Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާ… 3

Anaq Level 210 Stories
March 13, 2026 3 Mins Read
4 Comments

އަހަރެން ކޮޓަރިއަށް ގޮސް ވަނީމެވެ. ކަޅާއި އަޅިކުލައިން ޑިޒައިން ކޮށްފައިވާ އަހަރެން ކޮޓަރީގެ އަލަމާރިއާއި ހާވަން ފެށީމެވެ. ބޭނުންވި އެތި ފެނުނީ އެނދުގެ ސައިޑް ޓޭބަލް ވެސް ބެލިފަހުންނެވެ. އަހަރެން ކަޅުކުލައިގެ އެ ކުޑަކުޑަ މަހުމާ ފޮށި ހުޅުވާއިލީމެވެ. އެފޮށީގެ މެދުގައި ވިދަވިދާ އިން ޖަވާހިރުލީ އަނގޮޓީގައި އަހަރެން އިނގިލި ޖައްސާލީމެވެ. އެއީ އެތައް ދުވަހެއް ވާންދެން އަހަރެން ރައްކާކޮށްގެން ގެންގުޅޭ އަނގޮޓިއެކެވެ. އެއީ ހަމަ އެންމެ ފަރާތެއްގެ މިލްކެކެވެ.

ޗެޕްޓާ 3 

ޒާނާ

ހެނދުނު އަހަރެންނަށް ހޭލެވުނު އިރު ޖަނާ ސޯފާގައި ނިދާފައި އޮތެވެ. އޭރު ގަޑިން ހައެއް ޖަހަނީއެވެ. އެންމެ ފުރަތަމަވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ ސައިޑް ޓޭބަލް މަތީގައި ހުރި ކުޑަ ފޮއްޓެވެ. އަހަރެން އެފޮށި ހުޅުވައި ލީމެވެ. އޭގައި ހުރީ ޗޮކްލެޓު ކަޕްކޭކާއި އެކި ފުލޭވާ ތަކުގެ ޑޯނަޓެވެ. އަހަރެންނަށް އެންމެ ކަމުދާ ހުރިހާ ފްލޭވާއެއް އެފޮށީގައި ހުއްޓެވެ. އަހަރެން ހިތްހަމަ ޖައްސައިދޭން ޖަނާ ގެނެސްފައި ހުރި އެއްޗެއް ކަމަށް އަހަރެން ނިންމީ އުފަލާއެކު ޝުކުރުވެރި ކަމާއި އެކުއެވެ. ޖަނާ ނޫނީ އަހަރެންނަށް އެންމެ ކަމުދާ ފޮނި އެއްޗެހި  އެނގޭނެ ހުންނާނީ އެންމެ މީހެކެވެ. އެކަމަކު އެމީހާއާޢި ދިމާވުންވެސް އެއީ މިހާރު ނާދިރު ކަމެކެވެ.

އަހަރެން އެނދުން ތެދުވެ ފާހާނައަށް ދިއައީމެވެ. ޖަނާ ހޭލުމުގެ ކުރިން ތާޒާ ވެލުމަށެވެ. މިއަދު ޑޮކްޓަރު ބަލާފައި ހުރިހާކަމެއް ވެސް ރަނގަޅިއްޔާ ދޫކޮށްލާނެއެވެ. އެހެންކަމުން އަހަރެން ހުރީ ގެއަށް ދެވޭނެތީ ކުޑަކޮށް ހިތްހަމަ ޖެހިފައެވެ.

