
ގޮތް ހުސްވެފައި ހުރީމޭ.. 21

“ދައްތާ! އަހަންނަށް މާކުރިން ވެސް އިނގޭ ލީން އުޅެނީ އުފަލުގަ ނޫންކަން. އެހެންވެ އޭނާއަށް ދިމާވި ދަތި އުނދަގޫ ދުވަސް ތަކުގަ އަހަރެން ހުންނާނީ ވަރަށް އެހީތެރި ވެފަ. އިޔާން ހޮސްޕިޓަލުގަ އޮތް ދުވަސްތަކާ، ލީންގެ މާޔޫސްވީ ވަގުތު ތަކުގަ އަހަރެން ހުންނާނީ ވަރަށް ގާތުން ލީނަށް ބަލާފަ. އިޔާޝްގެ ފަރާތުން ލިބުނު އުފަލެއް ނެތްކަން އިނގޭ… ޚަރަދު ނުކުރާ ކަން ވެސް އިނގޭ. އެކަހަލަ ކޮންމެ ވަގުތަކު ލީންއަށް އެހީވި އަހަރެން. އެންމެ ފަހުން އިޔާޝް އުޅުނީ ލީންގެ އަބުރާއި އިއްޒަތް ބޭނުން ކޮށްގެން މުއްސަނދި ވާން. އެކަމުން ވެސް ލީން ސަލާމަތް މި ކުރީ އަހަރެން.” އިނާންގެ ހިތްވަރު ގަދަ ވާހަކަތައް ޔުސްރާއަށް ކިޔައިދެމުން ދިޔައެވެ.
“އިޔާޝަށް ރަނގަނޑެއް ލިބުނީމަ ވެސް އޭނަ ދެކުނީ އެއީ ގުއި ގަނޑެއް ގޮތަށް. ބަލާބަލަ ލީންއަށް ކޮށްފަ ހުރި އަސަރު. ހަމަ އެކަނި އޭނާގެ ބޮލުންވެސް އެނގޭނެ އެކަން. އިޔާޝް ލީން ދެކެ ލޯބި ވާނަމަ މިހެނެއް ނުވީސް…. ހަގީގަތުގަ ލީންގެ ދިރިއުޅުން ގޯސްކަން އެނގުނު ހިސާބުން އަހަރެން ލީންއަށް ހަމްދަރުދީވީ. އެއީ އަހަރެން ލީން ދެކެ ލޯބި ވާތީ. ވަރަށް ލޯބި ވާތީ.” ޔުސްރާގެ ކުރިމަތީގައި އިނާން ހާމަކުރީ ހަގީގަތެ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.