Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުންއަސަރު 15

Ushaali Level 810 Stories100 Comments100 Stories500 Comments
March 22, 2016 7 Mins Read
21 Comments

“ޒޯހަން. ރަނގަޅަށް އަޑުއަހާ. ޒޯހަންއަށް ޖެހޭނީ ހުސްނީގެ ދަރިފުޅު ނިއާއާއި މިކައިވެނި ކުރަން. ނުކުޅެދޭ މަންމަން ކުއްޖަކަށް މިއާއިލާއަކުން ޖާގައެއް ނެތް. އިތުރު ވާހަކަތަކެއް އަޑުއަހާކަށް ބޭނުމެއް ނޫން. މީގެ ފަހުން ޝިޔާރާއާއި ބައްދަލުކުރުން ހުއްޓާލަންވީ. ކުރިއަށް މިއޮތް ހަފްތާގެ ތެރޭގައި ރަންކިޔުމުގެ ހަފްލާ ކުރިއަށް ދާނެ” ފަޓްލޫނުގެ ދެޖީބަށް އަތް ޖަހާލި ނޫރީ ހުރީ ގޮތުގަ މޭފުއްޕާލާފައެވެ. “އެހެންވިއްޔާ ބައްޕަ ވެސް އަޅުގަނޑު ބުނާ އެއްޗެއް އަޑު އައްސަވާ. އަޅުގަނޑުގެ ލޯތްބަކީ ހަމައެކަނި ޝިޔާރާ. ތިބުނާ ނިއާއަށް އަޅުގަނޑުގެ ހަޔާތުން ޖާގަ ލިބުނަސް އަޅުގަނޑުގެ ހިތުން ޖާގައެއް ނުދެވޭނެ. ބައްޕައާއި މަންމައަށްޓަކައި ތިކައިވެނި އަޅުގަނޑު ކުރާނަން. އެކަމަކު އެއީ ކައިވެއްޏެއް ކަމުގައި އަޅުގަނޑު ނުދެކޭނަން. ދުވަހަކު ވެސް އަޅުގަނޑުގެ ހިތުން ޖާގައެއް ނުދޭނަން. ކައިވެންޏަށް ހަފްތާއެއް ވުމުގެ ކުރިން ނިއާ މިނިވަން ކުރާނަން. އޭރުން މަންމައަށް ވެސް ބައްޕައަށް ވެސް ނުބުނެވޭނެ ބައްޕަމެން ބުނި ގޮތަށް އަޅުގަނޑު ކައިވެނި ނުކުރެއެކޭ. އަޅުގަނޑު ހަޔާތުން ދުވަހަކު ވެސް ބާކީ ނުކުރާނެ ފަރާތަކީ ހަމައެކަނި އަޅުގަނޑުގެ ލޯބި. އަޅުގަނޑުގެ އަންބަކަށް ޝިިޔާރާ ހަދާނެ ކަމުގައި އޮންނާނީ އޭނާ ކައިރީގައި ވައުދު ވެފައި. ވީމަ އެވައުދު އަޅުގަނޑު ފުއްދާނަން. ވީ ވައުދެއް ފުއްދުމާއި ، އަނެކާއަށް އިހުތިރާމް ކުރުމާއި ، ދެވަނަ މީހާގެ އަތުގައި ވެސް ވަނީ ހިތެއް ކަމާއި ދޮގު ނުހެދުން އެއީ މަންމައާއި ބައްޕަ އަޅުގަނޑަށް ދަސްކޮށްދިން ރަނގަޅު ސިފަތައް. އެކަންތަކުގެ މަތިން ބައްޕަ މިއަދު ހަނދާންނެތިފައި ހުއްޓަސް އެއީ ދުވަހަކު ވެސް އަޅުގަނޑު ހަނދާންނެތޭނެ ކަންތަކެއް ނޫން. އަދި ތިކައިވެނި ކުރުމާއި ހަމައަށް ވެސް އަދި އޭގެ ފަހުން ވެސް އަޅުގަނޑު ޝިޔާރާއާއި ބައްދަލުކުރާނަން. އަދި އެއްވާހަކަ. ޝިޔާރާ ހުންނަނީ އަޅުގަނޑުގެ ބެލުމުގެ ދަށުގަ. އަޅުގަނޑު ކުއްޔަށް ހިފާފައި ހުންނަ ތަނަކު. ދުވަހަކު ވެސް މަންމައާއި ބައްޕަ ބޮލަށް އުނދަގު ކުރަން މިގެއަށް ޝިޔާރާ ނުގެންނާނަން” ވާހަކަދައްކާ ނިމުމަށްފަހު ޒޯހަން ހިނގައިގަތީ ގޭދޮރުން ބޭރަށް ނިކުންނާށެވެ. ނޫރީ އަޑުހަރުކޮށް ގޮވާލުމުން ވެސް ފަސް އެނބުރި ބެލުމެއް ނެތި ޒޯހަން ގޭޓުން ވެސް ބޭރަށް ނިކުތެވެ. ތަނަށް ވެރިވެފައި ވަނީ މަރު ފަދަ ހިމޭންކަމެކެވެ. ކާއެއްޗެއްގައި އެއްވެސް މީހަކު އަތްނުލައެވެ. ޝަޒަން ވެސް އިނީ ޒޯހަންގެ ހިތްވަރުގަދަކަމަށްޓަކައި އުފާވެފައެވެ. ގަދަބަސް ބުނަން އެނގެނީ ހަމައެކަނި ނޫރީއަށް ނޫންކަން މިއަދު ޒޯހަން އެދިޔައީ ސާބިތުކޮށްދީފައެވެ. ނޫރީވެސް ބާރަށް ހިނގާފައި ގޮސް ކޮޓަރިއަށް ވަނެވެ. ޝަޒަން ކައިރީގައި ޝިފްނީވީ ތަނެއް ބަލާލަން ދިޔުމަށް ސާރާ ބުނުމުން ޝަޒަން ފަހަތުން އިބްރާހީމް ވެސް ނިކުތެވެ. ހާލާވެސް ދިޔައީ ޝަޒަން ފަހަތުންނެވެ. އަރުހަމް ބަހެއް ނުކިޔާ ދިޔައީ ލިފްޓާއި ދިމާލަށެވެ. ރާކީގެ ކޮނޑުމަތީގައި ނިދިފައި އޮތް ލައިލް ނަގާ އާރިކް ކޮނޑުމައްޗަށް ލަމުން ކޮޓަރިއާއި ދިމާލަށް ހިނގައގަތެވެ. ސާރާއަށް ޝަޒަންގެ ފޯންކޯލް ލިބުމާއެކު އަވަސްވެގަތީ އެބަޔަށް ދިއުމަށެވެ. ހުރި ތަނުގައި ގުޑާނުލާ ބުދެއްހެން ހުރި ލަތާ ކައިރިއަށް ޖެހިލީ ޔަޝްމީއާއި ރާކީއެވެ. ދެއަންހެންދަރީންގެ ހަމްދަރުދީން ލަތާއަށް ބާރަށް ރޮއެ ގަނެވުނެވެ. މިވީ ކިހިނެއް ހެއްޔެވެ؟ މިއާއިލާއަށް މިވަރުގެ ކަމަކާއި މިދިމާވީ މައިންބަފައިންގެ ސަބަބުން ހެއްޔެވެ؟ ނުވަތަ ލޯބިވާ ފިރިހެން ދަރިފުޅުގެ ނުބައި ކަމުން ހެއްޔެވެ؟ ނުވަތަ ގެއަށް ގެނެވުނު ނުކުޅެދޭ އަންހެން ކުއްޖެއްގެ ސަބަބުން ހެއްޔެވެ؟ ނޫނެކެވެ. ޒޯހަންއަކީ މައިންބަފައިން ދެކެ ލޯބިވާ ކިޔަމަންތެރި ދަރިއެކެވެ. އެރުޅިވެރިކަމުގައި އެފަދަ ބަހުރުވައަކުން ބައްޕައާއި މުހާތަބްކުރަން ޒޯހަން އަށް މަޖުބޫރުކުރީ އެހިތުގައި އެއަންހެންކުއްޖާއަށް އުފެދިފައިވާ މަތިވެރި ލޯތްބެވެ. އެއީ ޒޯހަންގެ ކުށެއް ނޫނެވެ. ޝިޔާރާއާއި ޒޯހަން ކައިވެނިކުރަން ލަތާއަށް ވެސް ނުރުހެވޭއެވެ. ސަބަބަކީ އެއީ ކުރިން މީހަކާއި އިނދެ އާކަން ކެނޑިފައިވާ މީހަކަށް ވާކަމެވެ. ލޯބިވާ ދަރިފުޅާއިމެދު ކުރެވޭ އުއްމީދުތަކެއްގެ ބޮޑުކަމުންނެވެ. އެހެނެއްކަމަކު ނޫރީއާއި އެއްފެންވަރަށް ވެއްޓި ޝިޔާރާއަށް އަޑުލާކަށް ލަތާ ބޭނުމެއްނޫނެވެ. ނޫރީ ލާތާގެ ލޯތްބަށް އެދި އާދޭސްކުރިއރު ލަތާއަކީ ކިހާ ފެންވަރެއްގެ ކާކުކަން އަދި ހަނދާނެއް ނުނެތެއެވެ.

