Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން އަރިހުގާ 7

Queenquill Level 210 Stories100 Login
March 23, 2026 3 Mins Read
2 Comments

ނިންޖާމުޅިން ވަކިވެފައިވާ ނައިރާގެ ޚިޔާލުގައި ވަނީ ދާނިޝްއެވެ. ދާނިޝް ފޯނު ނުނެގުމުން ނައިރާއޮތީ އެ ފިކުރުގައެވެ. ފަތިސްވީ އިރުވެސް ނުނިދުނެވެ.

” ދަރިފުޅާ، ހާދަ މަޑުމަޑުން ކިހިނެއްވެފަތަ ތި އިންނަނީ؟ ތީކީ އެހެންޏާ އަގައިން ނުބުނެ އިންނަ ކުއްޖެއް ނޫނެއްނު..” ގިރި ކޮފީތައްޓަށް ހުއްޓާލި ނަޒަރުގައި، ގަނޑުވެފައި އިން ނައިރާ ފެނުމުން ހާމިދާ ސުވާލުކުރިއެވެ.

” ދޮންބެ ނެތީމަ ވަރަށް ފޫހިދޯ..” ނައިރާ އޮޅުވާލިއެވެ.

” އާން އަނގަގަނޑު މަދުވީމަ ފަޅުވާނޭނު..” އެތެރެޔަށް ވަންނަމުން ވަހީދާ ބުނެލިއެވެ. ފަރީލާވެސް ވަހީދާއާއެކުގައި އައެވެ.

” ދަރިފުޅު ހަމަ ނުދާނަންތަ؟ ވަރަށް ފޯރި ގަަދަވާނޭ” ފަރީލާ ނައިރާގެ ބޮލުގައި ފިރުމާލަމުން އެހިއެވެ. އެމީހުން އެއުޅެނީ އަތޮޅު މެޗު ބެލުމަށްޓަކާ، އަތޮޅުގެ ވެރިކަންކުރާ ރަށަށް ދާށެވެ. މެޗުތައް އޮތީ ރޭގަނޑު ނަމަވެސް މަޖާކޮށްލުމަށްޓަކައި ހެނދުނުންސުރެ އެރަށަށް ދަނީއެވެ.

” ބޯއްތަމެން ގޮސްލާ މިފަހަރު..” ނައިރާ ހިނިތުންވެލިއެވެ.

ދަތުރަށް ތައްޔާރުވެލައިގެން އެންމެން ބަނދަރަށް ދިއުމުން ނައިރާ ދިޔައީ އަނެއްކާވެސް ކޮޓަރިޔަށެވެ. ލޯގަނޑުގެ ކުރިމަތީގައި ހުއްޓި ކަރުގައި އޮތް ފަށުގައި އަތްޖައްސާލެވުނެވެ. ރޭގެ ހިތްގައިމު ވަގުތުތައް ހަނދާނަށް އައެވެ. ދާނިޝްގެ ޚިޔާލުގައި ހުރެ ނައިރާ ބެލްކަންޏަށް ނިކުމެލިއެވެ. އެންމެފުރަަމަވެސް ލޮލުގައި އަޅާގަތީ ހުސްގަޔާ ބެލްކަނީގައި ސިނގިރޭޓު ބޯންހުރި ދާނިޝްއެވެ. އުނުގައި އަނދެލައިފައި އޮތް ތުވާލިން ހީވަނީ ދެންމެ ފެންވަރައިގެން އައީހެންނެވެ. ދާނިޝްގެ އެ ކަސްރަތީ ހަށިގަނޑު ފެނުމުން ނައިރާގެ ޖަޒުބާތުތަކަށް އެނގުންވެލިއެވެ. ހިތާއިހިތުން ތަޢުރީފުކޮށްލެވުނެވެ.

ދާނިޝް ސިނގިރޭޓު ބުރި އެއްލާލުމަށް ކުރިމައްޗަށް ބަލާލިވަގުތު ފެނުނީ ނައިރާގެ ރީތި ސޫރައެވެ. ދާނިޝް ހަމަ ބަލާލުމާއިއެކުގައި ތުންކޮޅު ހަދައިލާފައި ނައިރާ ގޮސްވަދީ ކޮޓަރިޔަށެވެ. ދާނިޝްގެ ތުންފަތްމަތީގައި ދުވެލީ ހިނިތުންވުމެކެވެ. ނައިރާގެ އެފަދަ ސިފަތައް ދާނިޝްއަށް ވަރަށް ކަމުދެއެވެ.

