Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނިމިދާނެ ޖާނާ ހިތާ 20

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
March 16, 2016 9 Mins Read
27 Comments

“އަހަންނަށް ހީވާ ގޮތް ބުނަންތަ؟ ނަޒޫ ޒައިންއަށް ޓަކާ އާސިމްއަށް މާފު ކޮށްފީމޭ ބުންޏަސް، އަދި ހިތުގެ އަޑިން މާފު ނުކުރެވެނީ. އެހެން ނޫން ނަމަ އޭރުގެ ކަންތައް ނަޒޫގެ ހިތުގަ މިހާރަކު ނޯންނާނެ” ރީހާން ބުންޏެވެ.

ނަޒްލާ އެއްވެސް އެއްޗެއް ނުބުނެ އިނީއެވެ.

“ޔޫ ލަވް ހިމް ސޯ މަޗް… ޓޫ މަޗް… ދެޓްސް ވައި އިޓް އިޒް ސޯ ޑިފިކަލްޓް ފޯ ޔޫ ޓު ފޮގިވް ހިމް…” ނަޒްލާ އެއްޗެއް ނުބުނުމުން ދެންވެސް ވާހަކަ ދެއްކީ ރީހާންއެވެ.

ދެންވެސް ނަޒްލާ އެއްޗެއް ނުބުންޏެވެ.

“ނަޒޫގެ ތިހިތުން އެހެން މީހަކަށް ޖާގައެއް ނުދެވޭނެ… ހަމަ އެހެން އާސިމްއަށް ފުރުސަތެއް ދެވޭނީވެސް ތިހިތުގެ ފުން މިނުން އޭނައަށް މާފު ކުރެވިގެން. އެދުވަހަކީ ނަޒޫގެ ހިތަށް އުފަލާ ހަމަޖެހުން ލިބޭނެ ދުވަސް. އޭގެ ކުރިޔަކުން ނަޒޫއަކަށްވެސް އާސިމްއަކަށްވެސް އަދި ނަޒޫއާ އާސިމްއަށް ހެޔޮ އެދޭ މީހަކަށްވެސް ހަގީގީ ހަމަޖެހުމެއް ނުލިބޭނެ” ރީހާން ބުންޏެވެ.

“ރީހާން ތިބުނަނީ އަހަރެންގެ ފެމިލީ އެންމެންގެ އުފަލަށް އަހަރެން ހުރަސް އަޅަނީއޭތަ؟” ހިތްހަމަ ނުޖެހިފައި ނަޒްލާ އަހާލިއެވެ.

ނަޒްލާ އެސުވާލު ކުރި އިރުވެސް ރީހާންގެ ވާހަކައިގައި ކޮންމެވެސް ވަރަކަށް ހަގީގަތް އެކުލެވިފައި ވާކަން އެނގެއެވެ. ނަމަވެސް އަމިއްލައަށް އެއްބަސް ވާން ބޭނުން ނުވީއެވެ. އެވަގުތު ރީހާން ދެކެ ރުޅި އާދެވުނީވެސް އެހެން ވެއެވެ.

“އަހަރެން ތިހެންނެއް ނުބުނަން. އަހަރެން އެދެނީ ނަޒޫގެ އުފާ، އެހެންވެ މިބުނަނީ… ނަޒޫ އާސިމްއަށް މާފު ކޮށްފަ އޭނަޔާ ގުޅޭނެ ދުވަހަކަށް އަހަރެން އިންތިޒާރު ކުރާނަން”

“އެހެން އެންމެންނެކޭ ރީހާންއެކޭ ތަފާތެއް ނެތެއްނު؟ އަހަރެން ހީކުރީ ރީހާން ވާހަކަ ދައްކާނީ އަހަންނާ އެއްކޮޅަށް ކަމަށް، އެންމެންގެ ހިޔާލާ ރީހާންގެ ހިޔާލު ތަފާތު ވާނެ ކަމަށް. އެކަމަކު…” ރީހާންވެސް އާސިމްއާ އެއްކޮޅަށް ވާހަކަ ދެއްކުމުން ނަޒްލާ ހިތްހަމަ ނުޖެހުނެވެ. ކުރިމަތީ ހުރި ތަށި ދުރަށް ޖައްސާލަމުން ނަޒްލާ ފަހަތަށް ޖެހިލިއެވެ.

“އަހަރެން މިބުނީ ހަގީގަތަށް. އަހަރެންގެ ހިތް އަހަރެންގެ ވިސްނުމާވެސް އަހަރެން މިދައްކާ ވާހަކަޔާވެސް މުޅިން ދެކޮޅު، އެކަމަކުވެސް ނަޒޫއަށް ރަނގަޅު ގޮތް އަހަރެން މިބުނެދިނީ. އަހަރެން މިހެން ބުންޏަސް މީ ނަޒޫގެ ލައިފް، ގޮތެއް ނިންމާނީ ހަމަ ނަޒޫ” ރީހާން ނަޒްލާގެ އަތް ތިލައިގަ ހިފާލިއެވެ.

ނަޒްލާ މަޑުމަޑުން ރީހާންގެ އަތު ތެރޭން އަތް ދަމައިގަތީ ރީހާން ވާހަކަ ދެއްކި ގޮތުން ހިތްހަމަ ނުޖެހިގެންނެވެ. ހަގީގަތުގަވެސް ނަޒްލާ ހީކުރީ ރީހާންގެ ހިޔާލު އެންމެންނާ ތަފާތު ވާނެ ކަމަށެވެ. ނަމަވެސް ނަޒްލާ ހީކުރި ގޮތަކަށް ނުވިއެވެ.

އޭގެ ފަހުން ތިންމަސް ވެގެން ދިޔަ އިރު ޝާއިރުއާ އާސިމް ކޮންމެ ރެއަކުހެން ނަދީމްއާ އެކީ ނަޒްލާމެން ގެއަށް އާދެއެވެ. ކުރީގައި އެތިން މީހުންގެ މަރުކަޒަކަށް އެގެ ވީހެން އެކަން އަނެއްކާވެސް އެކަން ވާން ފެށިއެވެ. ރޭގަނޑު ދަން ވަންދެންވެސް ވާހަކައިގައި ތިބެން ފެށިއެވެ.

 

އެދުވަސް ކޮޅު ނަދީމްއާ ޔުމްނާގެ ފުރަތަމަ ދަރިފުޅަށް ޔުމްނާ ބަލިވެ އިންކަން އެނގުނެވެ. ނަދީމްއަށް ވުރެންވެސް ކުރިން އެހަބަރު ލިބުނީ ނަޒްލާއަށެވެ. ޔުމްނާއަށް ލިބެން އުޅޭ ދަރިފުޅަށް ފުރަތަމަ ހަދިޔާ ދިނީވެސް ނަޒްލާއެވެ. އެއުފަލުގައި އާއިލާއާ ރައްޓެހިންވެސް ބައިވެރިވެ ޔުމްނާއަށާ ނަދީމްއަށް މަރުހަބާ ކިޔެވެ.

 

ކޮންމެ ރެއަކު އާސިމް ފެނި، އެއަޑު އިވި، އެހާ ކައިރީގައި އާސިމް ވާކަމުގެ އިހުސާސުން ނަޒްލާގެ ހިތް ބަދަލުވާން ފެށިއެވެ. އާސިމް ފެންނަ ކޮންމެ ފަހަރަކު، އެއަޑު އިވޭ ކޮންމެ ފަހަރަކު ނަޒްލާގެ ހިތް މޭފަޅާފައި ނިކުމެދާނެ ހެން ހީވާ ވަރަށް ތެޅެން ފަށައެވެ. ނަމަވެސް ނަޒްލާއަށް ވަމުންދާ ގޮތުގެ އެއްވެސް އިޝާރާތެއް އާސިމްއަށް ވިޔަ ނުދޭން ނަޒްލާ މަސައްކަތް ކުރެއެވެ.

ހަމަ އެހެން އާސިމްވެސް ނަޒްލާ ފެންނަ ހިސާބުގައި ކޮންމެ ރެއެއްގެ ގިނަ ވަގުތު ހޭދަ ކުރަން ފެށުމުން ލިބޭ އުފަލާ އެއްވަރަށް ހިތްދަތި ކަންވެސް އިހުސާސް ކުރަމުން ދިޔައެވެ. ކަރު ހިއްކައިގެންފައި ވާއިރު އަތް ޖެހޭ ހިސާބުގައި ފެން ހުރެ، އެފެނަށް ފުރަގަސް ދޭން މަސައްކަތް ކުރާ މީހެކޭ އާސިމްއެކޭ ތަފާތެއް ނެތެވެ.

ދެ އަހަރާ ފަސްމަހުގެ ޒައިން ދުވަހެއް ދުވަހަކަށް އާސިމްއާ ވައްތަރު ވަމުން ދިޔައެވެ. ޒައިން އުރާލާ ކޮންމެ ފަހަރަކު އާސިމްގެ ހިތަށް އެތައް ހަނދާންތަކެއް އުނދަގޫ ކުރެއެވެ. އަމިއްލައަށް ނަގާލެވުނު ދިރިއުޅުމާ މެދު އާސިމް ހިތާމަ ނުކުރާ ދުވަހެއް ނުދެއެވެ. ޒައިންއާ ދިމާއަށް ބަލާލާ ކޮންމެ ފަހަރަކު ކުރެވުނު ކުށުގެ އިހުސާސް ކުރެވި އަމިއްލަ ނަފްސު ދެކެ ރުޅިއާދެވެއެވެ.

އަދިވެސް އާސިމްގެ ހަޔާތަށް ނަޒްލާ ގެނެވޭނެ ކަމުގެ އުންމީދު އާސިމް ކުރަމުން އައި ނަމަވެސް ދުވަސްތައް ދިޔަ ވަރަކަށް އެއުންމީދު ދިޔައީ ފަނޑު ވަމުންނެވެ. ނަޒްލާގެ ފަރާތުން އެއްވެސް އިޝާރާތެއް ނުވި ނަމަވެސް އަދިވެސް އާސިމް ދެކެނީ ނަޒްލާގެ ހުވަފެން ތަކެވެ. އަދިވެސް އެހިތުގައި ވަނީ ނަޒްލާއެވެ.

ނަޒްލާ އާސިމްއަށް މާފު ކޮށްފީމޭ ބުނިތާ ދޮޅު އަހަރު ވީއިރު އާސިމްއާ ގުޅުމަށް އެދި ނަޒްލާ ގާތު ވާހަކަ ނުދައްކާ އެކަކުވެސް އެދެ އާއިލާއަކު ނެތެވެ. އެނަސޭހަތުގެ އަޑު ނަޒްލާ ނާހާނެ ކަމަށް އެންމެން ނިންމިތާވެސް ކިތަންމެ ދުވަހެކެވެ.

ނަމަވެސް އެންމެން ހީކުރި ގޮތާ ޚިލާފަށް ކަންތައް ވެގެން ދިޔައީ ޔުމްނާ ބުނި ފަދައިން އެހިތްދަތި ހަނދާންތަކަށް ވުރެން އާސިމްގެ ލޯބި މުހިންމު ކަން ނަޒްލާއަށް ވިސްނުނު ދުވަހެއް އައުމުންނެވެ.

 

ކަރުދާސްތައް ފަހުފަހަރަށް ބަލާލާފައި ނަޒްލާ އެއެއްޗެހި ފައިލް ކޮށްލިއެވެ. އަދި މޭޒުމަތީ އޮތް އެހެން ދެފައިލަކާ އެކީ އެފައިލްވެސް ހިފައިގެން ގޮސް ރީހާންގެ ކެބިންއަށް ވަދެ ރީހާންގެ މޭޒުމަތީ ފައިލްތައް ބެހެއްޓިއެވެ.

“ނިމުނީތަ؟” ކިޔަން އިން ލިޔުންތައް ބަހައްޓާފައި ރީހާން އެހިއެވެ.

ނަޒްލާ ބޯޖަހާލާފައި ދާން ވެގެން އެނބުރުނެވެ.

“ނަޒޫ…” އެވަގުތު ރީހާން ގޮވާލިއެވެ. ނަޒްލާ އެނބުރިފައި ބަލާލިއެވެ.

“ކޮން ކަމަކާތަ ތިވަރަށް ތި ވިސްނަނީ؟” ރީހާން އެހިއެވެ.

“ނުވިސްނަން… ތީ ރީހާންއަށް ހީވާ ގޮތް” ނަޒްލާ އަތުގައި އޮތް ގަޑިއަށް ބަލާލިއެވެ.

“ކަމެއް އޮތީތަ އަދި؟ ލަސް ވަނީތަ؟” ނަޒްލާ ގަޑި ބަލާލުމުން ރީހާންއަށް އަހާލެވުނެވެ.

“އުހުނ…” ނަޒްލާ ބޯ ހަލުވާލިއެވެ.

“އެހެން ވިއްޔާ އިހަށް އިށީނދެބަލަ…” ރީހާން އެދުނެވެ.

އިރުކޮޅަކު ވިސްނާލާފައި ރީހާންގެ މޭޒު ކައިރީ ހުރި ގޮނޑީގައި ނަޒްލާ އިށީނެވެ.

“ދެން ބުނެބަލަ، ކޮބާތަ މައްސަލައަކީ؟” ރީހާން ސުވާލު ކުރިއެވެ.

