Skip to content
އެސްފިޔަ

ވާތީ ހިތަކު ލޯބި މަންމަންވެފާ 14

Listen to this story Audio · 5:31 Powered by Esfiya Voice
0:00 5:31

“ދޮންބޭ… ދެން އެހެން ނޫޅެއްޗޭ. ދޮންބެ އެހެން އެކަނިވެރި ވެފަ އޮންނަތަން ފެނުނީމަ މިކީގެ ހިތް ހަލާކު ވި… މިކީ ވަރަށް ދެރަވޭ ދޮންބެ އެހެން ދެރަވެފަ އޮންނަތަން ދެކެން” މިކްޔާ މަޑުމަޑުން ބުނެލިއެވެ. މީކައިލް ހިނިތުންވެލާފައި މިކްޔާގެ ބޮލު މެދުގައި ބޮސް ދިނެވެ.

(17 ވަނަ ބައި)

ގޭތެރެއަށް ވަދެގެންއައި އެލާރާގެ މޫނު މަތީގައި ނުފިލާ ހިނިތުންވުމެއް ވިއެވެ. ތިރީ ތުންފަތުގައި މަޑުމަޑުން އިނގިލި ހާކާލަ ހާކާލަ ހުރި އިރު ޒަވުލްއާއި އެކު ހޭދަ ކުރެވުނު އެ އުފާވެރި ވަގުތު އަދިވެސް އޭނާއަށް ސިފަ ވާ ކަހަލައެވެ. އެ ހިޔާލުގައި ހުރި އެލާރާއަށް ބަދިގެއިން ނިކުން އެޒިކިއެލްއެއް ނުފެނުނެވެ.

“ހޫން ހޫން. ހާދަ ވަރަކަށް ހިޔާލީ ފޮލާ ކައްކަނީ؟ ޔަގީން މިރޭ ޒަވުލް ކިސްއެއް ދީފި” އެޒިކިއެލް ވާހަކަ ދައްކަން ފެށި އަޑަށް އެލާރާއަށް ހަމަ ބިމަށް އާދެވުނެވެ. “ހޫންންން. ދޮންބެ މޮޔަވީތަ؟ ކީކޭތަ ތިކިޔަނީ؟ ކާކު ކާކަށް ކިސް ދިނީތަ؟” ލަދު ކަނޑުވާލާފައި އަހަން އުޅުން ނަމަވެސް އެލާރާގެ ތުންފަތުގައިވީ ހިނިތުންވުމެއް ފިލާ ނުދެޔެވެ.

“ޔަގީން އެކަން. އެހެންވެ ތިހުރީ ކިނބުލެއްހެން ހެވިފަ. މަށަށް ހަމަ ޔަގީން. ނޫންތަ؟” އެޒިކިއެލް އަނެއްކާވެސް އަހައިލިއެވެ. އެލާރާ އަނގަ ކުނިކޮށްލިއެވެ. އެވަގުތު އެޒިކިއެލްގެ އަތުގައި އޮތް ‘ޗިކަން ރިންގް’ ޕެކެޓު އޭނާއަށް ފެނުނެވެ. “ހޫން. މިރޭވެސް ޕަބްޖީގަ ދޯ؟” އެލާރާ އަވަހަށް ވާހަކަ އޮޅުވާލިއެވެ.

“އާނ. މިރޭ ދެން ވާ މެޗެއް މިކުޅެވުނީ. ހަމަ ހުވާ މިކުރީ. ކުޅި ކުޅި ހުއްޓާ ސޮރަކު އައިސް އެޖެހީ ބަޑި. މަފަކީރު ވެއްޓުން އިރަށް އައިސް ނަގާ ކޮނޑަށް ލައިފި. ދެން މަ ގޮވައިގެން ގޮސް ތަންކޮޅެއް ދުރަށް ދިޔައީ. ދެން މަ ހީކުރީ މީނަ މިއުޅެނީ އަދި ދޮންބެ ސަލާމަތް ކުރަން ކަމަށް. އެކަމަކުވާ މާ ދުރަށް ވައްޓާލައިފި. ދެން ބަޑިވެސް ބާއްވައިފި. ދެން ނެގީ ބިސްގަނޑު އަޅާ އެއްޗެއް. ދެން އޭގެން ޖަހާ ދޮންބެ މަރާލީ. ހެޔޮވާނީ ކިހިނެތް؟” ބޯހޫރުވާލަމުން އެޒިކިއެލް ބުނެލި ވާހަކައާއި އެކު އެލާރާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.