ދެން ފެނުނީ ދާނިޝް ބަލަންހުއްޓާ ނައިރާ ބާރުބާރަށް ހިނގާފައި ގެއިން ނިކުމެގެން ދިޔަތަނެވެ. އެއީ ހަމަ ގަސްތުގައި ދާނިޝްއަށް ދެއްކުމަށެވެ. ނައިރާ ދިޔައީ މައިލާމެންނާއެކު ބޭރަށެވެ. ގިނަ ވަގުތުތަކެއް ހޭދަ ކުރުމަށްފަހު އައީ، ރޭގަނޑަށްވެސް ކަމެއް ރާވާލައިގެންނެވެ.

” ކޮބާތަ ނައީ؟” ގޭޓުން ނިކުމެ ނިކުމެހުރި ނައިރާއަށް މައިލާ ގުޅިއެވެ.

” މިދަނީ މިދަނީ..” ނައިރާ ވަރަށް އަވަސްއަވަހަށް ބުނެލިއެވެ. ހިނގަމުން ގޮސް މަގަށް ނުކުތުމުގެ ކުރިން އޮންނަ އަނދިރިގޯޅިޔާ އަރާ ހަމަވިތަނުން، މީހަކު ގަސްތަކުގެ ތެރެއިން ނައިރާގެ އަތުގައި ހިފާ ދަމާލިއެވެ. ކުއްލި ސިހުމަކާއި އެކުގައި ނައިރާއަށް ތެޅިގަނެވުނެވެ. ކުރިމަތީގައި ހުރީ ދާނިޝްކަން އެނގުމުން ލޯއަޅައިލިއެވެ. ނައިރާ ގަހުގައި ޖައްސާ ފިއްތާލަމުން ދާނިޝް މޫނު ގާތްކޮށްލިއެވެ.

” ބުނިން ދޯ އެކަނި ނޫޅޭށޭ ބޭރުގަ ތިހެން!” ދާނިޝް ހުރީ ހިތްހަމަނުޖެހިފައެވެ.

” ދާނިޝްއަށް ކީއްތަ..ނައިރާ ދާނަން..ދުރަށް ދޭބަ..ލަސްވެޔޭ” ނައިރާ ބެލީ އެތަނުން ނިކުމެވޭތޯއެވެ.

” އެހެންތަ؟ ނިކަން ދޭބަލަ!” ދާނިޝް ނައިރާ އުފުލާލައިފައި ކޮނޑުމަތީގައި ބާއްވާލިއެވެ. ދާނިޝްގެ ކޮނޑުމަތީގައި އެލިފައިއޮތް ނައިރާ، އެ އަތުތެރޭން ވީއްލޭތޯ ވަރަށް މަސައްކަތްކުރިއެވެ. އެކަމަށް އެއްވެސް ފަރުވާލެއްނުދީ ހުރެ، ދާނިޝް ގޮސް ވަނީ ދާނިޝްގެ ގެޔަށެވެ.

” ދެން ދޫކުރާށޭ، ނައިރާ ބަހައްޓާށޭ!” ދާނިޝްގެ ބުރަކަށީގައި ވިކަމުން، އިސްތަށިގަނޑަށް ދަމަމުން ނައިރާ ގޮވިއެވެ. ކޮޓަރިޔަށްވަދެ ނައިރާ އެނދުމައްޗަށް ވައްޓާލުމަށްފަހު ދާނިޝް ހިންދެމިލިއެވެ. އޭރު މައިލާގެ އެތައް ކޯލެއް ނައިރާއަށް އައިސްފިއެވެ. ފޯނު އޮތީ ދާނިޝްގެ އަތުގައެވެ.

” ދޭން… ” ނައިރާ ތެދުވެ އިސްތަށިގަނޑު ރީތިކޮށްލިއެވެ. ތުންދަމައިގެންއިނދެ ފޯނު ދޭށޭ ބުންޏެވެ.

” ނަގާފަ ބުނޭ ނުދެވޭނެ…އަވަސް!” ދާނިޝް ކޮށްލީ އަމުރެކެވެ.

” ހަލޯ.. މައީ.. ނައިރާ ކުޑަކޮށް ބަލިވީމަ.. ނައިރާ ރެސްޓުކޮށްލާނީ..” ނައިރާ އިނީ، ނައިރާގެ ކަންފަތުގައި ފޯނު ޖައްސައިގެންހުރި ދާނިޝްއަށް ކަޅިއަޅައިގެންނެވެ.

” ކީއްވީތަ ނައީ؟ ތެދަށް ބުނޭ..އެހެންނޫނީ މިދަނީ ބަލާ..” މައިލާއަށް ޤަބޫލެއް ނުކުރެވުނެވެ.

