަށް ނުޖެހޭނެއެވެ. އެހާ ހިތްގައިމު މޫނެކެވެ. އެހާ ރީތި ހަށިގަނޑެކެވެ.

އެހާ ދުވަސް ވަންދެން އާއިލާގެ އެންމެންގެ އެދުމަށްވެސް ހުއްޓާ ނުލެވުނު ކަމެއް އަނޫޝާއަށް ޓަކާ ހުއްޓާލަން މިޝާލް މަސައްކަތް ކުރަމުންދާ ކަމީ އޭނަ އަނޫޝާ ދެކެ ލޯބިވާ ކަމުގެ ހެއްކެކެވެ. ނަމަވެސް އެކަމާ އަދި މިޝާލްގެ އެ ރީތިކަމާ އެކުވެސް އަނޫޝާގެ ހިތުން ޒިހާންއަށް ދެވިފައިވާ މަގާމް ހޯދުމުގައި މިޝާލްއަށް ކާމިޔާބެއް ނުވިއެވެ. ފިރިމީހާއަށް ދޭން ބޭނުންވާ ޖާގައެއްވެސް އަނޫޝާގެ ހިތުން މިޝާލްއަކަށް ނުދެވުނެވެ. އަނޫޝާގެ ހިތުގެ އެހިސާބުގައި އަދިވެސް ވަނީ ޒިހާންގެ ނަމެވެ.

ނަމަވެސް އެމަގާމް މިޝާލްއަށް ދޭން އަނޫޝާގެ ބާރުގައި ވާ ހުރިހާ ކަމެއް ކުރަން އެވަގުތު އަނޫޝާ އަޒުމް ކަނޑައެޅިއެވެ. ޒިހާންގެ ހަނދާންތައް ހިތުން ފޮހެލަން ކުރެވުނު މަސައްކަތެއް ކުރަން އަނޫޝާ އަމިއްލަ ނަފްސަށް ވަޢުދު ވިއެވެ. މިޝާލް އަނޫޝާއާ މެދު އެބަހައްޓާ އޯގާތެރިކަމާ، އަނޫޝާ ދެކެ މިޝާލް ވާލޯބީގެ ބަދަލު މިޝާލްއަށް ދޭނީވެސް ލޯބިންނެވެ.

އެނިންމުމާ އެކު ލިބުނު ހިތްހަމަ ޖެހުމުން ހިނިތުންވެލަމުން އަނޫޝާ އެނދުން ތެދުވެގެން ގޮސް ފާހާނާއަށް ވަނެވެ. ފެންވަރާ ހަދައިގެން އަނޫޝާ ކޮޓަރިން ނިކުތް އިރު ގޭ އެހެން މީހުންވެސް ހޭލައިފިއެވެ. އޭރު އަދި ގަޑިން ހަތްގަޑި ބައިވެސް ނުވާތީ އަނޫޝާ މިޝާލްއަށް ގޮވާކަށް ނަހަދައެވެ. ނަސީރާއާ މިލްނާއާ އެކީ ބަދިގެއަށް ގޮސް ސައި ތައްޔާރު ކުރުމުގައި އަނޫޝާ އެމީހުންނަށް އެހީ ވެދިނެވެ.

“މިޝާލް ނުތެދުވޭދޯ އަދި؟” ސައި ހަދާ ނިމުމުން ނަސީރާ އަހާލިއެވެ.

“އާނ، އަދި ނުތެދުވޭ” އަނޫޝާ ޖަވާބު ދިނެވެ.

“ދެން ގޮވަން ވީނު؟ މިހާރު ނުވައެއް ޖަހަނީ، މިލްނާ، ދޭ ދޮންތަބެއާ ބައްޕައާ ނިހާންއަށް ސައިބޯން ގޮވަން” ނަސީރާ އަނޫޝާއަށާ މިލްނާއަށް ބުންޏެވެ. މިލްނާއަށް ބަދިގެއިން ނުނިކުމެވެނީސް ލަޔާލް އައިސް ބަދިގެއަށް ވަނެވެ.

“މަންމާ، ބުއްތަށި…” އެހިސާބަށް ބުނެފައި އަނޫޝާ ފެނުމާއެކު ލަޔާލް ހުއްޓާލިއެވެ.

“އައްދޭ… ދެން ތިހެން ބަލަން ނުހުރެ ދޮންބެދައްތައަށް ގޮވާލަބަލަ!” މިލްނާ ލަޔާލް އުރާލަމުން ބުންޏެވެ.

“ދޮންބެދައްތާ…” ރަކިވެފައި އިނދެ ލަޔާލް ގޮވާލިއެވެ.