އަހަރެން ފާހާނައިން ނިކުމެ އިސްތަށިގަނޑުގައި ފުނާއަޅާލުމަށްފަހު އެއްފަރާތަކަށް ގެނެސް ގަތަން ފެށީމެވެ. އަހަރެންނަށް ސިހުމެއް ލިބި މަޑު ޖެހިލެވުނެވެ. އަދި އެއްފަރާތަކަށް ގެނެސްފައިވާ އިސްތަށިގަނޑު ނަގައި ނޭފަތުގައި ޖައްސައި ލެވުނީ ވަސްބަލާލުމަށެވެ. އެއީ ހީވި ގޮތަކަށް ވުމަށް އެދެވެމުންނެވެ. ނަމަވެސް އަހަރެންގެ މުޅި ދުނިޔެ މަޑު ޖެހިލި އިހުސާސެއް ކުރެވިގެން ދިއައެވެ. ހިތުގެ ހިނގުން ކުއްލިއަކަށް އަވަސްވެގެން ދިއައެވެ. އެއީ ހަމަ އެވަހެވެ. އެ ފިރިހެންވަންތަ ސެންޓުގެ ވަހެވެ. “އޭނާގެ” ވަހެވެ. ކިތަންމެ ދުވަހެއް ވިއަސް އަހަރެންނަކަށް އެވަހެއް ނޯޅޭނެއެވެ. ނަމަވެސް އެވަސް އަހަރެންގެ އިސްތަށިގަނޑުން ދުވަންވީ ސަބަބެއް ހަމަ އެއްގޮތަކަށްވެސް ނޭނގުނެވެ. އޭނާ މިހާރު އަހަރެންނާއި ހަމައަށް އަންނާނެހެން، އަންނަން ބޭނުންވެސް ވާނެހެން އަހަރެންނަށް ހީނުވަނީއެވެ.

” އޭތް… ކިހިނެއްވެފައި ތިހިރީ…” ހިޔާލުގެ ފުން ކަނޑެއްގައި ހުއްޓައި އަހަރެން ސިންސައިގެން ދިއައީ ޖަނާގެ އަޑުންނެވެ.

” ކަމެއް ނުވޭ… އެއްޗެއް ހަނދާންވީ…” އަހަރެން ބުނީމެވެ.

” ކޯއްޗެއް…؟” ޖަނާ އަނެއްކާވެސް އަހައިލިއެވެ.

” އެއްޗެއް ނޫން…” އަހަރެން ޖަނާގެ ސުވާލުތަކުން ރެކެވޭތޯ މަސައްކަތް ކުރީމެވެ.

” ކަޕްކޭކުތައް ހުސްކޮށްލީތަ؟” ކުއްލިއަކަށް އެނދުމަތީގައި ހުޅުވާފައި ހުރި ފޮށިގަނޑު ފެނުމުން އެއާއި ދިމާއަށް ދަމުން ވަރަށް ކަންބޮޑުވެފައި ޖަނާ އަހައިލިއެވެ. އޭނާއަށް ނުދީ އަހަރެން ކޭކުކޮޅެއް ކާލައިފާނެތީ ވަރަށް ކަންބޮޑުވާނެއެވެ. އަހަރެންނަށް މިހާހިސާބަށް މި ދިރިއުޅުމުން މޮޔަނުވެ މި އާދެވުނީ ވެސް އެކަހަލަ ރައްޓެއްސެއް ހުރީތީއޭ އަހަރެން ބައެއްފަހަރު ހިތަށް އަރައެވެ. ޖަނާގެ މަޖާ މިޒާޖުގެ ސަބަބުން އަހަރެންގެ ހަޔާތުގައި އައި ހިތްދަތި އެތައް ދުވަސްތަކަކާ ކުރިމަތިލާން ނުހަނު ފަސޭހަވިއެވެ.

“ނޫން… އަދި ނުކަން…. މިއުޅެނީ ކާން….އެއީ…އެއީ ޖަނާ ގެނައި އެއްޗެއްތަ؟” އަހަރެން ޝައްކު ފިލުވައި ލުމަށްޓަކައި އަހައިލީމެވެ.

” އާން… އަހަރެން ނޫން ދެން އެހެން ކާކު؟” ވަރަށް ހަމަޖެހިލާފައި ޖަނާ ބުނެލިއެވެ. އަހަރެންނަށް ހަމަޖެހިލެވުނެވެ. އެއީ އަހަރެންގެ ހީތައް ހަގީގަތަކަށް ނުވީމައެވެ. އެކަމަކު އަހަރެންގެ އިސްތަށިގަނޑުން އެވަސް ދުވަންވީ ސަބަބެއް ހަމަ އެއްގޮތަކަށްވެސް ވިސްނާވިސްނާވެސް އަހަރެންނަކަށް ނޭނގުނެވެ.

ޑޮކްޓަރު އައިސް އަހަރެން ބެލުމަށްފަހު އެއްވެސް މައްސަލައެއް ނެތުމުން އަހަރެން ގެއަށް ފޮނުވާލިއެވެ. ގެއަށް ދިއުމަށްޓަކައި އަހަރެން މިކުމެ ހޮސްޕިޓަލު ދޮރު ކައިރީގައި މަޑުކޮށްލައިގެން ހުރީ ޖަނާ ޓެކްސީއެއް ހޯދާންދެނެވެ.