” ނޯ ނޯ..އަސްލުއޭ ބުނީމެއްނު ނައިރާ ޕީރިއަޑްވެގެންނޭ އެހެންވޭ..ބަނޑަށް ތަދުވާތީ..” ދާނިޝް ހުރުމުން ތުންފަތުގައި ދަތް އަޅައިލެވުނީ، އެހެންބުނެވުން ފަހުން ވިސްނިގެންނެވެ. ފޯނު ބޭއްވުމުން ނައިރާ ރުޅިއައިސްފައި އިސްޖަހައިގެން އިނީއެވެ. ދާނިޝް ގާތްވެލަމުން ނައިރާގެ މޫނު އުފުލާލިއެވެ.

” ނައިރާ ގޮވަގޮވާ ހުއްޓަ، ބެލްކަނިން ފުންމާލާފަ..ނައިރާ ގުޅީމަ ފޯނު ނުނަގާފަ، އަދިވެސް އެވަރުންނުވެގެން ދާނިޝްތަ ނައިރާދެކެ ރުޅި އައިސް ނައިރާ ކިޑްނަޕް ކުރަންވީ..” ނައިރާ ވާހަކަދެއްކީ ބާރަށެވެ. އެހެނަސް ހީވީ ކުޑަކުއްޖެއް ހެންނެވެ. ދާނިޝްއަށް މަޖާވީ އެހެންވެއެވެ.

” ކިޑްނަޕްއޭ؟ ކިޑްނަޕް ކުރަންތަ އަސްލަށްވެސް…ދާނިޝް ކައިރީގަ އަބަދު ފޮރުވާލަން” ނައިރާގެ ލޯބި ކޮލުގައި ހިފާލަމުން ދާނިޝް ބުންޏެވެ.

” ތިވެސް ވާނީ ކިޑްނަޕް ކުރުމަށް. ހަމަ ނައިރާ ކޮނޑަށް ޖަހާލައިގެން ގެނައީނު..ކިހިނެއްކަމެއްވެސް ނޭނގެ..އިންސާނުން އެހެން ވަގަށް ނަގައިގެން އެ އުފުލާލަނީ..” ނައިރާ ހަމަ އެއްޗެހި ކިޔަނީއެވެ. ދާނިޝްއަށް ހެވިއްޖެއެވެ. ނައިރާ ރުޅި މޫނު ހަދާލުމުން ދާނިޝް ނައިރާގެނެސް މޭގައި ލައްކޮށްލިއެވެ.

” ސޮރީ ބޭބީ.. އެގަޑީ ނައިރާ އެހެން ބުނީމަ..ދާނިޝްއަަށް ހީވީ ނައިރާ ދާނިޝްއާ ދުރަށް ދާނެޔޭ..އެހެންވެ..” ދާނިޝް ވަރަށް ލޯބިން ކިޔާދިނެވެ. ނައިރާގެ ހުރިހާ ރުޅިއެއް އެއްފަހަރާ ފިލައިގެން ދިޔައެވެ.ނައިރާ ހިނިތުންވެލުމުން ދާނިޝްގެ ހިތަށް ފިނިކަން ލިބުނެވެ.

” އެކަމުވެސް ހެޔޮ..ނައިރާ މިހުރީ ރުޅި އައިސް” ހިނި އައިސް އިނދެފައި ނައިރާ އަނެއްކާވެސް މޫނު އަނބުރާލިއެވެ.

” ކޮންކަމަކާތަ..؟” ދާނިޝް އަހާލިއެވެ. ނައިރާގެ އިސްތަށިގަނޑާ ކުޅެމުންނެވެ.

” ދާނިޝް ސިނގިރޭޓު ބޯތީ..” ނައިރާ ތުންކޮޅު އޫކޮއްލިއެވެ.

” އޫމް..ދެން ކޯއްޗެއްތަ ބޯންވީ؟” ނުލަފާ ހިނިތުންވުމަކާއެކު ދާނިޝް ނައިރާގެ ތުންފަތާ ކުޅެލިއެވެ. ދާނިޝް ދުރަށް ކޮޮއްޕާލައިފައި ނައިރާ ތެދުވިއެވެ. ނައިރާގެ މުޅި މޫނު ހުރީ ލަދުން ރަތްވެފައެވެ.

” ހިނގާބަ ކާން ދޯ؟” ނައިރާގެ އަތުގައި ގިފައިގެން ދާނިޝް ދިޔައީ ބަދިގެއަށެވެ.

” ނައިރާ ނުކާނަން..ބަނޑުހައެއް ނޫން” ނައިރާ ބުންޏެވެ.

” އުހުމް..ވަރަށް ކުޑަކޮށޭ.. ސޫޕެއް. އޭރުން ކުޑަކޮށް ބަނޑުގެ ރިހުން ރަނގަޅު ވާނީ.. އިށީންދެބަ.. ވަރަށް އަވަސްވާނެ..” ނައިރާ ގޮނޑީގައި ބައިދަމުން ދާނިޝް ނައިރާގެ ބޮލަށް ބޮސްދިނެވެ. ދާނިޝްގެ އެ އަޅައިލުމުން ނައިރާގެ ހިތް ފުރިއްޖެއެވެ.