“ލައްބަ، ލަޔާލްގެ ބުއްތަށި މިއަދު ދޮންބެދައްތަ ހަދާލަދެންތަ؟” އަނޫޝާ ލަޔާލްގެ ކޮލުގައި މަޑުމަޑުން ހިފާލަމުން އަހާލިއެވެ.

“ދޮންބެދައްތައަށް އެނގޭތަ ބުއްތަށި ހަދަން؟” ލަޔާލް އަހާލިއެވެ. އެއާއެކު ނަސީރާއާ މިލްނާއާ އަނޫޝާވެސް ހޭން ފެށިއެވެ.

“އަޅެ، ދޭބަލަ އެނގޭތޯ ބަލާލަން ދޮންބެދައްތަ ކައިރިއަށް، ނުބައިކޮށް ހަދަންޏާ ލަޔާލް ބުނެދެއްޗޭ. އަނޫއަށް އެނގޭތަ؟ ލަޔާލް ވަރަށް މޮޅުވާނެ ބުއްތަށި ހަދާ ގޮތް ބުނެދޭން” އަނޫޝާ އަތަށް ލަޔާލް ދެމުން ހިނިއައިސް ހުރެ މިލްނާ ބުންޏެވެ.

ލަޔާލް ބުއްތަށި ބޮއެ ނިމުނު އިރު ޒަރީރުއާ މައުރޫފްއާ ނިހާންވެސް ސައިބޯން ނިކުމެއްޖެއެވެ.

“މިޝާލް ހެއެއް ނުލާ ދޯ އަދި؟” ޒަރީރު އަހާލިއެވެ.

“އާނ، އަދި ހެއެއް ނުލާ. އެކަމަކު އަނޫ އެދަނީ މިޝާލްއަށް ގޮވަން” އަނޫޝާއަށް ވުރެން ކުރިން ނަސީރާ ޖަވާބު ދިނެވެ.

މިލްނާ އައިސް ލަޔާލް ފެން ވަރުވަން ގެންދިޔުމުން އަނޫޝާ މިޝާލްއަށް ގޮވަން ދިޔައެވެ.

އަނޫޝާ ކޮޓަރިއަށް ވަން އިރު އަދިވެސް މިޝާލް އޮތީ ނިދާފައެވެ.

“މިޝާލް…” އެނދުގެ މަގަތުން އިށީނދެ އަނޫޝާ ގޮވާލިއެވެ. މިޝާލް ހެއެއް ނުލިއެވެ.

“މިޝާލް…” މިޝާލްގެ ކޮނޑުގަ ހިފާ ތަޅުވާލަމުން އަނެއްކާވެސް އަނޫޝާ ގޮވާލިއެވެ. ނަމަވެސް ދެންވެސް މިޝާލްއަށް ހެއެއްނުލެވުނެވެ.

މިޝާލްއަކީ ނިދިގަދަ މީހެއްކަން އަނޫޝާއަށް އެނގުނެވެ. އިހަށް ނުގޮވާ ބާއްވަންވީއޭ ހިތަށް އަރާ ތެދުވެފަވެސް އަނޫޝާ އަނެއްކާ އިށީނީ މިޝާލް ހޭނުލައިފިއްޔާ ޒަރީރު ހިތްހަމައެއް ނުޖެހޭނެޔޭ ހިތަށް އަރާފައެވެ.

“މިޝާލް، ތެދުވެބަލަ ދެން… ނުވައެއް ޖަހަނީ މިހާރު” އަނޫޝާ އަނެއްކާވެސް މިޝާލްގެ ކޮނޑުގަ ހިފާ ތަޅުވާލަމުން ގޮވާލިއެވެ. މިޝާލް އަނެއް ފަރާތަށް އެނބުރުނެވެ.

“މިޝާލް!” އަނޫޝާ ގޮވާލިއެވެ. އަދި މިޝާލް ހިފަހައްޓައިގެން އޮތް ބާލީސް ނަގަން ވެގެން އޭގައި ހިފާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ހާދަ ލޯބިންނޭ… (21)

Next

ފިނި ހިތް (އެއްވަނަ ބައި)

Next
March 24, 2016

ފިނި ހިތް (އެއްވަނަ ބައި)

Previews
March 24, 2016

ހާދަ ލޯބިންނޭ… (21)

19 Comments!

  1. Anonymous says:
    March 24, 2016 at 8:03 pm

    cool story

  2. Anonymous says:
    March 24, 2016 at 8:03 pm

    nice

  3. nammi? says:
    March 24, 2016 at 8:23 pm

    Yah . V v nice .