“ހަހަ ހަހަ… ހަމަ އަސްލަށްވެސް ދޮންބެއަށް ތިހެން ހަދަންވީ. ހަމަ ފްރައިންގ ޕޭން އަކުން ޖަހާ މަރާލަން ވީ” އެލާރާ ދޫ ނެރެލިއެވެ. “ހޫމް. މިހާރު ދެން ވާހަކަ އޮޅުވާލަން ދޯ ތިއުޅެނީ. ތެދައް ބުނެބަލަ. ޒަވުލް ކީކޭތަ ކީ މިރޭ ގެންގޮއްސަ؟” އެޒިކިއެލް ސޯފާގައި އިށީނދެލަމުން އަހައިލިއެވެ. އެޒިކިއެލް ގާތުގައި އެލާރާވެސް އިށީނެވެ.

“ޒަވޫ ބުނީ… އެލާދެކެ ލޯބިވެޔޭ…” ތިރީ ތުންފަތުގައި ދަތް އަޅާލަމުން އެލާރާ ބުނެލިއެވެ. އަނެއްކާވެސް އެވަގުތު ޒަވުލްއާއި އެކު ހޭދަ ކުރެވުނު ވަގުތު ކޮޅު ސިފަ ވެލިއެވެ. “ހޫމް ހޫމް. ރައްޓެހިވާން އަހާފަ ކިސްއެއްވެސް ދީފި. މަށަށް ހަމަ ޔަގީން” ދިމާ ކުރާ ރާގެއްގައި އެޒިކިއެލް ބުނެލިއެވެ.

“ހޫންންން. ހެވޭ. ދޮންބެ ޖޭ ނުވެބަލަ. ދޮންބެ ދެން ކޮން އިރަކުންތަ ބިޓެއް ހޯދާނީ؟” އެލާރާ އަހައިލިއެވެ. “ނޭނގެ ދޯ؟” އެހެން ބުނި ނަމަވެސް އެވަގުތު ކޮޅުގައި އެޒިކިއެލްއަށް ސިފަވެލީ މިކްޔާގެ މޫނެވެ.

“ޔަމީ ޓޭސްޓްސް” ރެސްޓައުރެންޓައް ވައިން މީކައިލްއަށް އެތަނުގައި ތިބި ޒުވާން އަންހެން ކުދިންގެ ނަޒަރުތައް ހުއްޓެން ފެށީ ސަބަބެއް ނެތިއެއް ނޫނެވެ. އަޅި ކުލައިގެ ގަމީހަކާއި އެކު އައިސް ބްލޫ ޖީންސެއް ލައިގެން ހުރި މީކައިލް ވަރަށް ސްމާޓް ކަމަށް ދައްކައެވެ. މަތިމަހާއި ތުނބުޅި އެކީގައި ބާލާފައިވީ އިރު އިސްތަށިގަނޑު ހުރީ ކުޑަކޮށް ދިގުވެފައެވެ. ބަލާ ބަލާ ފޫހި ނުވާނޭފަދަ ރީތި ކަމެކެވެ. ފިރިހެންވަންތަ ހިނގުމެއްގައި ގޮސް މީކައިލް އިށީނީ ހުސްކޮށް އިން މޭޒެއްގައެވެ.

ގޭގައި އޮވެ އޮވެ ފޫހި ވެގެން ނިކުން ވިވިއަން ވެސް ހުރީ ހަމަ އެ ރެސްޓައުރެންޓުގައެވެ. އަޅައިގެން ހުރި ބުރުގާ ރީތިކޮށްލުމަށް ފާހާނާއަށް ވައިން ވިވިއަން ހިނދުކޮޅެއް ފަހުން ނިކުތެވެ. އަތުގައި އޮތް ދަބަހަށް އަތުގައި އޮތް ކުޑަ ލޯގަނޑު ލަމުން ގޮސް ވިވިއަން އިށީނެވެ.