އަތްމަތި ވަރަށް ފަރިތަކޮށް ދާނިޝް އެއްޗެހިތައް ކޮށާ، ސޫޕު ކައްކަން އުދިއެވެ. އާމުކޮށް ކައްކާފާޑު ޖަހައެވެ. ފާޑުވެރިކަން އެބަހުއްޓެވެ. ކަޅިޖަހައިނުލައި އިނދެ ނައިރާ، ދާނިޝްގެ ކޮންމެ ހަރަކާތަކަށް ބެލިއެވެ. ހާދަ ރޮމޭންޓިކޭ ހިތަށް އަރާފައެވެ.

ސޫޕުތަށި ހިފައިގެން އައިސް ދާނިޝް ނައިރާގެ ގާތުގައި އިށީންދެލިއެވެ.

” ހޫނު ވާނެ..ބަލައިގެން އިނގޭ” ނައިރާގެ އިސްތަށިކޮޅު ރީތިކޮށްލަމުން ދާނިޝް ބުނެލިއެވެ. ނުހަނު ލޯބިންނެވެ.

” ހާދަ މޮޅޭ..ދާނިޝް އަމިއްލައަށްތަ ކައްކަނީ؟” ދާނިޝްގެ އަތަށް ފިތާލަމުން ނައިރާ އަހާލިއެވެ. އާއެކޭ ބުނުމުގެ ގޮތުން ދާނިޝް ބޯޖަހައިލިއެވެ.

” މަންމަމެން ވެސް މިރޭވީ މެޗު ބަލަން ގޮސް..ދަންވަރު އަންނާނެ އެކަމު” ސޫޕުކޮޅެއް ބޯލަމުން ނައިރާ ވާހަކަދެއްކިއެވެ.

އެވަގުތު ދާނިޝްގެ ފޯނު ރިންގުވާން ފެށުމުން، އެބަ އަންނަމޭ ބުނެފައި ދުރަށް ޖެހިލިއެވެ.

” ދާނިޝް މިހާރު ކޮންދުވަހެއްތަ ތިކޮޅުގަ އުޅޭތާ..ދެން އާދެބަލަ ދަރިފުޅާ. މިހާރު ހުރިހާ ކަމަކާ ކުރިމަތިލުމުގެ ވަގުތު ޖެހިއްޖެ. އެމީހުންގެ މުޅި ދިރިއުޅުން އެފުއްމިފުށަށް ޖަހާލަންވީ” ސަކީނާގެ އަޑުގައި ހުރީ ވިހައެއްފަދަ އަސަރެކެވެ.

ދާނިޝް ދުރުގައި އިން ނައިރާއަށް ބަލައިލިއެވެ. ކޮންފަދަ މަޢުސޫމު ކަމެއް ހެއްޔެވެ. އެ ލޯތްބަށްޓަކައި ދުނިޔޭގެ ހުރިހާ އެއްޗެއްވެސް ޤުރުބާން ކުރެވިދާނެއެވެ. އެހެނަސް ދާނިޝްގެ މަންޒިލަކީ ތަފާތު މަންޒިލެކެވެ. ކުރިޔަށް ދިއުމަށް މަޖުބޫރެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Queenquill

Level 210 Stories100 Login

Tales of Heart...

Other Articles

Previous

ދުނިޔެއީ ދައުރުވާ އެއްޗެއްމެ 17

Next

ޖަވާހިރުގެ ބާރު – 14

Next
March 23, 2026

ޖަވާހިރުގެ ބާރު – 14

Previews
March 23, 2026

ދުނިޔެއީ ދައުރުވާ އެއްޗެއްމެ 17

2 Comments!

  1. Shaba_73 says:
    March 23, 2026 at 3:19 pm

    Mi part ves vrh Reethi MA! 😍
    Dhaanish ge manzilaky kbr baa… 🤔
    Anehkaa Dhaanish eii insaaneh thr?… 🤔
    Naufal nethyma vrh falhu dhw Hehe… 😅
    Zaan aa Nai ar gulheny Dhaanish ge gotheh Neynge dhw.
    Curiously waiting for the next part When’s next?
    I appreciate your hard work keep it up ✨
    Lyy and tc 💗

    1. Queenquill says:
      March 23, 2026 at 8:37 pm

      Dhaanish ge sirru adhi othy kuriyah🤭
      Thankoo so much shaba🥰❤️
      Lym😘❤️ Tvgc💜🫂

Comments are closed.

Next Episodeލޯބިން އަރިހުގާ 8←


All Right Reserved!