“ކާކުތަ ބުނީ މައްސަލައެއް އެބަ އޮތޭ؟ ކާކުތަ ރީހާން ކައިރީގަ ބުނީ އަހަރެން ކަމަކާ އެބަ ވިސްނައޭ؟” ނަޒްލާ ވާހަކަ ދެއްކީ އިސް ޖަހައިގެން އިނދެއެވެ. ނަޒްލާ ހީކުރި ވަރަށް ވުރެން ބޮޑަށް ރީހާންއަށް ނަޒްލާ އެނގެއެވެ.

“ނަޒޫ ހިކުރީތަ ނަޒޫ ނުބުނިއްޔާ އަހަންނަކަށް ނޭނގޭނެޔޭ؟ އަހަންނަށް ހުރިހާ ކަމެއްވެސް އެނގޭ. ނަޒޫ ކީއްވެތަ ތިހާ ގޮތްދޫ ނުކުރަނީ؟ އާސިމް ދެކެ އިންތިހާއަށް ލޯބި ވާއިރު ކީއްވެތަ ދެކޮޅު ހަދަނީ؟ ކީއްވެތަ ނަޒޫ ތިހާ ބޯހަރީ؟” ރީހާންއަށް ހުރިހާ ކަމެއް އެނގޭކަން ނަޒްލާ އަށް އަންގާލަން ރީހާން ބޭނުންވިއެވެ.

ވޭތުވެ ދިޔަ ތިން މަހެއްހާ ދުވަހު ނަޒްލާއަށް އަންނަމުން ދިޔަ ބަދަލު ރީހާންއަށް ސިއްރެއް ނުވެއެވެ. އެދުވަހު ރީހާންއާ އެވާހަކަ ދެއްކި ފަހުން ނަޒްލާ ރީހާންއާ ވާހަކަ ދެއްކުން މަދު ކޮށްލީ ނަޒްލާ އާސިމްއާ ގުޅުމަށް ރީހާން ބާރު އެޅީތީ ކަން ރީހާންއަށް އެނގެއެވެ. ނަމަވެސް ނަޒްލާ ހިތްހަމަ ނުޖެހުނަސް ރީހާން ހުރީ އެވާހަކަ ހުއްޓާނުލާން އަޒުމް ކަނޑައަޅައިގެންނެވެ.

“ނަޒޫއަށް ހީވަނީތަ އާސިމް އަދިވެސް ނަޒޫއަށް އެކަހަލަ ދެރައެއް ދީފާނެހެން؟ އަދިވެސް އެގޮތަށް ނަޒޫއަށް ހަރޓް ކޮށްފާނެހެން ހީވަނީތަ؟ އެއީތަ ވެގެން ތިއުޅެ ގޮތަކީ؟” ނަޒްލާ އެއްޗެއް ނުބުނެ އިނުމުން ރީހާން އަނެއްކާވެސް ސުވާލު ކުރަން ފެށިއެވެ.

“އަހަރެން ހިތަށް އަރާ… އާސިމްއަށް އެކޯސް ނުލިބުނު ނަމައޭ… އެރޭ އެގެޔަށް ނުދެވުނު ނަމައޭ… އަނެއް ދުވަހު އާސިމް ނުގޮސް މަޑު ކުރި ނަމައޭ… އެކަމަކު ހުސް ނަމަ… ލޯތްބަކީ މިހާ ކޮމްޕްލިކޭޓެޑް އެއްޗަކަށް ވާންވީ ކީއްވެތަ؟” ނަޒްލާ ވާހަކަ ދެއްކީ އިރުކޮޅެއް ފަހުންނެވެ.

“އެއީ ދެން އެކަން އޮންނަ ގޮތް… ބައެއް މީހުންނަށް ލޯތްބަކީ އެހާ ފަސޭހައިން ހޯދޭ އެއްޗަކަށް ނުވަނީ ހަމަ…” ހީލާފައި ރީހާން ބުންޏެވެ.

“ކީއްވެތަ އަހަރެން އާސިމް ދެކެ ލޯބި ވާންވީ؟ ރީހާން ދެކެ އަހަންނަށް ލޯބި ނުވެވުނީ ކީއްވެތަ؟ އެހެން ނޫން ނަމަ މިހާ އުނގަދުލެއް ނުވީސް ކަންނޭނގެ…” ނަޒްލާ ރޮވިފައި އިނދެ ރީހާންއާ ދިމާއަށް ބަލާލިއެވެ.

އެސުވާލަށް ދޭނެ ޖަވާބެއް ނުވިސްނުމުން ރީހާން އެއްޗެއް ނުބުނެ އިނެވެ.

ނަޒްލާ ލޯ ފޮހެލިއެވެ. އެވަގުތު ރީހާންގެ މޭޒުމަތީ ހުރި ފޯން ރިންގް ވިއެވެ.

“ހަލޯ؟” ރީހާން ފޯން ނެގިއެވެ. އެކޮޅުން ބުނި އެއްޗެއް އަޑު އަހާފައި ރީހާން ނަޒްލާ އަތަށް ފޯންދިނެވެ.

“މަޑު ކޮށްލައްޗޭ ނަޒޫ…” އޮފީހުގެ ރިސެޕްޝަނިސްޓް ބުނި އަޑު އިވުނެވެ. ނަޒްލާ ކަންފަތުގައި ފޯން ޖައްސާލައިގެން އިނެވެ.

“ނަޒޫ…” އިރުކޮޅަކުން އިވުނީ އަސްމާގެ އަޑެވެ.

“ސިމީ؟ ކިހިނެއްވީ؟” ނަޒްލާ އަހާލިއެވެ.

“ނަޒޫ… ނަޒޫ…” ދެފަހަރަކު ނަޒްލާއަށް ގޮވާލާފައި އިވުނީ އަސްމާ ރޯންފެށި އަޑެވެ. ނަޒްލާއަށް ފޯނުގައި ދެއަތުން ބާރަށް ހިފަހައްޓާލެވުނެވެ. ވީގޮތެއް ނޭނގުނު ނަމަވެސް ނަޒްލާގެ މޭ ބާރަށް ތެޅެން ފެށިއެވެ. ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން ނަޒްލާއަށް ޔަގީން ވިއެވެ.

“ސިމީ، ކިހިނެއްތަވީ؟ ބުނަބަލަ!” ނަޒްލާ ހާސްވެފައި ސުވާލު ކުރިއެވެ.

ނަޒްލާ ހާސްވީ ވަރުން ރީހާންވެސް ކަންބޮޑުވެފައި ނަޒްލާއާ ދިމާއަށް ބަލަން އިނީ ވާނުވާ ނޭނގިފައެވެ.

“ނަޒޫ، ތުއްތުބޭ…” އަސްމާ ބުނަން އުޅެފަވެސް އަނެއްކާވެސް ނުބުނެ ހުއްޓާލިއެވެ.

ނަޒްލާއަށް ކޮޅަށް ތެދުވެވުނެވެ. ހިތުގެ ތެޅުން ކުޑަ އިރުކޮޅަކަށް މަޑު ޖެހިލިއެވެ.

