
އެދިގެން ކަލާ ލިބޭތޯ 54

(54 ވަނަ ބައި)
“ހުޔޫން… ކީއްވެ ހަޤީގަތަށް ފިލަން ތި މަސައްކަތްކުރަނީ؟ ދަ ބާރތް މާރކް އޮން ޔުއަރ ބެކް… އިނގޭތަ ހަމަ އެ ނިޝާން ހިޒްޔާންގެ ބުރަކަށީގައިވެސް އިންނަކަން…” މަޑުމަޑުން މިލާންއާއި ގާތަށް ފިޔަވަޅެއް އަޅަމުން ވާހަކަދެއްކިއިރު އައިކަންގެ ކޮންމެ ބަހެއްގައި މަޑުމައިތިރިކަންވިއެވެ. މިލާން… ހުޔޫން އެ ހުރީ ނާޒުކް ފައްތަރެއްގައިކަން އޭނައަށް އިނގެއެވެ. އައިޝަމްގެ އަތުން މިޝްޔާވެސް ދޫވެގެން ދިޔައީ މިފަދަ ފައްތަރެއްގައި ހުއްޓައެވެ. އެގޮތަށް އޭނަގެ އަތު ތެރެެއިން ޙުޔޫން ބީވެގެން ދިޔުމަކަށް އޭނައަކަށް ދުލެއްނުކުރެވޭނެެއެވެ.
“އިނގޭތަ؟ މިވީ ދުވަސްތަކުގައި ހުޔޫ ހޯދުމަށް އަަހަރެމެން އެންމެން ކުރިހާ މަސައްކަތް… ހާއްސަކޮށް އައިޝަމް އަންކަލްއާއި ޒޭން މަސައްކަތްކުރިވަރު އިނގޭތަ؟ ދެން ކީއްވެ ޙުޔޫން؟” މިލާންގެ ނަަޒަރު ހުއްޓާލަމުން އައިކަން ސުވާލުކުރިއިރު އެއަޑުގައި ޝަކުވާވިއެވެ. މިފަަދަ ގޮތަކަށް ހުޔޫންއާއި ބައްދަލުވުމުން އޭނަ ކުރަންވީ ހިތާމަކަމެއް ނޫނީ ވާންވީ އުފާކަމެއް އޭނައަކަށް ނޭނގުނެވެ. ހިޒްޔާންއެކޭ އެއްފަދައިން ޙުޔޫންއާއި ބައްދަލުވުމަށް އޭނަވެސް ހާދަ ފޮނި އުންމީދުތަކެއްކުރިއެވެ. އެކަމަކު އޭނަ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (2)
Comments are closed.
Eid Mubaarak 🌙
EID MUBARAK TO YOU TOO! ✨🌟🌙