އެހެން ހުއްޓައި ކުރިމައްޗަށް ހުއްޓިލި ކާރުން ފޭބިތަން ފެނުނީ ރުހާމްއެވެ. އަހަރެންގެ މޭގަނޑު ތެޅިގަތެވެ. ރުހާމް އެއައީ އަހަރެން ބަލައިކަން އަހަރެންނަށް އެނގުނެވެ. ހޮސްޕިޓަލުގައި ތިންދުވަސް ވީއިރު އަހަރެންގެ ހާލު ބަލާލަން ނާދެވުނު މީހަކު މިއަދު ކުއްލިއަކަށް އަހަރެން ބަލައި އެއައީ އެންމެ ބޭނުމަކުކަން އަހަރެންނަށް އެނގެއެވެ. އެއީ އަހަރެން މިހާލުގައި އިންދައިވެސް އޭނާގެ ކަރުހިއްކުން ފިލުވާލާނެ ގޮތެއް ހޯދުމަށެވެ. އެހެން އަންހެނާއި ކިތަންމެ ގުޅުން ބޭއްވި ކަމުގައި ވިއަސް ރުހާމްއަށް ހަމަ އަހަރެން ކައިރިއަށް އައިސް ނުލައި ނުވެއެވެ. އަދި އަމުދުން އަހަރެންނަށް ކުޑަވެސް އަނިޔާއެއް ކޮއްމެވެސް ގޮތަކުން ކޮށްނުލައި އޭނާގެ ހިތްހަމަ ވެސް ނުޖެހެނީ ކަންނޭނގެއެވެ.

އަހަރެންނަށް ޖެހިލުން ވެފައި ހުރިވަރުން ޖަނާގެ އަތުގައި ހިފާލެވުނެވެ. ރުހާމް އައިސް އަހަރެންގެ ގާތުގައި ހުއްޓިލިއެވެ. ހުދު ގަމީހާއި ފަޓުލޫނުގައި ޓައީ އަޅާފައި ހުރުމުން އެއައީ އޮފީހުގައި ހުރެފަކަން އެނގެއެވެ. ދުރުން ބަލާ މީހަކަށް ރުހާމް ފެންނާނީ މަލާއިކަތެއް ސިފައިގައެވެ. އެހާވެސް ރަނގަޅު މީހެއްގެ ގޮތުގައެވެ. އެކަމަކު އެ ރީތި ސޫރައިގެ ފަހަތުގައިވަނީ ޝައިތާނެއްކަން އެނގެނީ އަހަރެންނަށް އެކަންޏެވެ.

” ހިނގާ ގެއަށް…” ރުހާމް އައިސް އަހަރެން ކައިރީގައި މަޑުކޮށްލުމަށް ފަހު އަމުރު ކޮށްލިއެވެ.

އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނެވެ.

“ޒާނާ ދާނީ ދެން ޒާނާގެ ގެއަށް….” އަހަހރެންނަށް ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓައި ޖަނާ ބުނެލިއެވެ.

” މަ ކަލެއަކާއި ވާހަކައެއް ނުދައްކަމޭނުން ދޯ… މީ ކަލެއާ ބެހޭ ކަމެއްވެސް ނޫނޭނުންދޯ… އަހަރެން މި ވާހަކަ ދައްކަނީ އަހަރެންގެ އަނބިމީހާއާ… މިދޭތެރެއަށް އަނގަ ބާނަން ތީ ކާކު؟” ރުހާމް ވަރަށް ހިތްހަމަ ނުޖެހުނަސް އަޑު ކޮންޓްރޯލް ކުރަން މަސައްކަތް ކުރީ މަގުމަތިވީމައެވެ. އޭނާވެސް ސީންއެއް ކުރިއޭޓް ކޮށްގެން އޭނާގެ އިއްޒަތާ އަބުރަށް އުނިކަމެއް އަންނަން ބޭނުން ނުވާ ކަހަލައެވެ.

“އަނބިމީހާ ވިއްޔާ އަންބެންހެން ގެންގުޅެބެލަ…ހިތަށް އެރިހާ ގޮތަކަށް ނޫނޭ ކަންތަށް ކުރާނީއެއް އަންބިންނާ ދޭތެރެއެއް…” ޖަނާވެސް އެންމެ ތަންފުކެއްވެސް ދޫނުދީ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. ރުހާމްގެ މޫނު ރަތްވެގެން އައީ އޭނާގެ ގާތަށް އައި ރުޅިންނެވެ.