“ކީކޭ…؟” ނަޒްލާއަށް އަހާލެވުނެވެ.

“ނަޒޫ ތުއްތުބޭ އެކްސިޑެންޓް ވެގެން… ހޮސްޕިޓަލުގަ… ނޭނގެ ވާނެ ގޮތެއްވެސް…” ރޮމުން އެންމެ ފަހުން އަސްމާ ބުންޏެވެ.

ނަޒްލާ އަތުން ފޯން ދޫވިއެވެ. ނަމަވެސް ވެއްޓުމުގެ ކުރިން ރީހާން ތެދުވެފައި ފޯނުގައި ހިފިއެވެ.

“ނަޒޫ، ކިހިނެއްވީތަ؟” މޭޒު ވަށާލާފައި ރޮވިފައި ހުރި ނަޒްލާ ކައިރިއަށް އައިސް ރީހާން އަހާލިއެވެ. ނަމަވެސް ނަޒްލާ ޖަވާބެއް ނުދިނެވެ.

“ހަލޯ؟” ރީހާން ފޯން ކަންފަތުގައި ޖައްސާލިއެވެ.

“ރީހާންތަ؟ ނަޒޫ ކޮބާ؟” އަސްމާ ކަންބޮޑުވެފައި އެހިއެވެ.

“ނަޒޫ އެބަހުރި. ކިހިނެއްތަ ވީ؟ އަނެއްކާ ޒައިންއަށް ކަމެއް ވީތަ؟” ރީހާން އަވަސް އަވަހަށް އަހާލިއެވެ.

“ރީހާން، ނަޒޫ ގޮވައިގެން އޭޑީކޭއަށް އައިސްދީބަލަ އަވަހަށް… ތުއްތުބޭ އެކްސިޑެންޓް ވެގެން…” އަސްމާ އެދުނެވެ.

“އާނ…” ރީހާން ވަގުތުން ބުންޏެވެ. އަދި ފޯން ބާއްވާފައި ނަޒްލާއަށް ބލާލިއެވެ.

އެއްއަތް މޭގައި ޖައްސާލައިގެން އަނެއް އަތް އަނގަމަތީ އަޅައިގެން ހުރި ނަޒްލާގެ ލޮލުން ކަރުނަ އާދެއެވެ. ރީހާން ނަޒްލާގެ ދެކޮނޑުގައި ހިފާލިއެވެ.

“ރީހާން، ޕްލީޒް… އަހަރެން ބޭނުން ހޮސްޕިޓަލަށް ދާން…” ނަޒްލާ ރީހާންއަށް ބަލާލާފައި ބުންނެވެ.

ރީހާން ބޯޖަހާލާފައި ނަޒްލާގެ އަތުގަ ހިފައިގެން ނިކުތެވެ.

ނަޒްލާއާ ރީހާން ހޮސްޕިޓަލަށް ދިޔައިރު އާސިމްމެންގޭ އެންމެން އެތާ ތިއްބެވެ. ނަޒްލާ ފެނުމުން އަސްމާ އައިސް ނަޒްލާގެ އަތުގަ ހިފާލިއެވެ.

“ސިމީ، ކިހިނެއްތަ ވީ؟” ލޮލުން ކަރުނަ ފޮހެލަމުން ނަޒްލާ އެހިއެވެ.

ވީގޮތް ނަޒްލާއަށް ކިޔާދޭން އަސްމާ އަނގަ ހުޅުވާލިއެވެ. ނަމަވެސް އާސިމް އޮތްގޮތް ހަނދާން ވުމުން އެއްޗެއް ނުބުނެވުނެވެ. ރޮވުނީއެވެ.

“ޝާއިރު ބުނެބަލަ… އާސިމްއަށް ކިހިނެއްތަވީ؟” އެވަގުތު އަސްމާ ކައިރިއަށް އައި ޝާއިރު ގާތުން ނަޒްލާ އެދުނެވެ.

އެކްސިޑެންޓް ވީގޮތާ އާސިމްއަށް ވީ އަނިޔާ ޝާއިރު ކިޔާދީ ނިމުނު އިރު ނަޒްލާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އެއްވެސް އެއްޗެއް ނުބުނެ ނަޒްލާ ގޮސް ތަންކޮޅެއް ދުރުގައި ހުރި ގޮނޑިބަރިއެއްގައި އިށީނެވެ.

“ނަޒޫ…” ރީހާން ނަޒްލާއާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.

“ރީހާން ދެން ދޭ. އޮފީހުގަ މަސައްކަތްވެސް ހުންނާނެއެއްނު؟” ނަޒްލާ ބުނެލިއެވެ.

“ކޯލްމީ، އިނގޭ…” ނަޒްލާގެ އަތުގަ ހިފާލާފައި ރީހާން ބުންޏެވެ. އަދި ނަޒްލާ ބޯޖަހާލުމުން ތެދުވެގެން ދިޔައެވެ.

އެއިން ގޮތަށް އިސް ޖަހައިގެން އިން ނަޒްލާ ސިހުނީ ނަދީމް އައިސް ނަޒްލާ ކައރީގައި އިށީނުމުންނެވެ.

“ނަޒޫ…” ނަދީމް ގޮވާލިއެވެ.

“ދޮންބެގެ ފޯން ދީބަލަ…” ނަދީމްއާ ދިމާއަށް އަތް ދިއްކޮށްލަމުން ނަޒްލާ ބުންޏެވެ. ނަދީމް ފޯން ނަގާ ނަޒްލާ އަތަށް ދިނެވެ.

ނަޒްލާ ގުޅީ ގެޔަށެވެ. ފޯން ނެގީ ނިހާއެވެ.

“ނިނީ، ދޮންތަ ތަންކޮޅެއް ލަސް ވާނެ އިނގޭ. މާފިނި ނުވަނީސް ޒައިން ފެން ވަރުވާލައްޗޭ. ގުޅަން ވެއްޖެއްޔާ ދޮންބެގެ ފޯނަށް ގުޅާލާ، ދޮންތަ މިއުޅެނީ ބޭރުގަ، ފޯން އޮފީހުގަ ބާއްވާފަ ނިކުމެވުނީ” ނަޒްލާ ބުންޏެވެ. ނިހާ އާއެކޭ ބުނުމުން މާގިނަ ވާހަކަ ނުދައްކާ ފޯން ކަނޑާލާފައި ނަދީމް އަތަށް ދިނެވެ.

ހަވީރު ހަތަރެއް ޖަހަން އުޅެނިކޮށް އާސިމް ތިއޭޓަރުން ނެރުނު އިރުވެސް ހިތާހިތުން ދުޢާ ކޮށްލަކޮށްލާ ނަޒްލާ ހަމަ އެގޮނޑީގައި އިނެވެ. އާސިމްމެންގޭ މީހުންގެ ތެރޭން އެކި ފަހަރު އެކީ މީހުން އައިސް ނަޒްލާ ކައިރީގައި އިނދެއެވެ. ނަމަވެސް އެކަކުވެސް އެއްވެސް އެއްޗެއް ނުބުނެއވެ. އެވަގުތު ނަޒްލާ އިނީ ވާހަކަ ދެއްކޭ ފަދަ ހާލަތެއްގައި ނޫންކަން އެމީހުންނަށް އެނގެއެވެ.