 

ތަޅަށް ތަޅުދަނޑި ހެޔޮވަރުކޮށްލުމަށްފަހު އަނބުރާލުމުން ހުޅުވުނު ދޮރުން އެތެރެއަށް ވަން ޒޯހަން ފެނި ސޯފާގައި އިން ޝިޔާރާ ކޮޅަށް ތެދުވިއެވެ. ޒޯހަންގެ ރަތްވެފައިވާ ދެލޯ ފެނުމުން ރޮއެފާ ހުރިކަން ޝިޔާރާއަށް އެނގުނެވެ. ޒޯހަން ޝިޔާރާ ކައިރީގައި ހުއްޓި ސޯފާއަށް ވެއްޓިގަތެވެ. ޒޯހަން ކައިރީގައި މަޑުމަޑުން ޝިޔާރާ އިށީނުމާއެކު ޒޯހަން ބޯއަޅާލީ ޝިޔާރާގެެ އުނގުގައެވެ. އެވަގުތު ޒޯހަންގެ ރަތްވެފައިވާ ދެލޮލާއި ހިމޭންކަން ފެނި ޝިޔާރާގެ ހިތުގައި ރިއްސާލިއެވެ. ޒޯހަންގެ ދެލޮލުގެ އަރިމަތިން ވެއްޓެން ދިޔަ ކަރުނަތިކި ޝިާޔާރާގެ މަޑުމަޑުން އަތްތިލައިން ފޮހެލަ ދިނެވެ. އަދި ޒޯހަން ކައިރީގައި ކިހިނެއްވީހޭ އާހާލިއެވެ. ގޭމީހުންގެ ހާލު ރަނގަޅުހޭ ވެސް އަހާލިއެވެ. ޝިޔާރާއާއި އެކީގައި ގިނަ ވަގުތު ތަކެއް ހޭދަކުރަމުންދާތީ އިޝާރާތުން ޝިޔާރާ ދައްކާ ވާހަކަ މިހާރު ކޮންމެސް ވަރަކަށް ޒޯހަންއަށް އެނގޭއެވެ. ގޭމިހުންނާއި ދޭތެރޭ ޝިޔާރާ ވިސްނާކަން އެނގުމުން ޒޯހަން އުފާވިއެވެ. ވަރަށް ހިއްވަރުކުރުމަށްފަހު ޒޯހަން ގޭތެރޭގައިވި ހުރިހާ ކަމެއް ޝިޔާރާއަށް ކިޔާދިނެވެ. ޝިޔާރާގެ ލޮލުން ވެއްޓުނު ކަރުނަތިކި ބާރުމިނުގައި އައިސް ޖެހުނީ ޒޯހަންގެ ތަނަވަސް ނިއްކުރީގައެވެ. ޒޯހަން ތެދުވުމަށްފަހު ޝިޔާރާ ގެނެސް މޭގައި ބޮނޑިކޮށްލިއެވެ. އެމޫނުގައި ބޮސްދިނެވެ. ދެއަތް ތިލައިގާ ބޮސްދިނެވެ. ދުވަހަކު ވެސް ޝިޔާރާ ދުރުކޮށްނުލާނަމޭ ބުނީ ރޮވިފައެވެ. އެހުރިހާ ވާހަކަތަކެއް އަޑު އެހުމަށްފަހު ޝިޔާރާ ދިން ޖަވާބުން ޒޯހަން ހައިރާންވިއެވެ. “އެއީ ޒޯންގެ މަންމަ އާއި ބައްޕަ. އެއްވެސް ދަރިއަކަށް ދެރައެއް ލިބުމަކަށް އެމީހުން ނޭދޭނެ. ޝިޔާގެ މަންމަ ނެތަސް އެވަރު އެނގޭ. ޒޯން ތިކައިވެނި ކުރޭ. އޭރުން އޭގެއިން ޒޯންއަށް ވެސް މޮޅެއް އޮތީ. ފިރިހެން ދަރިއަކަށް މަންމައަށް ވުރެ ބޮަޑަށް އަންހެނަކު އިސްކުރެވޭކަށް ނޯންނާނެ. އެމީހުންނަށް ސާބިތުކޮށްދީ ތީ ބަސްއަހާ ކިޔަމަންތެރި ދަރިއެއްކަން. އިރާދަކުރެއްވިއްޔާ ޒޯން ވާނީ ދެދުނިޔޭގެ ވެސް ބާއްޖަވެރިއަކަށް” ޝިޔާރާ ބުނަމުންދިޔަ ބަސްތައް ޒޯހަންއަށް ނަގައިގަނެވުނީ ވަރަށް ވިސްނިފަހުންނެވެ. ޒޯހަން ނޫރީއަށް ޖަވާބުދިން ގޮތް ޝިޔާރާއަށް ކިޔާދިނުމުން އެގޮތް ރަނގަޅު ކަމުގައި ބުންޏެވެ. އަދި ޒޯހަން ޝިޔާރާ ދޫކޮށްނުލާހާ ހިނދެއްގައި ޝިޔާރާ އަބަދުވެސް ހުންނާނީ ޒޯހަންއާއި އެކުގައި ކަމަށް ބުނީ އަމިއްލަ ކަރުނަތައް ސިއްރު ކުރުމަށްފަހު ޒޯހަންގެ ލޮލުން ފޭބި ކަރުނަތައް ފޮހެލަމުންނެވެ. ޝިޔާރާ އަމިއްލައަށް ޒޯހަންގެ ހަށިގަނޑުގައި ބައްދާލުމުން ހުރިހާ ކަމެއްގެ މަތިން ހަނދާންނެތުނު ކަހަލައެވެ. ޝިޔާރާގެ ކުޑަ ހަށިގަނޑު މެއާލާ ފިއްތާލިއެވެ.

 