” އެހެންތަ؟ ތީ ވަރަށް މޮޅު މީހެއްތަ؟ އަހަހރެންގެ އަނބިމީހާ ގެންގުޅެންވާ ގޮތް އެހެން މީހުން މަށަށް ކިޔައިދޭކަށް ނުޖެހޭނެ…. ” ރުހާމް އަހަރެންގެ އަތުގައި ހިފިއެވެ. އަދި ކާރާއި ދިމާއަށް ގެންދަން މަސައްކަތް ފެށިއެވެ.

” އަހަރެން ނުދާނަން…” އަހަރެން ރުހާމްގެ އަތް ފޮޅުވާލާފައި ބުނެލީމެވެ. ރުހާމްއަށް ސިހުމެއް ލިބުނުކަން އެ މޫނުމަތިން ދޭހަވިއެވެ. އެއީ އަހަރެންގެ ފަރާތުން ފެނިދާނެ ކަމަށް ހީކުރި ސިފައެއް ނޫންވީމައެވެ. އަބަދުވެސް އަހަރެންނަކީ ކިޔަމަންތެރި، ކެތްތެރި އަންބެކެވެ. ރުހާމް ބުނިހާ ކަމެއް ބުނިހާ ގޮތަކަށް ކުރަމުންއައި މީހެކެވެ. ކުއްލިއަކަށް އޭނާއާއި ދެކޮޅަށް އެއްޗެއް ބުނުމުން އެކަންވީ އޭނާއަށް ވަރަށް ހައިރާން ކުރުވަނިވި ކަމަކަށެވެ.

” އަހަރެން މިއަދު ފޯމު ލާނަން…” ޖެހިލުންވެ ހުރެވެސް އަހަރެން އިއްވާލީމެވެ. މަގުމަތީގައި އޭނާއަށް އެއްވެސް ކަމެއް ކުރަން ނުކެރޭނެކަން އަހަރެންނަށް އެނގެއެވެ. ރުހާމްގެ މޫނަށް ވެރިވި ކުލަވަރުން އޭނާ އެހެރީ ބުނާނެ އެއްޗެއް ނޭނގިފައި ކަން އަހަރެންނަށް އެނގުނެވެ.

“ވަރިވާން…..” އަހަރެން އިތުރުކޮށްލީމެވެ.

” ވަރިވާށޭ…..؟” ޔަގީން ނުވެފައި އަހާލި ކަމުގައި ވިއަސް އެއަޑުގައިވި މަލާމާތް އަހަރެންނަކަށް ސިއްރެއް ނުވެއެވެ.

” އޭރުން ދެންވާނެ ގޮތް އެނގޭތަ؟…” ރުހާމް އެދިނީ އިންޒާރެކެވެ. އެކަން ވެސް އަހަރެންނަށް އެނގެއެވެ. އާއެކެވެ. ދެންވާނެ ގޮތްވެސް އަހަރެންނަށް އެނގެއެވެ. އެކަމަކު ވެސް މިހާރު އަހަރެންގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ. ކެތްކޮށްކޮށް އަހަރެން ވަރުބަލި ވެއްޖެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anaq

Level 210 Stories

Other Articles

Previous

ލޯބިން އަރިހުގާ..

Next

ލާރާ : (4)

Next
March 13, 2026

ލާރާ : (4)

Previews
March 13, 2026

ލޯބިން އަރިހުގާ..

4 Comments!

  1. Sheez says:
    March 13, 2026 at 6:06 pm

    Wow mi part v reethi MA
    Alhey ruhaam dhen zaanaa dhookohlabala
    let her live peacefully
    Can’t wait 4 the next part!
    When next ?

    1. Anaq says:
      March 13, 2026 at 8:20 pm

      Thankiu🥰
      Insha allah next part mondayga

  2. Lamtty Lamtty says:
    March 13, 2026 at 8:06 pm

    Very interesting ❤️
    Ruham is a monster hama 😤
    Hope Zaanaa escape soon

    1. Anaq says:
      March 14, 2026 at 8:41 am

      Thankx 😚😊🧡

Comments are closed.

Next Episodeގާތުގާ… 35←


All Right Reserved!