އާސިމް ރޫމަށް ބަދަލު ކުރުމާއެކު ޝާއިރުއާ ނަދީމް ފިޔަވާ އެހެން އެންމެން އެކޮޓަރިއަށް ދިޔައެވެ. އެދެމީހުން ނަޒްލާ ކައިރީގައި މަޑުކޮށްގެން ތިބީއެވެ.

“ތުއްތުބޭ ހޭ އަރައިފި…” ގަޑިއެއްހާ އިރު ފަހުން އަސްމާ ނިކުމެ ނަޒްލާ ކައިރީގައި އިށީންނަމުން އެތިން މީހުންނަށް ބުންޏެވެ.

އިރު އޮއްސެން ކައިރި ވުމުން އާސިމްމެންގޭ މީހުން ގެޔަށް ދިޔައީ ޝާއިރުއާ އަސްމާ ހޮސްޕިޓަލުގައި މަޑުކުރަން ބުނެފައެވެ. ނަދީމްއާ ޝާއިރު އާސިމްގެ ކޮޓަރިއަށް ވަނީ އެމީހުން ދިޔުމުންނެވެ. އެދެމީހުންގެ ފަހަތުން އަސްމާވެސް ވަނީ ނަޒްލާ އެއްޗެއް ނުބުނެ އިނުމުންނެވެ.

“ނަޒޫއަށް އެނގޭތަ؟” އިރުކޮޅަކު އޮވެފައި އާސިމް ނަދީމް ކައިރީ އަހާލިއެވެ. ނަދީމް ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.

ނަދީމްމެން އައުމުން އެމީހުންނާ އެކު ނަޒްލާވެސް އަންނާނެޔޭ އާސިމްގެ ހިތަށްއެރީ ކީށްވެ ކަމެއް ނޭނގެއެވެ. ނަމަވެސް އާސިމް އެކްސިޑެންޓް ވިކަން އެނގި ނަދީމްމެންނާ އެކީ ނަޒްލާ ނައުމުން ދެން އިތުރު ސުވާލެއް ކޮށްލާކަށްވެސް އާސިމްއަކަށް ނުކެރުނެވެ.

އާސިމް ދެކެ އެހާ ވަރަށް ލޯބިވި ނަޒްލާ މިއަދު އާސިމްއަށް ވީކީށްތޯ ބަލާލަންވެސް ނައީ ހެއްޔެވެ. އެހިތުގައި އާސިމްއަށް ޓަކާ ހަމްދަރުދީއެއްވެސް މިއަދު ނުވަނީ ހެއްޔެވެ. އެފަދަ ސުވާލުތައް ހިތުގައި އެނބުރެމުން ދިޔަ ނަމަވެސް އާސިމްގެ ހާލު ބަލާނުލާ ނަޒްލާއަށް ކެތް ނުވާނެ ކަމަށް އާސިމްގެ ހިތް ބުނަމުން ދިޔައެވެ.

“ނަޒޫއަށް ގޮވަން ވީތަ؟” އަސްމާ އަހާލިއެވެ.

“ގޮވަން ވީހޭ…؟ ނަޒޫ ކޮބާ؟” ނުވިސްނިފައި އާސިމް ސުވާލު ކޮށްލިއެވެ.

“ނަޒޫ ހޮސްޕިޓަލުގަ އިންނަތާ މިހާރު ކޮން އިރެއް؟ އާސިމް ގެނައިތާ ބައި ގަޑިއެއްހާއިރު ވީތަނާ ނަޒޫ އައި ގޮތަށް އަދިވެސް އޭނީ” އާސިމްގެ ސުވާލުގެ ޖަވާބު ދިނީ ޝާއިރުއެވެ.

“ގޮވަންތަ؟” ނަދީމް އަހާލިއެވެ. އާސިމް ބޯޖަހާލުމުން ނަދީމް ނިކުތެވެ.

“ނަޒޫ، ވަދެބަލަ…” ބޭރަށް ނިކުމެފައި ނަދީމް ނަޒްލާއަށް ގޮވާލިއެވެ.

އަތުގަ އޮތް ޓިޝޫ ކޮޅުން ނަޒްލާ ލޯ ފޮހެލިއެވެ. އަދި ފުން ނޭވައެއް ދޫކޮށްލާފައި ތެދުވިއެވެ.

ދޮރު ހުޅުވާލާފައި ނަޒްލާ އެތެރެއަށް ވަން އިރު އަސްމާއާ ޝާއިރު ތިބީ އާސިމްއަށް އިށީނދެގެން އިންނަން ފަސޭހަ ވާނެހެން އާސިމްގެ ބުރަކަށި ދަށަށް ބާލީސް ލައިދޭށެވެ.

“ރަނގަޅުތަ؟” ބާލީސް ހަމަ ޖައްސާލަމުން އަސްމާ އެހިއެވެ.

އާސިމް ބޯޖަހާލީ ދޮރުމަތީ ހުރި ނަޒްލާއަށް ބަލަން އިނދެއެވެ.

އަސްމާއާ ޝާއިރު ނިކުމެ ދޮރު ލައްޕާލިއެވެ.

ނަޒްލާ ލަސް ފިޔަވަޅުތަކެއް އަޅަމުން އާސިމް ކައިރިއަށް ދިޔައެވެ. އެނދާ ދެފޫޓެއްހާ ކައިރިއަށް ހުއްޓިފައި ނަޒްލާ އިސް އުފުލާ އާސިމްއަށް ބަލާލިއެވެ.

 

އާސިމްގެބޯ ބެންޑޭޖް ކޮށްފައި އޮތް އިރު ކަނާތު ފައި އޮތީ ޕްލާސްޓަރ އަޅާފައެވެ. އޭގެ އިތުރުން މޫނުމައްޗާ ދެއަތުގެ އެކި ހިސާބުން އެކި ތަންތަން މެށިފައި ހުއްޓެވެ. އެކްސިޑެންޓް ވެގެން އާސިމް ގެނައި އިރު އޮތް ގޮތުން އެންމެން ހާސް ވެފައި ތިބި ނަމަވެސް ބިރު ގަންނަ ފަދަ އަނިޔާއެއް އާސިމްއަކަށް ނުވެއެވެ. ނަޒްލާގެ ހިތުގައި ވި ބިރު ކޮންމެވެސް ވަރަކަށް ފިލީ އެކަން އެގުމުންނެވެ.