މެންދުރުފަހު ހިނގާދިޔަ ހާދިސާއަށްފަހު އެއްވެސް މީހަކު ކޮންމެހެން ނިކުންނަން ޖެހިގެން ނުނީ ކޮޓަރިން ބޭރަށް ނުނިކުމެއެވެ. ނޫރީވެސް ނަމާދަށް ވެސް އަރަނީ ކޮޓަރިއަށެވެ. ލަތާ ކައިރީގަވެސް މުހިއްމު ކަމެއްގައި ނޫނީ ކަމަކު ނުކިޔައެވެ. ޒޯހަންގެ އަމަލުތަކާއި ބަސްމަގު ހުރި ގޮތުން ނޫރީގެ މޫޑްވަނީ މުޅިން ހަރާބުވެފައެވެ. އެނދުގައި އޮށޯވެގެން ނިއްކުރިއަށް އަތް އެއްލައިގެން އެއްފައި މައްޗަށް އަނެއް ފައި އަރުވައިގެން ތަޅުވާލަ ތަޅުވާލަ އޮތް ނޫރީ އޮތީ ވިސްނުމެއްގައެވެ. ކޮޓަރީގައި ވަކިން ހުރި ބޮޑު ގޮނޑީގައި ލަތާއިނީ ގުރުއާން ކިޔަވާށެވެ. އޭރު ގަޑިން އެގާރަ ޖެހިކަމުގެ ސިގްނަލްތައް ދެމުން ދިޔައެވެ. ކޮޓަރީގައި ޓަކި ޖަހާލި އަޑު އިވުމުން ލަތާ ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރި ޒޯހަން ފެނުމުން ލަތާ ހައިރާންވިއެވެ. ލަތާއަށް ބަލާވެސްނުލާ ޒޯހަން އެތެރެއަށް ވަނުމަށްފަހު އެނދުގައި އޮތް ނޫރީގެ ފައި ކައިރީގައި އިށީނުމުން ނޫރީ ކުޑަކޮށް ތެދުވެލިއެވެ. “ބައްޕާ އަޅުގަނޑަށް ވާހަކަދެއްކުނީ ރަނގަޅަކަށް ނޫން. މާފްކުރައްވާ. މަންމައާއި ބައްޕަ އެދިލައްވާ ގޮތަށް މިކައިވެންޏާ އަޅުގަނޑު ރުހި ގަބޫލު. މިއަންނަ ހަފްތާގަ ރަންކިޔުމުގެ ކަންތައް ކުރިއަށް ގެންދަންވީ. އެކަމަކު ކައިވެނި ތަންކޮޅެއް ލަހުން ކުރެވިދާނެ. އެއީ މަންމަ އާއި ބައްޕަ ރުހޭނަމަ. އަޅުގަނޑު ނިއާ ދަސްކުރަން ވެސް ބޭނުން. އަޅުގަނަޑަށް ވަގުތު ދެވިދާނެތަ؟” ނޫރީ އިނީ އެއީ ޒޯހަން ކަމުގައި ގަބޫލުނުކުރެވިފައެވެ. ކޮޅަށް ތެދުވެ ޒޯހަންގެ ގައިގާ ބައްދާލީ މާފްކޮށްފީމޭ ބުނަމުންނެވެ. ޒޯހަން ވެސް ބައްޕަ ގައިގަ ބައްދާލިއެވެ. ކިތަންމެ ނުރުހިފައި ވާހަކަދެއްކިއަސް އެއީ ޒޯހަންގެ ބައްޕައެވެ. ދުލުން ބުންޏަށް އެގުޅުމަކީ ދުވަހަކުވެސް ނުކެނޑޭނެ ގުޅުމެކެވެ. މައިންބަފައިންނަށް އިހުތިރާމް ކުރުމަކީ ދަރިންގެ މައްޗަށް ވާޖިބެކެވެ. “ބައްޕަ ވަރަށް އުފާ ކޮށްފިން. ދަރިފުޅު ބޭނުން ވަގުތަކުން ބޭނުން ދުވަހަކު މި ކައިވެނި ކުރަންވީ. ޓޭކް ޔޯ ޓައިމް.” ހީލުމަށްފަހު ބައްޕައަށް ޝުކުރުއަދާކޮށްފަ ޒޯހަން ލަތާ ކުރިމަތިން ހުރަސް ކޮށްފައި ދިޔައީ އިސް އުފުލާ ބަލާވެސް ނުލައެވެ. އެދަރިފުޅު ހިތް ނުރުހޭ ކަމެއް ގަދަކަމުން ކުރުވަން ލަތާ ބޭނުމެއްނުވޭއެވެ. އެހެނަސް ޒޯހަންގެ ނިންމުމަކީ އެއީ ކަމުގައި ވާނަމަ ލަތާ ވެސް ރުހި ގަބޫލެވެ.

 

ކޮޓަރިއަށް ވަނުމަށްފަހު ޖީބުގައި އޮތް ފޯނު ނަގާ ޑަން ޖަހާލުމަށްފަހު ޒޯހަން މެސެޖް ސެންޑްކޮށްލީ ޝިޔާރާއަށެވެ. އެގޮތަށް ޒޯހަން ކަންތައް އެކުރީ ޝިޔާރާ ވިސްނަދިނީމައެވެ. ކައިވެންޏާއި ބެހޭ ގޮތުން ދެމީހުން ވިސްނުމަށްފަހު ނިންމީ ޒޯހަން ނިއާއާއި ކައިވެނިކުރާ ގޮތަށެވެ. މަންމައާއި ބައްޕަގެ އިއްޒަތާއި އަބުރަށްޓަކައެވެ. ނަމަވެސް ޒޯހަން ވެސް ޝަރުތެއް ކަނޑައެޅިއެވެ. ޒޯހަންގެ ފުތަމަ އަންބެއްގެ މަގާމު ލިބޭނީ ހަމައެކަނި ޝިޔާރާއަށެވެ. ޒޯހަންގެ އަލަތު ދަރިފުޅު ވެސް މިދުނިޔެއަށް އުފަން ކުރުވަން ބޭނުންވަނީ ޝިޔާރާގެ ބަނޑުންނެވެ. ނިއާ އާއި ކައިވެނިކުރަން އެހާ ދުވަސް ޒޯހަން ބޭނުންވީ މިސަބަށްޓަކައެވެ.