  4. princess says:
    March 24, 2016 at 8:41 pm

    Wowww…alhe Sunday annan dhen inthizaar ga dhwwwwww….mihaaru vaanuvaa balaalaa hithunnnnnn

  5. Zaanaa says:
    March 24, 2016 at 8:48 pm

    V reethi next part avahah up khoh deeba

  6. Maishu says:
    March 24, 2016 at 8:56 pm

    Alhe…. Marsha Kihineh thihedhee..
    Mishaal & Anu got married???????
    Anyways keep it up…
    Stry is awsum???

  7. ainyyy says:
    March 24, 2016 at 9:28 pm

    Mee kurin nerefa oiy vaahakaeh dho?????????? kiyunu hadhaan vey

  8. rose says:
    March 24, 2016 at 9:32 pm

    So sad keevve Anu and Mishal gulhuvi. Ekamuves salhi

  9. Pandit says:
    March 24, 2016 at 10:15 pm

    މަރުޝާ ކިއުންތެރީންގެ ޚިޔާލަށް މަރުހަބާކިޔާ ކަމަށް ބުނެފައި އޮތީތީ ބައެއް ކަން ކަންކަން ފާހަގަކުރި
    ނަމަވެސް ނުރުހުންވެ ކުދި ނުކިޔާނެކަމަށް ހީކުރަން. ބުނަންތަ! “ދިމާލަށް” މީ ކުށްގޮތެއް. މީގެ ރަނގަޅު ގޮތް ވެސް މަރުޝާ އެހެންތާކު ބޭނުންކޮށްފައި އެބައޮތް. އެއީ “ދިމާއަށް” މަޝްހޫރު ޅެން ބައިތެއްގައި
    އޮންނަނީ “ރިމާދަށް ފުރޮޅިގެން އެދަނީ ދިމާއަށް އަނގުރު އަލިފާނޭ” މިހެން ނޫންތަ؟ ދެން އަނެއް ކަމަކަށް ބުނެލަން އޮތީ “ނުކުތުން” އަދި “ނިކުތުން” މިދެގޮތް ވެސް ރަނގަޅު ކަމަށް. ނަމަވެސް އެއްލިޔުމެއްގެ ދެތާ މިދެގޮތް ބޭނުންކުރުން ރަނގަޅެއް ނޫން

  10. 619 says:
    March 24, 2016 at 10:58 pm

    Pandit kale liyefa huri eh chihi rangalhu kohfa meehunnaa beheynee ingy

  11. 619 says:
    March 24, 2016 at 11:00 pm

    Kaley feybee mathintha

  12. Faathun says:
    March 25, 2016 at 12:00 am

    Cheedi dhen.. anu aa zihan aa gulhuwabala .. ?

  13. Mar Sha Marsha says:
    March 25, 2016 at 12:09 am

    Pandit.. of course khiyaalu thah balaigannaanan ufalun.. adhi rangalhu kuran masahkaiyves kuraanan.. marsha ge vaahaka thakuga kuh eba huri kan gaboolu kuran.. marsha ahves faahaga kurevey.. but hama nufeni kassaalaigen gosfa hunna thankolhukolhu eyee.. will try my best to improve.. kujjeh nukiyaanan.. hithehves buraeh nukuraanan cos i know that u all want me to b better.. n my lovely fans plz egothah fonuvaa khiyaal fans ves balaigannaane kamah marsha hykuran.. pandit neiy dho goas ehcheh bunefa eh?? N i thnk every one for ur support.. without it mikan marsha ah kuriakah nugendheveyne.. n fans plz hurihaa comments ah reply nukurevunas dont feel bad ingey.. i read all the comments n feel vvv happy that u find time to read my stories and comment..

  14. Appy says:
    March 25, 2016 at 8:17 am

    Alhe dhn Sunday ga dhw…..haadha dhigu inthizaarekey. …v v v rythi story ehh ….marsha u r tha best writer ……I luv to read u r storyx …..m a boiling fan of u

    1. Appy says:
      March 25, 2016 at 8:18 am

      *biiiiiiigg

  15. ainth says:
    March 25, 2016 at 3:41 pm

    salhi igay anoo ah dhera gothe nuhadhahchey plx

  16. evleen says:
    March 25, 2016 at 3:42 pm

    nyc

  17. ainth says:
    March 25, 2016 at 3:43 pm

    anoo ah dhera gothe nuhadhahche igay

  18. Kaira says:
    March 25, 2016 at 9:06 pm

    Marsha kobaa tha story waiting egerly plx upload soon 🙂

Comments are closed.

Next Episodeމިހިތުގެ ލޯތްބޭ ތީ 6←


All Right Reserved!