 

އާސިމްވެސް ނަޒްލާއަށް ބަލަން އިނެވެ. ނަޒްލާގެ ރަތް ވެފައިވާ ލޮލާ، ތެމިފައި ހުރި އެސްފިޔަތައް ފެނުމުން އޭނަ ހުރީ ރޮއެފަކަން އާސިމްއަށް ޔަގީން ވިއެވެ. އާސިމްގެ ސަބަބުން އެލޮލުން ކަރުނަ އައުމަކީ އާސިމް އެދޭ ކަމަކަށް ނުވި ނަމަވެސް އެވަގުތު އެކަމުންވެސް އާސިމްއަށް ލިބުނީ ފާޑެއްގެ އުފަލެކެވެ. އެއާއެކު ހިތުގައި އުންމީދު އާވެގެން ދިޔައެވެ.

“ޒައިން ކޮބާ؟” ދައްކާނެ ވާހަކައެއް ނުވިސްނުމުން އާސިމް އަހާލިއެވެ.

“ގޭގަ…” ނަޒްލާ ޖަވާބު ދިނެވެ.

 

“ނަޒޫ…” އެއްޗެއް ނުބުނެ އިރުކޮޅެއް ވުމުން އާސިމް ގޮވާލިއެވެ. އެއާއެކު ނަޒްލާ ދެފިޔަވަޅު ކުރިޔަށް އަޅާލަމުން އާސިމް ގައިގައި ބައްދައިގެންފައި ރޯން ފެށިއެވެ. ލިބުނު ސިހުމާ އެކުވެސް އާސިމް ނަޒްލާ ގައިގައި ބައްދާލަމުން ލޯމަރާލީ ހިތަށް ލިބުނު ހަމަ ޖެހުމެއްގެ ސަބަބުންނެވެ.

“ނަޒޫ… ހުއްޓާލަބަލަ…” އިރުކޮޅެއް ފަހުން އާސިމް ނަޒްލާގެ ބުރަކަށީގައި ފިރުމާލަމުން ބުންޏެވެ.

“އަހަރެން ހާދަ ބިރެއް ގަތޭ… އާސިމްއަކަށް ނޭނގޭނެ…” ނަޒްލާ އަދިވެސް ބާރަށް އާސިމް ގައިގައި ބައްދާލިއެވެ.

ހަށިގަނޑުގެ އެކި ތަންތަނުގައި ރިއްސަމުން ދިޔައިރު ނަޒްލާ އެހާ ބާރަށް ބައްދާލުމުން އާސިމްއަށް ތަދުވެސް ވެއެވެ. ނަމަވެސް އެރިހުމަށް ވުރެން އެވަގުތު އާސިމްގެ ހިތަށް ލިބެމުން ދިޔަ ހަމަޖެހުން މާބޮޑެވެ. ނަޒްލާ ދުރު ކުރަން ނޫޅެ އާސިމްވެސް ނަޒްލާ ގައިގައި ބައްދާލައިގެން އިނީ އެހެން ވެއެވެ.

“އަހަންނަށް މާ ބޮޑު ކަމެއް ނުވެޔޭ، ދެން ނުރޮއެބަލަ…” ނަޒްލާގެ އިސްތަށިގަނޑުގައި ފިރުމަމުން އާސިމް ބުންޏެވެ.

ނަޒްލާ އާސިމް ގައިން ދޫކޮށްލިއެވެ. އަދި ލޯ ފޮހެލާފައި އެނދުގައި އިށީނެވެ.

“ހަމަ ތެދެއް މިބުނީ، ސިމީ ގުޅީމަ އަހަރެން…” ނަޒްލާ ނުބުނެ ހުއްޓާލިއެވެ. އަދި އާސިމްގެ ކޯމަތިން ރަތްވެފައި ހުރި ހިސާބުގައި އަތް ޖައްސާލިއެވެ.

“ނަޒޫ ތިގޮތަށް ރިއެކްޓް ކުރާނެ ކަން އެނގުނު ނަމަ އަހަރެން މިކަހަލަ ކަމެއް ކުރާނެތާ ކޮން ދުވަހެއް؟” ނަޒްލާގެ އަތުގައި ހިފާލަމުން އާސިމް ބުންޏެވެ.

“ތިހެން ބުނާކަށް ނުވާނެ…” ނަޒްލާ އާސިމްގެ ތުންފަތުގައި އިނގިލި ޖައްސާލިއެވެ.

އާސިމް ނަޒްލާގެ އަތުގަ ހިފާ ގެނެސް އެއަތުގެ ތެރޭގައި ނަޒްލާ ބޮނޑި ކޮށްލިއެވެ.

“ގެޔަށް ދާން ވެއްޖެ، ޒައިން އުޅޭނެ މިހާރު އަހަރެން ނައިސްގެން” ނަޒްލާ އާސިމްއާ ދުރަށް ޖެހިލިއެވެ.

“އަދި އަންނާނަންތަ؟” އާސިމްއަށް އަހާލެވުނެވެ. ނަޒްލާ ބޯޖަހާލާފައި އެނދުން ތެދުވިއެވެ. ނަމަވެސް ދާން އެނބުރިލުމާއެކު އާސިމް ނަޒްލާގެ އަތުގަ ހިފެހެއްޓިއެވެ. ނަޒްލާ އާސިމްއަށް ބަލާލިއެވެ.

“މީ ހަމަ އެކަނި މިވަގުތު ކޮޅުގެ ކަމެއްތަ؟” އާސިމް އެހިއެވެ.

 

ނަޒްލާ އަނެއްކާވެސް އެނދުގައި އިށީނެވެ. އަދި އާސިމްގެ ދެއަތުގައި ހިފާލިއެވެ.

“މިހުރިހާ ދުވަހު އަހަރެން ހީކުރީ އަހަންނަށް އާސިމްއާ ދުރުގަ ހުރެވިދާނެ ކަމަށް… އެކަމަކު މިއަދު އަހަންނަށް ވިސްނިއްޖެ އާސިމްއާ ނުލާ އަހަންނަކަށް ނޫޅެވޭނެ ކަން. އާސިމްއަށް ގޮތެއް ވެއްޖެއްޔާ އަހަރެން… އަހަރެން ހީކުރީ ދެން…” ނަޒްލާއަށް އިތުރަށް ވާހަކައެއް ނުދެއްކުނެވެ. އޭރު ގަތް ބިރު ހިތަށް އެރުމުން އަނެއްކާވެސް ރޮވުނެވެ.

“ނަޒޫ…” އާސިމް ނަޒްލާ ގެނެސް މޭގައި ޖައްސާލިއެވެ.

“މިއަދު އަހަންނަށް ވިސްނުނީ އަދިވެސް އަހަރެން އާސިމް ދެކެ ލޯބި ވާވަރު… އެހުރިހާ ކަމަކަށް ވުރެން އަހަންނަށް އާސިމް މުހިންމު ވާކަން…” އާސިމްގެ މޭގައި މޫނު ޖައްސާލައިގެން އިނދެ އެތައް ދުވަހަކަށް ފަހު ނަޒްލާ އާސިމް ދެކެ ވާލޯބި ފާޅު ކޮށްލިއެވެ.