 

ސިޓިންގްރޫމް ސޯފާއަށް ދެފައި ނަގައިގެން ރޯންއިން ޝިފްނީ ކައިރީގައި ސާރާއާއި އިބްރާހީމް ތިއްބެވެ. ޒޯހަން ހިތުގައި ޝިފްނީއާއި ދޭތެރެ ކުޑަކޮށްވެސް ލޯބި ނުވާކަން އެނގުނު ހިސާބުން ފެށިގެން އެކުޑަ ހިތް ވަނީ ކުދިކުދި ވެފައެވެ. “މަންމާ ޝިނީ ވަރަށް ހަޑިތަ؟. ކީއްވެ ޒޯން ޝިނީދެކެ ލައިކް ނުވަނީ. އެމަންމަން ނޯކަރުމީހާއަށް ވުރެ ވެސް ޝިނީ ހަޑިތަ؟ ބުނެބަލަ މަންމާ” ސާރާގެ އަތުގައި ހިފާ ތަޅުވަމުން ޝިފްނީ ވާހަކަދެއްކީ ކުޑަކުއްޖެއް ގޮތަށެވެ. “މިދުނިޔެއިން މަންމަގެ ލޮލަށް ފެންނާނެ އެންމެ ފުރިހަމަ އަންހެނަކީ މަންމަގެ ޝިނީ. ޒޯހަން ލޯބި ނުވިޔަސް މަންމަގެ ޕްރިންސަސް ދެކެ ލޯބިވާނެ ޕްރިންސެއް އަދި އަންނާނެ. ބަލާ އަންނަ ވަގުތު އަދި ނުޖެހެނީ. ދަރިފުޅާ. ކޮންމެ ކަމަކަށް ވެސް ވަގުތެއް ކަނޑައެޅިފައިވޭ. މަންމަ ފަދައިން ދަރިފުޅު ވެސް ކަންތަކުގައި ކެތްތެރިވާން ދަސްކޮށްބަލަ. ދެން އަނެއްކަމަކީ ދަރިފުޅު ފަދައިން އަނެއް އިންސާނާއަކީ ވެސް ހާލިގްވަންތަ މާތްﷲ އުފައްދަވާފައިވާ މަހްލޫގެއް. ހުރިހާ ހިއްސުތަކެއް ހަމައަށް ދަރިފުޅަށް ދެއްވާފައި ވިޔަސް ޝިޔާރާއަށް އުނިކަމެއް އެހުރީ އެއީ އެކަލާނގެ މިންވަރުފުޅު ހުރި ގޮތްވީމަ. އެއްވެސް މީހަކީ ފުރިހަމަ މީހެއްނޫން. އެހެންވީމަ ދެންމެ ތިބުނި ކަހަލަ އެއްޗެއް ދެން ނުބުނައްޗެ މަންމަގެ ދަރިފުޅާ. ތީމަންމަ އެންމެ ލޯބިވާ ދަރިފުޅު.” ސާރާ ވާހަކަދައްކާ ނިމުމުން ޝިފްނީ ސާރާ ގައިގާ ބައްދާލިއެވެ. ކައިރީގައި އިން އިބްރާހީމް ވެސް ޝިފްނީގެ ބޮލުގައި ފިރުމާލިއެވެ.

 

ދުވަސްތައް މާޒީގެ ސަފްހާތަކާއި އެކުވަމުން ދެއެވެ. ޒޯހަން އެދުނު ފަދައިން ރަންކިއުމަށްފަހު ކައިވެނިވަނީ ލަސްކޮށްފައެވެ. ނިއާ ކައިވެނީގެ ރަނަށް ދިހަ ހާސް ރުފިޔާ ކިޔުމުން ހައިރާންކަމެއް ނުލިބޭ މީހެއް ނެތެވެ. ޒޯހަން ވީ ފޫއްސެވެ. ޝިޔާރާ އެއްކޮށް މިނިވަންވެ ކައިވެނި ކުރެވޭ ދުވަސް ޖެހޭތީ އެތުންފަތްް މަތީގައި ހިނިތުންވުން ނުފިލާ ހުއްޓެވެ. ޝިޔާރާ ރަނަށްކީ އަދަދުން ވެސް ޒޯހަން ޝިޔާރާދެކެ ވަނީ ހަގީގީ ލޯބިކަން ޒޯހަންއަށް އިހުސާސް ކުރެވުނެވެ. ޝިޔާރާއާއި ޒޯހަން އިންނަން އުޅޭކަން އެނގެނީ ޝަޒަން އަދި ހާލާއަށެވެ. ބޭނުންވަނީ ކައިވެނީގެ ފަހުން ހަފްތާއެއްހާ ދުވަހު މަޑުކުރުމަށްފަހު ނިއާ އާއި ކައިވެނި ކުރުމަށްފަހު  ޝިޔާރާއަކީ ޒޯހަންގެ ދޮށީއަނބި ކަމުގައި ގޭމީހުން ކައިރިގައި ބުނުމަށެވެ. ޝިޔާރާއާއި ކައިވެނިވެވޭ ދުވަހުގެ ޕްރޮގްރާމްތައް ޝަޒަންއާއި އެކު ވެގެން ޒޯހަން ނިންމާލިއެވެ. އެއްހަފްތާއަށް މެލޭޝިޔާއަށް ދިޔުމަކީ ޒޯހަންގެ ހުވަފެނެކެވެ. ޝިޔާރާއަށް ރަނގަޅު ބޭސްފަރުވާއެއް ލިބިއްޖެނަމަ އަޑު ލިބޭނެ ކަމުގައި ހުދު ޝިޔާރާ ވެސް ވަނީ ޒޯހަން ކައިރީގައި ބުނެފައެވެ. އެނބުރި އައުމަށްފަހު ނިއާ އާއި ކައިވެނިކުރަން ވެސް ޒޯހަން ވަނީ ފޫހިކަމާއެކު ނިންމާފައެވެ.