“ކަލޭ؟؟؟ ހަމަ އަސްލުވެސް މަންޖެ ކަނީނުން؟ ނުފެނޭތަ މަ މިތާގަ އިނދައެއް؟؟؟” ޒިބު ދަމާލާފައި ވިވިއަން އިސް އުފުލާ ބަލައިލީ ކުރިމަތިން ފިރިހެނެއްގެ އަޑު އިވުމުންނެވެ. “އެއްކަލަ ގާ އުކާ ބޭބީ ދޯ؟ ބަލަ މަށޭ ފުރަތަމަ މިތަނަށް އައީ” ވިވިއަން ކަޅި އަޅާލަމުން ބުނެލިއެވެ.

“މިތާކު ތީނަ ގެ ނަން ޖަހާފައެއް ނެތް” އެއްބުމަ ހިއްލާލަމުން މީކައިލް މޭޒާއި ގޮނޑީގެ އެތަން މިތަން ބަލަން ފެށިއެވެ. “ތީނަ؟؟ ކަލޭ؟؟ ހާދަ އިހުތިރާމެއްވެސް ނެތޭ ދޯ؟ މަށަށް ކިޔަނީ ވިވިއަން. ނަން ކިޔަން ލަދު ގަންނަންޏާ ވިވީ ކިޔާ” ކަޅި އަޅައިލަމުން ވިވިއަން ބުނެލިއެވެ.

“އެހެންތަ؟ މަ ކިޔާނީ މަ ބޭނުން އެއްޗެއް” މީކައިލް ދޫނެރެލިއެވެ. “ހުހް. ވަރަށް ފޫހިވޭ. ތީނައަށް ކޮން ނަމެއްތަ ކިޔަނީ؟” ވިވިއަން އަހައިލިއެވެ. “އޯހްހްހް. މިއީ ދޯ މިވާ ގޮތަކީ؟ މާ ނޭނގޭ ކަމަށް ހަދާފަ މަގޭ ވަނަވަރު ހޯދަނީ ދޯ؟ ނޫނޭ. ކުޅަދާނަ. ހޫމް. އޯކޭ. މަށަށް ކިޔަނީ މީކައިލް މުހައްމަދު މިރުޝާލް. އުމުރުން 23 އަހަރު. މަށަކީ ތެރަޕިސްޓެއް. ވިވިއަން އޯ؟” މީކައިލް އަހައިލިއެވެ.

“ވިވިއަން އަހުމަދު ރަޒާން. 20 އަހަރު. ލިލީ ފިހާރައިގަ މަސައްކަތް ކުރަނީ” ސަލާމަށް އަތް ދިއްކޮށްލަމުން ވިވިއަން ބުނެލިއެވެ.

(ނުނިމޭ)

އަށާރަވަނަބައިގެ ތެރެއިން:

“ލަޝް ސީރިޔަސްލީ؟ ލަޝްއާއި ދޭތެރޭގައި އެހާ ގޯސްކޮށް ކަން ކުރި ބައެއްމަތިން ކީއްކުރަން ލަޝް ހަނދާން ކުރަނީ؟ ކޮބާ ބޭނުމަކީ؟” ލަޝްކާގެ ޖަވާބުން ދާއިޔަލް ހިތްހަމަ ނުޖެހުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (7)

  1. Your fav bab

    V. Reethi mi part vx hama MA!
    Ngl but ur iconic ‘kinbuleh hen heythy’ gets me on the floor every time😂
    Vivian and mykail gulhe yey dhw🤔
    Waiting for next..
    Ly darling 💓

    1. shihaamaa ali
      Your fav bab

      Jazaakallah khairan dear 🩶🫶🏻
      😂😂😂😂😂 asluvess dhw its lowkey funnyy.. hmmm maybe…?👀👀 lets see dhww🤭
      Lyt

  2. Anonymous

    Noooo nugulheeyyy! 😔

    1. shihaamaa ali
      Anonymous

      ???

  3. Anonymous

    I mean Vivian and meykail and nugulhey don’t mind

    1. shihaamaa ali
      Anonymous

      ohhh hehehehe.. jazaakallah khairan for ur opinion🩶🫶🏻

  4. Anonymous

    Awwn Thank youuu 💗

Comments are closed.