“އައި ލަވް ޔޫ ނަޒޫ… އައި ލަވް ޔޫ ސޯ މަޗް… ނަޒޫއަކަށް ނޭނގޭނެ މިހުރިހާ ދުވަހު އަހަރެން އުޅުނު ގޮތެއް… ނަޒޫއާ ދުރުގަ ހުންނަން އަހަރެން ކުރި މަސައްކަތެއް…” ނަޒްލާގެ ދަތްދޮޅީގައި ހިފާ މޫނު އުފުލާލާފައި ނަޒްލާއާ ހަތަރު ކަޅި ހަމަކޮށްލަމުން އާސިމް ބުންޏެވެ.

“އަހަންނާ ހެދި އާސިމްއަށް ވަރަށް ހަރޓް ވެއްޖެ ދޯ؟” އެވަގުތު އާސިމްގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ނަޒްލާ އިނގިލިން ފޮހެލިއެވެ.

“ނޮޓް ނިއަލީ އޭޒް މަޗް އޭޒް އައި ހަރޓް ޔޫ…” ނަޒްލާގެ ދެއަތުގައި ހިފާލަމުން އާސިމް ބުންޏެވެ. އަދި އެދެއަތްތިލަ ގެނެސް އާސިމްގެ ތުންފަތުގައި ޖައްސާލިއެވެ.

“އެކަމަކު ދެން… ނެވަރ އަގެއިން…” ނަޒްލާގެ އަތުން ދޫކޮށްލާފައި އާސިމް ނަޒްލާގެ މޫނުގައި ހިފަހައްޓާލިއެވެ.

“ލަސްވަނީ އާސިމް… ޒައިން އުޅޭނެ އަހަރެން ނައިސްގެން…” ނަޒްލާ މަޑުމަޑުން ބުންޏެވެ. އާސިމް ނަޒްލާގެ މޫނުގައި ހިފާ އާސިމްއާ ކައިރި ކޮށްލާފައި ނަޒްލާއާ ލޯބީގެ ސަލާމެއް ކޮށްލިއެވެ. ނަޒްލާއަށް ލޯމަރާލެވުނެވެ. އެތައް ދުވަހަކަށް ފަހު އެލޯބި އަލުން ފެށުމުން، ދިގު އިންތިޒާރަކަށް ފަހު އެލޯބީގެ ރަހަ ލިބުމުން އެސަލާމުގެ ފޮނިކަން އިތުރު ވިއެވެ. ދެމީހުންވެސް ތިބީ ދުރުވާން ބޭނުން ނުވެފައެވެ.

ދޮރުގައި ޓަކި ޖަހާލި އަޑެއްވެސް އަދި ޝާއިރު އެތެރެއަށް ވަން އަޑެއްވެސް ދެމީހުން ކުރެ އެކަކަށްވެސް ނީވެއެވެ.

 

އެތެރެއަށް ވަން އިރު ފެނުނު މަންޒަރުން ގަބޫލު ކުރަން ދަތި ވެފައި ޝާއިރުއަށް ބަލަހައްޓައިގެން ހުރެވުނެވެ. ގަބޫލު ކުރަން އުނދަގޫ ވިޔަސް އެއީ ހަގީގަތެއް ކަން ވިސްނުމާ އެކު ޝާއިރު ވަރަށް އުފާ ވިއެވެ. ނަޒްލާއާ އާސިމްގެ އަމިއްލަ ވަގުތު ކޮޅަކަށް ހުރަސް އެޅެނީއޭ ހިތަށް އެރުމުން ނިކުންނަން އުޅެފަވެސް ޝާއިރު ބޭނުންވީ އެދެމީހުންނާ ދިމާ ކޮށްލާށެވެ.

 

ޝާއިރު ކަރު ކެހިލި އަޑަށް އާސިމްއާ ނަޒްލާ ސިހިފައި ބަލާލިއެވެ.

“ކޮންގްރެޗުލޭޝަންސް…!” ހިނި އައިސް ހުރެ ޝާއިރު މަރުހަބާ ކިޔެވެ. “މިނަޓެއްވެސް ބޭކާރުކޮށް ދޫކޮށެއް ނުލާނަންދޯ؟” ދިމާކުރާ ރާގަކަށް ޝާއިރު އަހާލިއެވެ.

އެއާއެކު ނަޒްލާ ލަދުން އިސް ޖަހާލިއެވެ. އާސިމް ގާތަށް އައީ ލާނެތް ހިންޏެކެވެ.

“ދެން ކޮންޓިނިއު ކުރޭ، އަހަރެން މިދަނީ” ޝާއިރު ނިކުންނަން ވެގެން ތަޅުގައި ހިފާލި އިރަށް ދޮރު ހުޅުވާލާފައި އަސްމާއާ ނަދީމް އެތެރެއަށް ވަނެވެ. އެދެމީހުން ފެނުމުން ނަޒްލާ އާސިމްއާ ދުރަށް ޖެހިލިއެވެ.

އާސިމް އޮތް އެނދުގައި ނަޒްލާ އިންތަން ފެނުމުން އަސްމާއާ ނަދީމް ހައިރާން ވެފައި ބަލަން ތިއްބެވެ.

“ދެން ތިވަރަށް ހައިރާން ވާވަރުގެ ކަމެއްތަ އެއީ؟ އެދެމީހުން ދައްކަން ބައިވަރު ވާހަކަ ހުންނާނެ، ހިނގާ އިހަށް ބޭރަށް” ޝާއިރު އަސްމާއާ ނަދީމްގެ އަތުގައި ހިފައިގެން ނިކުންނަން އުޅުނެވެ.

“ގަބޫލެއް ނުކުރެވޭ…” ޝާއިރުއާ އެކީ ނިކުންނަން އުޅެފަވެސް އަސްމާ އެނބުރި ބަލާލަމުން ބުންޏެވެ. ނަދީމްވެސް ހުއްޓިފައި ބަލާލިއެވެ.

އާސިމް ނަޒްލާގެ އަތުގައި ހިފާލިއެވެ.

“ދެން ގަބޫލު ކުރޭ، ދޯ ނަޒޫ؟” އާސިމް ބުންޏެވެ. ޖަވާބުގައި ނަޒްލާ ހީލިއެވެ.

“އަންނާނަން ޔުމްއަށް ގުޅާފަ” ހެވިފައި ހުރެ ފޯން އަތަށް ލައިގެން ނަދީމް ނިކުތެވެ.

 

“ސޯ… ދެން ނަޒޫ، ވިލް ޔޫ މެރީ މީ؟” ނަދީމްމެން ނިކުތުމުން އާސިމް ނަޒްލާގެ އަތަށް ފިތާލަމުން އަހާލިއެވެ.