 

“ޕްރިންސަސް އެކްސައިޓް ނުވޭތަ؟ މާދަމާރޭ ނޫން އަނެއް ރޭ މީ ހާއްސަ ރެއެއް. އެރޭ ޝިޔާ ވާނި މިއަތުގެ ތެރޭގަ. ވަރަށް ލޯބި ދޭނަން. ދުވަހަކުވެސް ހިތްރޮށްވާނުލާނަން” ޒޯހަންއާއި ޝިޔާރާ ވާހަކަދައްކަން ތިބީ ސިޓިންގްރޫމު ބޮޑު ސޯފާގައެވެ. ސޯފާގައި ޒޯހަން އޮށޯވެގެން އޮތް އިރު އަތްދަނޑި މަތީގައި ޝިޔާރާވެސް އޮތެވެ. ދެމީހުންގެ އަތްތިލަ ގުޅިލާ މެހިފައިވާ އިރު ޒޯހަންގެ ދެލޯ އަމާޒުވެފައިވަނީ ޝިޔާރާގެ ދޮން މޫނަށެވެ. ލަދުން ޝިޔާރާ މޯޅިވާގޮތް ޒޯހަންއަށް ވަރަށް ކަމުދެއެވެ. ޒޯހަންގެ ލޯމަތީގައި ޝިޔާރާ އަތް އަޅާލުމާއެކު ޒޯހަން ކައިރިއަށް ހިނިއައެވެ. އެކަކު އަނެކަކުގެ ލޮލުގެތެރެއަށް ގެއްލިފައި ތިބި ދެމީހުނަށް ގައިގޯޅިވެވުނު އިރު ވެސް ނޭނގުނެވެ. ޝިޔާރާ ލައިގެން އޮތް ފެހިކުލައިގެ ޓީޝާޓް ތެރެއިން ތުނި ބަނޑުގައި އެއްވެސް ހުރަހެއް ނެތި ޒޯހަންގެ އަތް ޖެހުމުން ޝިޔާރާއަށް ދެލޯ މަރާލެވުނެވެ. ޝިޔާރާގެ ތުންފަތާއި ޒޯހަންގެ ތުންފަތް ކައިރިވެގެން ދިިޔަ ވަގުތު ދެލޯ ހުޅުވާލެވުނުކަން އެއީ ޝައިތާނާ ފައްސާލަން ޝިޔާރާއަށް ލިބުނު ބާރެއްކަމުގައި ވިއެވެ. އަވަސް އަވަހަށް ޝިޔާރާގެ ބަނޑުމަތިން މައްޗަށް ދަތުރު ކުރަމުން ދިޔަ ޒޯހަން އަތް ތިލައިގާ ޝިޔާރާ ޓީޝާޓް މަތިން ހިފެހެއްޓިއެވެ. ޒޯހަންއަށް ވެސް ހޭވެރިކަމެއްވީ އެވަގުތުއެވެ. ދެވަނަ ސިކުންތުގައި ސޯފާގައި ތެދުވެ އިށީނެވެ. ޝިޔާރާ ވެސް ތެދުވެ ދެއަތުން ބޮލުގައި އަތް އަޅުވާލައިގެން އިން ޒޯހަންގެ ކޮނޑުގައި ބޯއަޅާލިއެވެ. “އަމް ސޮރީ ޕްރިންސަސް. ނޭނގެވީ ގޮތެއް. މިހުރިހާ ދުވަހުވެސް ކޮންޓްރޯލްކޮށްފަ މިއަދު….. އެހެނޭ ވާނީ އެހާ ކައިރީގައި އޮތީމަ” ޝިޔާރާގެ ނޭފަތުގައި މަޑުމަޑުން ހިފާލަމުން ޒޯހަން ބުނެލިއެވެ. ޝިޔާރާ ހީލުމުން ޒޯހަން އެނިތުގައި ބޮސްދިނެވެ. މިރޭ ކުރެވެން އުޅެވުނުު ކަންތަކުން ޒޯހަން ސަލާމަތް އެވީ ކިރިޔާއެވެ. ކައިވެންޏަށް ފަހު ނޫނީ ޝިޔާރާގެ އަންހެންވަންތަ އެއްވެސް ގުނަވަނެއްގައި ބީހުމަކީ މާކުރިން ވެސް ނުކުރަން ޒޯހަން ހިތުއަޅައިގެން ހުރި ކަމެކެވެ. ޝިޔާރާ ކޮޓަރިއަށް ވައްދާ އެނދުގައި ބޭއްވުމަށްފަހު ކުއިލްޓް އަޅާދިނުމަށްފަހު ލައިޓް ފަނޑުކޮށްލިއެވެ. އަދި އެނބުރި ދަމުން ދިޔައީ އަދި އެއްފަހަރު އެ އަތްތިލައިގާ ބޮސްދީފައެވެ.

 

މަޑުހިނގުމެއްގައި ފިޔަވަޅު އަޅަމުން އައި ޒޯހަން ކޮޓަރިއަށް ވަނުމުގެ ކުރިން ސިޓިންގްރޫމް އަލިވެގެން ދިޔައެވެ. ޒޯހަން ފަހަތަށް ބަލާލީ މީހާ ހަމައަކަށް އަޅުވާލަމުންނެވެ. ކުރިމަތީގައި ހުރި ލަތާ ހީލެވޭތޯ މަސައްކަތްކުރިއެވެ. ޒޯހަން އާއި ޝިޔާރާ ގުޅުމެއް އޮންނަ ކަން އެނގުނު ފަހުން ލަތާ އާއި ޒޯހަން އާމެދު އޮތް ގުޅުން ވަނީ ކޮންމެސް ވަރަކަށް ހީނަރުވެފައެވެ. ޒޯހަން ވެސް މަންމައާއި އެހާ ވާހަކަދައްކާ ނުހަދަނީ މިހާތަނަށް އަދި އެކަމާއި ބެހޭ ގޮތުން ލަތާ އެއްވެސް ވާހަކައެއް ދައްކާފައި ނުވާތީއެވެ. މިގުޅުމާއި ލަތާ ރުހޭ ކަން ވެސް ނުވަތަ ނޫންކަން ވެސް ޒޯހަން އަށް ނޭނގެއެވެ. ލަތާ ކުރިއަށް ގޮސް މަޑުކޮށްލީ ޒޯހަންއާއި އެއްހަމައެއްގައެވެ. “މަންމަ ވާހަކައެއް ދައްކަންވެގެން. ވަގުތު އެބޮތްތަ؟” ޒޯހަން ދެރަވީ ލަތާ ޒޯހަން އެހާ ދުރުކޮށްލީމައެވެ. “މަންމަ އަޅުގަނޑާއި ވާހަކަދައްކަން ވަގުތު އޮތްތޯ ބަލާކަށް ނުޖެހޭނެ. އަޅުގަނޑަށް ހީވަނީ ތިވަގުތު ހޯދަން ޖެހޭނީ އަޅުގަނޑުކަން ނޭނގެ. ކޮންތާކު ވާހަކަދައްކާނީ. ކޮޓަރީގަތަ؟ މަންމަ ބޭނުމިއްޔާ މިތަނުގަ ވެސް އޯކޭވާނެ” ޒޯހަން އެހެން ބުނުމުން ލަތާ ކޮޓަރިއަށް ވަނީ ޒޯހަންގެ އަތުގައި ހިފާލައިގެން ހުރެއެވެ. އެނދުގައި ދެމައިން އިށީނުމަށްފަހު ސައިޑްކަބަޑްމަތީ ހުރި ގަޑިއަށް ލަތާ ބަލާލިއެވެ. އެގާރަގަޑި ސާޅިސް ފަހެއްވީއެވެ. “މަންމަ އެންމެ ފުރަތަމަ ބޭނުުމީ މިވަގުތު ދަރިފުޅު ތިއައީ ކޮނތާކުންތޯ އަހާލަން” ލަތާއަށް ކުރި ސުވާލުގެ ޖަވާބު އެނގޭ ކަހަލައެވެ. ޒޯހަންއަށް ބަލަން އިނީ ތަފާތު ނަޒަރަކުންނެވެ. “އަޅުގަނޑު މިއައީ ޝިޔާ ކައިރިން. މިގެއިން އަޅުގަނޑަށް މިހާރު ހިތްހަމަޖެހުމެއް ނުވޭ. ޝިޔާ ކައިރިއަށް ދަނީ އެއީ މިދުނިޔޭން އަޅުގަނޑު އެންމެ ލޯބިވާ އިންސާނާއަށް ވީމަ. އެލޯތްބާއި ނުލާ އަޅުގަނޑަށް ނޫޅެވޭނެ. އަޅުގަނޑު ދިރިހުރުމަށްޓަކައި ލާ ނޭވަޔަކީ އެއީ. އެކަމަކު މަންމަ އެއްގޮތަކަށް ވެސް ކަންބޮޑުވާނެކަމެއް ނެތް. އަޅުގަނޑު މަންމައާއި ބައްޕަ އެދޭ ގޮތަށް ކަންތައް ކުރާނަން. ކުރިން ބައްޕައާއި ދިމާލަށް ކައިވެނި ކުރުމަށްފަހު ނިއާ ވަރިކުރާނަމޭ ބުންޏަސް މިހާރު އަޅުގަނޑުގެ ހިޔާލު ބަދަލުވެއްޖެ. އަޅުގަނޑުގެ ހިޔާލު ބަދަލުކުރަން މަޖުބޫރު ކުރުވީ ޝިޔާރާ. ހިނދުކޮޅަކަށް މައިންބަފައިންނަކީ ކިހާ ވަރެއްގެ ކޮންބައެއްކަން އަޅުގަނޑު ހަނދާންނެތުނު. އެހެންވެ ބައްޕައާއި އެގޮތަށް ވާހަކަދެއްކުނީ. އަޅުގަނޑަށް ވިސްނަދީ ހިޔާލު ބަދަލުކޮށްލީ ޝިޔާރާ. އަޅާލާނެ ޔާރެއް ނެތް ނިކަމެއްޗަކަށް ވިޔަސް އަޅުގަނޑުގެ ޝިޔާރާއަކީ  ވިސްނުންތޫނު އަހްލާގް ރަނގަޅު ކުއްޖެއް” ޒޯހަންގެ ވާހަކަތައް އަޑުއަހަން އިން ލަތާ ދެރަވިއެވެ. ދުވަހަކު ވެސް ޒޯހަން އެހާ ދެރަވެފައި ވާހަކަދައްކާފައެއް ނުވޭއެވެ. ކައިވެންޏާއި ބެހޭ ގޮތުން ދެވަނަ ވިސްނުމަކަށްދާން ނޫރީ ކައިރީގައި ބުނަންވީހެއްޔެވެ؟ ދަރިފުޅުގެ ހިތްހަލާކު ކޮށްގެން މައިންބަފައިންނަށް ލިބޭނީ ކޮން ހިތްހަމަޖެހުމެއް ހެއްޔެވެ؟ “މަންމާ… އަޅުގަނޑު އަދި ވަރަށް މުހިއްމު އެއްވާހަކަ ބުނަންތަ؟ މާދަމާ ނޫން އަނެއް ދުވަހު އަޅުގަނޑު ޝިޔާރާއާއި ކައިވެނި ކުރަން.  ޒޯހަން ބުނި އެއްޗަކުން ލަތާ ދެލޯ ބޮޑުވިއެވެ. އެކަން ޒޯހަން އަށް ވެސް އެނގުނެވެ. ކަމަކަށް ނުހެދީއެވެ. ކައިވެންޏަށްފަހު ވެސް މިގެއަށް އަޅުގަނޑު ޝިޔާރާ ނުގެންނާނަން. އަޅުގަނޑުގެ އަލަތު އަނބިމީހާއަށް ހަދަން ބޭނުންވަނީ އަޅުގަނޑު ލޯބިވާ މީހާ. ދެވަނަ ކައިވެނި މިކުރަނީވެސް އަޅުގަނޑުގެ ފުރަތަމަ އަނބީގެ ހުއްދަ ލިބިގެން” ޒޯހަން ބުނި އެއްޗަކުން ލަތާއަށް ސިހުމެއް ނައެވެ. ސަބަބަކީ އެގޮތަށް އެކަން ވާނޭކަން ކުރިން ވެސް ލަތާއަށް އެނގޭ ކަހަލައެވެ. “ކައިވެންޏަށް ފަހު އަޅުގަނޑު ޝިޔާރާ ގޮވައިގެން ފުރާނަން. އެއީ ވާހަކަދެއްކޭތޯ ކުޑަ ބޭސްފަރުވާއެއް ކުރަން” ހުރިހާ ވާހަކައެއް ތެދަށް ޒޯހަން ކިޔާ ދެމުންދާތީ ލަތާ އިނީ ހިތްހަމަޖެހިފައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ހާދަ ލޯބިންނޭ… (20)