“ޔެސް…” ނަޒްލާ ވަގުތުން ޖަވާބު ދިނެވެ. ނަޒްލާގެ އަތްތިލަ ގެނެސް ތުންފަތުގައި ޖައްސާލަމުން އާސިމް ލޯމަރާލިއެވެ.

“އާސިމް… އަހަރެން ސުވާލެއް ކޮށްލަންތަ؟” ނަޒްލާ އަހާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ހައްގަކަށް ތީ މަގޭ ވުން ނިކަން ބޭނުމޭ….

Next

ނިމިދާނެ ޖާނާ ހިތާ 21 (ފަހުބައި)

Next
March 17, 2016

ނިމިދާނެ ޖާނާ ހިތާ 21 (ފަހުބައި)

Previews
March 16, 2016

ހައްގަކަށް ތީ މަގޭ ވުން ނިކަން ބޭނުމޭ….

27 Comments!

  1. Mar Sha Marsha says:
    March 16, 2016 at 7:13 pm

    Hello everyone… kiyaalaa ingey.. Marsha ah engey baeh kudhinnah kamaku nudhey kan Nazu Asim aa gulhunyma… but Marsha ah story dhe gothakah nuliyeveyne dho… so hope kuran mi goiy accept kuraane kamah… n dhen innaany last part.. after that I will start “mi hithuge loaiybey thy” after the weekend… hope u will like it too.. ☺ mihaathanahves readers ge faraathun libunu tharuheebah fahfashun shukuriyya.

    1. aish says:
      March 17, 2016 at 11:29 am

      varah ufaa vey marsha dhuvahun dhuvahun uo kuraathee. varah reethi mi part ves inegy
      dhen vaahaka ves mihaa furihama vefa gavaaidhun uo kuraane kamah heekura
      will wait for the next story dear 😀

  2. moad says:
    March 16, 2016 at 7:17 pm

    suvaalah neyhenees tha nimmali? theethi kada a!!!

  3. Rinxy says:
    March 16, 2016 at 7:18 pm

    Kon suvaaleh

  4. princess says:
    March 16, 2016 at 7:23 pm

    Wowww marsha..vrh riithi nazu nd aasim gulhuniima vrh riithi…loabi vaa dhemyhun gulhuvan vaanii..nd zain ah vx eynage bahppa hoadhan vaanedhw….vrhriithi mi prt….marsha ge aneh vaahaka vx ehn vaahaka thahgothah riithivaane kamah hykuran…bst of luck

  5. enaaa says:
    March 16, 2016 at 7:28 pm

    Ma first

  6. princess shaal says:
    March 16, 2016 at 7:28 pm

    am first this part is also interesting…

  7. Rish says:
    March 16, 2016 at 7:37 pm

    nice

  8. Mary says:
    March 16, 2016 at 7:41 pm

    Vaahakaige nimaaligoi vara hadi adhi 1partu up kolinama reethivaane

    1. princess says:
      March 16, 2016 at 7:55 pm

      Adhi nunimma ey..dhn iny 1 prt…

  9. aish says:
    March 16, 2016 at 7:56 pm

    Mary adhi vaahaka nunime ey dhn innaanee last part o masha bunefa eothee… Vaahaka v v v reethi

  10. Hooo says:
    March 16, 2016 at 7:57 pm

    Varah salhi. And hope next story ves salhi veneykamah

  11. laimaan says:
    March 16, 2016 at 8:03 pm

    Adhi nunimey dhw. Nimuny jehifath dhw einy. V reethi mi part vs

  12. Mai says:
    March 16, 2016 at 8:08 pm

    Adhi nunimey story eh…mersher ebain bunefa dhen nikunnaanyy last episode kamah…. Story v nyce… I love ur story… God bless u dear…

  13. Aimsithu says:
    March 16, 2016 at 8:16 pm

    Nimun kada.. suvaaleh kohffa javaabu nulibenys..

  14. Mar Sha Marsha says:
    March 16, 2016 at 8:20 pm

    Hey sorry guys.. olhigen ehen jehifa eyny… adhi nunimey. Hv 1 more part… change kollaanan ingey…

  15. Zaanaa says:
    March 16, 2016 at 8:30 pm

    V reethi next part avahah up kohla deeba

  16. Appy says:
    March 16, 2016 at 8:32 pm

    Ohhh v rythi ….mi part alhe haadha kiyaahivvaa hisaabakunney thinimmaaly…..n dhen oeh story vx rythi vaane kamahh ummedhukuran

  17. Appy says:
    March 16, 2016 at 8:33 pm

    Dhn innaany last part ey bunefa iny ..kudhinnahh olhunyey ..marsha akahh noon☺

  18. Maishu says:
    March 16, 2016 at 9:13 pm

    Hama bunaane eccheh neygifa…
    Haadhaey molhee…
    Aasim & Naxu gulhuveema aslu v salhi…
    Next story adhi miah vure inthixaaru kuruvaane kamah ummeedhu kuran…????????????

  19. naax says:
    March 16, 2016 at 9:42 pm

    Varah salhi

  20. saf says:
    March 16, 2016 at 10:37 pm

    Kiyun therin loa fuhelaagen noony aineh alhaigen kiyan v nu marsha nubuney nimuny ekey buny dhen innaany last part ey pis pis rangalhah kiyaa bela vaahaka vvvvvvv nice

  21. Aliyah Mikael says:
    March 17, 2016 at 5:39 am

    Alhe varah dheravejje reehan baaki veema. Ekamves dhen nazu loves asim dho.

  22. Aminath Zeena Yoosuf says:
    March 17, 2016 at 9:15 am

    Last episode update kuranyy kon irakun

  23. Butterfly says:
    March 17, 2016 at 12:31 pm

    Varah salhi ?

  24. Shabee says:
    March 17, 2016 at 2:11 pm

    Kaley ge vaahaka thah v nice… Ekam firihen myhayasha anhen myhayah kiya nanthah vvvvvvvvvvvv vvvvvvvvvvvv hadi. Muskulhi nan the key v mihaaru ruge nan tha keh beynun kohfihya adi ma rythi vane….. Dhen thi fashan ulhey vaahaka ga Salhi name thakeh beynun kohlaba

  25. noo says:
    March 17, 2016 at 2:52 pm

    Vaahaka v salhi.. Kobaa tha name hadi vefa .. Naxlaa aasim reehaan asma shakir nadheem yumna mi name thah hadi tha hama habeys dhow kudhinney… He he poh… Kaley kaley kiyaafa konmsgeh. Kaley kiyaa Iru alhe fahe reethitha … He he he … Respect ingey… Kon kaley yeh…

Comments are closed.

Next Episodeނިމިދާނެ ޖާނާ ހިތާ 21 (ފަހުބައި)←


All Right Reserved!