Next

މިހިތުގެ ލޯތްބޭ ތީ 3

Next
March 22, 2016

މިހިތުގެ ލޯތްބޭ ތީ 3

Previews
March 21, 2016

ހާދަ ލޯބިންނޭ… (20)

21 Comments!

  1. Zoayaa says:
    March 22, 2016 at 2:02 pm

    ohhhh…. me first…… <3 Alhe Shiya a xoahan Dhuru nukurahcheyyy, Shiyaa v dherawaane. v reethi mi story… waiting……

  2. princess says:
    March 22, 2016 at 2:19 pm

    Vvvvv riithi…dhn eniyaagandu aa zoan akaa nuinnaane…hehe …bst of luck…nd avahah up khdhehchey

  3. mezzo says:
    March 22, 2016 at 2:26 pm

    v v v v reethi

  4. saaaaa says:
    March 22, 2016 at 2:29 pm

    Vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv reeethi next part avahah up koh dheeba pls……

  5. Nee says:
    March 22, 2016 at 2:31 pm

    alhey zoan nia a merry nukurahchey….. let him be with only shiya…… btw story was awsome… i jst luv it… um really curious to knw wats gonna happn next…..

  6. Mary says:
    March 22, 2016 at 2:46 pm

    Varah reethi konme gothakah kanthah viyas shiyaa aai zone vaki nukuraathi plz plx

  7. Appy says:
    March 22, 2016 at 2:55 pm

    Itx really nice story ..waiting for next part. …nia eulheny musanjehvyma innan …..zoan kahala rangalhu kuhjakaa nuves gulheyne niaaeh ?

  8. blue says:
    March 22, 2016 at 3:23 pm

    i hate e niya gandu

    1. Shdjf says:
      March 22, 2016 at 3:49 pm

      Me toooooo… boring boring nia eh….

  9. Ram says:
    March 22, 2016 at 3:31 pm

    V reethi.

  10. Naxoo says:
    March 22, 2016 at 3:52 pm

    Plx upload sooon…story is awesome… 🙂

  11. rossy says:
    March 22, 2016 at 3:53 pm

    Wowww… nice nice nice… bt anekka enme fahu gadyga zoan nd shiyaa marry nukurevey goiy nuhadhahchey ingey… eyrun v v hadi vaane…….
    Anyways. I like this story.. nd waiting 4nxt part……

  12. Aayaa says:
    March 22, 2016 at 4:12 pm

    Vvvvvv reethi.

  13. Zaanaa says:
    March 22, 2016 at 4:50 pm

    Hama rangalhah ves rohvaalaife avahah next part up kohdeeba pls pls

  14. Sam says:
    March 22, 2016 at 5:43 pm

    V reeeethi…. Ekm haada alhey up kuraaleh.. Next part avahah up kohdehchey….. Plz

  15. yaan says:
    March 22, 2016 at 6:01 pm

    Thanks maadhamaa vs up kndheh chy v v v v reethi

  16. crazi says:
    March 22, 2016 at 7:09 pm

    Aslu vahaka vrh reethi but update kuran v ahvaha

  17. zeee says:
    March 22, 2016 at 9:59 pm

    Plx next part vx avahah up koh dhehcheyy..vaahaka varah reethi?☺

  18. Maayaa says:
    March 22, 2016 at 10:26 pm

    V nice lasnukoh avahan upload kohdhehchey

  19. Zaanaa says:
    March 22, 2016 at 11:38 pm

    Mehaaru me part ves meray keyunu vareh ves nange haada reechay story

  20. Zu says:
    March 23, 2016 at 7:03 am

    Haadha lahey up vaaleh.. Btw nice.. ?

Comments are closed.

Next Episodeފުންއަސަރު 16←


All Right Reserved!